Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ދެވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 5, 2015 6 Mins Read
24 Comments

ސަނާ އަދިވެސް އެއިންގޮތަށް ގޮނޑީގައި އިނެވެ. އެވަގުތު ދޮރު ހުޅުވާލުމަށް ފަހު ފާތުމަ ގޭތެރެއަށް ވަނެވެ. “ހާދަ ހިނިއައިއްސަ؟ ފާތުމަ އެހެންބުނި އަޑު ކޮޓަރިތެރޭ ހުރި މޫސައަށް އިވި ލާނެއް ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިވެގަތެވެ. “އާނ! މީ…. ކަމެއްނުވޭ. މަރީނާ އާ ގަންނަ ގޮތްވިއެވެ. ފާތުމަ ހިނިގަނޑެއް ޖަހާލުމަށްފަހު އަވަސް ކޮށްލައިގެން ގެއަށްދިއުމަށް ބުނީ އަނދިރިވެފައި އޮތުމުންނެވެ. އަވަހަށް ތައްޔާރު ވެލުމަށްފަހު ސަނާ ގޮވައިގެން މަރީނާ ގެއަށްދާން ނުކުތުމުން ފާތުމަ ދޮރުލައްޕާ ތަޅުލިއެވެ.
ނިދަން އޮތް އިރުވެސް މަރީނާ އަށް ވިސްނެނީ މޫސައާއި ދޭތެރޭގައެވެ. މޫސަގެ އެ ފިރިހެން ވަންތަ ބައިމަތިފުޅާ ހަށިގަނޑު ފެނި  ކޮންމެ އަންހެނެއްގެ ހިތުގެ ތެޅުން އަވަސް ވެގެން ދާނެކަން ޔަގީނޭ މަރީނާގެ ހިތަށް އެރިއެވެ. މަރީނާ އަށްވެސްވީ ހަމަ އެކަހަލަ ގޮތެކެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މަރީނާގެ ސިކުނޑިއަށް ވިސްނި ކައިރީގައި އޮތް ސަނާގެ ކޮލުގައި ބޮސްދިނުމަށްފަހު ލޯ މަރާލިއެވެ.

 

*** *** ***

 

ކޮޓަރި ތެރޭގައި ފަނޑު އަލިކަމެއް ހުއްޓެވެ. މަޑުމަޑުން މޫސަގެ އަތުގެ އިނގިލިތަށް މަރީނާގެ ކަނދުރާއިން ފެށިގެން ތިރިއަށް ފަތުރު ކުރަން ފެށިއެވެ. މޫސަގެ އެ އެދުންތަކަށް މަރީނާ އަށް ބޯލެނބެން ފެށުނީ ބޭ އިޚްތިޔާރުގައެވެ. އެއީ މަރީނާ ވެސް އެ ބީހުންތަކަށް އެދި އެދި ހުރުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ކެތްނުކުރެވި މޫސަގެ ގައިގައި ބާރަށް ބައްދާ ލެވުނެވެ. ދެމީހުންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ލޯބީގެ ފޮނި މީރުކަން ހާސިލް ކުރަމުން ދިޔަ ވަގުތު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ފާތުމަ ފެނި މަރީނާ ދެލޯ ބޮޑުވެގެން ގޮސް މޫސަ ދުރަށް ކޮށްޕާލައި ހެދުން ނަގައި މޭމަތީގައި އެޅުނެވެ. ފާތުމަ އައިގޮތަށް އައިސް މަރީނާގެ މޫނުމަތީގައި ޖެހުމަށް އަތް މަޅާލި ވަގުތު ސިހިފައި ހޭލެވުނީ ސަނާ މަރީނާގެ މޫނުގައި މަޑުމަޑުން ތަޅަމުން ދަނިކޮށެވެ.

