Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ކެތްތެރިވާށެވެ.

Annna Level 510 Stories100 Comments100 Login
July 11, 2020 5 Mins Read
8 Comments

އެނދުގައި އަރާމް ކޮށް ނިދާލާފައި އޮތީ އުމުރުން ގާތް ގަނޑަކަށް ފަނަރަވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. މަޑު މުށިކުލައެއްގެ ހަންގަނޑެކެވެ. ބޯއެސްފިޔަ ތަކެވެ. މަޑު ފިޔާ ތޮށި ކުލައަރާ ތުނި ތުންފަތެކެވެ. ހިތިފަތު ބުމައެވެ. ރާޅު ބާނި އިސްތަށިގަނޑި އޮތީ މަޑު ފެހިކުލައިގެ ބާލީސް މަތީ ފަތުރާލެވިފައެވެ. ކަޅުކަން ގަދަކަމުން ރޭގަނޑެއް ފަދަ އެވެ.

ގައިމަތީ ރަޖާލައިގެން އޭނާ އޮތީ ހިނިތުން ވެލައިގެންނެވެ. ނަމަވެސް އެއީ ހިދުކޮޅަކަށެވެ. އޭނާގެ ނިތްކުރިމަތިން ބޮޑެތި ދާތިކިތައް ވިދަން ފެށިއެވެ.

“ނޫން… މަންމާ… ނޫން…!” ފުންމައިގެން ޔައިނީ ތެދުވިއިރު މުޅިކުއްޖާ ތުރުތުރު ލައެވެ. އޭސިގެ ފިނި ގަދައިރު ވެސް އޭނާގެ މޫނުމަތިން ދާތިކިތައް ވިދަމުން ދިޔައެވެ. އޭނާ ލަމުން ދިޔަ ނޭވާގެ އަޑު އެހަމަހިމޭންކަން ނެތި ކޮށްލަމުން ދިޔައެވެ.

ކައިރީގައި އިން ފެންޖަގުން ތައްޓައް ފެންފޮދެއް އަޅައިގެން ބޯލައި މީހާ ހަމައަކަށް އެޅިލިއެވެ. އަނެއްކާވެސް ޔައިނީ އޮށޯތީ ނިދަންކަމަށެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ނަމަވެސް އޭރު ޔައިނީގެ ލޮލުގައި ނިދީގެ ކަން ފުޅެއްވެސް ނެތެވެ.

ޔައުިނީ އަށް ވިސްނެމުން ދިޔައީ އޭނާއަށް ފެންނަ ހުވަފެންނާއި ދޭތެރޭއެވެ. ކޮންމެ ރެއަކު ފެންނަނީ އޭނާގެ މަންމަ އޭނާ ދޫކޮށް ދާތަނެވެ. އޭނާގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދީފައެވެ.

މިހެން އެކި ފިކުރުތައް ކުރަން އޮއްވާ މިސްކިތުން ﷲއޭ އެންމެ ބޮޑީ ގޮވަންފެށިއެވެ. ދެންއިވުނީ ނަމާދައް އަވަހަށް އަންނާށޭ ބުނާއަޑެވެ. ޔައިނީވެސް ފާހަނައަށް ވަދެ ވުޟޫ ކޮށްލައިގެން އެފިނި ފަތިހު އޭނާގެ ވާޖިބު އަދާކުރިއެވެ.

ނަމާދުކޮށް ނިންމާލައިގެން ޔައިނީ ކޮޓަރިން ބޭރައް ނިކުތެވެ. އޭނާ މިސްރާބު ޖެހީ ހަމައެގޭގެ ހަތަރު ފާރުތެރޭ އިން ކޮޓަރިއަކަށެވެ. ޔައިނީ އެކޮޓަރީގެ ދޮރު މައްޗައް އަރާފައި ޓަކި ޖަހާލިއެވެ. އަދި އެތެރެއަށްވަނީ މީހެއް ހޭލާއުޅޭކަން އިނގުމުންނެވެ.

