އާދުވަހަކަަށް އިރުއެރީ ކޮވެއްޔާއިހާލުގެ ރީތި މިއުޒިކީއަޑުތަކުން ހިތްތަކަށް އުފާވެރިކަން ލިއްބައިދެމުންނެވެ. އަރާމު ނިދީގައި މަޑުތަންމަތިތަކުގައި ނިދާފައިތިބި މީހުން ތެދުވެއެބައިމީހުން ކާންބޯންކުރާ މަސައްކަތްތަކުގައި އަވަދިނެތި އުޅެންފަށައިފިއެވެ.
ސީމާ މިއަދުއެވަނީ އަމިއްލަ ހާލާއިގެން ނޫޅެވޭވަރުވެފައެވެ. މީހަކު ދިނިއްޔާނޫނީ ނުކެވެއެވެ. އެންމެކުޑަމިނުން ފާޚާނާއަށް ވެސް ދެވެނީ މީހެއްގެ އެހީތެރިކަމާއި ލައިގެންނެވެ. “ދަރިފުޅާ.. މަންމަ އަށް ފެންފޮދެއް ދީބަލަ” ސީމާގެ އެނދާއި ޖެހިގެންހުރި އެނދުގައިއޮތް ކިއާރާއަށް ސީމާ ގޮވާލީ ބަލިއަޑަކުންނެވެ. ކިއާރާ އަވަސް އަވަހަށް އައިސް ސީމާއަށް ފެންދީފައި ގޮސް އަނެއްކާވެސް އޮށޯތެވެ. އޭރު ކިއާރާ ކައިރީގައި އޭނާގެ އެއްއަހަރަށްދާ ކުޑަކުޑަ އައިރިން ނިދާލާފައި އޮތެވެ. ސީމާގެ ފެންކަޅިވެފައިވާ ދެލޮލުން ކިއާރާއަށާއި އެތުއްތު މައުސޫމް އައިރިންގެ މޫނަށް ބަލާލާފައި ލޯމަރައިލެވުނެ. ސީމާއަށް އެދެމައިން ފެންނަކޮންމެ ފަހަރަކު އަމިއްލަނަފުސު ދެކެ އިންތިހާއަށް ނަފްރަތުކުރެވެއެވެ. އެވަގުތު ސީމާގެ ސިކުނޑީގައި މާޒީގެ ހިތިހަނދާންތައް އާވެގެން ދިޔައެވެ.
*******************
ސީމާގެ އުފާވެރި ދިރިއުޅުންބަދަލުވެގެންދިޔައީ ކުޑަކުޑައިރު އޭނާގެ ބައްޕަނިޔާވުމުން އޭނާގެ މަންމަ މުނީރާ އެހެން ކައިވެންޏެއްކުރި ހިސާބުންނެވެ. ސީމާގެ ބައްޕަމުހުސިނު ކޮށްފައިވާ ވަސިއްޔަތާއި އެއްގޮތަށް އެއޮށްބޮޑުގެ ވަނީ އެދެމައިންނަށް ހިބައިން ލިބިފައެވެ. މުނީރާ ނަސީމުއާއި ކައިވެނިކުރީ މުހުސިނު ދުނިޔެދޫކުރިތާ ފަސްމަސް ވެސްނުވަނީހެވެ. ގެއަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ ތިންބުރީގެ ގެއެކެވެ. ދެވަނަ ފަންގިފިލާ ކުއްޔަށް ދީގެން ލިބޭހުރިހާ ފައިސާއެއް ބޭނުންކުރަނީ ނަސީމުއާއި މުނީރާއެވެ. އެންމެމަތީފަންގިފިލާ ސީމާއަށް ދީފައިހުއްޓެއްކަމަކު މަންމަގެ ފަރާތުން އެއްވެސް ލޯތްބެއް އޭނާއަށް ލިބިފައެއްނުވެއެވެ. އެހެން ނޫނަސް އެގެއަކީ ސީމާގެ ބައްޕަގެ މުދަލެވެ. އޭގެން ބަޔެއް އޭނާއަށްވެސް ހައްގެވެ. އެންމެ ތިރީބައިގައި ނަސީމުގެ އާއިލާ އުޅެމުން އަންނަނީ ތަނަވަސް ދިރިއުޅުމެކެވެ. އެމީހުންގެ ދެދަރިންނަށް ސީމާއާއި ވަހަކަ ދެއްކުންވެސް އޮއްނަނީ މަނާކޮށްފައެވެ.
