Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ދިހަވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 21, 2015 6 Mins Read
18 Comments

“އަޅުގަނޑުގެ ނަމަކީ މަރިޔަމް، އަޅުގަނޑަކީ މިތަނުގެ ތަހްގީގު ޓީމުގެ އިސް ފަރާތެއް” ޒަރީނާ އެމޭޒު ކައިރީގައި އިން ގޮނޑީގައި ބޭންދުމާއި އެކު މޭޒުގެ އަނެއްފަރާތުގައި އިން އަންހެން އޮފިސަރު އަމިއްލައަށް ތައާރަފްވެލިއެވެ. އެވަގުތުވެސް ޒަރީނާ އިނީ އިސްދަށަށް ޖަހައިގެންނެވެ.

“ޝާމިން ތިގެއަށް ގެންދެވުނީ ކިހިނެތް؟” މަރިޔަމް ސުވާލުކޮށްލުމުން ޒަރީނާ އިސްއުފުލާ މަރިޔަމް އާއި ދިމާއަށް ބަލައިލިއެވެ. މަރިޔަމް ކުރި ސުވާލަށް ޖަވާބުދިނުމެއްނެތި ޒަރީނާ އިސްދަށަށް ޖަހައިލުމުން އަނެއްކައިވެސް އަޑައްބާރުލާފައި މަރިޔަމް ސުވާލު ތަކުރާރުކޮށްލިއެވެ.

 

“މަރީނާ އަނިޔާ ކުރާތީ” ޒަރީނާގެ ޖަވާބު ކުރެވެ. “މަރީނާ އަނިޔާކުރާތީ ޝާމިން ތިގެއަށް ގެންދިޔައީ އެއްވެސް މީހެއްގެ ރުހުމުގާތަ؟” މަރިޔަމް އަނެއްކައިވެސް ސުވާލެއް ކޮށްލިއެވެ. “ހަމައެކަނި ސަނާގެ ރުހުމުގާ” ޒަރީނާ ޖަވާބު ދިނުމުން މަރިޔަމް ވިސްނައިލުމަށްފަހު އެތަނުގައި ހުރި އަންހެން އޮފިސަރު ކައިރީ ޒަރީނާ ގެންދިއުމަށް ބުންޏެވެ.

 

ޒަރީނާ ދިން ޖަވާބުން މަރިޔަމް ކުޑަކޮށް ވިސްނާލަން އިނދެފައި ތަހުގީގުކުރާ ކޮޓަރިން ނުކުމެ ގޮސް އަފީފް އިންނަ ކޮޓަރިއަށް ވަނެވެ. “އަފީފް އަޅުގަނޑަށް ކުރިން އެނގިފައެއްނުވޭ ޒަރީނާގެ ގެއަށް ޝާމިން ގެންގޮސްފާވަނީ މަރީނާ އަނިޔާކުރާތީކަމެއް” މަރިޔަމް އައިސް އެހެންބުނުމުން އަފީފަށްވެސް ތީން އެއްވެސް ކަމެއް އެނގިފައިނުވާ ކަމަށް ބުންޏެވެ. “އެހެންވީމައި އަޅުގަނޑަށް ފެންނަނީ މަރީނާ ގެނެސް ސުވާލުކުރަން” އަފީފްގެ ޖަވާބާއި އެކު ބޯޖަހައިލުމަށްފަހު މަރިޔަމް ނުކުމެ އަފީފް ބުނި ކަންތަކައިގެން ކުރިއަށްދިއުމަށް އަވަސްވެގަތެވެ.

 

