Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 18ވަނަބައި

kudhoo Level 310 Stories100 Comments
July 9, 2020 4 Mins Read
10 Comments

ވިދާދުގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އަހަރެންނަކީ ހާދަ ނުބައި މީހެކެވެ. އަމިއްލަ ބައްޕަ މިދުނިޔެ ދޫކޮށް ދިޔައީވެސް އަހަރެންގެ ނުބައިކަމުންނެވެ. އަމިއްލަ ކޮއްކޮގެ އެންމެ ފަހުގެ އެދުންވެސް ފުއްދައިދިނުމަށް ދެކޮޅުހެދިއެވެ. ކުޑަމިނުން އެމޫނު ދެކިލަންވެސް ދެކޮޅު ހެދީމެވެ. އެކޮއްކޮ މި ދުނިޔެއިން ނައްތާލުމަށް އެތަށް މަސައްކަތެއް ކުރީމެވެ. އަހަރެންމީ ހާދަ ނުބައިމީހެކެވެ. ވަދީދުގެ ހިތުގައި މިހުރިހާ ވާހަކަތަކެއްވެ އޭނަގެ ހިތައް ތަދުވެގެންދިޔައެވެ. އޭނައަށް ހެޔޮވިސްނުން ލިބުނުއިރު މިވަނީ ވަގުތު ފާއިތުވެފައެވެ. ބައްޕަގެ ލޮލުން އޮހެމުން އަންނަ ކަރުނަތައް ފެނުމުން ލީޖިން ވަރަށް ދެރަވިއެވެ. މިނޫނީ ދުވަހަކުވެސް ބައްޕަގެ ލޮލުން ކަރުނަ އޮހުނުތަނެއް ލީޖިން ދެކެފައި ނުވެއެވެ.

މުޅި މާހައުލަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ވަދީދުގެ ގިސްލުމުގެ އަޑު އެމާހައުލުގައި މަޑުމަޑުން ހިފެމުން ދިޔައެވެ. ” ބޮޑުބޭބޭ ފާއިތުވެގެން ގޮސްފައިވާ ކަންތަކާ ނުވިސްނާ.. ބައްޕަ އަބަދުވެސް ބޮޑުބޭބެއަށް ހިތްހެޔޮވާނެ.. ދެން އެކަމާ ނުވިސްނާ… އެއްވެސް މީހަކު ބޮޑުބޭއަށް ހިތްބުރައެއްނޫން..” ވަރުދާން ވާހަކަ ދެއްކިކަމުގައި ވިޔަސް ވިދާދުގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. ” ވަރުދާން ގަނޑުވަރުގައިތަ މިހާރުވެސް އުޅެނީ؟..” ވިދާދު އަހާލިއެވެ. ” ނޫން މަންމަ ނިޔާވި ހިސާބުން ގަނޑުވަރުގައި އިތުރަށް އުޅެން ބޭނުން ނުވާތީ ގަނޑުވަރު ދޫކޮށްލައިފައި ނިކުތީ.. މިހާރު އުޅެމުން މިއަންނަނީ ގަނޑުވަރާވެސް ވަރަށް ދުރުގައި..” އެހެންތަ.. ބޮޑުބޭބެއަށް އިނގޭ ވަރުދާން ތީ ވަރުދާންގެ ބައްޕަ ފަދަ ހިތްހެޔޮ މީހެއްކަން.. ބޮޑުބޭބެ ވަރަށް އުފާވެއްޖެ ބޮޑުބޭބެއަށް ހެޔޮވިސްނުން ލިބުނު ފަހުން ވަރުދާންއާ ދިމާވީތީވެސް..” ވަދީދު ބުންޏެވެ. ދެފަރާތުން ވެސް ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ. ވަދީދު އެދުނީ ހަފްތާއަކަށް އެކޮޅުގައި މަޑުކޮށްލަދިނުމަށެވެ. ވިދާދުއަށް ހެޔޮވިސްނުން ލިބުނީތީ ވަރުދާން އެކަމާ ވަރަށް އުފާވިއެވެ. އަދި ވަދީދުގެ އެ ދައުވަތު ގަބޫލުކޮށް އެރަށުގައި މަޑުކުރިއެވެ.

