Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (އަށްވަނަ ބައި)

Ahmed Ammu
December 13, 2015
6 Mins Read
52 Views
30 Comments

ކުޑަ އިރުކޮޅެއް ތެރޭގައި ރިސެޕްޝަންގައި އިން ކުއްޖާ ސަނާ އަށް ގޮވައި ލުމަށްފަހު ސަނާ ގޮވައިގެން އެތެރެއަށް ދިޔައެވެ. އަދި “އޮފީސް” ޖަހާފައިވާ އެދޮރުން އެތެރެއަށް ސަނާ ވައްދައި ގޮނޑީގައި ބޭންދުމަށް ފަހު ނުކުމެގެން ދިޔައީއެވެ. “އަޅުގަނޑުގެ ނަމަކީ އަފީފް” ސަނާގެ ކުރިމަތީ އިން މޭޒުގެ ފުރަގަހުގައި އިށިއިނދެލައިގެން އިން އަފީފް އަމިއްލައަށް ތައާރަފްވެލައި ސަނާ އަށް އަތް ދިއްކޮށްލިއެވެ. ސަނާވެސް އަފީފް އާއި ސަލާމް ކޮށްލުމަށްފަހު ތައާރަފް ވެލިއެވެ. “އަޅުގަނޑުގެ ކޮއްކޮ ސަލާމަތް ކޮށްދީ އަޅުގަނޑު ބޭނުމީ މިހާރު ކޮއްކޮ އަށް އަނިޔާ ދެމުން އެދާ ޒަރީނާ އާއި ހަސަނުގެ ފަރާތުން ކޮއްކޮ ސަލާމަތް ކޮށް އެމީހުންނަށް ހައްގު އަދަބު ދޭން” އަފީފް އިތުރު ސުވާލެއް ކުރުމުގެ ކުރިން ގޮތް ހުސްވެފައިވާ ސަނާ އެހެން ބުނެ ރޮއެގަތެވެ. “މައްސަލައިގެ ގޮތުން އަޅުގަނޑު މެންނަށް ތިކަމަށް ފިޔަވަޅެއް އެޅޭނީ އިތުރަށް ތަހުޤީޤު ކޮށްގެން” އެހެން ކަމަށް ވުމުން މިކަމުގައި އަޅުގަނޑުމެންނަށް  ސަނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން” ސަނާ އަށް ޓިޝޫއެއް ދިއްކޮށްލުމަށްފަހު އަފީ ވާހަކަ ދައްކަން ފެށިއެވެ. ސަނާ ވަރަށް ހިތްވަރުކޮށް ކަރުނަތަށް ފޮހެލުމަށް ފަހު ސަނާ ކަންތަށް ކުރުމަށް ރާވާފައިވާ ގޮތް ކިޔައިދިނުމުން އަފީފް އެކަމަށް ތާއީދު ކުރިއެވެ.

*** *** ***

ޕޮލިސްޓޭޝަންއިން ނުކުމެގެން އައިސް ސަނާ ގެއައްވަދެ ސައި ބޮއެގެން ކަންތައް ކުރަން ރާވައިފައި ވާގޮތާ ދޭތެރޭ ވިސްނަން ޖޯލީގައި އޮއްވައި މަރީނާ ނުކުމެ ސަނާ ކައިރީ ޖޯލީގައި އިށިއިނެވެ. “މިހާރު ހޮޑެއް ނުލަވާދޯ” ސަނާ ޖެއްސުމަށް މަރީނާ އާއި ސުވާލު ކޮށްލިއެވެ. ފާޑަކަށް ތެޅިގަނެފައި މަރީނާ ސަނާގެ މޫނަށް ބަލައިގެން އިނދެ މިހާރު ހޮޑު ނުލަވާ ކަމެއް ސަނާ އަށް އެނގެނީ ކިހިނެތްޙޭ ސުވާލު ކޮށްލިއެވެ. “މިހެން މިބުނީ މިއަދު ހޮޑު ލަނިކޮށް ނުފެންނާތީ، ދެން އެ ރަނގަޅުވީ ކަންނޭނގެ ދޯ” ސަނާ އެހެން ބުނެ މަރީނާ ކައިރީ އިންނަން ބޭނުން ނުވެގެން ޖޯލިން ތެދުވެ ގޭތެރެއަށް ވަދެގެންދިޔަ އިރު މަރީނާ އަށް ބުނާނެ އެއްޗެއް ނޭނގިފައި ސަނާއަށް ބަލަހައްޓައިގެން އިނެވެ.

