Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ފަސްވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 7, 2015 5 Mins Read
15 Comments

ޝާމިން އެގޮތަށް ވަޅުގަނޑު ތެރޭ ބޭންދުމަށްފަހު ހަސަނު އަނެއްކައިވެސް މަސް ބޭނުމަށްޓަކައި ކަންވާރި އޮޅާފައިވާ ފުޅިން ބައެއް ނިއުޅުވާލުމަށް މޫދަށް އެއްލިއެވެ. އިސާ ހިތަކު މަސްބެވެން ފެށުމުން ހަސަނު ހުރީ ވަރަށް އުފަލުންނެވެ. އިތުރު މީހަކު އެތާ ހުރިހެންވެސް ހަސަނަށް ހީނުވެއެވެ. މޫދުގެ ދިޔަވަރު ބޮޑުވަމުން އައި ވަގުތެވެ. ކުއްލިއަކަށް އެއްގަމަށް ބީއްސާލި ރާޅު އައިސް ޝާމިންގެ މޫނަށް ޕައްގޮއްވާލިއެވެ. އެވަގުތު ޝާމިންގެ ލޮލުގެ ތެރޭގައި  ހުރި ވެލިތަށް ދޮވެވިގެން ދިޔައެވެ. ދެލޮލަށް އަތައިގަތް ފިލައާއި އެކު ބާރަށް ރޮއެގަނެވުނެވެ. “ރޯނެ ކަމެއްނެތް ތިތާ އިނދޭ މަ މަސް ބާނައި ނިމެންދެން، މަ ބުނާ އަޑު ނާހަންޏާ ވާނީ ތިހެން، މިހާރު މަށަށް އެނގިއްޖެ މަރީނާ ވެސް އެހަދަނީ ރަނގަޅަށް ކަން” ރުޅި އައިސް ހުރި ހަސަނު މަސްބޭނުމުގެ ފޯރީގައި ހުރެ ޝާމިން އާއި ދިމާއަށް އެއްޗެހި ކިޔަމުން ގެންދެއެވެ.

 

*** *** ***

އެއްގަމަށް ބީއްސާލި ކޮންމެ ރާޅަކާއި އެކު ލޮނު ބޮވެމުން ގޮސް އޯކާ ދެމެން ފެށުނެވެ. އަދި ޝާމިން އެހުރި ދިމާ ފަސްގަނޑު ރާޅު ޖެހުމުގެ ސަބަބުން މަޑުވާން ފެށިއެވެ. ވަރަށް މަސައްކަތުން ވަޅުގަނޑުގެ ތެރެއިން ދެއަތް ނަގައި އެދިމާ ކޮންނަން ފެށީ ވަޅުގަނޑުން އެރުމަށް ބޭނުންވާތީ އެވެ. އެގޮތަށް ފަސްގަނޑު ކޮންނަމުން ދާވަރަކަށް އެއްގަމަށް ބީއްސާލާ ރާޅާއި އެކު ފަސްތަށް މަޑުމަޑުން ގެންދަން ފެށުމުން ޝާމިން އަށް އިތުރު ފަސޭހައަކަށް ވިއެވެ. މޫދުގެ ލޮނު ގަނޑު ވެސް ޝާމިންއަށް އެޙީވަމުންދާ ކަހަލައެވެ.

 

ވަރަށް މަސައްކަތުން ވަޅުގަނޑުން އެރުނު އިރު ޝާމިން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެސް ވެފައެވެ. އޯކާ ދެމެމުން ދެމެމުން ގޮސް ހޮޑުލެވި، ބޮވިފައިވާ ލޮނުތަށް ބޭރުވެގެން ދިއުމުން ޝާމިން އަށް ފަސޭހަވެގެން ދިޔައެވެ. އަދި ލޫދެމުން ކަހަލަ ގޮތަކަށް އެއްގަމަށް އަރާ ހިޔާވެފައިވާ ހިސާބަށް ދެވުމުން ބަންޑުން އޮށޯވެލިއެވެ. ޝާމިން އަށް އެހެން އޮވެ ރޮވެމުން ގޮސް ގިސްލެވެން ފެށުނެވެ. އޭރުވެސް ހަސަނު ފޯރީގައި މަސްބޭނުމައިގެން ކުރިއަށް ދިޔައެވެ. ހަސަނު ހިތް ފުރޭވަރަށް މަސް ބެވުމުން މަސް ބޭނުމަށް ގެނައި ކަންވާރު ގަނޑު ފުޅިއަށް އޮޅާލުމަށްފަހު ޝާމިން ކޮބައިތޯބަލާލިއެވެ.

