Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ )ފުރަތަމަ ބައި(

Ahmed Ammu Level 210 Stories100 Comments
December 4, 2015 3 Mins Read
38 Comments

މިއަދު މަރީނާ އަކީ މުސްކުޅި ބަލީގައި ދިރި އުޅުމުގެ ފަހު ދުވަސްތަށް ގުނަމުންދާ މީހެކެވެ. މަރީނާ އަށް ލިބިފައި ތިބި 2 ކުދިންގެ ތެރެއިން މަރީނާ އަށް އަބަދުވެސް އަޅާލަނީ  މަރީނާގެ ހަގު ދަރި ޝާމިން އެވެ. ޝާމިން އަކީ އަޚްލާޤު ރަނގަޅު ހިތްތިރި ޒުވާނެކެވެ.  މަރީނާ މެންގެ  ފަޤީރު ދިރިއުޅުން މުއްސަނދި ދިރިއުޅުމަކަށް ހަދައިދީފައި  ވަނީވެސް ޝާމިންގެ ބުރަ މަސައްކަތުންނެވެ. އެކަމަކު އަދިވެސް ޝާމިންގެ ޝަކުވާ އަކަށް ވެފައި ވަނީ މަންމަގެ ލޯތްބާއި ފިރިމުންތަކަށް ޝާމިން އެންމެ ބޭނުންވެފައިވާ ދުވަހު އެލޯބީގެ ބަދަލުގައި ލިބެމުން ދިޔަ އަނިޔާއެވެ. އެހިތްދަތި ޒަޚަމް ކުރުވި ބަސް ތަކެވެ.
*** *** ***
މަރީނާގެ އުމުރުން ފަނަރަ އަހަރުގައި އިބްރާހިމް އާއި އިނދެގެން މަރީނާ އިބްރާހިމް ގެ ގެއަށް ދިޔައީ ނުހަނު ފޮނި އުއްމީދު ތަކާއި އެކުގައެވެ. ދެފަރާތުގެ އާއިލާ ގައި ވެސް އިތުރު މީހަކު ނެތުމުން އެދެމަފިރިން އުޅުނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ނަމަވެސް އެދެމަފިރިންނަކީ ރަށުގެ ރައްޔިތުންނާ ވަރަށް ގުޅޭ ދެމަފިރިން ކަމުން ރަށުގެ ރައްޔިތުންގެ މެދުގައި އެދެމަފިރިންނަށް ވަނީ ހާއްސަ ޤަދަރެއް ދެވިފައެވެ. ކަމަކު ޖެހިގެން ރަށުގެ ކޮންމެ މީހެއްގެ ގެއަށް ދިޔައަސް އެމީހުންނަށް ވާވަރުގެ ކަމެއްވިއްޔާ ލަހެއް ފަހެއް ނެތި ކޮށްދެއެވެ. އާމްދަނީ ހޯދުމަށްޓަކައި އިބްރާހިމް ރަށުގެ ދޯނިން މަހަށް ގޮސް ހަދާތީ ލިބޭ ލާރިކޮޅުން ދެމަފިރިންގެ ދިރިއުޅުމުގެ ކަންތައްތައް ކޮށްލާ ވަރުވެއެވެ.

ކައިވެންޏަށް އަހަރު ނުވަނީސް އެދެމަފިރިންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބިއްޖެއެވެ. އެދެމަފިރިންގެ  ދަރިފުޅު ސަނާ އާއި އެކު އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން ދަނިކޮށް އިބްރާހިމް ކުއްލި ގޮތަކަށް ނިޔާވެގެން ދިއުން ވީ މަރީނާ އަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. އޭރު އަދި އެދެމަފިރިންގެ ދަރިފުޅު ސަނާއަށް ވީ 6 އަހަރެވެ.
ދުވަސް ތަށް ހޭދަ ކުރަމުން މަރީނާ އޭނާގެ ދަރިފުޅާ އެކު އުޅެމުން ގެންދިޔައީ ރަށު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރި ކަމާ އެކުގައެވެ.

