ރަވާހިބު އޭނާގެ އަސްލު ބާރު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް އަމިއްލައަށް ހޯދައިގެން އެމީހުން ބިންމައްޗަށް ތިރިކޮށްލައިފިއެވެ. ދަބަސް ހިފައިގެން އެނބުރި އައިސް އެއަންހެންކުއްޖާގެ އަތަށް ދިނެވެ. ޗިންކާ ރަވާހިބުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި އިރުކޮޅެއް ވާންދެން އެތާގައި ވާހަކަ ދައްކާން ހުއްޓެވެ. ޗިންކާއަށް ރަވާހިބުގެ ހުރިހާ ސިފަތަކެއް ކަމުދިޔައެވެ. އޭނާއަށް ރަވާހިބު ސިފަވެގެން ދިޔައީ ހީރޯއެއްގެ ގޮތުގައެވެ. އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލު ދިނުމުގެ ގޮތުން ޗިންކާއެދުނީ […]
“އޯމައި ގޯޑް.. ހާދަ ސީރިއަސް ވީ.. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ…” ބާރަކަށް ހިނިގަޑެއް ޖަހާލަމުން ޖޫދު ބުނެލީ އެއިން އެއްވެސް މީހެއްގެ މޫނުމަތިން ޖޫދު ބުނިއެއްޗެކަށް ރުހުނުތަން ނުފެނުމުންނެވެ. އަންޖަލްވެސް ހޭންފެށީ މިފަދަ ދަޑިވަޅެއްގައި އޭނާ ވަކިން ކުރާނެ އިތުރުކަމެއް ނެތުމުންނެވެ. “ތީ މީހުން ކުރާ ސަމާސާތަ..” ޖައިޝް ރުޅިއައިސްގެން އެތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ޖޫދު ސަމާސާއަކަށް ވިޔަސް މިފަދަ އެއްޗެއް ބުނުމުން ޖައިޝް ކައިރިއަށް އިންތިހާއަށް ރުޅިއައެވެ. ” ބައްޕާ.. […]
އިދާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ******************** އިދާން ފަހަތް ބަލައިލި އިރު ހަމަ އެކަކުވެސް ނެތެވެ. އިދާން އަވަސް އަވަހަށް އޮށޯވެ ލޯ މަރައިލީ ނިދޭތޯ އެވެ. ނަމަވެސް ްނުނިދުމުން ތީއެވެ. ޒާޔާއަށް ވެސް ވީ ހަމަ އިދާންއަށް މީ ގޮތެވެ. ނުނިދިގެން އެތާ އޮތީ އިރުއަރަންދެންނެވެ. އިރު އެރުމާއެކު ތެދުވެ އެންމެންނަށް ގޮވައިގެން ފަތިސް ނަމާދު ކޮށްގެން ދިޔައީ ސައި ހަދާށެވެ. ޒާޔާ މިއަދު ހުރީ ވަރަށް މަޑުމަޑުންނެވެ. ތަނަކަށް ދަންޏާ ދަނީ މީހަކާ އެކީގައެވެ. […]
* “އެންމެރަނގަޅު.. މިއީ އެންމެ މުހިންމު ވަގުތުކޮޅު.. މި ސްކޫލްގެ އިންޓަނެޓްއިންވެސް މައުލޫމާތު ނުލިބޭނެ އެންމެ ބޮޑު ހިސްޓްރީ..” އަލްޔާ ވާހަކަފަށަން ކަރުކެހެލިއެވެ. * “ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްއަކީ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ތަނެއް.. މިއީ ދެހާސް ވިހިވަނަ އަހަރު.. އެނގޭ އެކަކުވެސް ގަބޫލެއް ނުކުރާނެކަން.. ވަރަށް ކުރިއްސުރެ ފެށިގެން ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަވަނަ އަހަރާއި ޖެހެންދެން އެތަނުގައި ހުންނަނީ ފާޑެއްގެ އިމާރާތެއް ބިނާކޮށްފައި.. އެ އިމާރާތަކީ ކުރީ ޒަމާނުގެ ޖިންނީން […]