އެކޮޓަރީގެ ތެރެއަށް ވަނުމާއެކު ފުރަތަމަވެސް ޔައިނީގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އަރާމު ނިންޖަކުން ނިދާލާފައި އޮތް އޭނާގެ ލޯބިވާ މަންމަ ފެނިފައެވެ. މެޝިންގެ އެހީގައި ނޭވާލަމުން ދިޔަ މަންމަ ފެނި ޔައިނީގެ ދެލޯ ފެންކަޅިވިއެވެ.

ޔައިނީގެ މަންމަ ޔަޝްފާ ކޯމާ އެއްގައި އޮންނަތާ ދެއަހަރު ވީއެވެ. އޭރު ޔަޝްފާ އަށް ބޭސްދިނުމުގައި ޔަޝްފާގެ ޚާއްޞަ ނަރުހަކު އަވަދި ނެތި އުޅުނެވެ. ޔައިނީ ދިޔަގޮތައްގޮސް މަންމަގެ ކައިރީ އެނދުގެ އެއްފަރާތު މުށިތަކުގެ މަތީ އިށީންދެލިއެވެ. ދެން ޔައުލީ އަތައްނެގީ ހޮޅިގުޅާފައިވާ އޭނާގެ މަންމަގެ އަތްތިލައެވެ.

“މަންމާ.. އަހަރެންނަށް މާފު ކުރޭ.. މަންމަ އަވަހަށް އާދޭ…” ޔައިނީ ރޮމުން ކިޔަންފެށިއެވެ.

ކޮންމެ ދުވަހެއްގައިވެސް އެންމެ ފުރަތަމަ ކަމަކަށް މިދެއަހަރުގައި ޔައިނީ ކުރާ ކަމަކީ އެއީ އެވެ. ޔައިނީ އެގޮތުގައި ހުއްޓާ އޭނާގެ ބައްޕަވެސް އެތަނައް އަތުވެއްޖެއެވެ. ލިހާމް އައިސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

“ބައްޕާ.. ބައްޕާ.. ބުނެބަލަ މަންމަ ކައިރީ އަވަހަށް އަންނާށޭ.. ޔަން ބަދަލުވެފީމޭ.. ބައް..ޕާ” ޔައިނީގެ އަޑު ކަރުގެ ތެރޭގައި ތާށި ވިއެވެ.

“ކޮބާ ޔަޝް.. އަހަރެމެންގެ ދަރިފުޅު ބަދަލުވެއްޖޭ… ދެން އަވަހަށް އައިސް މިއާއިލާ ފުރިހަމަ ކޮށްލަ ދީބަލަ..” ލިހާމް ވެސް ކިޔަމުން ގެންދިޔައެވެ.

ޔައިނީ އޭނާގެ ހިތް ފަޅައިގެން ދާން އުޅޭހެން ހީވުމުން އެކޮޓަރިން ނިކުމެގެން ދިޔައެވެ. އެބޮޑު ސިޑިން ފަސޭހަ ކަމާއެކު އަވަސް ފިޔަވަޅުތަކެއްގައި ފޭބުމަށްފަހު ޔައިނީ މިސްރާބުޖެހީ އޭނާގެ މަންމަ އެންމެ ލޯބިން ހެއްދި ބަގީޗާ އާއި ދިމާލަށެވެ.

ގޭގެ މައި ދޮރުން ނިކުމެގެން ޔައިނީ ގޮސް އެތާގައި އިން ކޮފީމޭޒު ކައިރީ އިށީންދެލިއެވެ. އޭރު އުޑުމަތި ވަރަށް އަލިވެއްޖެއެވެ. ފަޒާގައި ހިފާފައި ހުރި ފިނިކަމުގެ އަސަރު އޭނާ އަށް ނުކުރާކަހަލައެވެ. ކޮވެލީގެ ހިތްގައިމު އަޑުން މުޅި ޖައްވުގައި ރާގެއް އަޅުވާލައިފައި ވެއެވެ.

މޭޒުމަތީގައި ބޯއަޅައި ލައިގެން އޮތް ޔައިނީގެ ހަނދާން މީގެ ދެއަހަރުކުރިއަށް ދިޔައެވެ.