“އައްސަލާމް އަލައިކުމް” އަފީފްގެ އެދުމުގެ މަތިން އަފީފް އާއި ޕޮލިސްޓޭށަންގެ ދެ އަންހެން އޮފިސަރުންނާއި އެކު މަރީނާމެންގެ ގެއަށް އައިސް މަރިޔަމް ސަލާމްގޮވައިލިއެވެ. “ވާލައެކުމުއް ސަލާމް” މަރީނާ ސަލާމް ބަލައިގަނެ ނުކުތްއިރު ޝާމިން އާއި ސަނާވެސް މަރީނާގެ ފަހަތުން ނިކުތެވެ. “އަޅުގަނޑުމެން މިއައީ މަރީނާ ބަލައި” މަރިޔަމް އެހެން ބުނުމުން މަރީނާއަށް ބޭއިހްތިޔާރުގައި ސަނާގެ މޫނަށް ބަލައިލެވުނެވެ. މަރީނާ ހީކޮށްގެންހުރީ ސަނާ އެރޭބުނިގޮތަށް ކަންތަށްކުރީ ކަމަށެވެ. ނަމަވެސް މަރީނާއަށް ހެދޭނެ އިތިރުގޮތެއްނެތުމުން މަރިޔަމްގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން އެމީހުންނާއި އެކު ޕޮލިސްޓޭޝަނަށް ދިއުމަށް ހިނގައިގަތެވެ. މަރިނާ ގެންދިޔައިރު ޝާމިން ރޮމުން މަރީނާގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމަމުން މަރީނާ ނުގެންދިއުމަށްއެދި އާދޭސްކުރަން ފެށިއެވެ.

 

“ކިހިނެތްވީތޯ އަޅުގަނޑުގެ މަންމަ ތިގެންދަނީ؟” ސުވާލުމާކުތަކަކުން ފުރިފައިހުރެ ޝާމިން އަތުގައިހިފައި ހުއްޓުވުމަށްފަހު އަފީފް ކައިރިން ސަނާ ސުވާލުކޮށްލިއެވެ. “ޒަރީނާ ބުނެފައިވާގޮތުން ޒަރީނާ، ޝާމިން އެގެޔަށްގެންދިޔައީ ޝާމިންއަށް އަނިޔާކުރާތީ އެހެންވީމާ އަޅުގަނޑުމެންބޭނުން މިކަންތަށް ތަހުޤީގު ކުރަން؟” އަފީފް އެހެންބުނެ އަނެއްކައިވެސް މަރީނާ ގޮވައިގެން ޕޮލިސްޓޭޝަނާއި ދިމާއަށް ދިއުމަށް ހިނގައިގަތް އިރުވެސް ސަނާ އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ރޮއެރޮއެ ހުރި ޝާމިންގެ އަތުގައި ހިފަހައްޓައިގެން ހުރެވުނީއެވެ.

 

“ދައްތާ މަންމަ ގެނެސްދީ، މަންމަ ކޮއްކޮ އަކަށް އަނިޔާއެއްނުކުރޭ، އެ ޒަރީނާ ދައްތަގަނޑު އެހަދަނީ ހުސްދޮގު” ސަނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ރޮމުން ޝާމިން ވާހަކަ ދެއްކިއެވެ. މަރީނާ ކިތަންމެ ގޯސްކޮށް ޝާމިން އާއި ދޭތެރޭ ކަންތަށްކުރި ކަމުގައިވީ ނަމަވެސް ޝާމިން އަށް ދުވަހަކުވެސް މަރީނާ ގޯސްނުވާނެކަން ސަނާއަށް އެނގެއެވެ. އަދި އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމަށްފަހު ޝާމިން ގޮވައިގެން ގޭތެރެއަށް ވަދެގެން ދާންއުޅުނުވަގުތު ސަނާގެ އަތުން ވީއްލިގަނެ ޝާމިން ދުއްވައިގަތެވެ.

 

*** *** ***

 

“މަރީނާ އެއީ ތެދެއްތަ؟ ކީއްވެ ޝާމިން އަށް އަނިޔާ ކުރަނީ؟” ޕޮލިސްޓޭޝަނަށް ގެނެވުމާއި އެކު މަރީނާ، މަރިޔަމް އާއި ހަވާލުކުރެވުމުން ތަހުގީގު ކުރާ ކޮޓަރިއަށް ވެއްދިއެވެ. އަދި އެކަންތަށް ބެލުމަށްޓަކައި މަރިނާ ކައިރިން މަރިޔަމް ސުވާލުކުރަން ފެށިއެވެ. ނަމަވެސް މަރީނާއަށް ކުރެވިގެން ދިޔަ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި އިސްދަށަށް ޖަހައިލައިގެން އިނީއެވެ.