*** *** ***

އެހެންދުވަސް ދުވަހު އަންނަ ގަޑިއަށް ސަނާ ނާންނާތީ ކެތްމަދުވެފައި  ޝާމިން އޮތީ އިންތިޒާރުގައި ސަނާ ދެކިލަން ބޭނުންވެގެންނެވެ. އެހެން އޮއްވައި ޒަރީނާ ކޮޓަރިއަށް ވަދެ ޝާމިންގެ އެދާ ދިމާއަށް އަންނަތަން ފެނުނެވެ. “ޝާމިން ކިހިނެއްވެފައި؟ މިއަދު ހަސަންބެ ނާންނާނެ އެނގޭދޯ އެކަން؟” ޒަރީނާ ވާހަކަ ދައްކަން ފެށުމުން ފޫހިގޮތަކަށް ހޫމް އޭ ބުނެ ޝާމިން އަނެއްފަރާތަށް އެނބުރުނެވެ. ޒަރީނާ  ވަކިއެއްޗެއް ނުބުނެ  ކޮޓަރިން ނުކުމެގެން ދިއުމުން ޝާމިން އޮތީ ހައިރާންވެފައެވެ. އެއީ ޒަރީނާ ހިތްހަމަ ނުޖެހޭ ގޮތަށް ޝާމިންގެ އަމަލުތަށް ބެހެއްޓުމުންވެސް އެއްޗެއް ނުބުނެ ޝާމިން އަށް އަނިޔާނުކޮށް ދިޔައީމައެވެ. ނަމަވެސް ޝާމިން އުފާވިއެވެ.

 

“ޝާމިން ކޮއްކޯ؟” ޒަރީނާ މެންގެއަށް އައިސް ދޮރުގައި ޖަހައި ލަމުން ޝާމިން އަށް ގޮވާލި އަޑަށް ޒަރީނާ އައިސް ދޮރު ހުޅުވައިލިއެވެ. ހެވިދިލިފައު ހުރި ޒަރީނާ ފެނި ސަނާ އައީ އަމަށަކު ރުޅިއެއްނޫނެވެ. އައި ރުޅީގައި އަނގަމަތީ ޖަހައިފާނަމޭވެސް ހިތަށްއެރިއެވެ. ނަމަވެސް މިރެއަށް ކަންތަށް ރޭވިފައިވާ ގޮތަށް ކަންތަށް ކުރުމަށް ބޭނުންވާތީ ސަނާ ހިނިތުންވުމެއް ރައްދުކުރި ކަމުގައިވީ ނަމަވެސް މިހާރު ސަނާގެ ހިތުގައި ޒަރީނާއަށްޓަކައި ވަނީ ނަފްރަތުގެ ހުޅު ރޯވެފައެވެ. އިތުރު ވާހަކައެއް ނުދައްކާ ސަނާ ދިޔަގޮތަށް ޝާމިންގެ ކޮޓަރިއަށް ވަންނަން ދިޔަ އިރު ޒަރީނާވެސް ފަހަތުން އާދެއެވެ. “ޝާމިން ކޮއްކޯ؟” ޝާމިންގެ ކޮޓަރީގެ ދޮރުހުޅުވައި ލުމަށްފަހު ސަނާ ޝާމިންއަށް ގޮވައިލުމަށްފަހު އެތެރެއަށް ވަދެގެން ޝާމިން އޮތް އެނދާ ދިމާއަށް ގޮސް ޝާމިންގެ ކައިރީ އިށިއިން ވަގުތު ޒަރީނާވެސް ސަނާގެ ފަހަތުން އައިސް ސަނާގެ ކައިރީގައި އިށިއިނެވެ. “ޒަރީނާ ދައްތަ ކަމަކުތަ؟ ކީއްވެ މިގެއަށް އަންނަ ފަހަރަކު ވިއްޔާ އަބަދު ފަހަތުން ތި އުޅެނީ؟ ކޮބާ ހަސަންބެ؟” ސަނާ ސުވާލުތަށް ފައްޗަކަށް އަމުނާލި އިރު އެއަޑުގައި ރުޅިވެރި ކަމެއް ހުއްޓެވެ. އިންސާނަކަށް ކެތްވެސް ކުރެވޭނީ ވަކިވަރަކަށްތާއެވެ. “ދައްތަ ހަމަ އެހެންދުވަސް ދުވަހެކޭވެސް އެއްގޮތަށް ހަމަ ވަދެލީ، ހަސަންބެ ވީ މަހަށްގޮސް އަންނާނީވެސް މާދަމާ މެންދުރު” ޒަރީނާ އެހެންބުނެ ސަނާ އަށް އުނދަގޫ ވަނީ ކަމުގައިވާނަމަ ޒަރީނާ ދަނީކަމަށް ބުނެ ކޮޓަރިން ނުކުތެވެ. ޒަރީނާ ނުކުތުމުން ޝާމިން ވާހަކަ ދައްކަން އަނގަ ހުޅުވައިލި ވަގުތު ޝާމިންގެ ތުންފަތުގައި ސަނާގެ ޝާހަދު އިނގިލި ޖައްސައިލުމަށްފަހު މަޑު މަޑުން ދެކޮޅަށް ބޯ ހޫރާލީ ވާހަކަ ނުދެއްކުމަށް ބުނެއެވެ. އެއީ ޒަރީނާ ބޭރުގައި ސަނާމެން ދައްކާ ވާހަކަތަށް އަޑު އަހަން ހުރެދާނެ ކަމަށް ހީކޮށްފައެވެ. ސަނާގެ އެ އިޝާރާތުން ޝާމިންއަށް އެކަން ވިސްނި ވާހަކަ އޮޅުވައިލިއެވެ. ކަންތަށް ވީވެސް ހަމަ އެގޮތަށެވެ. ސަނާ ނުކުތްއިރު ޝާމިންގެ ކޮޓަރި ފާރުކައިރީގައި ޒަރީނާ މަޑު ކޮށްގެން ހުއްޓެވެ. ސަނާ ނުކުތްއިރުވެސް ޒަރީނާ އަށް ނޭނގުނީ އެކަމަށް ނުވިސްނައި ހުރުމުންނެވެ. “ޒަރީނާ ދައްތަ ކިހިނެތްވީ މިތާ ތިހުންނަނީ؟ އަހަރެން ހީކުރީ ދިޔައީ ކަމަށް، ހިނގާބަލަ ސައިބޯންދާން” އެހެން ބުނެ ޝާމިން ގޮވައިގެން ނުކުތްއިރުވެސް ޒަރީނާއަށް ބުނާނެއެއްޗެއް ނޭނގިފައި ހުރެވުނީއެވެ. “ކަލޭ ހީކުރީ ކަލޭ މަށަށް ވުރެ އުމުރުން ދޮށިވީމައި މަށަށް ވުރެ ބޯ ބޮޑުވާނެ ކަމަށްތަ؟” ގޭތެރެއިން ނުކުމެ ކާގެއާއި ދިމާއަށް ދަމުން ސަނާ ހިތާހިތުން ޒަރީނާ އަށް އެއްޗެހި ކިޔަމުން ދިޔައެވެ.

