ފިހާރަ ތެރޭތިބި މީހުން ނުކުތުމުން މަރީނާ ވަދެ ފިހާރަ ތެރޭގައި ހުރި މަރީނާގެ ރައްޓެހި މީހާ ކައިރިން އެކަހަލަ ކަމަކަށް އެންމެ ރަނގަޅުވާނީ ކޮން ކަހަލަ ބޭހެއްތޯ ސުވާލު ކުރިއެވެ. އެމީހާގެ އިރުޝާދުގެ މަތިން މަރީނާ ބޭސް ގަތުމަށްފަހު އިތުރު މީހަކަށް މިވާހަކަ ކިޔައި ނުދިނުމަށް އެދި 500 ރިފިޔާ ނޫޓެއް އެމީހާއަށް ދިނުމަށްފަހު މަރީނާ ނުކުމެގެން ގެއާ ދިމާއަށް ދިޔައެވެ. ގެއަށް އާދެވުމުން އިތުރަށް ޔަގީން ކޮށް ލުމަށްޓަކައި އަނެއްކައިވެސް މަރީނާ ގޭތެރޭގެ ތަންތަން ހޯދާ ބަލަމުން ދިޔައީ ސަނާ ފެނޭތޯއެވެ. މަރީނާ އުޅޭގޮތުން ހީވަނީ ގެއަށް ވަގަކު ވަދެގެން އުޅޭހެންނެވެ. ސަނާ ނެތްކަން ޔަގީން ވުމުން ބޭސް ކޮތަޅާއި ފެންފުޅިއަކާއި އެކު ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ފުރަތަމަ ފަހަރުކަމުން ޖެހިލުންވެ ހުރެ ފެންފޮދަކާއި އެކު ބޭސް ގުޅަ ދިރުވާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ބޭހުގެ އަސަރު މަރީނާ އަށް ކުރަމުން ދިޔައެވެ.
*** *** ***
އާދައިގެ މަތިން ޝާމިން އާއި ބައްދަލު ކުރުމަށްފަހު ސަނާ ގެއަށް އައީ އެވަގުތުއެވެ. ސަނާ ގެއަށްވަދެ ސަނާގެ ކޮޓަރީގެ ތަޅުގައި ހިފައިލި ވަގުތު މީހަކު ކުކުރާއަޑު ކަހަލަ އަޑެއް އިވުމުން ސަނާ ހިމޭން ވެލައި އެއަޑަށް ރަނގަޅަށް ސަމާލުވެލިއެވެ. އެއަޑު އަންނީ މަރީނާގެ ކޮޓަރީގެ ތެރެއިން ކަމުން ވުމުން ސަނާ، މަރީނާގެ ކޮޓަރި ދޮރުގައި މަޑުމަޑުން ކަންފަތް ޖަހާލައިގެން ހުރެވުނީ މަރީނާ ކުރާކަމެއް ނޭނގިގެންނެވެ. އިރު ކޮޅަކުން އެ އަޑު ކެނޑި ދެން އިވުނީ މަރީނާ ވަރުބަލި ވެފައިވާ މީހެއްފަދައިން މާނޭވާލާއަޑެވެ. މަރީނާ ކޮޓަރީގެ ދޮރާ ދިމާއަށް އަންނަށް ދެށުމުން ސަނާއަށް ދުވެފައި ގޮސް ވަދެވުނީ ފާހާނައަށެވެ. އަދި ފާހާނައަށް ވަދެ ސަނާ ދޮރު ކައިރީ ފިލާހުރެ މަރީނާ ކުރާ ކަންތަށް ސިއްރުން ބަލަން ހުއްޓެވެ. ކޮޓަރީގެ ދޮރު ހުޅުވައިލައި ދެކޮޅު ހޯދައި ބަލާލުމަށްފަހު މަރީނާ ފާހާނައާއި ދިމާއަށް އަންނަތަން ފެނުމުން ސަނާ އަށް ދުވެފައި ގޮސް ވަދެވުނީ ފާހާނާގައި ހުރި ދޮންކެޔޮ ގަސްތަކުގެ ބިއްދޮށަށެވެ. ސަނާ ބިރުގަންނަ ކަމުގައި ވީނަމަވެސް މަރީނާ އަށް ލިބޭ ލާރިން ފާހާނަ ހިޔާކޮށް ފާހާނާގައި ހުރި ގަސްތަށް ކަނޑަން ބޭނުންނުވަނީ އެގޮތަށް ފާހާނަ ހުރުމުން މަރީނާ ހިތްހަމަ ޖެހޭ ކަމަށް ބުނެފައެވެ. ހުސްފައިގައި ހުންނަން ޖެހުމުގެ ސަބަބުން ފަކުރު ގަންނަ ގޮތްވިއެއްކަމަކު ސަނާ އެތަނުގައި މަރީނާ އަށް ނުފެންނާނެހެން މަޑުކުރީ މަރީނާ ހަދާއެއްޗެއް ބަލާލުމަށެވެ.