 

 

“މަންމާ، މަންމާ، މަންމާ އަޅުގަނޑުގެ މަންމަ” ދުވަމުން ދުވަމުން އައިސް ޝާމިން ޕޮލިސްޓޭޝަންގެ ތެރެއަށް ވަދެ މަރީނާ އަށް ގޮވަމުން ދިޔައެވެ. ޝާމިން ހުއްޓުވުމަށްޓަކައި ޝާމިންގެ ފަހަތުން ދުވަމުން އައި ސަނާއަށްވެސް ޝާމިން ނުހިފެހެއްޓުނީ ދުއްވައިގަނެވުނުގޮތަކުން ފަޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ. ސަނާ އައިސް ޕޮލިސްޓޭޝަންގެ ތެރެއަށް ވަދެގެން އައިއިރު ރިސެޕްޝަންގައި އިން ކުއްޖާ ޝާމިން ހިފަހައްޓައިގެން ހުއްޓެވެ. ސަނާ އެކުއްޖާ ކައިރިން މާފަށް އެދުމަށްފަހު ގޮނޑިބަރީގައި ޝާމިން ގޮވައިގެން އިށިއިނެވެ.

 

“ސަނާ؟ ކިހިނެތްތޯވީ؟” ރިސެޕްޝަން ތެރޭގައި އަޑުގަދަވެގެން އަފީފް ނުކުތްއރު ސަނާ ފެނުމުން ސުވާލުކޮށްލިއެވެ. “ޝާމިން ކޮއްކޮ މަންމަ ހޯދަންވެގެން އައީ އަޅުގަނޑު ޝާމިން ހިފެހެއްޓުމަށްޓަކައި ފަހަތުން ދުއްވައިގަތިން އެކަމަކު ފަޔަށް ތަދެއް އެރުމުގެ ސަބަބުން ޝާމިން އަތުލެވޭގޮތްނުވީ، އަޅުގަނޑަށް މާފްކުރޭ” ސަނާ އިސް ޖަހައިލައިގެން ހުރެ އަފީފް އާއި ވާހަކަ ދެއްކިއެވެ. “ބޭބޭ އަޅުގަނޑުގެ މަންމަ އަޅުގަނޑަކަށް އަނިޔާއެއް ނުކުރޭ، މަންމަ ގެޔަށް ފޮނުވަދީ، އެ ޒަރީނާ ދައްތަ އެހަދަނީ ހުސްދޮގު” ޝާމިން އަފީފް ކައިރިން އާދޭސް ކުރަންފެށުމުން ސަނާ އާއި ޝާމިން ގޮވައިގެން އަފީފް ތަހުގީގުކުރާ ކޮޓަރިއަށް ވަނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޒަރީނާ އާއި ހަސަނުވެސް އެކޮޓަރި ތެރެއަށް ވެއްދުމަށްފަހު އެކިމީހުންނާއި ވަކިވަކިން ސުވާލު ކުރެވެން ފެށިއެވެ.

 

“ޝާމިން ބުނަމުންދާގޮތުގައި މަރީނާގެ ފަރާތުން ޝާމިން އަކަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއްނުވޭ” އަފީފް، މަރިނާ އާއި ވާހަކަ ދައްކަމުންދިޔައިރު މަރީނާ އިނީ އާގަމަވެފައި ޝާމިން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަދި މަރީނާއޭ ކިޔައިގެން ދުވަހަކުވެސް ޝާމިން މީހެއްކައިރީ މަރީނާގެ ގޯސްވާހަކަ ނުދައްކާނެކަން ޔަގީންވިއެވެ. “އާދެ އަޅުގަނޑު ޝާމިން އަކަށް އަނިޔާއެއްނުކުރަން” ޝާމިންގެ މޫނަށް ބަލަހައްޓައިގެން އިނދެ މަރީނާ ވާހަކަދެއްކި އިރު ހުރީ ފެންކަޅިވެފައެވެ. މަރީނާ ދެރަވެފައި އިންތަން ފެނުމުން ޝާމިން ހިތުގައި ޖެހުނެވެ. ނަމަވެސް މަރީނާ ދޮގު ހެދުމުން ސަނާ ހިތްހަމަ ނުޖެހުނެއްކަމަކު އެއްޗެއްނުބުނެ މަޑުންއިނީއެވެ.