ބިރެއްފެނި އިންހެން ސަނާގެ މޫނަށް ބަލަހައްޓައިގެން މަރީނާ އަށް އިނދެވުނެވެ. އޭރު ވަނީ މީހާ ދާހިއްލާ ފޯވެފައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިތްހަމަ ޖައްސާލީ އެއީ ހުވަފެނަކަށް ވުމުންނެވެ.  އަވަސް ކޮށްލައިގެން ދެމައިން ހިނގައިގަތީ ވަޒީފާ އަދާ ކުރުމަށްޓަކައި މޫސަ މެން ގެއަށް ދިއުމަށެވެ.

 

ދޮރުހުޅުވާލުމާއި އެކު މޫސަ ފެނުމުން ލަދުން އިސް ދަށަށް ޖަޙާލެވުނެވެ. ފާތުމަ ގާތު ފިހާރަ ދޮށަށް ދަނީކަމަށް ބުނެ މޫސަ ގެއިން ނުކުންނަން ހިނގައިގަތީ މަރީނާ އާއި ދިމާއަށް ބަލާވެސް ނުލައެވެ. މޫސަ ދިއުމުން މަރީނާ ގޭތެރޭގެ ކަންތަކައިގެން އަވަދި ނެތި އުޅުނެވެ.

 

ފަހުން ފަހުން އައިސް މަރީނާއަށް އަބަދުވެސް ހުރެވެނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ކުރިން އިރުއޮށްސޭ އިރަށް ގެޔަށްދާ މަރީނާ މިހާރު ގެއަށްދާއިރު ހުންނަނީ ގަޑިން ރޭގަނޑު 9 ޖަހާ ބޮޑުވެފައެވެ. އެކަމާ ފާތުމަގެ ހިތުގައި ސުވާލު އުފެދުނު ކަމުގައިވިޔަސް އެއްޗެއް ނުބުނަނީ އެއީ މަރީނާ މަސައްކަތް ކުރާހިތްވާލެއް ބޮޑުވެފައި ހުންނާތީ ވާ ގޮތެއް ކަމަށް ހީކޮށެވެ.

ނޭނގި ނަމަވެސް މަރީނާ ގެ ހިތުގައި މޫސަގެ މަށްޗަށް ލޯބި ޖެހެން ފަށައިފިއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މަރީނާ އާއި ދަރިފުޅު ސަނާ އާއި ދޭތެރޭ މޫސަ ބަހައްޓާ ގާތްގޮތުގެ ސަބަބުންނެވެ.

 