މަރީނާ ފާހާނައަށް ވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު އައިސް ވަޅު ކައިރީގައި އުޑަފައިން އިށިއިނެވެ. އަދި މަރީނާ އަތުގައި އޮތް ކޮތަޅުގައި ހުރި ލޭތަށް އޮއްސާލުމަށްފަހު އޭގެތެރެއިން މަސްކޮޅެއްފާޑު އެއްޗެއްނެގިއެވެ. ލެއިން ތަތްވެފައި އޮތް އެ މަސްކޮޅެއްފާޑު އެތިކޮޅު ބޭއްވުމަށްފަހު ވަޅުން ފެންދާންޏެއް ނަގައި އޭތިކޮޅު ދޮވެލިއެވެ. އޭތި ކޮޅުގެ ދެ އަރިމަށްޗަކުން ކުޑަ ތަންކޮޅެއް ނުކުމެފައި ވެއެވެ. ބަލާކަށް ނުހުރެ އޭތިކޮޅު މަރީނާގެ އަތުން ނޮޅައި ވަޅުކައިރީ ހަދާފައި ހުރި ފާފާރުބުރި މަތީގައި ބޭއްވިއެވެ. ސަނާ އަށް އެއީ ކޯޗެއްކަން ރޭކާލީވެސް އެވަގުތުއެވެ. ބޮލަށް އަރައިގަތް އެނބުރުމާއި އެކު ހުރިތަނަށް ނުވެއްޓޫނީވެސް ހަމަ ކިރިޔާއެވެ. އިރުކޮޅަކުން ދެ ކާޅު އައިސް މަރީނާ ބެހެއްޓި އެއްޗެހިތަށް ކާންފެށިއެވެ. އެމަންޒަރު ބަލަން ހުރި މަރީނާ ހެވިފައި ހުރެ އެއްޗެހި ބޭލުމަށްފަހު ފެންވަރާލައި ފާހާނައިން ނުކުމެގެން ދިޔައެވެ.
ފެނުނު މަންޒަރުން ސަނާ ހޮޑުލަވާ ގޮތްވިއެވެ. އެކަމަކު ހިތަވަރު ކޮށްލުމަށްފަހު މަޑު މަޑުން ފާހާނައިން ނުކުމެ ބޭރު ޖޯލީގައި ޖައްސާލި ވަގުތު އަނެއްކާވެސް ހޮޑުލަވަން ފެށުމުން ސަނާ އަށް ކެތް ނުކުރެވި އެއިންތަނަށް ހޮޑުދުއްވައި ލެވުނެވެ. އެއަޑަށް ކޮޓަރިތެރޭގައި ހުރި މަރީނާ ނުކުމެ ކިހިނެތް ވީތޯސުވާލު ކުރިއެވެ. މަރީނާ ސުވާލުކޮށް ސަނާ ގައިގައި އަތްލަން އުޅުމުން ސަނާ ދުރަށް ޖެހިލެވުނެވެ. މަރީނާގެ އެ މުޑުދާރު އަތުން ސަނާގެ ގައިގައި މަރީނާގެ އިނގިލި ކުރި ޖެހެންވެސް މިހާރު ސަނާ ބޭނުމެއްނުވެއެވެ. ސަނާގެ އަމަލުތަށް ހުރި ގަތުން ކޮންމެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ. މަރީނާ އިތުރަށް ސުވާލު ކުރުމުންވެސް ސަނާ އެއްޗެއް ނުބުނެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ. މަރީނާ ކޮނޑު އަރުވައި ލުމަށްފަހު ސަނާ ހޮޑުލާފައިވާ ތަނަށް ވެލިއަޅައި ޖޯލީގައި ޖައްސާލިއެވެ.
ދުވަހެއް ދުވަހަކަށް އަނިޔާ ލިބެމުން އައި ޝާމިން އަށް ގޮތްހުސްވާން ފެށިއެވެ. އެންމެ ކުޑައިރުން ފެށިގެން މަރީނާގެ ފަރާތުން އަނިޔާލިބެމުން އައި ޝާމިންއަށް އޭރު ހިމާޔަތް ލިބުނު މީހާގެ ދެއަތުން މިއަދު ޝާމިންގެ އަބުރު ވެއްޔާ މޮޑެވިހެން ހިނގައިދާނެކަމަކަށް ދުވަހަކުވެސް ޝާމިން ހިއެއް ނުކުރެއެވެ. ކޮންމެ ފަދަ ހާލެއްގައިވިޔަސް ސަނާއަށް މިވާހަކަތަށް ކިޔައިދޭން ޝާމިން އަޒުމް ކަނޑަ އެޅިއެވެ.
އިރާ ކޮޅުގެ ވަގުތެވެ. ޒަރީނާ ބަދިގެ ފަރާތުގައި ހަސަނުގެނައި މަސްތަށް ކެއްކުމައިގެން އުޅުނެވެ. ދޭތެރެއަކުން ޝާމިން އަށް ގޮވައި ބަދިގެ އަށް ގެނައި ކަމުގައި ވީނަމަވެސް ޝާމިން އަކަށް ޒަރީނާ މަސައްކަތެއް ނުޖައްސައެވެ. އިރުކޮޅަކާއި ޝާމިން އަށް ގޮވައި އެތަނަށް ގެންނަނީ ޒަރީނާއަށް މިހާރު ޝާމިން ނުފެންނަ ހިސާބުގައި ހުރުމަށް އުނދަގޫވާތީއެވެ ޝާމިން އަށް އިތުރު މަސައްކަތެއް ނުޖައްސާ ހަސަނަށްވެސް ވަގަށް ޒަރީނާގެ އެދުންތަށް ޝާމިންގެ ފަރާތުން ފުއްދަމުން ދިއުމުގެ ސަބަބުން ޝާމިން އާއި ދޭތެރޭ ޒަރީނާގެ ހިތުގައި މިހާރު ވަނީ ބުނެދޭން ނޭނގޭކަހަލަ ޖަޒުބާތުތަކެއް އުފެދިފައެވެ.
