Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

ދަރިފުޅާއެވެ…

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 31, 2015 4 Mins Read
23 Comments

 

 

މަންމަގެ ކުށަކީ ކޮބައިހެއްޔެވެ؟ އަންހެނަކަށް ވުން ހެއްޔެވެ؟ ކުރިމަތީ ހުރި ޖަނަވާރެއް ފަދަ މީހާއަށް ވުރެ ބަލިކަށިވުންހެއްޔެވެ؟ އަމިއްލަ ދިފާއުގައި ނުނިކުތުން ހެއްޔެވެ؟ ލިބެމުން ދިޔަ ވޭނީ އަނިޔާތަކަށް ކެތް ކުރުންހެއްުޔެވެ؟

މަންމަ ކުރާނީ ކީއްހެއްޔެވެ؟ އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ނިކަމެތި ބައެކެވެ. އަމުރުކުރުމުގެ ބާރު ލިބިފައި ނެތް ނިކަމެތިންނެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ފިރިހެންނުންނަށް ބާރުލިބިފައި އޮތަކަސް އެމީހުންނަށް ވުރެ އަންހެނުން ވަރުގަދަވާނެއެވެ. ނަމަވެސް ގިނަ ފަހަރު އަންހެނުންގެ ތެރޭ ފޮރުވިފައިވާ އެ ވަރުގަދަކަން ޖެހޭނީ އަބަދުމެ އަބަދަށް ފޮރުވާފައި ބައްވާށެވެ. އެކަން އެގޮތަށް ނުވާނަމަ މަންމަ ފަދައިން ކިތަންމެ މީހަކުވެސް މިފަދަގޮތަކަށް ނިމިނުދާނެކަން ޔަޤީނެވެ.

މަންމަގެ ބައްޕަ ވަލީ ދިނުމަށްފަހު މަންމައާއި މަންމަގެ ދިރުއުޅުން ހަވާލު ކުރީ ކޮންފަދަ ނުބައި އިންސާނެއްގެ އަތަކަށް ކަމެއް އޭރަކު މަންމައަކަށް ނޭނގެއެވެ. ކުރިންއިނގިފައި އޮތްނަމަ އެ ހަލާކަކަށް މަންމައެއް ނުވަންނާނަމެވެ. ނަމަވެސް މިއީ ތަޤުދީރެވެ. މަންމަގެ ނަސީބުގައި އޮތީ ބައްޕަގެ ލޯބީގެ ބަދަލުގައި އަނިޔާއެވެ.

ދަރިފުޅާއެވެ. މިހެން ބުންޏަކަސް އެއީ ހަމަ ދަރިފުޅުމެންގެ ބައްޕައެވެ. މަންމަ އެ މީހަކަށްޓަކައި އަނިޔާލިބެމުންވެސް ރެއާއި ދުވާލު މަސައްކަތުގައި ހޭދަ ކުރި މަންމަގެ ފިރިމީހާއެވެ.  ބައްޕަ އާއި މެދު އަބަދުވެސް ހިތްހެޔޮވަންޗެވެ. މަންމަގެ ހިތްވެސް ބައްޕައަށްޓަކައި ހެވެވެ. ދަރިފުޅުމެންގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފައްދާކަށް މަންމައެއް ނޭދެމެވެ. އެކަން ސިއްރުކުރަން ޖެހުނީވެސް އެހެންވެއެވެ.  ތަޤުދީރުގެ ނިޔާ އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ ވަރަށް ކެތްކުރީމެވެ. މަންމަ މިގޮތަށް ނިމި ދިޔައީކީ މަންމަގެ ބަލިކަށިކަމަކުންނޫނެވެ. މަންމަ ކެތްކުރުމުގެ ނަތީޖާއަކީ މަންމަގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅުންނެވެ. ދަރިފުޅާއެވެ. މިއީ ދިރިއުޅުމެވެ. މިއީ ކަން ހިނގާގޮތެވެ. ކޮންމެ މީހަކަށްވެސް މަރެއް ނުހިފެއްޓޭނެއެވެ. އެހެންކަމަށް ވާނަމަ މަންމަ ދުވަހަކުވެސް ދަރިފުޅުމެން ދޫކޮށްލާފައި ނުދާނަމެވެ. އަބަދުވެސް ދަރިފުޅުމެންގެ ހިމާޔަތުގައި ދަރިފުޅުމެންގެ ހިދުމަތުގައި ހުންނާނަމެވެ.