*** *** ***

ވިއްސާރަ ރެއެކެވެ. ސަނާ ނިންދަވާލުމަށް ފަހު މަރީނާ ނުކުތީ ދޮރުގައި މީހަކުޓަކިދޭ އަޑަށެވެ. ސުވާލު މާކު ތަކަކުން ހިތްފުރިފައި ވީކަމުގައި ވީނަމަވެސް ދޮރުހުޅުވާލީ ކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ. ތެމިފޯވެގެން މޫސަ އައިސް އެގޭގައި ހުރުމުން މަރީނާ ހައިރާން ވިއެވެ. “މޫސަ ކިހިނެތް ވީ މިގަޑީގައި؟ މާ ބޮޑު ކަމެއް ދިމާވީތަ؟ “ސުވާލު ކޮށް ކޮށް ހުއްޓައި ގޭ ތެރެއަށް ދެމިގަތީ މަރީނާ ކުރާ ސުވާލުތަކަށް ޖަވާބު ދިނުމެއް ނެތިއެވެ. މޫސަ ވަނުމުން ބޭރު ތެރެއަށް ނަޒަރު ހިންގާލުމަށް ފަހު ދޮރު ލައްޕާ ތަޅުލައި އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. “މިއައީ މަސް ނިމުމާއި އެކު ނިމުނުމަހުގެ ލާރި ކޮޅު ހަވާލު ކޮށްލަން” މިހެން ބުނެ ބޮލުގައި ހުރި ފެންތަށް ބުރުވާލުމަށްފަހު ގޭތެރޭގައި ހުރި ގޮނޑީގައި އިށިއިނެވެ. ‘މާދަން ދަންދެން މަޑުކޮށްލިނަމަ އަދި މިއޮށް ވިއްސާރަރޭ މިހާލަސްވެފައި ހުއްޓައި ތިއައީ؟” މޫސަ އެހާ ލަސް ގަޑިއެއްގައި އެގެއަށް އައުމުން މަރީނާ ހުރީ ހާސްވެފައެވެ. “އަސްލު ނުކުތް އިރު ލަހެއްނުވެއޭ އައި މަގުމަތީ އާދަނުމެން ފެނިގެން ވާހަކަ ދައްކާލަން މަޑުކޮށްލެވުނީ. ވާހަކައިގަ ހުރި ވަރުން ހަނދާންވެސް ނެތިފަ ހުއްޓައި ވާރެ އޮއްސާލިތަނާ ހަނދާންވީ މިލާރި ކޮޅު ހަވާލުކުރަން ނުކުތްމީހާކަން މީ. ދެން ހިތަށް އެރީ މަރީނާ ވަރަށް ދަތިކޮންނޭ މިދުވަސްކޮޅު އުޅޭނީ ލާރިއެއް އަތުގައި ނެތީމައި. އެހެންވެ ތެމުނަސް ހެޔޮކަމަށް އައީ” ހީކަރުވާފައި ހުރުމުގެ ސަބަބުން ތުރުތުރު ލާފައިވައި އަޑަކުން މޫސަ ވާހަކަ ދެއްކިއެވެ. ދުވަހަކުވެސް މަރީނާ އާއި ދޭތެރޭ މޫސަ އެވަރަށް ވިސްނައިދާނެ ކަމަކަށް މަރީނާ ހިއެއް ނުކުރެއެވެ. އެކަމާ މަރީނާ ވީ އުފަލުން ޝުކުރު އަދާ ކުރުމަށްފަހު ކޮތަޅަކަށް ލާފައިވާ ލާރިކޮޅުގައި ހިފައި މިއަންނަނީ ކަމަށް ބުނެދިޔައީ ކުޑައެއް ހިފައިގެން ބަދިގެއާއި ދިމާއަށެވެ.

 

ހޫނު ސައިތައްޓަކާއި ބިސްކޯދުކޮޅެއް ހިފައިގެން މަރީނާ އައިސް ގޭތެރެއަށް ވަތް އިރު މޫސަ ހުރީ ލައިގެން ހުރި ތެތް ޓީޝާޓް ބާލައި އޭގައިން ފެންފެލާށެވެ. ދޮރު ލައްޕާ ލުމަށްފަހު އިސް ދަށަށް ޖަހައިގެން ހުރެ މަރީނާ އައިސް ސައިތައްޓާއި ބިސްކޯދުކޮޅު ގޮނޑިމަތީ ބެހެއްޓުމަށްފަހު ފުރަގަސްދިނެވެ.

 