 

“ކޯޗެއް ސައިބޯން ހުރީ” ކާގެއަށް ވެދެވުމުން ސަނާ ޒަރީނާ އާއި ސުވާލު ކޮށްލިއެވެ. “މިއަދު ހުރީ ކުޅި ރިހާކުރާ ރޮއްޓާ” ޝާމިން ޖަވާބު ދިނުމުން ޒަރީނާ ރުޅިއަންނަ ގޮތްވިއެވެ. “ކޮއްކޮ އަށް ކިހިނެތް އެނގުނީ؟” ސަނާ ނޭނގޭކަމަށް ހަދައި ޝާމިން އާއި ސުވާލުކޮށްލުމުން މިފަހަރުވެސް ޒަރީނާ އެދޭތެރެއަށް ވަދެގަތެވެ. “ޝާމިން ތަންކޮޅެއް ކުރިން ސައިބޯން އައި އިރު ތައްޔާރު ނުވެ ހުރީ އެހެންވެ ސައި ތައްޔާރު ކޮށްލާފައި އަސްލު ޝާމިންއަށް ގޮވަންވެގެން އެތެރެއަށް މި ވަނީ” ޒަރީނާ ޖަވާބު ދިނުމުން ހިތްހަމަ ނުޖެހި ހުރެ ހޫމް އޭ ބުނެލުމަށްފަހު ޝާމިން ގޮވައިގެން ގޮސް މޭޒުކައިރީ އިށިއިނެވެ.

