Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ ( ބާރަވަނަ ބައި)

Ahmed Ammu
December 26, 2015
10 Mins Read
14 Comments

“ހޫމް.. އަދި މިގޭގައި ކުރަންޖެހޭ ކަންތައްތައް ޝާމިންއަށް ކިޔައިނުދީދޯ މިއުޅެނީ، އަޑުއަހާ އިނގޭ، ޝާމިން މިގޭގައި ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ މިގޭގެ ތަންތަން ފޮޅާ ސާފުކުރުން، އެކަމަކު މިއަދު ޝާމިގެ އަތް ކަފައިގެން ގޮސް އޮތީމަ އެއްވެސް ކަމެއް ކުރާކަށް ދައްތަ، ޝާމިން އަކަށް ނުޖައްސާނަން” ހިނިތުންވެ ހުރެ ކުއްލިއަކަށް ހަނދާންވާކަހަލަ ގޮތަކަށް ޝިފާނާ ޝާމިންއަށް ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތަށް ކިޔައިދިނުމަށްފަހު ޝާމިން ގޮވައިގެން ކާކޮޓަރި އާއި ދިމާއަށް ދިއައެވެ.

ޝާމިން ކޮއްކޯ، ހާދަ އަވަހަކަށްތިއައީ؟ މިއަދަށް ނިމުނީތަ؟” މެންދުރު ވަގުތު ގެއަށް އައުމާއިއެކު ޝާމިން ކައިރިން ސަނާ ސުވާލުކޮށްލިއެވެ. “ލައްބަ މިއަދަށް ނިމުނީ، އެގޭ ދައްތަ މިއަދު އެއްވެސް ކަމެއް ނުޖައްސާ އަތްކަފައިގެން ގޮސް އިނީމަ، ގެއަށް އަންނަނިކޮށް ބުނި އަތްރަނގަޅު ވީމަ އަންނަން މަޑުކުރާށޭ، ވަރަށް ރަނގަޅު އެދައްތަ” ހެވިދިލިފައު ހުރެ ޝާމިން ވާހަކަ ދެއްކުމުން ސަނާވެސް އުފާވިއެވެ. އެހެން ނަމަވެސް ޝާމިން އާއިދޭތެރޭ ކުރިން ކަންތަށްވެފައިވާ ގޮތުން އެއްވެސްމީހަކަށް އިތުބާރުކުރާކަށް ސަނާ ބޭނުމެއްނޫނެވެ.

“އަތް ރަނގަޅު ވަންދެން މަޑުކުރާށޭ؟ އަތުން އެއްޗެހި ނުހިފޭވަރަށްތަ އަތް ކަފައިގެން ދިޔައީ؟ ކުޑަ ކުޑަ ތަންކޮޅެއް ކަނފައިގެންދާއިރަށް މަސައްކަތު ނުދާންވެގެން ދައްކާލި ބަހަނާ ބަލާބަލަ، ބަލަ ކަލޭ ބުނެގެންނޭނުން ވަޒީފާ ހޯދަދިނީ؟ ތިކަހަލަ ކަންނެތް އެއްޗެހިންނަކަށް ނުވާނެ އެއްވެސް ކަމެއް؟” މަރީނާ ރުޅިއައިސް ޝާމިން އާއި ދިމާއަށް އެހެންބުނެ ޝާމިން އަތުގެ ކަފައިގެން ގޮސްފައިވާތަނުގައި ހިފާ ފިތާލިއެވެ. އަތުގައި ހިފިލެއް ބާރުކަމުންނާއި ޝާމިންއަށް ވީތަދުން އަޑުވީއްލާ ރޮއެގަތްއިރު ސަނާ އައިސް މަރީނާ ދުރުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. އޭރު ހޯސްލާފައި ޝާމިންގެ އަތުން ލޭތަށްފައިބަމުން ދިޔައެވެ.

ވަރަށް މަސައްކަތުން ޝާމިންގެ އަތުގެ ކަފައިގެން ގޮސްފައިވާ ތަނުގައި ހިފަހައްޓައިގެން ހުރި މަރީނާގެ އަތް ނައްޓައިލައި ޝާމިން ގޮވައިގެން ގޭތެރެއަށްވަދެ ޝާމިންގެ އަތުގައި ހުރި ލޭތަށް ސާފުކުރުމަށްފަހު ބޭސްއެޅިއެވެ.

“ހިނގާ ހޮސްޕިޓަލަށް ދާންދޯ؟ ތިއަތް ތިހެންބަހައްޓާކަށް ނުވާނެ، ހެނދުނުވެސް ދައްތަ، ކޮއްކޮ ގޮވައިގެން ހޮސްޕިޓަލަށް ދާން އުޅެނިކޮށޭ މަންމަ އެގެއަށް ގެންދިޔައީވެސް، މިތަން ނުފަހާ ރަނގަޅެއްވެސް ނުވާނެ ކަންނޭނގެ” ޝާމިން ގޮވައިގެން ކޮޓަރިއަށްވަދެ ސަނާ ވާހަކަދައްކަން ފެށުމުން ހޮސްޕިޓަލަށްދާން ޝާމިން އެއްބަސްވިއެވެ. އަދި ސަނާ، ޝާމިން ރީތިކޮށްލުމަށްފަހު ހޮސްޕިޓަލާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.

*** *** ***
ހޮސްޕިޓަލަށް ދެވުމާއިއެކު ކައުންޓަރުގައި އިން ކުއްޖާ ކައިރިން ޝާމިންގެ އަތްކަފައިގެން ގޮސްފައިވާ ވާހަކަ ބުނުމުން ބޭސްއަޅައި ކޮޓަރިއަށް ދިއުމަށް އިރުޝާދުދިނެވެ.

ކިހިނެތްވީ؟ ހާދަބޮޑަކަށް ކަފައިގެން ގޮސްފައި މިހުރީ؟” ބޭސްއަޅައި ކޮޓަރިއަށް ވަދެވުމުން ޝާމިންގެ އަތުގައި އަޅާފައިވާ ބެންޑޭޖު ނެގުމަށްފަހު ނަރުސްކުއްޖާ ސުވާލުކޮށްލިއެވެ.  “އެއްޗެއް ކޮށަން ވަޅި ނަގައިގެން އުޅެނިކޮށް އަތުގައި ވަޅި އެޅުނީ” ނަރުސް ކުއްޖާ ސުވާލުކޮށްލުމުން ޝާމިން ދޮގުހަދައި އެހެން ބުނުމަށްފަހު ސަނާގެ މޫނަށް ބަލައިލިއެވެ.

ނަރުސް ކުއްޖާގެ ޝާމިންގެ އަތުގެ ކަފައިގެން ގޮސްފައިވާތަން ފެހުމަށްފަހު އަތުގައި ބޭސް އަޅައި ދެދުވަހުން ކަހަލަ ގޮތަކަށް ބޭސްގަނޑު ބަދަލުކުރުމަށް އަންނަން ބުނެ ޝާމިންގެ ބޮލުގައި ފިރުމައިލިއެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން ބޭސްސިޓީއެއް ލިޔެދިނުމަށްފަހު ޝާމިން ގެއަށް ފޮނުވައިލެވިގެން ދިޔައެވެ.