 

“ޒަރީނާ އާއި ހަސަނު އަނިޔާ ކުރިތަ؟” ޒަރިނާ ކަންތަށް ކުރި ގޮތުންނާއި ހަސަނުގެ ފަރާތުން ޝާމިންއަށް ލިބުނު އަނިޔާތަކަށް ދުވަހަކުވެސް ޝާމިން މާފްކުރަން ބޭނުމެއްނުވެއެވެ. އެހެންކަމަށް ވުމުން ޝާމިންއަށް ކުރެވިގެންދިޔަ ސުވާލަށް އާނ އެކޭ ބުނުމުގެ ގޮތުން ޝާމިން ބޯޖަހައިލުމުން އަފީފް ޒަރީނާ އާއި ހަސަނުގެ މޫނަށް ބަލައިލިއެވެ. ޒަރީނާ އާއި ހަސަނު އެއްޗެއް ނުބުނެ އިންގޮތުން އެދެމީހުން އަމިއްލައަށް ކުރި ކުށަށް އިއުތރާފްވަމުންދާ ކަހަލައެވެ.

 

ޝާމިންއަށް މަރީނާ އަނިޔާ ނުކުރާކަމަށް ޝާމިންގެ ދުލުމް ބުނުމުންދާތީ މަރީނާ ދޫކޮށްލެވިގެންދިޔައެވެ. އަދި ޕޮލިސްޓޭޝަނުން ނުކުތްއިރު މަރީނާ، ޝާމިން އާއި ހެދި އުޅުނުވަރުން ސަނާ ހުރީ ހައިރާންވެފައެވެ. ޝާމިން ދުވަހަކުވެސް އެހާ ހިނިތުންވެފައި ހުއްޓައި ސަނާ ދެކިފައެއްނުވެއެވެ. އެހެނަކަމުން މަރީނާއަށް ވިސްނުނީކަމަށްބަލައި ސަނާ ހިތްހަމަ ޖައްސައިލުމަށްފަހު މާތްﷲ އަށް ހިތާހިތުން ޝުކުރުއަދާކުރިއެވެ.

 

“ދުރަށްދޭ، މަ ނޫޅެން ކަލޭ ދެކެ ލޯބިވެގެންނެއް ރައްކާވޭ، އެތަނުން ސަލާމަތްވާންވެގެން މަ ޖަހާލިމަޅިއެއް އެއީ މަކައިރިއަށް ނާންނާތި ތީ އަހަރެންގެ ދަރިއެއްކަމަށްވެސް ގަބޫލްކުރާ އެއްޗެއްނޫން” ގެއަށް ވަދެވުމާއި އެކުހެން ޝާމިން ދުރަށް ކޮށްޕާލުމަށްފަހު ޝާމިން އާއި ދިމާއަށް މަރީނާ އެއްޗެހިކިޔައިގަތެވެ. ޝާމިން އަށް ނޭނގިހުއްޓާ ކޮއްޕާލުމުން ވެއްޓި ޝާމިންގެ ބޯޖެހުނީ ޖޯލިފަތީގެ ދަގަނޑުގައެވެ. އަދި ވީތަދުން ރޮއެގަތެވެ. “މަންމާ!” ސަނާ އަޑުގެ ނެތްތަނަށް މަރީނާއާއި ދިމާއަށް ހަޅޭލަވައިގަނެ ޝާމިންނަގައި ބޮލުގައި ފިރުމަމުން އެތެރެއަށްވެދެގެން ދިޔައިރުވެސް މަރީނާ އެއްޗެހިކިޔަމުން ދިޔައެވެ.

*** *** ***

ޒަރީނާ އާއި ހަސަނުގެ މައްސަލަ ކޯޓުންބެލުމަށްފަހު ކުޑަކުއްޖަކާއި ބެހުނު މައްސަލައާއި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި 7 އަހަރުގެ މުއްދަތަށް ޒަރީނާ ޖަލަށް ލުމަށް ހުކުމްކުރިއެވެ. އަދި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހަސަނު 2 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވިގެން ދިޔައެވެ. އެޙަބަރު އިވުމުން ސަނާ އުފާވެ އެ ނުބައި ދެމީހުންގެ ކިބައިން ޝާމިން ސަލާމަތް ކުރެއްވީތީ ހެއްދެވިފަރާތަށް ޝުކުރު އަދާކުރިއެވެ. އަދި މަރީނާގެ ހިތުގައި ޝާމިން އާއި ދޭތެރޭ ލޯބި ޖައްސަވައިތޯވެސް ކޮންމެ ދުވަހަކު ސަނާ ހެއްދެވިފަރާތަށް ދުޢާދަންނަވައެވެ.