މަޑު ހިނގުމެއްގައި މޫސަ އައިސް މަރީނާގެ ކައިރީގައި މޫސަގެ ހޫނު ނޭވާ ޖެޙޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލައިގެން ހުރިއިރު މަރީނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރެވެން ފެށިއެވެ. އެކަމަކު މަރީނާ އަމިއްލަ ނަފްސުގެ މަށްޗަށް ބާރުފޯރުވައި ފާތުމަ ކޮބައިތޯ ސުވާލު ކޮށްލެވުނީ ހާސްވެފައި ހުރިލެތް ބޮޑުކަމުންނެވެ. ފާތުމަ ހޯދަނީ ކީއްކުރަން؟ ނެތް މީސްމީހުންގެ ވާހަކަ ނުދައްކާ. އެހެންބުނެ ނިމުނުއިރު މަރީނާގެ ފަހަތުން މޫސަ ބައްދާލިއެވެ. މޫސަގެ އެތެތް ހަށިގަނޑު މަރީނާގެ ގައިގައި ޖެހި މުޅި މީހާ ފިނިވެގެން ގޮސް ހިއްސުތަށް ކޮޅަށްޖެހިގެންދިޔައެވެ. މަޑުމަޑުން މޫސަގެ ތެމިފައިވާ އަތުން ބީހެމުން މަރީނާގެ ކަނދުރާއިން ފެށިގެން ތިރިއަށްގޮސް މަރީނާގެ ހެދުމުގެ ކަރުވަޅު ތެރެއަށް ވަދެގެން ދާން އުޅުނު އަތުގައި ހިފަހައްޓާލައި މޫސަގެ އަތްފޮޅާލައި ދުރަށް ޖެހިލިއެވެ. “ކޮބާ މައްސަލައަކީ؟ އަހަރެންނާ ގަޔާ ނުވަނީތަ؟ އަހަރެންނަށް އިނގޭ މަރީނާ އަހަރެންދެކެ ލޯބިވާ ކަންވެސް ހަމަ އެފަދައިން އަހަރެންވެސް މަރީނާދެކެ ވަރަށް ލޯބިވޭ. މަރީނާ އަހަރެން ދެކެ ލޯބި ނުވެޔޭ ބުނެފިއްޔާ އެވާނީ ދޮގަކަށް. ވަރަށް ޔަގީން ކަމާއި އެކު މޫސަ އެހެން ބުނެ މަރީނާގެ ކައިރިއަށް އައިސް މަރީނާގެ އަތުގައި ހިފާލިއެވެ. އެވަގުތު ޖަހާލި ބާރުގަދަ ގުގުރީގެ އަޑާއި އެކު މަރީނާ މޫސަގެ ގައިގައި ބައްދާލިއެވެ. މަރީނާ އަތްދަނޑި މައްޗަށް ލައިގެން ގޮސް ސަނާ ނިދާފައި އޮތް ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރީގެ ދޮރުހުޅުވާލައި ކޮޓަރިތެރެއަށް މޫސަ ނަޒަރު ހިންގާލިއެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ އެ ކޮޓަރީގައި ހެޔޮވަރު ވަރެއްގެ އެނދަކާއި އަލަމާރިއެއް ހުއްޓެވެ. ކޮޓަރީގެ ތަޅުމުގައި އަޅާފައިވާ ތަރުފާލުގެ ދެތިން ތަނަކުން ފޫގޮސްފައިވާ ތަނުގައި ހުރީ ޓޭޕް އަޅާ ބައްދާފައެވެ. އަދި ކޮޓަރީގައި ހުރި ދަނޑި އެއްގައި ފިރިހެނެއްގެ މުންޑު އޮތުމުން އެއީ މަރީނާ އާއި އިބްރާހިމް އުޅުނު ކޮޓަރި ކަން މޫސަގެ ސިކުނޑިއަށް ނަގައި ގަންނަން ފަޅި ސިކުންތެއްވެސް ނުނެގިއެވެ.  ކޮޓަރިއަށް ވަދެ އެނދުމަތީ މަރީނައި ބާއްވާލިއެވެ. ލޯބީގެ ފޮނި މީރުކަން ދެމީހުންގެ ދޭތެރޭގައި ހިއްސާ ކުރެވިގެން ދިޔައީ ވެހެމުން ދިޔަ ވާރެއިން ދުނިޔެމައްޗަށް ވެރިކުރުވާފައިވައި ފިނިކަމުގެ ސަބަބުން ހޫނުކަން އިހްސާސް ކުރަމުންންވެ.