ދަރިފުޅާއެވެ. އަނިޔާވެރިކަމަކީ ވަރަށް ވެސް ނުބައި ސިފައެކެވެ. ދުވަހަކުވެސް އެ ސިފަ ދަރިފުޅުމެންގެ ހަށީގައި ހިފިއަ ނުދެންޗެވެ. ދުވަހަކުވެސް މީހަކަށް އަނިޔާ ނުދެންޗެވެ. އަނެކާއަކީވެސް ތިބާ ފަދައިން އިންސާނެކެވެ. މި ދުނިޔޭގައި އުޅޭއިރު ތިމާއަށް ވުރެ ބޮޑަށް އަނެކާއާއި މެދު ވިސްނަންޗެވެ. މަންމަވެސް ވިސްނީ ހަމައެކަނި ދަރިފުޅުމެންނާއި މެދުގައެވެ. ދަރިފުޅުމެންނަކީ މަންމަގެ ހިތްވަރެވެ. ކެތްތެރިކަމެވެ. މަންމަ ގެ ހިތް ކިތަންމެ  ވަރުގަދަވިއެއްކަމަކު މި ހަށިގަނޑަކީ ވަރުގަދައެއްޗެއް ނޫނެވެ. އެތެރެއިން ކަމެއްވާހެންވެސް ހީނުވެއެވެ. ނަމަވެސް ބޭރު ނިކަން ދެކިބަލާށެވެ.

އިންސާނުންގެ ހަށިގަނޑަކީ ވަރަށް ބަލިކަށި އެއްޗެކޭ އަދި ހިތަކީ ވަރަށް ވަރުގަދަ އެއްޗެކޭ ބުނަނީވެސް އެހެންވެގެން ކަންނޭނގެއެވެ. މިހިތަށް އެއިން އެންމެ އަސަރެއް ނުކުރިކަމުގައި ވިޔަސް މި ހަށިގަނޑަށް އެކަމުން ކުރާ އަސަރު އަންދާޒާވެސް ނުކުރެވޭނެއެވެ. އަޅާވޭން ހިތަށް އަރުވައިވެސް ނުލެވޭނެއެވެ. ނަމަވެސް މަންމަ ކެތްކުރީމެވެ. މަންމަ ނިކަމެތިވެ ބަލިވެ ބަލިކަށިވެއްޖެނަމަ ދަރިފުޅުމެން އުޅޭނީ ކިހިނެއްހެއްޔެވެ؟ ދަރިފުޅުމެންނަށްޓަކައި ކެތްކުރަން ޖެހޭނެއެވެ.

ދަރިފުޅާއެވެ. ދަރިފުޅުމެންގެ ދިރިއުޅުމަށްޓަކައި މިކަހަލަ ކުދި ކުދި ޤުރުބާންތަށް ވުމަކީ މަންމައެއްގެ ޒިންމާއެކެވެ. ދަރިން އުފަލުގައި ބޮޑުކުރުމުގެ ޒިންމާ އެޅިފައި އޮންނަނީ މަންމައާއި ބައްޕަގެ ބޮލުގައެވެ.   ނަމަވެސް މަންމަ ދިޔައީ ބައްޕަ އަދާކޮށްދެންޖެހޭ ކަންތައްތަށް ވެސް ކޮށްދެމުންނެވެ. މަންމަ ޝަކުވާއެއްނުކުރަމެންނޫންހެއްޔެވެ؟ އެއީ ކީއްވެކަން އިނގޭހެއްޔެވެ؟ އިންސާނުންގެ ވިސްނުމަކީ ވަރަށް އަވަހަށް ބަދަލުވާއެއްޗެކެވެ. މަންމަ ހީކުރީ ބައްޕަގެ ވިސްނުންވެސް ބަދަލުވާނެކަމަށެވެ. ދަރިފުޅުމެން ބޮޑުވާތަން ފެނުމުން ބައްޕައަށް ކުޑަވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ބައެއް އިންސާނުންވެސް އަދި އެމީހުންގެ ވިސްނުންވެސް ބަދަލެއް ނުވާނެއެވެ. ދެންވެސް މަންމަ ހިޔާރު ކުރީ ކެތްތެރިކަމެވެ. ދަރިފުޅުމެންނަށްޓަކައެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނަ ވާހަކަ އަޑުއަހާތީއެވެ. ހިލަހިތްވެސް މަޑު ހިތަކަށް ބަދަލުވާތީއެވެ.

