Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ދުކު (1ވަނަ ބައި)

Eyesh Level 210 Stories100 Comments
January 1, 2016 4 Mins Read
39 Comments

އޮއްސެމުން ދާ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރެމުންދިޔައީ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ކަނޑުންއަންނަ ކުދިކުދި ރާޅުތައް އައިސް ވެލިގަނޑު މައްޗަށް ބީއްސާލާ ގޮތުން ހީވަނީ އެއިން ވެލިފުކަކަށް އަނިޔާއެއް ވެދާނެތީ އުޅޭހެންނެވެ. އެހާވެސް މަޑުމަޑުން އައިސް ވެލިގަނޑުގައި ފިރުމާލައިފައިދާ އެރީތި މަންޒަރު ދެކިލުމަށް ކޮންމެ މީހަކުވެސް ދަހިވާނެކަން ޔަގީނެވެ. މަޑުމަޑުން ޖެހެމުންދާ ވައިރޯޅިތަށް އިރެއް އިރަކަށް ފިނިވަމުން ގޮސް މުޅި ޖައްވުގައި ތެތްފިނިކަމެއް އަށަގެންފައިވެއެވެ.

އެރީތި މާހައުލުގައިވާ ހަމަހިމޭންކަމުގެ އުފާވެރިކަން ލިބިގަތުމަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ރުނާ އަތިރިމަތީގެ ވެލިގަނޑުމަތީގައި އިށީނދެލައިގެން އެކަނިމާއެކަނި އިނެވެ. އެހެން އިނދެ އިރު އިރުކޮޅާ ދެފަރާތަށް އެނބުރި ވަށައިގެން ހޯދާލާ ގޮތުން ވަކިމީހެއްގެ ހިލަމެއް ވޭތޯ އުޅޭހެންވެސް ހީވެއެވެ.

“ފިރާޝް ދޯ… މަށަށް ޔަގީން ތީ ފިރާޝްކަން…” ކުއްލިއަކަށް ރުނާގެ މޫނުމަތީގައި މީހަކު އަތްއެޅުމުން ސިއްސައިގެންގޮސް ރުނާއަށް ބާރަށް އެއަތުގައި ހިފުނެވެ.

“ހާދަ މޮޅޭ..ކިހިނެއް އެނގުނީ؟.. ” ފިރާޝް ބާރަށް ހިނިގަނޑެއް ޖަހައިލަމުން ރުނާ ކައިރީގައި އިށީނދެ އޭނާ އަރައިގެން ހުރި ބޫޓާއި އިސްޓާކީނު ބޭލުމަށްފަހު ކައިރީގައި ބެހެއްޓިއެވެ.

“މަށަށް އެނގޭ ފިރާޝް ފުޓުބޯޅަ ކުޅެނިމިގެން ގެއަށް ދަމުން އަބަދުވެސް މިތަނަށް އަންނަކަން… އޭތް.. މަ އަޑުއެހިން ފިރާޝް ޒައީމާ އާ ރުޅިވީ ވާހަކަ.. އެއީ ތެދެއްތަ؟.”
ރުނާ ހެވިފައި އިނދެ އެހެން އެހީ އެކަމާ އޭނާ އުފާވެފައިހުރިވަރުންކަން ފިރާޝްއަށް އެނގުނެވެ.

ސުކޫލު ދައުރުއްސުރެ ރުނާ ފިރާޝް ދެކެ ލޯބިވާކަން އޭނައަށް އެނގުނެއްކަމަކު ޒައީމާއާއި ފިރާޝް ރައްޓެހިވީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ރުނާއަކީ އަބަދުވެސް ފިރާޝް ކިތަންމެ ހިތްކިޔާ ކުއްޖެއްނަމަވެސް އެކަން ސިއްރުކުރަން އޭނާއަށް މަޖުބޫރުވީ މައިންބަފައިންގެ އެދުމަށް ދެކޮޅުނުހެދުމަށެވެ.