އުމުރުން އެންމެ ދިހައަހަރުއްސުރެ ވަކިން އުޅެންޖެހުމުން ސީމާއަށް ސުކޫލަށްގޮސް ކިޔެވުމުގެ ނަސީބުވެސް ލިބިފައެއްނުވެއެވެ. އޭނާބޮޑުވަމުންއައިރު ލިބުނު ރައްޓެހިންގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައިސްގެންދިޔައީ ނޭދެވޭބަދަލު ތަކެކެވެ. އުމުރުން އެންމެ ފަނަރަ އަހަރުގައި ރައްޓެހިން ގެޔަށް ގެނައިސް އުޅެންފެށީ އޭނާގެ އެއްވެސްކަމަކާއި މުނީރާ ނުބެހޭތީއެވެ. ސީމާ ހުންނަނީކައިގެންތޯ ނުކައި ތޯވެސް ބަލާނުލައެވެ. މީހުންއައިސް މުނީރާކައިރީގައި ސީމާގެ ގޮތެއްނެތް އުޅުނުގެ ވާހަކަ ދައްކާކޮންމެފަހަރަކު އޭނާއަށް ބޮޑު އެޕާޓްމެންޓެއް ދީފައި ހުންނައިރުވެސް އޭނާ އެވައްތަރަށް ތެޅެނީ ގޮތްކުޑަކަމުން ކަމުގައި މުނީރާބުނެއެވެ.
ސީމާގެ އެޕާޓްމެންޓަށް ވަންނަ މީހުން ދިޔައީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ސީމާގެއަންހެން ރަށްްޓެހިންނަށްވުރެ ގިނައީ ފިރިހެން ރަށްޓެހިންނެވެ. އަންނަގިނަމީހުންގެ އެދުމަކީ ސީމާގެ ޒުވާންހަށިގަނޑުގެ ފޮނިމީރުކަންލިބިގަތުމެވެ.ގެއެކޭ ކިޔުމަށްވުރެ އެތަނަށް ނާސިގެއެެކޭ ކިޔުންވެސް މާރަނގަޅުވާނެއެވެ. އެޕާޓްމެންޓުގެ ދެކޮޓަރީގެ ތެރެއިން އެއްކޮޓަރީގައި ސީމާއާއި އޭނާގެ ލޯބިވެރިޔާ ޝާން އުޅެމުންދިޔައިރު އަނެއް ކޮޓަރީގައިއުޅެނީ ސީމާގެ ދެރަށްޓެހިންކަމުގައިވާ މުނާއާއި ނީޝާ އެވެ. ޝާން އަކީ ސީމާއެކޭ އެއްފަދައިން މަސްތުވަަތަކެތީގެ ވަބާގައިޖެހިފައިވާ ޒުވާނެކެވެ. އެގެއަށް އަންނަ ޝާންގެ ރަށްޓެހިންނަށް ސީމާގެ ޒުވާންކަމުގެ ލައްޒަތު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް މަސްތުވަތަކެއްޗަށް ހަރަދު ކުރަމުންދިޔައެވެ.
މުނާއާއި ނީޝަގެ ކޮޓަރިއަށްވެސް ދުވާލަކު ދިހަބާރަ ފިރިހެނުން ވަދެނިކުމެދާއިރު އެމީހުންގެ ޖީބުތައްވެސް ދިޔައީ ގިނައަދަދެއްގެ ފައިސާއިން ބަރުވަމުންނެވެ. ސީމައަށް ކުލީގެގޮތުގައި މަހަކު ފަސްހާސް ދީފައި ބާކީވަވަރަށް އެދެމީހުންނަށް ފައިސާލިބެމުން ދިޔައެވެ. ސިނގެރޭޓާއި މަސްތުވަތަކެއްޗަށް އަދި ދުވާލަކު އެތައް ކޮފީއަކަށް ހަރަދުކުރަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ސީމާގެ ބަހުންނަމަ ވަރަށް ސަޅިކޮށް ހަބޭސްކޮށެވެ. އެހެން އުޅެނިކޮށް ސީމާގެ ދިރިއުޅުމަށް ކަޅުބޯވިލާގަނޑެެއްގެ ހިޔަނިއެޅިގެންދިޔައެވެ. ސީމާއަށް ހޮޑުލެވި ބޯއަނބުރާފައި ގޮތްތަކެއްވާން ފެށުމުން ބަނޑުބޮޑުތޯ ބެލުމަށް ޓެސްޓު ކުރީ ޕްރެގްނެންސީކިޓެއްގެ އެހީގައެވެ. ސީމާބަނޑުބޮޑުކަން އެނުގުމާއިއެކު ޝާން އާއި ސީމާގެ ރައްޓެހިންގެ ހިޔަލާއި އެއްގޮތަށް ބަނޑުގައިވާކުއްޖާ ވައްޓާލުމަށް ސިމާ މަސައްކަތްފެށިއެވެ.