“ދެންދޭ އޮށޮއޮވެލަން، ދައްތަ ގޮވާނަން ކާއެއްޗެހި ހެދުނީމަ” ގެއަށް އާދެވުމާއި އެކު ޝާމިން ކައިރީ ސަނާ އެހެންބުނެ  ބަދިގެފަރާތަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު މަރީނާ ކާގެއިން ނުކުމެގެންގޮސް ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

“ކޮއްކޯ ކޯޗެއްތި ވިސްނަނީ؟” ފުންވިސްނުމެއްގެ ތެރޭގައި އެނދުމަތީ އޮތް ޝާމިން އެސްފިޔަވެސް ޖަހައިނުލައި އެނބުރެމުންދާ ފަންކަލާއި ދިމާއަށް ބަލަންއޮތް ގޮތުން ސަނާ ސުވާލުކޮށްލިއެވެ. ސަނާ އެހެން ބުނުމުން ޝާމިން ސިއްސައިގެންގޮސް އެއްވެސް ކަމަކާ ނުވިސްނަމޭ ބުނެ ސަނާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. ނަމަވެސް ސަނާ ދޮރުހުޅުވި އިރުވެސް ޝާމިންއަށް މިފަހަރު ނޭނގުނީ ކަމަކާ ދޭތެރޭ ވިސްނަންއޮތުމުން ކަން ސަނާއަށް ޔަގީންވި ކަމުގައިވީނަމަވެސް ވަކިއެއްވެއް ނުބުނެ ޝާމިން ގޮވައިގެން ކާގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ. “ދެންދޭ ނިދާލަން” ކައިނިމުމުން ބޭސްދިނުމަށްފަހު ސަނާ އެހެންބުނެ ޝާމިން ކޮޓަރިއަށް ފޮނުވައިލިއެވެ.
*** *** ***
“ދައްތާ އަޅުގަނޑަށް މިއަދު ނުދެވޭނެ އެގެއަކަށް އަތުގަ ވަރަށްރިއްސާ އެބަ” ބޭރުޖޯލީގައި އިން ސަނާ ކައިރީގައި ޝާމިން އެހެން ބުނެ ގޭތެރެއަށް ވަތްއިރު ކުރިމަތީގައި ހުރި މަރީނާ ފެނި ޝާމިން ދެލޯބޮޑުވިއެވެ.

“ކަލޭ ބައްޔެއްނޫން އިނގޭ، ހަމަ ކަންނެތީ، އަދި މާ މުރާލި މީހަކަށް ވެގެން މަސައްކަތް ކުރަން އެބަ އުޅެއޭނުން، ބަލަ ކަލެއަކަށް ނޭނގޭތަ ކަލޭ އެގެއަށް ދިޔައީމަ ލިބޭ ލާރިން ކަމެއް އަހަރެމެން ކައިގެން ބޮއެގެން އުޅެންޖެހޭނީ؟” މަރީނާ އެހެން ބުނިއަޑަށް ބޭރުޖޯލީގައި އިން ސަނާ ގޭތެރެއަށްވަދެ ޝާމިން ގޮވައިގެން ކޮޓަރިތެރެއަށް ވަދެގެން ދާންއުޅުނެވެ. ޝާމިން ގޮވައިގެން ކޮޓަރިއަށް ވަންނަންދާން އުޅުމުން މަރީނާ ރުޅިއައިސް ޝާމިންގެ އަތުގައި ހިފަހައްޓައިގެންހުރި ސަނާގެ އަތް ފޮޅުވައިލުމަށްފަހު ސަނާގެ އަތުގައި ހިފައި ގޭތެރެއިން ނެރެ ދޮރުތަޅުލުމުން ސަނާ ދޮރުގައި ތަޅަމުން މަރީނާއަށް ގޮވަމުންދިޔައެވެ. ސަނާގެ އަޑަށް މަރީނާ ބީރުކަންފަތެއްދީ  ކުޑަކަތުރެއް ހޯދުމަށްފަހު އެހިފައިގެން ޝާމިން އާއި ދިމާއަށް މަރީނާ އަންނަން ފެށުމުން ކޮޓަރިތެރެއަށްވަދެ ދޮރު ތަޅުލަން ޝާމިން މަސައްކަތްކުރިއެވެ. ނަމަވެސް މަރީނާއަށް ވުރެ ޝާމިން ބާރުގަދަ ނުވާނެކަން އެނގެއެވެ. މަރީނާ ދޮރު ކޮއްޕާލިލެއްބާރުކަމުން ޝާމިން ވިއްސައިގެން ގޮސް ބިންމައްޗަށް ޖެހުނުގޮތުން ނުތެދުވެފައި އިނީ ވީތަދެއްގެ ބޮޑުކަމުންނެވެ. މަރީނާ ބަލާކަށް ނުހުރެ ޝާމިންގެ އަތުގައި އޮތް ބެންޑޭޖު ގަނޑު ކަފައިލުމަށްފަހު އަތުގެ ފަހާފައިވާތަނުގައި ހުރި ރޮދިތަށް އެއްވެސް ރަހުމެއްނެތި ކޮށަން ފެށިއެވެ. ވީތަދުން ޝާމިން އަޑުގެނެތްތަނަށް ހަޅޭއްލަވައިގަތެވެ. އޭރުވެސް ބޭރުދޮރުގައި ސަނާ ތަޅަމުން ދިޔައެވެ.

*** *** ***

“ކޮއްކޯ މިދޮރުހުޅުވަބަލަ، ކީއްކުރަން ދޮރުތަޅުލައިގެން ނިދީ” ސިއްސައިގެން ގޮސް ޝާމިންއަށް ހޭލެވުނީ ކޮޓަރި ދޮރުގައި ސަނާ ތަޅަމުންދާ އަޑަށެވެ. ފެނުނު ހުވަފެނުގެ ސަބަބުން ބިރުގަނެފައި ޝާމިން އޮތްއިރު މީހާވަނީ ދާހިތްލާ ފޯވެފައެވެ. ޝާމިން އަވަހަށް ތެދުވެ ދޮރުހުޅުވާލައި ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ.
“ކޮއްކޯ މިހާރު އެއޮއް އަށެއް ޖަހަނީ، ދެންފަހުން ނިދާނީ، ފެންވަރައިގެން ހިނގާ ކާންދާން އަދި ރޭގަނޑު ކާންޖެހޭ ބޭހެއްވެސް ދީފައެބަހުއްޓޭނުން” ސަނާ އެހެން ބުނެ ކޮޓަރިއަށް ވަނުމުން ޝާމިން ގަޑި ބަލައިލިއެވެ. ތެދެކެވެ. މިހާރު އެއޮއް ރޭގަނޑު އަށެއް ޖެހީއެވެ. އަދި މިވީހާތަނަށް ދުވާލުގަޑީގައި އެހާ ގިނައިރު ނިދުމުން ޝާމިން ރުޅިއަންނަގޮތްވިއެވެ. “ހިނގާ ފެންވަރަންދާން، ދައްތަ ފެންވަރުވަދޭނަން، ވަޅުން ފެންނަގަން ހަދައިގެން ތިއަތް އިތުރަށް ގޯސްވެދާނެ” ސަނާ އެހެންބުނުމުން ޝާމިން ލައިގެން ހުރި ސޯޓާއި އެކު ފާހާނައާއި ދިމާއަށް ދިއުމަށް ހިނގައިގަތްތަނާ މަރީނާ ފެނުމުން ދެންމެ ޝާމިންއަށް ފެނިގެންދިޔަ ހުވަފެނުގެ މަތިން ހަނދާންވެ ތެޅިގަނެވުނެވެ.
ފެންވަރާ ނިމުމުން ކައިގެން ޝާމިން ކޮޓަރިއަށްވަތްއިރު ފެންތައްޓަކާއި ދެގުޅަ ބޭސް ހިފައިގެން އައިސް ސަނާ ކޮޓަރިއަށް ވަނެވެ. ރޭގަނޑު ކެއުމަށް ހަމަޖެހިފައިވާ ބޭސް ކައިގެން ޝާމިން އޮށޮއޮވެލުމުން ސަނާ ކޮޓަރިން ނުކުތެވެ.

