Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ތޭރަވަނަ ބައި)

Ahmed Ammu
December 30, 2015
6 Mins Read
53 Views
27 Comments

“ޒަރީނާ” ސަނާއަށް ޒަރީނާ ފެނުމާއި އެކު ބޭއިހްތިޔާރުގައި އޭނާގެ ނަން ކިޔައިލެވުނެވެ. “ވަރަށް ހައިރާންވެއްޖެ ދޯ؟ ވަރަށް ގިނަ އެއްޗެހި ހިތަށް އެބަ އަރާދޯ؟ އަހަރެން ޝާމިން ކައިރީގަ ބުނެފަ އޮންނާނީ އެވާހަކަތަށް ކިޔައިދީފިއްޔާ އަހަރެން ކަންތަށް ކުރާނެގޮތުގެ ވާހަކަ” ސަނާއާއި ދިމާއަށް މަޑު ހިނގުމުގައި ހިނގާފައި އައި ޒަރީނާ އެހެންބުނެ ސަނާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ކަލޭ ކިހިނެތް 5 އަހަރު ދުވަހުގެ ތެރޭގަ ސަލާމަތްވީ؟ ކަލޭތީ ވަރަށް ލަދުކުޑަ ސުންޕާ…..” ސަނާއަށް އެހިސާބަށް ބުނެވުނު ތަނާ މޫނު މައްޗަށް އެރި ބާރުގަދަ އެތިފަހަރާއި އެކު އެހުރިތަނަށް ވެއްޓުނެވެ. އަދި ވީތަދުން މޫނުމަތީގައި އަތް އަޅައިގެން ހުރެ ފަލާހްގެ މޫނަށް ބަލައިލިއެވެ. ފަލާހު ރުޅިއައިސްފައިވާ އިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. “ކަލެއަށް އަހަރެންމީ ކާކުކަން ރަނގަޅަށް ނުވެސް އެނގެއޭނުން، އަޑު އަހާ، އަހަރެން ޒަރީނާ ދައްތަ ސަލާމަތް ކުރީ މީގެ 3 އަހަރު ކުރިން، އަހަރެން މަސައްކަތް ކުރަނީ ސަރުކާރު އޮފީހެއްގައޭ ބުނީމޭނުން، އަހަރެންމީ ކަރެކްޝަނަލް ސާރވިސްގެ އެންމެ އިސްމީހާ، އެމަގާމު އަހަރެންނަށް ލިބުނު ދުވަހުން ފެށިގެން އަހަރެންގެ ދައްތަ އެއީ މިނިވަނެއް، އެދުވަހަށްފަހު މިގޭގަ ދައްތަ އެހުންނަނީ، ތިރަށަށް އަހަރެންދިޔައީ ވަކި މަގުސަދެއްގަ، ތިރަށަށް ދިޔައީންސުރެ އަހަރެން ކަލޭގެ ބޯކޮޅުބަލަމުން ދިޔައީ ކަލޭ މާ ރީތިވެގެންނެއްނޫނެ، މަގޭ ދައްތަ މުޅިރަށަށް ބޭޒާރުވީވެސް ހަމަ ކަލެއާ ހެދި، އެކަމުގެ ހިތާމާގަ ދައްތަގެ ފިރިމީހާ މިދުނިޔެ ދޫކުރީވެސް ހަމަ ކަލެޔާ ހެދި،” “އާނ އެކެވެ. ފަލާހް ހަމައެކަނި ބުނެފައިވަނީ އޭނަ މަސައްކަތް ކުރަނީ ސަރުކާރުގެ އޮފީހެއްގައި ކަމެވެ. އޭގެ އިތުރު ތަފްސީލެއް އަހަރެން ނުހޯދަމެވެ. ހޯދާކަށް ނުވެސް އުޅެމެވެ. ފަލާހްގެ ދައްތައެއް ހުންނަކަން އެނގި ހުރެވެސް ކުޑަމިނުން ދައްތަގެ ނަންވެސް އަހަރެން ނާހަމެވެ. ފަލާހް އާއި ހެދި ދީވާނާ ވެގެންގޮސް އޭނަގެ އަވާގައި ޖެހި މީހާގެ ގޮތް ރަނގަޅަށް ނޭނގެނީސް ކައިވެނި ކުރެވުނީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުންނެވެ. އެކަމާ ސަނާ ދެރަވިއެވެ. ނަމަވެސް މިހާރު ކުރެވޭނެ މާބޮޑު ކަމެއްނެތެވެ. އެ ގޯސްވެސް މިވަނީ ހެދިފައެވެ. ފަލާހްގެ އަމަލުތަށް ހުރިގޮތުންނާއި ސަނާ އާއި ދިމާއަށް ކިޔަމުންދާއެއްޗެހިން ހައިރާންވެފައި ފަލާހްގެ މޫނަށް ބަލަހައްޓައިގެން އިނދެ ހިތަށް އަރަމުންދިޔަ އެއްޗެހިން ސަނާ ފެންކަޅިވިއެވެ. އޭރުވެސް ފަލާހް ކިޔަމުން ދިޔަ އެއްޗެއްސަށް ހުއްޓުމެއް ނާދެއެވެ.