ހަސަނުވެސް ފެންވަރަން ދަނީ ކަމުގައި ޒަރީނާ ކައިރީ ބުނެ އަތްފައި ދޮވެލައިގެން ގޭތެރެއަށް ވަނެވެ. ޝާމިން ވަގުތުގެ ބޭނުން ހިފައި ޒަރީނާ ކައިރީ މި އަންނަނީ ކަމުގައި ބުނެ ގޭތެރެއަށް ވަނެވެ. ޒަރީނާގެ ކޮޓަރީގެ ދޮރު ހަސަނު ވަތްގޮތަށް ނުލައްޕައި ހުރުމުގެ ސަބަބުން ޝާމިން މަޑު މަޑުން ޒަރީނާގެ ކޮޓަރީގެ ދޮރާދިމާއަށް ދިޔަވަގުތު ފެންވަރަން ފާހާނައަށް ވަދެ ހަސަނު ދޮރު ތަޅުލިއަޑު އިވުނެވެ. ޝާމިންގެ ނަސީބުވެސް ރަނގަޅީއެވެ. ކޮޓަރިއަށް ވަނުމަށްފަހު ވަގުވަގަށް ޝާމިން ކޮޓަރިތެރޭގައި ތަޅުދަނޑި ހޯދުމަށްޓަކައި އުޅުނެވެ. ކޮޓަރީގެ އެތަންމިތަން ހޯދަމުންގޮސް މިހާރު ކޮޓަރީގެ ނުބަލާ ތަނެއް ނެތޭބުންޏަސް ދޮގަކަށް ނުވާނެއެވެ. ތަޅުދަނޑި ނުފެނި މާޔޫސް ވުމުން ކޮޓަރިން ނުކުތުމަށް ތަޅުގައި ހިފާލާފައިވެސް ކޮޓަރީގައި ހުރި އަލަމާރީގެ ވަތްގަނޑު ބަލާލާ ހިތްވިއެވެ. އެއީ ޝާމިންގެ ނަސީބު ކަމެއް ނޫނީ ބަދުނަސީބު ކަމެއް ނޭނގެއެވެ. މަޑުމަޑުން ގޮސް އަލަމާރީގެ ވަތްގަނޑު ހުޅުވައި ހޯދަން ފެށިއެވެ. ވަތްގަނޑުގައި އޮތްފައިލް ހިއްލާލިއިރު ތަޅުދަނޑި ފެނުމުން އުފަލުން ހުރެ ޝާމިން ތަޅުދަނޑި ނެގިވަގުތު ކުއްލިއަކަށް ފާހާނައިގެ ތަޅުގައި ހަސަނު ހިފާލިއަޑު އިވުނުމް ޝާމިން ސިހިފައި އެދިމާއަށް ބަލާލިއެވެ. ވަގުތު ބޭކާރު ނުކޮށް ވަތްގަނޑު ލައްޕާލުމަށްފަހު ޝާމިން އަލަމާރި ތެރެއަށް ދެމިގަނެ އަލަމާރި ތެރޭ ހުރި ހެދުންތަކުގެ ތެރެއަށްވަދެ ފޮރުވިގަތެވެ.
ފާހާނައިން ނުކުތް ހަސަނުގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހުޅުވިފައިވާ އަލަމާރީގެ ދޮރެވެ. ހަސަނު އަލަމާރި އާއި ދިމާއަށް އަންނަކަން ޝާމިން އަށް އެނގުމުން ނޭވާ އަވަސް ވާގޮތްވިއެއްކަމަކު ނޭވާ ހިފަހައްޓާލީ ހަސަނަށް މިކަންއެނގިއްޖިއްޔާ ޝާމިން އަށް ހަދާލާނެ ގޮތަކާއި ދޭތެރޭ ވިސަނާލާފައެވެ.
ހަމައެވަގުތެވެ. ބާރު ހިނގުމެއްގައި މަރީނާ ގޮސް ފާތުމަމެންގެ ގެޔަށްވަދެ ސަލާންގޮވައިލިއެވެ. “ޥައަލައެކުމުއް ސަލާމް” ފާތުމަ ގޭތެރޭގައި ހުރެފައި ބޭރަށް ނުކުންނަމުން ސަލާން ބަލައިގަނެ ކާކުތޯ ސުވާލު ކޮށްލިއެވެ. ފާތުމައަށް މަރީނާ ފެނި ފާތުމަގެ މޫޑޫ ބަދަލުވާން ކުޑަ ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ވަގުތުން ފާތުމަ ހަނދާންވީ މޫސަ މަތިންނެވެ. ނަމަވެސް އެވަގުތު ވީ މޫސަ ގޭގައި ނޫޅޭ ވަގުތަކަށެވެ. “ކަލޭ ކީއްކުރަނީ މިގޭގައި؟ ކީއްކުރަން؟ ކާކު ހޯދަން؟” ފާތުމަގެ ހިތުގައި އެދުވަހައްފަހު މަރީނާ އަށްޓަކައި ނަފްރަތު އެފެދިފައިވާތީ އައިރުޅީގައި ސުވާލުތަށް އެއްފައްޗަކަށް އަމުނައިލިއެވެ. ” އަނެއްކައިވެސް ހަމަ މޫސަގެ ކަމެއްގަ ފާތުމައަށް އެއްޗެއް އޮޅުން ފިލުވައިދޭން ވެގެން މިއައީ، އިނގޭ ގަބޫލު ނުކުރާނެކަންވެސް އެކަމަކު އަހަރެންވެސް ބޭނުމެއްނޫން ފާތުމައަށް ދެރައެއް ލިބޭކަށް، ފާތުމައަށް އަސްލު މޫސަ ނޭނގޭ ދޯ؟” ވަރަށް ހަމަ ޖެހިފައި ހުރެ މަރީނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ކީކޭ ކިޔަންތިއުޅެނީ؟” ފާތުމަ ހިތްހަމަ ނުޖެހިހުރެ އަނެއްކައިވެސް ސުވާލު ކުރިއެވެ. “މޫސަ އާ އަހަރެންނާ އަދިވެސް ގުޅުން އެބޮތް. އެކަމަކު މިހާރު އަހަރެން އޭނަ ގެން ގުޅެނީ ކުރީގެ ހެންނެއް ނޫން ހަމައެކަނި ފައިސާގެ ބޭނުމުގައި މޫސަ އަހަރެން ކައިރިއަށް އަންނަނީ އޭނަ ބޭނުންވާވަރަކަށް އަހަރެން ހަދައިދޭތީ” މޫސަގެ ނަން މަރީނާގެ ދުލުން އެކަހަލަ ގޮތަކަށް ބޭނުން ކުރަން ފާތުމަ ބޭނުން ނުވެގެން މަރީނާ އާއި ދިމާއަށް ހަޅޭއްލަވައި ގަތެވެ. “ކަލޭ ތިހަދަނީ ދޮގު މަގޭ ފިރިމީހާ ކަލޭ ތިބުނާ ކަހަލަ ވިޔާނުދާ އަމަލުތަކެއް ނުހިންގާނެ، ތިކަހަލަ ވިޔާނުދާ އަންހެނުން އަބަދުވެސް އުޅޭނީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރަން، ފާޑު ފާޑޫގެ ވާހަކަ ނުދައްކާ މިތަނުން ރައްކާވޭ” ފާތުމަ އެހެން ބުނެ ގޭތެރެއަށް ވަނުމަށް އެނބުރި އެޅި ފިޔަވަޅު ހުއްޓުނީ އަނެއްކައިވެސް މަރީނާ ވާހަކަ ދައްކަން ފެށުމުންނެވެ. “އަހަރެން މިއޮއް ހުރިހައި ދުވަހުވެސް ނާންނަމޭނުން މިކަހަލަ ވާހަކައެއް ދައްކާކަށް، މިއަންނަ ހަފްތާގެ ހުކުރުވިލޭރޭ އާދޭ އަހަރެންގެ ގޭ ކައިރިއަށް ދަންވަރު ބާރަޖަހައި އިރު އޭރުން ފާތުމައަށް ފެންނާނާނޭ ފާތުމަގެ ފިރިމީހާ އުޅެމުންދާ ރީތި އުޅުން” މިހެން ބުނެ އައި ރުޅީގައި މަރީނާ ގޮސް ފާތުމަގެ ގެއިން ނުކުމެ ދޮރުޖެހިއެވެ.
*** *** ***
ހަސަނު އައިގޮތަށް އައިސް އަލަމާރި ދޮރުގައި ހިފާލުމަށްފަހު ދޮރުލައްޕާލިއެވެ. ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުން ޝާމިން ހަމަޖެހިލައި އަލަމާރިތެރޭގައި މަޑުކޮށްލީ ހަސަނު ކޮޓަރިން ނުކުންނަން ދެނެވެ. ހަސަނު ކޮޓަރިން ނުކުތްކަން ޔަގީން ވެގެން މަޑުމަޑުން އަލަމާރި ތެރެއިން ޝާމިން ނުކުމެ ދޮރުކައިރިއަށް ގޮސް ތަޅުވަޅުން ބޭރު ބަލައިލީ ބޭރުގައި މީހަކު ހުރިތޯއެވެ. މީހަކު ފެންނަން ނެތުމުން ޝާމިން ނުކުމެ ޒަރީނާމެންގެ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ދިޔައީ ބަދިގެ ފަރާތަށެވެ. “ކޮންތާކުން ތިއައީ ކީއްވެ ލަސްވީ؟” ޒަރީނާ އެހެންބުނި އިރު ޝާމިން ދޭނެ ޖަވާބަކާއި ދޭތެރޭވިސްނަމުން ދިޔައެވެ. “މިއައީ ފާހާނައިން” ފުރަތަމަ ފަހަރަށް ޝާމިން އަށް ދޮގުހަދަން މަޖުބޫރުވީ އެހެންގޮތެއް ނެތުމުންނެވެ. ޒަރީނާ ހޫމް އޭ ލައްވައިލުމަށްފަހު ޒަރީނާ ކުރާ ކަންތަން ނިމެންދެން އެތާ އިނުމަށް ބުންޏެވެ. ހަސަނުވެސް ބޭރަށް ނުކުތުމަށްފަހު ޝާމިން ފެނިގެން އައި ރުޅީގައި ވަނީ ގޭތެރެއަށެވެ. ޝާމިން އެއިންގޮތަށް އިނދެ ދިޔައީ ގެއިން ނުކުންނާނެ ގޮތެއް ބޮލުތެރޭގައި ރާވަމުންދިޔައެވެ. ޝާމިން އަށް ވިސްނުނީ ޒަރީނާ ބަދިގޭގެ ކަންތަށް ނިންމާ ލުމަށްފަހު ހަސަނު އާއި އެކު ކޮޓަރިއަށް ވަންނަ ވަގުތު ގެއިން ނުކުތުމެވެ.