*** *** ***
“އޭ ތެދުވޭ މަބުނީމޭނުން އެގެއަށް ދާން ޖެހޭނޭ” ޝާމިންއަށް ހޭލެވުނީ މަރީނާ އައިސް ޝާމިންއަށް ގޮވަމުން ދަނިކޮށެވެ. ޝާމިންއަށް ހޭލެވުމުން އަވަސްކޮށްގެން އައުމަށްބުނެ މަރީނާ ކޮޓަރިން ނުކުތުމުން ސާނާ ކޮބައިތޯ ބަލައިލިއިރު ސަނާ ނެތުމުން ސަނާވާނީ ބަދިގެ ފަރާތުގައިކަން  ޝާމިންއަށް ޔަގީންވިއެވެ.

ދަތްއުނގުޅައި މޫނު ދޮވެލުމަށްފަހު ސައިބުއިމަށްޓަކައި ޝާމިން ބަދިގެ ފަރާތަށް ދިޔައެވެ. “އެގެއަށް ދާންތަ ތިއުޅެނީ؟ އަތް ރަނގަޅުވީމަ ދިޔަސް އެންމެ ރަނގަޅޭ ބުންޏޭނުން” ޝާމިންގެ އަތް ރަނގަޅު ނުވަނީސް އެގެއަށް ފޮނުވަންބޭނުން ނުވާތީ ސަނާ އެހެން ބުނުމުން ޝާމިންއަށް ބޭއިޚްތިޔާރުގައި މަރީނާ އާއި ދިމާއަށް ބަލައިލެވުނެވެ. ޝާމިން، މަރީނާ އާއި ދިމާއަށް ބަލައިލުމުން އެގެއަށް ދާން އެއުޅެނީ މަރީނާ ބުނެގެންކަން ސަނާއަށް އެނގި މަރީނާދެކެ ރުޅިއާދެވުނެވެ.

ސައިބޮއެ ނިމުމުން މިއަދުވެސް ޝާމިން ގޮވައިގެން އެގެއަށް ދިޔައީ މަރީނާއެވެ. މަރީނާއާއި އެކު އެގެއާއި ހަމައަށް ދާން އެލިބޭ ވަގުތު ކޮޅުގައި މަރީނާ ކައިރީ ހުރެވޭތީ ޝާމިން އުފާވިއެވެ. ކޮށީގެއަށް ޝާމިންލައި ޝިފާނާ އާއި ހަވާލު ކުރުމަށްފަހު މަރީނާ އެނބުރި ގެއާއިދިމާއަށް ދިއުމަށް ހިނގައިގަތެވެ. މީހުންތިބޭ ތަންތަނުގައި ޝާމިން އާއި ދޭތެރޭ ކަންތަށްކުރާހާ ލޯބިން ގޭތެރޭގައިވެސް ޝާމިންއާއި ދޭތެރޭގައި ކަންތަށް ކުރާނެ ނަމައޭ ޝާމިންގެ ހިތަށް އެރުމުން ފެންކަޅިވިއެވެ. ނަމަވެސް ޝިފާނާއަށް އެކަން ފޮރުވުމަށްޓަކައި ހިތްވަރުކޮށްލައި ލޮލުގެ ތެރެއަށް ޖަމާވަމުން އައި ކަރުނަތަށް  އެތެރެއަށް ހިންދައިލިއެވެ.

“ދައްތަ ބުނީމޭނުން އަތް ރަނގަޅުވީމަ އަޔަސް އެންމެ ރަނގަޅޭ” ޝިފާނާ އެހެން ބުނެ ޝާމިންގެ ބޮލުގައި ފިރުމައިލިއެވެ. އަދި މަސައްކަތެއް ލިބުމުން ގޭގައި އޮންނަހިތް ނުވާކަމުގައި ބުނެ މިފަހަރުވެސް ޝާމިން ދޮގުހެދިއެވެ.

ގޭތެރޭގެ ކަންތަށް ކުރުމުގައި ޝާމިންއަށް ޝިފާނާގެ ފަރާތުން އެހީތެރިކަން ލިބޭތީ އިތުރު ފަސޭހައަކަށް ވިއެވެ. އަދި ގޭތެރޭގައި ޝިފާނާގެ ކުދިންނާއި ހެދި ޝިފާނާ އުޅޭވަރުން ޝާމިން ދެރަވީ މަރީނާގެ ފަރާތުން އެފިރުމުންތަކަށް ޝާމިންވެސް އެދޭތީއެވެ.  ދޭތެރެއަކުން ޝިފާނާ، ޝާމިން ކައިރީ އަބަދު ދެރަވެފައި ހުންނަނީ ކީއްވެތޯ ސުވާލު ކޮށްލުމުން ކަމަކާ ދެރަ ނުވާކަމުގައި ބުނެ ވާހަކަ އޮޅުވައިލައެވެ. ނަމަވެސް ޝާމިން ދޮގުހަދަނީކަން ޔަގީންވެ މަރީނާގާތު އެވާހަކަ ދެއްކުމަށް ޝިފާނާ ނިންމިއެވެ.
ޝާމިން އެގޭގައި މަސައްކަތް ކުރާތާ ބަރާބަރު ދެހަފްތާއަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެއެވެ. “އެސޮރު އުމުރުން ކުޑައަކަސް ހާދަ ފައްކަލޭ ގޭތެރޭގެ މަސައްކަތްތަށް ކޮށްލާފަ ހުންނަލެއް، މިވެނި ކަމެއް ކުރާށޭ ބުނަން ނުވެސްޖެހޭ” މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޝާމިންގެ މަސައްކަތާއި ދޭތެރޭ ހިތްހަމަ ޖެހޭތީ އަބަދުވެސް ޝިފާނާ ޝާމިންއަށް ތައުރީފް ކުރެއެވެ. އެގޮތުން މިއަދުވެސް ޝާމިންގެ ގެއަށް އައިސް ޝިފާނާގެ ދުލުން ޝާމިންއަށް ތައުރީފްގެ ބަސްތަކެއް އިވިގެން ދިއުމުން މަރީނާ އުފާނުވިއެއް ކަމަކު ސަނާ އަބަދުވެސް ހުންނަނީ އެކަމާ އުފަލުންނެވެ.

“އެކަމަކު އެސޮރު ހާދަ އަވަހަކަށް ސިއްސައިގެން ދެއޭ، އަދިވެސް ޒަރީނާ ކަންތަށްކުރި ގޮތުން އެބިރުހުންނާތީ ވާގޮތެއްހެން މަށަށް ހީވަނީ، އެކަމާ ކަންނޭނގެ އަބަދު ދެރަވެފަ ހުންނަނީވެސް، އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފަރާތުން އެސޮރު ހިތުގަ ޖެހޭ ވަރުގެ ކަމެއް ނުފެންނާނެ އަދި އެކަމުގެ ޔަގީންކަން ތިދެމައިންނަށް އަހަރެން ދެން” ޝާމިން އެގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެންވެސް ޝިފާނާގެ ހިތުގައި ޝާމިން އާއިދޭތެރޭ ހަމްދަރުދީ އުފެދިފައިވެއެވެ. އަދި ޝިފާނާގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނެކަމުގެ ޔަގީންކަން ޝިފާނާ ދިނުމުން ސަނާ ވަރަށް ހިތްހަމަ ޖެހުނެވެ.