“އަހަރެންގެ ދައްތަ އަހަރެން ތިރަށަށް ފޮނުވީ ކަލޭގެ ހުރިހާމައުލޫމަތެއް އަހަރެންނަށްދީފަ، ހަނދާވޭތަ ތިގޭގަ އިންދަ ފޯނެއް އައިސްގެން އަހަރެން ގެއަށްދިޔަ ހަނދާން؟ އޭރުވެސް އަހަރެންނަށް ގުޅައިގެން ހުރީ މިކަންތަށްތަށް ދާގޮތެއް ބެލުމަށްޓަކައި އަހަރެންގެ ދައްތަ، ދައްތަ ބޭނުންވީ ކަލޭގެ ކިބައިން އެކަމުގެ ބަދަލު ހިފަން، ކަލޭ ހީކުރީ މަ ކަލެއާ އިނދެގެން މިގެއަށްގެނައީ ލޯބިންކަމަށްތަ؟ ކަލޭ މަށާ ގަޔާވުން އެއީ މަގޭ ނަސީބު، މަ ކަލޭ ކައިރީ ދެއްކި ވާހަކަތަކާއި ކަލޭދެކެ މާ ލޯބިވާ ކަމަށް ހެދިގެން އުޅުނީ ހުސް މަކަރުން، އަހަރެމެން ރާވާފަވާގޮތަށް ކަންތައްތަށް ދިއުމުން ވަރަށް ހިތްހަމަ ޖެހިއްޖެ ދޯ ދައްތާ؟” ފަލާހް އެހުރިހާ ވާހައެއްދައްކައި ޒަރީނާ އަށް ދޯދިނެވެ. އަދި ސަނާ އާއި އިނދެގެން މިގެއަށް ގެނައީ ލޯބިވެގެން ނޫންކަމަށާއި ސަނާއަށް އެވަރުގެ ބޮޑު އޮޅުވައިލުމެއް އޮޅުވައިލީތީ ފަލާހް ދެކެ އިންތިހާއަށް ނަފްރަތު ކުރެވެން ފެށުނެވެ.

ކަލޭގެ ދައްތަ ރީތިކޮށް ހުއްޓާތަ ރަށަށް ބޭޒާރުވެގެން ދިޔައީ، އަހަރެންގެ ލޯބިވާ ކޮއްކޮގެ އަބުރު ވެއްޔާ މޮޑެވިގެން ދާތަން ބަލަން މަވަކި ހުންނާނެތަ؟” އިންތަނުން ތެދުވެ ރުޅިއައިސް ހުރެ ފަލާހް އާއި ދިމާއަށް އިނގިލި ދިއްކޮށް ސަނާ އެހެންބުނެ ގެއިން ނުކުތުމަށްޓަކައި ހިނގައިގަތް ވަގުތު ފަލާހްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ސަނާލައި ތަޅުލިއެވެ.

“މިއަދުން ފެށިގެން ދައްތަ އާއި ސަނާ ހަވާލު، ދައްތަ ކަންތަށް ކުރަން ހަމަޖެހިފަވާ ގޮތަށް ކުރިއަށް ގެންދޭ” ޒަރީނާގެ ކައިރީގައި ފަލާހް އެހެންބުނެ ފަލާހްގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ.

*** *** ***

ރޭގައި ރިޒޯޓަށް އައިގޮތަށް ޝިމާން ކައިރީ މަރީނާމެން މަތިން މާބޮޑަށް ހަނދާން ވަނީ ކަމުގައި ބުނުމުން ރިޒޯޓުގެ އެއްވެސް ތަނެއް ދައްކައި ކުރަންޖެހޭ މަސައްކަތެއްވެސް ބުނެދީފައެއްނުވެއެވެ. އަދި ކާންވެސް ޝާމިން ބޭނުން ނުވާކަމުގައި ބުނުމުން ޝިމާންއަށް ޝާމިންގެ ހާލަތު އެނގި އެއްދުވަހުގެ ޗުއްޓީއެއްދީ އަރާމު ކޮށްލުމަށް ބުންޏެވެ.

