ކުދިކުދި ރާޅު ތަކާ ސަމާސާ ކުރަމުން ދިޔަ ޖައިޝްގެ ތުންފަތުގައި ވަނީ ނުހަނު ރީތި ހިނިތުންވުމެކެވެ. މޫނުމަތި ވަނީ އުޖާލާވެފައިއެވެ. ޝިޔާން ވެސް ޢޭނާގެ ރައްޓެހިންނާ ވާހަކަ ދައްކާލުމަށް ފަހު މަޑު ހުދުކުލައިގެ ވެލިގަނޑަށް ފައި ވައްދަމުން ޖައިޝްއާ ދިމާލަށް ދިޔައީ ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކާ ސަމާސާ ކުރަމުންނެވެ. އެތައް ދުވަހަކަށް ފަހު ބޭރަށް ނުކުމެލައި މާހައުލުގެ ހިތްގައިމުކަން ހިތަށް ވެރިވުމުން އޭނާގެ ހިތަށް ވަނީ ހަމަޖެހުމެއް ގެނެސް ދީފައިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް […]
ނުވަވަނަބައި ކިތަންމެ އަނގަ ތަޅާފައި މަޖާ ނަގައިގެން އުޅުނަސް މިކަންވީ އަޝްހާ އަށް ސިއްރުކުރަން މަޖުބޫރު ކަމަށެވެ. އެހެނީ އެއީ އެދެމީހުންގެ އަތްމައްޗައް އެކަން ދޫކޮށްލައިގެން އަޝްހާ އިނީ މާތްﷲގެ ކިބަފުޅަށް ވަކީލު ކޮށްލައިގެންނެވެ. ވާން އޮތް އެންމެ ރަނގަޅަކަށް އެކަން ވާނެތާއެވެ. *** އައިނާ އާއި ހިޝާން އަށް ހޭވެރިކަމެއްވީ އާޝިޔާ ގޮވާލުމުންނެވެ. އަދި އަނެއްކާވެސް ހަމަ އެފޯރިގަނޑު އެންމެންގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އައިނާ އާއި ހިޝާން އިނީ ކުޅޭހިތް ކެނޑިފައެވެ. ނަމަވެސް ދެމީހުންގެ […]
އަފްލާމް އަކީ ޔޫ.އެސްގައި ހުންނަ ކުޑަކުޑަ ވިލެޖްއަކަށް އުފަންވި މީހެކެވެ. ރާއްޖެއަށް އަފްލާމް ދިޔަ ފަހަރެއް ގައި އަފްލާމްއާއި ޒައިނާ ދިމާވިއެވެ. ޒައިނާއާއި އަފްލާމްގެ މެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފެދިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަފްލާމް އިސްލާމްވީވެސް ޒައިނާ އާއި ބައްދަލުވި ފަހުންނެވެ. އެއަށްފަހު ޒައިނާއާއި އަފްލާމް ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔައީ ރާއްޖޭގައެވެ. ޒައިނާގެ އުފަން ރަށުގައެވެ. އަފްލާމްއަކީ ބޭރު މީހަކަށް ވެފައި އާދަޔާޚިލާފަށް ދޮނެވެ. އަފްލާމްގެ ހުންނަނީ ވެސް ނޫ […]
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުގައި ފޮށި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ ޑިސައިނަށް […]
ޒާޔާ ހުރީ ގޭގެ ދޮރު ކައިރީގަ އެވެ. ކައިރީގައި އިދާންއާ އިމްޝާ ހުއްޓެވެ. އޭރު ޒަހާއާ އެއްކޮށް ޒިންޔާ ވެސް ގެއިން ނުކުމެގެން އާދެއެވެ. އެންމެން އުޅެނީ އޯވާރނައިޓް އަކަށް ދަތުރު ދާންށެވެ. އެހެންކަމުން ގެންދާ ތަކެތި ހުރީ ތަންކޮޅެއް ގިނައިންނެވެ. އެމީހުން އުޅެނީ ޕިކަޕު ނައިސްގެން ލަސްވެގެންނެވެ. އިރުކޮޅެއް ނުވެ ޕިކަޕެއް އައިސް ޒާޔާމެން ގޭގެ ދޮރު ކައިރީގަ މަޑުކޮށްލިއެވެ. އިދާންއާ އެހެންކުދިން ވެގެން ޕިކަޕަށް ގެންދާ ތަކެތި އެރުވުމަށްފަހު އެމީހުން ވެސް ޕިކަޕަށް އެރިއެވެ. […]