ދުވަހުން ދުވަހަކަށް މަންމަގެ ހަށިގަނޑުގައި އަޅާވޭން ދިޔައީ ބޮޑުވަމުންނެވެ. ހިރިނުލެވޭހާ ވަރު ވިއެއްކަމަކު އެ އަނިޔާތަށް ދިޔައީ ލިބެމުންނެވެ. އެކަމުވެސް ކެތްކުރީމެވެ. އެއީ މަންމަގެ އަލަތު ފިރިމީހާއެވެ. ދެއްކޭނެ މާ ބޮޑު ބާރެއް ނެތެވެ. ބައްޕަގެ މޫނުންފެންނަ ހިނިތުންވުން މަންމަގެ ފަހު ނޭވާއާއި ޖެހެންދެންވެސް ހަނދާނެއް ނުނެތޭނެއެވެ.  އަނިޔާ ކޮށްލާފައި ދާއިރު ފެންނަ ހިނިތުންވުމުން މަންމަގެ ހިތުގައި އަޅާ ވޭން މަދުކޮށްލައެވެ. ޒަހަމްތަށް ފިލުވާލާ ފަދައެވެ. އެ ހިނިތުންވުމަކަށްޓަކައި މަންމަ ނުކުރާ ކަމެއްނެތެވެ. މަންމަ ބައްޕަ ހިތްހަމަ ޖެހެންދެން އެ އިންގޮތަށް އިންނަނީވެސް އެހެންވެއެވެ. ބައްޕަގެ އެ ހިނިތުންވުމަށްޓަކައެވެ. ލޯބިން ނުގެނެސް ދެވުނު ހިނިތުންވުން ގެނެވުނީ ލިބޭ އަނިޔާތަކަށް ކެތްތެރިވެގެންނެވެ.

ދަރިފުޅާއެވެ. އަންހެނުންނަކަށް ދުވަހަކުވެސް އަތް އިސްނުކުރަންޗެވެ. ދަރިފުޅުމެންފަދަ ފިރިހެން ކުދިންނަށް މިދުނިޔޭގައި އަންހެނުންނާއި ނުލާނުވެސް އުޅެވޭނެއެވެ. އެންމެ ކުޑައިރުންސުރެ ދަރިފުޅުމެންނަށް އަންހެނުންގެ މުހިއްމު ކަމުގެ ވާހަކަ ކިޔައިދެނީ މިހެންވެގެންނެވެ. ދަރިފުޅުމެން މަންމަގާތު އަބަދު އެވާހަކަތަށް ކިޔައިދެނީ ކީއްވެތޯ އަހަމެންނޫންހެއްޔެވެ؟ އޭރަކު މަންމަ އަކަށް ބުނެވޭކަށެއް ނެތެވެ. ނަމަވެސް މިއަދު ބުނެލަދެންހެއްޔެވެ؟