ރަށުގައި އުޅުނު އިރު ހެނދުނު ހޭލާ އުޅުމުގެ ސަބަބުން ޝާމިން ހުރީ އެކަމަށް އާދަވެފައެވެ. އެހެން ކަމަވުމުން ފެންވަރާލައި އަނެއްކައިވެސް އެނދުގައި އޮށޯވެލިއެވެ.

“އޭ ރޭގަ އައިގޮތަށް ނުވެސްކައި ކޮޓަރިއަށް ވަތްގޮތަށް ނިިދީ ދޯ؟ ހިނގާ ސައިބޯންދާން” އެނދުމަތީގައިއޮވެ އެނބުރެމުންދާ ފަންކަލާއި ދިމާއަށް ބަލަހައްޓައިގެން އޮތް ޝާމިން ސިއްސައިގެން ދިޔައީ އެކޮޓަރީގައި އުޅޭ ކުއްޖަކު އައިސް އެހެން ބުނެ ޝާމިންގެ ގައިގައި ކޮއްޓައި ލުމުންނެވެ. އަދި ރޭގައި ނުކައި ހުރުމުގެ ސަބަބުން ބަނޑުހައިވެފައިވާލެއް ބޮޑުކަމުން އޭނާގެ އެދުމަށް ކޮޓަރިން ނުކުމެ ދެމީހުން އެކުގައި ހިނގައިގަތީމެވެ.

ރިޒޯޓުގެ މުއައްޒަފުން ކެއުމަށްޓަކައި ހަމަ ޖެހިފައިވާ ހިސާބަށް އާދެވުމުން ތަނުގެ ދޮރުހުޅުވައިލައި އެތެރެއަށްވަނެވެ. ތަނުގެ ތެރެ އާދައިގެ ވަރަކަށް ބޮޑެވެ. ވަންނަ ދޮރުކައިރީގެ ކަނާތްފަރާތުގައި ޖޯޑު ތަކާއި ސައި ހެދުމަށް ބޭނުންކުރާ އެއްޗެހި ހުރި އިރު ހަމަ އެއާ ޖެހިގެން ފެންހޫނު ކުރާ އެއްޗެއް ހުއްޓެވެ. ތަނުގެ އެތެރޭގައި ދިގު 6 މޭޒު ހުރިއިރު ކޮންމެ މޭޒެއްގެ ދެފަރާތުގައި 8 ވަރަކަށް ގޮޑި ބެހެއްޓިފައިވެއެވެ. އަދި މޭޒުތަކުގެ ބިއްދޮށުގައި ތަފާތު ވައްތަރުގެ ކާއެއްޗެހި ބެހެއްޓިފައި ހުރިއިރު ކާއެއްޗެހި ހޫނުކުރުމަށްޓަކައި ބެހެއްޓިފައި ހުރިއެތިން އޭރުވެސް އާވި އަރަމުންދިޔައެވެ.

“މަށަށް ކިޔަނީ ހަސަނު، ކަލޭ ތީ ކޮންރަށެއްގެ ކޮންނަމެއް ކިޔާ ގޮލައެއް؟” ކާއެއްޗެހި ތައްޓަކަށް އެޅުމަށްފަހު މޭޒުކައިރީގައި އިށީނދެ ހަސަނު އަމިއްލައަށް ތައާރަފް ވެލާ ޝާމިންގެ އެއްވެސް މައުލޫމާތެއް ނޭނގޭތީ ސުވާލުކޮށްލިއެވެ.

“އަހަރެންނަށް ކިޔަނީ ޝާމިން، އަހަރެން ކުޅުދުއްފުށި” އަހަރެން ޖަވާބުދިނުމުން ހަސަނު ބޯޖަހައިލާ ހަސަނު އަކީ އުތީމު ކުއްޖެއްކަމަށް ބުންޏެވެ.

“އޭ އޭނީ އަހަރެމެން ރަށު ޒަރީނާ ދައްތަގެ ބިޓު” އަހަރެންނަށް އިވުނު އަޑުގައި ދަންނަ ގޮތެއް ހުރުމުން އެދިމާއަށް ބަލައިލިއިރު ހަސަނުވެސް އެދިމާއަށް ބަލައިލިއެވެ. އޭރު ރަށުގައި ނުލަފާ އަރުވަން އުޅުނު ގުރޫޕުގެ އަދްނާން ޝާމިންއާއި ދިމާކޮށް ހެމުންގެންދިޔައެވެ.

