ޖުލައި މަހުގެ ތެރޭގައި
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ އެވެ އެ ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވެސް މިހަތުގަިވެޔޭ 1ވަނަ ބައި ޖޯޑު ކިރު އަދި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ ވެސް މިހަތުގަިވެޔޭ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މުހައްމަދު ހުސައިން މަނިކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ
ދެންތިބި މީހުންނަށް ވެސް ވީ އެވަރެވެ. ******************** އޭރު ވަރަށް ބާރަށް ޓެންޓު ތެޅެމުން ދިޔައެވެ. އިދާން ބޭރަށް ނިކުމެ ބަލައި އިރު އަމްޝާ އެތާ ހުރެގެން ފޯރީގައި ޓެންޓު ތަޅުވަނީއެވެ. އެއް އަތުން އަނގަމަތީގައި އަތް އަޅައިގެން އަނެއް އަތުންނެވެ. އިދާން އެތާ ހުރިކަމެއް އިމްޝާ އަކަށް ނޭނގުނެވެ. އިދާން ސިއްރު ސިއްރުން ގޮސް އިމްޝާ އަތުގައި ހިފާފައި ޓެންޓު ތެރެއަށް ވެއްދިއެވެ. އަދި ބުންޏެވެ.” އިމް ކީއްވެގެންތަ އަހަރެމެން ބުނާގޮތް ނުހަދަނީ.. ދެންމެ އިމް […]
އެކޮޅުން އެމީހަކު ގުޅަން ފެށުމުން ޖަމީލާ ވަގުތުން ބިޒީ ކޮށްލިއެވެ. އަދި އެމީހާ ކިހިނެތްވީހޭ އެހުމުން ޖަމީލާ ބުނެލީ ގުޅުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. ޒާޔާގެ ނަމުގައި ޖަމީލާ އެމީހަކާ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އެހެނިހެން ފޮޓޯތަކެއްވެސް ފޮނުވައިލައިފިއެވެ. އަދި ޗެޓް ލޮގުން ނުކުމެ އެ ޗެޓް ލޮގު ހައިޑް ކޮށްލިއެވެ. އަދި ފޯނު އެނދުގެ ހެޑްބޯޑް މަތީ ބާއްވައިފައި އެނދުމަތީ އޮށޯވެލިއެވެ. “ހަހަ. ޒާޔާ. މިފަހަރު ކަލެއަކަށް ސަލާމަތެއް ނުވާނެ.” […]
* “ސާބަހޭ ޒައީ.. އިންޓަނެޓްއިން ސަރޗް ކޮއްބަލަ މިސްކޫލްގެ ހިސްޓަރީ.. މިއީ ވަރަށް އޯލްޑް ތަނެއް އަލުން ހަދާފައި.. މިހާރު މިތަނުން ކިޔެވި މީހުންވެސް މުސްކުޅި ވެގެން މަރުވެފައިވާކަމަށްވެސް ބުނޭ…” ޒައިދާން ކިޔައިދިނެވެ. “އެހެންތަ…؟ ޒައި ފަހުން ބަލާލާނަން…” ޒައިލީން އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. * “އޯވްހް.. ކާކަށް ގުޅައިގެން..؟ ސްޕެޝަލް ފްރެންޑްތަ..؟” އަލްޔާ ލާނެތް ހިނިތުންވުމަކާއި އެކީ ލޯ ހަނި ކޮއްލަމުން އައިސް ޒައިލީން ގާތު އިށީނެވެ. “އޭނ..؟ […]
ދިހަވަނަބައި ނަޝްވާގެ މިސްރާބު ހުރީ ހިޝާން އާއި ދިމާއަށެވެ. ނަޝްވާ ގޮސް ހިޝާން އާއި އެއްފޫޓު ދުރުގައި އިށީންދެލިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލި ހިޝާން އަށް ނުދަންނަ އަންހެން ކުއްޖަކު ކައިރީގައި ހުރުމުން ހައިރާވިއެވެ. އަދި ވަގުތުން ތަންކޮޅެއް ދުރުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތަކީ އައިނާ ވެސް ހިޝާން އަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވިއެވެ. *** އެވަގުތު ކޮޅު އެތައް ގަރުނަކަށް […]