 

މާލެ ދިއުމަށްޓަކައި ބަނދަރުމަތީގައި ބައިބޯވެފައި މީހުންތަށް އެދިމާއަށް އަންނަންފެށި ޕޮލިސްޓޭޝަންގެ ޖިޕު ފެނުމާއި އެކު ބަލަންފެށިއެވެ. ޕޮލިސްޓޭޝަންގެ ޖިޕުގައި ހަސަނު އާއި ޒަރީނާ މާލެ ގެންދިއުމަށްޓަކައި ބަނދަރުމަށްޗަށް ގެނެވިގެން ދިޔައެވެ. އަދި ޖިޕުން ފޭބުމާއި އެކު ބަނދަރުމަށްޗަށް އެއްވެފައިތިބި މީހުންތަކުތެރެއަށް ޒަރީނާ އާއި ހަސަނު ނަޒަރު ހިންގައިލިއެވެ. ކައިރި ރައްރަށުން މަލެދިއުމަށްޓަކައި އައިސްތިބި ކުދިބޮޑު މީހުންތަކުގެ ތެރެއިން ނުދަންނަ އެތަކެއް މޫނު ތަކެއް ލޮލުގައި އަޅައިގަތެވެ. އެއިން ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައިވަނީވެސް ޒަރީނާ އާއި ހަސަނުގެ މޫނަށެވެ. ބަނދަރުމަށްޗަށް އެއްވެފައިތިބި މީހުންތަކުގެ ތެރެއިންލާފައި ޒަރީނާ އާއި ހަސަނު ބޯޓަށްއެރުވިގެން ދިޔައިރު އެތަށްބައެއްގެ ފުރައްސާރައާއި މަލާމަތްކުރުންތަށް މިފަހަރުވެސް އެދެމީހުންނަށް ރަށްދުވިއެވެ. ކައިރި ރައްރަށުގެ މީހުން ވެގެން އުޅޭގޮތެއްނޭނގޭތީ ރަށުގެ މީހުންގެ ކައިރީގައި ސުވާލުކުރަމުން ދިޔައިރު އެމީހުންގެ ފަރާތުންވެސް އިވިގެންދަނީ މަލާމާތު ބަސްތަކެވެ. ޒަރީނާ އާއި ހަސަނަށް ހަމްދަރުދީވާނެ ބައެއް އެތަނުގައި ނެތްކަން އެމީހުންނަށްވެސް އެނގެއެވެ. ބޯޓޫ ފުރުމާއި އެކު ކޮންމެ މީހަކަށްވެސް އެމީހަކަށް ހަމަޖެހިފައި އިން ޖާގައިގައި އޮތްބެޑުގައި އޮށޯންނަމުން ދިޔައެވެ.

 

“މިވަގުތުން ފެށިގެން ޒަރީނާތީ އަހަރެންގެ އަނތްބެއްނޫން، ތިކަހަލަ މީހަކާ އިނދެގެން އަހަރެންގެ އުމުރުގެ ބާކީބައި ހޭދަކުރާކަށް އަހަރެން ބޭނުމެއްނޫން، ކަލެޔާ ހެދި އަހަރެންވެސް މުޅިރަށަށް ބޭޒާރުވެގެން ހިނގައްޖެ” ޒަރީނާގެ ކައިރީގައި އިން ހަސަނު އެހެންބުނިއިރު ހީވީ ޒަރީނާގެ ކަންފަތްބުޑުގައި ހޮނު ގުގުރިއެއް ޖެހިހެންނެވެ. ނަމަވެސް ޒަރީނާ ކިތަންމެ ބޭނުންވިޔަސް އާދޭސް ކުރާކަށް ނުކެރުނެވެ. އެއިންގޮތަށް ރޮވިފައި އިސްޖަހައިގެން އިނދެވުނީއެވެ.