*** *** ***
ފަސްއަހަރު ފަސް

ޝާމިން ބޮޑުވަމުން އައި އިރު މޫސަ އާއި ވައްތަރުވުމުން ރަށުތެރޭގައި ވަނީ އެވާހަކަ ފެތުރިފައެވެ. އޭރު މަރީނާ އާއި ދިމާއަށް އެއްޗެހިކީ އެތަށްބަޔަކު މަރީނާ ގާތު މާފަށް އެދެމުންދިޔައެވެ. ފާތުމައަށްވެސް މަރީނާ އެދުވަހު ދެއްކި  ވާހަކަތަށް އިތުރަށް ގަބޫލުކުރެވި މޫސަދެކެ ކުރިއަށްވުރެ ބޮޑަށް ނަފްރަތު ކުރެވިގެން ދިޔައެވެ. އަދި މޫސައަށްވެސް އިތުރުގޮތެއްނެތުމުން އަމިއްލައަށްކުރި ކުށަށް އިއުތިރާފުވުމުން އަދަބު ލިބިގެން ދިޔައެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ބޮޑުއީދު އައިސްފައި ވުމުން ފެންކުޅި ކުޅުމާއި ތަފާތު އެކި އެކި ހަރަކާތްތަށް ރަށުގައި ރޭވިފައިވާތީ މިއަހަރުވެސް ކައިރި ރައްރަށުންނާއި މާލެއިން ކުދިބޮޑު އެތަށްބައެއް  އައިސްފައިވުމުން ރަށުތެރެވަނީ ހަލަބޮލިކޮށްލާފައެވެ. އޭގެ ތެރޭގައި ނަންމަޝްހޫރު ލަވަކިޔުންތެރިންވެސް ހިމެނިގެން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ގޭގެ ބޭރު ދޮރުކައިރީގައި ވަރުގެ ކޮޅަށް ނަލަހެދިލައިގެން ސަނާ އާއި ޝާމިން  ހުރީ ނުވައެއް ޖަހާއިރު ފަށަން ހަމަޖެހިފައިވާ ޝޯއަށްދާން ޝިފާނާމެން އަންނާނެ ކަމަށް ބުނުމުންނެވެ.

“މާޝާ ﷲ، ހާދަ ރީއްޗޭ މަގޭ ސަނާ އާއި ޝާމިން، މިހާރު އަދި ކުރިއަށްވުރެއްވެސް ބޮޑަށް މިސޮރުގެ ބައްޕަ އާއި ވައްތަރު” ޝިފާނާގެ ދެކުދިންނާއި އެކު ޝާމިންގެ ގެއަށް އައިސް ޝާމިން އާއި ސަނާއަށް ތައުރީފުކޮށް ޝިފާނާ ބުނިއެއްޗަކުން ޝާމިން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ޝިފާނާއަށް އެކަން ދައްކަން ބޭނުން ނުވާތީ ހިނިތުންވެލިއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝިފާނާދެކެމުން އައީ ސަނާ އާއި ޝާމިން އަކީވެސް ޝިފާނާގެ ދަރިންކަމުގައެވެ. ޝިފާނާގެ ދެކުދިންނެކޭ ޝާމިން އާއި ސަނާ އެކޭވަކި ތަފާތެއް ނުކުރެއެވެ. އެހެން ކަމަށްވުމުން ޝާމިން އާއި ސަނާވެސް ޝިފާނާ ދެކެމުން އައީ ދެވަނަ މަންމައެއް ގޮތުގައެވެ. ޝިފާނާގެ ފަރާތުން ލޯބި ލިބުނުކަމުގައި ވީނަމަވެސް ޝާމިން އަދިވެސް އެންމެ ބޭނުންވަނީ މަރީނާގެ ލޯތްބެވެ.

“ހިނގާ ދާން، މިހާރު ޝޯ ފެށެން ދިހަ މިނެޓަށްވީނުން” ޝިފާނާ އެހެން ބުނުމުން ބޭރު ޖޯލީގައި އޮތް މަރީނާ ކައިރިން ދަނީ ކަމުގައި ބުނެ އެންމެން އެކުގައި ހިނގައިގަތެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އެކަހަލަ ތަންތަނަށް މަރީނާ ދާހިތްނުވާކަމުގައި ބުނެ ގޭގައި މުޑުކުރެވިގެން ދިޔައެވެ.

ޝާމިންމެން ދިޔައިރު މީހުންގިނަވެފައި ވުމުގެ ސަބަބުން އެމީހުންނަށް ތިބެން ޖެހުނީ ވަރަށް ފަހަތުގައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު އަޅާފައިވާ ސްޓޭޖް ބޮޑުވެފައި ތަނަށް އެއްވެފައިތިބި މީހުން ގިނައެވެ. ޝޯބެލުމަށްޓަކައި އެކި އުމުރު ފުރައިގެ މީހުން އޭރުވެސް އެތަނަށް އަންނަމުން ދިޔައެވެ. ސްޓޭޖާއި ދިހަވަރަކަށް ފޫޓު ދުރުގައި އިށިއިނުމަށްޓަކައި ބާރަ ވަރަކަށް ގޮނޑިބަރި ޖަހާފައިވާއިރު އެއިން ކޮންމެ ގޮނޑިބަރިއެއްގައި ތިރީހަކަށް ގޮނޑި އިންނާނެކަން ޝާމިންއަށް ޔަގީންވިއެވެ. އަދި ސްޓޭޖް މަތީގަ އާއި ކައިރިގައިވާ ބޮޑު ދެ ތަނބުގައި ހަރުކޮށްފައިވާ ތަފާތު އެކި ކުލަކުލައި ބޮކި ތަކުން މުޅިތަނަށްވަނީ އޭގެ ރީތި އަލި ފެތުރިފައެވެ.

ކުއްލިއަކަށް ޝާމިން ސިއްސައިގެން ގޮސް ބަލާލީ ސަނާ ހަޅޭލަވައިގަތް އަޑުއިވުމުންނެވެ. ޝާމިން ބަލައިލިއިރު މީހުންތަށް ގިނަވެފައިވުމުގެ ސަބަބުން އެތަނުން މީހެއްގެ ފައިގައި އަޅައިގަނެ ވެއްޓެން ދަނިކޮށް އެމީހާ  ސަނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި އިރު ސަނާ އޮތީ އެމީހާގެ ކޮނޑުގައި އަތްއަޅުވާލައިގެން އެމީހާގެ މޫނާށް ބަލާށެވެ.  ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން އެގޮތަށްތިބިއިރު ހީވަނީ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެގޮތަށް އިރުކޮޅަކު އެހެން ތިއްބެފައި ސަނާ ތެޅިގެ އެމީހާ އާއި ދުރަށްޖެހިލީ ޝިފާނާ ދިމާކުރުމުގެ ގޮތުން ހޭން ފެށުމުންނެވެ. ސަނާ ގަތްލަދުން ޝިފާނާގައިގައި މަޑުމަޑުން ޖަހައިލިއެވެ.