 

ހަސަނު ބޭންދިތަނުގައި ޝާމިން ނެތުމުން ހަސަނު ހާސްވެ އެކިކޮޅު ކޮޅު ހޯދާލިއެވެ. ޝާމިން ބޭންދި ހިސާބުގެ ލޮނުގަނޑު ކަކުލާ ހަމައަށް އަރާ ހުރިކަންވެސް ހަސަނަށް ރޭކާލީ އެވަގުތުއެވެ. ހަސަނު އެއްލި ކަޅިއަކުން އެއްގަމުގައި ޝާމިން އޮތްތަން ފެނި ހަސަނު ހިތްހަމަޖައްސާލުމަށްފަހު ފުން ނޭވާއެއްދޫކޮށްލިއެވެ. އަދި ބެވުނު މަސްކޮޅާއި މަސްބޭނުމަށް ގެނައި ތަކެތި ހިފައިގެން ޝާމިން އޮތް ދިމާ އެއްގަމަށް ގޮސް ގެއައްދާން ހިނގާށޭ ބުނުމުން ޝާމިން ތެދުވަން މަސައްކަތް ކުރި އެވެ. ނަމަވެސް ތެދުވެވޭ ގޮތް ނުވީ މާގިނައިން ހޮޑު ލެވިފައި ވުމުން ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ހަސަނު ބަލާކަށް ނުހުރެ ޝާމިން ލާފައިވާ ޓީޝާޓުގެ ގިރުވާނުގައި ހަސަނުގެ އެއްއަތުން ހިފައި ޝާމިން ކޮޅަށް ނަގައި ތެދުކޮށްލިއެވެ. “ދާންވީ އޭ ބުނީމައިވެސް ކޯޗެއް ދެކިފަތަ ތިއޮންނީ؟ ހަނދާން ކުރާތި މީން އެއްވެސް ޥާހަކައެއް އެއްވެސް މީހެއް ކައިރީ ބުނެގެން ނުވާނެ މަމީ ނުލަފާމިހެއްކަން އަންގާލާނަން” އެހެން ބުނެ ޝާމިންއަށް އިންޒާރު ދިނުމަށްފަހު ޝާމިންގެ އަތުގައި ހަސަނު ހިފައި ދަމަމުން ކަހަލަގޮތަކަށް ދާންފެށިއެވެ. ވީ ތަދެއްގެ ބޮޑުކަމުން އަސަރުން ފުރިގެންވާ ދެލޮލުން ހަސަނު އާއި ދިމާއަށް ބަލަން ހުރެ ހަސަނު އާއި އެއްވަރަކަށް ހިނގޭތޯ މަސައްކަތް ކުރިއެވެ.

 

