Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 5, 2015 5 Mins Read
15 Comments

މޫސާ އެއީ ތެދެއްތަ؟ މޫސައާއި ޖެހިގެން އިން ގޮނޑީގައި އިށީ އިނުމަށް ފަހު  ފާތުމަ ސުވާލު ކޮށްލިއިރު ފާތުމަގެ އަޑު ކިރިޔާ ކިރިޔާ ބޭރުވާކަމެވެ. “ފާތުމައަށް ހީވޭތަ ފާތުމަ ނޫން އެހެން އަންހެނަކާއި ދިމާއަށް އަހަރެން އެނިޔަތުން ބަލާދާނެހެން؟ އެހެން ނޫނަސް އަހަރެން އެގޮތަށް އުޅެންޏާ އުޅޭނީ އިއްޔެއަކު މިއަދަކު ނޫނޭނުން ފާތުމައަށް ކުދިން ނުލިބޭކަން އެނގި ހުރެވެސް އަހަރެން ފާތުމައާއި އެކު މިއުޅެނީ ފާތުމަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން. ޤަބޫލު ކުރޭ ފާތުމާ” އެވަގުތު މޫސަގެ މޭމަތީގައި ފާތުމަގެ މޫނު ފޮރުވާލިއެވެ. އޭރުވެސް ފާތުމައަށްދަނީ ގިސްލެވެމުންނެވެ. “ފަޤީރު ނިކަމެއްޗަކަށް ރަނގަޅަކަށް ކަމެއް ކޮށްދިނަސް އެމީހުން  ބަލާނީ އަހަރެމެންގެ ފަރާތުން ފައިދާއެއް ނެގޭތޯ” މިކަހަލަ ތަފާތުވާހަކަ ތަކުން ފާތުމަގެ ސިކުނޑި މޫސަ އަނބުރާލީ ނުހަނު ހުށިޔާރު ކަމާއި އެކުއެވެ.

*** *** ***

އާދުވަހަކަށް އިރުއެރީ މަރީނާގެ ދިރިއުޅުން މުޅިން ބަނަކޮށްލާފައެވެ. ރޭގައިވީ ކަންތަކާއި ރޮއެރޮއެ މަރީނާގެ ދެލޯވެސް ވަނީ ދުޅަވެފައެވެ. ސަނާ އާއި މަރީނާ މުޅި ރަށުތެރެއަށް ގިނަވީއެވެ. މިކަހަލަ ހިޔާލު ތަކެއްގައި އޮވެ މަރީނާ އެނދުން ތެދުވެ މޫނު ފޮހެލައި ފާހާނައާއި ދިމާއަށް މިސްރާބު ޖެހިއެވެ. ތަޒާވެލުމަށް ފަހު ފާހާނއިން ނުކުމެ ދިޔައީ ބަދިގެ ފަރާތަށް ހެނދުނުގެ ސަޔަށް ކޮންމެސް އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. ހިޔާލު ތަކަށް ގެއްލި ހުރެ ރޮށިފިހަން އުޅުމުގެ ތެރޭގައި މަރީނާގެ އަތްވެސް ފިހުނީއެވެ.

 

ހެނދުނު 9 ޖަހާކަން ހާއިރެވެ. ޒަރީނާ މާ ބާރަކަށް މަރީނާ މެން ގެއަށް ވަދެގެން އަންނަތަން ފެނުމުން ކޮންމެސް ކަމެއް ގޯސް ވެއްޖެކަން މަރީނާއަށް އެނގުނެވެ. އޭރު މަރީނާ އިނީ ޖޯލިފަތީގައި ފުންވިސްނުމަކަށް ގެއްލިފައެވެ. ޒަރީނާ އަކީ މަރީނާގެ އަވަށްޓެރިއެކެވެ. އަބަދުވެސް މަރީނާގެ ހާލުބަލާ ހަދާ މީހެކެވެ. ޒަރީނާ އާއި ހަސަނުގެ ކައިވެންޏަށް 10 އަހަރު ވެފައިވާ އިރު ކުއްޖަކު ލިބިފައި ނުވަނީވެސް ޒަރީނާގެ ހުންނަ މައްސަލައަކުންނެވެ. ހަމަ މޫސަ އާއި ފާތުމަގެ ދިރިއުޅުމާއި އެއްފަދައެވެ. އެހާވެސް ތަނަވަހެވެ. އިބްރާހިމް މަރުވި ދުވަހުގައިވެސް މަރީނާގެ އެންމެ ގާތުގައި ހުރީ ޒަރީނާގެ ދެމަފިރިންނެވެ.