 

ސައިބޮއެ ނިމުމުން ޝާމިން ކައިރީ ގެއަށް ދަނީ ކަމަށް ބުނެ ދޮރު ލައްޕާލުމަށްފަހު ނުކުތްތަނާހެން އެތެރެއިން ދޮރު ތަޅުލިއަޑު އިވުނެވެ. ނަމަވެސް އެކަމާއި އަޅައިނުލައި ސަނާ ގެއަށް ދިއުމަށް ހިނގައިގަތީއެވެ. ޝާމިންވެސް ސަނާ ދިއުމުން ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމަށް ފަހު އެނދުގައި އޮށޯއޮތެވެ. “ބޮޑު އަންހެނެއް ސައިބޮއެފައި އެދިޔައީ ތަށިތަށްވެސް ނުނަގައި” ޒަރީނާ ރުޅިއައިސް ހުރެ ކުދިކިޔަމުން ސަނާ ސައިބޮއެފައި ހުރި ތަށިތަށް ނަގަން ފެށިއެވެ. ނަމަވެސް ޝާމިންގެ މަތިން ހަނދާން ވުމުން ހިތްހަމަ ޖައްސައި ލުމަށްފަހު ތަށިތަށް ދޮވެލައި ޝާމިންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޒަރީނާ ފެނުމުން ޝާމިން ތެދުވެ އެދުގައި ލައްވެލިއިރު ޝާމިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. “ކަލޭ ހިތުން ވަރަށް މޮޅުކަމެއް ކޮށްލައިފައި ދޯ ތިހުރީ؟ އޭނައަށް އެއްވެސް ވާހަކައެއް ކިޔައިދީފިއްޔާ ކަންތަށް ވާނެ ގޮތް އެނގޭދޯ؟ އެހެން ނޫނަސް މަށަށް އެނގޭ ކަލޭ އެހެން ނަހަދާނެކަން، ސަނާ ދެކެ ވަރަށް ލޯބިވޭދޯ، މަވެސް ޝާމިންދެކެ ވަރަށްލޯބިވެޔޭ؟” ޒަރީނާ އެހެން ބުނެ ޝާމިން އާއި ދިމާއަށް އެއްލޯމަރައިލުމަށްފަހު ނުކުމެގެން ދިއުމުން ޝާމިން އައި ރުޅީގައި އެނދުމަތީގައި އޮތް ބާލީސް ނަގައި ހޫރާލިއެވެ.

 

އިރުއޮއްސުމާއި އެކު ސަނާ ތައްޔާރުވަމުން ދިޔައީ ސަނާ ކުރަން ރާވައިފައިވާ މަސައްކަތައިގެން ކުރިއަށް ދިއުމަށެވެ. އެގޮތުން ޒަރީނާމެންގެ ގެ ކައިރިއަށް ގޮސް ތަޅުގައި މަޑުމަޑުން ހިފައިލިއިރު ތަޅުލައިފައި ހުރުމުން ފާރުމަތިން ނަމަވެސް އެގެއަށް ފޭބޭތޯ ސަނާ މަސައްކަތް ކުރަމަށްޓަކައި މަގުގެ ދެކޮޅުބަލައިލިއެވެ. މަގުގައި މީހަކު ނެތުމުން ފާރުމައްޗަށް އަރައި ގޯތި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ގޯތިތެރެ އަނދިރިކޮށް އޮތުމުން ޒަރީނާ އަދި ނުނިކުންނަނީ ކަން ސަނާއަށް އެނގުނެވެ. ވަގުތު ބޭކާރުކޮށް ނުލައި ސަނާ މަޑުމަޑުން ފާރުގައި ހިފަހައްޓާލައިގެން ހުރެ ތިރިއަށް ފޭބުމަށް އަވަސްވެގަތެވެ. ތެޅި ގަލުން ރާނާފައިވާ ފާރެއްކަމުން ސަނާ އަށް މާ ބޮޑު އުނދަގުލަކާއި ނުލައި އެގެއަށް ފޭބުނެވެ. ސަނާއަށް ހަމަ ފޭބުނު ތަނާހެން ގޯތިތެރެ އަލިކުރުމަށްޓަކައި ހަރުކޮށްފައި ހުރި ބޮކި ދިއްލުމުން ޒަރީނާ ނުކުންނަނީ ކަން ޔަގީންވެ ސަނާ އަނދިރި ގަނޑަކަށް ވަދެފިލައި ހުއްޓައި ގޭގެ ދޮރު ހުޅުވާލައިފައި ޒަރީނާ ނުކުންނާތީ ފެނުނެވެ. ބޮކި ދިއްލިއެއް ކަމަކު ގޯތިތެރެއަށް އެއްކޮށް އަލިވެފައި ނެތުން އެއީ ސަނާގެ ނަސީބޭ ހިތަށް އެރިއެވެ. ޒަރީނާ  ނުކުމެގެން ދިޔަގޮތަށް ބަދިގެ ފަރާތަށް މިސްރާބު ޖެހުމުން ސަނާ ގޭތެރެއަށްވަދެ ޝާމިން އުޅޭކޮޓަރިއަށް ވަނެވެ. “ދައްތާ؟ ކިއްކުރަނީ….” ސަނާ ފެނުމާއި އެކު ޝާމިން ސުވާލު ކުރަންފެށުމުން ޝާމިން ގެ އަނގަމަތީ އަތްއެޅުމަށްފަހު ވާހަކަ ނުދެއްކުމަށްބުންޏެވެ.