އާމްދަނީ ހޯދުމަށްޓަކައި މަރީނާ މަސައްކަތެއް ފެށިއެވެ. އެގޮތުން މަރީނާ ރަށުގައި ހުރި މޫސަގެ ގޭގެ ކަންތައް ތައް ކޮށްދިނުމަށް އެއްބަސްވީ ރަނގަޅު މުސާރައެއް  ދޭނެ ކަމަށް ބުނުމުންނެވެ. އޭރު މޫސައަކީ ރަށުގައި ހުރި އެންމެ މުއްސަނދި މީހާއެވެ. އަމިއްލަ ފިހާރަ އަކާއި ބޮޑު ގޯއްޗެއްގެ ވެރިއެކެވެ. މޫސަގެ އަންހެނުން ފާތުމައަކީ މަރީނާ އަށް ވުރެ 7 އަހަރު ދޮށީ މީހެކެވެ.  އެދެމަފިރިންގެ ކައިވެންޏަށް މިވީ 5 އަހަރު ދުވަހުގެ ތެރޭގައި އަދި ކުއްޖަކު ލިބިފައެއް ނުވެއެވެ. އެހެން ކަމުން އެދެމަފިރިން ދެކެނީ މަރީނާގެ ދަރިފުޅު ސަނާ އަކީ އެދެމަފިރިންގެ ދަރިއެއް ގޮތުގައެވެ. އެދެމަފިރިންގެ ހިތްހެޔޮ ކަމާއި ދަރިފުޅާ ދޭތެރޭ ބަހަށްޓާ ގާތްކަމަށްޓަކައި މަރީނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އެގެއަށް ބަދަލުވުމަށް މަރީނާ ގާތު އެދުމުން އެކަމަށް އިންކާރު ކުރީ އިބްރާހިމްގެ ހަނދާން ތަކާއި ދުރަށްދާން ބޭނުން ނުވާ ކަމުގައި ބުނެއެވެ. އަދި އިބްރާހީމް ދުނިޔޭގައި ހުރި އިރު އެގެ ނޫން އެހެން ގެއެއްގައި ނޫޅުމަށް އިބްރާހިމް ކޮށްފައިވާ ވަސިއްޔަތަށް ކަމޭ ހިތުމުގެ ގޮތުންނާއިވެސް އެކުއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އާދައިގެ މަތިން މަރީނާ އުޅުނީ މޫސަމެން ގޭގައި މަސައްކަތުގައި އަވަދިނެތިއެވެ. ދަރިފުޅު ސަނާ ގޭތެރެއަށް ދޫކޮށް ލުމަށްފަހު ބަދިގެ ފަރާތުގައި ރޭގަނޑަށް އެއްޗެއް ތައްޔާރު  ކޮށްލުމަށް އުޅުނީ އިރުއޮށްސުމަށް ފަހު ގެއަށްދާ ގޮތަށް ނާންނާތީއެވެ. އެއީ އެދެމަފިރިންވެސް މަރީނާ އަށް ފަސޭހަ ކުރުމަށްޓަކައި މަރީނާގެ މަސައްކަތު ތާވަލު ރާވާފައި އޮންނަ ގޮތް ކަމަށް ވާތީ އާއި ވެސް އެކުގައެވެ.  ސިހިފައި ފަހަތް ބަލާލެވުނީ މޫސަ ކަރުކެހިލި އަޑަށެވެ. ” ހާދަ ބުރަކޮށް؟ ކޮބާ ފާތުމަ؟” މޫސަ ސުވާލު ކޮށްލީ ހިނިތުންވެ ހުރެއެވެ. “ފާތުމަވީ ބޭރަށް ގޮސް. ބުނި އާދެވޭނީ އިރުއޮށްސޭ ފަހުންނޭ” މަރީނާ ޖަވާބު ދިނެވެ. އެހެންހޭ ބުނެ ފެންފޮދެއް ބޯލުމަށްފަހު މޫސަ ދިޔައީ ގޭތެރެއާ ދިމާ އަށެވެ. އެހާ މުއްސަނދި ދިރިއުޅުމެއް އުޅެމުން ދާއިރުވެސް އެދެމަފިރިންގެ ހިތުގައި ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ނުހުންނާތީ މަރީނާ އަބަދުވެސް ހިތާ ހިތުން އެދެމަފިރިންނަށް ތަޢުރީފް ކުރެއެވެ.