 

ބާރަގަޑިއިރުގެ ދަތުރަކަށްފަހު މާލެ ފަޅަށް ގާތްކުރެވިގެން ދިޔަ ބޯޓާއި ދިމާލުގައި ޕޮލިސްޓޭޝަންގެ ޖިޕެއް އޮތެވެ. ޒަރީނާ އާއި ހަސަނު މާލެ ގެނައުމަށްޓަކައި އަފީފް ހަމަޖައްސައިފައި ހުރި ޕޮލިސްޓޭޝަނުގައި މަސައްކަތްކުރާ އިމްރާން، ޒަރީނާ އާއި ހަސަނު ބޯޓުން ބޭލުމަށްފަހު ޕޮލިސްޓޭޝަންގެ ޖިޕަށް އެރުވިއެވެ. ޖިޕަށްއެރުވުމާއި އެކު ހަސަނުގެ މެޔަށް ތަދެއްއަރައިގަތެވެ. އަދި ހަސަނަށް ނޭވާލާން އުނދަގޫވަމުން ދިއުމުން ޕޮލިސްޓޭޝަންގެ މައި އޮފޯހާއި ދިމާއަށް މިސްރާބު ޖަހަމުންދިޔަ ޖިޕު އައި.ޖީ.އެމް.އެޗާއި ދިމާއަށްދިއުމަށް އަނބުރައިލިއެވެ. ހަސަނުގެ ހަރަކާތްތަށް ހުރިގޮތުން ހީވަނީ މަރަށް ތެޅެމުންދާ ރޯ މަހެއްހެންނެވެ. ޖިޕްތެރޭގައި އެއާރކޯން ޖައްސާފައި ހުރިކަމުގައިވީނަމަވެސް އެވަގުތު ހަސަނުގެ އަތުގައި ހިފަހައްޓައިގެން ހުރި ޒަރީނާ ވަނީ ހާސްވެފައި ހުރުމުގެ ސަބަބުން ދާހިއްލާފޯވެފައެވެ.

 

އައި.ޖީ.އެމް. އެޗް ގެ ތެރެއަށް ވެއްދިގެން ދިޔަ ހަސަނާއި ދިމާއަށް ބަލައިގެން ޖިޕުތެރޭގައި ޒަރީނާ އިނީ ގިސްލެވިފައެވެ. ހަސަނު އާއި އެކު ކިތަންމެ ދާންބޭނުންވިޔަސް މިއަދު ނުދެވޭނެކަން ޒަރީނާއަށް އެނގެއެވެ. އަދި ޒަރީނާ އިން ޖިޕް ޕޮލިސްޓޭޝަންގެ މައި އޮފީހާއި ދިމާއަށް ދިއުމަށް އަނެއްކައިވެސް މިސްރާބު ޖެހިއެވެ.

 

ހެނދުނު 10 ޖެހިއިރު ޒަރީނާ މާލެ ޖަލަށް ލެވިގެން ދިޔައިރުވެސް ހަސަނަށްވީ ގޮތެއް ޒަރީނާއަކަށް ނޭނގެއެވެ. ޒަރީނާއަށް ނުހުރެވިގެން އެތައްފަހަރަކު ޕޮލިސްޓޭޝަންގެ މީހުންކައިރީ ހަސަނަށްވީ ކިހިނެތްތޯ ސުވާލުކުރުމުންވެސް ޖަވާބެއް ނުލިބުނެވެ.

“ހަސަނު މާބޮޑަށްވިސްނުމުގެ ސަބަބުން ވަނީ ހާރޓް އެޓޭކެއްޖެހިފައި، އެކަމުގެ ސަބަބުން ހަސަނުވަނީ މިދުނިޔެދޫކޮށްފާ” ޖަލުބެލެހެއްޓުމުގައި މަސައްކަތްކުރަމުންދާ އައިޝާ އައިސް ހަސަނު ނިޔާވި ހަބަރު ދިނެވެ. ޒަރިނާއަށް އަޑުވީއްލާއި ރޯންފެށުނީ ލިބުނު ހިތަދަތިކަމުގެ ސަބަބުންނެވެ. އަދި މިކަމުގެ ކުއްވެރިއަކީ ޒަރީނާކަންވެސް ހުދު ޒަރީނާ އަށް އެނގެއެވެ.