 

”   ކިހިނެތް ވެގެން އެއުޅެނީ؟ މަރީނާ ބަނޑު ބޮޑީއޯ؟ ބައެއް މީހުން ބުނަނީ މަރީނާ ބުންޏޯ އެއީ މޫސަގެ ދަރިއެކޭ؟ އެއީ ތެދެއްތަ؟” ޒަރީނާ ވާހަކަ ދެއްކީ މަރީނާ އާއި ޖެހިގެން އިން ޖޯލިފަތީގައި އިށިއިނުމަށްފަހު އެވެ. ޒަރީނާގެ އެސުވާލުތަކަށް ތައްޔާރުވެގެން މަރީނާ ޖަވާބުދުނުމަށް އިނީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ނަމަވެސް ދެލޮލަށް ޖަމާވަމުން އައި ކަރުނަތަށް ނުހިފެހެއްޓި މަރީނާގެ ބަޑި ފަޅައިގެން ގޮސް ރޮއެގަނެ ޒަރީނާގެ ކޮނޑުގައި ބޯއެޅުނެވެ.

 

“އަހަރެން މޫސަ ދެކެ ވަރަށް ލޯބިވޭ އެކަމަކު އޭނަ އަހަރެންނަށް އޮޅުވައިލައި އަހަރެންނާއި އެކު އުޅުނީ އަހަރެންދެކެވެސް ލޯބިވާ ކަމަށް ބުނެ. ރަށުމީހުން އެދައްކަނީ ތެދުވާހަކައެއް. އެކަމަކު އަހަރެން…..” މަރީނާ އަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. “އެކަމަކު އަހަރެމެން ކަހަލަ ނިކަމެއްޗަކާއި ދިމާއަށް އެނިޔަތުން ބަލާނެ ކަމަށް ރަށުމީހުން ޤަބޫލެއް ނުކުރާނެ ކުޑަމިނުން ފާތުމަވެސް ޤަބޫލު ނުކުރި ދެން ކާކު ވަކި އަހަރެން ދައްކާ ވާހަކަ ޤަބޫލް ކުރާނީ” ލޯ ފުހެލުމަށްފަހު އަނެއްކާވެސް މަރީނާ ހިތްވަރުކޮށް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ހިތްވަރު ކުރޭ މަރީނާ އަހަރެން މަރީނާ ދައްކާ ކޮންމެ ވާހަކައެއްވެސް ޤަބޫލް ކުރާނަން” މަރީނާ އަށް ހިތްވަރުދެމުން ބުރަކަށީގައި ފިރުމާލުމަށްފަހު ޒަރީނާ ބުންޏެވެ. އެވަގުތު ޒަރީނާވެސް ހުޜީ މަރީނާގެ ހާލަތު އެނގި ފެންކަޅިވެފައެވެ. ނަމަވެސް ލޮލުތެރެއަށް ޖަމާވަމުން އައި ކަރުނަތަށް ޒަރީނާ އެތެރެއަށް ހިންދާލިއެވެ. އެވަގުތު ގޭތެރެއިން ދުވަމުން ނުކުތް ސަނާ ފެނި މަރީނާގެ ލޯ ފުހެލިއެވެ.

