Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

މަންމަވެސް ލޯބިވަން ދޯއެވެ؟؟

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
January 1, 2016 4 Mins Read
41 Comments

 

ލޯބިވާ މަންމާއެވެ. މީހުންބުނެއުޅެއެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަދަށުގައެވެ. މަންމާއެވެ.! މަންމަގެ ފައިން އަހަރެންގެ ގައިގައި ޖަހަނީ އެހެންވެގެން ދެއްތޯއެވެ؟ މަންމަ އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ހާމަވެގެން ދިޔައީ މަންމަގެ އެ ހަރަކާތުންނެވެ. އަހަރެންގެ ޅަ ސިކުނޑިން އަހަރެންނަށް ވިސްނުނު އެއްޗަކީ އެއީވެ. މަންމަ އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެންނަށް ފައި އިސްކުރާކަމެވެ. ވަރަށް ތަދުވިއެއްކަމަކު އަހަރެން ކެތް ކޮށްލަނީ މީހުން އެބުނާ ބަސް އަހަންނަށް ޔަޤީންކުރެވޭތީއެވެ. އެހެނީ މަންމައަކު އަމިއްލަ ބަނޑުއަޅާ ވިހޭ ދަރިއަކަށް ފައި އިސްކުރަންވީ ފަހެ ކީއްވެހެއްޔެވެ؟ މަންމަ އަހަރެންނަށް ގޯސްކަމެއް ވުމަކަށް ނޭދޭނެކަން އަހަރެންނަށް އިނގެއެވެ.

މަންމާއެވެ. އަހަރެން މިދުނިޔޭގައި އުޅޭތާ އަދި މިވީ އެންމެ 3 އަހަރެވެ. ސިކުނޑިއަކަށް މާބޮޑު އެއްޗެއް ނުވިސްނުނު ކަމުގައިވިޔަސް އަހަރެންނަށް މަންމަ ކޮށްދޭ ކަންތަށް ރަނގަޅަށް އިނގެއެވެ. މަންމާއެވެ. އަހަރެންދެކެ ހަމަ އެހާވެސް ލޯބިވޭހެއްޔެވެ؟ އަހަރެން އެންމެ ދެރަވީ މަންމައާއި އެކު އުޅެ ބޮޑުވުމުގެ ފުރުސަތު ނުލިބުމުންނެވެ. މަންމަގެ ފައި ދަށުގައި އޮވެގެން ނަމަވެސް އަހަރެން ބޮޑުވާން ބޭނުންވިއެވެ. މަންމަ ގެ މޫނަށް ދުވަސްވާ ވަރަކަށް އަންނަ ބަދަލުތަށް ދެކިލަން ބޭނުންވިއެވެ. އަހަރެންގެ މި ކުޑަ ކުޑަ ހަށިގަނޑު ބިޔަވެ މަންމަ ފަދައިން ރީތި ޒުވާނަކަށް ވާތަން ދެކިލަން ބޭނުންވިއެވެ.  މަންމަގެ ހިދުމަތުގައި ރޭ ދުވާ ހޭދަކުރަން ބޭނުންވިއެވެ.

މަންމާއެވެ. އަހަރެން ކިތަންމެ ކުޑަ ދުވަސްކޮޅަކު އުޅެވުނު ކަމުގައިވިޔަސް އަހަރެން މަންމަ ދެކެ ވަރަށް ލޯބިވެއެވެ. މަންމަވެސް ލޯބިވާކަން އިނގެއެވެ. މަންމަ އެ ގޮތަށް އަހަރެންގައިގާ ޖަހާލިއަސް އަހަރެންނަށް ހީވަނީ މަންމަ ފިރުމާލީހެންނެވެ. މަންމާއެވެ. އަހަންނަކަށް ތަދެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގައި ނިޝާންތަށް ފެނެއެވެ. އެއީ މީހުން ބުނާކަހަލަ ލޯބީގެ ނިޝާންދޯއެވެ؟ އަހަރެން މަޑު މަޑުން އަޑެއްވެސް ލައްވައި ނުލައި އޮންނަނީ މަންމަ އަހަރެންދެކެ ތިވާ ލޯތްބެއް ފެނިފައި ބުނާނެ އެއްޗެއްވެސް ނޭނގިގެންނެވެ. މަންމަ ބޭބެމެންގައިގާ ތިހެން ނުޖަހަނީވެސް ކީއްވެގެންކަން އަހަންނަށް އިނގެއެވެ. ދޮންބެމެންނަށް ވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާތީއެވެ. ދޮންބެމެން މަންމަގެ ފައިތިލަ ދަށުން ސުވަރުގެ ލިބުމަށް މަންމަގެ ރުހުން ހޯދަން މަސައްކަތްކުރަން ޖެހުނަސް އަހަރެން ކައިރިއަށް މަންމަ އަންނަނީ މަންމަގެ ފައިތިލަ ހިފައިގެންނެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފަލުން ފޮޅެލައެވެ. ހަށިގަނޑުގައި ހުރި ޒަހަމްތަށް ފިލުވާލައި ކަހަލައެވެ.