ޝާމިން ވަކި އެއްޗެއް ނުބުނެ އެއިންގޮތަށް އިނދެ ސައިބޮއެ ނިންމާލުމަށްފަހު ނުކުމެ އޭނާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބްރޭކް ގަޑީގައި ސައިބޯން އައިސް ގަޑިޖެހޭ ކަމަށް ބުނެ ހަސަނު ދިއުން އެއީ ޝާމިންގެ ނަސީބެވެ. އެހެންނޫންނަމަ އަދްނާން އެދެއްކީ ކޮންވާހަކައެއްތޯ ޝާމިން ކައިރީ ސުވާލު ކުރީހެވެ. ނަމަވެސް ކޮންމެވެސް ވަގުތަކުން އެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން ޝާމިންއަށް ޔަގީންވިއެވެ.

*** *** ***

މެންދުރުގެ ވަގުތެވެ. މެންދުރަށް ކެއްކުމަށްޓަކައި ބަދިގެ ތެރޭގައި ހުރި މަރީނާއަށް ވިސްނެނީ ހަމަ ސަނާ އާއި ދޭތެރޭގައެވެ. ވަނީވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެން މަރީނާ އެންމެ ލޯބިވާ ދަރިފުޅު ކުޑަދުވަސް ކޮޅަކަށްވިޔަސް ލޯމަތިން ގެއްލޭކަށް މަރީނާ ބޭނުމެއްނޫނެވެ. ނަމަވެސް ލޮލުތެރެއަށް ޖަމާވަމުން އައި ކަރުނަތަށް ފުހެލުމަށްފަހު ހިތްހަމަ ޖައްސައިލީ ސަނާ ވަރަށް އަވަހަށް އަންނާނެ ވާހަކަ ބުނެފައިވާ ވާހަކަ ހަދާންވުމުންނެވެ.

*** *** ***
“އައްދިއްޔޯއި” ޒަރީނާ އައިސް ސަނާއިން ކޮޓަރިއަށްވަދެ ސަނާގެ އިސްތަށި ގަނޑުގައި ހިފާ ކުއްލިއެއް ޖަހައި ފާރުގައި ބޯ ޖެއްސިލެއްބާރުކަމުން ވީތަދުން އެހެންބުނެ ރޮއެގަތެވެ. “ކަލޭ ރޯނެ ކަމެއްނެތް، މަބޭނުންގޮތެއް ދެން ކަލެއަށް ހަދާނީ، ކޮޓަރިތެރޭގަ ނީނދެ މެންދުރަށް ކައްކަންދޭ، ފަލާހް ކާން ތެދުވާނެ އިރުކޮޅަކުން، ތެދުވެގެންދޭ ބަދިގެ ފަރާތަށް” ސަނާ އާއި ދިމާއަށް އެއްޗެހި ކިޔައި އަމުރުކޮށްލުމަށްފަހު ކޮޓަރިން ނުކުތުމަށް ޒަރީނާ ހިނގައިގަތެވެ. ބޯ ޖެއްސިލެއް ބާރުކަމުން އެނބުރުން އަރާފައި އިރުކޮޅަކު އެހެން އިނދެ ސަނާ ހިނގައިގަތީ ކުޑަކޮށް ރަނގަޅު ވުމުންނެވެ. ސިޓިންރޫމަށް ނުކުތް އިރު ގޮނޑި ބަރީގައި އޮށޮއޮވެލައިގެން އޮތް ޒަރީނާ ފެނި ސަނާގެ ލޭކެކިގެން ދިޔައެވެ. ނަމަވެސް ސަނާއަށް މިއަދު ކުރެވޭނެ އިތުރު ކަމެއްނެތް ކަންއެނގި އެމީހުންގެ އަމުރަށް ކިޔަމަންވާން މަޖުބޫރެވެ. ސަނާއަށް އިތުރު އަނިޔާއެއް ލިބުމަށް ނޭދޭތީއެވެ.

“އަދިވެސް ނުކެކޭ؟ މިހާއިރު ވީއިރު ކީއްތިކުރީ؟” ކޮޓަރިން ނުކުމެ ބަދިގޭގައި ކައްކަން ހުރި ސަނާ އާއި ދިމާއަށް އެހެންބުނެ ފަލާހް ހަޅޭލަވައިގަތް އިރު ޒަރީނާވެސް ފަލާހް އާއި އެއްބައިވެ ސަނާއާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އެވަގުތު ސަނާގެ ލޮލުތެރެއަށް ޖަމާވަމުން އައި ކަރުނަތަށް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ. ނަމަވެސް އެކަމަކުން އެދެމީހުންނަށް އަސަރެއް ނުކުރާނެކަންް ސަނާއަށް އެނގެއެވެ.

