Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 10

Annna Level 510 Stories100 Comments100 Login
July 13, 2020 4 Mins Read
11 Comments

ދިހަވަނަބައި

ނަޝްވާގެ މިސްރާބު ހުރީ ހިޝާން އާއި ދިމާއަށެވެ. ނަޝްވާ ގޮސް ހިޝާން އާއި އެއްފޫޓު ދުރުގައި އިށީންދެލިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލި ހިޝާން އަށް ނުދަންނަ އަންހެން ކުއްޖަކު ކައިރީގައި ހުރުމުން ހައިރާވިއެވެ. އަދި ވަގުތުން ތަންކޮޅެއް ދުރުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތަކީ އައިނާ ވެސް ހިޝާން އަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވިއެވެ.

***

އެވަގުތު ކޮޅު އެތައް ގަރުނަކަށް ދެމިގެން ދިއުމަށް ދެމީހުންގެ ހިތްވެސް އެދުނެވެ. ނަމަވެސް ތެދިން ސިކުންތު ނުވަނިސް އައިނާގެ ނަޒަރު ހިޝާންގެ ލޮލުން ވަކިކޮށްލުމަށްފަހު ބަލާލީ ހިޝާންގެ ކައިރީގައި އިން ނަޝްވާ އަށެވެ. ހިތައް ތަދުވި ވަރުން އަވަހަށް އަޝްހާ މެންނާއިވީ ދިމާލަށް އެނބުރުނެވެ.

ހިޝާން އަށް ވެސް ނަޝްވާ އާއި ދިމާ އަށް ބަލާލިއެވެ. އެހާކައިރީގައި ނަޝްވާ އިނިމުން ހިޝާން އަށް އުނދަގޫ ވިވަރުން އަވަހަށް ތަންކޮޅެއް ދުރައް ޖެހިލެވުނެވެ.

މިކަމުން ހައިރާންވި ނަޝްވާ އަވަހަށް އޭނާ ފަޚުރުވެރިވާ ދެލޮލުގެ މަތިން އަވި އައިނު ނެގީ ހިޝާން އަށް ވެސް އޭގެން ޖާދޫ ޖައްސާލާށެވެ. “ހައި އައިމް ނަޝްވާ..” ނަޝްވާ އަތް ހިއްލާލައިފައި އަމިއްލަ ނަން ބުނެލިއެވެ.

“ހިޝާން..” ނަޝްވާ އަށް ބަލައިވެސް ނުލާ ހިޝާން ބުނެލިއެވެ. ދިއްކޮށްލައިގެން އިން އަތް ނަޝްވާ ތިރި ކޮށްލީ ރަކިވި ވަރުންނެވެ. “ކިހިނެތް ވެފަ މިތާ އެކަނި ތީނީ..” ނަޝްވާ ހިޝާން އާއި ސުވާލު ކުރިއެވެ.

“އެއީ ކޮންމެހެން ނަޝްވާ ބެހެންޖެހޭ ކަމެއް ކަމަށް އަހަރެން ނުދެކެން..” ހިޝާން އިސްތިރިކޮށްލީ ނަޝްވާ އަށް ބަލަން ނުކެރުމުންނެވެ. ލައިގެން އިން ގަޔަށް ބާރު ރަތްކުލައިގެ މަތިކޮޅާއި ޖިންސު ފެނުމުން ހިސާބަކަށް ހިޝާން ފޫހިވިއެވެ.

ހިޝާންގެ ޖަވާބު އިވިފައި ނަޝްވާ އަނެއްކާވެސް ހިޝާން ޙާސިލް ކުރުމަށް ބޭނުންވި އެވެ. އެއީ އެކަހަލަ ފިރިހިނަކާއި އަދި ނަޝްވާ އާއި ދިމައެއް ނުވެއެވެ. އަބަދުވެސް ނަޝްވާ އާއި ދިމާ ވަނީ ނަޝްވާގެ ރީތިކަމަށް ފިދާވާން ތިބޭ ކުދިންނާއެވެ.

