Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ދުކު (2ވަނަ ބައި)

Eyesh
January 3, 2016
5 Mins Read
36 Views
47 Comments

ގެއަކީ މާބޮޑު ގެއެއް ނޫނެއްކަމަކު ގޯތިތެރޭގައި އޮންނަ ހުސްޖާގައިގައި ކޮންމެވެސް ވަރަކަށް މާގަސް ހައްދާފައިވުމުގެ ސަބަބުން ގޭގެ މައިދޮރުން ވަންނައިރު މަންޒަރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގޯތި ތެރޭގައި ހުންނަ ގިފިލި ބޮޑުވެފައި ބޮޑުވަޅެއް ހުއްޓެއްކަމަކު ތިރިފާޚާނާ ތައްޓެއް ހުރެފައި ގިފިލި ހިޔާނުކޮށް ހުރުމުގެ ސަބަބުން ރުނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ރުނާމެންގެ ގޭގެ ފާޚާނާހިޔާކޮށް ތަނުގައި ބަހައްޓާފައި ހުންނަނީ އުސް ފަޚާނަތައްޓެއް ކަމުން މިތަނަށް ހޭނިލަން ދުވަސް ކޮޅެއް ނަގާނެއޭ ރުނާގެހިތަށް އެރިއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ފުރަތަމަ ޖެހުނީ ސިޓިންރޫމެވެ. އެތަނުގައި އައިސްއަލަމާރިއަކާއި، ދެ ސަރަންފީ ގޮނޑިއާއި، ފާރުގައި ހަރުކޮށްފައިވާ ކުޑަޓީވީގެ އިތުރުން ބޮޑުކާމޭޒަކާއި ހަތަރުގޮނޑި ހުރުމުން ގޭތެރެ ފަޅުކަމަކަށް ނުދައްކައެވެ.

ހުރިގޮތަށް އެތެރެއަށް ވަދެގެން ދިޔައިރު ފުރަތަމަ ޖެހުނު ކޮޓަރީގެ ދޮރު ހުޅުވައިލައި އެތެރޭގައި ހުރި މޭޒުމަތީގައި ދަބަސްތައް ބެހެއްޓުމަށްފަހު ފިރާޝް އެނދުމަތީގައ އޮށޯވެލިއެވެ. ރުނާވެސް އޭނާއަތުގައި އޮތް ދަބަސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ކޮޓަރިން ނިކުތީ ގޭތެރެ ރަނގަޅަށް ބަލައިލުމަށެވެ.

އަނެއް ކޮޓަރި ހުންނަނީ ރުނާމެން ނިދާ ކޮޓަރިއާއި އިންވެގެންނެވެ. ރުނާ މަޑުމަޑުން އެކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ނަޒަރު ހިންގައިލިއެވެ. އެކޮޓަރީގައިވެސް ހެޔޮވަރު ވަރެއްގެ އަލަމާރިއަކާއި, މޭޒެއް އަދި އެނދެއް ބަހައްޓާފައި ވެއެވެ. ބަދިގެ ހުންނަނީ އެކޮޓަރިއާ ދިމާލަށް ކަމުން ރުނާގޮސް ބަދިގޭގެ ދޮރުހުޅުވައިލިއެވެ. ބަދިގެއަށް ވަންނަ ދޮރުކައިރީގައި ކުޑަމޭޒެއް ބަހައްޓާފައި ދެތަނުން ކެއްކޭ ގޭސްއުނދުނެއް ހުރިއިރު އުނދުނާއި ދިމާލަށް މަތީގައި ފާރުގައި ބޮޑުކަބަޑެއް ހަރުކޮށްފައި ހުއްޓެވެ. އަދި އުނދުނާއި މާދުރުނުވާނެ ހެން އަތްދޮންނަ ސިންކެއް ހަރުކޮށްފައި ވެއެވެ. ބަދިގެ ކިތަންމެ ކުޑަނަމަވެސް ސާފުތާހިރުކަމުން ރުނާ ވަރަށް ހިތްހަމަ ޖެހުނެވެ.
ގޭތެރެ ރަނގަޅަށް ބަލައިލުމަށްފަހު ރުނާގޮސް ކޮޓަރިއަށް ވަނެވެ.