 

ގޭތެރެއަށް އެއްޗެއްބަލައި ވަތް ޒަރީނާއަށް ޝާމިން ވާހަކަދައްކާ އަޑު އިވޭހެން ހީވާތީ މަޑުމަޑުން ޝާމިންގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. “ޝާމިން ކަލޭ ކާކާ ތި ވާހަކަ ދައްކަނީ؟ މިހާރު މޮޔޮގޮވަންވެސް ފެށީތަ؟” ދޮރުހުޅުވައިލި ވަގުތު އިތުރު މީހަކު ފެންނަން ނެތުމުން ޒަރީނާ، ޝާމިން އާއި ސުވާލު ކުރިއެވެ. “މީހަކާ ވާހަކައެއް ނުދައްކަން ތިވާނީ ހީވި ގޮތަކަށް” ޝާމިން ޒަރީނާ އަށް ދޮގުހެދީ ޒަރީނާ އެތަނުން ފޮނުވައިލަން ބޭނުންވެގެންނެވެ. ނަމަވެސް ޝާމިން ދެއްކި ވާހަކަ ގަބޫލު ނުކުރަންވެގެން ޒަރީނާ ކޮޓަރި ތެރެއަށްވަދެ އެތަން މިތަން ހޯދަންފެށުމުން ޝާމިން ހާސްވީ ޒަރީނާއަށް ސަނާ ފެނިދާނެތީއެވެ. ނަމަވެސް ނަސީބު ރަނގަޅު ކަމުން ޒަރީނާ އަށް ކޮޓަރި ތެރެއިން އިތުރު މީހަކު ފެންނަން ނެތުމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

 

ޒަރީނާ ދިއުމުން އެނދު ދަށުގައި ސަނާ އޮވެ ނުކުމެ ގައިގައި ހުރި ހިރަފުސްތަށް ފޮޅައިލިއެވެ. “ނަސީބެއްނުން ޒަރީނާ އެނދުދަށް ބެލި އިރު ނުފެނުނުކަން” އެނދުދަށުގައި ހުރި ފޮށިތަކެއްގެ ބިއްދަށުގައި ސަނާ އޮތުމުން ޒަރީނާ އަށް ސަނާ ނުފެނުމުން ހިތްހަމަ ޖައްސައިލުމަށްފަހު ޒަރީނާ ދޮރުހުޅުވައިލިޔަސް ނުފެންނާނެހެން ކޮޓަރިތެރޭ މަޑުކޮށްލިއެވެ.

 

ބަދިގޭގެ ކަންތަށް ނިންމައިލުމަށްފަހު ޒަރީނާ ކާލައިގެން ކޮޓަރިއަށްވަނީ ޝާމިންއަށް ކާންވެސް ނުގޮވައެވެ. ނަމަވެސް ހެދޭނެ މާބޮޑު ގޮތެއްނެތުމުން ޝާމިން ކައިރީ ބަނޑުހައިހޭ އަހައިލުމުން ޢާނ އެކޭ ބުނެ ޝާމިން ކޮޓަރިން ނުކުތީ ކާންދަނީ ކަމުގައި ބުނެއެވެ.

 

ޝާމިން ކައިގެން ހުރުމުން ސަނާ އަށް އެ ނިމުނީތާއެވެ. އެކަމަކު ވަގުތުގެ ގޮތުން މިއަދު ޝާމިން އަށް ކާންހަދައި ދިނުމަށް އެޙީވާން ނުދެވުނީތީވެސް ސަނާ ދެރަވިއެވެ. ކައިގެން ޝާމިން އައިސް އެނދުގައި ޖައްސައިލުމުން ސަނާ ވެސް ޝާމިން ކައިރީ މަޑުކޮށްލީ ސަނާ ހުންނަވަގުތު ޝާމިން އެކަނި ކޮށްލަން ބޭނުން ނުވާތީއެވެ.