 

*** *** ***

 

“އަހަރެންނަށް މަރީނާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ވަރަށް ކަމުދޭ އެކަމަކު އޭރު މަރީނާ އުޅެނީ އިބްރާހިމް އާއި އިނދެގެން. އެހެންވެ ތި ދެމަފިރިން ދޭތެރެއަށް ނުވަންނަން ވެގެން އަހަރެން ފާތުމައާއި އިނީ. މަރީނާ އާއި އިންނަން ވެސް ބޭނުން އެކަމަކު އަހަރެން ބޭނުމެއް ނޫން އަހަރެން މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ މަރީނާ އާއި އިންނާކަށް. ވަރަށް އަވަހަށް ފާތުމަ ވަރި ކޮށްލާފައި މަރީނާ އާއި އިންނާނަން.  އަހަރެން މިހުރިހާއި ދުވަހުވެސް މިވާހަކަ ނުދައްކާ މިހުންނަނީ މަރީނާ އަށް އަހަރެން ދެކެ ލޯބިވެވުނު ދުވަހަކުން މިވާހަކަ ބުނަން ބޭނުންވާތީ. އެހެންވެ އަހަރެންގެ ގެއިން މަރީނާ އަށް ވަޒީފާ ހަމަޖައްސްދިނީވެސް” ހުށިޔާރު ކަމާއި އެކު މަރީނާގެ ސިކުނޑި އާއި ކުޅެމުން މޫސަ ދިޔައީ އަދިވެސް އެ އެދުންތަކަށް މޫސަ ބޭނުންވެފައި ވާލެއް ބޮޑުކަމުންނެވެ. “އޭރުން ފާރުމައަށް ކިހިނެތް ވާނީ؟ މަރީނާ ސުވާލު ކޮށްލީ ދެންވެދާނެ ގޮތަކާއި ދޭތެރޭ ވިސްނާލާފައެވެ. ހެހެ! ފާތުމަ ދޯ؟ އޭނަ ހިނގައިދާނޭނުން ވަރިކޮށްލީމަ. އެހެންނޫނަސް މާނާޅާ ގަހެއްގެ ހިޔަލުގެ ދަށުގައި ހުންނަން ބޭނުންވާނީ ކާކު؟ ގަހުގެ ބޭނުން ނެތް ތަނުގައި ޖެހިލާ ވައިރޯޅިއަކުން މީރުވަހެއްވެސް ނުދުވާނެ” އެހެން ބުނެ މޫސަ އެއޮތްގޮތަށް އޮވެ މަރީނާގެ ދަތްދޮޅީގައި ހިފާ ހިއްލާލައި މޫސައާއި ދިމާއަށް އަނބުރާލިއެވެ. ގަތް ލަދުން މޫސަގެ މޭމެ ތެރޭގައި މަރީނާގެ މޫނު ފޮރުވާލިއެވެ. “އެކަމަކު ފާތުމައަށް އެވަރުގެ ދެރައެއް ދޭންވާނެ ހެއްޔެވެ؟ އެހާ މާތް އަންހެނަކު އަހަރެން ކަހަލަ މީހަކާ އަރާ އަރަފޯދިގެން ނުވެއެވެ.” އެހެން އޮވެ މަރީނާ އަށް ފާތުމައާއި ދޭތެރޭ ހަމްދަރުދީ އުފެދުމުން ފާތުމަ ދެކެ ރުޅިއަންނަ ގޮތްވިއެއް ކަމަކު ފާތުމައާއި ދިމާއަށް މޫސަ ކުރި މަލާމާތުގެ މަތިން ހަނދާންވެ ހިނިއަންނަ ގޮތްވިއެއެވެ.