 

އޭރު ފިރާޝްއަށް ނިދިފައި އޮތުމުން ރުނާ ލައިގެން ހުރި ވެޑިންޑްރެސް ބާލައި ދަބަހުން ރަތްކުލައިގެ ރީތި ނައިޓީއެއް ނަގައިގެން ލުމަށްފަހު މަޑުމަޑުން ފިރާޝްކައިރީގައި އޮށޯވެލިއެވެ.

“ދޫނީ..” ރުނާ އެނދުގައި އޮށޯތުމާއިއެކު ފިރާޝްއަށް ހޭލެވުނެވެ. ފިރާޝް މަޑުމަޑުން ރުނާގެ ކޯތާފަތުގައި ފިރުމައިލުމުން ގަތްލަދުން ރުނާގެ ދޮންމޫނަށް ޖަންބުކުލަ އަރައިގެންދިޔައެވެ.

“ހިނގާ ނިދަންދޯ… މިހާރު މެންދަމުންއަނބުރާ އެކެއްޖަހައިފި..” ރުނާ ލަދުންއޮވެ ފިރާޝްގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެލިއެވެ.

“ރުނާ ބޭނުމީ ނިދަންތަ؟ މިރޭ ލާހިކެއްނޫން ނިދާކަށް..” ފިރާޝް ހެމުން ހެމުން ރުނާގެ އަތުގައިހިފައި ގަޔާއި ކައިރި ކޮށްލިއެވެ.

“ހޫނ… އުޅޭ ގޮތެއް…” ރުނާ މޫނުމަތީގައި އަތްއަޅައި ފިރާޝްގެ އަތުތެރޭގައި ބޮނޑިވެލިއެވެ.

“މާ ލަދުން އުޅޭނެ ކަމެއްނެތް. ތީ މިހާރު މަގޭ ހައްގެއް.. ކައިވެނީގެ ފުރަތަމަރޭ މީހުން ނުނިދާނެ.” ރުނާގެ މޫނުމަތީގައި އަޅައިގެން އޮތް އަތް ގަދަކަމުން ނަގައި ފިރާޝް ރުނާގެ ނިތްކުރީގައި ބޮސްދިނެވެ.

ކޮޓަރީގައި ދިއްލާފައި ހުރި މަޑުފެހިކުލައިގެ ނިދާބޮކީގެ ފަނޑުއަލީގައި ދެމީހުން އެކަކު އަނެކަށް ލޯބީގެ ހަދިޔާތައް ބަދަލުކޮށް މި ހާއްސަރޭގެ އުފާތައް ލިބިގަންނަމުން ދިޔައެވެ.

 

ގަޑިން ހެދުނު ހަތެއް ޖެހިއިރު ސައިހަދައި ނިންމައިލުމަށްފަހު ރުނާގޮސް ފިރާޝްއަށް ގޮވައި ހޭލެއްވިއެވެ.

“ތެދުވޭ ސައިބޯން… ވަރަށް ބަނޑުހައިވޭ އެބަ….” ރުނާ ފިރާޝްގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ.
ރުނާގެ މުރާލިކަމަށް ތައުރީފު ކުރަމުން ފިރާޝް ގޮސް ފެންވަރައިގެން އައިސް ދެމީހުން އެކުގައި ސައިބޮއިހެދީވެސް ނުހަނުލޯބިންނެވެ.

 