ސަނާއަށްވީ އެންމެ އަވަހެއްކޮށް ކައްކާ ނިންމައިލައި ކާ މޭޒުމައްޗަށް ތަށިތަށް ނަގަން ފެށިއެވެ. އަދި ކާންހަދާ ނިންމައިލުމަށްލުމަށްފަހު މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.

“އަހަރެންގެ ދިރިއުޅުމަށް މިވީ ކިހިނެތް؟ އަހަރެންގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް މީހަކުދެކެ ލޯބިވެގެން ކުރެވުނު ކާވެނިވެސް…. މަންމ،ާ ޝާމިން ކޮއްކޯ އަހަރެން ބަލާ އާދޭ” ކޮޓަރި ތެރެއަށް ވަދެވުމާއި އެކު ސަނާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން ގިސްލާ ރޮވެން ފެށުނެވެ.

ސަނާގެ ބޯ ދުޅަވެފައި ހުރުމުގެ ސަބަބުން ރުއިން ގަދަވިވަރަކަށް ރިއްސަމުން ދިއުމުން ބޮލުގައި އަތް އަޅައިގެން އެނދުގައި އޮށޯވެލިއެވެ.

“ޝާމިން، މިހާރު ކިހިނެތް؟ ޝާމިންގެ ޑިޕާޓްމެންޓްގެ ބޮޑުމީހާ ބުނެގެން މިއައީ، މާދަމާ މަސައްކަތް ފަށަންވާއިރަށް ކުރަންޖެހޭ ކަންތަށްތަށް ކިޔައިދޭންވެސް ޖެހޭތީ އާ އެކު، ހިނގާ ދާން” ޝިމާން އައިސް ޝާމިން އުޅޭ ކޮޓަރިއަށް ވަދެ ވާހަކަ ދައްކަމުން ދިޔައެވެ. އަދި ފާހާނައަށް ވަދެ މޫނުދޮވެލުމަށްފަހު ޝިމާން އާއި އެކު ހިނގައިގަތެވެ.

ޝާމިން ވަޒީފާ އަދާ ކުރަން ޖެހިފައިވާ ޑިޕާޓްމެންޓްގެ ބޮޑުމީހާ އިންނަ އޮފީހުގެ ދޮރުހުޅުވައި ަލައި ޝާމިން އެތެރެއަށް ވެއްދުމަށްފަހު ޝިމާން އެނބުރި ދިއުމުން އެތަނުގައި އިން މީހާ ޝާމިން ކައިރީ އިށިއިނުމަށް ބުންޏެވެ. “އަހަރެންގެ ނަމަކީ ނާޒިމް، ޝާމިން ކޮބާ ކިހިނެތް؟ މިހާރު ރަނގަޅު ދޯ؟ ޝިމާން ރޭގަ ބުނި ޝާމިން ބަލިވެ އުޅޭވާހަކަ، ޝިމާން އެއީ މިތަނުގެ އެޗް.އާރ މެނޭޖަރ ކަން އިނގޭ ދޯ؟ ޝިމާން އެއީ އަބަދުވެސް އަހަރެން ވަރަށް އިތުބާރު ކުރާ މީހެއް، އެހެންވެ ޝިމާންގެ އެދުމުގެ މަތިން އެއްދުވަހުގެ ޗުއްޓީއެއްދިނީވެސް” ވަރަށް ހިތްހެޔޮ ކަމާއި އެކު ނާޒިމް ވާހަކަ ދައްކަމުން ދިޔައިރު ނާޒިމްގެ ކޮންމެ ސުވާލަކަށް ވަކިވަކިން ޖަވާބު ދެމުން ޝާމިން ގެންދިޔައެވެ. އަދި ކުރަންޖެހޭ މަސައްކަތްތަށް ކިޔައިދީ މަސައްކަތް ކުރުމަށް ލާން ހަމަޖެހިފައިވާ ޔުނީފޯރމް ހަވާލުކޮށް މާދަމާ ހެނދުނު 7 ޖަހާއިރު އޮފީހަށް އައުމަށް ބުންޏެވެ.

*** *** ***

“މަރީނާ، ކީއްކޮށްލަނީ؟ ސަނާގެ އެއްވެސް ހަބަރެއްވިތަ؟؟” މަރީނާމެންގެ ގެއަށް ޝިފާނާ އައިސް ގޭތެރޭގައި އިން މަރީނާ އާއި ިސުވާލުކޮށްލިއެވެ. “ދިޔަފަހުން އަދި ހަބަރެއްނުވޭ، ވަރަށް ހަނދާންވޭ އެމަންޖެ މަތިން،ހީވަނީ ހަށިގަނޑުން ބައެއް މަދުހެން، ހާދަ އެކަނިވެރިވެޔޭ، އެމަންޖެ ދެކިލަން….” ވާހަކަ ދައްކަމުން ދިޔަވަރަކަށް މަރީނާގެ އަޑު ބެދޭގޮތްވުމުން ވާހަކަ ހުއްޓައިލިއެވެ. އަދި އެގޭގެ ނަމާއި ފަލާހްގެ ފޯން ނަންބަރު ހޯދަދޭނެކަމަށް ޝިފާނާ ބުނެ މަރީނާގެ ބޮލުގައި ފިރުމައިލިއެވެ.