 

*** *** ***

 

ހުކުރުވިލޭރޭގެ ވަގުތެވެ. ކައިގެން ރޭގަނޑު 9 ޖެހުމާއި އެކު ރާޒުވާ ކުޅެންދަނީކަމުގައި ބުނެ މޫސަ ގެއިން ނުކުތްގޮތަށް އަދިވެސް ނާދެއެވެ. ހިތަށްއަރައި ފައިބަމުންދިޔަ އެއްޗެހިން ގޭތެރޭގައި ފާތުމައަށް ދެކޮޅަށް ހިނގައިލަ ހިނގައިލަ ހުރެވުނީ މަރީނާ ދެއްކިވާހަކަތަކާއި ދޭތެރޭ ވިސްނޭތީއެވެ. އެގޮތަށް ވިސްނަން ހުރެފައި ގަޑިން 11:15 ހިނގިތަނާ ފާތުމަ ގެއިން ނުކުމެގެން މަރީނާމެންގެ ގެޔާއި ދިމާއަށް ދިއުމަށް މިސްރާބުޖެހިއެވެ.

 

“އަހަރެމެންގެ ޝާމިން އާއި ދޭތެރޭ ޒަރީނާ ކަންތަށް ކުރިގޮތުން އަހަރެން ހަމަ ހައިރާންވި، އޭނަ އަދި ވަރަށް ލޯބިވާކަމަށް ހެދިގެން އުޅެފައި އެހެރީ އެސޮރަށް ހެދިގޮތް” އެދުމަތީގައި އޮތް މޫސަ ވާހަކަދައްކަމުން ދިޔައީ މަރީނާ އާއެވެ. “ހޫމް އަހަރެމެންނޭ ނުކިޔާ ކަލޭގެ ދުލުން ތިހެންބުނީތީވެސް އަހަރެން ހައިރާންވެއްޖެ، އަހަރެން ނުދެކެން އެއީ އަހަރެންގެ ދަރިއެއް ކަމަކަށް” ޝާމިންގެ ވާހަކަ ދެއްކުމުން މަރީނާ ރުޅިއައިސް ގައިމަތީއޮތް މޫސަގެ އަތްފޮޅުވައިލިއެވެ. “އަހަރެންވެސް ނުދެކެމޭ އެއީ މަގޭ ދަރިއެއްކަމަކަށް އަހަރެން އެހެންނޫނަސް ބޭނުމެއްވެސް ނޫން ޝާމިންއެއް، މަރީނާ ރޫޅިއައީތަ؟” މަރީނާ ރުޅިއައުމުން މޫސަ ދެރަވިއެވެ. އަދި ތެދުވެގެން މޫސަ ދާންއުޅުމުން މޫސަގެ އަތުގައި މަރީނާ ހިފަހައްޓައިލުމަށްފަހު ގައިގައި ބައްދައިލިއެވެ. “ދެންދާނީ 12 ޖެހީމައޭނުން ދެން އިނީވެސް އެންމެ ފަސް މިނެޓް” މަރީނާ ރާވައިފައިވާގޮތަށް 12 ޖެހުމާއި އެކު މޫސަ އެގެއިން ނެރެންބޭނުންވާތީ މޫސަ ހިފެއްހެއްޓިއެވެ.

 