ކައިވެނިކޮށްގެން ހޭދަވީ ފުރަތަމަ ހަފްތާގައި ހުރިހާ ވަގުތެއްވެސް ދެމީހުން އެކުގައި ހޭދަކުރުމުން ދެމީހުންގެ ދެމެދުގައިވާ ލޯބި ވަނީ އިތުރަށް ވަރުގަދަވެފައެވެ. ކައިވެނި ކުރުމަށްޓަކައި ފިރާޝް އޮފީހުންނެގި އެއްހަފްތާގެ ޗުއްޓީނިމި އޭނާ އޮފީހަށް ނިކުންނަން ފެށުމުން ރުނާގެ މުރާލިކަން އިތުރުވެފައި ފިރާޝްއަށް ކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެން ދިޔައެވެ. ފިރާޝް ހެނދުނު އޮފީހަށް ދާންވާއިރަށް ސައިތައްޔާރު ނުކުރާ އެއްމެ ދުވަހެއްވެސް ނުދެއެވެ. އަދި ފިރާޝްގެ އަންނައުނުތައްވެސް އަބަދުމެ ދޮވެ އިސްތިރިކޮށްފައި އަލަމާރީގައި ވަރަށް ތަރުތީބުން ބަހައްޓާފައި ހުރެއެވެ. އަދި ފިރާޝް ފުޓުބޯޅާ ކުޅެންދާއިރު ލާ ޓީޝާޓުތަކާއި ސޯޓުތައްވެސް ވަރަށް ފަރުވާތެރި ކަމާއިއެކު ދޮވެ އިސްތިރުކުރެއެވެ. ފިރާޝްގެ ދިރުއުޅުމަށް ދަތިވާ އެއްވެސް ކަމެއް އޮތަ ނުދީ ހުރިހާކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އެކު ރުނާ ބަލަހައްޓަމުން ދިޔައެވެ.
ރުނާއަށްވެސް ފިރާޝްގެ އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބޭތީ ރުނާހުންނަނީ ވަރަށްވެސް އުފަލުންނެވެ.

 

ދެމީހުންގެ ކައިވެންޏަށް ބަރާބަރު ތިންމަސްވީތަނާ ރުނާ ބަލިވެ އިނުން ވެގެން ދިޔައީ އެދެމަފިރިންނާއި ދެއާއިލާއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކަށެވެ. ރުނާ ބަލިވެ އިނީއްސުރެ ވިހެއުމާއި ހަމައަށްވެސް ފިރާޝްގެ އޯގަތެރިކަން ރުނާއަށް އަބަދުމެ ލިބެމުން ދިޔައީ އެއްވެސް އުނިކަމެއް ނެތިއެވެ. ރުނާ ވިހެއީ ރަށު ހޮސްޕިޓަލުގައި ކަމުން ދެއާއިލާގެ މީހުން އަބަދުވެސް ރުނާއަށް އެހީވުމަށް އޭނާ ކައިރީގައި ތިބެއެވެ. ވިހޭތާ ތިންދުވަސްތެރޭ ރުނާ ގެއަށް ދޫކޮށްލުމުން ރުނާއަށް އެހީވުމަށް ޒުލްފާ ރުނާމެންގެ ގޭގައި ގިނަވަގުތު ހޭދަ ކުރަންފެށިއެވެ.
ދަރިފުޅަށް ހަތްދުވަސް ވުމުން އެދަރިފުޅަށް މުހަންމަދު ރާއިން ފިރާޝްގެ ނަމުން ނަންކިޔައި ބޮނޑިބަތާއި ކުކުޅުކައްކައި މުޅިރަށުގެ ރައްޔިތުންނަށް ކާންދިނެވެ.

ފިރާޝްގެ ކުޑަކުޑަ އާއިލާ އުޅެމުން ދިޔައީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ. ރާއިން ލިބުނު ފަހުންވެސް އެދެމަފިރިންގެ ދެމެދުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނައިސް ދުވަސްތައް ހޭދަވަމުން ދިޔައީ އިހުނަށްވުރެ އުފާވެރި ކަންމަތީގައެވެ.

****************

އާދައިގެ މަތިން މިއަދުވެސް ހަވީރު ހަތަރުގަޑި ބައިވިތަނާ ފިރާޝް ފުޓްބޯޅަ ކުޅެންދިއުމުން ރުނާ ރާއިން ރީތިކޮށްލައިގެން ރުނާގެ މަންމަމެންގެ ގެއަށް ދިއައެވެ.
“ކޮއްކޯ…. އާދެބަލަ ތުއްތަ ކާރިއަށް..” ރުނާ އައިސް ގޯތިތެރޭގައި ހުރި ފަތްޖެހިއެނދު މަތީގައި ހަމަ އިށީނީރަށް ރޫޔާ ދުވެފައި އައިސް ރާއިން އުރައިލިއެވެ.