އެހެން ވުމުގެ ސަބަބުން ނަޝްވާގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވެސް ވެއެވެ. ނަޝްވާ އަކީ މަންމަ އާއި ބައްޕަގެ އިން ދެކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. އެހެން ކަމުން ނަޝްވާގެ މަންމަ އާއި ބައްޕަގެ ފަރާތުން ނަޝްވާ އަށް ޚާއްޞަ އަޅާލުމައި ލޯތްބެއް ލިބުނެވެ.

މިހެންކަމުން ނަޝްވާ ބޮޑުވަމުން އަޢި ބޭޏުންވާ ކޮންމެ އެއްޗެއް ލިބުމެނުންނެވެ. ނަޝްވާ ރޯލާ އަޑު އަހާކަށްވެސް އެދެމަފިރިންނަށް ކެތެއް ނުވެއެވެ. އެހެނެކަމުން ނަޝްވާ އުޅެ ބޮޑުވި މާޙައުލުގައި ނަޝްވާ އަށް މަދު އެކައްޗެއްވެސް ނޯވެއެވެ. އެހެން ކަމުން ނަޝްވާ ޤަބޫލު ކުރާ ގޮތުގައި ނަޝްވާ އަށް ކޮންމެ އެއްޗެއް ވެސް ލިބޭނެއެވެ.

“ހިޝާން އާދެބަލަ..” އިސްރާ ހިޝާން އަށް ގޮވާލީ ހިޝާންގެ މޫނުމަތިން އުނދަގޫ ވުމުގެ އަސަރު ފެނުމުންނެވެ. އަދި އެއީ ކިހިނެތް ވެގެން ކަން ވެސް އިސްރާ އށް އިނގުނެވެ. “ތެންކްސް ދޮންބެ ދައްތާ.. ނޭނގެ ކޮން ދުނިޔެ އަކުން އައިސް އިން ރަތް ކުލަދަޅެއް ކަމެއް.. އާނ އެހެންޏާ ފަހެ.. އެހެރީ ތުންފަތުގައި ހާކައިފައި ހުރިހާ ދަވާދު.. ހީވަނީ ރައީސް ހުވައި ކުރާ ރަސްމިއްޔާތައް ތައްޔާރު ވެލައިގެން އިންހެން ވިއްޔަ..” ހިޝާން އިސްރާ ކައިރީގައި އިށީންދެލަމުން ފުންނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ.

އެވަގުތު އިސްރާގެ މޫނު މަތިން ހިނިތުން ވުމުގެ އަސަރު ފެނުނެވެ. ހިޝާންގެ ހުންނަ މަޖާ ގޮތް ގަނޑަކުން ހުރިހާ އެންމެންވެސް ހެއްވާލައެވެ.

ހިޝާން ދާތަން ބަލަން އިން ނަޝްވާ އިނީ މޫނު ކުނި ކޮށްލައިގެންނެވެ. އެހާ ވަރުން ވާހަކަ ދައްކަން އައީމަވެސް ރަނގަޅައް ވާހަކަ ނުދެއްކިގެން އުޅުމުން ހިޝާން އަށް ދާންޖެހުމުން މުޅި ދަތުރުގެ މޫޑުވެސް ކެޓި އެވެ. ހިޝާން އަށް އެވަގުތު އެގޮވި މީހަކަށް ވެސް ނަޝްވާ ކުދި ކިއެވެ.

ނަޝްވާ އަދި އެންމެ ފޫހިވީ އެމީހުން އައިތާ ދެގަޑި އިރު ނުވަނިސް ހިޝާންމެން ފުރަން އުޅުމުންނެވެ.

ރީމާ އައިނާ އާއި އަޝްހާގެ ގައިގައި ބައްދާލިއެވެ. “ވިލް މިސް އަލޮޓް.. އަސްލު ތިދެމީހުންވެސް އަހަރެމެންނާއެކު މާދަން ދާން މަޑު ކޮށްލާންވީ އޭ.. ޔަގީން މަންމަ އެއްބަސް ވާނެކަން..” ރީމާ އެދެމީހުންނަށް ދަޢުވަތު އެރުވީ އެރޭގައި އެމީހުންނާއެކު މަޑު ކޮށްލާށެވެ.