މަންމަ ފައިން އަހަރެންގެ މޭގައި ދެތިން ފަހަރު ޖަހާލާއިރު އެ ލިބޭ އަރާމެއް އެހެން މީހަކަށް ނުލިބޭނެއެވެ. އެހެން ކުއްޖެއްނަމަ ރޯން ފަށާނެކަން ޔަޤީނެވެ. ނަމަވެސް އަހަރެން ނުރޮމެވެ. އަހަރެން އެހާވެސް މަންމަ ދެކެ ލޯބިވެއެވެ. ނަމަވެސް މަންމާއެވެ. އަހަރެންގެ މީ ފަހު ދުވަހެވެ. ދައްކާ ފަހު ވާހަކަތަކެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އޮތް ކުދި ކުދި ޝަކުވާކޮޅެއް ހާމަކޮށްލާނަމެވެ. ނަމަވެސް މަންމަ ހާސްނުވަންޗެވެ. އަހަރެން ހިތް ބަރެއް ނުކުރަމެވެ. މަންމައަށް އަހަރެންނަށް ވާ އިހްސާސް ހާމަކޮށްލަން ބޭނުންވީއެވެ. މަންމާއެވެ. ދެރަނުވަންޗެވެ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވެއެވެ. މިކަހަލަ ކުދި ކުދި ޝަކުވާ ހުއްޓަކަސް އަހަރެން މިވާ ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެއެވެ.

މަންމައަށް އިނގޭހެއްޔެވެ؟ ބައެއްފަހަރު އަހަރެންނަށް ވަރަށް ވަރަށް ތަދުވެއެވެ. މަޑުން އޮތެއް ކަމަކު ކުޑަ ކުޑަ ހިތުގަޔާއި މި ކުޑަ ކުޑަ ހަށިގަނޑުަގައި އަޅާވޭން ހަމަ އިނގޭނީ އަހަންނަކަށް ނޫންހެއްޔެވެ. ކެތްކޮށްލައިގެން ހިތަށް ހަމަޖެހުން ހޯދަނީ މަންމަ އަހަރެންދެކެ ލޯބިވޭ އެތަކެއްފަހަރު ބުނަމުންނެވެ. ބޭބެމެންނަށް ވުރެވެސް ލޯބިވާކަން ބުނަމުންނެވެ. އެހެންނޫންނަމަ ބޭބެމެންވެސް އުޅޭނީ މިހެންނެއްނޫންހެއްޔެވެ؟ އަހަރެންގެ ޅަ ސިކުނޑި ބުނެދިނީ އެހެންނެވެ. އަހަރެންގެ ސިކުނޑިއަށްވެސް އަދި ހިތަށްވެސް މަންމައާއި ދޭތެރޭ ގޯސް އެއްޗެއް ވިސްނިއަކަވެސް ހިތަށް އެރުވިއަކަވެސް ނުދެމެވެ. މިފަދަ ބަސްތަކުން އަހަރެން ލުއި ކަމެއް ހޯދަމެވެ.