މަންމައަށް މިވާ އިހްސާސް ހަމައެކަނި އިނގޭނީ މަންމައަކަށް ނޫންހެއްޔެވެ؟ މަންމަ އެހެން އަންހެނަކަށް މިފަދަ ގޮތަކަށް އަނިޔާތަކެއް ލިބެމުން ދިޔުމެއް ނޭދެމެވެ. ދަރިފުޅުމެން ނޭނގިގެންވެސް އަންހެނަކަށް އަތް ނުއުފުލަންޗެވެ. އަންހެނުން ބަލިކަށިވިއެއް ކަމަކު ހައްދުފަހަނަ އަޅާދާވަރު ވުމުން ކުރިން ރޮއެ އާދޭސް ކުރި އަންހެނާ ހިތްވަރުގަދަ ބާރުހުރި ފިރިހެނަކާއި އެއްފަދަވާނެއެވެ. ދަރިފުޅާއެވެ. އަންހެނުންނަކީވެސް ބާރުވެރި ބައެކެވެ. ދުނިޔެއަށް އެކަން ފޮރުވައިގެން އުޅެން ޖެހޭނެއެވެ. އެކަން ފޮރުވޭ ހިސާބަށް ނުދިޔުމުން ކެތް ނުކުރެވުމުން އެމީހުން އަމިއްލަ ނަފްސަށްޓަކައި ހަނގުރާމަ ކުރަން ނިކުންނާނެއެވެ.

ދަރިފުޅާއެވެ. ދުނިޔެމަތީ އަނިޔާވެރިންނަށް އަދަބު ނުލިބުނެއްކަމަކު އަދިވެސް ދުވަހެއް އޮތްކަން ހަނދާންކުރަންޗެވެ. އެ ދުވަހުން އެމީހުންނަށް އަދަބު ލިބޭނެއެވެ. ދަރިފުޅާއެވެ. ބައްޕަދެކެ ރުޅިނާންނަންޗެވެ. ބައްޕައަކީ ވެސް ހަމަ މަންމަ ފަދައިން ދަރިފުޅުމެންގެ ލެއެވެ. ބައްޕަ ކިތަންމެ ނުބައިކޮށް އުޅުނުކަމުގައި ވިޔަސް ބައްޕައަށް އިހްތިރާމްކުރަންޗެވެ. ދަރިފުޅުމެންނަށް އިސްލާމުދީނުގައި އަންގަވާފައިވާ ހުރިހާ އެއްޗެއް މަންމަ ކިޔައިދިނީމެއްނޫންހެއްޔެވެ؟ ކޮންމެކަމެއް ކުރިކަމުގައި ވިޔަސް ބައްޕައަކީ ހަމަ ބައްޕައެވެ.

ދަރިފުޅާއެވެ. ދުވަހަކުވެސް ނުބައި މަގަކުން ނުހިގަންޗެވެ. އަނިޔާ ލިބެމުންދާ މީހަކަށް އެހީ ވަންޗެވެ. ދަރިފުޅުގެ ޒިންމާއެއް ކަމަށް ހީކޮށް އެކަން ކުރާށެވެ. ހެޔޮހިތުން އެންމެންނާއިވެސް ގުޅިގެން އުޅޭށެވެ. މަންމަގެ ހަނދާނުގައި ރޮއެ ނުހަދަންޗެވެ. މަންމަ ވަރަށް ކެތްކުރީމެވެ. ހަމައެކަނި ދަރިފުޅުމެންގެ މޫނުމަތިން ފެންނަ ހިނިތުންވުމަށްޓަކައެވެ. މަންމަ ދިޔުމަށްފަހުގައިވެސް ތި ހިނިތުންވުން ފަނޑުވިޔަ ނުދެންޗެވެ. ތިޔަ ލޯބި މޫނަށް ހިނިތުންވުން ގެނެސްދިނުމަށް މަންމަ އެތަކެއް ޤުރުބާނީތަކެއް ވީމެވެ. އަބަދުވެސް އެކަން ހަނދާން ބަހައްޓަންޗެވެ.