“އާނ.. އެއީ ތެދެއް… ހިސާބަށް ވުރެ ބަޑި މީހުންނާ އެއްކޮށެއް ނޫޅެވޭނެ.. މަށާ އެއްކޮށް އުޅެމުން ސާމިރު އާވެސް އޭނަ ގުޅުން ބާއްވާ.. އެގޭ ބިތްދޮށުގައި ހުންނަ ހޮޅުއަށިމަތީގަ އެދެމީހުން ބައްދައިގެން ތިއްބަ މަގޭ މިދެލޮލުން ދުށިން… މިހާރު މަންމަ މެންނަށްވެސް އެނގޭނެ އެއީ ހަވަރުތުންފުއްސެއް ކަން.. ”
ފިރާޝް ހެމުންހެމުން ވާހަކަދައްކަމުން ދިޔައިރު ރުނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނުމުން ރުނާ ލަދުގަންނަގޮތްވިއެވެ.

“މަ ދެން ރައްޓެހިވާނީ ރުނާ ކަހަލަ ރަނގަޅު ކުއްޖަކާ.. ތިހެން ބުރުގާ އަޅާފަ ހުންނަ ބަސްއަހާ ކުއްޖެއް ހޯދަން އުޅެންވީ ދޯ..” ރުނާ ބަހެއްނުބުނެ އިރުކޮޅަކި އިނުމުން ފިރާޝް ރުނާގެ ދެލޮލަށް ބަލަން އިނދެ އެބުނި ޖުމުލަ އިވިފައި ލަދުންގޮސް ރުނާގެމޫނު ރަތްވެގެން ދިޔައެވެ.

އެގޮތަށް އެކިވާހަކައިގައި ތިބެ ދެމީހުން ހީސަމާސާ ކުރަމުން ދިޔައިރު ވަގުތު ދިޔަގޮތްވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގުނެވެ.

 

 

ސިކުނޑީގައި އެނބުރެމުންދާ ފިރާޝްގެ ހިޔާލްތަކާހުރެ ދަންވަރުބާރަ ޖެހިއިރުވެސް ރުނާއަށް އޮތީ ނުނިދިފައެވެ. އަހަރެންގެހިތް އަބަދުވެސް އެދެނީ ފިރާޝްގެ މީހަކަށް ވާށެވެ… އެހެނަސް ފިރާޝް އަހަރެން ދެކެ ލޯބިވާނެ ބާއެވެ….

މިކަހަލަ ހިޔާލްތަކަކަށް ގެއްލިފައިއޮތް ރުނާއަށް ހޭވެރިކަންވީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ރުނާ އަވަސް އަވަހަށް ބާލީސް ދަށުގައި އޮތްފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އެވަގުތު ފިރާޝްގެ ރީތި ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުން ރުނާގެ މޭގަނޑު ތެޅިގަނެގެން ދިޔައެވެ. އެއަޑެއް އެހުމަށް އަބަދުމެ އެދެވޭ ފިރާޝްގެ އަޑު އިވިމުންޔ ވީއުފަލުން ދެލޯމަރައިލެވުނެވެ.

“ކިހިނެއްވީ މިގަޑީގަ ތިގުޅީ؟..” ޖެހިގެން ހުރި އެނދުގައި ނިދާފައި އޮތް ރުނާގެ ކޮއްކޮ ރޫޔާއަށް ހޭލެވިދާނެތީ ރުނާ ވާހަކަ ދެއްކީ ވަރަށްމަޑުންނެވެ.

“ރުނާ މަތިން ހަނދާންވެގެން ހަމަ ގުޅާލީ… އަނެއްކާ މިގަޑީގަ ގުޅީމަ ހިތްހަމަނުޖެހުނީތަ؟ ރުނާ ހިތްހަމަ ނުޖެހެންޏާ ނުގުޅާނަން އިނގޭ.” ފިރާޝް މިހެން ބުނުމުން ހަމަރަނގަޅަށް ވެސް ރުނާގެ ހިތުގައި ޖެހިއްޖެއެވެ.

ފިރާޝް އެއީ ރުނާ އަބަދުވެސް ލޯބިވާ އެމީހަކަށް އެދެވޭ ހަމައެކަނި މީހާއެވެ. އެހެންކަމަށް ވާއިރު ފިރާޝް ކޮންމެ ގަޑިއަކު ގުޅިޔަސް ރުނާއަށް އުނދަގޫ ވާންވީ ކީއްވެ ހެއްޔެވެ.

“ނޫން ނުވޭ އުނދަގުލެއް…. ފިރާޝް ބޭނުން ގަޑިއެއްގަ ހަމަ ގުޅަންވީ….” މިހެން ބުނެ ރުނާ މަޑުމަޑުން ހީލީ އެއީ އޭނާ ބޭނުންވާ ގޮތްކަމުގައިވާތިއެވެ.