މަންމާއެވެ. އަހަރެން ވެސް މަންމަގެ ކައިރީގައި އިނދެގެން މަންމަގެ އަތުން ކާލަން ބޭނުންވެއެވެ. މަންމަ އަތުން ކޭމާ ވަރަށް މީރޭ ބޭބެމެން ބުނަނީ އަހަރެންކުރިމަތީގައެވެ. އަހަރެންވެސް އެ މީރުކަން ބަލާލަން ބޭނުމެވެ. މަންމަ އަތުން ކާލަން ބޭނުމެވެ. މަންމާއެވެ. އަހަންނަށް އެގޮތަށް ކާން ނުދެނީ ކީއްވެހެއްޔެވެ؟ ބޭބެމެން ކައިރީގައި މަންމަ އިނދެގެން ފިރުމަ ފިރުމާފައި ލަވާ ވަގުތު އަހަރެން ދުރުގައި ވަކިން ގޮނޑިއެއްގައި ކާން އިންނަތަން މަންމައަށް ނުފެންނަނީ ދޯއެވެ؟ ފެނުނު ނަމަ އަހަރެންނަށް މަންމައަތުން ކާންދޭނެއެވެ. މަންމަގެ ތި ދެއަތުން ބޮލުގައި ފިރުމާލައިފައި ކެއީތީ ބަސްއަހާ ކުއްޖެކޭ ބުނާނެއެވެ. އަހަރެންގެ ލޮލުން ބައެއް ފަހަރު ފެން އާދެއެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. މަންމައާއި އެކު ކާލަން ބޭނުންވެފައި ވާވަރުން ކަންނޭނގެއެވެ.

މަންމާއެވެ. އަހަރެންވެސް ރީތި ހެދުން ބޭނުންވެއެވެ. އަހަރެން ކުރިމަތީ ބޭބެމެން ރީތި އެއްޗެހި ލައްވައިގެން މަންމަ ރީތިކޮށްފައި ފޮނުވާލާއިރު އަހަރެން ދުރުގައި ހުންނަނީ ސޮނި ވެއްޓިފައެވެ. ލައިގެން ހުރި ރޫ ޖެހި ކިލާ އުނގުޅިފައިވާ ގަމިހަށް ބަލާލާ އިސްތަށިގަނޑުގައި އަތްލެވެނީ އެހެންވެގެންނެވެ. މަންމާއެވެ. އަހަރެން އެ ގޮތަށް ރީތި ނުކުރަނީ ކީއްވެހެއްޔެވެ؟ މަންމާއެވެ. އަހަރެން ވެސް އެ ގޮތަށް މަންމަގެ އަތުން ރީތިވެލަން ބޭނުންވެއެވެ. “މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ” ބުނާ އަޑު އަހާލަން ބޭނުމެވެ. މަންމާއެވެ. މަންމަ ބޭބެމެން ރީތިކޮށްދީ ހަދަނީ ބޭބެމެން އަހަރެން ހުންނަހެން މަޑުން ނުހުންނާތީދޯއެވެ. ކެތް ކުރަން ނޭނގޭތީދޯއެވެ. އެހެން ނޫންނަމަ މަންމައަކު ދަރިއެއް މިހާލުގައި ހަޑި އެއްޗެހި ލައްވައިގެން ބެހެއްޓިސްހެއްޔެވެ؟ މިވެސް މަންމަގެ ދަރިއެއްނޫންހެއްޔެވެ؟