މަރީނާމެންގެ ގޯތިތެރެ އަނދިރިވެފައި އޮތުމުގެ ސަބަބުން ފާތުމަ ބޭނުންވީ ގޯތިތެރޭގެ ތަނެއްގައި ފިލައިހުރުމަށެވެ. އެހެންކަމަށްވުމުން މަރީނާމެންގެ ގޯތިތެރެއަށް ފާތުމަ ވަދެ އަޅަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުންއެރީ ގޭގެ ދޮރުހުޅުވައި ލުމަށްފަހު ނުކުމެގެން އައި މޫސަ ފެނުމުންނެވެ. މަރީނާމެންގެ ގޯތިތެރެއިން ފާތުމަ ފެނުމާއި އެކު ހުއްޓުން އަރައި ދެލޯބޮޑުވެފައި ހުރި މޫސަ ސިއްސައިގެން ދިޔައީ މޫސަގެ ކޮނޑުގައި މަރީނާ ކޮއްޓައިލުމުންނެވެ. “ކޮބާ މިހާރު ހޭއަރައިފިތަ؟ އަދިވެސް އެހެންމީހުންނަށް ދެރަދެވޭތޯ އުޅޭ، މިހާރު ފާތުމައަށް ޔަގީން ވާނެ ކަލޭ އޭނައަށް އެދުވަހު ހެދީ ހުސް ދޮގުކަން” މަރީނާ އެހެން ބުނުއިރު މޫސަ ހުރީ ރުޅިއައިސްގެންގޮސް ތުރުތުރު އަޅައަޅައެވެ. މަރީނާގެ އަޑަށް ކޮޓަރިތެރެއިން ނުކުތް ސަނާގެ ފަހަތުން ޝާމިންވެސް ދެލޯ އުނގުޅަމުން ނުކުތެވެ. ސަނާ ދޮރުހުޅުވައިލި އަޑަށް މަރީނާ އާއި މޫސަ އެދިމާއަށް ބަލައިލިއެވެ. “އެހެރީ ކަލޭގެ ބައްޕަ، އޭނަވެސް ނުދެކޭ ކަލޭތީ އޭނަގެ ދަރިއެއްކަމަކަށް” ރުޅިއައިސް ހުރެ ޝާމިންއާއި ދިމާއަށް އިނގިލިދިއްކޮށްލުމަށްފަހު މަރީނާ އެހެންބުނުމުން ދޮރުމަތީގައި ހުރި މޫސަ އާއި ދިމާއަށް ޝާމިން ބަލައިލިއެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 33

Next

ފޮހެވޭނޭ ބާއޭ… 28

Next
December 21, 2015

ފޮހެވޭނޭ ބާއޭ… 28

Previews
December 21, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 33

18 Comments!

  1. Luvna❤ says:
    December 21, 2015 at 4:24 pm

    Woww.. Amm first i think.. Its really beautiful inge ammu.. Poor shaamin???.. Well waiting for the next part.. ??.. Eager to know what’s next.. Keep up the good work..???

    1. Ahmed Ammu says:
      December 21, 2015 at 5:00 pm

      Yeah you are the first to comment. Thank You Luvna<3 ?

  2. Munko1234 says:
    December 21, 2015 at 4:49 pm

    Woww Ammu………..This stry is one of my fav………………keep it up Ammu……………:D

    1. Ahmed Ammu says:
      December 21, 2015 at 5:01 pm

      Thank You Munko1234 ?

  3. European says:
    December 21, 2015 at 5:16 pm

    Can you upload a little more often please

    1. Ahmed Ammu says:
      December 22, 2015 at 12:19 am

      In-Shaa Allah i will. 🙂

  4. ina says:
    December 21, 2015 at 6:22 pm

    Wowwwww…..thix part is also v v v nice as other parts….mi stry v interesting….kyp it up……nxt part thankolheh dhigu koddhechchey……☺☺☺☺☺when is nxt part…???

    1. Ahmed Ammu says:
      December 22, 2015 at 12:19 am

      Thank You Ina. Iraadha kurehviyya varah avahah upkohdheynan 🙂

  5. mice says:
    December 21, 2015 at 7:10 pm

    very very intresting!

    1. Ahmed Ammu says:
      December 22, 2015 at 12:20 am

      Thank You 🙂

  6. xeeel says:
    December 21, 2015 at 8:02 pm

    Ma sha Allah v v rythi vhka eh. I like it. Bst of luck ammu:-)

    1. Ahmed Ammu says:
      December 22, 2015 at 12:20 am

      Thank You Xeeel 🙂

  7. Eyesh says:
    December 21, 2015 at 8:32 pm

    Omg.. omg… omg.. v v v reethi mi part ves ? ur story is my favourite. Can’t wait to read the next part ?

    1. Ahmed Ammu says:
      December 22, 2015 at 12:22 am

      Thank You Eyesh 🙂

  8. mezzo says:
    December 22, 2015 at 7:49 am

    v v v v v v nice. I luv it

    1. Ahmed Ammu says:
      December 22, 2015 at 7:14 pm

      Thank You Mezzo ☺

  9. Shaa says:
    December 22, 2015 at 8:43 am

    Waiting for the next part… Mifaharu avahah up kohdhehchey ammu…

    1. Ahmed Ammu says:
      December 22, 2015 at 7:15 pm

      Thank you for reading my story Shaa. Iraadha kurehviyya varah avahah up kohdheynan

Comments are closed.


All Right Reserved!