ބަނޑުގައި އޮތްކުއްޖާ ވައްޓާލުމަށް ކުރިމަސައްކަތްތައް ބޭކާރުވެ ނުވަމަސް ފުރާ އަންހެން ކުއްޖަކުވިހެއެވެ. އެހިސާބުން ޝާން ސީމާދޫކޮށްލާފައި ދިޔައީއެވެ.
ފާތުމަތު ކިއާރާގެ ނަމުން އެތުއްތުކުއްޖާއަށް ނަންކީދުވަހު ކިއާރާބެލުމަށް ސީމާގެ ދެބެންގެދެދަރި ދައްތައެއް ކަމުގައިވާ ނަސްރާއާއި ހަވާލުކުރީ ނަސްރާގެ އަންހެންކުއްޖަކު ނެތިފައި އެމީހުން ކިއާރަަ ބޭނުންވެފައިތިބި ވަރުންނެވެ. ނަސްރާއާއި ކިއާރާ ހަވާލުކުރުމަށްފަހު އަނެއްކާވެސް ސީމާގެ އާންމު ދިރުއުޅުމަށް އޭނާ ރުޖޫއަވިއެވެ.
*****************
ނަސްރާއާއި ކަރީމުއަކީ މާލޭގެދޮރުހުރި ތަނަވަސްބައެއް ކަމުން އެމީހުން ކިއާރާ ގެންގުޅެމުން ދިޔައީ ކިއާރާ ބޭނުން ހާއެއްޗެއް ދީގެން ވަރަށްވެސް ފޮނިކޮށެވެ. ނަސްރާގެ 10 އަހަރުގެ ޖައިލަމްވެސް ކިއާރާދެކެ އިންތިހާއަށް ލޯބިވަނީ އެއާއިލާގައި އިތުރު ކުއަޖަކުވެސް ނެތުމުންނެވެ. ކިއާރާ ބޮޑުވަމުންއައީ ސީމާގެ އާއިލާގެ ފުރިހަމަ ލޯތްބާއި އަޅައިލުން ލިބިގެންނެވެ. ކިއާރާއަށް ހީވެފައިއޮތީ ކިއާރާއަކީ ނަސްރާއާއި ކަރީމުގެ ދަރިއެއް ކަމުގައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކިއާރާއަށް ހަތް އަހަރުގައި އިސްކަންދަރު ސުކޫލުގެ ގުރޭޑުއެކަކަށް ވެއްދިއެވެ. ކިއާރާއާއި ކުލާހުގެ ގިނަކުދިންގެ ސުވާލުތަކާއި ކުރިމަތި ކުރުވަން ފެށީ އެހިސާބުންނެވެ. “ކީއްވެ ކިއާރާ ނަމުގެ ފަހަތުގަ ބައްޕަގެ ނަން ނީންނަނީ؟. ” ގިނަ ކުދިންކުރާ މިސުވާލުގެ ސަބަބުން ކިއާރާ ނަސްރާކައިރީގައި މީގެ ޖަވާބެއް ލިބޭތޯ ސުވާލު ކުރިއެވެ. “ދޮންބެ އަށް މުހަންމަދު ޖައިލަމް ކަރީމް ކިޔާއިރު ކޮއްކޮއަށް ކީއްވެ ފާތުމަތު ކިއާރާ ކިޔަނީ.. ކީއްވެ ކޮއްކޮގެނަމުގަ ކަރީމު ނެތީ؟. ” ކުޑަ ކުޑަ މައުސޫމު ކިއާރާގެ މިސުވާލު ތަކަށް ނަސްރާ ޖަވާބު ދޭންބޭނުން ނުވުމުންއެއީ އަންހެން ކުއްޖެއްގެ ނަމުގެ ފަހަތުގައި ފިރިހެންނަމެއް އިނުމުން ނަންހަޑިވާނެތީ ކަމުގައިބުނެ ހަމަޖައްސާލިއެވެ.