“އަސްލު މިގުޅީ ވަރަށް ބޮޑު ވާހަކަ އެއްބުނަން ވެގެން… އަހަރެން ބޭނުން……” ފިރާޝްއަށް މިހިސާބަށް ބުނެވުނުތަނާ ރުނާގެ ފޯނުގެ ބެޓެރި ބާރު ހުސްވެގެން ފޯނު ނިވުނީއެވެ.

އަނެއްކާ ފިރާޝް ބޭނުން ވެގެން އެއުޅެނީ ކޮންކަމެއްބާއެވެ؟..
ފިރާޝްގެ ހިޔާލުގައި އޮއްވާ ރުނާއަށް ނިދުނީ މެންދަމުން އަލިވެ ތިނެއްވެސް ޖެހިފަހުންނެވެ.

 

 

“ދަރިފުޅާ… ބޭރު މަގުމަތި ކުނިކަހާލަން ނިކުމެބަލަ.. މަންމަ މިއުޅެނީ ކޮއްކޮ އިންޓަވަލްއަށް އަންނަން ވާއިރަށް ރޮށިފިހެ ނިންމާލެވޭތޯ… ” ޒުލްފާ ބާރަށް ރުނާއަށް ގޮވާލާފައި މިހެންބުނުމުން ގޯތިތެރޭގައި އޮތް އިލޮށިފަތި ހިފައިގެން ނިކުމެ ރުނާ ގޭދޮރުމަތި ކުނިކަހަން ފެށިއެވެ.

“މަށަށް ވެސް މިކަހަލަ މުރާލި ކުއްޖެެއް ލިބޭނެނަމަ ދޯ…” އެއީ ފިރާޝްގެ އަޑެވެ.

ރުނާ ފަހަތަށް އެނބުރި ބަލާލިއިރު ރުނާ އާއި ނުހަނު ކައިރިން ފިރާޝްއާއި އޭނާގެ ރައްޓެހި ސިރާޖު ހިނގާފައި ދާތަން ފެނުނެވެ. ރުނާ ބަލާލުމުން ފިރާޝް ރުނާއާއި ދިމާލަށް އެއްލޯ މަރައިލަމުން ލާނެތް ގޮތަކަށް ހީލިއެވެ. އެވަގުތު ރުނާގެ އެރީތި ތުންފަތް މައްޗަށް ވެރިވެގެންދިޔަ ލަދުރަކި ހިނިތުންވުން ފެނިފައި ފިރާޝްގެ ހިތް އުފަލުން ފޮޅިގެންދިޔައެވެ.

 

މިއަދުވެސް އިރުއޮއްސޭ މަންޒަރުބަލަން ރުނާ އަތިރިމައްޗަށް ދިޔައީ ފިރާޝް ފެންނާނެ ކަމުގެ ފޮނި އުންމީދާއި އެކުއެވެ. ނަމަވެސް އިރުއޮއްސި އަނދިރި ވީއިރުވެސް ފިރާޝްގެ ހަބަރެއް ނުވުމުން ވަރަށް ދެރަވެފައިހުރެ ގެއަށް ދިޔުމަށް ރުނާ ހިނގައިގަނތެވެ.

“އޭތް..” ފަހަތުން ދުވެފައި އައި ފިރާޝް ރުނާގެ ކޮނޑުގައި ކޮއްޓައިލުމުން ރުނާއަށް ތެޅިގަނެވުނެވެ.

“ކީކޭތަ ރޭގަ ބުނަން އުޅުނީ…. ފިރާޝް ވާހަކަ ދައްކަދައްކާ ހުއްޓާ ފޯނު ނިވުނީ…” ރުނާ ހިނިތުންވެ ހުރެ ވާހަކަ ދެއްކިއެވެ.

“ހަމަ ބުނަންވީތަ؟” ފިރާޝް ސަމާސާ ރާގެއްގައި މިހެންބުނެ ރުނާގެ އަތުގައި ހިފާލިއެވެ. ރުނާއަށް ލިބުނު ސިހުމާއިއެކު ފިރާޝްގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަނެވުނެވެ. އަދި ލަދުން އިސްޖަހައިލިއެވެ.