ޝާމިން އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުމުން ބަލަބަލައި ހުރީ ޒަރީނާމެން ކޮޓަރިއަށް ވަންނާނެ ވަގުތަކަށެވެ. ޒަރީނާ މެން ކޮޓަރިއަށް ވަދެފިނަމަ ދެން ނުކުންނާނީވެސް 8 ޖަހާ ބޮޑުވާފަހުންކަން ޝާމިންއަށް އެނގެއެވެ. ޒަރީނާމެން ކޮޓަރިއަށް ވަންނަން ދިޔަވަގުތު ޝާމިންވެސް ގޮސް ކޮޓަރިއަށްވަނީ އެމީހުންނަށް ޝައްކު ނުވާގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށެވެ. 5 މިނެޓްފަހުން އަނެއްކައިވެސް ޝާމިންގެ ކޮޓަރި ދޮރުހުޅުވައި ލުމަށްފަހު ނުކުމެ ގޭގެ މައިދޮރާއި ދިމާއަށް ހިނގައިފައި ދިޔައީ ވަރަށް މަޑު މަޑުންނެވެ. ޝާމިން ބިމުގައި ފައި އަޅަމުން ދިޔަގޮތުން ހީވަނީ އޭނާގެ ފައިދަށުވެ ހިންޏެއް މަރުވެދާނެތީ އުޅޭހެންނެވެ. ގޭގެ މައިދޮރު ހުޅުވައިލުމަށްފަހު މަޑުމަޑުން ދޮރުލައްޕައި ޝާމިން ހުރިބާރެއްލާފައި މަރީނާންގެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ގޭގެ ދޮރާ ހަމައަށް އރުމުން ފުރަތަމަވެސް ބަލާލީ މަރީނާ ފެންނަ ހިސާބުގައި ހުރިތޯއެވެ. ނަމަވެސް މަރީނާ ފެންނަން ނެތުމުން ގެއަށް ވަދެ ސަނާ އާއި ޝާމިން ނިދާ ކޮޓަރީގެ ދޮރު ހުޅުވައިލައި އެތެރެއަށް ވަނެވެ. ސަނާ އޭރުވެސް އޮތީ ހަވީރު ކޮޓަރިއަށް ވަތްގޮތަށް ނިދިފައެވެ. ސަނާ ފެނުމާއި އެކު ޝާމިންގެ ބަޑި ފަޅައިގެން ގޮސް ސަނާގެ ގައިގައި ބައްދާލިއެވެ. ސިހިފައި ސަނާއަށް ހޭލެވުނުއިރު ޝާމިން ހުރުމުން ހައިރާންވިއެވެ. “ޝާމިން ކޮއްކޯ ކިހިނެތްވީ؟ ކޮބައި ޒަރީނާ ދައްތަ އާއި ހަސަންބެ؟” ޝާމިން އެގަޑީގައި އައިސް ހުރުމުން ސަނާ ކަންތަށްބޮޑުވެ ސުވާލުމު ކުރެވެން ފެށުނެވެ. ކޮއްކޮ ދައްކާ ވާހަކަތަށް އަޑުއަހާނަން ދޯ؟ “ކޮއްކޮ ދައްކާ ވާހަކަ ގަބޫލު ކުރާނަން ދޯ؟” ޝާމިން ލޯފުހެލުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ. “އާނ ކޮއްކޯ، ކޮއްކޮ ދައްކާ ކޮންމެ ވާހަކައެއްވެސް ދައްތަ ގަބޫލުކުރާނަން، ކިޔައިދީބަލަ ވީގޮތެއް” ޝާމިންގެ ބޮލުގައި ސަނާ ފިރުމާލުމަށްފަހު ބުންޏެވެ. ޝާމިން ވަރަށް ހިތްވަރު ކޮށްލާފައި ސަނާ އަށް އެއްވެސް ކަމެއް ފޮރުވަންބޭނުން ނުވާތީ ހުރިހާވާހަކައެއް ކިޔައިދިނެވެ. ޝާމިންގެ ވާހަކަތަށް އާޑުއަހަން އިން ސަނާ އަށް ރޮވެމުންގޮސް ޝާމިންގެ ވާހަކަތަށް ނުނިމި އުޅެނިކޮށް ޝާމިންގެ ގައިގައި ބައްދާލެވުނެވެ. އަދި ޝާމުންގެ މޫނުގެ އެތަން މިތަނުގައި ބޮސްދިނުމަށްފަހު އަނެއްކައިވެސް ސަނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ. ޝާމިންގެ ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ޒަރީނާމެން އަނިޔާދެމުން ދިޔައިރު ސަނާއަށް އެއިންއެއްވެސް ކަމެއް ނޭނގުނީތީ ސަނާގެ އަމިއްލަ ނަފްސް ކުއްވެރި ކުރެވުނެވެ. ނަމަވެސް ޝާމިން ކައިރީ އިހަށް ގެއަށް ދިނުމަށްބުނީ ޝާމިން އެކަންތަކުން ސަލާމަތް ކޮށްދީ ގެއަށް ގެނެސްދޭނެ ކަމަށް ބުނެފައެވެ.
