އަށްވަނަބައި ދުވަމުން ގޮސް މަޑުޖެހުނީ އަޑެއް އިވުނުހެން ހީވެގެންނެވެ. ރަނގަޅައް އެއަދައް ސަމާލުވުމުން އެނގުނީ އެއީ އަންހެއް ކުއްޖެއްގެ ރުއިމުގެ އަޑުކަމެވެ. ނަމަވެސް ފަނޑު ކޮށް އިވެން ފެށުމުން އަޑު އަންނަނީ ވަކި ކޮންދިމާލުން ކަމެއް ބުނާކަށް ހިޝާން އަކަށް ނޭނގުނެވެ. *** ވަރަށް ވަރުން އަޑު އަންނަ ދިމާ ފާހަގަކޮށް އެދިމާލަށް ހިޝާން ހިނގައި ގަތެވެ. ރަނގަޅު ދިމާ އަށްކަން އިނގުނީ ފަހަރަކަށް ވުރެ ފަހަރެއް އެއަޑު ބާރުވަމުން އަންނާތީވެއެވެ. ވަކިހިސާބަކަށް ދެވުނު ތަނާ އެއަޑު […]
ވަރުދާން ލީޖިންގެ ކައިވެނި ގޮސްފައި އޮތްހިސާބު އަހާލިއެވެ. ” ބައްޕަ ބުނިހެން އެހަފްތާގައި ކައިވެނި ކުރެވި ނިމިއްޖެ.. ޒަންގުވަރަށް ރަގަޅު.. އޭނަޔަށް ހުރިހާ ވާހަކައެއްވެސް ކިޔައި ދިނިން.. އޭނަ އެކަމާ ހިތްބުރަނުކުރާނެ ކަމަށް ބުނި.. އަދި އޭނަ އަހަރެންދެކެ ވަރަށް ކުރީއްސުރެ ލޯބިވާ ވާހަކަވެސް ބުނި..” ލީޖިން ބުންޏެވެ. ” އަހރެންނާ ނުލާވެސް ލީޖިންއަށް އުފާވެރި ލޯބިވާނެ ފިރިއަކު ލިބުނީތީ އަހަރެން ވަރަށް އުފާވެއްޖެ.. އުންމީދުކުރަން ކުރިއަށް އޮތްތަވެސް ރަގަޅުވާނެކަމަށް.. އަހަރެން މަތިން ހަނދާންކޮށް ވަގުތު ބޭކާރުނުކޮށް […]
ވަޝައިގެން ވަނީ އުފާވެރިކަމުގެ މާހައުލެކެވެ. އެއްބައި ވަންތަކަމާ އެކުވެރިކަން ފެނިގެންދަނީ ކުރިމަތީ ހިނގަމުން ދިޔަ ގޮމަ ގުރޫޕުގެ ފަރި ނެށުމަށެވެ. އެތާ އިށީންދެގެން އިން ލިވްޔާގެ މޫނުގައިވެސް ވަނީ ރީތި އަދި ފަރި ހިނިތުންވެލުމެކެވެ. ލިވްޔާ އަކީ ދިގު މުށި އިސްތަށި ގަނޑެށް އޮންނަ ދިގު ކުއްޖެކެވެ. ލިވްޔާގެ ލޮލަކީ އެހެންމީހުންނާ އާދަޔާ ޙިލާފަށް މަޑު ނޫ ކުލައެއްގެ ކަޅިއެއް ހުންނަ ކުއްޖެކެވެ. ލިވްޔާ ވެސް އެހެންމީހުންނާ އެއްވަރަށް އުފަލުގައި އަތް ޖަހަމުން ގެންދިއައެވެ. އިރުކޮޅަކުން ލިވްޔާގެ […]
”ރީޝް. ކޮންހާ ލެޔެއް؟ ބަލީތަ؟” ޖައިޝްގެ މޫނުމަތިން ކުރިން ނުފެންނަ ފަދަ ހާސްކަމެއް ފެންނަމުން ދިޔައެވެ. ރީޝްގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީންދެލައިގެން އިން އިރު ދިޔައީ ރީޝްގެ އަމަލުތަކަށް އެސްފިޔަ ޖަހައިވެސް ނުލައި ބަލަމުންނެވެ. އެއީ މީގެ ކުރިން ޖައިޝްގެ ފަރާތުން ފާހަގަވެފައި ނުވާ އަމަލަކަށް ވުމުން ރީޝްއަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. ޖައިޝްއަށް ވެގެން މިއުޅެނީ ކިހިނެއްބާއޭ ރީޝްގެ ހިތަށް އަރަމުން ދިޔައިރު އޭގެ ދެވަނަ ސިކުންތުގައި ހަނދާނަށް އައީ ޖައިޝް އޭނާ […]
ކުރިމަތީ ހުރި ފިރިހެން މީހާ އަމިއްލަ ކަރުގައި ވަޅި އަޅާލިތަން ފެނުމުން އަނެއް ދެ އަންހެން ކުދިން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. “އަޅެ ނޫން..!! ލޫކްވެސް މަރުވީ..!” ޒައިލީން އަނގަމަތީ އަތް އެޅިއިރު ދެލޯ ވަނީ ފެންކަޅިވެފައެވެ. “ސާބަސް ޒައި.. އެހެންވެގެންނޭ ދޮންބެ ބުނީ ޒައިމެން ކަހަލަ ހިތްބަލި ކުދިން ނުވާނެޔޭ މިކަހަލަ މޫވީތައް ބަލާކަށް.. އެވަރުންވެސް މި މޫވީ ބަލަން ވެއްޖެ ވިއްޔާ..!” ޒައިދާން ޒައިލީންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ޒައިގެ ފްރެންޑުން ބުނި ޓްރުތް […]