“ނޯ..!! އެދޭތެރެއިން ނޭނގޭނެ ޖިންނިއެއް ހަންޑިއެއް އަޔަސް.. އަނެއްކާ އޭޗިއްސަކީ އިންސާނުންގެ ސިފައަށް ބަދު ކުރެވޭ އެއްޗެހި.. އައި ކާންޓް..” އަވަހަށް އައިނާ ދެކޮޅު ހެދިއެވެ. އެކަނި ގަސްގަނޑު ތެރެއަށް ވަންނަން ނުކެރޭ އައިނާ އަށް ރޭގަނޑު ފަޅުރަށަކު މަޑު ކުރަން ކެރޭނީ ކިހިނެތް ހެއްޔެވެ.

“ބާއި ސީ ޔޫ ޓްމޯރޯ ނައިޓް..” އައިނާ ރީމާ އަށް ހަނާ އަޅާލަމުން ބުނެލިއެވެ. އަދި ދެމީހުންވެސް ގޮސް ބަލައިއައިސް ލޯންޗައް އެރުމުން އެރަށުގެ ފަޅުން ނިކުމެގެން ރަށައް ދިއުމަށް މިސްރާބު ޖެހިއެވެ. އޭރު ގަޑިން ހަވީރު ފަހެއްޖަހަނީ އެވެ. އިރު އޮއްސުމުގެ ކުރިން އެމީހުން ދާން ބޭނުންވީ އަރުޝް އިނުމުންނެވެ.

***

އެރޭ ނިދަން އޮށޯ ތުމުން އަނެއްކާވެސް އައިނާގެ ޚިޔާލު އެދުވަހު ހިނގި ކަންތަކަށް ދަތުރު ކުރިއެވެ. ހިޝާން އެހާމަ ކުރި ވާހަކަ އަކުން އައިނާ ހައިރާން ވުމުގެ އިތުރުން އުފާވީ އިންތިހާ އަށެވެ. ދެން އައިނާ ހަނދާންވީ އޭނާވެސް ހިޝާން އަށް ޖަވާބެއްދޭން ޖެހޭނެ ކަމެވެ. ދެން ވިސްނީ ދޭނެ ޖަވާބަކާއި މެދުއެވެ.

ހިޝާންވެސް އެރޭ އެނދުމަތީގައި އޮވެފައި ވިސްނީ ބުނެވުނު ބަހަކާއި މެދުއެވެ. އަދި އެކަން އައިނާ ޖޯކަކަށް ހަދައިފާނެތީވެ ހިޝާން ކަންބޮޑު ވިއެވެ. އައިނާ އަށް ޔަޤީން ނުވެދާނެތީވެ ހިސާބަކަށް ހާސްކަން އެމޫނުމަތިން ފެނުނެވެ.

ހިޝާން އަވަހަށް އެނދުމަތިން ފުންމާފައި ތެދުވިއެވެ. ފޯނުކޮބާތޯ މުޅި އެނދުމަތި އެފުއްމިފުށައް ޖެހިއެވެ. “އަދި މި ފޯނުގަނޑުވެސް އަވަހަށް ބޭނުންވަންޏަކާ ނުފެންނާނެ..” އެނދުމަތީގެ ބެޑްޝީޓްގަނޑު ނަގާ އެއްލާލަމުން ބުނެލިއެވެ. އެވަގުތު ހިޝާން ފެންނަމީހަކަށް ހިނިވެސް އަންނާނެއެވެ.

ނާންނަންވީ އެއްވެސް ސަބަބެއް ނެތެވެ. ކައިރީގައި އިން ސައިޑް ޓޭބަލް މަތީގައި ޗާރޖައް ޖަހާފައި އޮތް ފޯނު ނުފެނުމުން ހިޝާން އުޅޭ ޙާލެވެ. އެހެން އުޅެމުން އެއްލި ކަޅި އަކުން އެފޯނު ފެނުނެވެ. އުޅެވުނު ގޮތުގެ މަތިން ހަނދާން ވުމުން ހިޝާން އަމިއްލަ އަށް ހަނދާން ވުމުން ހިނިވެސް އައެވެ.