 

*** *** ***

ރަށު މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުންތަށް އެދެމައިންނަށް އަމާޒުވެގެން ދިޔައެވެ. މިފަދަ ކޮންމެ ވަގުތެއްގައި ޒަރީނާގެ ދެމަފިރިންގެ ފަރާތުން އެދެމައިންނަށް ހިމާޔަތް ލިބިގެން ދިޔައެވެ. ކުރެވުނު ކަންތަކާއިދޭތެރޭ މަރީނާ ދެރަވެ މޫސަ ދެކެ އިންތިހާ އަށް ނަފްރަތު ކުރެވެން ފެށުނެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ މަރީނާގެ އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމެވެ. އަދި ދަރިފުޅު ވައްޓާލުމުގެ މަސައްކަތް ކުރި ކަމުގައިވީނަމަވެސް އެކަން ކާމިޔާބު ވާގޮތެއ ނުވިއެވެ. ތަޤްދީރާ ދެކޮޅު ހެދޭނީވެސް ވަކި ކާކަށް ހެއްޔެވެ. މާތް ﷲ ގެ އިރާދަފުޅުން މަރީނާގެ ބަނޑަށް 9 މަހާއި 9 ދުވަސް ފުރާ ސިއްހަތު ރަނގަޅު ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބުނެވެ. އެކަމާ މަރީނާ އުފާ ނުވިކަމުގައި ވިޔަސް ސަނާ އާއި ޒަރީނާގެ ދެމަފިރިން ހުރީ ވަރަށް އުފަލުންނެވެ.

 

*** *** ***

 

މިހާރު ސަނާއަށްވެސް 9 އަހަރު ވަނީ އެވެ. މަރީނާ ހަމައެކަނި ދަރިފުޅު ވިހޭކަމެވެ. ޝާމިންގެ ހުރިހާ ކަމެއް ކޮށްދެނީ ޒަރީނާގެ ދެމަފިރިންނެވެ. ސަނާ ވެސް މަޑުމަޑުން ޒަރީނާ ކައިރިން ޝާމިން ގެ ކަންތަށް ތަށް ދަސް ކުރަންފެށިއެވެ. އެއީ ސަނާވެސް ޝާމިން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

 

މޫސަ އެކަމާ އެއްބަސް ނުވުމުން ކުރި ކުށުގެ އަދަބު ލިބިގެން ދިޔައީވެސް މަރީނާ އަށް އެކަންޏެވެ. ދަރިފުޅު ފެންނަ ކޮންމެ ވަގުތަކު މޫސަގެ މަތިން ހަނދާންވެ މަރީނާ ލޭ ކެކިގެން ދެއެވެ. އަންނަ ރުޅީގައި ގޮސް ޝާމިން މަރާލަ ފާނަމޭވެސް މަރީނާގެ ހިތަށް އަރާ ފަހަރު ފަހަރު މަދެއްނޫނެވެ.

*** *** ***

ޝާމިން އަޑުން އަޑުނަގާ އެނދުމަތީ އޮވެ ރޮމުން ގެންދެއެވެ. ” ކަލޭ މަގޭ ބަނޑު ތެރެއިން ނުވެއްޓުނީ ކީއްވެ؟ މަހާދަ މަސައްކަތެއް ކުރީމޭ ކަލޭ މި ދުނިޔެއަށް އުފަން ނުކުރުމަށް، އެކަމަކު ތިއެއްޗަކާ ހެދި މަގޭ މުޅި ދިރިއުޅުން ހަލާކު ވެގެން ހިނގައްޖެ” ރުޅި އައިސް ހުރެ ތުއްތު ތުއްތު ޝާމިންގެ މޫނަށް ބަލަން ހުރެ މަރީނާ އެއްޗެހި ކިޔަމުން ޝާމިންގެ ހަށިގަނޑުގެ އެތަން މިތަނުގައި ވިކަމުން ގެންދިޔައެވެ.