“ދަރިފުޅާ… މިހާރު މާބޮޑަށް ފަލަވެގެންގޮސް މީހާގެ ސިފަވެސް ގެއްލެނީނު ތިއޮއް… އަވަހަށް ހިކެން އުޅެބަލަ…ރޭގަނޑު ދުވަން ދާން ފަށަންވީނު..” ޒުލްފާ އައިސް ރުނާގެ ބޮލުގައި ފިރުމާލަމުން ރުނާކައިރީގައި އިށީނެވެ.

“މަންމާ.. އަދި ރާއިންއަށް މިވީ އެންމެ ނުވަމަސް.. އެސޮރު ނުލައި އެއްތާކަށްވެސް އަޅުގަނޑަކަށް ނުދެވޭނެ.” ރުނާއަށް ރާއިން ގޭގައި ބާއްވާފައި ދާން ނުކެރެނީ ރާއިން އަދި ކުޑަކަމުން ކަން ޒުލްފާއަށް އެނގުނެވެ.

“ދަރިފުޅު ބުނެފިއްޔާ މަންމަ ގޮސްދާނަން ދަރިފުޅު ދުވަންދާ ވަގުތުގަ ރާއިން ކައިރީގަ މަޑުކޮށްލަން.” ޒުލްފާގެ މިބަސްތައް އަޑުއިވިފައި ރުނާ އަޒުމު ކަނޑައެޅީ ކޮންމެ ރެއަކު ރަށުގެ ބޯޅަދަނޑު ސަރަހައްދަށް ދުވަން ދިއުމަށެވެ. އެތަނަކީ ރުނާގެ ރައްޓެހި ޒީނިޔާވެސް އާންމުކޮށް ކަސްރަތު ކުރަންދާ ތަނެއްކަމުން ރުނާ އެކަނިވާކަށްވެސް ނުޖެހޭނެކަން އޭނާއަށް އެނގެއެވެ.

 

ގަޑިން އިރުއޮއްސި ހަގަޑި ބައިވުމުން ރުނާ، ރާއިން ގޮވައިގެން އަވަހަށް ގެއަށް ދިޔައީ ފިރާޝް ކުޅެ ނިމިގެން ގެއަށް ދާއިރު ރުނާނެތުމުން ހިތްހަމަ ނުޖެހިދާނެތީއެވެ.

ރުނާގެއަށް ވަތްއިރު ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ފިރާޝް އޮތެވެ. ރުނާ އައިގޮތަށް އައިސް ފިރާޝްގެ އުނގުގައި ރާއިން ބޭންދުމަށްފަހު ފިރާޝް ކުޅެން އަރާ ބޫޓާއި އިސްޓާކިނު ގޭތެރެއަށް ވައްދައި އައިސްއަލަމާރިން ފިނި ފެންފުޅިއެއް ހިފައިގެން އައިސް ފިރާޝްގެ އަތަށް ދިނުމަށްފަހު ރާއިން އުރައިލައިގެން ފިރާޝް ކައިރީގައި އިށީނެވެ.

“މިއުޅެނީ ފުޓުބޯޅަދަނޑު ސަރަހައްދައް ދުވަންދާން ފަށަން.. ޒީނިޔާއާ އެއްކޮށް ދާނީ.. އޭނަޔާއެކު ކަސްރަތުވެސް ކޮށްލާފަ އަންނާނީ.. މިހާރު މާބޮޑަށް ފަލަވާތީ މަންމަވެސް މިއަދު އެވާހަކަ ބުނެފި.” ރުނާ ބޭނުންވީ ފިރާޝް އެކަމާއިމެދު ދެކޭގޮތެއް ބަލައިލާށެވެ. ރުނާ ހީކުރިގޮތަށް އެކަމަށް ފިރާޝްގެ ތާައީދުލިބުން ރުނާ ވަރަށް އުފާވިއެވެ.