***

އެއީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ރެއެކެވެ. އެރޭގައި ޔައިނީ އަށެއް ޖެހިއިރުވެސް ނަމާދު ނުކޮށް އޮތީ އެނދުމަތީގައި ލެޕްޓޮޕް ހިފައިގެންނެވެ. އަޅުވާފައި ހުރީ ރޮކް ލަވައެވެ. ހެޑްސެޓް ޖަހައިގެން އެހެން އޮއްވާ ޔަޝްފާ ވަތް ކަމެއް ޔައިނީ އަށް ރޭކާ އެއް ނުލިއެވެ. ސަބަބަކީ ޔައިނީ އޮތީ ހެޑްސެޓް ޖަހައިގެން ލޯމަރައިލައިގެންނެވެ.

ޔަޝްފާ އާއި ލިހާމް އަކީ ދީނަށް ލޯބިކުރާ ދެމަފިރިންނެވެ. ދަރުސްތަކާއި އެކިއެކި ކަހަލަ ދީނީ ޕްރޮގްރާމްތައް ހިންގާ ބައެކެވެ. ޔަޝްފާ އަކީ ސްކޫލުގެ އިސްލާމް މުދައްރިސެކެވެ. ލިހާމް އަކީ މަޝްހޫރު ދީނީ ޢިލްމުވެރި އެކެވެ. ޝެއިޚެކެވެ.

ޔަޝްފާ އެއްގޮތަކަށްވެސް ކޮޓަރި ތެރެއަށްވަނީ ޔައިނީގެ ފަރާތުން މިކަހަލަ ކަމެއް ފެންނާނެ ކަމަކަށް ނޫނެވެ. ޔަޝްފާ ހިތްހަމަ ނުޖެހުނީ ޔައިނީ ނަމާދު ނުކޮށް އޮތްކަން އިނގުމުންނެވެ. ޔައިނީ ދެނަމާދު ދޭތެރޭގައި ބަދިގެއަށް ވަތް އިރު ލައިގެން އިން ހުދުމުގައި ފެނުމުންނެވެ. ސަބަބަކީ ނަމާދު ކުރަން އަބަދުވެސް ޔައިނީ ގާތުގައި ލާން ބުނެފައި އިންނަނީ ޚާއްޞަ ހެދުމަކަށް ވީމައެވެ. ޔަޝްފާ ދިޔަގޮތައް ގޮސް ހެޑުސެޓު ލެޕްޓޮޕް އިން ނައްޓާލީ އެކަހަލަ އަޑެއް އިވޭނެކަމަކަށް ނޫނެވެ. ރޮކު މިޔުޒިކުގެ އަޑައް ލިހާމްވެސް އައެވެ.

ޔަޝްފާ ހިތްދަތިވީ ވަރުން ލޯމަތީ އަތް އަޅާފައި ރޯން ފެށިއެވެ. “އަހަރެން ހިއެއް ނުކުރަން އަހަރެންގެ ޔައިނީ މިއީ މިކަހަލަ ކުއްޖެއް ކަމަކަށް… އަޅެ ޔައިނީ ބުނެބަލަ؟ ކޮންކަމެއް މަދުވެގެން ތިއެއްޗެހި ބަލަން ފެށީ… ލިހާމް… އަހަރެންގެ ޔައިނީ އެކަހަލަ ކުއްޖަކަހް ނުވާނެ.. ލިހާމް އެއީ އަހަރެންގެ ޔައިނީތަ؟” ރޮވޭ ވަރުން ވާހަކަ ދައްކަން ޔަޝްފާ އަށް އުނދަގޫވިއެވެ. “އަހަރެން ދެން މިގެއައް އަންނާނީ ޔައިނީ އިސްލާހުވި ދުވަހަކުން…” ރުޅިވެރިކަމާއެކު މިހެން ކިޔާފައި ޔަޝްފާ ގެއިން ނިކުތެވެ.