“ސޮރީ” އިސްޖަހައިގެން ހުރެ ސަނާ އެމީހާ ކައިރިން މާފަށް އެދުނެވެ. “އިޓްސް އޯކޭ، މިހާ މީހުންގިނަ ތަނެއްގައި އެހެންވެސް ވެދާނެ” އެމީހާ އެހެންބުނެ ހިނިތުންވުމެއް ރައްދުކޮށް ދެޖީބަށް އަތްޖަހައިލި ސަނާ މެންތިބި ހިސާބާއި ތަންކޮޅެއް ދުރަށް ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޝޯ ފެށިގެންގޮސް ފުރަތަމެސް އިވުނީ އަލީރަމީޒްގެ ހިތްގައިމު އަޑެވެ. ވަރަށްފޯރީގައި ޝޯ ކުރިއަށްދިޔައިރު އެކިމީހުންގެ ހަޅޭކުގެ އަޑުތަކުން މުޅިތަންވަނީ ގުގުމާލާފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް އަޑެއް ސަނާއަށް ނީވޭ ކަހަލައެވެ. ސަނާގެ ހިޔާލުގައި ވަނީ ދެންމެ އޭނާއަށް ފެނުނު ޒުވާނާއެވެ.  ސަނާ ފަހަތްބަލާލައި ދެންމެ ފެނިގެންދިޔަ ޒުވާނާ ފެނޭތޯ ކުޑަކޮށް ހޯދާލިއެވެ. ފަހަތުގައި ތިބި މީހުންތަކުގެ ތެރެއަށް ނަޒަރު ހިންގަމުން ދަނިކޮށް ސަނާއަށް އެޒުވާނާ ފެނި ލަދުގަންނަ ގޮތްވީ އޭނާވެސް ސަނާއާއި ދިމާއަށް ބަލަން ހުރުމުންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު އަލީ ރަމީޒު އާއި ޝިފާ ތައުފީގުގެ އަޑުން އިވެންފެށި ރީތިލަވައިން ހީވީ ސަނާގެ ހިތުގެ އަޑު އެޒުވާނާއަށް އިއްވައިދިންހެންނެވެ.

 

“ނޭނގޭ ގޮތެއްވޭ ބުނަންހޭ އޭ އަހާށޭ، ސީދާ ލޯބިވީއޭ ހަގީގީ ހީކުރާށޭ” ދެމީހުންނަށް އެކީކަހަލަގޮތަކަށް ސިހިފައި ކޮޅުކޮޅަށް ބަލައިލެވުނީ އިވިގެން ދިޔަ ލަވަ ނިމުމުން ތަނަށް އެއްވެފައިތިބި މީހުންގެ ހަޅޭކުގެ އަޑުންނެވެ. ދެމީހުން އެކަކު އަނެއްކަށް ބަލަން ތިބިއިރު ލަވަނިމިގެން ދިޔައިރުވެސް ނޭނގުމުން ސަނާ ރަކިވެގެންގޮސް އިސްޖަހައިލަމުން ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ.

 

ފޯރީގައި ކުރިއަށްދިޔަ ޝޯ ނިމުމުން ގެއަށްދިއުމަށް އެންމެން އެއްކޮށް ހިނގައިގަތެވެ. އޭރު ގަޑިން ދަންވަރު އެކެއް ޖަހައިބޮޑުވެއްޖެއެވެ. ގެއަށްދިޔަ މަގުމަތީގައި ސަނާ އެކި ކޮޅުކޮޅު ހޯދާ ބަލަމުން ދިޔައީ އަދިވެސް އެއްފަހަރު އެޒުވާނާ ފެނޭތޯއެވެ. ނަމަވެސް އެންމެންގަނޑު ތެރެއިން އެޒުވާނާ ފެންނަ ގޮތް ނުވުމުން ސަނާ ދެރަވިއެވެ. “ހާދަ ވަރަކަށް ދައްތަ ކޯޗެއްތި ހޯދަނީ؟” ސަނާ އިރުއިރު ކޮޅާ އެކި ދިމަ ދިމާއަށް ބަލާތީ ޝާމިން، ސަނާ ކައިރިން ސުވާލުކޮށްލުމުން އެއްޗެއް ނުހޯދާކަމުގައި ބުނެ ހިނިތުންވެލިއެވެ.
“ޝާނިމްބެ ބުނި މިފެށޭމަހު އެރިޒޯޓުން ވަޒާފާއެއް ހުސްވާ ވާހަކަ، ޕަބްލިކް އޭރިޔާ އެޓެންޑެންޓަކަށޭ ބުނީ، ޝާމިން މިހާރު ތިކުރާ މަސައްކަތާއި ވަރަށް ގުޅޭ މަސައްކަތެއް އެއީ، އެރިޒޯޓުގަ ވަރަށް މުސާރަވެސް ރަނގަޅުވާނެ، ދާނަންތަ؟” ސަނާ އާއި މަރީނާ ދޫކޮށްލާފައި އެއްވެސް ތާނަކަށް ދާން ޝާމިން ބޭނުމެއް ނޫނެވެ. ނަމަވެސް ޝިފާނާ އެހެންބުނުމުން ޝާމިން ދާންބޭނުންވީ އެއީ ޝާމިންއަށް ކުރި އެރުމަށް ލިބުނު ފުރުސަތެއްކަން އެނގުމުންނެވެ. އެހެންކަމަށްވުމުން ޝާމިން އާނ އެކޭ ބުނުމުގެގޮތުން ބޯޖަހައިލިއެވެ.

“ޝާނިމްބެ ކައިރީގަ ބުނެގެން ދައްތަ، އެވަޒީފާ ޝާމިންއަށް ހަމަޖައްސަދޭނަން އިނގޭ” ޝާމިން އާނ އެކޭ ބުނުމުން ބުރަކަށީގައި ފިރުމައިލުމަށްފަހު ޝިފާނާ އެހެންބުނެ ސަނާއާއި ދިމާއަށް ބަލައިލައި ހިނިތުންވެލިއެވެ.

އެކިވާހަކަތަށް ދައްކަމުން ގެޔާއި ހަމައަށް އާދެވުނު ގޮތްވެސް އެމީހުންނަށް ނޭނގުނެވެ. ޝާމިންމެންގެ ގެއާއި ހަމައަށް އާދެވުމުން ޝިފާނާވެސް ދަނީކަމުގައި ބުނެ ޝިފާނާގެ ދެކުދިންގޮވައިގެން ގެއަށްދިނުމަށް ކާރެއް ހޯދުމަށް އަވަސްވެގަތެވެ. ނަސީބު ރަނގަޅު ކަމުން ވަރަށް ފަސޭހައިން ކާރެއް ލިބިގެން ދިޔައެވެ. ޝިފާނާމެން ކާރަށް އެރުމުން ސަނާ އާއި ޝާމިން ގެއަށްވަނުމަށް ހިނގައިގަތެވެ.

“އެއީ ހާދަވާ ރީތި ފިރިހެނެކޭ، އޭނާގެ މޫނުމަތީގައި ހަފްތާއެއްވެފާވާ އެތުނބުޅިން އޭނާގެ ފިރިހެން ވަންތަކަން ހާމަވާން ހުރިއިރު އެ ދިގު އިސްކޮޅާއި ފިރިހެންވަންތަ ހަށިގަނޑުން އަހަރެންގެ ހިތް އޭނާގެ މައްޗަށް ލަންބުވައިފި، އަދި އޭނާގެ އެ މަސްތީބާލާލުމުން އަހަރެންގެ ހިތް ހަމަ ރަނގަޅަށްވެސް އޭނާއަށް ހަދިޔާކުރެވިއްޖެ” އެނދުމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅި އަތް ސަނާއަށް ފެނުނު ޒުވާނާ އާއި ދޭތެރޭ ވިސްނަން އޮތްވައި ނިދުނު އިރެއްވެސް ނޭނގެއެވެ.

ރޭގައި ލަހުން ނިދުމުގެ ސަބަބުން ސަނާއަށް ހޭލެވުނު އިރު ހުރީ ދިހައެއްޖަހައި ބޮޑުވެފައެވެ. ސަނާ އަވަސްކޮށްލައިގެން ކޮޓަރިން ނިކުމެ ފާހާނައަށްވަދެ ފެންވަރައިލިއެވެ. އަދި މޫނުގައި ފުއްކޮޅެއް ޖަހާލައި ސަނާގެ ދިގު އިސްތަށިގަނޑު ވޫލުކޮޅަކުން އައްސާލައި ސައިބުއިމަށްޓަކައި ކާގެއާއި ދިމާއަށް ހިނގައިގަތެވެ.