ބަދިގޭގެ ކަންތަށް ނިންމާލުމަށްފަހު މަރީނާ ސަނާވީ ހިސާބެއް ބަލާލުމަށް ދިޔައިރު ސަނާ ގޭތެރޭގައި ހުރި ގޮނޑީގައި އިށީ އިނދެލައިގެންއިނެވެ. މަރީނާ ގޮސް ސަނާ ފެންވަރުވާލާ ރީތިކޮށްލުމަށް ފަހު ސަނާ ކައިރީ ގޭތެރޭ އިނުމަށް ބުނެ ބޮޑުދޮރު ތަޅުލުމަށް ފަހު ދިޔައީ ފެންވަރާ ލުމަށެވެ. އެގެއަށް މަސައްކަތު އައިފަހުން ގެއަށް ދަނީ އިރުއޮށްސުމުގެ ކުރިން ފެންވަރާ ލައިގެން ކަމަށް ވާތީއެވެ. ސަބަބަކީ މަރީނާ މެންގެ ގޭ ގިފިލި ހާމައަށް ހުރުމެވެ. ފެންވަރައިގެން ނުކުތްތަނާ ހެން މޫސަ ގޮވާލުމުން  މަރީނާ އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީމެވެ. ފެންވަރާ ނިމުނު ގޮތަށް މޫސަ ހުރީ ތުވާލި ކޮޅު އަނދެލައިގެންނެވެ. އަދި މިވީހައި ތަނަށް މޫސަ އެގޮތަށް ހުއްޓައި މަރީނާ އަށް ފެނިފައެއް ނުވެއެވެ. މޫސަގެ އެ ބާމަތިފުޅާ ފިރިހެން ވަންތަ ހަށިގަނޑެވެ. މޭމަތީގެ އިސްތަށި ތަށް އާދައިގެ ވަރަކަށް ހުރިއިރު ހަފްތާއެއް ވެފައިވާ އެތުނބުޅިން މޫސަގެ ފިރިހެން ވަންތަކަން އިތުރަށް ހާމަވެގެން ދެއެވެ.  އިރުކޮޅަކު ބަލަން ހުރެ ސިއްސައިގެން ދިޔައީ މޫސަ  ސުވާލު ކޮށްލުމުންނެވެ. ތެޅިގަނެފައި މަރީނާ އިސްދަށަށް ޖަހާލީ ލަދުން ހުރެއެވެ. “އަހަރެންގެ މުންޑު ދެކުނިންތަ؟ އިއްޔެ އެއްޗެހި ދޮވެ މޫސަގެ އެއްޗެހިތަށް ކޮޓަރިތެރޭ ބެހެއްޓުނުތަން މަރީނާ ހަނދާން ނެތުމާއި އެކު ކޮޓަރިތެރެއަށް ވަނީ މޫސަގެ ހުއްދަ ލިބުމާއި އެކުއެވެ. އެކި ތަންތަން ހޯދުމަށްޓަކައި މަރީނާ ކޮޓަރި ތެރޭގައި ހަރަކާތްތެރި ވާން ފެށިއެވެ. އެންމެ ފަހުން ފޮށިގަނޑަށް އެޅުނީ ކޮން އެއްޗެއްތޯ ބަލާލުމަށްޓަކައި މަރީނާ ގުދުވެލިއެވެ. ކޮޓަރިއަށް މަރީނާ ވަނީންސުރެ މަރީނާ ކޮޓަރި ތެރޭގައި ހަރަކާތް ތެރިވާ މަންޒަރު މޫސަ ހުރީ ބަލާށެވެ. މަރީނާގެ އެ ދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެން ވަންތަ ހަށިގަނޑެވެ. މަރީނާގެ އެ ފަން އިސްތަށި ގަނޑު މިނިވަންކަން މަތީ ދޫކޮށްލާފައި ވާއިރު އިރު އިރު ކޮޅާއި މޫނުމައްޗަށް ކުރަމުންދާ ގޯނާތަކުން ޖައްސާލާ ވައްތަރުތަކަށް މޫސައަށް ބަލަން ހުރެވުނީ ފޫހިކަމެއް ނެތިއެވެ. މޫސައަކީ މީހެއްގެ ފިރިއެއް ކަންވެސް އެވަގުތު ވަނީ ހަނދާން ނެތިފައެވެ. “އަން މިއޮތީ ފޮށިގަނޑަށް ލެވުނުކަން ހަނދާ ނެތުނީ” މިހެން ބުނެ މުންޑު ހިފައިގެން އައިސް މޫސައަށް ދިނުމަށްފަހު ކޮޓަރިން ނުކުތުމަށް މަރީނާ ހިނގައިގަތް ވަގުތު މަރީނަގެ އަތުގައި ހިފުމުން ހުއްޓުން އެރިއެވެ. އަދި މޫސަ އާއި ދިމާއަށް ބަލާލުމަށް ފަހު ހިނިތުން ވުމެއް ރަށްދުކޮށް އަތްފޮޅުވާލައި ކޮޓަރިން ނުކުތުމަށް ދުއްވައި ގަތެވެ.
ސަނާ އަދިވެސް އެއިންގޮތަށް ގޮނޑީގައި އިނެވެ. އެވަގުތު ދޮރު ހުޅުވާލުމަށް ފަހު ފާތުމަ ގޭތެރެއަށް ވަނެވެ. “ހާދަ ހިނިއައިއްސަ؟ ފާތުމަ އެހެންބުނި އަޑު ކޮޓަރިތެރޭ ހުރި މޫސައަށް އިވި ލާނެއް ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިވެގަތެވެ. “އާނ! މީ…. ކަމެއްނުވޭ. މަރީނާ އާ ގަންނަ ގޮތްވިއެވެ. ފާތުމަ ހިނިގަނޑެއް ޖަހާލުމަށްފަހު އަވަސް ކޮށްލައިގެން ގެއަށްދިއުމަށް ބުނީ އަނދިރިވެފައި އޮތުމުންނެވެ. އަވަހަށް ތައްޔާރު ވެލުމަށްފަހު ސަނާ ގޮވައިގެން މަރީނާ ގެއަށްދާން ނުކުތުމުން ފާތުމަ ދޮރުލައްޕާ ތަޅުލިއެވެ.
ނިދަން އޮތް އިރުވެސް މަރީނާ އަށް ވިސްނެނީ މޫސައާއި ދޭތެރޭގައެވެ. މޫސަގެ އެ ފިރިހެން ވަންތަ ބައިމަތިފުޅާ ހަށިގަނޑު ފެނި  ކޮންމެ އަންހެނެއްގެ ހިތުގެ ތެޅުން އަވަސް ވެގެން ދާނެކަން ޔަގީނޭ މަރީނާގެ ހިތަށް އެރިއެވެ. މަރީނާ އަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މަރީނާގެ ސިކުނޑިއަށް ވިސްނި ކައިރީގައި އޮތް ސަނާގެ ކޮލުގައި ބޮސްދިނުމަށްފަހު ލޯ މަރާލިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ހުވަފެނެއްބާ؟ (3ވަނަ ބައި)