ސަނާއަށް ހުރިހައި ވާހަކަތަކެއް ކިޔައި ދެވުމުން ޝާމިންއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އެއީ ސަނާ ކޮންމެ ފަދަ ހާލެއްގައިވެސް ޝާމިން ސަލާމަތްކޮށްދޭނެ ކަމުގެ ޔަގީންކަން ހިތުގައި އޮތުމުންނެވެ. ޝާމިން ގެއިން ނުކުންނަން އުޅެނިކޮށް މަރީނާ ގެއަށް ވަންނަނިކޮށް ފެނި މަރީނާ އާއި ފިލަންވެގެން ގޮސް ޝާމިންއަށް ވަދެވުނީ ބަދިގެ ބިއްދޮށަށެވެ. މަރީނާ އައިސް ގޭތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ޝާމިން ހުރީ ފެންކަޅިވެފައެވެ. އެހާ ދުވަސް ފަހުން މަރީނާގެ ސޫރަ ފެނުމުން ޝާމިން އުފާވިއެވެ. ނަމަވެސް މަރީނާގެ ފަރާތުން ބޭނުންވާ ފިރުމުންތަކަށް އެދި އެދި ހުރި ޝާމިން އަށް އިސްޖަހައި ލެވުނީ އެއީ ނުވާނެ ކަމެއް ކަމުގައި އެނގި ހުރެ މާޔޫސްވެފައިވާ ހާލުގައެވެ.
މަރީނާ ގެއަށްވަނުމުން ޝާމިން ބެލީ އަވަހަށް ޒަރީނާމެން ކޮޓަރިން ނުކުތުމުގެ ކުރިން ޒަރީނާމެން ގެއަށް ވަދެވޭތޯއެވެ. ދުވަމުން ކަހަލަ ގޮތަކަށްގޮސް ދޮރުކައިރަށް ހުއްޓި ތަޅުވަޅުން އެތެރެ ބަލައިލިއެވެ. އަދި މެދުގޯތިތެރެއަށް ޝާމިން ރަނގަޅަށް ނަޒަރު ހިންގާލުމަށްފަހު ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލައި ދޮރު ހުޅުވައިލިއެވެ. ނަސީބުރަނގަޅު ކަމުން ޒަރީނާ މެންނަށް ނޭނގި މިފަހަރުވެސް ޝާމިން ސަލާމަތްވީއެވެ. ޣޭތެރެއަށް ވަނުމަށް ތަޅޫގައި ހިފައިލި ވަގުތު ޒަރީނާމެން ކޮޓަރީގެ ދޮރު ހުޅޫވައިލި އަޑަށް ޝާމިން ހާސްވިއެވެ. އަދި ވިސްނާލުމަށްފަހު ޒަރީނާމެންނަށް ނުފެންނަ ތަނެއްގައި ފިލިއެވެ. ޒަރީނާމެން ކޮޓަރިން ނުކުމެގެން އައިގޮތަށް ކާގެ އާއި ދިމާއަށް ދާތަން ފެނުނެވެ. އަދި ކާގެއަށް ވަދެ އިށީނުމުން ޝާމިން އަވަހަށް ގޮސް ޒަރީނާމެން ކޮޓަރިއަށް ވަދެ ތަޅުދަނޑި އޮތްތަނުގައި ބޭއްވުމަށްފަހު ނުކުމެ ޝާމިންގެ ކޮޓަރިއަށް ވަނެވެ. ހާސްވެ ވަރުބަލި ވެފައި ހުރުމުގެ ސަބަބުން ޝާމިން ވަނީ ވަރަށް ބޮޑަށް ދާހިއްލާފައެވެ. ޝާމިން ފާހާނައަށް ވަދެ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލިތަނާ ކޮޓަރިދޮރުހުޅުވައި އަޑަށް ބަލައިލިއެވެ. “ޝާމިން ކަލޭ ކަންޏާ ކައިގެން އެއްޗެހި ހޫނު ކޮށްފަ އައިސް ނިދަންވަދޭ” ޒަރީނާ އެހެން ބުނެ ދޮރުލައްޕާލުމަށްފަހު ޓީވީހުޅުވައިލި އަޑު އިވުނެވެ ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ޝާމިން ކައިގެން އެއްޗެހިތަށް ހޫނުކޮށްފައި އައިސް ކޮޓަރިއަށްވަނެވެ. އޭރުވެސް ޒަރީނާ އާއި ހަސަނު ޓީވީ ބަލަން އިނެވެ.
*** *** ***
“އަހަރެން ޒަރީނާގެ ދެމަފިރިން މުޅި ރަށަށް ބޭޒާރު ކޮށްލާނަން، ޝާމިން ކޮއްކޮ އާއި ދޭތެރޭ އެފަދަ ވިޔާނުދާ ގޮތަކަށް ޒަރީނާ ކަންތަށް ކުރީތީ އަހަރެން ދުވަހަކުވެސް ޒަރީނާ އަކަށް މައާފެއް ނުކުރާނަން، ކޮއްކޮ އަށް ހަސަނުގެ ފަރާތުން އަދި އެކަހަލަ ކަމެއްވެފައި ނެތަސް ހަސަނުވެސް ކޮއްކޮ އާއި ދޭތެރޭ ކަންތަށް ކުށްފަ އެހުރީކީ މާކަށް ރަނގަޅަކަށް ނޫން. އަދި އެޒަރީނާ ޝާމިން އަށް އިންޒާރުދިފަ އެބައޮތޭނުން އެވާހަކަތަށް ކިޔައިދީފިއްޔާ މަށަށްވެސް ކޮއްކޮ އާއި ދޭތެރޭ ކަންތަށް ކުރާގޮތަށް ކަންތަށް ކުރާނެކަމަށް، ޗި.. ލަދެއް ނުގަނޭތަ” އެނދުމަތީ އޮތް ސަނާއަށް ޝާމިން ދައްކާފައި ދިޔަ ވާހަކަތަކާއި ދޭތެރޭ ވިސްނެން ފެށުމުން ލޭކެކިގެން ގޮސް ސަނާގެ ހިތަށްފާޑު ފާޑުގެ އެއްޗެހި އަރަމުން ދިޔައެވެ. އަދި ޒަރީނާ އަށާއި ހަސަނަށް ހިތުން ނުފިލާވަރުގެ ލަނޑެއް ދިނުމަށް ސަނާ ރާވަމުން ދިޔައެވެ. މިކަހަލަ އެކި އެކި ހިޔާލު ތަކުން ސިކުނޑި ބަރުވަމުން ދިއުމުން އިރު އެރި އިރުވެސް ސަނާ އަށް އޮތީ ނުނިދިފައެވެ.