 

ގަޑިން ބަރާބަރު ހަތްގަޑި ބައިވީއިރު ރުނާ ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ފިރާޝްއަށް ކާންދީ ގޭތެރޭގެ ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމައިލިއެވެ. އޭރު ޒުލްފާ ވެސް އެގެއަށް އައުމުން ރާއިންއަށް ކާންދީ ނިންދެވުމަށްފަހު ރާއިން ކައިރީގައި އޮތުމަށް ބުނެފައި ދުވަންދިއުމަށް ރުނާ ނިކުތެވެ.

“މަންމަ މަޑުކުރާނަން ދޯ ރާއިން ކައިރީގަ.. މަމިދަނީ ޒައިދުމެންގެ ގެއަށްގޮސްލަން….” ފިރާޝްމިހެން ބުނެ ނިކިތުމުން ޒުލްފާ ރާއިން ކައިރީގައި އޮށޯވެލިއެވެ.

“ހަލޯ…ދޫނި.. ހަމަޖެހިބަލަ.. ދެންނުވާނެ މާލަހެއް.. މިހާރު މިނިކުންނަނީ ގެއިން..” ގޭތެރެއިން އައި ފިރާޝްގެއަޑު މަޑުކަމުން އޭނާ ފޯނުން ދެއްކިވާހަކަ ޒުލްފާއަށް ސާފުނުވީ ކަމުގައި ހިތަށް އަރުވާލައި ޒުލްފާ ދެލޯމަރައިލިއެވެ.

 

ފިރާޝް ގެއިންނިކުމެ މަގުގެ ދެކޮޅު ހޯދާލުމަށްފަހު މީހަކު ފެންނަން ނެތުމުން ބާރުހިނގުމެއްގައި ރަށުގެ ތުނޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފިރާޝްމެންގެ ގެއާއި ތުނޑި މާދުރުނޫންކަމުން ދެމިނެޓެއްހާއިރުން ތުނޑިއަށް ދެވުނެވެ. އޭރު ޒައީމާ ތުނޑިމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

“ހާދަ ލަހޭ.. މިހާ ދުވަސް ކޮށްފަ ދިމާވާން ބުނީމަވެސް ތިއައީ ލަހުން..” ޒައީމާ ތުން ދަމައިގެންހުރެ ޝަކުވާކުރިއެވެ.

“ދެން ތިހާ ޝަކުވާ ނުކޮށްބަލަ.. ނަސީބެއްނު ރުނާ ރޭގަނޑު ދުވަންދާން ފެށިކަން.. ދެން ކޮންމެ ރެއަކުވެސް ބައްދަލުކުރެވޭނެ…” ޒައީމާގެ އަތުގައި ހިފައި ވެލިގަނޑު މަތީގައި ބޭންދުމަށްފަހު އޭނާގެ އުނގުގައި ބޯއަޅައިގެން ފިރާޝް އޮށޯވެލިއެވެ.

“މިހާ ދުވަސްވީރު ފޯނުން ވާހަކަ ދެއްކީރުވެސް ރުނާއަކަށް ހަމަ ނޭނގޭތަ؟” ފިރާޝްގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެންއިނދެ ޒައީމާ ސުވާލުކޮށްލިއެވެ.

“އާނ… އޭނަ މަށަށް ވަރަށް އިތުބާރުކުރޭ… އެހެން ނޫނަސް މަވަރަށް ހުށިޔާރުވާނެ.. ރުނާ ވިހޭފަހުން އޭނަގެ ހަށިގަނޑު ފެނުނީމަ މަ ހަމަ ފޫހިވަނީ…ނުވޭ ކައިރިވާ ހިތެއްވެސް… އެކަމަކު އޭނައަކަށް އެކަމެއް މަށެއް ނުދައްކަން.. ” ފިރާޝް ޒައީމާގެ އަތްތިލަ އޭނާގެ މޭމަތީގައި މަޑުމަޑުން ބާއްވާލިއެވެ. ފިރާޝްގެ ދުލުން ރުނާއާއި ބެހޭގޮތުން މިފަދަ ބަސްތަކެއް އިވުމުން ޒައީމާގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ދެންތިހާ ފޫހިވަންޏާ އޭނަ ވަރިކޮށްފަ މަށާ އިންނަންވީނު.” ޒައީމަ އޭނާގެ ހިތުގެ އެދުން އެއްވެސް ޖެހިލުން ވުމަކާއި ނުލައި ހާމަކުރިއެވެ.