“އަބަދު ސަނާގެ ވާހަކަ ދައްކަނީ ކީއްވެބާ؟ ޝާމިންގެ ނަން އެންމެ ފަހަރަކުވެސް މަރީނާ ނުކިޔާ؟ އަނެއްކާ މަރީނާ އެސޮރުދެކެ ލޯބި ނުވަނީބާ؟” މަރީނާ ހަމައަކަށް އެޅުމުން ގެއަށް ދިޔަ މަގުމަތީގައި ޝިފާނާގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ބޮލުގައި ރިއްސައިލިއެވެ. އަދި ޝާމިން އައުމުން އެވާހަކަ އެހުމަށް ނިންމިއެވެ.

ނިދިފައި އޮތް ސަނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ޖަހާލި ބާރުގަދަ ގުގުރީގެ އަޑަށެވެ. ކޮޓަރީގައި އަލިކަމެއް ނުވާއިރު އެއްވެސް ތަނެއް އެނގޭވަރެއް ނޫނެވެ. ކޮޓަރިތެރެ އަނދިރިވެފައި އޮތުމުން އިތުރަށް ބިރުގަނެ ކޮޅަކަށް ހިރިލަންވެސް ނުކެރިފައި ކުރުގެޅިގެން އޮތްއިރު ހީވަނީ ބިރެއްފެނިފައި އޮތްހެންނެވެ. ގަޑިން ވީއިރެއްވެސް ސަނާއަކަށް ނޭނގެއެވެ. އިރުކޮޅަކު އެހެން އޮވެ އަނދިރި ގަނޑުގެ ތެރެއަށް ހޭނުމުން މަޑު ހިނގުމުގައި ގޮސް ފާހާނައަށް ވަތްއިރުވެސް ގުގުރާ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. ރަށުން އައިގޮތަށް ހުރުމުގެ ސަބަބުން ސަނާ ބޭނުންވީ ފެންވަރާ ތާޒާ ވެލާށެވެ. ފެންމާގަނޑު ދަށަށް ވަދެ ދޫކޮށްލުމަށް ފަހު ބޮލަށާއި އެއްކޮށް ފެންއަޅައި ސަނާގެ ދޮން ހަށިގަނޑު ތެއްމައިލިއެވެ. އަދި ރަނގަޅަށް ފެންވަރައި ލުމަށްފަހު ފާހާނައިން ނުކުތްއިރު ކޮޓަރި ތެރޭގައި ހުރި ޒަރީނާ ފެނި ބިރުންގޮސް ހަޅޭލަވައި ގަނެވުނެވެ.

“ހަޅޭ ނުލަވާ، ކަލޭ ކޮޓަރިއަށްވަނީ ނިދަންތަ؟ ތީ މެންދުރު ކޮޓަރިއަށް ވަތް އަންހެނާ، މިހާރު އެއޮށް ގަނޑިން ރޭގަނޑު އަށްގަޑި ބައިވަނީ، ކަލޭ ނިދަން އޮތީމަ އަހަރެމެން ކަނީ ކިހިނެތް؟” ސަނާއާއި ދިމާއަށް ހަޅޭލަވައިގަނެ ކޮޓަރީގެ ދޮރު އަތުހުރި ބާރަކަށް ޖެހުމަށް ފަހު ޒަރީނާ ދިޔައެވެ. ސަނާ އަވަހަށް ތައްޔާރު ވެލައި ޓީޝާޓަކާއި ހަރުވާޅެއް ލުމަށްފަހު ކޮޓަރިން ނުކުމެ ބަދިގެ ފަރާތަށް ދިޔައެވެ.