ދަރިފުޅާއެވެ. މިއީ މަންމަގެ އެންމެ ފަހުގެ ނަސޭހަތްކަމުގައި ދެކުނަސް ހެވެވެ. މިއަށްފަހު ނަސޭހަތް ދޭކަށް މަންމައެއް ނުހުންނާނެއެވެ. ދަރިފުޅާއެވެ. ދިރިއުޅުމަކީ ކޮބައިކަން އިނގޭނީ އުޅުނީމައެވެ. ތަޤުދީރަކީ ފާޑެއްގެ އެއްޗެކެވެ. ލޯބިވާ އެތަަކެއް އެއްޗެއް ދޫވެގެންދާނެއެވެ. ނަމަވެސް ހަނދާންކުރަންޗެވެ. ދިޔަ އެއްޗެއްގެ ބަދަލަށް އަބަދުވެސް އެއަށްވުރެ ރަނގަޅުއެއްޗެއް ލިބޭނެއެވެ. އެއެއްޗެއް ލިބެންދެން ކެތްކުރާށެވެ.  ކެތްކުރި މީހާއަށް ބޮނޑިބަތް ލިބޭވާހަކަ ހެވިފައި އިނދެ މަންމަ ބުނެދެމެންނޫންހެއްޔެވެ؟ އެ ބޮނޑިބަތުގެ ރަހަ މިދުނިޔެމަތީ ނުލިބުނުކަމުގައި ވިޔަސް މިހާރު މަންމައަށް މިލިބޭ ހަމަޖެހުން ދުނިޔެ މައްޗަކު ނުލިބޭނެކަން ޔަޤީނެވެ. މަންމަވެސް ކެތްކުރިފަދައިން ދަރިފުޅުމެންވެސް ކެތްކުރާށެވެ. ދަރިފުޅާއެވެ. މަންމަ އަބަދުވެސް ބުނާފަދައިން މިފަހަރުވެސް މިބުނަނީއެވެ. ދަރިފުޅާއެވެ.

އަންހެނުންނަށް އިހްތިރާމްކުރަންޗެވެ.

އަންހެނުންނަށް އިހްތިރާމްކުރަންޗެވެ.

އަންހެނުންނަށް އިހްތިރާމްކުރަންޗެވެ.

މި މަންމައަށްޓަކައި ނަމަވެސް މިކަން ކޮށްދެންޗެވެ. އަންހެނުންނަކީ ހިތްވަރުގަދަ ބައެކެވެ. ކެތްތެރިބައެކެވެ. ނަމަވެސް އޭގެ ފައިދާ ނުނަގަންޗެވެ. ކޮންމެ ކަމެއް ދާއިމަކަށް ދިގުލައިގެންނެއް ނުދާނެއެވެ، ކޮންމެވެސް ދުވަހަކުން ކެތްތެރިކަން ކޮޅަށް ދާނެއެވެ.

ދަރިފުޅާއެވެ. މަންމަ މަތިން އަބަދުވެސް ހަނދާންކުރަންޗެވެ. މަންމަ މަތިން ހަނދާންވާވަގުތު ރޮއެ ހެދުމުގެ ބަދަލުގައި ރީތި ހިނިތުންވުމެއް ދެންޗެވެ.  ދަރިފުޅުމެންގެ ތި ރީތި ހިނިތުންވުމަކީ މަންމަގެ ބާރު ކަމުގައި އަބަދުވެސް ބުނަމެއް ނޫންހެއްޔެވެ؟ މަންމަ ނެތް ދުނިޔޭގައިވެސް ތި ހިނިތުންވުމުން މި ހިތަށް ހިތްހަމަޖެހޭނެކަން ބުނެދެމެއްނޫންހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ މި އަނިޔާވެރި ދުނިޔެއިން ސަލާމަތް ވެއްޖެއީމެވެ. ނަމަވެސް ސަލާމަތްވީއިރު އޮތީ ދަރިފުޅުމެން ތިބި ތަނަށް ވުރެ 6 ފޫޓް އަޑީގައެވެ. ނަމަވެސް ދަރިފުޅާއެވެ. މަންމަ މިއޮތީ އުފަލުގައެވެ. އަމާން ދުނިޔެއެއްގައެވެ.

