ރަށުގެ ބޮޑެތިމަގުތަކަށް ފިނިކަމާ ހިޔާގެނެސްދީފައިވަނީ މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ ބޮޑެތި ބަބުކެޔޮގަސްތަކާއި ރުއްތަކުންނެވެ. މުޅިރަށުތެރޭން ފެނިގެންދަނީ އުފާވެރިކަމާއި ހީވާގިކަމެވެ. ހަޑޫހޮވުމާ، އިލޮށިފީއްސުމެވެ. ލީލިއެޅުމާ، ރޯނުވެށުމެވެ. ދަނޑަށްދިޔުމާ، މަހުންލަފައިގެން އައުމެވެ. މިފަދަ އެތައްކަމެއް މަގުމަތީން ފެންނަމުންދެއެވެ. ކޯޅިކޯޅިއަށް މީހުންތައް މަގުމަތީގައިތިބެ ހީސަމާސާ ކުރަމުންދެއެވެ. ބައެއްމީހުން އެއްވެސްކަމެއްނެތި ކުޑަދަރިފުޅު ގޮވައިގެން އެ ފޮނި މަޖާ ވާހަކައިގައި ބައިވެރިވެގެން ތިއްބެއެވެ. މި ހީސަމާސާ އަށް ހުއްޓުމެއް ގެނުވީ ލަތީފާގެ މަންމަގެ ބަލި އަޑެވެ. އެހިނދު ލަތީފާ ތެދުވެ ހަނޑޫލޯތަށި ހިފައިގެން ހިނގައިގަތެވެ. […]
އެއީ ހަމަ ދާދި ފަހުންނެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އަހަރެން، އަހަރެންގެ ލޯބިވެރިޔާއާއެކު ވަޤުތުތަކެއް ހޭދަ ކުރީމެވެ. އެއީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިން ވަޤުތުތަކެކެވެ. ދެ މީހުންގެ ޢާއިލާވެސް ރުހިގެންނެވެ. ނަމަވެސް ކަން ހިނގާ ދިޔައީ މާ ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާ، ޝިފާގެ ދައްތަ އަހަރެން ދެކެ ރުޅި އަންނަން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޝިފާގެ ދައްތަ ބޭނުންވީ އަހަރެމެން ދެމީހުން ދުރުކުރުމެވެ. އެއްދުވަހަކު ޝިފާ އަހަރެންގެ ގާތުގައި ބުންޏެވެ. […]
ދުވަހަކީ ވިއްސާރަ ދުވަހަކަށް ވުމުން އަހަރެން ނިންމީ ސެކަންޑް ޔުނިފޯރްމް ލައިގެން ދިއުމަށެެެެވެ.. އަދި މަގުމަތީގައި ފެންބޮޑުވެފާ ހުންނާނެތީ ބޫއްޓު ތެމުނަ ނުދެން ފައިވާނަށް އެރިގެން ދާން ނިންމީމެވެ. ސީކުރެޓް ސެންޓުފުޅިން ގަޔަށް ވައި ކޮޅެއް ބުރުވާލުމަށް ފަހު ހިތު ތެރެއިން ހެނދުނު ކިޔާ ޒިކުރުތައް ކިޔަމުން ދަބަސް ހިފައިގެން އަހަރެން ނިކުތީމެވެ. މަންމަ ކުޑަ އެއް ހިފައިގެން އަހަރެން ސްކޫލަށް ލާންދިއުމައް ނުކުންނަނީއެވެ. ސްކޫލަކީ ވަރަށް ދުރު ހުންނަ ތަނެއް ކަމުން ހިނގާފަ ދާނަމަ ގާތްގަނޑަކަށް […]
ޖުލައި މަހުގެ ތެރޭގައި
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ އެވެ އެ ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވެސް މިހަތުގަިވެޔޭ 1ވަނަ ބައި ޖޯޑު ކިރު އަދި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ ވެސް މިހަތުގަިވެޔޭ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މުހައްމަދު ހުސައިން މަނިކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ
(މި އާޓިކަލް މަރުޙޫމާ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ތަޙުސީސު ކޮށް ލިޔަމެވެ.) އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ.އެއީ މަރެވެ.ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެއް ކަމެވެ.ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ.އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ.ތިބާގެ ޢަމަލުތައް ފިޔަވައެވެ. އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ […]