ތޭރަވަނަބައި ސިޑިން އަރައިގެން އައިސް ވާތް ފަރާތައް ވީދިމާ އަށް އައިނާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އައިނާ ސިއްސައިގެން ދިޔައީ އައިނާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު އެންމެ ކައިރީގައި އިން ކޮޓަރިއަށް ވެއްދުމުންނެވެ. *** ހަޅޭއް ލަވައިގަންނަން ހުޅުވާލި އަނގަ މަތީގައި އެމީހަކު އަތް އެޅުމުން އައިނާ އިތުރައް ބިރުގަތެވެ. އަވަހަށް ސަލާމަތް ވާންވެގެން ތެޅި ފޮޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހިޝާންވެސް އައިނާގެ ގައިން ދޫކޮށްލީ އައިނާ ބިރުގަނެފައި ހުރިކަން އިހުސާސް ވީމައި […]
“ރީމް… އެބަ އަންނަން މިގެއަށް ވަދެލާފަ އިނގޭ… ރީމްވެސް އަންނަންވީނު؟” ޔޫޝައު ރީމް ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ. “ޔޫޝައު ވަދޭ! އަހަރެން މި ޖޯލީގަ އިށީނދެލައިގެން އިންނާނަން! ބައި ދަ ވޭ… ކާކުގެ ގެއެއްތަ އެއީ؟” ރީމް އެހިއެވެ. “އެއީ… މައި ލަވްގެ!” އެގެއާއި ދިމާލަށް ހިނގައިގަންނަމުން ޔޫޝައު ބުނެލިއެވެ. ރީމް ހެވިފައި ހުރެ ދެފަރާތައް ބޯހޫރުވަމުން ޖޯލީގައި އިށީނދެލިއެވެ. އެހެން އިންދައި ރީމްގެ ލޮލަށް އަޅައިގަތީ އެގެއިން ނުކުތް ފިރިހެނަކަށެވެ. އޭނާވެސް ރީމް ފެނިފައި ސިއްސައިގެންދިޔަ […]
މަޢާފުކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް މަޢާފުކޮށް، އިޙްސާންތެރި ވުމަކީ މާތްﷲގެ ރުހިވޮޑިގަތުން ޙާޞިލުވާނެ ކަމެކެވެ. މާތްﷲ މުއުމިނުންނަށް މިސިފައިން ޒީނަތްތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. އެހެންމީހުންގެ ކުށްތަކަށް ކެއްތެރިވެ، މަޢާފުކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ ޢަޒުމް ވަރުގަދަ މީހުންނަށް މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މިސިފަ ލިބިގަތުމަށް މުއުމިނުންނަށް މާތްﷲ އަންގަވާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” […]
ދެބަފައިންނަށް ތަންކޮޅަކަށްވެސް ނުދެވެނީސް ވަރުދާންމެންގެ އުމުރުގެ ބަޔަކާ ދިމާވެއްޖެއެވެ. އެމީހުންވެސް ދުރުން ފެންނަމުން ދިޔައީ ހިޔަނިތަކެއްހެންނެވެ. އެކަމަކު ކައިރިއަށް އާދެވުމުން އެމީހުންގެ ސިފަ ޖެހުނެވެ. އެމީހުންވެސް ހާތިބުމެންގެ ސިފަޔާ މާބޮޑު ތަފާތެއް ނެތެވެ. އެއީ އެޝަހަރުގެ ގަނޑުވަރުގައި އުޅެމުން އަންނަ ބަޔެކެވެ. އެމީހުނަށް ވަރުދާން ފެނުމާއެކު އެނގުނީއެވެ. ” ވަރުދާން ހާދަ ޒަމާނެއް ފަހުން… ވަރުދާންގެ ދަރިފުޅުތަ؟.. ހަމަ ހީވަނީ ވަރުދާންގެ ޒުވާން ދުވަސްވަރުހެން…” ހެމީ ބުންޏެވެ. ވަރުދާން ބޯޖަހާލުމުން އެރަށަށް އައިސް އެމީހުންނާ ބައްދަލް ކުރަން […]
* ”ކިހިނެތްވީތަ..؟” އަލްޔާ މާ ބާރަކަށް ޓަކިޖަހާތީ ރޫބީ ނުކުމެފައި އެއްސެވެ. “ރޫމްމޭޓް ބައްދަލުވުމެއް.. ޒައިވެސް އެބަހުރި ބޭރުގައި.. ތިމީހުން އަވަހަށް ލަގޭޖަށް ނޫނީ ދަބަހަކަށް ބޭނުންވާ އެއްޗެހި އަޅާ ޕެކް ކޮއްގެން އާދޭ.. އެނގެއެއްނު މިކިޔާ އެއްޗެއް..؟” ލައުރާ ނުކުތުމުން އަލްޔާ ބުނެލިއެވެ. އެ ޖުމްލަ އަހާފައި ޒައިލީން އަށް ކޮޅަށް ތެދުވެވުނެވެ. އަލްޔާއަށް މި ވަނީ ކިހިނެތް ބާވައެވެ.؟ * އިތުރު ސުވާލެއް ނާހާ ރޫބީއާއި ލައުރާ ކޮޓަރިއަށްވަނެވެ. “ޒައި.. މިއީ ޒައިއަށް ނުހަނު […]