“އޭނާ އަދި އަހަންނަށް ފެންނާނެބާ؟ އެއީ ކޮންރަށެއްގެ ކާކުބާ؟” ސައިބޯން އިންއިރުވެސް ސަނާގެ ހިޔާލުގައިވަނީ ރޭގައި ފެނުނު ޒުވާނާއެވެ. މިކަހަލަ ހިޔާލުތަކެއްގައި ސައިބޯން އިންދާ ސިހިފައި ބަލައިލެވުނީ ޝާމިން އައިސް ކޮއްޓައިލުމުންނެވެ.

ދައްތާ އަޅުގަނޑު ހަމަ އެރިޒޯޓަށް ދާންވީތަ؟” ޝާމިން ސަނާއާއި ސުވާލުކޮށްލީ ރޭގައި ޝިފާނާ އެވާހަކަ ދެއްކުމުންވެސް ވަކިއެއްޗެއް ނުބުނުމުންނެވެ. “އާނ ކޮއްކޮއަށް ރަނގަޅުވާނީ ދިޔައްޔާ، ކޮއްކޮ ލާރި އެއްކޮށްގެން އަމިއްލަ ފައިމަށްޗަށް ތެދުވާދުވަހަކުން ދައްތަ ކިހާ އުފާވާނެ” ސަނާ ހިނިތުންވެ އިނދެ ޝާމިން ކުރި ސުވާލަށް ޖަވާބުދިނެވެ. ސަނާ އެހެން ބުނުމުން ޝާމިން ގޮސް ކޮޓަރިއަށްވަނީ މަސައްކަތުނުދާ ދުވަހަކަށްވުމުން ކުޑަކޮށް އަރާމުކޮށްލުމުގެ ބޭނުމުގައެވެ.

ސައިބޮއެ ނިމިގެން ސަނާ ނުކުތީ މެންދުރަށް ރަނގަޅު އެއްޗެއް ކަންކަން ބޭނުންވާތީ ފިހާރައަކަށް ދިއުމަށެވެ. ޝާމިން މަސައްކަތް ކޮށްގެން ހޯދާލާރިން މިހާރު އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވެފައި ވުމުން ސަނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އެކަމާ ދެރަވާފަހަރު ފަހަރުވެސް އާދެއެވެ. އެކަމަކު ކުރެވޭނެ ވަކި ކަމެއްނެތެވެ. މަރީނާގެ ރުހުން ނުލިބޭތީ ޝާމިން ބަހައްޓާފައި ސަނާއަށް ވަޒީފާއަށް ދެވޭކަށްނެތެވެ.
ފިހާރައިން އެއްޗެހި ގަނެ ނުކުތްއިރު މިފަހަރުވެސް އެ ޒުވާނާގެ ގައިގައި ޖެހި އަރިއަޅައިލިއެވެ. “ހާދަ އަވަސް އަރުވާލާގެން އުޅޭ ކުއްޖެކޭދޯ މީ، ތިހާ އަވަސް އަރުވާލައިގެން އުޅޭތީއޭ މިހާވަރަށްމި އެކްސިޑެންޓްވަނީ، ތަނަކަށްދާން ގަޑި ޖެހެނީތަ؟” އެޒުވާނާ ހެމުން އެހެންބުނެ ސަނާ އާއި ދިމާކޮށްލިއެވެ.

“އާނ މެންދުރަށް ކަންކަން ވެގެން އެއްޗެހި ގަނެގެން މިދަނީ” ސަނާ ލަދުންހުރެވެސް އެކަން ފޮރުވަން މަސައްކަތް ކުރަމުން އެޒުވާނާ ކުރި ސުވާލުތަކަށް ޖަވާބުދިނުމަށްފަހު މާފަށްއެދުނެވެ. “އިޓްސް އޯކޭ، މަށަށްކިޔަނީ ފަލާހް، ދެން މިހާރު މިރައްޓެހިވީނުން ދޯ” އެޒުވާނާ އަމިއްލައަށް ތައާރަފްވެ ސަލާންކުރުމަށްޓަކައި ސަނާއަށް އަތްދިއްކޮށްލިއެވެ. ފަލާހް އާއި ސަލާމް ކޮށްލުމަށްފަހު ސަނާވެސް އަމިއްލައަށް ތައާރަފްވެލައި  ދެން ދަނީކަމުގައި ބުނެ ހިނގައިގަތްތަނާ ފަލާހްވެސް ސަނާގެ ފަހަތުން ހިނގައިގަތެވެ. ސަނާގެ ގެއާއި ހަމައަށް އާދެވުނު އިރު ވަރަށް ގިނަ ވާހަކަ ދެކެވިގެން ގޮސް ފަލާހް ފޮނުވައިލީ މެންދުރު ކާން އައުމަށް ދައުވަތު ދީފައެވެ.

ސަނާ ދެކިލަން ބޭނުންއެވާ ޒުވާނާފެނި ވާހަކަ ދައްކައި ލެވުމުން ސަނާގެ ހިތް އުފަލުން ފޮޅުނެވެ. އަދި އޭނާގެ އެފިރިހެންވަންތަ އަޑު އިވުމުން ސަނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސް ތަކެއް ކުރެވިގެން ދިޔައެވެ.

“އައްސަލާމް އަލައެކުމް” ފިރިހެނެއް ސަލާމް ގޮވައިލިއަޑަށް މަރީނާ ސަލާމްބަލައިގަނެ ނުކުތްއިރު ގޭތެރޭގައި ހުރި ޒުވާނާ ފެނި ކީއްކުރާ ކުއްޖެއްތޯ ސުވާލުކޮށްލިއެވެ. “ސަނާ އެބަ އުޅުއްވާތޯ؟” އެ ޒުވާނާ އެހެން ބުނުމުން ޖޯލިފައްޗަށް އިޝާރާތްކޮށް އިށިއިނުމަށް ބުނެ ކޮޓަރި ތެރޭގައި ހުރި ސަނާއަށް ގޮވުމަށްޓަކައި ދޮރުހުޅުވައިލިއެވެ.

“ހޫމް މިހެންވެދޯ މިއަދު މާވަރަކަށް ރީތި މިވަނީ، މަންމަ މިއައީ އެކުއްޖާ ބޭރު ޖޯލީގަ ބައިންދާފަ، އަވަހަށް ނުކުމޭ” ސަނާއާއި ދިމާކޮށްލުމަށްފަހު މަރީނާ އެހެން ބުނެ ހެމުން ބޭރަށް ނުކުތެވެ. ސަނާ އަވަސްކޮށްލައިގެން ނުކުމެ  ޖޯލީގައި އިން ފަލާހް ގޮވައިގެން ކާގެ އާއި ދިމާއަށް ހިނގައިގަތެވެ.

“ހާދަ ހިތްގައިމޭ” ކާގެއަށްވަދެވުމާއި އެކު ފަލާހް އެހެންބުނުމުން ސަނާގެ ދޮންމޫނަށް ޖަންބުކުލަ އަރައިގެން ދިޔަތަން ފެނުނެވެ. ކައިނިމުނު އިރުވެސް ފަލާހްގެ ނަޒަރު ހުއްޓިފައިހުރީ ސަނާގެ މޫނަށެވެ. ނަމަވެސް ސަނާއަށް އެކަން ނޭނގޭކަމަށް ހަދައިގެން ހުރެ ކައިނިންމައިލި އަތްދޮވެލުމަށްފަހު ފަލާހް ގޮވައިގެން ގެއަށްވަނެވެ. އަދި ވާހަކަ ދައްކަން ހުރެފައި ފޯނެއް އައުމުން ގެއަށްދަނީ ކަމުގައި ބުނެ ހިނގައިގަތީ މިރޭ އަށެއް ޖަހާއިރު އަންނާނެ ވާހަކަ ބުނެފައެވެ.