Next

ހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)

Next
December 4, 2015

ހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)

Previews
December 3, 2015

ހުވަފެނެއްބާ؟ (3ވަނަ ބައި)

38 Comments!

  1. Eyesh says:
    December 4, 2015 at 2:48 am

    Wow…. m loving it.. ur just too gud besty?? ?? can’t wait to read the next part. Keep it up ingey ???

  2. Eyesh says:
    December 4, 2015 at 2:52 am

    M loving it. Can’t wait to readbthe next part. Yuh are just too gud besty ? ?? keep it up ingey ???

    1. Ahmed Ammu says:
      December 4, 2015 at 7:06 am

      Thank You Besty. 😉 <3

  3. m@ Dhy says:
    December 4, 2015 at 8:41 am

    Starting vvv salhi.. Gudluck. Kn iraku next Up vaany?

    1. Ahmed Ammu says:
      December 4, 2015 at 1:20 pm

      Thank You M@dhy. In Shaa Allah. Mirey ge vagutheggai up kohdhey nan.

  4. mmmmmm, says:
    December 4, 2015 at 8:45 am

    Wow…keep it up….dhen kon irakun nxt part up koh dheyny

    1. Ahmed Ammu says:
      December 4, 2015 at 1:26 pm

      Thank You mmmmmm, ☺

  5. sadhaaa says:
    December 4, 2015 at 9:16 am

    Varah reethi??? ..when next part

    1. Ahmed Ammu says:
      December 4, 2015 at 1:25 pm

      Thank You Sadhaa. Mirey. In Shaa Allah. ☺

  6. handy says:
    December 4, 2015 at 9:41 am

    When next part up kurany

    1. Ahmed Ammu says:
      December 4, 2015 at 1:24 pm

      In Shaa Allah. Mirey ge vagutheggai up kohdheynan ☺

  7. misty says:
    December 4, 2015 at 11:23 am

    Varah varah reethi ☺ when next part?

    1. Ahmed Ammu says:
      December 4, 2015 at 1:23 pm

      Thank You Misty. In Sha Allah mireyge vagutheggai up kon dheynan ☺

  8. kate says:
    December 4, 2015 at 12:51 pm

    Eyesh akee girl eh dhoa ammu akee boiy eh r u both in a relationship??

    1. Ahmed Ammu says:
      December 4, 2015 at 1:21 pm

      Yeah Eyesh akee girl eh dhen mee Boy eh. We both are best friends. ☺

  9. foohi says:
    December 4, 2015 at 1:28 pm

    Story v reethi. Heevanee me vaahaka liyaa meehaa ah experience vefa oth kameh hen. Ekahala gotheh vaahaka genesdhinumuga ebahuri. And I realy dnt like the user name. Fake one eh veema. Vaahaka liyanyaamun hageegee namuga k ve nuliyanee. Edhen v fake gotheh. Eheneveema mi bunee this is actually luyuntheriyaage vaahaka ekey. I hate ekahala kudhin. Heyo hithun gengulhuneema kaandhey athugai dhath alhaameehun. Vaahaka liyaa meehaa akee definitely anhemeh.

    1. Ahmed Ammu says:
      December 4, 2015 at 2:08 pm

      Thank You. ☺
      Vaahaka liyamun midhany adhi upload kuramun ves mi gendhany firiheneh ☺

    2. jum says:
      December 4, 2015 at 2:53 pm

      Yuh vx aslu name jahaygen comment kurun edhen ‘ foohi ‘ lol

  10. foohi says:
    December 4, 2015 at 1:36 pm

    Eyesh akee vs anheneh. They both are relatives. v fake dhen olhuvaaliyas boduvaru. Kithamme foruvan ulhunas hageegath vaanee hageegathah. Meehegge wife ehgge gothuga hure meehegge firiyaa hithaaveema edhen nubuneveyne dhw e firihen meehaage ekani kushekey. And firi maruvi kamah hadhaafa e othee. Hageegee haadhisaaga aslu firi mareh vs nuvey e anhen meehaage edhemeehun hithaavi iru. And dhe anhenunakee vs relatives. So lhiyanaa hithaa vee. wot a shame. Mee mihaaru raajjeyga aammu kameh. Geygeyga maid nunee baby sitters gengulhumuga mhaaru dhivehin vejje v careful vaan. It really a shame.

  11. Ahmed Ammu says:
    December 4, 2015 at 2:10 pm

    Ahmed e ee Alhugan’du ge Real Name. Ammu e ee alhugan’du ge Nick name. We both are not relatives. ☺

  12. santhi says:
    December 4, 2015 at 2:50 pm

    Dhn e dhemeehun relation akah dhiyaz kn behey kameh dhn ehnnoonazz mithaaku nujeheythw meehunge zaathy kanthah thakaa beheykah v NYC story keep it up luvly ammu

    1. Ahmed Ammu says:
      December 4, 2015 at 2:57 pm

      Thank you ????