“ތިހާ ސިއްސައިގެން ދަންޏާ އަހަރެން ބުނަން މިއުޅޭ ވާހަކަ އަޑުއިވިފަ ކިހާ ވަރެއްވާނެބާ..” ފިރާޝް ހެމުން ވާހަކަ ދައްކަމުން ދިޔައިރު ރުނާ ހުރީ ލަދުން ހަލާކުވާވަރު ވެފައެވެ.

“ދެން މަޖާނުވެ ބުނެބަލަ….އަޅެ ކީކޭތަ ބުނަން އުޅުނީ؟” ރުނާ ހުރީ ފިރާޝް ރޭގައި ބުނަންއުޅުނު ވާހަކަ އެނގޭ ހިތުން ކެތް މަދުވެފައެވެ.

“އަހަރެން ބޭނުން ރުނާ މުޅިއުމުރަށް އަހަރެންގެ މީހަކަށް ހަދަން.. އަހަރެންނާ މެރީ ކުރާނަންތަ؟” ފިރާޝް މަޑުމަޑުން ރުނާގެ ކަންފަތްކައިރީގައި ވައިއަޑަކުން މިހެންބުނުމުން ރުނާއަށް އުފަލުން ހުރެވުުނުތަންވެސް ނޭނގުނެވެ. އޭނާ މިދުނެޔެމަތިން އެންމެ އެދޭ ކަންތައް ހާސިލްވީކަމުގެ ހިތްހަމަ ޖެހުންލިބުމުން އުފަލުން ދެލޯމަރައިލެވުނެވެ. އަދި އާނއެކޭ ބުނެ ބާރަށް ދުވެފައިގޮސް ގެއަށްވަނީ ގަނެފައިހުރި ލަދެއްގެ ބޮޑުކަމުންނެވެ.

 

 

“ބައްޕާ އަޅުގަނޑު ބޭނުން ފިރާޝްއާ ކައިވެނި ކުރަން.. ބައްޕަ މިކަމާ ގަބޫލުތަ؟” އިޝާ ނަމާދު ކޮށްލައިގެން އައިސް ގެއަށް ހަމަ ވަނުމާއިއެކު ރުނާގޮސް އަލީ ކައިރީގައި ހުއްޓި މިހެން ބުނުމުން އަލީގެ ދެލޯ ބޮޑު ވެގެން ދިޔައެވެ.

“ފިރާޝް އޭ؟؟؟ ތި ކިޔަނީ ނާރެސްގޭ ހަސަނާ ލަތީފާގެ ފިރާޝް ވާހަކަތަ؟” އަލީ ރުޅިއައިސްފައި މިހެން އެހުމުން ރުނާ ހައިރާންވިއެވެ.

ފިރާޝްގެ ނަން ބުނުމުން އަލީ އެހާ ރުޅިއަންނާނެ ކަމަކަށް ރުނާ ހިޔެއް ނުކުރެއެވެ. ފިރާޝްއަކީ ހަރުދަނާ ރަނގަޅު ފިރިހެނެއްކަން މުޅި ރަށުގެ ރައްޔިތުންވެސް ދަނެއެވެ. ވީއިރު އަލީ އެހާ ރުޅިއެއައީ ކީއްވެ ކަމެއް ރުނާއަކަށް ނުވިސްނުނެވެ.

“އާނ… އެއީ ކިހާ ރަނގަޅު މީހެއް… އޭނަ އުޅެނީ ވެސް ނުލާހިކު ރަނގަޅު ވަޒީފައެއްގައެއްނު..” ރުނާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.

“އޭނަގެ މައިން ބަފައިންނަކީ ވަރަށް ހަރުކަށި ނުލަފާ ބައެއް.. އެމީހުންގެ މުއްސަނދި ކަމާހެދި އަބަދު ތިބޭނީ ބޮޑާވެފަ.. ފިރާޝްއަށް މިރަށު ކޯޓުން ވަޒީފާ ލިބިފަ އެހުރީވެސް ފައިސާގެ ބޭނުންކޮށްގެން…” މިހެން ބުނެ އަލީ ގޮސް ކޮޓަރިއަށް ވަނުމުން ވީދެރައިން އެހުރި ފިޔަވަޅު މަތީގައި ގުޑައިލާންވެސް ނޭނގިފައި ރުނާއަށް ހުރެވުނެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަނެ ރޯންފެށިއެވެ.