ސަނާގެ ވިސްނުން ހުރީ އިރު އެރުމާއި އެކު ރަށުގެ ޕޮލިސްޓޭޝަންއަށް ގޮސް އެކަން އެންގުމެވެ. “މިއަދު ހާދަ އަވަސް އަރުވައިލައިގެން ތިއުޅެނީ؟ ތަނަކަށް ދާންތަ؟” ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅުނުއިރުވެސް ދޭތެރެއަކުން ސަނާ ގަޑިއަށް ބެލާތީ މަރީނާ ސުވާލުކޮށްލިއެވެ. “އާން މިއަދު މިއުޅެނީ މާ ބޮޑަށް ޝާމިން ކޮއްކޮ މަތިން ހަނދާން ވާތީ، އެހެންވެ ހޭލަންވާއިރަށް ދެވޭތޯ މިއުޅެނީ” ސަނާ، މަރީނާ އަށް ދޮގުހެދިއެވެ. އެދޭތެރެއަށް ޝާމިންގެ ނަން އައުމުން މަރީނާގެ މޫނު މަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔަތަން ސަނާއަށް ފެނުނެވެ. ސަނާ އަށް މަރީނާ ހިތްހަމަ ނުޖެހުނުކަން އެނގުމުން ދެކޮޅަށް ބޯހޫރާލުމަށްފަހު މަސައްކަތައިގެން ކުރިއަށްދިޔައެވެ.
ފެންވަރައި ލުމަށްފަހު ތައްޔާރުވެގެން ސަނާ ޕޮލިސްޓޭޝަނަށް ގޮސް މައިދޮރު ހުޅުވައި ލުމަށްފަހު އެތާ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ފެންވަރުގައި ހަދާފައިވާ އެއިމާރާތުގައި ވަނީ މުށިޖަހައި ރީތިކޮށްފައެވެ. ރިސެޕްޝަން ކުރިމަތީގައި ދެ ބަރިއަކަށް ގޮނޑިތަށް އަތުރާލަފައި ވާއިރު އެއިން ކޮންމެ ބަރިއެއްގައި ދިހަ ވަރަކަށް ގޮނޑި ބަހައްޓައިފައި ހުރުމުން އެއީ އެކި ކަންކަމުގައި މިތަނަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ބަހައްޓާފައިވާ ގޮނޑި ތައްކަން ސަނާ އަށް އެނގުނެވެ. އަދި ރިސެޕްޝަންގެ އަރިމަތީ އިން ދޮރެއްގައި “އޮފީސް” ޖަހާފައި ވެއެވެ. ގޮނޑި ބަރީގައި އިތުރު މީހަކު ނެތުމުން މަޑު މަޑުން ގޮސް އެންމެ ކުރީ ބަރީގައިވާ ގޮނޑި ބަރިން ގޮނޑިއެއްގައި ސަނާ އިށިއިނދެ ރިސެޕްޝަންގައި އިން ކުއްޖާއަށް ނަޒަރު ހިންގައިލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރިސެޕްޝަންގައި އިން ކުއްޖާ ގޮވައިލުމުން ސަނާ ރިސެޕްޝަން އާއި ކައިރިވެލިއެވެ. “ކީއްކުރާ ކުއްޖެއް؟” ރިސެޕްޝަންގައި އިން ކުއްޖާ ސުވާލުކޮށްލުމުން މިއައީ މައްސަލައެއް ހުށައެޅުމަށް ކަމަށް ބުނެ ސަނާ އެކުއްޖާއަށް ޖަވާބުދިނެވެ. އެކުއްޖާ ފޯމް އެއް ދިއްކޮށްލުމަށް ފަހު މި ފޯމް ފުރާލައި ރިސެޕްޝަނާ ހަވާލު ކޮށްދިނުމަށް އެދުނެވެ. ގެއަށްދާން ބޭނުން ނުވާތީ ސަނާ އެތަނުގައި ހުރެ ފޯމް ފުރާ ރިސެޕްޝަންގައި އިން ކުއްޖާއަށް ހަވާލު ކޮށްލުމުން އެކުއްޖާ ގޮނޑި ބަރިއަށް އިޝާރަތް ކޮށްލުމަށްފަހު ސަނާ ކައިރިން އިށިއިނުމަށް އެދުނެވެ.