ތަންކޮޅަކަށް ދެވޭނެ ކަމެއް ނޭނގެއެވެ. ކޮޓަރީއިން ޔައިނީ އަށް އިވުނީ ޔަޝްފާ ހަޅޭއްލަވައި ގަތް އަޑެވެ. ކުރިމަތިން ފެނުނު މަންޒަރުން ލިހާމް ހުރީ ގުޑާލަންވެސް ނޭނގިފަވެ. ޔަޝްފާ މަގައް ނިކުތުމާއެކު އެތަނަށް އައި ޕިކަޕެއްގައި ޖެހި މާދުރައް ވިއްސައިގެން ދިޔައެވެ. ހަމަހޭވެރިކަން ލިބުނު މީހެއް ފަދައިން ލިހާމް ދުއްވައި ގަތީ ބާރަކަށެވެ. އޭރު ބައެއް މީހުން ފޮޓޯ ނެގުމުގައްޔާއި މަންޒަރު ބަލަން ތިއްބެވެ. އެހީ ވާނަމޭ ހިތައް އަރުވާލަން ނުކެރުނެވެ.

ޔައިނީ އަށް ނިކުމެވުނި އިރު ކާރަކަށް އަރުވައިގެން ޔަޝްފާ ގެންދަނީ އެވެ. ޔައިނީ ވާނުވާގަ ހުރެގެން ވީގޮތެއް އޮޅުން ފިލުވާލެވޭތޯ އެތަނުގައި އިން މީހެއް ކައިރިއަށް ޖެހިލިއެވެ. “ހާދަ ވަރެކޭ އޭނާ އަށް ވެފައި އޮތީ.. މަގޭ މޭގަނޑު ގުޑައިގެން ދިޔަ..” އެއްވެފައި ތިބިމީހުންގެ ތެރެއިން މީހަކު ބުންޏެވެ. “އާން.. އެފަކީރު ޕިކަޕުގައި ޖެހުމާއެކު ވިއްސައިގެން ގޮސް ޖެހުނީ މާދުރައް..” އެހެން މީހަކު އެއާއި ވިއްދައިގެން ބުންޏެވެ. ޔައިނީއަށް ކެތްކުރެވުނީ މިހާ ހިސާބަށެވެ. އަވަހަށް ގެއައް ވަނީ އިތުރައް ކެތްނުވެގެންނެވެ.

އޭނާމީ ހާދަ ނުބައި ކުއްޖެކެވެ. މަންމަމެން ދިން ތަރުބިއްޔަތުގެ އަގުވަޒަން ނުކުރެވުނީއެވެ. އެގޮތައް ނުހެދުނުނަމައެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނާގެ ޣާފިލް ވެފައިވާ ހިތް ހޭއެރިނަމައެވެ. ނަމަވެސް، މިހާރަކު ދެން ‘ނަމަ’ އަކުން ކެކޭނެ ރިހައެއްނެތެވެ. ޔައިނީ ވުޟޫ ކޮށްލައިގެން އައިސް ނަމާދު ކުރަންފެށީ މިއިންދުވަހަކުވެސް ނުކުރާހާ އިޚުލާސްތެރިކަމާ އެކީއެވެ.

ނަމާދު ކުރި ވަގުތު ޔައިނީގެ ލޮލުން ކަރުގައިގެ ކޯރެއް ކޯތާފަތްމަތިން ދެމެމުން ދިޔައެވެ. ނަމާދުކޮށްނިމިގެން ޔައިނީ މާތް ﷲ އަށް ދުޢާ ދެންނެވުމަށް އަތް އުފުލާލިއެވެ. “ޔާ ﷲ.. އިބައިލާހީ ފާފަފުއްސަވާ ރަޙްމާން ވަންތަ، ރަޙީމް ވަންތަ، އެންމެ އޯގާވެރި ރަސްކަލާނގެ.. މިއަޅާގެ ކުއްތައް އިބައިލާހު އަފޫ ކޮށްދެއްވާންދޭވެ.. އިބައިލާހު މަނާ ކުރެއްވި ކަމަކަށް އަރައި ގަނެވުމުން އިބައިލާހު މިނިކަމެތި އަޅާއަށް މަޢާފު ކޮށްދެއްވާންދޭވެ.. އަދި މިއަޅާގެ މަންމަ ހެޔޮ ޞިއްޙަތެއްގައި ލައްވާންދޭވެ.. މިނިކަމެތި އަޅާ މާތް ﷲ ގެ މަގުގައި ޘާބިތުވެ ހުރުމައް ހިތްވަރު ދެއްވާންދޭވެ… ޔާ ﷲ… މިއަޅާ އަށް ކުރިމަތިވެފައިވާ މިއިމްތިޙާނުގައި މިއަޅާ ކެތްތެރިކަން ދެއްވާށި…”

