އިދާން އާއި އިމްޝާ ހާސްވިއެވެ. ******************** އިދާން ބުންޏެވެ. ” ސާބަހޭ.. އަހަރެން ހީކުރީ ވަރަށް ބޮޑު ކަމެއްވީ ކަމަށް.. ދެން ނުވާނެ އެހާ ބާރަށް ހަޅޭއްލަވައި ގެނެއް ބޮޑުކަމެއް ނުވަންޏާ.. އިނގޭ ޒިން.. ” ” އާނ… ޒިން އަށް ވަރަށް ބޮޑުކަމެއް އެއީ ފޯނު ޗާޖު ދިޔަައިއްޔާ… ހެހެ.. ” ޒަހާ ބުނެލިއެވެ. އެކަމާ އެއްބަސްވަމުން ޒާޔާ ވެސް ބުންޏެވެ. ” އާނ… ދެން އެހެން ނޫނަސް އަދި އެބައޮތް 3 ފޯނު.. ” […]
ބާރަވަނަބައި އަދި އޭގެ އިތުރުން އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައި ފިނި ބުއިން ތައްވެސް އެތާހުރި ވަށް މޭޒެއްގެ މަތީގައި އަތުރާލެވިފައި ހުއްޓެވެ. ކޯކާއި، އޮރެންޖާއި، ޗެރީ އާއި ސްޕްރައިޓް އެވެ. އެއާއި އެއްކޮށް ނިއުޓްރޯ ބިސްކޯދާއި ލެމަން ޕަފް އާއި ޗޮކްލެޓް ޕަފް އެވެ. *** މެނދުރު އަތައް އެޅިއިރު ހުރިހާ އެއްޗެއް ގާތް ގަނޑަކަށް ކޮށާނިމި ދެން އޮތީ އުނދުނުން ކުރަންޖެހޭ ކަމެވެ. މަރިއަމް އާއި އާޝިޔާ އާއި ޚަދީޖާ އެތަނުން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް […]
ކުއްލިއަކަށް ކޮޕީގަސް ވަށައިގެންވާ ވެލިތައް އަޑިއަށް ދިޔައެވެ. ފުންމައިގެން އެ އެރީ ފާޑެއްގެ އެއްޗެކެވެ. ބޮލެެއް ނެތް އެ މާރިދުގެ މުޅި ގައިގައި ތަތްލަވާފައިވާ ފެހި އެއްޗެހިތަކެއް ހުއްޓެވެ. ބަލާބެލުމަށް އަހަރެންނަށް ލަފާ ކުރެވުނީ އެއީ މޫދު ވިނަކަމަށެވެ. އިމްޝާ އަޑުގެ ކޮޅަށް ރޮއިގަތް އަޑަށް އަހަރެންނަށް ތެޅިގަނެވުނެވެ. ”އިވާނޫ..!!! ދުވޭ..!!!” އިޝާންގެ އަޑަށް އަހަރެން ފަރާތް ފަރާތަށް ބަލާލީމެވެ. މާތްކަލާކޯއެވެ. އޭތި އެހުރީ އަހަންނާއި ޖެހިގެންނެވެ. އޭގެ ބޮލެއް ހުރި ނަމަ އަހަރެންނަށް މިހާރު ބިރުން […]
ފަތިސް ނަމާދުގެ އަޑާއި އެކު ރީމްއަށް ހޭލެވުނެވެ. އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް ނަމާދު ކޮށްލައިގެން ރީމް ކޮޓަރިން ނުކުތީ އިރުއަރާ މަންޒަރު ބަލައިލުމުގެ އިތުރަށް ސިކުނޑިއަށް ތާޒާކަން ލިއްބައިދިނުމަށެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސަކާއި ކަޅުބުރުގަލެއް އަޅައިގެން ރީމް ގެއިން ނުކުތެވެ. “އިރު އޮއްސެނީ އަތިރިއާ ވީފަޅިން ވެއްޖިއްޔާ… އިރު އަރާނީ… އަމްމް… މިދިމާލުން!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. މަޑު ހިނގުމެއްގައި ރީމް ދިޔައީ ރަށު ފުޓުބޯޅަ ދަނޑާއި […]
” ކަލޭ ތިއުޅެނީ އެކުއްޖާ ކައިލަންތަ؟…” ވިނާންގައިގައި ބޮނޑިއެއް އަޅާލަމުން ހާތިބު އަހާލިއެވެ. ވިނާންއަށް އޭނާއަށް ހުރެވުނު ގޮތް އެނގުނީ އަދި ކިރިޔާއެވެ. ” އެއީ މިއަވަށުގައި ހުންނަ އެންމެ ރީތި ކުއްޖާ.. އަހަރެން މީ އިންސާނެއްނަމަ އަހަރެން މިހާރުވެސް އެކަމާ ކުރިމަތި ލައިފިން… ބައެއްފަހަރު އަހަރެން ހިތައް އަރާ އަހަރެންވެސް އިންސާނަކަށް ވިނަމައޭ…” ވިނާން ބުންޏެވެ. ” ކަލޭ އޭގެ ދަޅައެއްގައި ނުޖެހޭތި…” ހާތިބު ބުންޏެވެ. ” ކަލޭ ހީކުރީ މަ ބޮލުގެ ތެރޭގައި ހުންނަނީ […]