ދައްތާ، މިފެށޭ ހަފްތާ އޮފީހަށް ނުކުންނަން ޖެހޭނެ، ދެން ދައްތަ އަކަށް ނުޖެހޭނެ އަހަރެންގެ އެއްވެސް ކަމެއް ކުރާކަށް، އެހެރީނުން މިހާރު މިގޭގަ ކަންތަށް ކުރާނެ މީހަކު ގެނެސްފަ، ނަމަކަށް ވިޔަސް މީހަކާ މިއިނީ ދައްތަ އަށް ފަސޭހަ ކޮށްދޭން ވެގެންނޭ” ސިޓިންރޫމްގައި ޓީވީ ބަލަން އިން ޒަރީނާ ކައިރީ އިށިއިނުމަށްފަހު ފަލާހް އެހެންބުނެ ސަނާ އާއި ދިމާއަށް ބަލާލިއެވެ.
*** *** ***

“ވާހަކައެއް އަހާލަންތަ؟” ހަސަނު ކޮޓަރިއަށްވަދެ ޝާމިން ކައިރީ ސުވާލުކޮށްލުމުން ބޯޖަހައިލިއެވެ. “މިއަދު އަދްނާން އެދެއްކީ ކޮންވާހަކައެއް؟ ކޮން ޒަރީނާ އެކޭތަ އެބުނީ؟ އެވާހަކަ ކިޔައިދީބަލަ، އަނެއްކާ ޝާމިން އުޅެނީ ބޮޑެތި މީހުންނާ ހެދިތަ؟” ހަސަނު ސުވާލުކޮށް އެހެންބުނެ ހޭން ފެށުމުން ޝާމިން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ހަސަނަށް އެކަން ފޮރުވައި ފަހުން އެވާހަކަ ދައްކާނީ ކަމުގައި ބުނުމުން ހަސަނުވެސް އިތުރަށް ސުވާލެއް ނުކޮށް ފާހާނަ ދިއުމަށް ހިނގައިގަތެވެ.

“ހަސަނަށް އެވާހަކަތަށް ހަމަ ކިޔައިދޭންވީބާ؟ އެކަމަކު މިއަދު ދިމާވި މީހަކަށް އިތުބާރު ކުރާނީވެސް ވަކި ކިހިނެތް؟ އެވާހަކަތަށް ދެއްކުމުން އަހަރެންގެ ހިތަށް ކުރާ އަސަރު އެނގޭނަމަ ހަސަނު އެވާހަކަތަށް ދައްކަން ބޭނުން ވާނެބާ؟” ޝާމިންގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން އެދުވަސްތަށް ހަނދާންވުމުން ފެންކަޅިވިއެވެ. އަދި ހަސަނަށް އިތުބާރު ކުރެވެން ފެށުމުން އެވާހަކަތަށް ކިޔައިދޭނީ ކަމުގައި ނިންމައި ލޯމަރައިލިއެވެ.

ޒަރީނާ އާއި ފަލާހް ކައި ނިމުމުން ސަނާ ކާން އިށިއިނީ ބަނޑުހައި ވެފައި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން އަނގަޔަށްލީ ފުރަތަމަ އެތިކޮޅާއި އެކު ސަނާގެ ބަޑި ފަޅައިގެން ދިޔައެވެ. އަދި ކާން އިން ބަތްތަށި ދުރަށް ކޮށްޕައިލުމަށްފަހު މޭޒުގައި ބޯއަޅައިލިއެވެ.

“ސަނާ” ސަނާ ބޮލުގައި ފަލާހް ފިރުމައިލައި ސަނާއަށް ގޮވައިލުމުން ބޯހިއްލައި ލުމަށްފަހު ކަރުނުން ފުރިގެންވާ ދެލޮލުން ފަލާހްގެ މޫނަށް ބަލައިލިއެވެ. “ފަލާހް އަހަންނަށް ތިހެން ނުހަދާ އަހަރެންދެކެ ލޯބި ނުވަންޏާ އަހަރެން ވަރިކޮށްލާފަ ރަށަށް ފޮނުވަދީ” ފަލާހްގެ އަތުގައި ހިފާ އާދޭ ހާއި އެކު ސަނާ އެހެންބުނިއިރު ހުރީ ގިސްލެވިފައެވެ. “ކަލެއަށްތަ އެނގެނީ ވަރިކުރަންވީމަ؟، ހިނގާ ކޮޓަރިއަށް ދާން، އަހަރެން މިއައީ ކަލޭ ކުރާ އާދޭސް އަޑު އަހާ ކަލޭގެ ކަރުނަ ފުހެދޭކަށް ނޫން، އަނތްބެއްގެ ފަރާތުން އަހަރެން ބޭނުންވާ ކަންތަކަށްބޭނުން ވެގެން، ކަލޭ ބޭނުންވިޔަސް ނުވިޔަސް ކަލޭ އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރިހާ ދުވަހަކު ކަލޭ ޖެހޭނީ އަހަރެންގެ އެދުންތަށް ފުއްދަދޭން” ފަލާހް އެހެންބުނެ ސަނާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިއަށް ވެއްދުމަށްފަހު ސަނާ އެނދުމަށްޗަށް ވައްޓައިލިއެވެ.