“އަދި މާއަވަސް… ވަގުތުޖެހުނީމަ ތިކަންވެސް ވާނެ…” ފިރާޝް ތެދުވެ ޒައީމާ ކައިރީގައި އިށީނދެ ޒައީމާ އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ.

 

ރުނާއަށް ގެއަށް އާދެވުނީ ގަޑިން ދިހައެއް ޖަހަނިކޮށްކަމުން އަވަހަށް ޒުލްފާ ގެއަށް ފޮނުވައިލުމަށްފަހު އަވަސް އަވަހަށް ފެންވަރާލައިގެން ރީތިވެލިއެވެ. އަދި ދެތިން ފަހަރަކު ފިރާޝްގެ ފޯނަށް ގުޅުމުންވެސް ފޯނު ނުނެގުމުން ރާއިންކައިރީގައި އޮށޯވެލިއެވެ. ކަސްރަތު ކުރުމުން އެހާބޮޑަށް ވަރުބަލިވެފައި ހުއްޓައި ފެންވަރާލުމުން ހަށިގަނޑަށް ލިބުނު ލުއިކަމުގެ ސަބަބުން ކުޑައިރުކޮޅެއްގެ ތެރޭގައި ރުނާގެ ދެލޯ ނިދީގެ މަސްތުގައިޖެހުނެވެ.

 

ފިރާޝް ނައިސް ލަސްވެގެން ސިޓިންރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައި ހުރިއިރު ރުނާގެ މޫނުނަތިން ހާސްކަން ފެންނަމުންދެއެވެ.

“އައްދޯތް….” ކުއްލިއަކަށް ބޮލަށް އެރި ބާރު އެތިފަހަރާއިއެކު ރުނާއަށް ރޮއިގަނެވުނެވެ. ވީތަދުން ބޮލުގައި އަތް އަޅައިގެންހުރެ ފަހަތަށް އެނބުރި ބަލައިލި ވަގުތު ދަނޑިބުރިއެއް ހިފައިގެން ހުރި ފިރާޝް ނުލަފާ ވައްތަރަކަށް ހެމުންދިޔައީ އޭނާގެ ހިތުގައި ރުނާއަށްޓަކައި އެއްވެސް ރަހުމެއް ނުވާފަދައިންނެވެ. އޭރުވެސް ރުނާގެ ބޮލުގެ ފަޅައިގެން ގޮސްފައިވާ ތަނުން ފައިބާ ލޭތިކިތައް އޭނާގެ އަތުގެ އިނގިލިތަކުގެ ދޭތެރެއިން ކޯތާފަތް މައްޗަށް ފޭދެމުން ދެއެވެ. އެވަގުތު ރުނާއަށް ހީވީ އޭނާގެ ވަށައިގެންވާ މާހައުލު އެއްކޮށް އެނބުރެން ފެށިހެންނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު ބޮޑުވެ ވެއްޓެން އުޅޭހެން ހީވާންފެށުމުން ކައިރީގައި ހުރި ސަރަންފީ ގޮނޑީގައި ހިފެހެއްޓޭތޯ ރުނާ މަސައްކަތްކުރިއެވެ. ނަމަވެސް އެވަގުތު ފިރާޝް ވަރަށް ހުށިޔާރު ކަމާއިއެކު ސަރަންފީގޮނޑި އޭނާއާއި ކައިރިއަށް ދަމައިގަތުމުން ވެއްޓެންދިޔަ ރުނާއަށް ހިފަހައްޓާނެ ތަނެއް ނުލިބި ޕައްކިޔާފައި ގޮސް އަނގަވަތަށް ތަޅުން ގަނޑު މައްޗަށް ޖެހުނެވެ.