*** *** ***

ގަޔަށްބާރު ރަތްކުލައި ހެދުމަކާއި ނޫކުލައިގެ ސްކިނީއެއް ލައި ސަނާއަށްވީ އެންމެ ރީއްޗަކަށް ނަލަހެދިލައިގެން ނުކުމެ ގަޑިބަލައިލި އިރު އަދި އަށެއް ޖަހަން ފަނަރަ މިނެޓް ހުއްޓެވެ. ކެތްމަދުވެފައި ހުރި ސަނާ ބޭރު ބަލައިލިވަގުތު ފާލާހް ވަދެގެން އަންނަތަން ފެނުމުން ހިތުގެ ތަޅުން އަވަސްވިއެވެ. ލާފައިވާ ކަޅުކުލައިގެ އަތްދިގު ގަމީހުގެ އަތް އުޅަނބޯއްޓާއި ހަމައަށް އޮޅާފައިވާއިރު ލައިގެން ހުރި ނޫކުލައިގެ ޖީންސްގައި ފާލާހް ފެންނަލެއް ވަރަށްވެސް ރީއްޗެވެ. “ހިނގާބަލަ ހިނގާލަންދާން، ސަނާއާ ވަރަށްބޮޑު ވާހަކައެއްވެސް ދައްކަންވެފަ އެބައޮތް” ސަނާ އާއި އަރާ ހަމަވެފައި ފާލިހު އެހެންބުނެ ސަނާގެ އަތުގައި ހިފައިލިއެވެ. އަދި މަރީނާ ކައިރިން ހުއްދަ ހޯދުމަށްފަހު ފަލާހްގެ އެދުމުގެމަތިން ހިނގާލަށް ގޮސް ތުނޑިއާއި ދިމާއަށް ނިކުމެ ވަރުވަލިވެފައި ހުރުމުގެ ސަބަބުން ސަނާ ދޮންވެލި ގަނޑު މަތީ އިށިއިނދެލުމުން ފަލާހްވެސް ސަނާކައިރީ އިށިއިނދެލިއެވެ.

 

“ސަނާ އެރޭ ފެނުނު ފަހުން އަހަންނަށް އަބަދުވެސް ވިސްނެނީ ސަނާ އާއި ދޭތެރޭ، ނޭނގި ނަމަވެސް އަހަންނަށް ސަނާ ދެކެ ލޯބިވެވިއްޖެ، މަށާ ރައްޓެހި ވާންވީނުން” ސަނާގެ މޫނަށްބަލަހައްޓައިގެން އިނދެ އެހެންބުނެ ފަލާހް، ސަނާގެ އަތުގައި ހިފައިލިއެވެ. އެއީ ސަނާވެސް ބޭނުންވެފައި ހުރިގޮތްކަމަށްވުމުން އިތުރުވާހަކައެއް ނުދައްކާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
*** *** ***
ދުވަސްތަށް މާޒީވަމުންގޮސް ސަނާ އާއި ފަލާހްގެ ލޯބީގެ ގުޅުން ވަރުގަދަ ވެގެން ދިޔައެވެ. އެދެމީހުންގެ ގުޅުމަށް މަރީނާ އާއި ޝާމިންވެސް ރުހޭތީ ދެމީހުންގެ ކައިވެނީގެ ކަންތަށް ރޭވިގެން ދިޔައެވެ. ފަލާހްވެސް ބޭނުންވީ ޗުއްޓީ ނިމުމުގެ ކުރިން ސަނާ އާއި އިނދެގެން މާލެ ދިއުމަށެވެ. މަސް ނިމުނު ތަނާހެން ސަނާ އާއި ފަލާހްގެ ކައިވެނީގެ ކުރެވިގެން ދިޔައެވެ. އަދި ކުޑަވަރެއްގެ ޕާޓީއެއްބޭއްވުމަށްފަހު މާލެ ދިއުމުގެ ކަންތަކައިގެން އުޅުމަށް އަވަސްވެގަތެވެ. އަދި އާދީއްތަ ދުވަހު ފުރާބޯޓުން މާލެދާން ނިންމީ ޝާމިންވެސް އެދުވަހު ރިޒޯޓަށް ދިއުމަށް ހަމަޖެހިފައިވާތީއެވެ.

އާދީއްތަ ދުވަހުގެ ހަވީރެވެ. މާލެ ދިއުމަށްޓަކައި ބަނދަރު މައްޗައް ސަނާމެން ފުރާތީ ޝިފާނާވެސް އައިސް ހުއްޓެވެ. ބޯޓަށް އަރާ ވަގުތު ޖެހުމުން މަރީނާ ކައިރިން ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ ޝިފާނާ ކައިރީގައި މަންމަގެ ހާލުބަލައި ދިނުމަށް އެދި ސަނާ މާލެ ދިއުމަށްޓަކައި ބޯޓަށް އެރިއެވެ. ޝާމިންވެސް ފުރަން ހަމަޖެހިފައިވަނީ އެވަގުތުގައި ކަމުން ސަނާމެންނާއި ސަލާމްކޮށްލުމަށްފަހު ޝާމިން ބަލައި އައިސްއޮތް ލޯންޗަށް އެރީ އެންމެ ފަހުވަގުތުވެސް މަރީނާގެ ފަރާތުން ހިތްވަރު ދިނުމުގެ ބަހެއް އަޑު ނީވުމުން ފެންކަޅިވެފައިވާ ހާލުގައެވެ.

ގެއަށް އާދެވުމާއި އެކު ސަނާ ނެތުމުން މަރީނާއަށް އެކަނިވެރިކަމާއި ގޭތެރޭގެ ފަޅުކަން އިހްސާސް ކުރެވިގެން ދިޔައެވެ. އަދި ކެތްނުކުރެވި މަރީނާގެ ބަޑިފަޅައިގެން ދިޔައެވެ. އެވަގުތު މަރީނާގެ ފަހަތުން ގެއަށް އައި ޝިފާނާ މަރީނާ އަށް ހިތްވަރުދެމުން ބޮލުގައި ފިރުމައިލިއެވެ.

ފަތިހު ދުނިޔެ މައްޗަށް ވެރިވި ފިންޏާއި އެކު ސަނާއަށް ހޭލެވުނީ ހީކަރުވާފައި ވުމުގެ ސަބަބުންނެވެ. އޭރުވެސް ފަލާހް އޮތީ ގަދަ ނިދީގައެވެ. އިރުކޮޅަކު އެހެން އޮވެ އަނެއްކައިވެސް ނިދޭތޯ މަސައްކަތް ކުރުމަށްޓަކައި ލޯމަރައިލިއެވެ. ނަމަވެސް އިތުރަށް ނުނިދޭނެކަން އެނގުމުން ބުރުސް ހިފައިގެން ފާހާނައަށްވަދެ ދަތް އުނގުޅައި ތާޒާވެލުމަށްފަހު ސަނާ އައިސް ފަލާހްގެ ކައިރީގައި އިށިއިނދެލައި ބޭރު ބަލައި ލުމަށްޓަކައި ކައިރީގައި ހުރި ކުޑަދޮރުން ސަނާ ބޯދިއްކޮށްލިއެވެ.