“ދައްތާ، ދައްތާ މި ހަސަންބެ އަޅުގަނޑު އެތާ ރާޅުޖަހައި ނުޖަހައި ހިސާބުގައި ކޮނޑާ ހަމައަށް ވަޅުލީ” ހަސަނުގެ އަތުން ވީއްލުމަށްފަހު ރޮމުން ރޮމުން ބަދިގެއާއި ދިމާއަށް ދުވެފައި ދިޔަ ޝާމިން ބުނެލިއެވެ. ޒަރީނާގެ ދެލޯ ބޮޑުވެގެން ގޮސް އެއީ ތެދެއްހޭ ހަސަނު ކައިރީ އަހާލިއެވެ. “މީ ހާދަ ދޮގުވެސް ހަދާ ކުއްޖެކޭދޯ؟ އަމިއްލައަށް މޫދަށް އެރި ލޮނު ބޮވެމުން ދަނިކޮށް ސަލާމަތް ކޮށްދިނީމައިވެސް އައިސް ހަދާލި ދޮގު ބަލާބަލަ” ހަސަނު ދައްކާ ކޮންމެ ވާހަކަ އެއްވެސް ޒަރީނާ ގަބޫލު ކުރާނެކަން އެނގިހުރެ ހަސަނު ދޮގުހެދިއެވެ. ލޯބިވާ ފިރިމީހާއޭ ކިޔައިގެން ޝާމިން އެކަހަލަ ދޮގުވާހަކައެއް ދެއްކުމުން ޒަރީނާ ފުރަތަމަ ފަހަރަށް ޝާމިން ދެކެ ރުޅިއަންނަ ގޮތްވިއެވެ. އެއީ ޝާމިން ދޮގުހެދިކަމަށް ބަލައި ހަސަނު ދެއްކި ވާހަކަތަށް ގަބޫލުކުރުމުންނެވެ.

 

“ތި ގޮތަށް ދޮގު ހަދާ ކުދިން ދެކެ ދައްތަ ވަރަށް ރުޅި އަންނާނެ އިނގޭ” ހިތްހަމަ ނުޖެހި ހުރެ  ޝާމިން އާއި ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު ޒަރީނާ ބުންޏެވެ. ޝާމިންގެ ކުޑަ ކުޑަ ހިތަށް ކުރި އަސަރުން ދުވެފައި އެހުރިގޮތަށް ހުރެ ގޭތެރެއަށް  ވަނީ ޒަރީނާ، ޝާމިން އަށް ގޮވަމުން ދަނިކޮށެވެ.

 

“އަޅައި ނުލައި އެހުންނަނީ މަރީނާގެ ނުލަފާ ގޮތްގަނޑު” އެހެން ބުނެ މަސް ބާނަން ގެންދިޔަ ސާމާނު ބެހެއްޓުމަށް ފަހު ބޭނުނު މަސް ކޮޅު މެންދުރަށް ފިހެލަން ބޭނުންވާތީ އެކަމަށް ހާއްސަ ކޮށްފައިވާ މަސްފިލާ ގަނޑު މަތީ ބޭއްވުމަށްފަހު ޅިޔަ އަޅަން ފެށިއެވެ.

 

ބަދިގޭގައި އުޅުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔަ ޒަރީނާ ހަޅޭއްލަވައިގަތް އަޑަށް މަސްތަކުގައި ޅިޔައަޅަން ހުރި ހަސަނު މަސްކޮޅު ދޫކޮށްލައި އަތްދޮވެލުމަށްފަހު ގެއާއިދިމާއަށް ދުއްވައިގަތެވެ. ގޭތެރޭގައި ފެން ހުރުމުގެ ސަބަބުން ޒަރީނާ ކައްސާލައިގެން ގޮސް އިނދަޖެހި އެއިންތަނުން ނުތެދުވެފައި އިނެވެ. އެއަޑަށް ކޮތަރި ތެރޭގައި ހުރި ޝާމިން ވެސް  ބޭރަށް ނުކުތެވެ. ޒަރީނާ އަށް ޝާމިން ފެނުމުން އިތުރަށް ރުޅިއަންނަގޮތްވިއެވެ. ” އެވަރަށް ގޮވީމައިވެސް ތެތް އެއްޗެހި ނުބާލައި ގޭތެރެއަށް ވަނީ ނުން، އަހަރެން ކަލޭ މިގެއަށް ގެނެސް ތިހުރީ މަށަށް ޖެއްސުން ކުރާކަށް ނޫން އިނގޭ، ކަލޭގެ މަންމަ ކަލެއަށް އަނިޔާ ކުރާތީ، އަހަރެމެންނަށް އުނދަގޫކޮށް ދޮގުވާހަކަތަށް ފެތުރުމުން އަހަރެމެން މީނަ އާއި ދިމާއަށް އެއްޗެއް ބުނީމަ އޮންނާނޭނުން ގެއައްދާން ދެއްކޭނެ ބަހަނާއެއް، ނުދެވޭނެ ގެއަކަށް މީގެ ފަހުން މިގޭގައި ޖެހޭ ކަންތައްތައް ވެސް ކުރަންޖެހޭނެ” ޒަރީނާ އެހެން އިނދެ ޝާމިން އާއި ދިމާއަށް އެއްޗެހި ކިޔަން ފެށުމުން ޝާމިން އަނެއްކާވެސް ކޮޓަރިއަށް ވަދެ ފޮރުލެއްޕީ ދެރަވެފައި ހުރެއެވެ.