ހާތިބުއާ ލީނާއާ ވެސް މަދު ވަގުތުކޮޅަކުން އެކުވެރިވެއްޖެއެވެ. ރަށުގެ އެކިތަންތަނަށް ހާތިބު ގޮވައިގެން ގޮސް އުޅެނީ ލީނާއެވެ. ހާތިބު ދިޔަ އެއްވެސް ތަނަކުން ލީޖިންގެ ގޭގަ ހައްދާފައި ތިބިފަދަ ވަސްމީރު މާތަކެއް ހުރި އެއްވެސް ގެއެއް ނުފެނެއެވެ. އަދި އެފަދަ މާތަކެއް މުޅި އެރަށުންވެސް ނުދެކެއެވެ. މުޅި ރަށުގައިވެސް ގިނައީ ފެތިރޯނުފަދަ ގަސްތަކެވެ. ގަހުގެ ފަތްތައް ހިކިގެން ބިމަށް ފައިބާފައި ހުންނައި ވަރަށް ހިތްގައިމެވެ. އެރަށުގައި މަޑު ކުރި ދުވަސްތަކުގައި ވިދާދުގެ ފަރާތުން އާއިލާގެ މެންބަރެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބިގެންދިޔައެވެ. ވިދާދުގެ އެދުމަށް ވަރުދާންމެން އުޅުނީ ވިދާދުމެންގެ ގޭގައެވެ. ފުރާ ދުވަސް ޖެހުމުން ވިދާދުގެ ފަރާތުން ވަރުދާންއަށް ހަދިޔާއެއް ދިނެވެ. އެއީ ކާފަ ގެންގުޅުނު ފޮއްޓެއް ކަމުގައި ބުންޏެވެ. ” މީ ކާފަ ނިޔާވުމުގެ ކުރިން ބޮޑުބޭބެއަށް ފޮނުވި އެއްޗެއް.. ބޮޑުބޭބެ ބޭނުންވަނީ މީ ވަރުދާންގެ އަތުގައި ބަހައްޓަން..” ވިދާދު ބުންޏެވެ. ވަރުދާން އެފޮށި އަތުލާ މަތި ހުޅުވާލައިފިއެވެ. އޭގައިވަނީ ރަނާއި ޖަވާހިރުތަކެވެ. ” ތިއީ ކާފަގެ ޚާންދާނުގައި ބޮޑުބޭބެ އުޅުނު ދުވަސްކޮޅު ކާފަޔާ އެއްކޮށް މަސައްކަތްކުރިއިރު ކާފަ ދޭނަމޭ ބުނި ހަދިޔާތަކެއް.. އަހަރެން ބޭނުމީ އަހަރެންގެ ފަރާތުން ތީ ވަރުދާންއަށް ހަދިޔާއަކަށް ދޭން..” ބޮޑުބޭބެގެ ހިތުގައި ނުޖައްސަންވެގެން ވަރުދާން އެފޮށި އުފަލުން ބަލައިގަތްކަމުގައި ބުންޏެވެ. އަދި ބައްޕަ މިއަދު ދުނިޔޭގައި ހުރި ނަމަ ވަރަށް އުފާވީސްކަން ޔަގީނެވެ. ވިދާދުގެ ގެއިން ދެބަފައިން ނިކުމެ އުދުއްސައިގަތް މަންޒަރު ބަލަން ވިދާދުގެ އާއިލާގެ އެންމެން ތިއްބެވެ. ވިދާދުގެ ހިތައް މިއަދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އޭނަގެ ބައްޕައާ ކޮއްކޮއަށް ކޮށްނުދެވުނު ހިދުމަތެއް ކޮއްކޮގެ ދަރިއަށް ދެވުނީތީ އެކަމުގެ ހިތްހަމަޖެހުމެވެ. މިއަދު ކޮއްކޮ ދުނިޔޭގައި ހުރިނަމަ ކޮއްކޮގެ ކިބައިން މާފަށް އެދުމަށްވެސް ވަދީދު ދާނެއެވެ.