ރޮމުން ޔައިނީ ހިތްދަތި ގޮތަކަށް މިހެން ކިޔާފައި ދުޢާ ނިންމާލިއެވެ. މުސައްލަމަތިން ތެދުވިއިރު އެއީ މިހާރު އެހެން ޔައިނީއެކެވެ. ޔައިނީ އެތެދުވީ ކުރީގެ ޔައިނީ ކަފުންކޮށް އާ ޔައިނީ އަކައިގެންނެވެ.

މާތް ﷲ އެއަޅަކަށް ތެދުމަގު ދައްކަވަން ވެއްޖިއްޔާ ކޮންމެ ކަމެއްވެސް މެދުވެރި ވެދާނެއެވެ. ޔައިނީ އަށް ތެދުމަގު ދައްވަންވެސް ކޮންމެވެސް ކަމެއް މެދުވެރިވީއެވެ. އުފާވެރި ނޫނަސް ޔައިނީގެ ހިތައް ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. މާތް ﷲގެ މަގުގައި ޘާބިތު ވެތިބެވެނީ ވަރަށް މަދު މަޔަކަށެވެ. ނަމަވެސް ޔައިނީ އިނީ ނުގުޑާ ފަދަ ޢަޒުމެއްގައެވެ.

“އާމީން” ދޮރުމަތިން އަޑެއް އިވުމުން ޔައިނީ ބަލާލިއެވެ. ބަލާލިއިރު ހުރީ ލިހާމް އެވެ. ލަދުވެތިކަން ވަށާލުމުން ޔައިނީ އޭނާގެ އިސް ތިރިކޮށްލިއެވެ. “ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅައް ހެޔޮ ވިސްނުން ދެއްވީތީ.. އަލްޙަމްދު ﷲ…” ލިހާމް ޔައިނީ ކައިރިއަށް ފިޔަވަޅުނަގަމުން ބުނެލިއެވެ.

“ބަ.. ބައްޕާ.. މަންމަ…. މަން… މަންމަ ކިހިނެތްތޯ؟” ޔައިނީ ޖެހިލުންވެ ހުރެ އެހެން އެހިއިރު އެއަޑުގައި ރޮއެފައި ހުރިކަން ލިހާމް ދެނެގަތެވެ. ނުރޯންވީ ސަބަބެއްވެސް ނެތެވެ. އެއީ ޔައިނީގެ މަންމަ އެވެ.

“ދަރިފުޅާ.. ދިރިއުޅުމަުގައި ދިމާވާ ކޮންމެ ކަމަކީ ވެސް އިމްތިޙާނެއް.. ހުރިހާ މީހުންވެސް ޖެހޭނެ އިމްތިޙާނުގެ ވަގުތުގައި މާތް ﷲ އަށް ވަކީލް ކޮށް އެކަލާނގެއަށް ދުޢާ ދަންނަވަން.. ދުޢާ އަކީ އިންސާނާގެ އެންމެ ވަރުގަދަ ހަތިޔާރު… އެކަލާނގެ އަކީ އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކުޅަދުންވަންތަ ރަސްކަލާންގެ.. އިމްތިޙާނުން ފާސް ވެއްޖެނަމަ އެމީހަކީ ސުވަރުގެ ވަންތަ ވެރިއެއް… ބައްޕަ ދޭން އުޅެނީ އެހާ އުފާވެރި ޚަބަރަކަށް ނުވެދާނެ… މަންމަ… މަންމަގެ ފުރާނަ ސަލާމަތް ކުރެވުނު.. އެކަމަކު.. މަންމަ އޮތީ މިވަގުތު ކޯމާ އެއްގައި..”