 

މަޑު ހިނގުމެއްގައި ފާހާނައަށް ވަދެ ފެންވަރާލައި ގައިގައި ހުރި ތެއް އެއްޗެހި ފާހާނަ ތެރޭހުރި ބާލީދިއަށް ލައި ފާހާނައިން ނުކުތެވެ. “ދައްތާ އާދޭ ކޮއްކޮ ބަލައި، މިގޭ މީހުން މިހާރު ކޮއްކޮ އަކަށް ރަނގަޅެއް ނޫން” ޝާމިން އެނދުމަތީ އިނދެ އެކަނި ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ކޮޓަރި ދޮރުހުޅުވާލުމަށް ވަތް ހަސަނު ފެނި ޝާމިންގެ ދެލޯބޮޑުވިއެވެ. ދޮރު ލައްޕާލުމަށްފަހު ޝާމިން އާއި ދިމާއަށް އައިސް ޝާމިންގެ އަނގައަށް ފިތާލިއެވެ. “ކޯޗެއް ހިތަށް އަރައިގެން އެހެން ބުނީ؟ މޮޅު ތަކެއްވިތަ؟ ދެން އަހަރެމެން ކަލެއަށް ހަދާނީ ބޭނުން އެއްޗެއް، ޒަރީނާ ގެ ބޮލަށްވެސް އެރިލާނަން މިފަހަރު” އެހެން ބުނެ ޝާމިން އެނދުމައްޗަށް ވަޓާލުމަށް ފަހު ކޮޓަރިން ނުކުމެގެން ހަސަނު ދިޔައީއެވެ.

 

*** *** ***

 

ޝާމިން ނެތުމުން މަރީނާ އަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. މަރީނާ ގައިގައި ޖެހުނު ދުވަހުން ފެށިގެން ސަނާ މަރީނާ އާއި ކުރިން ދައްކާ ވަރަށް ވާހަކަ ނުދެއްކި ކަމުގައިވީނަމަވެސް މަރީނާ ދެކެ ސަނާ އިންތިހާއަށް ލޯބިވެއެވެ. ޝާމިން އެގެއަށް ގެނެސް ޝާމިން އާއި ދޭތެރޭ ރަނގަޅަށް ކަންތަށް ކުރުމަށް މަރީނާ އަށް ނަސޭހަތްދީ ޝާމިން އެގެއަށް ގެނެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަނާ މާޔޫސްވާގޮތް ވިއެވެ. ޝާމިން މަތިން ހަނދާންވެ ކޮންމެ ރެޔަކު ސަނާއަށް ރޮވެއެވެ.

މިފަހަކަށް އައިސް މަރީނާމެން ގެއަށް އަންނަ ފިރިހެނުން ގިނަވެގެން ދިއުންވީ ސަނާއަށް ބޮޑު އުނދަގުލަކަށެވެ. އެކަމަކު އެމީހުން އަންނަ ބޭނުމެއް ސަނާއަކަށް ނޭނގެއެވެ. އަބަދުވެސް ޓިއުޝަން ނިންމާ ގެއައް އަންނަ ގަޑީގައި ކޮންމެސް ފިރިހެނަކު ގެއިން ނުކުމެގެން ދާތަން ފެނެއެވެ. އެކަމާ ސަނާ ސުވާލުކުރުމުންވެސް އެއީ މަރީނާގެ ރައްޓެހިން ކަމުގައި ބުނެ ފަރުޖައްސާލައެވެ.