 

މަރީނާ އާއި މޫސަގެ ސިއްރު ގުޅުން ކުރިއަށްދާތާ 3 މަސް ދުވަހުގެ ތެރޭގައި މަރީނާ ބަލިވެ އިނދެއްޖެއެވެ. ގޮތް ހުސްވެފައިން މަރީނާ ދިޔައީ ސަނާ ގޮވައިގެން މޫސަމެން ގެއަށެވެ. މަރީނާ ގޮސް ދޮރުހުޅުވާލި އިރު މޫސަ ގޭ ފެންޑާގައި ހުރި އުނދޯލީގައި މަޑު މަޑުން ހެއްލާލަ ހެއްލާލަ އިނެވެ. މަރީނާ ފެނުމާއި އެކު މޫސަ ތެދުވެ މަރީނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައި މަރީނާ ސަނާގެ އަތުން ދޫކޮށްލުމަށްފަހު ދުވެފައި ގޮސް މޫސަގެ ގައިގައި ބައްދާލިއެވެ. “އަހަރެން ބަނޑު ބޮޑު” މަރީނާ ރޮއެގަނެ އެހެން ބުންޏެވެ. އެވަގުވީ ފާތުމަ ޖޫސްތައްޓެއް ތަބަކަކަށް ލައިގެން ބޭރަތް ނުކުތް ވަގުތަށެވެ. އިވުނު އަޑާއި އެކު ފާތުމަގެ އަތުގައި ހުރި ތަބަށް ވެއްޓި ޖޫސްތަށި ތަޅައިގެން ދިޔަ އަޑަށް މަރީނާ މޫސަގެ ގައިން ދޫކޮށްލުމަށްފަހު ފަހަތް ބަލާލައި އިސްދަށަށް ޖަހާލިއެވެ.

 

“މަރީނާ ކީކޭ ތިކިޔަނީ؟ އައިގޮތަށް އައިސް އަހަރެންގެ ފިރިމީހާގެ ގައިގައި ބެއްދުމުގެ ކޮން ހައްގެއް ކަލެއަށް އޮތީ؟ ތިކަމާއި މޫސަ އާއި ހުރީ ކޮން ގުޅުމެއް؟  ކަލޭ ހަނދާން ނެތުނީތަ އެއީ ކަލޭގެ ސާހިބުމީހާ ކަން؟” ރުޅި އައިސްފައި ހުރެ އަޑުގެ ނެއްތަނަށް ފާތުމަ ހަޅޭ ލަވައި ގަތެވެ. ވަގުތުގެ ބޭނުން ހިފައި މޫސަވެސް ފާތުމައާއި ބައިވެރި ވެލިއެވެ. ” އާނ އެބުނާހެން ލަދެއް ހަޔާތެއްވެސް ނެތޭނުން. އަހަރެމެން މިހާ ރަނގަޅަށް ކަންތަށް ކޮށްދޭއިރު އަދި ބޮނޑި ބޮއެގެން އައިސް އެހެން މީހުންގެ ފިރިންގެ ގަޔަށް ލޮލަށް ބޮލަށް އެބަ އަރަޔޭނުން. ތި ވައްތަރަށް ނޫޅެވިދާނެތީ އޭނުން އަހަރެމެން ބުނީމަ މިގެއަށް ބަދަލުނުވީ. އަހަރެން އަޑު އެހީމޭ އެގެއަށް މީހުން ވައްދާ ވާހަކަ. އެކަމަކު ލޮލަށް ނުފެންނާތީ ގަބޫލު ކުރަންބޭނުން ނުވީ. އަދި ބުނެފިއޭނުން އިބްރާހިމް ކޮށްފައިވާ ވަސިއްޔަތަށް ކަމޭ ހިތުމުގެ ގޮތުންނޭ؟ ތިކަހަލަ ނިކަމެތިންނާ އަހަރެމެން އަރާ އަރަފޯދިގެންނެތް ނުވެޔޭ” އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދި ހުރެ މޫސަ ވެސް މަރީނާ އާއި ދިމާއަށް ހަޅޭލަވައި ގަތެވެ. މަރީނާގެ މެޔަށް ހީވީ ހޫނު ފެންއެޗެއް އަޅާލި ހެންނެވެ. އަދި އެދޭތެރެއަށް އިބްރާހިމްގެ ނަން އައުމުން އިތުރަށް މަރީނާ ދެރަވިއެވެ.  “އަހަރެންގެ ބަނޑުގައި މިވާ ދަރިއަކީ މޫސަގެ ދަރިއެއް” ރޮމުން ގިސްލަމުން މަރީނާ ވާހަކަ ދެއްކިއެވެ. ފާތުމަގެ ދެކަންފަތް މަތީ އަތް އަޅައި ތިވާހަކަތަށް އަޑުއަހަން ބޭނުން ނޫންކަމަށް ބުނެ މަރީނާ ކައިރިން އެގެއިން ނުކުތުމަށް އަމުރު ކުރިއެވެ.