  13. sappe says:
    December 4, 2015 at 4:20 pm

    balaa eh nu

    1. jum says:
      December 4, 2015 at 6:48 pm

      Mi kaakutha adhi hurihaa thaakah anga baanan..

  14. Eyesh says:
    December 4, 2015 at 4:38 pm

    Ammu akee boy eh.. eyesh mee girl eh. And we are best friends. ? foohi ah thi heevefai otheekee rangalhakah noon. We are not relatives. Adhi mivaahaka akee anmuge dhirulhumaa ehves gulhumeh oi vahaka ehnoon. And ammu vahaka upload kuranee eynage amilla namuga. Ahmed ves ei eynage nameh. Ammu akeeves eyna ah kiyaa namahe. Eyesh ei alhuganduge nick name. Ehen veema ehves ehcheh olhuvaalevifa eh nethehnu. Foohi varahbodu olhumehge thereygai hureema clear kohladhineemi. ??

  15. shif says:
    December 4, 2015 at 6:49 pm

    Ma hithah araa ethaa bodukoh Ahmed jahaafa in than nufennanybaa ey.. Haha.. Ahmed kiyaa anhen kudhin ulhey kan vx adhi kiriyaa Mi enguny.. Vaahaka vrh habeys. ?

    1. Ahmed Ammu says:
      December 4, 2015 at 7:28 pm

      Thank You shif. ☺

  16. mmmmmm, says:
    December 4, 2015 at 10:04 pm

    Haadha lahey dhw up kuran …avas kohbaa ..plxx…hurry up

  17. Shaa says:
    December 4, 2015 at 10:23 pm

    Vaahaka varah reethi… Waiting for the next part… ??

  18. Aimmm says:
    December 4, 2015 at 11:24 pm

    Thin vana meehaage nazarun vaahaka kiyaidhey iru beynukuran nujehey baey lafuxu hurikan faahaga kurevunu. Up kurumuge kurin check kolavaa.eyrun rangalhuvaane.vaahaka reethi

  19. foohi says:
    December 5, 2015 at 1:09 am

    Mareena, Shamin, Ibrahim, Sana, Ahmed, Ammu mi hurihaa nanthakakee vs reality aa match vaa meehun. All these names belongs to ammu family in the real context. Ahmed akee lhiyanu. Ammu akee vs nick eh anhen meehage in real context. Wot an ithifaagu dhw. Wot an inthifaag. Anyways, kurin vs bunin vaahaka v reechey. Zaathee eh nuvan. Blood pressure mahchah dhaa meehun lonu beynunkurun madhukollehvun rangalhuvaane. Vaahaka liyaa meeha ah vs thivareh nuvey. K ve baa? thaneh dhoreh balaanulaa comment kuraathee massala akee. Komme meehakah vs emeehaku beynun khiyaaleh husha helheyne. Hajam nukurevenyaa dhen fiber ginain hunna ehchihi ke eema vs ok vedhaane faharegga. heheheh

  20. nuzoo says:
    December 5, 2015 at 9:30 pm

    foohi ur right… mi meehunah heeva kahala readers can only giv positiv comet ey…. but unfortunately not. .. emeehakah hadiyya hadiye vs bunevi dhaane.. pls hajam shif jum and santhi

  21. Immy says:
    December 11, 2015 at 8:33 pm

    ވަރަށް ސަޅި

    1. Ahmed Ammu says:
      January 11, 2016 at 6:12 pm

      Thank You Immy ☺

  22. Maree says:
    December 17, 2015 at 11:29 am

    Varah reethi vaahaka eh

    1. Ahmed Ammu says:
      January 11, 2016 at 6:14 pm

      Thank You Maree

  23. Hajja says:
    January 9, 2016 at 2:56 pm

    vaahaka varah reethi u are the best ammu

    1. Ahmed Ammu says:
      January 11, 2016 at 6:12 pm

      Thank You Hajja ☺

Comments are closed.


All Right Reserved!