 

ގަޑިން ރޭގަނޑު 10 ޖެހުމާއި އެކު ސަނާ ކޮޓަރިން ނުކުތީ ޝާމިން ވެސް ނިދާފައި އޮތުމުންނެވެ. ކޮޓަރިން ނުކުމެ ސިޓިންރޫމް ގައި ހުރި ސޯފާގެ ބިއްދޮށުގައި ފިލައި އިނީ ޒަރީނާ ކޮޓަރިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ގޮނޑިތަކުގެ ބިއްދޮށުގައި ފިލައި އިންދައި އަފީފް، ސަނާ އަށް ދިން ފޯނުގެ މަތިން ހަނދާންވެ އަފީގެ ނަންބަރަށް މެސެޖެއްފޮނުވައިލިއެވެ. އެ ފޯނަކީ ހަމައެކަނި މައްސަލަ ބަލަމުންދާއިރު ދެފަރާތުގެ ފަސޭހައަކަށް ވަގުތީ ގޮތުން ސަނާއަށް ދީފައިވާ ފޯނެކެވެ. އަފީގެ ޖަވާބަކަށް މާގިނައިރު ސަނާ އަކަށް މަޑުކުރާކަށް ނުޖެހުނެވެ. މިތިބީ ބޭރު ދޮރުކައިރީގައި ކަމަށް ބުނެ ސަނާ ފޮނުވި މެސެޖްއަށް އަފީފް ޖަވާބުދިނެވެ.

 

އިރުކޮޅެއްނުވެ ޒަރީނާ ކޮޓަރީގެ ދޮރުހުޅުވައިލި އަޑު އިވުނެވެ. ތަޅުދަނޑި ހިފައިގެން ފުރަތަމަވެސް ޒަރީނާ ނުކުތީ ބޭރަށެވެ. އެމަންޒަރު ބަލަންހުރި ސަނާ ކަންތަށްބޮޑުވީ ޒަރީނާ ބޭރުދޮރު ހުޅުވަދާނެތީއެވެ. އެހެން ނަމަވެސް ގޭގެ ބޭރުދޮރު ތަޅުލާފައި ހުރިތޯ ބަލައި ލުމަށްފަހު ޒަރީނާ އައިސް ގެއަށް ވަންނަތަން ސަނާ ބަލަންހުރީ ގޮޑިތަކުގެ ބިއްދަށުގައި އޮވެ ގޭގެ ކުޑަދޮރުންނެވެ. ޒަރީނާ އައިސް ގޭގެ ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. އަދި ލައިގެން ހުރި އެއްޗެހި ބޭލުމަށްފަހު ޝާމިންގެ ކޮޓަރީގެ ތަޅުގައި ހިފިތަން ސަނާއަށް ބަލަހައްޓައިގެން ހުރެވުނީ އާގަމަވެފައެވެ. ހުއްޓުން އަރާފައި ހުރި ސަނާއަށް ހޭވެރިކަންވީވެސް ޒަރީނާ ކޮޓަރިތެރެއަށް ވަދެ ދޮރުލައްޕާލި ވަގުތުއެވެ.

 

“މަންމާ، ދައްތާ އަހަރެން ސަލާމަތް ކޮށްދީ” ސިއްސައިގެން ގޮސް ޝާމިން އަށް ހަޅޭލަވައި ގަނެވުނީ ޒަރީނާ ދޮރުލައްޕާލުމަށްފަހު ގޮސް ޝާމިންގެ ގައިގައި ބީހެމުންދަނިކޮށެވެ. “މާބާރަށް ހަޅޭނުލަވާ މަޑުން އޮވޭ” ޒަރީނާ އެހެންބުނެ ޝާމިންގެ އެނދުމައްޗަށް ޖެހިގަތެވެ.  އަވަސް ކޮށްލައިގެން ކުޑަދޮރު ހުޅުވައިލަން އުޅުނު ވަގުތު ގޭގެ ދަރުގައި ޖަޙާފައި އިން ތަޅުދަނޑި ފެނުނެނެވެ. ވަގުތު ބޭކާރުކޮށްނުލައި ސަނާ ގޮސް ތަޅުދަނޑިން ދޮރުހުޅުވައިލުމަށްފަހު ތަޅުދަނޑި ހިފައިގެން ބޭރަށް ނުކުމެ ބޭރުދޮރުގެ ތަޅުހުޅުވަން އުޅުނު ވަގުތު ސަނާ އަތުން ތަޅުދަނޑި ވެއްޓުނީ މާބޮޑަށް ހާސްވެފައި ހުރުމުގެ ސަބުންނެވެ. ބިންމަތިން ތަޅުދަނޑި ނަގައި ދޮރުހުޅުވައިލުމާއި އެކު އަފީފް އަށް ސަނާ ފެނި އެތެރެއަށް ވަނީ އަފީފް އާއި އެކު އައިސް ތިބި ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ދެއަންހެން ފުލުހުންނާއި އެކުއެވެ. ނޫކުލައިގެ ޔުނީފޯމެއްގައި ތިބި އެދެއަންހެން ފުލުހުން ޝާމިންގެ ކޮޓަރިއަކީ ކޮބައިހޭ ސުވާލުކުރުމުން ސަނާ އެމީހުންނާއި އެކު އެދިމާއަށް ހިނގައިގަތެވެ.