ދެބަފައިން އުދުހެމުން ގޮސް ވަރަށް ދުރަށް ދެވުނު އިރު ވަރުބަލިވުމުން ވަރުބަލިކަން ފިލުވާލުމަށްޓަކައި ތަނެއްގައި ޖައްސާލަން ބޭނުންވިއެވެ. ހާތިބު ބޭނުންވީ ވިލާތަކުގައި ޖައްސާލުމަށެވެ. ވިލާތަކުގައި ހުންނަ މަޑު ފިނިކަމުން ހަށިގަނޑަށް އަރާމު ކުރުވާނެތީއެވެ. އެހެންކަމުން ހާތިބުގެ އެދުމަށް މަޑުކޮށްލީ ވިލާތަކުގައެވެ. ދެބަފައިން ޖައްސާލިތަނުން ނިދިއްޖެއެވެ. މިއަދުވެސް ހާތިބުއަށް ކުރިންވެސް ފެންނަ ހުވަފެން ތަކުރާރުވާން ފަށައިފިއެވެ. މިފަހަރު ވަރަށް ގާތުންނެވެ. އެއްކަލަ ރީތި ފަންމިނި ކައިރީގައެވެ. ރަކި ހިނިތުންވުމެއް މޫނުމައްޗަށް އަރާފައިބަމުންދެއެވެ. ދިގު އިސްތަށިގަނޑު ވަޔާ ވިހުރިވިހުރިއޮތެވެ. ލާފާހުރި ދިގު ފެހިކުލައިގެ ހެދުމުގައި ޑިޒައިންކޮށްފައިވާ ހުދުކުލައިގެ ތުނި ފޮތިކޮޅުތައް ވަޔާ ވިހުރިވިހުރި ހުއްޓެވެ. ކުއްލިއަކަށް ބާރު ވައިރޯޅިއެއް ޖެހުނެވެ. ހީވީ ބާރުގަދަވައިގެ ނަގޫރޯޅިއެއް އައީހެންނެވެ. މުޅިތަންދިޔައީ ވިދާލީމާ އަންނަފަދަ އަލިކަމަކުން ދިއްލިގެންނެވެ. ހާތިބު އަށް ފެންނަމުންދާ މަންޒަރު އިތުރަށް ފުރިހަމަވިއެވެ. އެ ރީތި ފަންމިނީގެ ވަރަގަނޑު ރޫޅާލީއެވެ. މަޑު ފެހިކުލައަކަށްދާ ދެވަރައިން ހުދުކުލައިގެ މުތީތަކެއްހެން ދިހުން އަރަމުން ދިޔައެވެ. ހާތިބުގެ ނޭވާގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. އެރީތިކަމުގެ މަސްތުގައި ޖެހި އަރަގުވެފައި ހުއްޓާ ހާތިބަށް އިވެންފެށީ ބައްޕަ ގޮވާ އަޑެވެ.

މިއަދުވެސް އަނެއްކާ ބައްޕަ ގޮވީއެވެ. އެރީތި ހުވަފެނުން ތެދުވާން ވީމަ ހާތިބުގެ ހިތުގައި ފޫހިކަމެއްވެސް އުފެދުނެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި އެއިންއެއްވެސް ކަމެއް ނުދައްކައެވެ. ” ތެދުވެމާ.. ދަރިފުޅާ ދެން ދާން މިއުޅެނީ އިންސާނުން އުޅޭ ތަނަކަށް.. ވަރަށް ވިސްނައިގެން އުޅޭނީ.. ދަރިފުޅަށް ބޮޑުދައިތަގެވާހަކަވެސް ކިޔާދިނީ އެތަނުގެ ކަންތައްތައް ކޮންމެވެސް ވަރަކަށް ދަރިފުޅަށް އަންގައިދޭން…” ވަރުދާން ބުންޏެވެ. “ލައްބަ ބައްޕާ.. ހަނދާނުގައި އެބަހުރި ބައްޕަ ކިޔާދިން ވާހަކަތައް..” ހާތިބު ބުންޏެވެ.