މަންމާއެވެ. އަހަރެންވެސް މަންމަ ކައިރީގައި ރޭގަނޑުގެ އަރާމު ނިދި ނިދާލަން ބޭނުންވެއެވެ. މަންމަގެ އަތުގެ ހިމާޔަތްކަން ބޭނުންވެެއެވެ. ލޯބިން ނާނާއެއް ކިޔުއްވައިގެން ނިންދަވާލަން ބޭނުންވިއެވެ. ނަމަވެސް އަހަރެން އޮންނަން ޖެހޭނީ ބޭރުގައެވެ. އެކަނިމާ އެކަނި އެ އަނދިރި ފިނި ރޭތަށް ހޭދަކުރާ ވަގުތު އަހަރެންނަށް ވާ އިހްސާސް މަންމައަށް ނޭނގިދާނެއެވެ. އެވަގުތު އަހަރެންގެ ހިތަށް އަރަނީ މަންމަ އަހަރެންދެކެ ލޯތްބެއްނުވާކަމުގައެވެ. ނަމަވެސް އެއީ ދޮގެއް ދޯއެވެ؟ ކޮންމެވެސް ކަމެއް ދިމާވީ ދޯއެވެ. މަންމާއެވެ ބުނެބަލާށެވެ. އަހަރެންދެކެ ލޯބިވަންދޯއެވެ. ކަމެއް ދިމާވީމައި ނޫނީ އަހަރެން މިހާލުގައި މަންމައެއް ނުބާއްވާނެއެވެ. އެހެނީ އަހަރެންނަކީވެސް ހަމަ ތި ބަނޑުންވިހޭ މަންމަގެ ލެއެވެ. ހިތަށް އަރަމުންދާ އުދާސްތަށް ދުރުކޮށްލަނީ މަންމަ އަދި އެއްދުވަހުން އަހަރެން  ކައިރީގައި ބާއްވާނެކަމުގެ އުއްމީދުކުރަމުންނެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ނާނާ ކިޔާދޭނެކަން އިނގޭތީއެވެ. ހުރިހާކަމެއް ރަނގަޅުވުމުން މަންމަ އަހަރެން މި ބިރުވެރި ތަނުން ނެރޭނެކަން އިނގޭތީއެވެ. ސިކުނޑިއަށް އެ ހިޔާލް ކޮށްލުވަގުތު ލޮލަށް ސިފަވެސްވިއެވެ. އެއާއި އެކު އަހަރެންގެ ހިތް އެއްކޮންހެން ސާފުވިއެވެ. މަންމަ އާއި އެކު އަދި އޮތުމުން ކިހާ ވަރެއް ވާނެހެއްޔެވެ؟  އަހަރެން މަންމަ ކައިރި ބާއްވާނީ ކޮންއިރަކުން ހެއްޔެވެ؟ މަންމާއެވެ. އަހަރެން ކެތްމަދުވާންފެށިއެވެ. ކޮންމެ ރެއަކު އެކަނި ނިދަން ޖެހުމުން ކަންނޭނގެއެވެ. މަންމާއެވެ. ހާސްނުވާށެވެ. އަހަރެން މިހާރުވެސް މިއޮތީ އެކަނިންނެވެ. މިތަންވެސް ހަމަ އެހާ އަނދިރިއެވެ. ބިރުވެރިއެވެ.

މަންމާއެވެ. އަހަރެން އެންމެ އިންތިޒާރު ކުރި ދުވަހަކީ ލޯބިން މަންމަގެ ދޫނިގަނޑޭ ބުނާނެ ދުވަހަކަށެވެ. އަހަރެންގައިގާ ބައްދާލާނެ ދުވަހަކަށެެވެ. އެދުވަސް އަދި އަންނާނެ ކަމުގައި އަހަރެންނަށް ހީވިއެވެ.

މަންމައަށް އިނގޭހެއްޔެވެ؟ އަހަރެންނަށް ވަރަށް ރީތި ހުވަފެން ފެނެއެވެ. ފެންނަނީ އަހަންނާއި މަންމައެވެ. ރީތި ބޮޑު ގެއެއްގައި އުޅޭއިރު ކޮންމެ ވަގުތަކު މަންމަ އަހަރެން އުރުގައި ބައިންދާތަން ފެނެއެވެ. ރީތި ގަމިހާއި ޖިންސް ފަދަ އައު އެއްޗެހި ލައްވައިފައި ބަހައްޓާތަނެެވެ. ލޯބިން ދަރިފުޅާ އަވަހަށް ކާލާށޭ ބުނެ އަހަރެންނަށް ކާންދޭތަން ފެނެއެވެ. ރޭގަނޑުވުމުން މަޑު މަޑު އެނދެއްގައި މަންމަގެ މަގަތުގައި ބާއްވައިގެން ނާނާ ކިޔައިދޭތަނެވެ. އަހަރެންގެ ލޮލަށް ބަރުވެ ނިދޭތަނެވެ. އެ މަޑު އެނދުގައި އަހަންނަށް އޮށޯންނަން ފަސޭހަވާނެބާއޭ އަހަރެން ހިތަށް އެރިއެވެ. އެހެނީ އަހަރެން އަބަދުވެސް އޮންނަނީ ތަޅުންގަނޑުމަތީގައެވެ. އެއީ ހަރު އެއްޗެކެވެ. ނަމަވެސް މަންމަ ކައިރި އޮތުމުން ހުރިހާކަމެއް ފަސޭހަވާނޭ ހިތަށް އެރިއެވެ. އަދި އިނގޭހެއްޔެވެ؟ އަހަރެންނަށް ފެންނަނީ މަންމަ ލޯބިން އަހަރެން ގޮވައިގެން ހިނގާލަން ދާ މަންޒަރެވެ. ފެންނަހާ މީހަކަށް މީ އަހަރެންގެ ދަރިއޭ ބުނާ ތަނެވެ. އަހަރެން އުރާލައިގެން ގެންގުޅޭ ވަގުތު އަަހަރެންނާއި ސަމާސާ ކުރާ ތަނެވެ. ނުފެނުނީ އެންމެ ތަނެކެވެ. މަންމަ އަހަރެން ގައިގާ ޖަހާތަނެވެ. އެއީ ކީއްވެހެއްޔެވެ؟ މަންމަ އެކަންވެސް ކުރަނީ އަހަރެންނަށް ރަނގަޅަކަށް ނޫންހެއްޔެވެ؟