މީސްތަކުންނޭވެ. ހޭލާށެވެ. ލޯ ހުޅުވާ ބަލާލާށެވެ. މިހާރު އަހަރެމެން ފަދަ އެތަކެއް އަންހެނުންނަށް ލިބެމުންދާ އަނިޔާތަށް ދެކިބަލާށެވެ. އެމީހުންގެ ކެތްތެރިކަމުގެ ފައިދާ ނަގަމުން ދާ ގޮތް ދެކިބަލާށެވެ. އެމީހުންނަށް މާ ބޮޑު ކަމެއް ނުކުރެވުނު ކަމުގައިވިޔަސް އެމީހުންނާއި އެއްކޮޅަށް ތެދުވާށެވެ. އަހަރެންފދަ އަންހެނަކު އަނިޔާގެ ޝިކާރައަކަށްވެ ނިމި ދާ ވަގުތު ޕޯސްޓަރ ޕޯސްޓަރ ތަކުގައި ލިޔެ މަގުމަތީ ހިނގިޔަކަސް ނުވާނެއެވެ. އެކަމަކީ އެދުވަހުން އެދުވަހަށް ނިންމާލާ ކަމެކެވެ. ނަމަވެސް އަނިޔާވެރިކަމަކީ އަބަދުމެ އަބަދަށް ތަހައްމަލު ކުރަންޖެހޭއެއްޗެކެވެ.  އެއީ އަހަރެމެން ބޭނުންވާ ކަމެއްނޫނެވެ. އަހަރެމެން ބޭނުމީ އިންސާފެވެ. މި އަނިޔާވެރި ދިރިއުޅުމުން އަހަރެންނަށް ސަލާމަތުގެ އައްސޭރި ނުލިބުނު ކަމުގައި ވިޔަސްް އެހެން މީހުންނަށް ލިބުމވ.. އެމީހުން ސަލާމަތްވާށެވެ. ދެތިން ދުވަހަކު އެކަމަށް ހޭވެރިކަންވާށޭ ބުނެ ހިނގާލިޔަކަށް އެކަމެއް ނުވާނެއެވެ. އަހަރެންފަދައިން އެހެން އަންހެނަކު މަރުވިޔަ ނުދޭށެވެ. ވޭން ތަހައްމަލު ކުރިޔަ ނުދޭށެވެ. ތިބާގެ ކުރިމަތީ ހިނިތުންވެރި މޫނެއް ދައްކައިގެން ތިބޭ ކިތަންމެ އަންހެނުންނަކީ އަހަރެންފަދަ ބައެއްކަން ޔަޤީނެވެ. އެކަން އިނގޭދުވަހު މަޑުން ނުތިބޭށެވެ. އެހީީވާށެވެ. އަތް އުފުލާށެވެ. އެހީވެދޭށެވެ.

އަހަރެންފަދައިން އަނިޔާތަށް ލިބެމުންދާ އަންހެންވެރީންނެވެ. ކެތްތެރިވުމަކީ އަދި ހައްލެއްނޫނެވެ. އަހަރެންވެސް ކެތްތެރިވީމެވެ. ނަމަވެސް ދުނިޔެމައްޗަކުން އޭގެ ފައިދާއެއް ނުލިބުނެވެ. އެހެންކަމުން  ތެދުވާށެވެ. އަނިޔާ ލިބުނަ ނުދޭށެވެ. ތިމާގެ ބާރު ދައްކާށެވެ. ހަނުހުރުމުން ލިބޭ އަނިޔާ ބޮޑެވެ. މާތްﷲ އަހަރެމެން ފިރިހެނުންނަށް ވުރެވެސް ގިނައިން ހިތްވަރާއި ބާރު ދެއްވިއެވެ. އޭގެ ބޭނުންހިފާށެވެ. ނިކަމެތި ނުވާށެވެ. އަނިޔާތަށް ނިމުމަކަށް އަންނާނެކަމަށް ހީކޮށް މަޑުން ނުތިބޭށެވެ. އަޑު އުފުލާށެވެ. ބާރުވެރިކަން ދައްކާށެވެ. އެމީހުންނަށް ވުރެ ވަކި އަހަރެމެން ބައްޔެއް ނުވާނެކަން ދައްކާށެވެ. މި ދުނިޔެއިން އަނިޔާވެރިކަން ނައްތާލާށެވެ.