ކިއާރާއަށް ހަގީގަތް އެނގޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ބޮޑުވަމުންއައި ކިއާރާއަށް މީހުންގެ މަލާމާތާއި ކުރިމަތިވާން ފެށިއެވެ. ކިއާރާއަކީ ބައްޕަ ނެތްކުއްޖެއް ކަމުގައިބުނެ ކުލާސް ކުދިންވެސް ކިއާރާ ބާކީކޮށްލީއެވެ. ނަސްރާއަށް މިކަން އެނގުމުން ކިއާރާއަށް ހަގީގަތް ކިޔައިދީ ސީމާއަކީ ކޮންކަހަލަ މީހެއްކަން ކިއާރާއަށް ކިޔައިދިނެވެ. ކިއާރާއަށް ސީމާގެ ހަގީގަތް އެނގުމުން ސީމާއެއީ ކާކުތޯ ބަލާކަށްވެސް އަދި ސީމާ ދެކޭކަށްވެސް ކިއާރާ ބޭނުމެއް ނުވިއެވެ. ނަސްރާއާއި ކަރީމު އެއީ އޭނަގެ އަސްލު މައިންބަފައިން ކަމުގައި ދެކިގެން އުޅުމަށް ކިއާރާ ނިންމީ އެމީހުން އޭނާއަށް ހެޔޮވެފައި ރަނގަޅުކަމުންނެވެ.
ކިއާރާއަށް ބާރައަހަރުފުރި ބޮޑުއަންހެނަކަށް ވީއިރު، ބޮޑުވަމުންއައި އެރީތިހަށިގަނޑަށް ގިނަފިރިހެނުންގެ ލޯތައް އަމާޒުވަމުން ދިޔައެވެ. ކަރީމުވެސްވީ އޭގެތެރެއިން އެކަކަށެވެ. ރީތިކަމުގެ ލާމަސީލު މިސާލެއްފަދަ ކިއާރާގެހަށިގަނޑުގެ ވަނާތައްފެނި ކަރީމުގެ ހިއްސުތައްވެސް ކިއާރާގެ ހަށިގަނޑުގެ އުފާތަކަށް އެދެންފެށިއެވެ. ނަސްރާ ގޭގައިނޫޅޭ ވަގުތުތަކުގައި ކިއާރާއަައި ޖިންސީގޮތުން ގޯނާކުރަމުންއައީ އެއްވެސްމީހަކަށް ނޭނގޭގޮތަށެވެ. ނަސްރާކައިރީގައި އެއިން އެއްވެސް ވާހަކައެއް ބުނެފިނަމަ މަރައިލާނެ ކަމުގައި ބުނެފައި އޮތުމުން ކިއާރާ އެކަން ސިއްރުކުރީ މަރުންސަލާމަތް ވުމަށެވެ. މަޑުމަޑުން އެކިއެކި ގޯނާތައް ކުރަމުން އައިސް އެންމެ ބޮޑުކަންތައްވެސް ކުރީއެވެ. ކިއާރާއަށް ލިބެމުންއައި ޖިންސީގޯނާތަކުގެ ސަބަބުން ނަފްސާނީގޮތުންވެސް ކިއާރާ ދިޔައީ ދުވަހެއްދުވަހަކަށް ބަލިކަށިވަމުންނެވެ. ނަސްރާއަށް ކިއާރާއަށް އަންނަންފެށި ބަދަލުތައް ފާހަގަ ވީނަމަވެސް އޭނާހިކުރީ އެއީ، ކިއާރާއަކީ ބައްޕަ ނެތްކުއްޖެއްކަމުން މީހުންކުރާމަލާމަތް ތަކުން ކިއާރާއަށް އަންނަމުންދާ ބަދަލެއް ކަމުގައެވެ.