”ޔަގީން އެ ޗޮކުލެޓްގައި ހަންޑިއެއް އޮތީކަން..!” އިމްޝާ ބުނެލިއެވެ. ސަމާސާއަކަށް ނޫނީ ހީވި ހީވުމެއްގެ މައްޗަށް އިމްޝާ އެ ބުނެލި ޖުމްލައިގެ މުހިއްމުކަން އަހަރެމެންނަށް ވިސްނުނު ނަމައެވެ. އަހަރެން ފަހަތަށް އެނބުރުނު އިރު އާއިޝް ޓީޝާޓާއި ޖިންސެއް ލައިގެން އަންނަނީއެވެ. “އިޒާންބޭ..! ބަލަ މެންދުރު ކެއުންވެސް މިހެންތަ..؟” އަހަރެން ކަންބޮޑުވެފައި އަހާލީމެވެ. އިޒާން ވައި އަޑަކުންް ނޭނގެޔޭ ބުނެލިއެވެ. “މެންދުރަށް ކޯޗެއްތަ..؟” އަހަން ނާހަން ހުރެފައިވެސް އަހަރެން އަޒްފާގެ ގާތުގައި އަހާލީމެވެ. “މީމިބޭ އަންނާނެ މެންދުރު ގަޑީގައި.. […]
ދަރިފުޅު ނޯޓު: މިއީ މީގެ ދެމަސްދުވަސް ކުރިން އަޅުގަނޑު ގެނެސްދިން ވާހަކައެކެވެ. މި ވާހަކައަށް ވާނީ ބަދަލުތަކެއް ގެނެސްފައެވެ. ހަވީރުގެ ވަގުތުގައި ރަސްދޫގެ ގޮނޑުދޮށަށް ފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. މި ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލްކުރުމަށްޓަކައި ކުދިބޮޑު އެތައްބަޔަކު ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. އޭގެތެރެއިން އެކަކީ ނަވާއެވެ. ނަވާ ގޮނޑުދޮށަށް ދިޔައީ ބޯހަމަޖައްސާލާށާއި ދަރިފުޅުގެ އެދުމުގެވެސް މަތިންނެވެ. ނަވާ އޭނަގެ ދަރިފުޅު ޒީކް ކުޅެން ދޫކޮށްލުމަށްފަހު ހިޔަލުގައި އިށީދެލިއެވެ. ނަވާ އަކީ ބަލާލަން ރީތި […]
ހަތްވަނަބައި އައިނާ ލޯޝަން އުނގުޅާލައިފައި ފުޅި ދަބަސް ތެރެއަށް ލިއެވެ. އަދި އަވި އައިނު ނަގާ ލޮލުގައި ހެޔޮވަރު ކޮށްލާފައި ފޯނު އަތައް ހެޔޮވަރު ކޮށްލީ ރަށުގެ ރީތި ފޮޓޯ އެއް ނަގާށެވެ. ފޯނު ނަގާފައި ފަރާތް ފަރާތައް ބަލާލީ ލޯ ދުށުމަށް އެދޭ ފަރާތް ފެނޭތޯއެވެ. *** ތަންކޮޅެއް ދުރުގައި އިން ގަހަކަށް އަރައި އޮތް ހިޝާން އައިނާ އަށް ފެނުނެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާއި ކަނޑޫ ނޫކުލައިގެ ޓީޝާޓިގައި ހިޝާން ފެންނަނީ ވަރަށް […]
ގަޑިން އެއްކެއްޖަހައި ބޮނޑު ވެއްޖެއެވެ. ރަށުތެރެ ވަނީ ހަމަހިމޭން ވެފައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ އެހީގައި ގަސްތައް ނަށަމުން ދިޔައީ ނިމުމެއްނެތް ގޮތަކަށެވެ. ކަނޑުގެ ރާޅުތައް ވަނީމަޑުވެ ހަމަހިމޭން ވެފައެވެ. ސާދަވިލޭރޭގެ ހަދުން މުޅިރަށުވަނީ އަލިވެފައެވެ.އަތިރިމަތީ ރުކެއްގެ ދަށުގައި އިން އަރީބާ ސިޓީއެއް ލިޔަން ހުއްޓެވެ. އަރީބާގެ ހިތް އަތުލި ޒުވާނާ އަށް ލީޔަމުން ދިޔަ ލޯބީގެ ސިޓީއެކެވެ.” ގްރޭޑް 10 ފެށުނު ދުވަހު އެންމެ މޮޅު ދަރިވަރުންގެ ވާހަކަ ދެއްކި އިރު އެޒުވާނާ އަރީބާގެ […]