ފޯނުން އައިނާގެ ނަންބަރުގައި މެސެޖް ލިޔެފައި ހިޝާން އިނީ ދެޚިޔާލެއްގައެވެ. އޭނާގެ ހިތައް އަރަމުން ދިޔައީ ފޮނުވަންވީ ތޯ ނޫނީ ނުފޮނުވަންވީ ތޯއެވެ. ދެލޯމަރާ ބާރުކޮށްލަމުން ހިތުގެ ގޮވުމަށް އިޖާބަދީފައި ވައިބާއިން އެމެސެޖު ފޮނުވާލިއެވެ.

ނުނިދިފައި އޮތް އައިނާ އަށް ވައިބާއިން ނޮޓިފިކޭޝަން އެއް އައުމުން ބަލާލީ ކާކުތޯއެވެ. ހިޝާންގެ މެސެޖެއްކަން އިނގުމުން ހައިރާވިއެވެ. މިނޫނީ ހިޝާން އައިނާ އަށް މެސެޖެއްވެސް ކޮށްފައެއް ނުވެއެވެ.

ޗެޓް ހުޅުވާލުމުން އައިނާ އަށް ހައިރާން ކަން ނުލިބި ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އޭގައި އޮތީ އަސްލައް ވެސް ރުޅިއައިސް ގެން ނަމަވެސް އެވަގުތު ބުނެވުނީ ހަމަ އެހިތުގެ އަޑު ކަމަށެވެ. އައިނާގެ ޖަވާބަކަށް އިންތިޒާރުގައި ކަމަށް ބުނެފައި ހެޕީފޭސް އިމޯޖީ އެއް އިނެވެ.

އެމެސެޖައް ސީން އެރުމުން ހިޝާންގެ ހިތް ތެޅެން ފެށިއެވެ. ފަސްވަރަކަށް މިނެޓު ވީތަނާ ޓައިޕިން އެރުމުން އަދި މާބޮޑައް ހިތްތެޅެން ފެށިއެވެ.

އައިނާވެސް މެސެޖު ލިޔެފައި އިނީ ދެޚިޔާލެއްގައެވެ. ނަމަވެސް ފޮނުވުމުގެ ޚިޔާލު ގެއްލިދާނެތީވެ އަވަހަށް ސެންޑް ބަޓަން އަށް ފިއްތާލިއެވެ.

ހިޝާން އަށް އައިނާގެ މެސެޖު ލިބުމުން ތުންފަތް މައްޗައް ފުޅާ ހިނިތުންވުމެއް ވެރިވި އެވެ. *ކޮން އިރަކު ޖަވާބު ދޭންވީ..* އައިނާގެ މެސެޖުގައި އޮތެވެ. ހިޝާން ޖަވާބުގައި އެހާ ގިނަދުވަހު މަދެއް ނުކުރެވޭނެއޭ ބުނެލިއެވެ.

އެހެން ބުނުމުން އައިނާ ޖަވާބުގައި ބުނީ އެހެންވީރު އުމުރުން ފަންސާސް ވީމައި ޖަވާބު ދޭނެމޭ އޭވެ. މިހެން ބުނުމުން ހިޝާން ހެޕީފޭސް އިމޯޖީ އެއް ފޮނުވާލިއެވެ. އެރޭގައި ދެމީހުން ދުވަހަކުވެސް ނުވާވަރަށް ގާތް ވިއެވެ. އަދި ވަރަށް ގިނައިރު ދެމީހުން ޗެޓްކުރުމުގައި ތިއްބެވެ. ދެމީހުންނަށްވެސް ނިދުނު އިރު ފުދޭވެރަކަށް ދަން ވެއްޖެއެވެ.

ހިޝާން އަށް އެރޭގައި އެހެންޏާ ނުލިބޭ އުފާވެރިކަމެއް ލިބުނީ އައިނާ ނޫނެކޭ ނުބުނުމުންނެވެ. އައިނާ އަށް ހިތްހަމަޖެހިގެން ނިދާލެވުނީ ހިޝާން އާއި އެގޮތަށް ވާހަކަ ދައްކާލެވުމުން ލިބުނު ހިތްހަމަ ޖެހުމަކުންނެވެ. ދެކުދިންގެ މޫނުމަތީގައިވެސް ވަނީ ހިނިތުން ވުމެކެވެ. އޭގެތެރެއިން އެކަކަށްވެސް ފަރުދާގެ ފުރަގަހުގައި ރޭވިފައިވާ ކަމެއް ނޭނގެއެވެ.