އަނިޔާވެރިންނޭވެ. ދެކިބަލާށެވެ. އަނިޔާތަކަށް ކެތް ކޮށް ހިތްވަރާއި އެކު ތިޔަމީހުންނަށް ކައްކާ ކާންހަދާ އަންހެންމީހާއަށް ދެކިބަލާށެވެ. އެ ލޮލުން ފައިބާ ކަރުނަތަށް ދެކިބަލާށެވެ. އަނިޔާ ކުރުމުން ތިމާއަށް ވުރެ މޮޅު މީހަކުނުވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ވަރަށް ވަރުގަދަ މީހެއްކަމަށް ހީކުރީހެއްޔެވެ؟ ނޫނެކެވެ. އަދި ތިޔަކަށް ވަރުގަދަ ވުމެއް މޮޅުވުމެއް ނުކިޔާނެއެވެ. ތިއަށް ކިޔާނީ ފިނޑިންނެވެ. ޖަނަވާރުންނެވެ. ވަރުގަދަ ވާނީ އަދި މޮޅު ވެވޭނީ ތިމާގެ ހިދުމަތުގައި ރޭ ދުވާ މަސައްކަތް ކުރަމުން ދާ އެ އަންހެނާގެ ހިމާޔަތް ކުރުމުންނެވެ. އޭނާއަށް ދިމާވާ ދަތި ތަކުގައި އޭނައާއި އެކު އަބަދުމެ އަބަދަށް ހުރުމެވެ. މިބުނާ ކަންތަކަކީ ފިރިހެނެއްގެ ސިފަތަކެވެ. އަތްއިސްކުރުމަކީ ފިނޑިންގެ އާދަކެވެ. ފިނޑިއަކަށް ނުވާށެވެ. ފިރިހެނަކަށް ވާށެެވެ.

 

-ނިމުނީ-

 

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…2

Next

ފޮހެވޭނޭ ބާއޭ… 46

Next
December 31, 2015

ފޮހެވޭނޭ ބާއޭ… 46

Previews
December 31, 2015

އިތުބާރު ގެއްލުވާ ނުލާ…2

23 Comments!

  1. Ryn says:
    December 31, 2015 at 3:27 pm

    PS.. guys if anyone relatd to u or u frnd or anyone is in nyd of hlp plxx help thm plx dnt lt thm die lyk tht… plx hlp thm bfr its too late… dnt think u cnt n ur shy to help n blah blah.. jxt help thm… give thm ur presnce.. kyp thm strng to fyt fr thmslf.. hlp thm.. i dnt wnt anyone else to die in tht pain.. infrnt of her kids.. as a wyk prsn… 🙁 plx hlp each n evry bdy who is in nyd of.. dnt ignr.. if u knw sumthin is wrng so dnt jxt luk bck.. go n hlp thm or tel sumone who cn help thm.. dnt b silnt.. n ppl who is suffrin frm it plx dnt shw ur silnce. fyt fr it..
    u knw e kahala ethakeh aniyaa libign maru nuvedhaane bt they wil die 10 tyms.. dhiri huhtas..
    . ppl kyp quite whn they hear n see hw othr ppl r sufferin.. this is a vry sad truth of this wrld. 🙁
    -dedictd to a evry womn who dies cx of it.. n stil suffrin it-