 

ގޭތެރެއަށް ވަދެވުމާއި އެކު އަފީފް ބޭރުގައި މަޑުކުރުމަށްފަހު އަތުގެ އިޝާރާތުން ސަނާ އާއި އެދެއަންހެން ފުލުހުން ކައިރީ އެތެރެއަށް ވަމުނަށް ބުންޏެވެ. “ޒަރީނާ” ދޮރުހުޅުވައިލުމާއި އެކު ސަނާ އަޑުގެ ނެތްތަނަށް ހަޅޭލައިގަތެވެ.  ޒަރީނާ ސިއްސައިގެން ގޮސް އެދުމަތިން ތެދުވެ ފާހާނައާއި ދިމާއަށް ދުއްވައިގަތް އިރު ޝާމިން އެނދުމަތީގައި ރޯލަ ރޯލަ އޮތެވެ. “ކޮއްކޯ ދައްތަ މިއައީއޭ، ދެން ކޮއްކޮ ހުންނާނި ދައްތަގެ ކައިރީ ދައްތަގެ ގޭގައި” ސަނާ ރޮމުން ޝާމިންގައިގައި ބައްދާލުމަށްފަހު ބުންޏެވެ. “ޒަރީނާ ހަމަ މިހާރު ދޮރު ހުޅުވާފަ އަޅުގަނޑުމެންނާއި އެކު ދާން އާދޭ” ފާހާނަ ދޮރުގައި ޓަކިޖަހައިލުމަށްފަހު އެދެ ފުލުސް އަންހެންމީހާ އަމުރުކުރިއެވެ. ފާހާނަ ތެރޭގައި ހުރި ޒަރީނާ ގަނެފައި ހުރި ލަދުން މޫނުމަތީ އަތްއަޅައިގެން ހުރެވުނީއެވެ. ނަމަވެސް ހެދޭނެ މާބޮޑު ގޮތެއްނެތުމުން ފާހާނައިގެ ދޮރު ހުޅުވައިލުމަށްފަހު ޒަރީނާގެ ހެދުންދިނުމަށް އެދުމުން ބޭރު ގައި އޮތް ޒަރީނާގެ ހެދުން ބަލައި އެތަނުން އެއް އަންހެން ފުލުހަކު ދިޔައެވެ.

 

ހެނދުންގެނެސް ދިނުމުން ޒަރީނާ ހެދުން ލުމަށްފަހު ފާހާނައިން ނުކުމެ ހުރީ އިސްޖަހައިލައިގެން އެއިން މީހެއްގެ މޫނަށްވެސް ބަލަން ނުކެރިފައެވެ. އެވަގުތު ސަނާ އައިގޮތަށް އައިސް ޒަރީނާގެ ކަންކަށި މަތީގައި އަތުހުރި ބާރެއްލާފައި ޖެހިއެވެ. އަދި ވީތަދުން ކަންކަށި މަތީ އަތް އަޅައިގެން ހުރެ ޒަރީނާ އަޑުގެ ނެތްތަނަށް ރޮއެގަނެ ހައްޔަރު ނުކުރުމަށް އެދި އާދޭސް ކުރަންފެށިއެވެ. ނަމަވެސް ޒަރީނާގެ އެ އާދޭސްތަށް އަޑުއަހާނެ މީހެއް އެތަނުގައި ނެތްކަންވެސް އެނގެއެވެ.

 

(ނުނިމޭ)

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ahmed Ammu

Other Articles

Previous

ލޯބި އަހަރެން ވާނަމޭ… (6)

Next

ފޮހެވޭނޭ ބާއޭ… 19

Next
December 13, 2015

ފޮހެވޭނޭ ބާއޭ… 19

Previews
December 13, 2015

ލޯބި އަހަރެން ވާނަމޭ… (6)

30 Comments

  1. mash says:
    December 13, 2015 at 9:47 pm

    Wow wow vv reethi..shaamin n sanaa ge age aky kobaatha mihaaru..plx tell me..nxt prt avskoh upkirahchey

    1. Ahmed Ammu says:
      December 13, 2015 at 10:14 pm

      Thank You. 🙂 iraadha kurehviyyaa v avahah up kohdheynan.
      age thibuny story ga tha?