ަ(އަޅުގަނޑަކީ އުމުރުން އަދި 13 އަހަރުގެ ކުއްޖެއް ކަމާއި މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން، ކުށް ހުރުން އެކަށީގެން ވެއެވެ.) އަހަރެންނަކީ 25 އޮކްޓޫބަރު 2006 ގައި މާލޭގެ އާދައިގެ އާއިލާއަކަށް އުފަންވީ އަންހެން ކުއްޖެކެވެ. އަހަރެންނަކީ އަހަރެންގެ މަންމަގެ ހުރި ހަމައެކަނި ދަރިއެއް ކަމަކު، ބައްޕަގެ އެންމެ ހަގު އަންހެން ދަރި އެވެ. އަހަރެންގެ ދޮއްޓަށް ދެ ދައްތަ ހުރެއެވެ. އެއީ އިނގެރޭސި އިން ބުނާނަމަ ‘ސްޓެޕްސިސްޓާސް’ އެވެ. އަހަރެން މިއީ މަންމަ ގެ ހުރި ހމައެކަނި ދަރިފުޅު ކަމުން، މަންމަ ވެސް ބައްޕަ ވެސް އަހަރެން ގެންގުޅުނީ އަހަރެންނަކީ ޖަވާހިރއްގެ ގޮތުގައެވެ. އެހެންކަމުން އަހަރެން ބޮޑު ވަމުން އައީ ވަރަށް ވެސް އުފަލުންނެވެ. އަހަރެންގެ އުމުރުން އެއް އަހަރުވީ ތަނާހެން އަހަރެން ބަލިވާން ފެށިއެވެ. މަންމަ އެކަމާ ކަަންބޮޑު ވާން ފެށިއެވެ. އެދުވަހު މަންމަ އަތުގަ ހުރި ލާރި ކޮޅު ތަށް ވަނީ ހުސްވެފައި ކަމުން އަހަރެން ހޮސްޕިޓަލަށް ގެންދާނެ […]
ދުވަހަކީ ހުކުރުދުވަހުގެ މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ބައްޕަ ފަރާތު ބޮޑު އާއިލާ ތައްޔާރުވަމުން ދިޔައީ ކައިރީގައި އޮތް ފަޅުރަށަކަށް ދަތުރު ދާށެވެ. ދަތުރުދަނީ އަނެއްދުވަހު އަންނަ ގޮތަށެވެ. އަނެއްހެން ބުނާނަމަ އޯވާނައިޓަކަށެވެ. އަހަރެމެން ނައްޓާލީ ތިނެއްޖަހަނިކޮށެވެ. ދޮންތަބޭގެ ދޯނީގައި އިންނަ ގެގަނޑުގެ މަތީގައި އަހަރެމެން އެންމެން ތިބީމެވެ. ރޭކުރަން ދާތީވެ ގެންދަން ބައިވަރު އެއްޗެހި ހުއްޓެވެ. “މާލޭން ގެންނަ މުދާތެއްވެސް މިއަށް ވުރެ މަދުވާނެ..” ގެންދިޔަ އެއްޗެހި ގިނަކަމުން ބައްޕަ ކިޔާނެއެވެ. ކިޔަނީ […]
ދެހާސް ތޭރަވަނަ އަހަރު އަހަރެންނަށް މުޅިންއާ ރަހުމަތްތެރިންތަކެއް ލިބިގެން ދިޔައެވެ. އެންމެ ފުރަތަމަ އަހަރެމެންގެ މެ ދުގައިއޮތީ އެހާގާތް ގުޅުމެކޭ ނުބުނެވޭނެއެވެ. އެހެނަސް ފާއިތުވެގެން މިދިޔަ ހަތްއަހަރު ދުވަހަކީ އަހަރެމެންގެ ގުޅުންބަ ދަހިވެ އިތުރައް ކުރިލައި ހެދުނު އަހަރުތަކެކެވެ. ހަނދާނުން ދުވަހަކުމެ ފޮހެވިގެން ނުދާނެ އުފާވެރި ހަނދާންތައް އަހަރެމެން ފަސް އެކުވެރިން މިއަންނަނީ ރައްކާކުރަމުންނެވެ. ޝެރީން އިކީ, ލަމް އަދި ނަޝްއަކީ އަހަރެންގެ އެންމެގާތް އެންމެ ލޯބިވާ އެކުވެރީންނެވެ. ހާލަތުނިޔާ ކުރާގޮތުން އަހަރެމެން އެއްފަސްގަނޑެއްގައި އުޅުމުގެ ނަސީބު […]
ނަލަ ނަލަ ދުވަހަކަށް އިރު އުދަރެހުން ބޯދިއްކޮށްލީ ހަމަހިމޭން މާހައުލުގެ ހިމޭންކަން ނަގާލަމުންނެވެ. ކާޅުތައް އެއެއްޗެހީގެ ކޮންމެ ދުވަހެއްގެ ވެސް ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ދިޔައިރު، އެސޮރުމެންގެ އެލާމްގެ އަޑަށްް ބޯލަނބާ ގޭގޭގެ ދޮރުތައް ދިޔައީ މަޑުމަޑުން ހުޅުވެމުންނެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު ޖެހިލާ ތެތްފިނި ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިތްބައިދެމުން ދިޔައެވެ. ރޭ ވެހުނު ވާރޭގެ ހިތަގައިމު ޝަބްނަމްތިކިތަކުން ގަސްތަކުގެ ފަތްތަކަށް ދިރުން ލިބި، ފަޅުފިލުވާލެވިފައި ވީއިރު، ބިންގަންޑު ތެމިފައި ވުމުގެ ސަބަބުން […]