މާލެ އާއި ގާތްވެފައި ވުމުގެ ސަބަބުން އިމާރާތްތަށް ރީތިކޮށް އެނގެން ހުއްޓެވެ. ހަދާފައިވާ އެކި ވަރުވަރުގެ އިމާރަތްތަކުގައި ދިއްލާފައިވާ ބޮކިތަކުން މުޅި މާލޭގެ މޫނުމަތި ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ހަމަލޮލުން އެމަންޒަރު ފެނި އާގަމަ ވެފައި އިން ސަނާ އެނބުރި ބަލައިލީ ފަލާހް، ސަނާގެ ފައިގައި ކޮއްޓާލައި ގޮވައިލުމުންނެވެ.

ބޯޓު މާލޭގެ ބަނދަރާއި ގާތްކުރެވިގެން ދިޔައިރު ސަނާއަށް މާލޭގެ އުސް އިމާރާތް ތަކަށް ކަޅިޖަހައިނުލާ ބަލަމުން ދިޔައިރު އެމަންޒަރު ބަލަން ސަނާ އިންނަގޮތުން ފަލާހް ހިނިއަންނަގޮތްވިއެވެ. ގެނައި އެއްޗެހި ބޯޓުން ބާލައި ކާރަކަށް އެރުވުމަށްފަހު ފަލާހް ބުނިގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

“ހ.ޑޭޒީ ވިލާ” ކާރުން ފޭބުމަށްފަހު ގޭގެ ދޮރުގައި ހަރުކުރެވިފައިވާ ނަންބޯޑުގައިވާ ނަން ސަނާ ކިޔާލިއެވެ. އަށް ބުރިއަށް ނަގާފައިވާ އެގޭގެ ބޭރުގައި ފެހިކުލައެއް ލެވިފައިވާއިރު ކޮންމެ ފަންގިފިލައެއްގައި ބެލްކަންޏެއްވެއެވެ. އަދި އެންމެ މަތީ ފަންގިފިލާގައި ބޮޑު ޓެރަސްއެއް ވާއިރު އެތަނުން ތިރި ބަލަން ހުރި އަންހެންމީހާއަށް ސަނާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ނަމަވެސް އެމީހާގެ މޫނު ވަކިކުރާކަށް ނޭނގުނެވެ.

“މީ އަހަރެންގެ ގެޔަކީ، އެންމެ މަތީގަ އަހަރެމެން އުޅޭނީ، އަހަންނާ، ސަނާ އާއި ދެން އަހަރެންގެ ދައްތަ، މިގޭގަ ސަނާއަށް އުނގަގޫ ކުރާކަށް އިތުރު މީހަކު ނާންނާނެ” ފަލާހް ބުނެފައިވާ ގޮތުން އޭނާގެ އާއިލާގައި ހުންނަނީ ހަމައެކަނި އޭނާގެ ދައްތަކަން ސަނާއަށް އެނގެއެވެ. އެހެން ކަށްވުމުން މަތީގައި ހުރި އަންހެންމީހާ އަކީ ފަލާހްގެ ދައްތަކަން ސަނާއަށް ޔަގީންވިއެވެ.

ފަލާހްއުޅޭ އެޕާޓްމެންޓުގެ ދޮރުހުޅުވަލި އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑު އެ އެޕާޓްމެންޓުގެ ހަތަރު ފާރުން ކޮންމެ ފާރެއްގައި ތަފާތު ހަތަރު ކުލަ ލެވިފައިވެއެވެ. އެޕާޓްމެންޓްގައި ތިން ކޮޓަރި ހުރި އިރު ސިޓިންރޫމްގައި ބޮޑު ސޯފާ ސެޓަކާއި ޓީވީއެއް ބަހައްޓާފައިވެއެވެ. އަދި ޓެރަސްއަށް ނުކުންނަން ހުރި  ދޮރުގައި ކަޅުބިއްލޫރި ހުރިއިރު އެތެރެއަށް އަވި ނޭޅޭނެހެން ހަރުކޮށްފައިވާ ދޮރު ފޮތިގަނޑުގައިވާ ކުލައިން ތަނުގެ ތެރެ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ.

“ހެލޯ ސަނާ” ކުއްލިއަކަށް ސަނާގެ ދެލޯބޮޑުވެގެން ދިޔައީ ޓެރަސްގެ ދޮރު ކަހާލާފައި އެތެރެއަށް ވަދެ ނުބައި ވައްތަރަކަށް ހިނިއައިސް ހުރި ޒަރީނާ ފެނުމުންނެވެ.

 

(ނުނިމޭ)

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ahmed Ammu

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 3

Next

ކުށްވެރިޔަކީ… (5)

Next
December 26, 2015

ކުށްވެރިޔަކީ… (5)

Previews
December 26, 2015

ލޯބިވާ މަންމާ މަގޭ.. 3

14 Comments

  1. Munko1234 says:
    December 26, 2015 at 9:16 pm

    Ammu Varah reethi ingey………..Waiting 4 the next……………..Anehkaa ehkkala zareena………………SAna ah dhera gotheh nahadhahchey….And I’m the first :-* 😀

    1. Ahmed Ammu says:
      December 26, 2015 at 9:19 pm

      Thank You Munko1234. Yeah you are first to comment. 😀 Sana ah vaagotheh balamaa. Next part ga ingeyne 🙂

  2. Eyesh says:
    December 26, 2015 at 10:05 pm

    Wow ? v v v reethi mi part ves. U r the best ingey ?? avahah next part upload kohdhehchey ingey plx . I lurrv mi story

    1. Ahmed Ammu says:
      December 26, 2015 at 10:32 pm

      Thank You Eyesh 😉

  3. sweety says:
    December 26, 2015 at 10:22 pm

    V reethi mi storie.. ekam haadha lahey up vaaleh… thankolhe avaha up kohdhey bala plx…

    1. Ahmed Ammu says:
      December 26, 2015 at 10:35 pm

      Thank You Sweety. 🙂 2 days fahun mi upload kuree. las tha? 🙂

  4. Kai says:
    December 26, 2015 at 10:38 pm

    Wow awesomeness 😛 😛 I love this story 😀 😀 😀 hmm e boring xareena dw 😉 when is the next prt

    1. Ahmed Ammu says:
      December 26, 2015 at 11:55 pm

      Thank You Kai. Iraadha kurehviyya v avahah up kohdheynan

  5. mice says:
    December 26, 2015 at 10:54 pm

    varah varah reethi mibai vexx……….. nxt prt avaha up kodheathi plx…………

    1. Ahmed Ammu says:
      December 26, 2015 at 11:56 pm

      Thank You mice. Iraadha kurehviyya v avahah up kohdheynan

  6. Lana says:
    December 26, 2015 at 11:44 pm

    vaahaka varah reethi and interesting.. but kiyaalan undhagoo vey liyefa inna gothun baeh words.. aamukoh alifu sukunq innan jehey thanthaa aabaafili beynun koffa.. misaalakah bunegenneynu.. jeheyneynu.. ethankolhu rangalhu kollanikoh best 🙂

    1. Ahmed Ammu says:
      December 26, 2015 at 11:57 pm

      Thank You Lana. Dhen faharakun ran’galhu kollaanan ingey. ?

  7. aathi says:
    December 27, 2015 at 7:34 am

    Mi part vx vrh rythi.. waiting for nxt part 😉

    1. Ahmed Ammu says:
      December 27, 2015 at 8:55 pm

      Thank You aathi. Iraadha kurehviyya varah avahah up kohdheynan

Comments are closed.

All Right Reserved!