މަންމާއެވެ. އަހަރެން އެންމެ ބިރުގަންނަނީ މަންމަ އަހަންނާއި ދިމާލަށް ހަޅޭލަވައި ހަޑި އެއްޗެހި ކިޔާހެން ހީވާންފެށުމުންނެވެ. އަހަރެންގައިގާ ޖަހާލާ ވަގުތު އެ ބުނެލާ އެއްޗެހީގެ މާނަ ނޭނގުނަސް މަންމަ މޫނުމަތިން ފެންނަ އަސަރުން ހީވަނީ މަންމަ އަހަރެންދެކެ ރުޅިއައިސާ ހުރިހެންނެވެ. އަހަރެން ވަރަށް ބިރުގަނެއެވެ. މަންމާއެވެ. އަހަރެން ބިރުގަންނައިރުވެސް އެހެން ހަދަނީ ކީއްވެހެއްޔެވެ؟؟ މަންމަ ތިލަވަނީ ހަޅޭހެއްޔެވެ؟ މަންމަ ތިކިޔަނީ އެއްޗެހި ހެއްޔެވެ؟ ނޫންދޯއެވެ. އެއީ އަހަރެންގެ ޅަ ސިކުނޑިއަށް ހީވާ ހީވުމެއް ދޯއެވެ. މަންމައަކު މިހާ ކުޑަ ކުޑަ ކުއްޖެއް ދެކެ ރުޅިއަންނާނީ ކީއްކުރަންހެއްޔެވެ؟ އެހެންނޫނަސް އަހަރެންމީ ވަރަށް ބަސްއަހާކުއްޖެކެވެ. ޝަކުވާއެއް ނެތި އަހަރެން މަންމަ ހެދި ގޮތެއް ހެދެން އޮންނަނީ އެހެންވެއެވެ.

މަންމާއެވެ. އަހަރެން ރެއާއި ދުވާލު ހޭދަ ކުރަނީ މި ހުވަފެން ސީދާވާނެ ދުވަހަކަށެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. މަންމާއެވެ. އަހަރެންނަށް އެ ދުވަސް އަންނާނެ ކަމަށް ކެތް ކުރީމެވެ. ނަމަވެސް ތަޤުދީރު ވަނީ މުޅިން އެހެން ގޮތަކަށެވެ. އަހަރެން ހީކުރި ގޮތާއި ހިލާފަށް ކަންތައް ދިޔައެވެ. މަންމައާއި ދުރުވާން މަޖުބޫރުވިއެވެ. 3 އަހަރަށް ދެމިގެން ދިޔަ މި ހިތްގައިމު ވަގުތުކޮޅު މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. މަންމާއެވެ. ބޭބެމެން ދެކެ ވެސް ދެން ލޯބިވާށެވެ. އަހަރެންނެއް ދެނެއް ނުހުންނާނެއެވެ. މަންމާއެވެ. އަހަރެންދެކެ ކިތަންމެ ލޯބިވި ކަމުގައިވިޔަސް ބޭބެމެންނަކީވެސް ހަމަ މަންމަގެ ދަރިންނެވެ. އެމީހުން ކިހާ ދެރަވާނެހެއްޔެވެ؟ މަންމާއެވެ. ހާސްނުވާށެެވެ. އަހަރެން މިދަނީ މަންމައަށްޓަކައި ހިތްސާފުވެގެންނެވެ. ކޮންމެގޮތެއް ވިޔަސް ތީ އަހަރެންގެ މަންމައެވެ. އަހަރެން ވިހޭ މަންމައެވެ. އަހަރެން ދެކުނު ހުވަފެން ފުރިހަމަ ނުވިއެއްކަމަކު އަހަރެން ދެރައެއް ނުވެއެވެ. ދުނިޔޭގައި ހުރިހާ މޮޅެއް ނުލިބޭނެއެވެ. ހުރިހާ އުފަލެއް ނުލިބޭނެއެވެ. ނަމަވެސް މަންމާއެވެ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވެއެވެ. މަންމަވެސް ލޯބިވަންދޯއެވެ؟

 

 

އޯ މަގޭ މަންމާ މަންމާ އިވޭތޯއޭ…

މިހިތުގައި ހާދަހާ ރިހެއޭ….