ކަރީމުގެ ވަހުށީ އެދުންތަކުގެ ޝިކާރައަކަށް ކިއާރާ ހަދަމުން އައީ ނަސްރާއަށާއި ޖައިލަމްއަށް މިކަމުގެ އެއްވެސްކަމެއް ރޭކާ ނުލާނެހާވެސް ސިއްރުންނެވެ. ކިއާރާގެ އުޅުން ބަދަލުވެ މީހާ ނެގިމަޑުވެފައި އިންނަން ފެށިއެވެ. މީހުންނާއި ވާހަކަދައްކާ އުޅުން މަދުވެ ސުކޫލަށްވެސް ދިއުން ހުއްޓައިލީއެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުންގޮސް ކިއާރާގެ އުމުރުން ސޯޅަ ފުރުނުއިރު އެރީތި ސިފަ އިތުރަށް ފުރިހަމަވެ، އޭނާގެ ރީތި ވަނާތަކުން އޭނާގެ އަންހެންވަންތަކަން އިތުރަށް ހާމަވާންފެށިއެވެ.
ނަސްރާ އުމުރާގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާއަށް ފުރުން ވެގެންދިޔައީ ކަރީމުއަށްލިބުނު ރަނުގެ ފުރުސަތަކަށެވެ.
ކަރީމުއަށް އޭނާކުރަމުންއައި ކަންތަކަށް އިތުރަށްމަގުފަހިވެ، ކިއާރާގެޒުވާން ހަށިގަނޑަށް އަތްގަދަކުރަމުންއައީ ކިއާރާގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ. ބަނޑުހައިވެފައިފާ ސިންގާއެއްފަދައިން ކަރީމު ކޮންމެރެއަކު ކިއާރާގެޒުވާން ހަށިގަނޑުގެ ފޮނިމީރުކަން ހޯދަމުންދިޔައެވެ.
ޖައިލަމްއަކީ ގިނަވަގުތު ގޭގައިއުޅޭ މީހަކަށް ނުވެފައި ނަސްރާވެސް ނެތުމުން ކަރީމުހީވަނީ އީދެއްއައިސްގެން އުޅޭހެންނެވެ.
ކޮންމެދުވަހަކު އިރުއަރައި އޮއްސިގެންދަނީ ކިއާރާގެ ހަށިގަނޑަށް އިތުރު އަނިޔާތަކެއް ލިބެމުންނެވެ. އާދައިގެމަތިން އެރޭވެސް ކަރީމުގެ ބޭނުންތައް ފުއްދުމަށްފަހު ކިއާރާގެކޮޓަރިން ނިކުތީ ދަންވަރު އެކެއް ޖަހާބޮޑުވީފަހުންނެވެ. އެރޭ ކަރީމުއަށް ނިކުމެވުނީ ޖައިލަމްގެ ކުރިމައްޗަށެވެ. ކަރީމު އެކޮޓަރިއަށްވަނީ ކިއާރާ ބަލިވެއުޅޭތީ ޖޫސްތައްޓެއް ދޭންކަމުގައި ބުނުމަށްފަހު ކަރީމުގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އެހެނަސް ޖައިލަމްއަށް ވެގެންއުޅޭގޮތް ސިއްރެއް ނުވިއެވެ.
ޖައިލަމް ކިއާރާގެ ކޮޓަރިއަށް ވަތްއިރު އެނދުމަތީގައި ކިއާރާ ރޯންއޮތީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްހާލުގައެވެ. ޖައިލަމް ކިއާރާގެ ގައިމަތީގައި ބެޑުށީޓު އެޅުމަށްފަހު ކިއާރާ ކައިރިން ވީގޮތް އޮޅުންފިލުވިއެވެ. އުމްރާއަށްގޮސްހުރި ނަސްރައަށްް ގުޅައިގެން ވީހުރިހާކަމެއް ކިޔައިދިނުމުން ނަސްރާއެދުނީ އާއިލާގެ އަގުވެއްޓިދާނެތީ އެކަން ސިއްރުކުރުމަށެވެ. އެހެންކަމުން ޖައިލަމް އެކަން ސިއްރުކުރިއެވެ.