 

(ނުނިމޭ)

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ahmed Ammu

Other Articles

Previous

ހިނިތުން ވެލާށެ ކަލާ …

Next

ހާދަ ލޯބިންނޭ.. (5)

Next
December 31, 2015

ހާދަ ލޯބިންނޭ.. (5)

Previews
December 30, 2015

ހިނިތުން ވެލާށެ ކަލާ …

27 Comments

  1. arucha says:
    December 30, 2015 at 11:04 pm

    V rythi mibaivex

    1. Ahmed Ammu says:
      December 31, 2015 at 12:02 am

      Thank You Arucha ??

  2. saf says:
    December 30, 2015 at 11:10 pm

    Thankolheh dhigu koh updt kohdhyba plx vvvv habeys vaahaka

    1. Ahmed Ammu says:
      December 31, 2015 at 12:03 am

      Thank You Saf. Iraadha kurehviyya dhen up kuraa faharakun miah vure dhigukoh genesdheynan.

  3. saf says:
    December 30, 2015 at 11:13 pm

    Sanaage dhiriulhumah ufaaveri dhuvas thakeh dhehvun edhi dhuaa dhannavaa xareenaa aai falaah ge kibain salaamaih kohdhehvaashe

    1. Ahmed Ammu says:
      December 31, 2015 at 12:03 am

      ?

  4. Maalu says:
    December 30, 2015 at 11:13 pm

    wowwwww vrh vrh reethi …when is the next part? waiting

    1. Ahmed Ammu says:
      December 31, 2015 at 12:04 am

      Thank You. V avahah up kohdheynan

  5. saf says:
    December 30, 2015 at 11:16 pm

    Vvvvvvvvvvvvvvvvvvv rythi vaahaka dhen bayakah vx vv inthixaaru kuran esfiya vaahaka thakun alhugandah enme rythi vaahaka aky mivaahaka ekmk mahsala aky kuruvefa maa lasvany up kohdheyleh thankolheh avas kohdhybela plxplx

    1. Ahmed Ammu says:
      December 31, 2015 at 12:06 am

      Thank You again Saf. New year kanthakuga midhuvas kolhu hurihaa department thakunves v busy kon miulheny. Ekamaku iraadha kurehviyya v avahah dhigukoh up kohdheynan

  6. misty says:
    December 30, 2015 at 11:21 pm

    Wowww.. Varah reethi ? when next part??

    1. Ahmed Ammu says:
      December 31, 2015 at 12:07 am

      Thank You Misty. Iraadha kurehviyya v avahah ??

  7. Eyesh says:
    December 31, 2015 at 12:07 am

    Mi part ves v v obi. Cant wait to read the next part… ?? u r my fav hama ? best of luck ingey ???

    1. Ahmed Ammu says:
      December 31, 2015 at 12:08 am

      Thank You Eyesh. ???

  8. santhi says:
    December 31, 2015 at 12:10 am

    Nyc ????

    1. Ahmed Ammu says:
      December 31, 2015 at 12:13 am

      Thank You Santhi??

  9. Sandy says:
    December 31, 2015 at 6:07 am

    Again so nice..Ammu avahah up kohba alhe…..waiting

    1. Ahmed Ammu says:
      December 31, 2015 at 6:11 am

      Thank You Sandy ?

  10. aathi says:
    December 31, 2015 at 7:43 am

    Oh haadha sad ey nw mi vaa goeh.. poor sanaa…story is very nice..;)

    1. Ahmed Ammu says:
      December 31, 2015 at 1:29 pm

      Thank You Aathi ??

  11. mice says:
    December 31, 2015 at 8:33 am

    Mibai vex varah reethi…..

    1. Ahmed Ammu says:
      December 31, 2015 at 1:30 pm

      Thank You Mice ??

  12. saf says:
    December 31, 2015 at 12:36 pm

    Sanaa aky v hihvaru gadha kuhjeh n shaamin aky vx v gadha fahulavaaneh bt shaamin r dheytherey kanthah v gothun vvvvvvvvvvvvvv sad

    1. Ahmed Ammu says:
      December 31, 2015 at 1:31 pm

      Yeah asluves dhw saf. ?

  13. nihko says:
    January 1, 2016 at 8:24 pm

    V reethi….plxx avahah up kohdhyba……plxxxx

  14. Ripperr says:
    August 16, 2016 at 2:54 pm

    Dhn ehcheh nei thaaku gooheh noon

  15. Zida says:
    August 16, 2016 at 2:55 pm

    Foakeh kahala vaahaka eh

Comments are closed.

All Right Reserved!