 

ގަޑިން ދިހައެއް ޖަހައި ބޮޑުވިއިރުވެސް ރުނާ އޮތީ ކޮޓަރީގައި ރޯށެވެ.

“އަލީ… ރުނާ ނުވެސް ކައި އެއޮތީ.. އަލީ ތިހެން ކަންތައް ކުރީމަ އެމަންޖެ ކިހާދެރަވާނެ… ފިރާޝް ގެ މައިންބަފައިން ކިތަންމެ ގޯހަސް އޭނާއަކީ ވަރަށް ރަނގަޅު ކުއްޖެއްހެން މަށަށް ހީވަނީ..” ޒުލްފާ މިހެން ބުނި އަޑު އިވިފައި ކޮޓަރީގައި އޮތް ރުނާއަށް އިތުރަށް ރޮވޭގޮތްވިއެވެ.

“ރުނާ.. ދަރިފުޅާ… ނިކުމޭކާން… ” އަލީ ގޮސް ރުނާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައި ގޮވަން ފެށުމުން ރުނާގޮސް ދޮރުހުޅުވައިލިއެވެ. ރޮއިރޮއިގޮސް ދުޅަވެފައިވާ ރުނާގެ ދެލޯ ފެނުމުން އަލީއަށްވެސް ރޮވޭގޮތް ވިއެވެ.

“ދަރިފުޅާ…ދަރިފުޅު ފިރާޝްއާ އިންނަން ތިހާ ބޭނުމިއްޔާ ބައްޕަގެ މައްސަލައެއްނެތް ތިދެކުދިން އިނަކަސް.. އެކަމަކު އެއާއިލާ އެކު އުޅެން ގޮސްގެންނުވާނެ…” އަލީ ރުނާގެ ބޮލުގައި ލޯބިން ފިރުމާލަމުން މިހެން ބުނުމުން ރުނާއަށް އުފަލުންގޮސް އަލީގެ ގައިގައި އޮޅުލައިގަނެވުނެވެ.

 
އޭގެ ބަރާބަރު ހަފްތާއެއް ފަހުން ދެއާއިލާގެ ރުހުމާއެކު ރުނާއާއި ފިރާޝްގެ ކައިވެނި ކުރެވި ރަށުގެ ރައްޔިތުންނަށް ވަރަށް ކުލަގަދަކޮށް ބޮޑު ޕާޓީއެއް ދިނެވެ. އަދި ރުނާގެ ބައްޕަގެ އެދުމާއި އެއްގޮތަށް އެދެމަފިރިން ވަކިން އުޅުމަށް ފިރާޝްގެ ކާފަގެ ގެއަށް ބަދަލުވީ އެގެ ހުސްކޮށް ހުންނާތީއާއިވެސް އެކުގައެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

Hithugeveriyaa

Next

ފޮހެވޭނޭ ބާއޭ… 47

Next
January 1, 2016

ފޮހެވޭނޭ ބާއޭ… 47

Previews
January 1, 2016

Hithugeveriyaa

39 Comments!

  1. Eyesh says:
    January 1, 2016 at 2:45 pm

    Hi everyone ? here is the 1st episode of this story… i hope every one will like this part ???? mi bai kuras dhen gensdhey baithah miah vure dhigu kohlaanan ingey..
    And I wish u all a very HAPPY NEW YEAR ??

  2. Rau says:
    January 1, 2016 at 3:08 pm

    V reeti mipart ves☺☺avahah up kohdehche

    1. Eyesh says:
      January 1, 2016 at 3:20 pm

      Thanx rau swyty ? yeah avahah up kuraanan ingey ?

  3. Elena says:
    January 1, 2016 at 3:12 pm

    Next part kon irakutha??
    Mi part ves varah reethi 😉

    1. Eyesh says:
      January 1, 2016 at 3:22 pm

      Thanx a lot dear ? insha allaah day after tomorrow ga upload kuraanan ingey ?

  4. laish says:
    January 1, 2016 at 3:27 pm

    Ehaa reehche noon

    1. Eyesh says:
      January 1, 2016 at 3:36 pm

      I hope u will like the next part ? Anyways thanx for reading ingey laish ?

  5. mice says:
    January 1, 2016 at 3:32 pm

    Vrah reethu mi stry vex… 🙂 😀

    1. Eyesh says:
      January 1, 2016 at 3:36 pm

      Thanx mice darling ??

