* ދަތްޕިލަ ފިއްތާލާފައި ނައުރާއަށް ބަލާލެވުނީ މިލީންއަށެވެ. މިލީން ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުރެފައި މިލީން އެނބުރުނެވެ. އަދި އައި ބާރުމިނުގައި ނިކުންނަން ހިނގައިގަތެވެ. އެއްފަހަރު އަންހެން ކުއްޖާ އާއި ކުޑަ ކުއްޖާއަށް ބަލާލާފައި ނައުރާ އެދިމާއަށް ދާން އުޅުނެވެ. ނަމަވެސް އޭނާ ވެސް އެނބުރި ދުއްވައިގަތީ މިލީންގެ ފަހަތުންނެވެ. * 49 ޕާޓް 1 އެ އަންހެންކުއްޖާ ކުޑަކުއްޖާ އުރާލައިގެން ތެދުވެ އެމީހުން ފަހަތުން ދާން ފިޔަވަޅެއް އެޅިތަނާ ޔައުލާން ގޮވާލި […]
* “ލީން ހަމަ ސްޓޯރީ މެދުކަނޑާލަނީއޭ.. ދެން ކިހިނެއްތަވީ..؟” ބޭރު ބަލަން އިން މިލީންއަށް ސިހިފައި ބަލާލެވުނެވެ. އޭރު އޭނާއަށް ބަލަން ނައުރާ އިނީ ކެތްތެރިކަމެއް ނެތިއެވެ. * ލައިގެން ހުރި ފިޔާތޮށި ޖެކެޓް ރީތިކޮށްލަމުން މިލީން ހީނލިއެވެ. އޭނާއަށް އިނދެވުނީ ކެނެޑާގެ ވެންކޫވަރގެ ރީތިކަމަށް ގެއްލިފައެވެ. އާދައިގެ ބާރު މިނެއްގައި ދުއްވަމުން ދިޔަ ބަހުގައި މިލީން އާއި ނައުރާ އިނީ ޖެހިޖެހިގެން އިން ދެ ގޮނޑީގައެވެ. ބަހުގައި ތިބި މީހުން މަދެވެ. ވަޒީފާ ނިމިގެން ގެއަށް […]
* “ހިނގާ އެއާޕޯޓަށް ދާން.. އަދި ނުދާނެ.. އަހަރެމެން ލަކީއިއްޔާ އަދި ލައްވާލާނެ..” އަހުނަފް އެހެން ބުނުމުން މިލީން އަވަހަށް ބޯ ޖަހާލާފައި ތެދުވިއެވެ. އެންމެންގަނޑު ދާން އުޅުމުން ލަސްވާނެކަމަށް ބުނެ އަހުނަފް ދިޔައީ ހަމައެކަނި މިލީން ގޮވައިގެންނެވެ. އެހާ ގާތް ނުވިޔަސް ޝަފްވާނާއި މިލީން އެކުގައި އުޅުނު ދުވަސްވަރު ޔައުލާނާއި މިލީންގެ ދެމެދުގައިވީ ގާތް ގުޅުން އޭނާއަށް ވަނީ ފެނިފައެވެ. އަންގާވެސް ނުލާ ޔައުލާން މިފަދައިން ފުރުމުން އެހިތަށް ކުރާނެ އަސަރު އަހުނަފަށް ވެސް އެނގެއެވެ. […]
* “އައި އޭމް……….” އަނެއްކާވެސް ހަފާލިއަޑަށް މިއަލްއަށް އަތް މުއްކަވާލެވުނެވެ. އެ ޗިޕްސްބޮނޑި އަތުކޮޅަށް ހޫރާލަން ވެސް ބޭނުންވިއެވެ. “ޝަފްވާން އައި ލަވް ޔޫ..” މިއަލް އަޑު ބާރުކޮށް ބުންޏެވެ. އެއާއެކު ގާތުގައި އިން ގަހަކުން ކާޅެއް ވެސް ނުލާހިކު ބާރަށް ގޮވައިގަނެފައި ދުރަށް އުދުއްސައިގަތެވެ. ޗިޕްސް ހަފާލަން ފަރިވެލި ޝަފްވާން ވެސް ހުއްޓުން އެރިއެވެ. * “އައި ލަވް ޔޫ.. އެންޑް އައިމް ސޮރީ.. ހިތުގެ އެންމެ އެންމެ އެންންންމެ ފުންމިނުން މި މާފަށް އެދެނީ.. […]
* ފަހަތުން އައި މިޝްލާއަށް ޔައުލާން ދެއްކުމުގެ ކުރިން މިއަލް ފެނިއްޖެއެވެ. ހައިރާންވެފައި އޭނާއަށް ބަލާލެވުނީ ލޮނުގަނޑަށް ވެއްޓުނު ކުއްޖާއަށެވެ. އޭރު ފަހަރަކު މީހަކު ހަމަވަމުން ހަމަވަމުން ހަމަ ވެއްޖެއެވެ. އެންމެން ވެސް ތިބީ ގުނބުހިލިފައެވެ. ބަނޑުގައި އަތް އަޅައިގެން ތަނާ ގުދަށް އޮތް އިރު އަހުނަފްގެ ނިތްކުރިން ވަނީ ދާހިލިފައެވެ. ހައިފާ އަނގަ ހުޅުވިފައި ހުރިގޮތުން އޭނާ ވެސް ނޭވާ ހަމައަކަށް އަޅުވަނީކަން އެނގެއެވެ. ދުވުމުން ވީ ވަރުބައްޔާ ނުތަނަވަސްކަމާ މަސްހުނިވީއެވެ. “ކިހިނެއް ވެގެންތަ މި […]