***

ޖެހިގެން އައި އާދިއްތަ ދުވަހެވެ. ސްކޫލަށް ވަދެގެން އައި އަންހެން ކުއްޖާ ފެނި ހުރިހާ ޒުވާން ފިރިހިން ކުދިންގެ ތަލިން ކުޅުހިކުނު ފަދައެވެ. މާދޮން ނޫނަސް އޮމާން މޫނެކެވެ. ހިތިފަތު ބުމައަކާއި ހެޔޮވަރުގެ ތުންފަތެވެ. ބައްޓަން ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެވެ. އެކުއްޖަކު ގޮސް އެތާގައި އިން އެހެން އަންހެން ކުއްޖަކު ކައިރީގައި މަޑު ކޮށްލިއެވެ.

“ނަޝް.. އަލުން ޖޮއިން ވީމަ އަހަރެން މިހުރީ ވަރަށް އުފަލުން…”

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އަންޖަލް (12)

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..17

Next
July 13, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..17

Previews
July 13, 2020

އަންޖަލް (12)

11 Comments!

  1. Bluebird says:
    July 13, 2020 at 2:01 pm

    Maashaa Allah V v v Salhi… ☺️☺️☺️♥️♥️♥️♥️♥️♥️❤️❤️❤️❤️????
    Keep it up… ????
    Love you…… ?????????????????????????????????????

    1. A aaR says:
      July 13, 2020 at 2:04 pm

      jazaakallah khairan Bluebird.. lyt.. ??❤️️❤️️??

  2. A aaR says:
    July 13, 2020 at 2:02 pm

    here is the 10th prt of AINA S2.. hpe you all will love this prt too. dhen oibai mihaaru submit mikohlany..

    vaahaka mihaa hisaabah ai iru mivaahaka kuriah dhaagoi kamunudhaa kiyuntherieh hurinama comment akun buneladhy.. adhi vaahakaigai huri kuhthah faahaga kohla dhinumaky alhugandu varah bodah eydhey kameh.. _A aaR

  3. unknown queen says:
    July 13, 2020 at 2:13 pm

    Honestly kiyaa iraku kuh huritho eh nubeley?
    But Mibai vx vvvv reethi maasha Allah?
    Can’t wait to read the next part ?☺️

    1. A aaR says:
      July 13, 2020 at 2:28 pm

      Ohh ? Jazaakallah khairan unknown Queen..Next part already submitted… ❤️?

  4. Faiherrr?? says:
    July 13, 2020 at 4:30 pm

    Varah awesome ???????????????????????????????❤️❤️❤️❤️✌️✌️✌️?????????????❣️??

    1. A aaR says:
      July 14, 2020 at 1:02 pm

      Jazaakallah khairan Faiherr ❤️

  5. ?Ril? says:
    July 13, 2020 at 5:45 pm

    Mi part ves Hama amazing . ??Speechless ..??? Ril ah mi vaahaka varah Sali.????? And kiyamundhaairu varah kuh hureythoo nubelevey vaahaka gaa inavarun heheheh????
    Btw waiting for the next part ????
    Love u ??❤️❤️
    TC and stay safe ❤️❤️???

    1. A aaR says:
      July 14, 2020 at 1:03 pm

      Jazaakallah khairan Ril.. ?❤️ Lyt tc stay safe 2

  6. Maash says:
    July 13, 2020 at 7:57 pm

    ☺️Varah Varah reethi Maasha Allah Mi part ☺️
    ?when is the next part☺️
    ?waiting curiously ❤️
    ?stay safe??

    1. A aaR says:
      July 14, 2020 at 1:04 pm

      Jazaakallah khairan Maash.. ? Stay safe 2

Comments are closed.

Next Episodeއައިނާ (2) 11←


All Right Reserved!