 

އެވަގުތު ގޭތެރެއަށް ވަދެގެން އައި ޒަރީނާ އަށް އެތަން ފެނި މަރީނާ އާއި ދިމާއަށް ހަޅޭ ލަވައި ގަތެވެ. ” މަރީނާ ކަލޭ ތީ އިންސާނެއްތަ؟ ނޫނީ ތިހުރީ މޮޔަވެފަތަ؟ ތިކިޔަނީ އަމިއްލަ ދަރިއަކާއި ދިމާއަށް ކިޔަން ހެޔޮވާވަރުގެ އެއްޗެހިތަ؟ ބަލަ މިސޮރު ބޮޑުވެގެން އަމިއްލަ ފައިމައްޗަށް ތެދުވީމައި ހަމަ ފަސޭހަ ވާނީ މަރީނާ އަށާއި ސަނާ އަށޭ ނުން، އެކަމަކު މި ތުއްތު ކުއްޖާއަށް ޒަރީނާގެ ގާތުން އެންމެ ކިރުފޮދެއްހައި ހިސާބުވެސް ނުލިބެޔޭނުން، ބަލަ މަރީނާއަކަށް ނޭނގޭތަ އެއީ މިތުއްތު ކުއްޖާގެ ހައްގެއް ކަމެއް؟” ޒަރީނާ ރުޅިއައިސް ހުރެ މަރީނާ އާއި ދިމާއަށް އެއްޗެހި ކިޔަމުން ޝާމިން ނަގާ އުރާލިއެވެ.

 

އައިސް ފައި ހުރި ރުޅިން ޒަރީނާ އާއި ދިމާއަށް ލޯ އަޅާލުމަށް ފަހު ނުކުމެގެން ދިޔައީ ސަނާވީ ތަނެއް ބަލާލުމަށެވެ. ގޭގެ ބިތުގައި ލައްވެގެން ރޯން ހުރި ސަނާ ފެނި މަރީނާގެ ހިތުގައި ޖެހުނެވެ. އަބަދުވެސް މަރީނާ ލޯބި ވަނީ ސަނާ ދެކެއެވެ. އެއީ އިބްރާހިމް އާއި މަރީނާގެ ލޯބީގެ ނިޝާން ކަމުގައި ވާތީއެވެ.

 

*** *** ***

 

ދުވަސްތަށް މަސްތަކަށް ވަމުން މަސްތަށް އަހަރު ތަކަކަށް ވަމުން ގޮސް ޝާމިންގެ އުމުރުން 8 އަހަރު ފުރިއްޖެއެވެ. ފާއިތު ވެގެން ދިޔަ އަހަރު ތަކުގައި މަރީނާގެ ފަރާތުން އެކި އެކި އަނިޔާ ލިބި ބޮޑުވަމުން އައި ޝާމިންގެ ގައިގައި ލަކުނެތް ނެތް ތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމާއި ހުރެ ޝާމިން އަބަދުވެސް ހުންނަނީ ނެގި މަޑުވެ ބިރުގަނެފައެވެ. މިހުރިހާއި ކަމަކުންވެސް އަބަދުވެސް ޝާމިން އަށް ހިމާޔަތް ލިބެނީ ޒަރީނާ އާއި ސަނާގެ ފަރާތުންނެވެ.

 