ކިއާރާއަށް އެންމެ ރައްކާތެރިގޮތަކީ ސީމާކައިރީގައި ހުރުންކަމުގައި ވިސްނުމަށްފަހު ޖައިލަމް ސީމާގެ ގެއަށް ކިއާރާގެންދިޔައެވެ. ކިއާރާއެގެއަށް ވަދެގެން ދިޔައިރު ސިޓިންރޫމުގައި ހަތަރުފިރިހެނުން ސިނގެރޭޓިބޯން ތިއްބެވެ. ކޮޓަރީގައި ދެފަހަރަކު ޓަކިދިނުމުން މެދުއުމުރުގެ އަންހެނަކު ނިކުމެ ކީއްކުރާ ކުއްޖެއްތޯ ސުވާލުކުރީ ފޫހިރާގެއްގައެވެ. ސީމާ ކިޔާމީހަކު އުޅޭތޯ ކިއާރާއެހުމުން އެއީސީމާކަމުގައި ބުންޏެވެ. ކިއާރާ ރޮމުން މަންމައެކިޔައި ސީމާގެ ގައިގައި އޮޅުލައިގަތެވެ. ސީމާއަށް އެއީކިއާރާކަން އެނގުމުން އޭނާއަށްވެސް ކިއާރާގެ ގައިގައި ބައްދާލެވުނެވެ. ކިއާރައަށް ސީމާގެ ގެއިން ރައްކާތެރިކަން ލިބޭނެކަމުގައި ކިއާރާ އުންމީދުކުރިއެވެ. ދަރިއަކާއި މައިމީހާގެ ދެމެދުގައިވާ ލޯތްބަށްވުރެ މަތިވެރި ލޯތްބެއް މިދުނިޔެމަތީގައި ނުވެއެވެ. އެހެންކަމުން ކިއާާާާރާ ކުޑައިރު ސީމާ އޭނައާއި ދޭތެރޭގައި ކަންތައްކުރިގޮތް ނަސްރާކިޔައި ދީފައި ވީނަމަވެސް އެކަން ހަނދާން ނައްތާލައި ސީމާއަށް މާފްކުރިއެވެ.
ސީމާގެ އެޕާޓްމެންޓުގައި އުޅެމުން ދިޔައީ އެދެމައިން އެކަންޏެވެ. އެޕާޓް މެންޓުގެ ދެކޮޓަރިން އެއްކޮޓަރި ކިއާރާއަށް ދީފައި އަނެއްކޮޓަރީގައި އުޅެމުންފިޔައީ ސީމައެވެ. ސީމާއަކީ މެދުއުމުރުގެ އަންހެނެއް ނަމަވެސް އެއީ ރީތި އަންހެނެކެ. ކިއާރައަށްވެސް ލިބިފައި އެވަނީ ސީމާގެ ރިތިކަމެވެ. ކިއާރާ ސީމަގެ އެއްވެސްކަމަކާއި ނުބެހެއެވެ.އެއީ ސީމާ ކޮންމެ ގޮތަކަށް އުޅުނަސް ކިއާރައަށް އެއްވެސް އުނދަގުލެއް ނުވަތީއެވެ.
ކިއާރާ ގިނަވަގުތު ކޮޓަރީގައި ހޭދަކުރަނީ ގޭތެރެއަށް ނުކުތުމުން ދުވާ ސިނގެރޭޓުގެވަހުން އޭނާއަށް އުދަގޫވާތީއެވެ. ސިޓިންރޫމުގަޔާއި ސީމާގެ ކޮޓަރީގައި ފިރިހެނަކު ނޫޅޭވަގުތެއް މަދެވެ. ސީމާ ކުރަމުންދިޔަ ހަށިވިއްކުމެގެ ވިޔަފާރިދިޔައީ ދުވަހެއްދުވަހަކަށް ފުޅާވަމުންނެވެ. ދުވާލެއްގެ މައްޗަށް އެތަކެއް ފިރިހެނަކު އެގެއަށް ވަދެނިކުމެހަދަމުން ދިޔައެވެ.
އެގޮތުން އެގެއަށް އައިސްއުޅުނު ޝާހިލްވީ ކިއާރާއަށް ވަރަށްކަމުދިޔަ މީހަކަށެވެ. ކިއާރާއާއި ޝާހިލްގެ ރައްޓެހިކަމުގެ ގުޅުން ވަރުގަދަވެ ލޯތްބަށް ބަދަލުވެގެންދިޔައީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައެވެ. ޝާހިލްގެއެދުމަށް ކިއާރާ ގޭތެރެއަށްނުކުމެ އުޅެންފެށިއެވެ. އަދިމަޑުމަޑުން ކިއާރާވެސް ޝާހިލް އެކޭއެއްގޮތަށް ސިނގެރޭޓުބޯންފެށީ ޝާހިލްގެ އެދުމުގެމަތިންނެވެ.