* “ދައްކަބަލަ..” ކުޑަކޮށް ހާސްވި ނަމަވެސް މިޝަލް ޚިޔާރުކުރީ އަޑުއެހުމެވެ. ޝަފްވާން ބޯ ހޫރުވާލިއެވެ. އަދި ގޮސްފައި އެވާހަކަ ދައްކާނީ ކަމަށް ބުންޏެވެ. ދެމީހުން މަޑުކޮށްލީ ކޮރަލްކޯސްޓްގެ ފާލަން މަތީގައެވެ. ފަހެއް ޖަހަން އިރުކޮޅެއް އޮތުމާއެކުގައެވެ. އޮޔާވައި ހެޔޮވަރުވަރެއްގައި ހުރިއިރު އިރުގެ ރަން ދޯދިތައް ދިޔައީ ނޫ ސާލެއް ފަދަ ކަނޑުމަތީ ދަޅައަޅަމުންނެވެ. ހަވީރުގެ ފިނި ވައިރޯޅިތައް އައިސް ގައިގައި ބޮސްދީފައިދެއެވެ. ވަޔާއެކީ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު މިޝަލް ހައްޔަރުކޮށްލިއެވެ. “އަހަންނަށް އެދުވަހު ކުރެވުނީ ކޮން ކަމެއްކަން […]
* މަޑުމަޑުން އޭނާގެ މޫނުގައި ހިފަހައްޓާލާފައި އޭނާގެ ދެލޮލަށް ވަކިވަކިން ބަލާލި ޔައުލާންގެ ލޮލުން މިއަލްއަށް ފެނުނީ ތެދުވެރިކަމާއި އޯގާތެރިކަމާއި ލޯތްބެވެ. ޔައުލާން މަޑުމަޑުން ލޯ މަރާލުމާއެކު އޭނާގެ ހިތުގެ ތެޅުން ދިހަގުނައަށް އިތުރުވިއެވެ. ހަދާނެ އިތުރުގޮތެއް ނޭނގުމާއެކު މިއަލްއަށް ވެސް ލޯ މަރާލެވުނެވެ. “ސޮރީ ދޮންތީ….” ހިތާހިތުން މިއަލްއަށް ބުނެވުނެވެ. * އަދި ބާރު ހަޅޭކަކާއެކު މިއަލް ޔައުލާން ދުރަށް ކޮއްޕާލިއެވެ. ޔައުލާން ސޯފާއިން ބޭރަށް ވެއްޓުނެވެ. ބެލެންސް ނުކުރެވިގެންނެވެ. ވެއްޓި ޖެހުނުކަމެއް ނޭނގި އޭނާ […]
* “ލެޓްސް ގޯ.. ދައްތަ އެބައުޅޭ ތަނެއްގައި ނުވެސް އިށީނދެވިގެން މިއާ ނާންނަނީސް.. ކައްކާލިވަރުން އަވަށަކަށް ކާންދޭން ޖާފަތެއް ތައްޔާރުކުރީހެން ވެސް ހީވެދާނެ..” ޝަފްވާން ބުނެލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި މިއަލް ބަލަން ހުރުމުން ޝަފްވާން ބުމަ ހިއްލާލިއެވެ. ހިތާދެކޮޅަށް މިއަލް ސައިކަލަށް އެރީ މި ވާނީ މިޝަލްގެ ރޭވުމަކަށް ކަން އެނގޭތީއެވެ. * “ކީއްކުރަން މިތަނަށް ބަލާ އައީ..؟ ދޮންބެ ނޫނީ ތިއްތިއަށް ފެނުނުނަމަޔޯ..؟” މިއަލް އަހާލީ މަޑުންނެވެ. އެހެން މީހުންނަށް ސިއްރުން ލާން އަންނަން […]
* “މީ ޔައުލާން..” ޔައުލާން ދިނީ ކުރު ޖަވާބެކެވެ. “ޑިޑް ޝީ ސޭ އެނީތިން..؟” ޝަފްވާންގެ އަޑުގައިވީ މާޔޫސްކަން ޔައުލާނަށް ފާހަގަވިއެވެ. އެއާއެކު އޭނާ ވެސް ކުޑަކޮށް ދެރަވާގޮތްވިއެވެ. “އެލް ދޯ..؟” ޔައުލާން ފުން ނޭވާއެއް ލިއެވެ.* “އަހަރެމެން ހީކުރިފަދަ އެއްވެސް ކަމެއް ކަލޭ ނުކުރެޔޭ ބުނީ..” ކުރުގޮތަކަށް މިއަލް ބުނިގޮތް ޔައުލާން ކިޔާދިނެވެ. އެކޮޅުން ޝަފްވާން ޗުސް ލައްވާލިއަޑު ޔައުލާނަށް އިވުނެވެ. އެކަމާހެދި ޝަފްވާން ބޯ ގޮވާފައި އިންނާނެ މިންވަރު ޔައުލާނަށް އަންދާޒާ ކުރެވުނެވެ. “ހަމަހުވާ […]