ޒަމާން ބަދަލުވެ ރަށުގައި ސްކޫލްތަށް އެޅި ކުދިނަށް ކިޔެވުމުގެ ފުރުސަތުތަށް ހުޅުވިގެން ދިޔައިރުވެސް މަރީނާ ގެ 2 ކުދިން ބޮޑު ވެގެން އައީ އެ އުފަލުންވެސް މަޙްރޫމްވެ ހުރެއެވެ. އެއީ މަރީނާގެ ވެސް ކުށުންނެވެ. ޒަރީނާ އެކަމަށް އެހީ ވާނެ ކަމަށް ބުނުމުންވެސް މަރީނާ އެގޮތް ބޭނުން ނުވުމުން ޒަރީނާ ވެސް ވަކި ކުރާނީ ކީއްހެއްޔެއެވެ. އެދެކުދިންނަށް އެންމެ ހައްޤު ކަން ބޮޑުވެގެންވާ މީހަކީ މަރީނާއެވެ. ނަމަވެސް މަރީނާ އަށް ލިބުނު ވަރަކުން ސަނާ ޓިއުޝަން ކުލާހަކަށް ފޮނުވަމުންދިޔައެވެ. ޝާމިން ވެސް ކިޔެވުމަށް ހުންނަ ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން ސަނާ ކައިރިން އެކި އެއްޗެހި ދަސް ކުރަމުން ދިޔައެވެ.

 

ރަށުގެ އެހެން ކުދިންނާއި އެކު ކުޅެލައި މަޖާ ކޮށްލުމުގެ އުފަލެއް ޝާމިން އަކަށް ނުލިބެއެވެ. އެކުދިން މައިންބަފައިންވެސް ބުނެފައި އޮންނަ ގޮތުގައި ބައްޕަ ނެތް ކުއްޖަކާއި އެކު އުޅުމުން ދަސްވާނީ ގޯސް ކަންތަށް ތަކެވެ.

 

“މަންމާ! މަންމާ!” ބަނޑުހައި ވެގެން މަރީނާ އަށް ގޮވަމުން ޝާމިން ބޭރަށް ނުކުތްއިރު ބޭރު ޖޯލީގައި މަރީނާ އިނީ ހަނޑޫ ހޮވާށެވެ. “މަންމާ ވަރަށް ބަނޑުހައި” ޝާމިން އެހެން ބުނުމުން ޝާމިން އާއި ދިމާއަށް ލޯ އަޅަލުމަށް ފަހު ހަނޑޫ ދޮލަނގު ޖޯލިފައްޗަށް ޖަހާ ޝާމިން އާއި ދިމާއަށް އައީ ރުޅިއައިސް ހުރެއެވެ. އައި ގޮތަށް އައިސް ޝާމިންގެ ކަންފަތުގައި ހިފައި އަނބުރާ ލުމަށްފަހު ބަދިގޭގައި ކާއެއްޗެހި ހުންނާނެ ކަމަށް ބުނެ ޝާމިން ރޮއްވާ ލައި އަނެއްކާވެސް ޖޯލިފައްޗާ ދިމާއަށް ހިނގައި ގަތެވެ.

 

ހިތުގައި ޖެހި ހުރެ ޝާމިން ބަދިގެ އާއި ދިމާއަށް ގޮސް އެނބުރި މަރީނާ އާއި ދިމާ އަށް ބަލާލީ ކަންފަތުގައި އަތް އަޅައިގެން ހުރެ ގިސްލެވިފައިވާ ހާލުގައެވެ. “މަންމަ އަޅުގަނޑު ދެކެ އެހައި ރުޅި އަންނަނީ ކިއްވެ ބާވައެވެ؟ އަޅުގަނޑު ކުރީ ކޮން ކުށެއް ހެއްޔެވެ؟” ޝާމިންގެ ހިތަށް އަރަމުން ދިޔައެވެ. ބަދިގެ ތެރެއަށް ވަދެ ތެލި ތަކުގައި މަތި ހިއްލާލުމަށް ފަހު ބޭރަށް ނުކުމެ އަނެއްކާ ވެސް މަރީނާއަށް ގޮވާލީ ސަމުސަލެއް ގެނެސް ދިނުމަށް ބުނެއެވެ.