 

ގޮތާ ހުސްވެފައިވާ މަރީނާ ދަރިފުޅު ސަނާ ގޮވައިގެން ގެއިން ނުކުތުމަށް ހިނގައި ގަނެ މޫސަ އާއި ދިމާއަށް ބަލާލީ ކަރުނުން ފުރިގެންވާ ލޮލަކުންނެވެ. ނުލަފާ ވައްތަރަކަށް ހީލުމަށްފަހު މޫސަ ގޭތެރެއަށް ވަދެގެން ދިޔައެވެ. ވާނުވާ ނޭނގިފައި ސަނާ ހުރީ މަރީނާގެ މޫނަށް ބަލަހައްޓައިގެން އާގަމަ ވެފައެވެ.

 

“މޫސާ އެއީ ތެދެއްތަ؟ މޫސައާއި ޖެހިގެން އިންގޮނޑީގައި އިށީ އިނުމަށް ފަހު  ފާތުމަ ސުވާލު ކޮށްލިއިރު ފާތުމަގެ އަޑު ކިރިޔާ ކިރިޔާ ބޭރުވާކަމެވެ. “ފާތުމައަށް ހީވޭތަ ފާތުމަ ނޫން އެހެން އަންހެނަކާއި ދިމާއަށް އަހަރެން އިނިޔަތުން ބަލާދާނެހެން؟ އެހެން ނޫނަސް އަހަރެން އެގޮތަށް އުޅެންޏާ އުޅޭނީ އިއްޔެއަކު މިއަދަކު ނޫނޭނުން ފާތުމައަށް ކުދިން ނުލިބޭކަން އެނގި ހުރެވެސް އަހަރެން ފާތުމައާއި އެކު މިއުޅެނީ ފާތުމަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން. ޤަބޫލު ކުރޭ ފާތުމާ” އެވަގުތު މޫސަގެ މޭމަތީގައި ފާތުމަގެ މޫނު ފޮރުވާލިއެވެ. އޭރުވެސް ފާތުމައަށްދަނީ ގިސްލެވެމުންނެވެ. “ފަޤީރު ނިކަމެއްޗަކަށް ރަނގަޅަކަށް ކަމެއް ކޮށްދިނަސް އެމީހުން  ބަލާނީ އަހަރެމެންގެ ފަރާތުން ފައިދާއެއް ނެގޭތޯ” މިކަހަލަ ތަފާތުވާހަކަ ތަކުން ފާތުމަގެ ސިކުނޑި މޫސަ އަނބުރާލީ ނުހަނު ހުށިޔާރު ކަމާއި އެކުއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ކިއާރާ

Next

މިލަހަނދުވަރު (3)

Next
December 5, 2015

މިލަހަނދުވަރު (3)

Previews
December 5, 2015

ކިއާރާ

24 Comments!

  1. foohi says:
    December 5, 2015 at 3:18 am

    woww salhi. Ithifaageh. but salhi v vs.

    1. Ahmed Ammu says:
      December 5, 2015 at 5:23 am

      Thank You foohi.