ކުޑައިރުކޮޅެއްގެ ތެރޭގައި ޖައިޝްގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އަތް ތުރުތުރު ލައިގެން އޭނާގެ އަތުން ފޯނުވެސް ވެއްޓިގަތެވެ. ”ޝިޔާން ދެން ތީ ކޮން ސަކަރާތެއް.” ހަމަހޭވެރިކަން ވުމުން އަވަސް އަވަހަށް ވެއްޓިފައި އޮތް ފޯނު ނަގައި އަނެއްކާވެސް ކަންފަތުގައި ޖަހައިލިއެވެ. އޭރު ޖައިޝްގެ އަޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. ނިތްކުރިމަތިން އޮށްދާތަށް ހިއްލަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ”ޖައިޝް. އަހަރެން ސަކަރާތެއް ނުޖަހަން. އެދުވަހު އަހަރެން ދިޔައީމެއްނު ރައްޓެހިން ފެނިގެން. އެދެމީހުން ޕޮޒިޓިވް […]
ދެބަފައިން ގެންގުޅުނު އެތީގެ ފުރާ ފެންއަޅައިގެން ދެބަފައިންވެސް ދުރަށް ދިޔައެވެ. ” ބައްޕާ އެމީހުން ހިތައް ނާރާނެތަ އަހަރެމެން މީ ކޮންބައެއްތޯ؟..” ހާތިބު އަހާލިއެވެ. ” ބައްޕަޔަށް ހީވަނީ އެވަޅު ކައިރިއަށް އެއަންނަނީ ދަތުރުމަތީގައި އަންނަ ބައެއްހެން.. އެއީ މީހުންއުޅޭ ސަރަހައްދާވެސް ތަންކޮޅެއް ދުރުގައި ހަދައިފައި ހުރި ތަނެއް ނޫ.. އެހެންނޫންނަމަ އެމީހުންވާހަކަދައްކާ ކޮންބައެއްތޯ އޮޅުން ފިލުވާނެ…” ވަރުދާން ކިޔައިދިނެވެ. އެމީހުނަށް އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަކީ އުނދަގޫވާނެ ކަމެއް ކަމުގައި ބުނެފައި ވަރުދާން ސިފަ ކުރިންވެސް ހުރި […]
އެނދުގައި އަރާމް ކޮށް ނިދާލާފައި އޮތީ އުމުރުން ގާތް ގަނޑަކަށް ފަނަރަވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. މަޑު މުށިކުލައެއްގެ ހަންގަނޑެކެވެ. ބޯއެސްފިޔަ ތަކެވެ. މަޑު ފިޔާ ތޮށި ކުލައަރާ ތުނި ތުންފަތެކެވެ. ހިތިފަތު ބުމައެވެ. ރާޅު ބާނި އިސްތަށިގަނޑި އޮތީ މަޑު ފެހިކުލައިގެ ބާލީސް މަތީ ފަތުރާލެވިފައެވެ. ކަޅުކަން ގަދަކަމުން ރޭގަނޑެއް ފަދަ އެވެ. ގައިމަތީ ރަޖާލައިގެން އޭނާ އޮތީ ހިނިތުން ވެލައިގެންނެވެ. ނަމަވެސް އެއީ ހިދުކޮޅަކަށެވެ. އޭނާގެ ނިތްކުރިމަތިން ބޮޑެތި ދާތިކިތައް ވިދަން ފެށިއެވެ. “ނޫން… […]
ވިދާދުގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އަހަރެންނަކީ ހާދަ ނުބައި މީހެކެވެ. އަމިއްލަ ބައްޕަ މިދުނިޔެ ދޫކޮށް ދިޔައީވެސް އަހަރެންގެ ނުބައިކަމުންނެވެ. އަމިއްލަ ކޮއްކޮގެ އެންމެ ފަހުގެ އެދުންވެސް ފުއްދައިދިނުމަށް ދެކޮޅުހެދިއެވެ. ކުޑަމިނުން އެމޫނު ދެކިލަންވެސް ދެކޮޅު ހެދީމެވެ. އެކޮއްކޮ މި ދުނިޔެއިން ނައްތާލުމަށް އެތަށް މަސައްކަތެއް ކުރީމެވެ. އަހަރެންމީ ހާދަ ނުބައިމީހެކެވެ. ވަދީދުގެ ހިތުގައި މިހުރިހާ ވާހަކަތަކެއްވެ އޭނަގެ ހިތައް ތަދުވެގެންދިޔައެވެ. އޭނައަށް ހެޔޮވިސްނުން ލިބުނުއިރު މިވަނީ ވަގުތު ފާއިތުވެފައެވެ. ބައްޕަގެ ލޮލުން އޮހެމުން އަންނަ ކަރުނަތައް […]