  2. ken? says:
    December 13, 2015 at 9:48 pm

    masha allah….neyvaaves haas vejje mi part kiyaa nimunu iruga…zareena ah rangalhu filaavalhei dheythi…mibuny rashutherah faleehaiy vaa varuge ☺☺

    1. Ahmed Ammu says:
      December 13, 2015 at 10:16 pm

      thanks for reading my story. i am glad that you like it.
      Zareena dhw? dhen oiy part thah up kurumun kiyaalamaa dhw. Eyrun engeyne Zareena ah v goiy 😉

  3. Luvna❤ says:
    December 13, 2015 at 9:59 pm

    Pis pis zeryna vs dww???.. Well story varaaah bootiphull..
    Eagerr to know what’s next..??.
    Next part when?
    Avahah up kohdhehcheyy… Cant wait to read next part hehw???

    1. Ahmed Ammu says:
      December 13, 2015 at 10:17 pm

      Thank You Luvna<3 . Iraadha kurehviyya varah avahah up kohdheynan. 🙂

  4. Maalu says:
    December 13, 2015 at 10:23 pm

    Wowwww vvv reethi

    1. Ahmed Ammu says:
      December 14, 2015 at 7:55 am

      Thank You Maalu

  5. vily says:
    December 14, 2015 at 1:24 am

    Ammu…. ure story iz lovely….. vvvvv kiyaahiy veyy… when z nxt part… vv thafaaath story eh…. grt writer eh… ammu pls vvv avahahh up kohdheythi mihaar thikuraa gothah…. ure story z habayssssssss…????

    1. Ahmed Ammu says:
      December 14, 2015 at 7:56 am

      Thank You Very Much Vily. ??. Iraadha kurehviyya v avahah up kohdheynan

  6. Eyesh says:
    December 14, 2015 at 5:15 am

    Wow… v v v reethi mi baives… v curious vey eba… avahah up kohdhehchey ingey next part ? . U r just amazing Best of luck

    1. Ahmed Ammu says:
      December 14, 2015 at 7:57 am

      Thank You Eyesh. ???

  7. mice says:
    December 14, 2015 at 7:15 am

    nice! waiting fo the next part

    1. Ahmed Ammu says:
      December 14, 2015 at 7:59 am

      Thank You ?

  8. sadhaaa says:
    December 14, 2015 at 7:38 am

    Woooooooow ????

    1. Ahmed Ammu says:
      December 14, 2015 at 7:59 am

      Thank You ?

  9. Ary says:
    December 14, 2015 at 9:13 am

    Vrh salhi story…just amazing???☺
    kon irakun 9 vana part up kohdheyny? Avahah up kohdhehchey
    Can’t wait…

    1. Ahmed Ammu says:
      December 14, 2015 at 10:56 am

      Thank You Ary. Iraadha Kurehviyya varah avahah up kohdheynan

  10. mash says:
    December 14, 2015 at 9:59 am

    Hey ammu…yes storyga emeehunge age…n mihaar ge age ves bunedheefiyyaaa rangalhu

    1. Ahmed Ammu says:
      December 14, 2015 at 11:00 am

      Story ga Shamin ah 10. Sanaa ah 19.
      Shamin ah 36+ Sana ah 45+ ☺

  11. Sophy says:
    December 14, 2015 at 7:07 pm

    Story vvv nice.next part upload vany konirakun.

    1. Ahmed Ammu says:
      December 14, 2015 at 8:01 pm

      Thank You. Iraadh kurehviyya varah avahah up kohdheynan

  12. mashe says:
    December 14, 2015 at 7:11 pm

    Oh thanks…mareena ebahuri dho dhuniyeyga…pis pis shaamin eha kudairu ga zareena ehen e hedhy…

    1. Ahmed Ammu says:
      December 14, 2015 at 8:03 pm

      Yeah dhw. Mihaaru ulhey Gina meehun v goahey

  13. Sammi says:
    December 14, 2015 at 11:11 pm

    woww <3 v v reethi story eh 🙂
    waiting for the next part 🙂

  14. mARYY says:
    December 16, 2015 at 5:26 pm

    wowww nice story KEEP iT uP

  15. mashe says:
    December 16, 2015 at 7:49 pm

    Plx avas

  16. Zonal says:
    December 17, 2015 at 3:42 pm

    wow mi part ves varah salhi.. next part avahah up kohdhechey.
    varah kiyaa hithun inndha mi nimunee.

  17. Zillion says:
    December 20, 2015 at 2:43 pm

    kobaa next part. haadha lahey

  18. nuuma says:
    December 20, 2015 at 3:30 pm

    v salhi vaahaka

Comments are closed.

All Right Reserved!