
އަހަރެންގެ ނަމަކީ ލޯލާ ބަރނިކީއެވެ. އަހަރެން އުފަންވީ 2011 ވަނަ އަހަރުގެ އޭޕްރީލް 8 ގައެވެ. އަހަރެންވީ ސިއްޙަތު ރަނގަޅު، އުފާވެރި ކުއްޖަކަށެވެ.
އެއަހަރުގެ އޯގަސްޓު މަހު، އަހަރެންގެ މަންމަ ފުލް ޓައިމް ވަޒީފާއަށް ދާން ޖެހުނެވެ. އެހެންވެ، ދުވާލު ގަޑީގައި، އަހަރެންނާއި އަހަރެންގެ ދެއަހަރު ބައިގެ ދައްތަ، ބޮޑުދައިތަގެ ގެއަށް ދާން ފެށީމެވެ.
މާ ގިނަ ދުވަސްތަކެއް ނުވެ، އަހަރެންގެ ދައްތަގެ ލޯ ކަޅުވިއެވެ. އަހަރެން ކުޑަކަމުން، މަންމައާއި ބައްޕައަށް ބޮޑުދައިތަގެ ގެއަށް ދާ ކޮންމެ ފަހަރަކު ކަންވާގޮތް ބުނެއެއް ނުދެވުނެވެ.
ކޮންމެވެސް މީހަކު އަހަންނަށް ތަދު ކުރިއެވެ. ހަ ހަފްތާ ވަންދެން އަހަރެން އޮތީ މަޑުންނެވެ. ދުވަހަކަށްވުރެ ދުވަހެއް، އަހަރެންގެ ބަލި ހާލަތު ބޮޑުވާން ފެށިއެވެ.
އަހަރެންގެ މަންމަމެން ތަފާތު ޑަކުޓަރުންނަށް އަހަރެން ދައްކަމުން ގެންދިޔައެވެ. އެކަމަކު އެމީހުންނަކަށް، ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
ބުއްފުޅި ބޯ އިރުވެސް އަހަރެންގެ ބޮލަށް ތަދުވެއެވެ. އޮށޯންނަ އިރުވެސް ބޮލަށް ތަދުވެއެވެ.
އެންމެ ފަހުން، އަހަންނަށް ވެގެން އުޅޭ ގޮތް އެނގުނު ޑަކުޓަރަކަށް ދެއްކިއްޖެއެވެެ. މާ ގިނަ އިރުތަކެއް ނުވެ، އަހަަރެން އޮތީ އެތައް ބައިވަރު މެޝިނުތަކެއްގެ އެހީގައެވެ.
މަންމަމެން ތިބީ ވަރަށް ދެރަވެފައެވެ. އެމީހުން އެހާ އިތުބާރުކުރި މީހަކު އަހަންނަށް މިހެން ހަދާފާނެކަމަކަށް އެމީހުން ހިއެއް ނުކުރެއެވެ.
މޭކަށިގަނޑުގެ ހަ ތަނެއް ވަނީ ބިނދިފައެވެ. ލޮލުގެ ޓިޝޫތަކަކަށް ވަނީ ލޭ އެޅިފައެވެ. އަދި ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފައެވެ.
އެއަހަރު އޮކްޓޯބަރު މަހު، އަހަރެންގެ ސިކުނޑީގެ ސާރޖަރީއެއް ކުރެވުނެވެ.
އޭގެ ފަހުން، މަންމަމެންގެ އަތުތެރެއަށް ދެވުމުން އަހަރެން ވަރަށް އުފާވިއެވެ. ހަފްތާއެއް ފަހުން، ހަސްފަތާލުން ދޫކުރިއެވެ.
ޝޭކެން ބޭބީ ސިންޑްރޯމަކީ ތުއްތު ކުއްޖާ މާ ބާރަށް، ބޮޑަށް ތެޅުވުމުން ލިބޭ ގެއްލުންތަކަށް ކިޔާ ނަމެކެވެ. މީގެ ސަބަބުން އަހަރަކު 25 އިންސައްތަ ކުދިން ނިޔާވެއެވެ. އަދި ބައެއް ކުދިން، މުޅި އުމުރަށް ނުކުޅެދުންތެރިވެއެވެ. އަދި ހަށިގަނޑުން އައިބުގެ ނިޝާންތައް ފެނެއެވެ.
މީގެ އަލާމާތްތަކުގެ ތެރޭގައި ހިނިތުންވެ ނެހެދުމާއި، ހޮޑުލުން، ނުބުއިން، އަދި ދިރުވުމުގައި އުނދަގޫތައް ވުން ހިމެނެއެވެެ.
ހަޔާތެއް ބަރުބާދުކޮށްލަން ނަގަނީ ކުޑަ ވަގުތުކޮޅެކެވެ.
ނޯޓް: މިއީ ހަޤީޤީ ޙާދިޘާއެކެވެ.
13 Comments!
Comments are closed.
keehkohggen mihen vee? hedhigotheh neiy engeykah?
Nice
Kihineh hadhaigenbaa mihen midhimaavee v bodah engen beynun
Hi, vaahaka varah reethi ingey… ekamaku mivaahakaige “ahannaky” thutthu thutthu kujjeh.. ekujja ah kihineh furathama mivaahaka kiyaa dheyn engeny vx???
Vissnaaleema igay dho v keehkan
visniyas neygun…. haqeeqy vaahakaeh kamha vaairu miah vure thafseelu koh genainama….. concept ok. bt, genessa in goi hama sumeh…
Typical Dhivehin. The story is a real story but written on a babies feeling. Not that the baby is telling or writing it. Shaken baby syndrome happens because when babies cry ppl shake them to stop them.
Ba eh dhivehin haadha gamaarey dhoo…vaahakaiga hama eba in dhoo liyefa shaken baby syndrome akee kon kahala bayyeh kan ves…vaanuvaaga gina meehun thibenee…rangalhah vaahaka kiyunu nama ingeyne veenuvee…seriously….European ge namuga comment koffa in kujjaa thi bunee hama thedheh..typical Dhivehi…boa halaaku
v v v v reethi ekam understand eh nuvey
Understand nuve reethikan ingeny kihineh?? Haadha molhey.
thanks all
Maaikalaako, mees thakunney.. Shaken baby syndrome ithurah ingen beynumiyyaa Google kollabala. E otheenun bunefa maa baarah thelhuvyma ey. Eyee aniyaakuran baeh meehun kudhinnah hama gasthuga hadhaa gotheh. E noonas, evves kamakaa kujjaa thalhuvai nugannan v
yes