 

އެއްރެއްގެ ދަންވަރެވެ. ބޭރުގެ ތެރޭގައި މީހަކު އުޅޭއަޑަށް ސިއްރު ސިއްރުން ކޮޓަރި ދޮރުހުޅުވައި ލުމަށްފަހު ސަނާ ބޭރުގެ ތެރެއަށް ނަޒަރު ހިންގާލި ވަގުތު ގޭގެ ދޮރާ ދިމާއަށް މަރީނާ ދާތަން ސަނާއަށް ފެނުނެވެ. މަރީނާ ދިޔަގޮތަށް ދޮރު ހުޅުވައިލުމާއި އެކު އެތެރެއަށް ވަދެގެން އައި ތިން ފިރިހެނުން މޫނަށް ސަނާ ނަޒަރުހިންގާލި ވަގުތު ސަނާގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ތިން ފިރިހެނުންގެ ތެރޭގައި މޫސަ ހުރުމުންނެވެ. “މަންމަ އަށާއި އަހަރެންނަށް  އެވަރުގެ ބޮޑު ލަނޑެއްދިން މީހަކާއި އަދިވެސް މަރީނާ ވާހަކަ ދައްކާހެއްޔެވެ؟” ސަނާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން މަޑުމަޑުން ދޮރު ލައްޕާ ތަޅުލުމަށްފަހު ގޮސް އެނދުގައި އޮށޯއޮތެވެ.

 

“މި ވިޔަފާރިވެސް ފެށީތަ؟ މަރީނާ ކަހަލަ ރީތި އަނަހެނަކަށް މިކަން ވެދާނެކަން މަށަށް މާކުރިންވެސް އެނގޭ” އެއީ މޫސަގެ އަޑުކަން ސަނާއަށް ޔަގީންވެ ރުޅި އަންނަގޮތްވިއެވެ. މޫސަ އެހެން ބުނުމުން ހަތަރު މީހުން އެއްފަހަރާ ހޭންފެށިއަޑު އިވުނެވެ. “ޝްޝްޝްޝްޝްޝް!!!! ސަނާ ހޭލަދާނެ، އެހެން ނޫނަސް މޫސަ އޭނުން އެދުވަހު މަށާ ދިމާއަށް ބުނީ މިގެއަށް އަހަރެން މީހުން ވައަދައި އުޅެޔޭ، އެހެންވީމައި އޭރު އަހަރެން ނުކުރާ ކަމެއް ބޮލުގައި އެޅުވީމައި އަހަރެން ބޭނުންވީ މިކަން ހަގީގަތަކަށް ހަދަން” މަރީނާގެ ކޮޓަރި ހުންނަނީ ސަނާގެ ކޮޓަރި އާއި ޖެހިގެންކަމަށްވާތީ މަރީނާމެން ދައްކާ ވާހަކަތަށް ސަނާއަށް ރަނގަޅަށް އަޑުއިވެއެވެ. މަރީނާ ބުނި ޖުމްލައިން ސަނާއަށް އޮވެވުނުތަންވެސް ނޭނގުނެވެ. އަދި މަރީނާ ދެކެ ބޭއިޚްތިޔާރުގައި ނަފްރަތު ކުރެވެން ފެށުނެވެ.

 

“މަރީނާގެ ކޮޓަރީގެ ތެރެއިން އިވެމުންދިޔަ އާހް ގެ އަޑާއި އެތިން ފިރިހެނުންވެގެން ލައްވާ ފާޑު ފާޑުގެ އަޑު ތަކަށް ބީރު ކަންފަތެއް ދިނުމަށް ކަންފަތް މަތީ ބާރަށް ބާލީސް އަޅައިގެން ސަނާ އޮތީ ދަތްކުނޑި ވިކައިގެންނެވެ. ޝާމިން ކޮއްކޮ އަށް އަނިޔާ ކުރި ކަމުގައި ވީނަމަވެސް މަރީނާ އަކީ އެހައި ވިޔާނުދާ މީހެއްކަމަކަށް ސަނާ ހިއެއް ނުކުރެއެވެ.