މަރީނާ ކުދި ކިޔަމުން ކިޔަމުން އައިސް ޝާމިންގެ އަތުގައި ހިފާ ބަދިގެ ތެރެއަށް ވެއްދުމަށް ފަހު، ކާގެއަށް ވަދެ  މި ދެއަތުން ސަމްސަލެއްހާ ހިސާބުވެސް ނުގެނެވޭހޭ ކިޔައި އުނދުން މަތީ ކެކި ކެކި ހުރި ދިޔަ ތެލި ތެރެއަށް ޝާމިންގެ އަތް ކޮށްޕާލަން އުޅުމުން ޝާމިން ހަޅޭ ލަވައި ގަތެވެ.

 

“މަންމާ! ކީއްތި ކުރަނީ؟” ޓިއުޝަން ކުލާސް ނިންމާލުމަށް ފަހު ގޭތެރެއަށް ވަދެގެން އައި ސަނާއަށް އެމަންޒަރު ފެނި މަރީނާ އާއި ދިމާއަށް ހަޅޭ ލަވައި ގަތެވެ. ” މީއްޗަކާއި ހެދި ބޮޑު އުނދަގުލެއް. ތަނެއްގަ ހަމަޖެހިލައިގެން މަސައްކަތެއް ކޮށްލަން އިނދެވެނީ އެއް ނޫނޭ. މިހާރު ބަނޑު ހައި ވިއްޔޯ. މީގެ ބައްޕަ ކައިރިއަށް ދިޔައީމަ ވީނުން” ޝާމިންގެ އަތުގައި ހިފައިގެން ބަދިގެއިން ނުކުންނަމުން އެހެންބުނެ ފާރާ ފިމާއަށް ޝާމިން ކޮށްޕާލިއެވެ. ސަނާ އެއްލި އަތުން ޝާމިންގެ އަތުގައި ނުހިފުނު ނަމަ ގޮސް ފާރުގައި ޖެހޭނީ ޝާމިންގެ ބޮލެވެ.

 

” މަންމަ އެހެންބުންޏޭ ކިޔާފައި ބައްޕަ ހޯދަން ވަކިދަނީވެސް ކޮންތާކަށް ހެއްޔެވެ؟ މިވީހައި ދުވަހު އަހަރެން ކައިރިއަށް ނައި މީހަކު އަހަރެން ދިޔައޭ ކިޔާފައި ވަކި އަހަރެންނަށް އަޅާލާނެ ހެއްޔެވެ؟ އެންމެ ކުޑަމިނުން ބައްޕަ އެއީ ކާކު ކަންވެސް ނޭންގެއެވެ.” ޝަމިންގެ ހިތަށް އަރަމުން ދިޔައެވެ.

 

ސަނާ ވަކިއެއްޗެއް ނުބުނެ ގޮސް ޝާމިންއަށް ކާން ދިނުމަށްފަހު ޝާމިން ގޮވައިގެން ގޭތެރެއަށް ވަންނަން އުޅުނު ވަގުތު ޒަރީނާ ބާރު ފިޔަވަޅު ތަކެއްގައި އަންނާތީ ފެނުނެވެ. “މާ އަޑުގަދަ ވެގެން މިއައީ. ކިހިނެތް ވީ؟ ޒަރީނާ ސަނާ ކައިރިން ސުވާލު ކޮށްލިއެވެ. ” މި މަންމަ ޝާމިން ކޮއްކޮ އަށް އަނިޔާ ކުރަނީ ހަމަ” ސަނާ ޖަވާބު ދިނީ މަރީނާ އާއި ދިމާ އަށް ބަލަން ހުރެއެވެ. “މިހުރިހައި ދުވަހު އަހަރެން އެސޮރު ނުގެންދިޔައީ މަރީނާ އެސޮރު ގެންދަން އެއްބަސް ނުވުމުން އެކަމަކު އަހަރެން މިއަދު އެސޮރު ގެންދާނަން މަށަކަށް ކެތެއް ނުވާނެ މަރީނާ އެސޮރަށް ތިހަދަމުން ގެންދާ ގޮތްތަށް ބަލާކަށް” ޒަރީނާ ހިތް ހަމަ ނުޖެހި ހުރެ މަރީނާ އާއި ދިމާއަށް  އެހެން ބުންޏެވެ. ސަނާ އަށްވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނި އެކަމަށް ތާއީދު ކުރިއެވެ. “ނޫން ނޫން އަޅުގަނޑު ނުދާނަން، އަޅުގަނޑު ހުންނާނީ މިގޭގައި ދައްތަ އާއި މަންމަ ފެންނަ ހިސާބުގައި” މިހެން ބުނެ ޝާމިން ރޮއެގަތެވެ.