ސީމާ ކިއާރާއަށް ވިސްނައިދިނީ ސީމާމެންކަހަލަ ނިކަމެތިންނަށް އެންމެފަސޭހައިން ފައިސާލިބޭނީ ޒުވާންކަން ވިއްކައިގެން ކަމުގައެވެ. ކިއާރާވެސް މަޑުމަޑުން ސީމާގެއުޅުމަށް ވެއްޓި އޭނާގެ އެރީތިހަޑިގަނޑު ނީލަންކިޔަންފެށިއެވެ. އެކަމާ ޝާހިލް އެއްވެސް ޝަކުވާއެއްނުކުރީ ކިއާރާގެ މަސައްކަތުން ލިބޭފައިސާއިން އޭނާއަށްވެސް ފައިދާވާތީއެވެ. ކިއާރާގެ އުޅުމަށް އައިބޮޑެތިބަދަލުތަކާއިއެކު މަސްތުވާތަކެތި ވެގެންދިޔައީ އޭނާގެ ބައިވެރިއެއްކަމުގައެވެ.
އާދައިގެމަތިން ކިއާރާ ޝާހިލް އެކީގައި ކޮފީއަކަށް ދިޔަރެއެކެވެ. ކޮފީގައިތިއްބާ އެތަނަށް ޕޮލިހުން އައިސް މަސްތުވެފައިވާ ހާލުގައިތިބި ކިއާރާއި ޝާހިލް ހައްޔަރުކޮށްގެން ގެންދިޔައެވެ. ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައިގައި ކިއާރާއަށް ދިހައަހަރުގެ ޖަލުހުކުމެއް އިއްވުނެވެ.
ޖަލުގެ ތޭރިތަކުގެތެރޭގައި ކިއާރާ ހޭދަކުރަމުންއައީ ކުރިއެކޭވެސް އެއްފަދަ ދިރިއުޅުމެކެވެ. މަދުމަދުން އެކިގޮތްގޮތުން ހޯދާމަސްތުވާތަކެތި ބޭނުންކުރަމުން ދިޔައެވެ. ޖައިލަމްއަށް މިކަމުގެ ހަބަރުލިބި އެތަކެއް ފައިސާއެއް ހަރަދުކޮށް އެއްމަސް ދުވަސްތެރޭގައި ކިއާރާ ޖަލުންސަލާމަތް ކުރިއެވެ.
ކިއާރާ ޖަލުން ސަލާމަތްވެގެން އެނބުރި އައުމަށްފަހު ކުރީގެ ވިޔާނުދާއުޅުން ދޫކޮށްލައި ތައުބާވިއެވެ. އަދިސީމާވެސް އޭނާގެ އުޅުން ބަދަލުކޮށް ތައުބާވިއެވެ. އެހެނަސް މާގިނަ ދުވަހެއްނުވެ ސީމާގެ އެއްފަޅި ވާގިނެތި އެނދުމަތި ވީއެވެ. ކިއާރާއަށް ފައިސާގެ ބޭނުން ޖެހުނީއެވެ. ސީމާގެ ބޭސްފަރުވާގެ ހުރިހާހަރަދެއް ކުރަމުން ދިޔައީ ޖައިލަމްއެވެ. މިހެން ދުވަސްތައް ފާއިތު ވަމުންގޮސް ޖައިލަމްގެ އެދުމަށް ކިއާރާ ޖައިލަމްއާއި ކައިވެނިކުރީ ސީމާވެސް އެގޮތް ބޭނުން ވާތީއެވެ.