 

“ރުނާ…. ރުނާ….” ރުނާއަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ފިރާޝް މަޑުމަޑުން ރުނާގެ ކޮލުގައި ޖަހާލަމުން ދެފަހަރަކު ގޮވާލުމުންނެވެ.

 

ނުނިމޭ…

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eyesh

Other Articles

Previous

ހާދަ ލޯބިންނޭ… (6)

Next

ޝެރިން (33 ވަނަ ބައި: ފަހު ބައި)

Next
January 3, 2016

ޝެރިން (33 ވަނަ ބައި: ފަހު ބައި)

Previews
January 3, 2016

ހާދަ ލޯބިންނޭ… (6)

47 Comments

  1. Eyesh says:
    January 3, 2016 at 8:48 pm

    Hello everyone ? here is the 2nd part of this story.. eyesh hope kuran hurihaa kudhin nahves mi bai reethi vaane kamah.. ?

  2. aathi says:
    January 3, 2016 at 8:59 pm

    Alhey e huvafenehtha aish.. aslah vehjeyaa so sad.. vrh rythi bt kuru ;(..ekm vx vrh rythi..hehe..

    1. Eyesh says:
      January 3, 2016 at 9:09 pm

      Yeah.its a dream ?? thanx swyty ??

  3. aathi says:
    January 3, 2016 at 9:00 pm

    Im frst dhw 😀

    1. Eyesh says:
      January 3, 2016 at 9:10 pm

      Yeyyyyy u r the 1st ?? heheh ?

  4. Hidha says:
    January 3, 2016 at 9:02 pm

    Sakaraai ehaa loabin ulhefa lulliyakah aniyaa verivee kohmeves varakah foohi vaa kan vess angaalafa eh nun aniyaa aai hamayah dhaany

    1. Eyesh says:
      January 3, 2016 at 9:08 pm

      Aniyaa kuranikoh e fenuny dream ga ehnu ? hidha it’s not real ey . Ei Just a dream ?

  5. Piyaara says:
    January 3, 2016 at 9:03 pm

    Hiyvey varah reethi vaanehen keep it up

    1. Eyesh says:
      January 3, 2016 at 9:10 pm

      Thanx a lot piyaara ??

  6. You can do it says:
    January 3, 2016 at 9:23 pm

    Eyesh mi haadha reethi story ekey??? it’s perfect I love it??….. But ehaa ehaa boy ge name eh reecheh noon…. ?????

    1. Eyesh says:
      January 4, 2016 at 12:29 am

      Awwwwn thank u so so so much ?? alhe asluves boy ge name hama hadi tha? Ekamaku ei eyesh ge frnd akah v v reethi vegen buni name eh… anyways can u give me a nice boy name wich u prefer. . So than i can use that name in my next story. ? asluves use kuraanan reethi boy name eh bunefiyya .. thnx a lot dear ??

  7. naax says:
    January 3, 2016 at 9:40 pm

    Alhey haadha dheraey ehaa loabin ulhefa dhw. Firaash haadha goahey dhw.. v salhi mi part vx..

    1. Eyesh says:
      January 3, 2016 at 9:43 pm

      Asluves dhw ? v goas dhw firaash..
      Thanx naax ?

  8. naani says:
    January 3, 2016 at 9:41 pm

    Hadi?????I love you.I need answer..?❤????????????????????

    1. Eyesh says:
      January 3, 2016 at 9:45 pm

      Naani ah mi part hadi yas i hope u will like next part. ?

  9. ny says:
    January 3, 2016 at 11:39 pm

    Haadakadaey firaash. Runaa ya ehnhadaajanuvaanenun. Ny a..dn hama yageen Runaa manjey ulhen jeheynee bolun falhaagn diyathanun leynuhifign mulhi laif gaves. ….so ???????dw…firaash haada gooey

    1. Eyesh says:
      January 4, 2016 at 12:30 am

      Hehehe asluves dhw ny ??firaash ves nuvaane ehnu dream ga viyas ekehala kanthah kuraakah… ?

  10. Zuu says:
    January 3, 2016 at 11:39 pm

    Varah reetthi..thankolhei kuree

    1. Eyesh says:
      January 4, 2016 at 12:32 am

      Thanx zuu ? next part adhi miah vure dhigu kohlaanan ingey.. ?