* ދަބަސް ގޮނޑީގައި އަޅުވާލަމުން ޒައިލީން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔަ ކުދިންނަށް ބަލާލިއެވެ. ކުޑަކޮށް ހީލާފައި ޒައިލީން ޖެހިގެން ހުރި އެ ބްލޮންޑް އިސްތަށިގަނޑުލީ ކުއްޖާއަށް ބަލާލިއެވެ. ޒައިލީންއަށް ކުޑަކޮށް ބުމަ އަރުވާލެވުނީ އެ ފިރިހެން ކުއްޖާ ކަޅި ޖަހާނުލާ ޒައިލީންގެ މޫނަށް ބަލަން އިނުމުންނެވެ. * ޒައިލީން ބަލާލުމުން އެ ފިރިހެން ކުއްޖާ އަވަސް އަވަހަށް ދުރަށް ބަލާލިއެވެ. ޒައިލީން ދެކޮނޑު އަރުވާލާފައި ޓީޗަރަށް ސަމާލުކަން ދިނީ ކިޔަވައިދެން ފެށުމުންނެވެ. ނަމަވެސް ދޭތެރެ ދޭތެރެއަކުން […]
ޖެހިގެން އައި އާދިއްތަ ދުވަހެވެ. ސްކޫލަށް ވަދެގެން އައި އަންހެން ކުއްޖާ ފެނި ހުރިހާ ޒުވާ ފިރިހިން ކުދިންގެ ތަލިން ކުޅުހިކުނު ފަދައެވެ. މާދޮން ނޫނަސް އޮމާން މޫނެކެވެ. ހިތިފަތު ބުމައަކާއި ހެޔޮވަރުގެ ތުންފަތެވެ. ބައްޓަން ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެވެ. އެކުއްޖަކު ގޮސް އެތާގައި އިން އެހެން އަންހެން ކުއްޖަކު ކައިރީގައި މަޑު ކޮށްލިއެވެ. “ނަޝް.. އަލުން ޖޮއިން ވީމަ އަހަރެން މިހުރީ ވަރަށް އުފަލުން…” *** ނަޝްވާ ގާތުގައި އިން އީޝާ ބުނެލިއެވެ. “ހޫމްމްމް.. […]
ތެޅެމުން ދިޔަ ހިތަށް ކުޑަވެސް ތަސައްލީއެއް ނުލިބެއެވެ. މުޅިގައި އުދާހުން ފެންވަރައިލާފިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ޖައިޝްއަށް އެ މެސެޖް ހުޅުވާލެވުނެވެ. އަދި ދެލޯ މަރައި ވަރަށް ވެސް ފުން ތިން ނޭވާ ލިއެވެ. ޖައިޝް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި ތެޅެމުން ދިޔަ ހިތަކާއެކު ފޯނުގެ ސްކުރީނަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ކޮށްފައި އިން މެސެޖް ކިޔާލިއެވެ. އެ މެސެޖް ކިޔާލާފައި ޖައިޝްގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ވަގުތުން […]
“އައިނާވެސް އެ އުޅެނީ މީހަކާއި އިންނަން… ދެން ރީމް މިހަކާއި އިންނަނީ ކޮން އިރަކުން؟” މަރިޔަމް ގެ ސުވާލުން ރީމްގެ އިތުރުން އައިނާއާއި ހުދާއާއި ޒިއުނީގެވެސް މޫނުމަތީ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ރީމް އަނގަޔަށް ލާން އުޅުނު ބޯކިބާ ކޮޅު ތައްޓަށްލައިފައި އިސްޖަހައިލިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ހިފަހައްޓައިލެވޭތޯ ރީމް ވަރަށް މަސައްކަތް ކުރިއެވެ. ދެއަތް ދެއަތާ މޮޑެމުން ރީމް ބެލީ އެނާގެ މޫނުމަތީގައިވާ ކުލަވަރު އެކަކަށްވެސް ނުދެއްކުމަށެވެ. ހަދާނެ ގޮތެއް ނޭނގިފައި […]