ކުޑަ އިރުކޮޅެއް ތެރޭގައި ރިސެޕްޝަންގައި އިން ކުއްޖާ ސަނާ އަށް ގޮވައި ލުމަށްފަހު ސަނާ ގޮވައިގެން އެތެރެއަށް ގޮސް “އޮފީސް” ޖަހާފައިވާ އެދޮރުން އެތެރެއަށް ސަނާ ވައްދައި ގޮނޑީގައި ބޭންދުމަށް ފަހު ނުކުމެގެން ދިޔައީއެވެ. “އަޅުގަނޑުގެ ނަމަކީ އަފީފް” ސަނާގެ ކުރިމަތީ އިން މޭޒުގެ ފުރަގަހުގައި އިށިއިނދެލައިގެން އިން އަފީފް އަމިއްލައަށް ތައާރަފްވެލައި ސަނާ އަށް އަތް ދިއްކޮށްލިއެވެ. ސަނާވެސް އަފީފް އާއި ސަލާމް ކޮށްލުމަށްފަހު ތައާރަފް ވެލިއެވެ. “އަޅުގަނޑުގެ ކޮއްކޮ ސަލާމަތް ކޮށްދީ އަޅުގަނޑު ބޭނުމީ މިހާރު ކޮއްކޮ އަށް އަނިޔާ ދެމުން އެދާ ޒަރީނާ އާއި ހަސަނުގެ ފަރާތުން ކޮއްކޮ ސަލާމަތް ކޮށް އެދެމީހުންނަށް ހައްގު އަދަބު ދޭން” އަފީފް އިތުރު ސުވާލެއް ކުރުމުގެ ކުރިން ގޮތް ހުސްވެފައިވާ ސަނާ އެހެން ބުނެ ރޮއެގަތެވެ. “މައްސަލައިގެ ގޮތުން އަޅުގަނޑުމެންނަށް ތިކަމަށް ފިޔަވަޅެއް އެޅޭނީ އިތުރަށް ތަހުޤީޤު ކޮށްގެން، އެހެން ކަމަށް ވުމުން މިކަމުގައި އަޅުގަނޑުމެންނަށް ސަނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން” ސަނާ އަށް ޓިޝޫއެއް ދިއްކޮށްލުމަށްފަހު އަފީ ވާހަކަ ދައްކަން ފެށިއެވެ. ސަނާ ވަރަށް ހިތްވަރުކޮށް ކަރުނަތަށް ފޮހެލުމަށް ފަހު ސަނާ ކަންތަށް ކުރުމަށް ރާވާފައިވާ ގޮތް ކިޔައިދިނުމުން އަފީފް އެކަމަށް ތާއީދު ކުރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.



Yey!!!I’m first!!!!v.reethi mi bai ves. Keep it up?☺
Thank You Mal. 🙂
Alhugan’dah mi part lahun up koh dhevunythee kiyuntheringe faraathun maafah edhen.
Vvvv kiyaa hithunn hutta vaahaka mi nimuneee…..
heevaa gothunn kulliakahhh miothy nimmaalaafa….
Mareena kuraa faafa thakahhh vee gothehhh neygunu…
sana kokko gen gulheyne gothehh neyge…
kunnu a eee kulliakahhh…
mihennn kunnu genaumunnn mi vaahakaige reethikann vanee foruvifa…
so nxt tme thnk and conclude. …☺☺☺
I’m sorry. Ekam grammar mistakes eba hurikan faahaga kurevey. Dhen up kohllaairu recheck kohllaafa, rangalhu kohllaane kamah unmeedhu kuran. Anyway good luck
Mibuny Ehn vaahaka eh ves ?
Faahaga kolla dhineethee varah bodah thanks. Next time ran’galhu kollaanan 🙂
Maaf kurahvvaa. Alhugan’dah “nimuny” ehn jehifaa eynee olhumakun
Really….
aslu meenee vvvv dhera vefa story nimuneema….
nw vvvv happpy…
thanksss ammu
Thank You Vily for reading my story. And i apologize for that
Nyc… Mihaaaru dhigukoh genes dheythi v hapi vey …avahah up kuraaathi 🙂
Thank You. hehehehe 🙂
Wow. Varah obi mi part ves ?.. waiting for the next part ingey ?
Thanks Eyesh 🙂
Varaaaah boootiphull. ???. But first paragraph ga RF ah iny rifiyaa jayaafa. Hehw.?. Anyways story hama habeyys.???. I think this is my first comment on this story but i have been reading this story from first part. Varaah rythi ammu ge stories. ?❤??
?????? lol. Yeah dhw. Anyway Thank You Luvna ☺
Wow wow wow ??
Thank You
story vrh salhi
When next part?
Thank You. Iraadha kurehviyya varah avahah up kohdheynan.
moosa aharen kairiah annany eyna beynunvaa varakah aharen HADHAIDHEYTHY…publish kuraa vaahaka eh ga mikahala ibaaraaiy beynun kurumaky varah hadi kameh. esfiya ge admin mikamaa visnaalun edhen.
Thanks for reading my story Dhon Kanbulo. Publish kurumuge kurin thi thankolhaa dheytherey alhugan’duves v visnin. Eyna bunefa in gothah genes dheefa eynee. Sorry for that. Dhen faharakun ehen nuvaane 🙂
Aharenves dhon kanbulo ah thaaeedh anyways vaahaka v reethi v avahah up kohdheyne kamah hykurah
Thank You Shazz. Iraadha kurehviyya varah avahah up kohdheynan
Ammu genesdhey goi v salhi hama. mee hageegee story eh veema emeehun kiyaafa hurigothah genesdheythee salhi varah. Ammu ah egunu varakun real dialogues geneadhiniyyaa ragalhi. V habeys mi story.. ehen kiyaalaa dhethin myhehge bahah mi storyge aslu change kohfiyyaa v dheravaane. Cox aharumen mi story kiyani v kiyahithyn. So plx keep up ur gud work. Its a real story so real dialogues are better. ??
Nice story eh, liyun theriyaa ai kohlan beynun suvaaluthakeh ebahuri
Thank You Me. Suvaaleh othiyyaa hama kuriyah gendhan v. ?