  2. Shaa says:
    December 5, 2015 at 7:00 am

    Varah reethi mi part ves… Dhn kon dhuvahakun tha next part up vaany?? Avahah up kohla dhehchey… ????

    1. Ahmed Ammu says:
      December 5, 2015 at 8:08 am

      Thank You Shaa. Iraadha kurehviyya mirey. ?

  3. mmmmmm, says:
    December 5, 2015 at 8:21 am

    Mi story ga beynun kohfaa vaa name thakaky real name thakehtha? Story haadha kurey… anyways story v nice……….kon dhuvahakun nxt part up koh dheyny……..keep it up my dear…

    1. Ahmed Ammu says:
      December 5, 2015 at 12:31 pm

      Aslu name thakeh noon. Iraadha kurehviyya Mirey up koh dheynan. Thank you

  4. Eyesh says:
    December 5, 2015 at 10:14 am

    V v v v reethi… sifakohdhey goi hama v habeys ? love this story. Waiting for the next part ingey ?

    1. Ahmed Ammu says:
      December 5, 2015 at 12:32 pm

      Thank You besty ?

  5. sadhaaa says:
    December 5, 2015 at 10:41 am

    Varah varah reethi ?☺

    1. Ahmed Ammu says:
      December 5, 2015 at 12:32 pm

      Thank you ?

  6. aisher says:
    December 5, 2015 at 12:34 pm

    nice!! when next part?

    1. Ahmed Ammu says:
      December 5, 2015 at 2:25 pm

      Thank you.
      Iraadha kurehviyya Mirey.

  7. alya says:
    December 5, 2015 at 4:33 pm

    Esfiya site heevany Mi eyesh aa ammu ge maa folhuvaa than hen! Abadhuves besty veffa dhen hama vaahaka reechey bunelyma nimunee ! Kommehen besty vegen gulheyne kameh neiy ! Ingey thi dhemeehun loabeege gothun gulhaigen ulhunas public ah thihaa dhekken ulhen nujeheykan!!!aamukoh mashakee mihen comment koh ulhey meeheh noon ekamaku hama bolah nukulha dhaanehaa varah eba besty aa hedhe!!!

  8. reekko says:
    December 5, 2015 at 4:55 pm

    j viyas dhn bodu varu…:-P

  9. alya says:
    December 5, 2015 at 6:12 pm

    Reeko nujeheyne beheykah

  10. santhi says:
    December 5, 2015 at 6:43 pm

    Keke hama besty best kamakah noooneyy vaanuvaa neygey meehun ekahala ehchehi kiyaaane alhaalaa ehcheh nun mi part vz v salhi 🙂

    1. Ahmed Ammu says:
      December 5, 2015 at 7:02 pm

      Thank you ???

  11. saara says:
    December 5, 2015 at 9:06 pm

    Haadha salhi eyy storyy!!! Mivaruge stry eh dhuvhku vx nukiyan ! Haadha reechey! Mihaaru hama keh madhu vefa mihiry

  12. saara says:
    December 5, 2015 at 9:07 pm

    Haadha salhi eyy storyy!!! Mivaruge stry eh dhuvhku vx nukiyan ! Haadha reechey! Mihaaru hama keh madhu vefa mihury

    1. Ahmed Ammu says:
      December 5, 2015 at 10:42 pm

      Thank You ☺. Iraadha kurehviyya Daily koh up kohdhemun dhaanan

  13. nuhnu says:
    December 5, 2015 at 9:21 pm

    Vrh vrh reethi…alya take chill pill…lol

    1. Ahmed Ammu says:
      December 5, 2015 at 10:41 pm

      Thank you ☺

  14. Lol says:
    December 6, 2015 at 11:46 pm

    Magey alya yaa ekkolhu. Masha hama majalee.. hehehe alya bestie 🙂

  15. Hajja says:
    January 9, 2016 at 3:22 pm

    Varah reethi hama habeys

Comments are closed.

Next Episodeމިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)←


All Right Reserved!