އިންސާނުން އުޅޭ ތަން

ހާތިބަށް ފެނިގެން ދިޔައީ މުޅިންވެސް ތަފާތު މަންޒަރެކެވެ. ދުވަހަކުވެސް ލޮލަށް ފެނިފައިނުވާ ތަންތަނެވެ. ބޮޑެތި އުސްއިމާރާތްތަކެވެ. ދުވަހަކުވެސް ފެނިފައި ނުވާފަދަ އުސްތަންތަނެވެ. ހާމަކަންބޮޑުތަންތާގައި ހަދާފައިވާ ތަންތަނެވެ. ކޮންމެ އިމާރާތެއްވެސް ވަކިކުރުމަށްޓަކައި ވަކިން ފާރެއް ލެވިފައިވާތަނެވެ. ރީއްޗަށް އަތުރާލެވިފައިވާ ތަފާތުމަގުތަކެވެ. އެއިން ކޮންމެ މަގެއްގައިވެސް އިންސާނުންނާ ދުއްވާ އެއްޗިހިތަކެވެ. ދުވަހަކުވެސްދެކެފައި ނުވާމިންވަރަށް ހަލުވިކަމާއެކު ދަތުރު ކުރާ އެއްޗެހިތަކެވެ. ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރި ހާތިބުއަށް އެއެއްޗެހި ބުނެދޭން ވަރުދާން ފެއްޓިއެވެ. ” ދަރިފުޅާ އެއީ އެމީހުން އެއްތަނުން އަނެއްތަނަށް ދިޔުމަށް ބޭނުންކުރާ އެއްޗެހި… އެމީހުން ގެންގުޅޭ އެއްޗެހި އެއްތަނުން އަނެއް ތަނަށް އުފުލުމަށާ އަވަހަށް ތަންތަނަށް ދާން ބޭނުން ކުރާ އެއްޗެހި…” ވަރުދާން ބުންޏެވެ. ” ބައްޕާ އެކަމަކު އަހަރެމެން އުޅޭ މާހައުލާ ހާދަ ތަފާތޭ… އިންސާނުން އަހަރެމެންނާ ހާދަ ތަފާތޭ..” ހައިރާންކަން އެކުލެވިގެންވީ ރާގެއްގައި ހާތިބު ބުންޏެވެ. ” އާނ! ދަރިފުޅާ އެމީހުންގެ ހުރިހާ ކަމެއްވެސް އަހަރެމެންނާ ތަފާތުވާނެ.. އެމީހުންގެ ކެއުން ބުއިމާ… އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކާ.. އެމީހުންގެ ދިރިއުޅުންވެސް އަހަރެމެންނާ ވަރަށް ބޮޑަށް ތަފާތުވާނެ..” ވަރުދާން ބުންޏެވެ. ” އެމީހުންގެ ނުހުރޭތަ އަހަރެމެންގެ މިހުންނަ ކަހަލަ ވަރައެއް..” ހާތިބު އަހާލިއެވެ. ” އާނ! އެމީހުންގެ ނުހުންނާނެ.. އެހެންވީމަ އެމީހުން ތަންތަނަށް ދިޔުމަށް އެކިކަހަލަ ދުއްވާއެއްޗެހި އެބޭނުން ކުރަނީ…” ވަރުދާން ބުންޏެވެ. ހާތިބުގެ ހިތުގައިވަނީ އޭނައަށް ހުވަފެނުގައި ފެންނަ ފަންމިންޏާއެވެ. އެފަންމިނީގެ ގައިގައި ހުންނަ ގިނަސިފަތަކެއްގެ މީހުން މިތަނުން ފެނިގެން އެބަދެއެވެ. ނަމަވެސް އަދިވެސް ސީދާ އެސިފައިގެ މީހެއް ނުފެނެއެވެ. ” މީތަ ބޮޑުދައިތަވެސް އާ ރަށަކީ؟..” ހާތިބު އަހާލިއެވެ. “ބޮޑުދައިތަ އައީ މީގެ ތެރެއިން ކޮންތަނަކަށް ކަމެއް ބައްޕައަކަށް ނޭނގެ… މިމީހުންގެ ތެރޭގައިވެސް އުޅޭނެ ތަފާތު ދީންތަކުގެ ތަފާތު ނަސްލުތަކުގެ މީހުން…” ވަރުދާން ބުންޏެވެ.

ކޮންމެ ދިމާލަކަށް ބެލިކަމުގައިވިޔަސް ފެންނަމުންދަނީ ބޮޑު އިމާރާތްތަކެވެ. ހޫނުކަމުން ހާތިބުއަށް ހީވަނީ މީހަކު އޭނާ ފިހެލައިގެން ކާލަން އުޅެނީހެންނެވެ. އެހާވެސް ހޫނުގަދައެވެ. ކިރިޔާވެސް ހިޔަލެއް އެޅިފައި ހުންނަނީ އިމާރާތްތަކުގެ އުސްކަމުން އެޅިފައި ހުންނަ ހިޔަލެކެވެ. މީސްގަނޑު ގިނަކަމުން މީހަކަށް ފިޔަވަޅެއް އަޅާލެވޭނެހާ ތަންކޮޅެއްވެސް ނުހުރެއެވެ. ދެފަރާތުގައި މީހުން ހިނގާނެ ކުޑަ ތަންކޮޅެއް އޮންނައިރު މަގުގެ މެދު އެއްކޮށް އޮންނަނީ ދުއްވާ އެއްޗެހިތަކުން ފުރިބާރުވެފައެވެ. މިމީހުން ނޭވާލަނީ ކިހިނެއްތޯވެސް ހާތިބުގެ ހިތައް އެރިއެވެ. ދެބަފައިން އެތަނަށް ތިރިކުރާކަށް ގަސްދެއް ނުކުރެއެވެ. އެމީހުނަށް އެހާ ރައްކާތެރި ތަނަކަށް ނުވާތީއެވެ. ރަށްތަކުގެ މަތިން ދަތުރުކުރަމުން ދެބައިން ދިޔައެވެ. ތަންކޮޅެއް މީހުން މަދުން އުޅޭ ތަންތަން ވެސް ފެނެއެވެ. ވަރަށް ހާލުގައި އުޅޭ މީހުންނާ އުފާވެރި ޖައްވެއްގައި އުޅެމުން އަންނަ މީހުންވެސް މަދެއް ނޫނެވެ. ދެބަފައިން ތިރިކޮށްލީ ތަންކޮޅެއް ގަސްތައް ގިނަކޮށް އޮތް ދިމާލަކަށެވެ. އެއީވެސް ވަރަށް ބޮޑު ރަށެކެވެ. ނުވަތަ ގައުމެކެވެ. އެހާވަރަށް ހޫނުވީތީ ދެބަފައިންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ ކަރުހިއްކާގެންފައެވެ. ފެންފޮދެއް ހޯދުމަށް ޓަކައި ދެބަފައިން ހިނގާފައި ނިކުތެވެ. ނަސީބަކުން ކައިރި ހިސާބެއްގައި ބަޔަކު ދިރިއުޅެމުން އަންނަތަން ފެނުނެވެ. މީހުންމަދުވާނެ ދަނޑިވަޅަކަށް ދެބަފައިން އިންތިޒާރު ކުރަމުން ދިޔައެވެ. ނަމަވެސް މަދުވާނެ އިރެއް ނައެވެ. އެންމެ ފަހުން އިތުރުގޮތެއް ނެތުމުން ދެބައިންވެސް އިންސިންގެ ސިފަޔަށް ބަދަލުވިއެވެ. ކަރު ހިއްކުން ފިލުވާލުމަށް ޓަކައި މީސްތަކުން އެއްވެ ފެންނަގަމުން ދިޔަ ވަޅެއްކައިރިއަށް ދެބަފައިން ވެސް ކައިރި ވިއެވެ. ދެބަފައިންގެ އަތުގައި އޮތް ކުޑަ ހަމެއް ކަހަލަ ފުޅިއަކަށް ދެބަފައިންވެސް ފެން އެޅިއެވެ. އޭގެތެރެއިން މީހެއްގެ ހިތުގައި އެމީހުންނާމެދު ސުވާލެއްނުއުފެދުނީ ކީއްވެބާއޭ ހާތިބުގެ ހިތައް އެރިއެވެ. ދެބަފައިން ގެންގުޅުނު އެތީގެ ފުރާ ފެންއަޅައިގެން ދެބަފައިންވެސް ދުރަށް ދިޔައެވެ. ” ބައްޕާ އެމީހުން ހިތައް ނާރާނެތަ އަހަރެމެން މީ ކޮންބައެއްތޯ؟..” ހާތިބު އަހާލިއެވެ. ” ބައްޕަޔަށް ހީވަނީ އެވަޅު ކައިރިއަށް އެއަންނަނީ ދަތުރުމަތީގައި އަންނަ ބައެއްހެން.. އެއީ މީހުންއުޅޭ ސަރަހައްދާވެސް ތަންކޮޅެއް ދުރުގައި ހަދައިފައި ހުރި ތަނެއް ނޫ.. އެހެންނޫންނަމަ އެމީހުންވާހަކަދައްކާ ކޮންބައެއްތޯ އޮޅުން ފިލުވާނެ…” ވަރުދާން ކިޔައިދިނެވެ.

( ނިނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯތްބައްޓަކައި(15ވަނަ ބައި)

Next

ހުދައްކޮ 13

Next
July 10, 2020

ހުދައްކޮ 13

Previews
July 9, 2020

ލޯތްބައްޓަކައި(15ވަނަ ބައި)

10 Comments!

  1. Aisher says:
    July 10, 2020 at 12:45 am

    Mi vaahaka varah rythi esfiya vannany hama ekani mivaahaka kian mithaa ginaiy mihaaru korea series liyaa kudhin varah rythi mi vahaka

    1. kudhoo says:
      July 10, 2020 at 7:36 am

      ???Thank you Aisher. ❤️❤️❤️V ufaavejje mivaahaka kiyan shauguveri veethee

  2. Bookworm says:
    July 10, 2020 at 8:06 am

    Masha allah???… V reethi mi part vx l???… Waiting for the nxt part dear❤️??… Lysm darl ???

    1. kudhoo says:
      July 10, 2020 at 5:09 pm

      ???Thank you

  3. Ram says:
    July 10, 2020 at 9:21 am

    Maasha allah vvv reethi mi baives????

    1. kudhoo says:
      July 10, 2020 at 5:10 pm

      ????Thank you Ram

  4. Shaadhu says:
    July 10, 2020 at 1:03 pm

    Kudhoo when next part v v v kiyaa hithun mi iny avahah up kohdheeba?❤❤

    1. kudhoo says:
      July 10, 2020 at 5:12 pm

      ???? Thank you shaadhu

  5. thiththa says:
    July 10, 2020 at 2:17 pm

    masha allah kudhu…..this part is also v..nice…

    1. kudhoo says:
      July 10, 2020 at 5:15 pm

      ????? Thank you thihthaa

Comments are closed.

Next Episodeޝަހަރު 19ވަނަބައި←


All Right Reserved!