 

ހަތަރު މީހުން އެކުޑަ ކުޑަ އެނދުމަށްޗަށް ޖެހިފައި ތިބި އިރު ތިބެވެނީ ފިތިބާރުވެގެންނެވެ. ގަގައި ފޭރާމެއް ނެތް އިރު ހީވަނީ ހާލުދެރަވެފައި ތިބި ނިކަމެތި ފަގީރުން ތަކެއް ހެންނެވެ. ” ކޮބާ މުސާ މިހާރު ހޭ އަރައިފިތަ؟ މިހާރު އެނގިއްޖެ ދޯ މަށާ ދިމާއަށް ފާޑު ފާޑު އެއްޗެހި ބުނީމައި ވާނެ ގޮތް، ދެން ނިކަން މަށޭ ކިޔާފައި އެއްޗެއް ކިޔާލަބަލަ މަވެސް މީ ނުލަފާ މީހެއްކަން އަންގާލާނަން، ފާތުމައަށް ކަލޭގެ ތިއުޅުން ނޭނގިއްޖިއްޔާ މަގޭ ނަމަކަށް މަރީނާ އެކޭ ނުކިޔާނެ” ނުބައި ވައްތަރަކަށް ހިނިއައިސް މޫސަގެ އަތްދަނޑި މަތީ އޮތް މަރީނާ ހިތަށް އަރަމުން ގެންދިޔައެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ލޯބި އަހަރެން ވާނަމޭ.. (3)

Next

އަނިޔާ …

Next
December 7, 2015

އަނިޔާ …

Previews
December 6, 2015

ލޯބި އަހަރެން ވާނަމޭ.. (3)

15 Comments!

  1. mmmmmm, says:
    December 7, 2015 at 8:28 am

    Story v nice….hey me first dhw

    1. Ahmed Ammu says:
      December 7, 2015 at 9:20 am

      Thank You. Hehe Yeah you first 🙂

  2. santhi says:
    December 7, 2015 at 8:53 am

    Dhn faharakun thankolheh dhigukohlaathi v nyc

    1. Ahmed Ammu says:
      December 7, 2015 at 9:21 am

      Thank You. Yeah Iraadha kurehviyya dhen faharakun miah vure dhigu koh up kohdheynan.
      🙂

  3. sadhaaa says:
    December 7, 2015 at 9:22 am

    Varah varah nice☺

    1. Ahmed Ammu says:
      December 7, 2015 at 10:53 am

      Thank You 🙂

  4. Naaz says:
    December 7, 2015 at 9:43 am

    V v reethi mibai…..ekam haadha kurey
    Dhn shamin mikanthakun salaamaiy kohbala……

    1. Ahmed Ammu says:
      December 7, 2015 at 10:54 am

      Thank You 🙂

  5. kiara says:
    December 7, 2015 at 10:33 am

    This stry inaane sun online ga vv kurin publish koffa

    1. Ahmed Ammu says:
      December 7, 2015 at 11:10 am

      Engifa eh neiy. Adhi alhugan’dah mi story liye nuves nimey. 🙂

    2. shif says:
      December 7, 2015 at 4:58 pm

      Mi dhn maa kuryga ulhey meeheko.. Maa molhu vaan vegen vaahaka kymo sun in.. Haha.. Lol..

  6. Wth says:
    December 7, 2015 at 1:10 pm

    LOL. Gang bang. Hahahaha

  7. santhi says:
    December 7, 2015 at 2:24 pm

    Hmm meehaku dhn reethi vaahaka eh liyefa up kuranya kiyaane mi vaahaka dhekunin miveni hoholha akun e varihama nethas knme vz ehchekey kiyan vegen huh

  8. Shifna says:
    December 7, 2015 at 4:01 pm

    Asluves santhi… j vaa meehun kiyaane faadu faadu ehchehi… mivahaka mee hama ehvanaige vahaka eh.. i luv this story. Maves kiyan sun ge huhna vahaka. Mivahaka eh sunga publish kohfa ehnneh mihaathanakah. Keep it up ammu v salhi genaisdheygoi. ?

  9. nuhnu says:
    December 9, 2015 at 9:58 am

    Vrh vrh nice…keep it up ammu

Comments are closed.


All Right Reserved!