  6. saf says:
    January 1, 2016 at 3:35 pm

    Woooooooooooooww v nice

    1. Eyesh says:
      January 1, 2016 at 3:37 pm

      Thanx a lot saf swyty ??

  7. aathi says:
    January 1, 2016 at 3:36 pm

    Oh finally.. hehe.. vrh rythi mi part.. waiting…… 😉

    1. Eyesh says:
      January 1, 2016 at 3:38 pm

      Yeah dhw… finally ? Thanx aathi swyt heart ?

  8. ifaa says:
    January 1, 2016 at 3:54 pm

    Vvv salhi

    1. Eyesh says:
      January 1, 2016 at 9:46 pm

      Thanx ifaa ?

  9. dhon says:
    January 1, 2016 at 4:15 pm

    Salhi

    1. Eyesh says:
      January 1, 2016 at 9:46 pm

      Thnx dhon??

  10. Sha says:
    January 1, 2016 at 5:38 pm

    V reethi ingey vaahakaige anebayah inthizaaru kuran

    1. Eyesh says:
      January 1, 2016 at 9:47 pm

      Awwwwn thanx sha ?

  11. Yoosuf says:
    January 1, 2016 at 8:21 pm

    Aslu heekurivarahvure reethi firaash eyee aharennama haadh ufaaveeheve. Eysh kurinves vaahakaliunintha? Adhavvure fehi maadhamaaeh dhakkavaashi.aameen

    1. Eyesh says:
      January 1, 2016 at 9:49 pm

      Mi site ah liyefa huhnaane ithuru baeh vaahaka thah.. thanx a lot yoosuf. Thats v kind of u ?

  12. Faxoo says:
    January 1, 2016 at 10:11 pm

    hi Eyesh.. 🙂 😀 mi vaahaka mi kiyaaly varah ehen kahala nameh inyma. hehe “Dhuku” ei koccheh tha Eyesh? varah reethi ingey mi vaahaka vx hyyvany varah reethi vaane hen 😀 good luck Eyesh

    1. Eyesh says:
      January 1, 2016 at 10:53 pm

      Thanx faxoo ? dhukuge maana akee
      Veyn, hityaama, kekulhun, thadu, undhagoo… mee dhuku ge 5 maana. ?

  13. HAIKKOW says:
    January 1, 2016 at 10:46 pm

    ASSU VARAH REETHI 🙂

    1. Eyesh says:
      January 1, 2016 at 10:54 pm

      Thanx HAIKKOW ??

  14. Misty says:
    January 1, 2016 at 11:36 pm

    Wowwwww… Varah reethi ? when next part??

    1. Eyesh says:
      January 2, 2016 at 10:14 am

      Thanx misty ?? madhama next part up kuraanan ingey

  15. Shabee says:
    January 2, 2016 at 9:34 am

    Aslu ingey the eyesh ge vaahaka hadi vaa eh sababu aee eyesh boy ah kiyani vv hadi names shabee v foohi vey vaahaka ulhey meehun ge name’s hadihyaa vaahaka kiyan but story nice ingey

    1. Eyesh says:
      January 2, 2016 at 10:15 am

      Ehentha… ? anyways thanx for reading ingey ?

  16. ny says:
    January 2, 2016 at 2:12 pm

    V v reethi

    1. Eyesh says:
      January 2, 2016 at 6:05 pm

      Thanx ny ??

  17. ny says:
    January 2, 2016 at 2:15 pm

    Firaash ei kihaareethiname

    1. Eyesh says:
      January 2, 2016 at 6:06 pm

      Asluves dhw ??

  18. shine says:
    January 2, 2016 at 3:56 pm

    Wow.. eyeshge storythah vv rythi.. nd mi storyvx v nice vaanehnn hyvanee.. all the best dear:)

    1. Eyesh says:
      January 2, 2016 at 6:07 pm

      Awwwwn thank u so much shine ????

  19. Ahmed Ammu says:
    January 2, 2016 at 7:59 pm

    Varah habeys. ??

    1. Eyesh says:
      January 3, 2016 at 9:12 pm

      Thanx ammu ?

  20. Aimsithu says:
    January 5, 2016 at 9:08 am

    Nice story eh..

  21. Nikko says:
    January 6, 2016 at 1:01 pm

    varah salhi

Comments are closed.


All Right Reserved!