އެނދުމަތީގައި އިށީންދެފައި ލިހާމް މޫނުމަތީގައި އަތް އެޅިއެވެ. “މިއީ ހުސް އަޅުގަނޑުގެ ފަރާތުން ދިމާވިކަންކަން.. އަޅުގަނޑުގެ ސަބަބުން މަންމަ އަސް އެހެން އެވީ.. ބައްޕާ.. އަޅުގަނޑައް މާފުކުރޭ ބައްޕާ..” ޔައިނީގެ އަޑު ކުރެހުނެވެ. ދެރަވެގެންނެވެ. ކޯމާ އެއްގައި ހޭއަރާނީ ކޮން އިރަކުން ކަމެއްވެސް ނޭނގެއެވެ.

***

އެދުބަހުގެ ޚިޔާލު ތާޒާކަންމަތީ އަދިވެސް ޔައިނީގެ ޚިޔާލު އެބަހުއްޓެވެ. ޔައިނީ މިހާރު އެންމެ އުއްމީދު ކުރަނީ ޔަޝްފާ ހޭއަރާނެ ދުވަހަކަށެވެ. އެކަމަކު ފަރުވާއަކަށް އެއްވެސް ކުރިއެރުމެއް އަދި ނުލިބެއެވެ.

އެގޮތައް ގިސް މިހާރު އަހަރެއް ވީއެވެ. އަދިވެސް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. މިއަދަކީ ޔައިނީގެ އޯލެވެސް ނަތީޖާ ލިބޭ ދުވަހެވެ. ނަތީޖާ ހިފައިގެން ގެޔައް ވަނީ އުފާވެރި ޚަބަރެއް ލިބޭނެ ކަމަކށް ނޫނެވެ. ޔަޝްފާ ކޯމާއިން ހޭއެރީއެވެ. ފުރަތަމަ ޓެސްޓައް ދިޔަ ދުވަހު ޔަޝްފާގެ އިނގިލި ހަރަކާތް ކޮށް ލިއެވެ. ކަޑުމަޑުން ޙާލަތު ރަނގަޅުވަމުން ގޮސް މިއަދު ހޭއެރީއެވެ.

ޔައިނީ ދުވެފައި ޔަޝްފާގެ ކޮޓަރިއަށް ވަތް އިރު ޔަޝްފާ އޮތީ ލޯ ހުޅުވައިލައިގެންނެވެ. އެސްފިޔަ ޖަހާ ހަދައެވެ. ޑޮކްޓަރު ބުނުމުން އެނގުނީ ވާހަކަ ދައްކަން އުނދަގޫ ވާނެ ކަމަށެވެ. އެއީ އެހާ ގިނަދުވަހު ހޭނާރާ އޮތުމުންނެވެ. ނަމަވެސް ޔައިނީ ފެންނައިރައް ގޮވާލަން އުޅުނުކަން ޔައިނީ އަށް އެނގުނެވެ. “ދަ.. ރި… ފު… ޅާ…..” ޗަރަށް އުނދަގުލުން ނަމަވެސް ޔަޝްފާ ގޮވަލިއެވެ. އެވަގުތު ލިހާމް ވެސް އެތަނަށް އައެވެ. ޔައިނީ ގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. އަދި މަންމަ އެންމެ އަޑުއަހަން ބޭނުންވިފަދަ ޚަބަރެއް ދިނެވެ.

“މަންމަ… މަންމާ.. އަހަރެން އޯލެވެލް އިން މުޅިރާއްޖެއިން އެއްވަނަ..” ޔައިނީ ވަރަށް އުފަލުން ހުރެ ބުނެލީ ކަރުނަވީ ބެލިމަކުން ޔަޝްވާ އަށް ބަލާލަމުންނެވެ. ޔަޝްފާ އަށް އުފަލުން ރޮވުނެވެ. ލިހާމްވެސް އައިސް ހަމަ އަސްލުހޭ އަހާލިއެވެ. “އަލްޙަމްދު ﷲ” ޔައިނީ އުފަލުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ކެތްތެރި ކަމުގެ މޭވާ ކިހާ ފޮނި ނޫން ހެއްޔެވެ. ކެތްތެރި ކަމާ އެކު މާތް ﷲގެ މަގުގައި ޘާބިތުވެ ހުރެ ނިކުތް ނަތީޖާ ކިހާ ފޮނި ނޫން ހެއްޔެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ބޭނުންނަމަ މާތް ﷲގެ މަގުގައި ކެތް ތެރިކަމާއެކު ޘާބިތު ވާށެވެ. އެއްވެސް އަޅަކަށް އެކަލާނގެ ދެރަގޮތެއް މިންވަރު ނުކުރައްވާ ނެތެވެ.