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުން ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ […]
ޕާރޓީ ނިންމާލުމަށްފަހު ދަރުބާރުގެއިން ނިކުމެގެން އެންމެންވެސް ތިބީ އެމީހެއްގެ ކާރު އަންނަންދެނެވެ. އިސްހާޤުގެ ކާރު އައުމުން އާތިކާއާއި އަސްމާ އަދި ޖޫދު ކާރަށް އެރިއެވެ. ” އަންޖަލް އާދޭ ޖައިޝްއާއެކު..” އިސްހާޤު މެން ކާރަށް އަރަން އައި އަންޖަލްއަށް ބަލާލަމުން އިސްހާޤު ބުނެލިއެވެ. އިސްހާޤުގެ ބަހަކާ ދެކޮޅުހަދަން ނުކެރުމުން އަންޖަލް ގޮސް ޖައިޝް ކައިރީ އޭނާގެކާރު އަންނަންދެން މަޑުކޮށްލިއެވެ. އިސްހާޤުމެން ދިއުމުން ދަރުބާރުގެ ބޭރުގައި ތިބީ ޖައިޝްއާއި އަންޖަލް އެކަންޏެވެ. ކާރުގެ އިންތިޒާރުގައި ހުރި އަންޖަލް އިރު […]
ޖައިޝްގެ ތަނަވަސް މޭ މަތީގައި ރީޝް ޖެހިގެން ދިޔައިރު ރީޝްއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. މޭ ތެޅެމުން ދިޔަލެއް ބާރުކަމުން ހީވީ މޭކަށިވެސް ފަޅާލާފައި ހަށިގަނޑު ދޫކޮށް ނުކުމެދާނެ ހެންނެވެ. ރީޝްގެ ކަނދުރާ އާ ހަމައަށް ތިރިވެލުމަށްފަހު ޖައިޝް އެނާގެ ތުންފަތް ރީޝްގެ ދިގު ދޮން ކަނދުރާގައި ޖައްސާލިއެވެ. އަދި ކަންފަތާ ކައިރިއަށް އޭނާގެ އަނގަ ގެންގޮސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ވަރަށް ލޯބިވޭ.” ރީޝްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް އޭނާގެ […]
ޑޮކްޓަރުބުނި ޖުމްލައަކީ ޔޫންގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅުނު ފަދަ ޖުމްލަ އެކެވެ. ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އެޑޮކްޓަރަކީ ޔޫންމެންގެ ރަށުގައި އުޅުނު ޑޮކްޓަރެއްކަމުން އޭނާއަށް ނުހަނު ފަސޭހައިން ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހިތާމަވެރި ޚަބަރު ޔޫން އެއަންހެން ކުއްޖާގެ އާއިލާއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ކޮން މޫނަކާއިގެން ހެއްޔެވެ؟ އެތައް އަހަރަކަށްފަހު ޔޫންއަށް އޭނާގެ އެންމެ ހިތްއެދޭ ސޫރަ ފެނުމުން ގާތުގައި މަޑުކުރާ ހިތްވި ކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި މިވަގުތު ހެދިފައިހުރި ހައިޖާނުގަނޑު ބޮލުން ފިލުވުމަށްޓަކައި ހޮސްޕިޓަލުން ބޭރަށް ނިކުތެވެ. […]