    1. Immy says:
      December 31, 2015 at 4:44 pm

      yayyyy……. m the frst…… woo-hooo……. :P:P m the frst…. hehe

  2. Immy says:
    December 31, 2015 at 4:43 pm

    vrhh touchinn……. 🙁
    ur a gud stry writer……. luv u n miss u…. <3

    1. Ryn says:
      December 31, 2015 at 4:45 pm

      heheh cngrts ur frst.. n thnks immy 😉 😉 miss u mre luv u mre.. <3 tc

  3. ina says:
    December 31, 2015 at 11:25 pm

    Ryyyyynn haadha rychchey mi stry…….hama rovijje….?kyp it up…..miss u

    1. Ryn says:
      January 1, 2016 at 1:26 am

      aww thnks ina.. miss u mre.. sry tht i made u Cry hehehe 😉

  4. Pandit says:
    January 1, 2016 at 3:17 pm

    Your stories(this one as well as the the previous one–Loabivaa Kaafaa..) are heart touching. You have a heart of gold, Ryn. There were some errors in the published draft of the current story, but then they may be the way you speak, like for example:
    އިހުތިރާމްކުރަންޗެވެ. އޮންނަންވީ ރަނގަޅު ގޮތަކީ އިހުތިރާމްކުރައްޗެވެ.
    My suggestion is that you show your stories to someone proficient in
    Dhivehi prior to publication with a view to correct the errors, expressional or dictational. Why I’m offering this advice is because, as I see, you really have the potential to be a great writer in time to come, with experience. I wish you success!

    1. Ryn says:
      January 1, 2016 at 3:39 pm

      aww thnks alt.. i wil imprve thm.. thnks alt fr tellin me… its myns alt.. ^-^… u jxt made my day… hehehe.. thnks alt fr the advice.. enjoy 😉 😉

  5. Laara says:
    January 1, 2016 at 3:56 pm

    Mee anonymous ryn kaireega upload kodheyshey buni ethi dho. Mee ryn liyefa eh noon dhw. Ryn dhogu nuhadhaa thedhah bunefaanan tha? Mee eyna buni ethi tha? Ehemen evarah keemaves ryn ge name ga anonymous liyefa oi ehcheh upload kureetha hama…

    1. Ryn says:
      January 1, 2016 at 4:05 pm

      Nop mi ryn liyunu stry eh… eyna aai fahun dhimaeh nuvey n she tld ryt tht she wil uplwd eynage namuga.. if its writen by sumone else i wil surely write it in cmmnts tht its writtn by tht sumone.. n ryn vx bunin dhw rangalhu vaany dhn eyna ekani liyely aai ey 😉 😉 its my own… 😉 thnks fr readin…

  6. maahish? says:
    January 1, 2016 at 4:06 pm

    Wooow woow..salhi vrh…ur a great writer…??keep it up..

    1. Ryn says:
      January 1, 2016 at 4:08 pm

      thnks maahish.. 😉 😉 thnks fr readin.. enjoy 😉

  7. Faxoo says:
    January 1, 2016 at 10:14 pm

    wow.. Ryyn this is awesome too!! 😀 looking forward to reading other stories like this!! 😀

    1. Ryn says:
      January 1, 2016 at 10:29 pm

      awwwwww thnkx faxu.. <3 thnks alt… 😉 😉 enjoy

  8. Misty says:
    January 1, 2016 at 11:58 pm

    Hama rovihje ?

    1. Ryn says:
      January 2, 2016 at 9:00 am

      oops sry fr tht.. thnks fr readin.. 😉

    2. raiya says:
      January 2, 2016 at 9:27 pm

      Your right misty am very touched ?

    3. Ryn says:
      January 2, 2016 at 9:38 pm

      aww sry rai fr tht. thnks fr readin 😉

  9. Seenam says:
    January 5, 2016 at 9:53 pm

    Ibaaraai kurun varah reethi. Bas koshaaruves varah salhi. Vaahaka liyumun kuriyah dheveene iraadha kurehviyyaa

    1. Ryn says:
      January 6, 2016 at 12:28 am

      thnkx synam.. enjoy 😉

  10. saju says:
    January 17, 2016 at 4:32 pm

    varah salhi vaahakaeh
    this is my first tym to comment on this site

  11. love says:
    May 22, 2016 at 8:40 am

    ވަރަށް ސަޅި ވާހަކައެއް kyp it up

  12. Galaxy chocolate says:
    June 20, 2016 at 5:13 pm

    Heart touching story eh ☺v nice

Comments are closed.



All Right Reserved!