މާތް ﷲ އެންމެ ލޯބިވާ އެއް ޞިފައަކީ ކެތްތެރި ކަމެމެވެ. ކެތްތެރި ކަމަކީ ކޮންމެ މީހެއްގެ ގައިގައި ވެސް ހުންނަން ވާނެ ތީރި ޞިފައެކެވެ. ޢައިޝަތުގެފާނުގެ (ޢައިޝާ ރަޟިޔައްﷲ ޢަންހު) އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހު އެކަލޭގެފާނު ހެނދުނު ނާސްތާ ކުރައްވަން އައިސް ތިމަން ކަމަނާ ކައިރީ ވިދާޅުވިއެވެ. “ނާސްތާ އަކަށް ހުންނެވީ ކޯޗެއް ހެއްޔެވެ.” ތިމަން ކަމަނާ ދެންނެވީމެވެ. “އޭނަބިއްޔާއެވެ. ނާސްތާ އައް ގޭގައި ކާނެ އެއްޗެއް ނެތެވެ.” އެކަލޭގެ ފާނު ރައްދުގައި ވިދާޅުވީ މިފަދައިންނެވެ. “އެހެން ވިއްޔާ ތިމަން ކަލޭގެފާނު ރޯދައެވެ.”

އެކަލޭގެފާނު އަކީ ކެތްތެރިކަމުގެ މިސާލެކެވެ. އަހަރުމެންނަށް ނަމޫނާއެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. “إِِِنَ للهَ مَعَصَا بِرِنْ” (މާތް ﷲ ވޮޑިގެންވަނީ ކެއްތެރިންނާ އެކުގައެވެ.)

– ނިމުނީ –

ނޯޓް: މިވާހަކަ އަކީ އަޅުގަނޑު މީގެ ދުވަސް ކޮޅެއް ކުރިން ވާހަކަ.ކޮމް އަށް އަޕްލޯޑް ކޮށްފައިވާ ވާހަކަ އެއްކަން އެންމެހާ ކިޔުންތެރިންގެ ސަމާލުކަމަށް ބުނެލަމެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ރާސްތާ ސީޒަން 3 ޓްރެއިލާރ

Next

ޝަހަރު 19ވަނަބައި

Next
July 11, 2020

ޝަހަރު 19ވަނަބައި

Previews
July 11, 2020

ރާސްތާ ސީޒަން 3 ޓްރެއިލާރ

8 Comments!

  1. Raaya says:
    July 12, 2020 at 6:26 pm

    vrh reethi adhi ehaame iburaitheri vaahaka eh?… keep it up!!

    1. A aaR says:
      July 12, 2020 at 7:40 pm

      jazaakallah khairan Raaya..

  2. No one says:
    July 13, 2020 at 1:53 am

    Vrh eiburaiteri vaahakaeh ….adhi eh haameh reethi vaahakaeh ….vrh vrh vrh furihama maashaa Allah ?????????❤❤❤

    1. A aaR says:
      July 19, 2020 at 9:10 pm

      jazaakallah khairan No one.. ??

  3. Saaya says:
    July 14, 2020 at 8:16 am

    Vvvvvvvv reethi ma sha allah… ❤️❤️keep it up dear❤️

    1. A aaR says:
      July 14, 2020 at 2:25 pm

      jazaakallah khairan saaya

  4. Your friend naash says:
    August 12, 2020 at 12:25 pm

    Aww. It’s v enjoying to read your story. V loabi ingey mi vaahaka.

    1. A aaR says:
      August 13, 2020 at 2:24 pm

      ..aww jazaakallah khairan naash.. i am v happy

Comments are closed.



All Right Reserved!