ވުމުން މަހުރޫމް ދޭ ލޯބިން…

ހިތަށް ވޭނާއި ތުރާ ލިބެޔޭ…

މަންމާއޭ… މިހިތުގައި ތިޔަނަމާއި ތިޔަ ލޯބިވޭ..

-ނިމުނީ-

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފޮހެވޭނޭ ބާއޭ… 48

Next

ޝެރިން (32 ވަނަ ބައި)

Next
January 1, 2016

ޝެރިން (32 ވަނަ ބައި)

Previews
January 1, 2016

ފޮހެވޭނޭ ބާއޭ… 48

41 Comments!

  1. Ryn says:
    January 1, 2016 at 10:14 pm

    hey guys hre is a new stry i wrte jxt fr a lil baby who passd away lst year jan.. hwp he wil rst in pyc. miss u baby may b i dnt knw u bt stil ur in my hrt.. dedictd to u baby boy <3 thnks fr readin guys.. enjoy 😉

    1. raiya says:
      January 2, 2016 at 9:23 pm

      Ibthihaal right? I must say it’s really touching that made me cry v nice I feel pity for that boy ??

    2. Ryn says:
      January 2, 2016 at 9:39 pm

      aww sry rai…. thnks fr readin n yrh its ibthihaal.. 😉

  2. Kai says:
    January 1, 2016 at 10:35 pm

    Phn it’s such a emotional story 🙁 😀 I am crying I have a baby brother who is just 3 years old 🙂 kids at that age is so adorable 😛 I luv him more than my love but I doubt if that baby ge mom had a heart or not 😉 keep up the great fab wrk ryn 😀

    1. Kai says:
      January 1, 2016 at 10:36 pm

      Ooh*
      Life*
      And Kai first 😛 😛

    2. Ryn says:
      January 1, 2016 at 10:38 pm

      awww thnks kai.. evn i hve a niece hehehe yrh they r so awsm <3 hehhe me too… thnks ingey 😉 😉 n cngrts hehhe ur frst 😉

  3. nukko says:
    January 1, 2016 at 10:44 pm

    Alhey v dhera vejje…. may he rest in peace… 🙁 🙁 🙁
    Stry is so touching man… haadha molhey ryynooo…. v v rythi… hama habeyx 😛 😛
    Tc miss u… 🙂 🙂 🙂 😉 😉

    1. Ryn says:
      January 1, 2016 at 10:46 pm

      heheheh thnks nukko…. hehehe ladhu ganey 😛 😛 anyways thnks alt, tc mis u mre <3

  4. Immy says:
    January 1, 2016 at 10:54 pm

    vrhh touchin… vrhh reethi….. mi kahala ethah vaahakaeh ryn ge faraathun adhivx fennaane kamah ummeedhu krn 😉 😉
    miss u n luv u…. <3

    1. Ryn says:
      January 1, 2016 at 11:03 pm

      hheeh thnks immy… <3 thnks alt luv u mre miss u mre.. tc enjoy <3

  5. lai says:
    January 1, 2016 at 11:33 pm

    alheyyy .. e boy e ee ibthihaal tha ryn? hama rovihje :(:( .. sry v rythiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii . gud luck ryn .. bt seriously hama roveny 🙁

    1. Ryn says:
      January 1, 2016 at 11:50 pm

      heheh yrh… awww thnks laily thnks alt <3 enjoy 😉 😉 😉

  6. Misty says:
    January 1, 2016 at 11:54 pm

    Varah touching.. Hama rovihje ?

    1. Ryn says:
      January 1, 2016 at 11:55 pm

      thnks misty 😉

  7. mixu says:
    January 2, 2016 at 1:01 am

    Fabulous n v touching

    1. Ryn says:
      January 2, 2016 at 8:58 am

      thnks mixu 😉

  8. Pary says:
    January 2, 2016 at 9:13 am

    Wow.. salhi

    1. Ryn says:
      January 2, 2016 at 9:21 am

      thnks 😉 😉

  9. Lol ? says:
    January 2, 2016 at 9:27 am

    Hey laily aee lilly lai ah kiyaa ehcheh ryyn don’t copy…..