  11. ny says:
    January 3, 2016 at 11:41 pm

    Aaa dw..eyesh dnreakun miavuredigukolachey,,,,

    1. Eyesh says:
      January 4, 2016 at 12:31 am

      Ok ny swyty ?

  12. shine says:
    January 4, 2016 at 12:50 am

    Nice..,

    1. Eyesh says:
      January 4, 2016 at 8:53 am

      Thnx shine ?

  13. 9797783 says:
    January 4, 2016 at 2:14 am

    V reethi

    1. Eyesh says:
      January 4, 2016 at 8:54 am

      Thnx dear ?

  14. hunaa says:
    January 4, 2016 at 8:12 am

    Miyaky dhaadhifahun maruvi ziyaadhaage vaahakatha faahaana discribe kohdhyfa in gothun hama hiyaalah aee evaahaka somehow vaahaka v v v reethi waiting for next part

    1. Eyesh says:
      January 4, 2016 at 8:55 am

      Yeah hunaa.. e haadhisaa aslakah balaigen ekamaku hiyaalee bai bodah himanaigen liyaa vahaka eh mee. Thankew so much swyty ?

  15. Yoosuf says:
    January 4, 2016 at 8:14 am

    Koment kureemaa koment nujahaadheytheeve komentkuraahitheh nei. Nujeheyvaruge komenteh noonkureekee. Dhen varah salaam

    1. Eyesh says:
      January 4, 2016 at 8:59 am

      Yoosuf kurin comment eh kureema e comment post nuveetha? Ekamaku eyesh ah heevanee kohme comment eh kuriyas hama post vaane hen. ?

  16. saf says:
    January 4, 2016 at 8:58 am

    V nice

    1. Eyesh says:
      January 4, 2016 at 11:50 am

      Tuanx saf ?

  17. suveyz says:
    January 4, 2016 at 9:19 am

    Sifa kohdhinun haveys

    1. Eyesh says:
      January 4, 2016 at 11:51 am

      Thanx suveyz ?

  18. maahish? says:
    January 4, 2016 at 10:42 am

    Yoosuf RU mad??????
    Eyesh..story hama habeys..?
    Love yuh dhoonxx???

    1. Eyesh says:
      January 4, 2016 at 11:52 am

      Thanx maahish darling ? luv u too dear ??

  19. AISH says:
    January 4, 2016 at 11:19 am

    V REETHI STORY EH. MIZAMAANAA V GULHEY . NEXT PART WHEN ?

    1. Eyesh says:
      January 4, 2016 at 11:54 am

      Thankew AISH ? 2 days thereyga next part up kuraanan insha allaah ?

  20. aal says:
    January 4, 2016 at 11:50 am

    mi part vx hama perfect..alhe firaash haadha goahey dhw runaa ah ehn hadhaakah nuvaane ehnu..eyesh runaa ah dhera gotheh nuhadhahchey..eagerly waiting for the next part..?

    1. Eyesh says:
      January 4, 2016 at 11:57 am

      Thank u so much aal ? m so happy that u liked it ??
      Asluves firaash haadha goahey dhw ?
      ..

  21. nasy says:
    January 4, 2016 at 12:19 pm

    I like it

    1. Eyesh says:
      January 6, 2016 at 7:32 am

      Thanx nasy ?

  22. moon says:
    January 4, 2016 at 3:16 pm

    pahh kiyaaafa :p

    1. Eyesh says:
      January 6, 2016 at 7:32 am

      Yeshh moon.. pahh kiyaafa ??

  23. Dhon says:
    January 4, 2016 at 4:43 pm

    when will update the Nex part?

    1. Eyesh says:
      January 6, 2016 at 8:20 am

      Madhama up kuraanan dear ?

  24. Niikko says:
    January 6, 2016 at 1:39 pm

    wow!! nice story waiting for next part

    1. Eyesh says:
      January 6, 2016 at 8:56 pm

      Thanx niikko ? madhama aa baeh up kuraanan insha allaah ??

Comments are closed.

All Right Reserved!