 

ޒަރީނާ ގަދަކަމުން ޝާމިން ގެންދާ މަންޒަރު ސަނާ ބަލަން ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެމަންޒަރު ބަލަން އިން މަރީނާގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. މަރީނާ މިއޮއް ހާއި ދުވަހު އެކަމަށް އިންކާރު ކުރީ ރަށުމީހުން އަނެއްކާވެސް ފަތުރަން ފަށާނެ ވާހަކަ ތަކާއި ދޭތެރޭ ވިސްނާލާފައެވެ. އެއްގޮތަކަށް ވެސް މަރީނާ ބޭނުން ވެގެންނެއް ނޫނެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ހުވަފެނެއްބާ؟ (5ވަނަ ބައި)

Next

ޝެރިން (23 ވަނަ ބައި)

Next
December 6, 2015

ޝެރިން (23 ވަނަ ބައި)

Previews
December 5, 2015

ހުވަފެނެއްބާ؟ (5ވަނަ ބައި)

15 Comments!

  1. foohi says:
    December 5, 2015 at 11:57 pm

    v reethi.

    1. Ahmed Ammu says:
      December 6, 2015 at 12:52 am

      Thank You 🙂

  2. Shai says:
    December 6, 2015 at 12:07 am

    Varah salhi… uoY evoL I

    1. Ahmed Ammu says:
      December 6, 2015 at 12:52 am

      Thank You. Love You Too. Hehehe 😉

  3. pherthu says:
    December 6, 2015 at 12:40 am

    thaphaathu story eh…nice ?

    1. Ahmed Ammu says:
      December 6, 2015 at 12:53 am

      Thank You 🙂

  4. Eyesh says:
    December 6, 2015 at 12:45 am

    V interesting. V rythi ingey mi part ves. Madhama next part upload kohdhehchey ☺

    1. Ahmed Ammu says:
      December 6, 2015 at 12:53 am

      Thank You. Iraaadha kurehviyya maadhamaa up kohdheynan 🙂

  5. santhi says:
    December 6, 2015 at 12:55 am

    Mi vaahaka kiyaafa noony mihaaru lolufiya eh vz nujehey v salhi… Heylan vaairah up kuraaathi :p

    1. Ahmed Ammu says:
      December 6, 2015 at 12:58 am

      hehehehe. Thank you. 😉

  6. Naaz says:
    December 6, 2015 at 9:33 am

    V reethi mi vaahaka.v foohivey mareena dheke……eyna kuhkohfa shaaminnah hurihaa kameh kuraathy.next part kn irakuntha

    1. Ahmed Ammu says:
      December 6, 2015 at 2:14 pm

      Thank You. Iraadha kurehviyya Mirey ge vagutheggai up koh dheynan

  7. kiara says:
    December 6, 2015 at 9:34 am

    Alhey story woowwwww
    I love this stry
    Bst stry Eva!!!!
    Ily

    1. Ahmed Ammu says:
      December 6, 2015 at 2:14 pm

      Thank You ☺

  8. Kiyuntheriyaa says:
    December 6, 2015 at 9:19 pm

    This is really interesting. 🙂 🙂 🙂
    Upload soon ingey…
    Looking forward for the next part.
    🙂 🙂 🙂 🙂

Comments are closed.


All Right Reserved!