    1. Ryn says:
      January 2, 2016 at 9:39 am

      owhh ehnthr.. ehnvihya mi jehuny lai ah anehkaavx name eh hwdhaakah nu hehehe.. 😛

  10. maahish? says:
    January 2, 2016 at 11:12 am

    🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 ??vrh dheravehje..its so touching.
    Kyp it up ryn

    1. Ryn says:
      January 2, 2016 at 2:39 pm

      aww sry fr tht.. thnks fr readin 😉 😉

  11. rau says:
    January 2, 2016 at 12:05 pm

    ryn..ur awesome… 🙂
    v loabi.hama rovijje.ryn keehvetha ehaa molheeee:):)

    1. Ryn says:
      January 2, 2016 at 2:40 pm

      awww sry fr tht.. thnks fr readin…. aww thts so swyt of u 😉 😉 thnks ingey 😉

  12. ravupinky says:
    January 2, 2016 at 6:34 pm

    v v v reethi ryyn….and i really miss u…ryyn ah ingey tha ravu ryyn mathin miss vy maa ravu kiyany ryyn ge story HITHUGA MIVAA SOORA THEDHEY..e story….hehehee miss u ryyn..

    1. ravupinky says:
      January 2, 2016 at 6:36 pm

      i love that story…

    2. Ryn says:
      January 2, 2016 at 7:09 pm

      heyy thnks pinky.. awwww thts so swyt of u i miss u mre.. thnks alt dear 😉 😉 enjoy tc 😉

  13. Vahaka kiyaa kujjaa says:
    January 2, 2016 at 10:57 pm

    Ibthihaal maruvi dhuvas kolhu hama migothah oi liyumeh kiyun. M nt saying dat u copied.. bt i remenber reading something like this.. n mee story eh noon dhw aslu. Madulu waheedh bunaa gothah mee haasaru thakeh.. ekam vs reethi haasaru thakeh, asaru gadha. Liyun kolhu v best. Kuh madhu, kiyaalan faseyha.

    1. Ryn says:
      January 3, 2016 at 6:09 pm

      owhh… hehe. thnkx 😉 n ryn akah neynge bunaane ehcheh hehe anyways thnkx 😉

  14. Faxoo says:
    January 3, 2016 at 5:50 pm

    wawawa….. its sooooo emotional, i am crying right now!!! ?
    anyway, Ryyn varah varah molhu ingey MaShaAllah! ? dhen alhe kaaaaaaaaku tha ehaa kuda kujakah aniya kuraany! kids are so adorable! they are so kawaii!! ?
    anyway, Ryyn mihaarakah ais keevve tha sad stories liyany? hehe hama curious ingey 😉 Ryyn ehenya liyany varah majaa stories.. but its amazing how you brought this 😀 its a cute story Ryyn!! i just love it!

    1. Ryn says:
      January 3, 2016 at 6:11 pm

      hehehe sry faxu fr makin u cry.. alhey… awww thnku soo much.. heehe yrh dhw… they must b fools who jxt do lyk tht baby akah.. hehehe neynge ryn hama mind ah ahnany mivevi stry eh liyelan vehjey n liyelany hehehehe… aww thnk u sooo much faxu it myns alt.. miss u 😉

  15. Janer Ersiph says:
    January 4, 2016 at 2:49 pm

    how can that boy talk like this?heheheeh but not bad

    1. Ryn says:
      January 4, 2016 at 3:14 pm

      hehhehe this is a hiyaaly vaahaka reltd to it.. 😉 thnkx fr readin..

  16. lucy says:
    January 9, 2016 at 6:52 pm

    very sad i love this story

    1. Natsu says:
      January 9, 2016 at 7:44 pm

      Yes you said true.I also sad.

  17. Natsu says:
    January 9, 2016 at 7:22 pm

    Reerhi. Ilove this story

  18. Natsu says:
    January 9, 2016 at 7:23 pm

    Reethi. Ilove this story

    1. lucy says:
      January 9, 2016 at 7:31 pm

      cuz is right in is pretty great
      even if its a made up one
      isn’t it right cuz

  19. raisha says:
    December 16, 2016 at 11:02 am

    V nice

  20. yaina says:
    August 17, 2017 at 7:50 pm

    Vvv reethi مشا الله Hama rovihje ?

  21. Shyly-Rosa says:
    June 11, 2020 at 7:18 pm

    V v v reethi. Hama rovijje.

Comments are closed.


All Right Reserved!