ޖައިލަމްއާއި ކިއާރާގެ ކައިވެންޏަށް އަހަރުވީއިރު ކިއާރާ ބަލިވެއިންކަން އެނގުން ވެގެން ދިޔައީ ޖައިލަމްއަށްލިބުނު ވަރަށްބޮޑު އުފަލަކަށެވެ. އެކަމަކު އެއުފާވެރިކަން ހިތާމައަށް ބަދަލުވެގެންދިޔައީ ކިއާރާހެދި ލޭގެޓެސްޓުތަކުގެ ނަތީޖާ ލިބުނުދުވަހުއެވެ. ކިއާރާއަށް އެއިޑްސް ޖެހިފައިވާކަން އެނގިގެން ދިއުންވީ ޖައިލަމްއާއި ކިއާރާގެ ދިރިއުޅުމަށްއައި ތޫފަނެއް ކަމުގައެވެ. ކިއާރާގެ ބަނޑުގައިއޮތް ދަރިފުޅާއި ޖައިލަމްވެސް އެއިޑްސްގެ ޝިކާރައަކަށްވީއެވެ. ހަމަޔަކަށް އެޅެމުންދިޔަ ކިއާރާގެ ދިރިއުޅުން ފުންވަޅުގަނޑަކަށް ވެއްޓުނީއެވެ.
**********************
މާޒީގެ ހިތިހަނދާންތަކުގެ ތެރެއަށް ގެއްލިފައި އޮތް ސީމާއަށް ހޭވެރިކަންވީ އައިރިން ރޮއިގަތް އަޑަށެވެ. އޭރު ކިއާރާއާއި ޖައިލަމް އައިރިން ހުއްޓުވާލެވޭތޯއުޅެއެވެ.
މިއަދު އެއާއިލާއެވަނީ ދިރިއުޅުމުގެ އެއްވެސް މާނައެއްނެތިފައެވެ. ޖައިލަމްއާއި ކިއާރާގެ ހިކިއަނަރޫފަވެފައިވާ ހަށިތަކުން އެމީހުން ކުރަމުންދާހިތާމަ ވަރަށްސާފުކޮށް ފެންނަމުން ްދެއެވެ.
އަމިއްލަނަފްސު ހަލާކުގެ ތެރެއަށް ދޫކޮށް ލެވުނީތީ ކިއާރާ މިއަދު ދެރަވެހިތާމަކުރެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ވަގުތު ފާއިތުވެއްޖެއެވެ. ކިއާރާގެ ސަބަބުން އޭނާއާއިއެކު އޭނާގެ ކުށެއްނެތް ފިރިމީހާއާއި ލޯބިވާދަރިފުޅުވެސް އެވަނީ އަރައިނުގަނެވޭނެފަދަ ފުންއަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ.
ކިއާރާ މިދުނިޔެއިންހަލާކުވެ ގެއްލިދިޔަނަމަވެސް އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން އޭނާމަސައްކަތް ކުރާނެއެވެ. މިއަދު ކިއާރާއެދަނީ ކުރެވުނު ކުށްތަކަށް ތައުބާވެ އަޅުކަމުގައި ގިނަވަގުތު ހޭދަކުރަމުންނެވެ. ދުނިޔޭގެ އުފަލުން މަހުރޫމު ވީނަމަވެސް ސުވަރުގޭގެ މަތިވެރި ނިއުމަތްއެދިގެންނެވެ.
ނިމުނީ..
ނޯޓް: މިވާހަކައަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށްބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
25 Comments!
Comments are closed.
Ibraiy theri salhi vaahaka eh.keep it up
Thnx fareeeaaa ?
Habeys ??. Keep it up
Thnx ammu ?
Nice story
Thnx Reems ?
mivaahaka vx vrh reeethii 🙂 vrh ibraihtheri nd vrh interesting 😀 all da bst 😉
Thanx shabee ? thanx for reading
What a meaningful story. Vrh reethi
Thanx ?
V Reethi mi Story
Varah interesting ??
wow!!!
mahykury dhigu vaahakaeh kamah…
Great story eyesh ?☺?
Vv. Nice.
Thanx everyone ? thanx for reading my stories
Wowwww.mi vaahaka v v v ryyhi.kyp it up
Thnx ina ??
v salhi story eh…..
kiaara rythi nameh varah dhera vehja kiaara ah ehen v ma hurihaa enmen nah naseebu rangalheh nuvaane dhw so sad burt nice story
? yeah dhw dhiniyeyga ulheynr dhw lucky n also unlucky myhun ves ? thnx for reading dear
vry nice story
V V reethi vaahakaeh adi mikahala reethi vaahakaeh liyaane kamah ummeedhu kuran
varah varah reethi adhi eh haame iburahtheri story eh