ދެންތިބި މީހުންނަށް ވެސް ވީ އެވަރެވެ.

********************

އޭރު ވަރަށް ބާރަށް ޓެންޓު ތެޅެމުން ދިޔައެވެ. އިދާން ބޭރަށް ނިކުމެ ބަލައި އިރު އަމްޝާ އެތާ ހުރެގެން ފޯރީގައި ޓެންޓު ތަޅުވަނީއެވެ. އެއް އަތުން އަނގަމަތީގައި އަތް އަޅައިގެން އަނެއް އަތުންނެވެ. އިދާން އެތާ ހުރިކަމެއް އިމްޝާ އަކަށް ނޭނގުނެވެ. އިދާން ސިއްރު ސިއްރުން ގޮސް އިމްޝާ އަތުގައި ހިފާފައި ޓެންޓު ތެރެއަށް ވެއްދިއެވެ. އަދި ބުންޏެވެ.” އިމް ކީއްވެގެންތަ އަހަރެމެން ބުނާގޮތް ނުހަދަނީ.. ދެންމެ އިމް ގެއްލުން ނަމަ މަންމަ ކިހާ ރުޅިއަންނާނެތަ އަހަރެމެން ދެކެ؟ ” އިދާން ހިތްހަމަނުޖެހިފައި އެހެންބުނުމުން އިމްޝާ ގޮސް ޒިންޔާ ކައިރީގައި އިށީނެވެ. އަދި ބުންޏެވެ. ” ސޮރީ އިދާންބޭ.. އިމް އެހެން ހެދީ ޒިންދައްތަ މެން ބިރުގަންނަވަން… ” އެހެންބުނިތަނާ އިދާން ކުޑަކޮށް ހަމަޖެހިލިއެވެ. އެއީ އޭނަގެ ކޮއްކޮ ދެރަވުމުން އޭނަ ވެސް ދެރަވާތީއެވެ.

5 މީހުން ގުރުއާން ކިޔަވައި ނިންމުމަށް ފަހު އިޝާ ނަމާދު ކޮށްލައިގެން ބޭރަށް ނިކުތެވެ. އިދާން އެތަނުން ގާ ކޮޅެއް ނަގައި ގަހަކާއި ދިމާއަށް އެއްލިއެވެ. އެތަން ފެނިގެން އިމްޝާ ވެސް ހަމަ އެ ގަހަށް ގާކޮޅެއް އެއްލިއެވެ. ދެންތިބި މީހުން ވެސް އެގަހަށް ގާ އުކީ މަޖަލަކަށް ހަދާފައެވެ. ކުރިއަށް އޮތް ބިރުވެރިކަން ނޭނގޭ ހާލުއެވެ.

އެންމެން ވެސް ރޭގަނޑު ނިދަން ވަނީ 9:30 ވަނިކޮށެވެ. އެންމެންވެސް ލަސްނުކޮށް ނިދީ ވެފައިވާ ވަރުބަލިންނެވެ.

ހެނދުނު 7:30 ވިއިރު އިމްޝާ ނޫން އެންމެން ތިބީ ހޭލައެވެ. އިމްޝާ ނުހޭލާތީ އިމްޝާއަށް ވަރުގަދަ ލަނޑެއް ދޭން ޒަހާ ރާވައިލިއެވެ. އަދި ޓެންޓުން ބޭރަށް ނިކުމެ މޫދު ކައިރިއަށް ގޮސް ފެންކޮޅެއް ހިފައިގެން އައިސް އިމްޝާ މޫނަށް ބުރުވައިލިއެވެ. އިމްޝާ ހުރީ ފެން ޖެހުން ލަސްވެފައެވެ. ފުންމައިގެން ތެދުވި އެވެ. އަދި އެތާ ޒަހާ އިންތަން ފެނުމުން އިމްޝާ ވަގުތުން ރުޅިމޫނު ހެދިއެވެ. އަދި ބޭރަށް ނިކުމެ މޫނު ދޮވެލައިގެން ގޮސް ޒާޔާ މެންނާ އެއްކޮށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އެހީވި އެވެ. ކުރިއެކޭ އެއްގޮތަށް ހަމަ ސައި ބޮއި ނިމުނުތަނާ އުންޝާ ދުވަން ފެށިއެވެ. މިފަހަރު ޒިންޔާއާ އެއްކޮށް އެންމެން ދުވިއެވެ. އެހެން ސަކަރާތް ޖަހަން 11 ޖަހަންދެން އުޅުނެވެ. ކުއްލިއަކަށް އިދާން ވެއްޓުނެވެ. އެތާ ފައިގަ އަޅައިގަންނަން ގާ ކޮޅެއްހާ ހިސާބު ވެސް ނެތެވެ. އިދާން ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އެއީ ކުޑައިރު ނޫނީ ދުވަހަކު ވެސް އިދާން ވެއްޓިފައެއް ނޯންނާނެ އެވެ. ނަމަވެސް ދެންތިބީ މާ ބިރުގަންނަ ކުދިންނެވެ. އެހެން ކަމުން އިދާން ނޭނގޭ ކަމަށް ހަދައި ޓެންޓު ތެރެއަށް ވަދެ އޮށޯތެވެ. އެހެން އޮށްވާ އިދާންްއަށް ނިދުނެވެ.

އިދާންްއަށް އަށް ހޭލެވުނީ ޒާޔާމެން މެންދުރުނަމާދު ކުރަން ގޮވުމުންނެވެ. އިދާން އަވަހަށް ތެދުވެ ވުޟޫ ކޮށްގެން ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމައިގެން އިދާން ދިޔައީ މޫދު ކައިރިން ހިނގައިލާށެވެ. އިދާން އެކަނި ދިޔައީ ބޯ ހަމަޖައްސާލާށެވެ. އިދާން އެތާ ހުރި ރުކެއްގައި ލެނގިލިތަނާ ރުކުގެ ފަހަތުން މީހަކު އިދާންއަށް ގޮވާލި އަޑު އިވުނެވެ. އިދާން ފަހަތް ބަލައިލިއެވެ. ނަމަވެސް އެތާކު ހަމަ އެކަކުވެސް ނެތެވެ. އިދާން ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އިދާން އަވަހަށް އެތަނުން ހިނގައިގަތްތަނާ ހެން އަނެއްކާވެސް އިދާން އޭ ކިޔާފަ މީހަކު ގޮވާލި އެވެ. މިފަހަރު އާދަޔާޚިލާފު ބާރު ވައިރޯޅިއެއް އިދާންގެ ގަޔަށް ޖެހުނެވެ. ބަލާކަށް ނުހުރެ އިދާން ދުއްވައިގަތެވެ.

އިދާންއަށް ޓެންޓާއި ހަމައަށް ދެވުނު އިރު އެންމެން ސަކަރާތް ޖަހަނީއެވެ. އިދާން ވެސް މޫނުމަތިން ހާސްކަން ފޮރުވަމުން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ. އޭރު އިމްޝާ އެތާ ރުކެއްގައި އިނީ ކަންބޮޑުވެފައެވެ. އެތަން ފެނުމުން އިދާން ގޮސް އިމްޝާ ކައިރީގައި އިށީނެވެ. އަދި އެހިއެވެ ” އޭ އިމް.. ކިހިނެއްވީ؟ ކީއްވެ ޒާޔާ ދައްތަ މެންނާ އެއްކޮށް ކުޅެން ނުދިޔައީ؟ ”

” އިދާންްބެއަށް އިނގޭތަ އެތަނުގަ ހުރި ގަސް ކައިރީގައި ހުރި ރަތް ކުލައިގެ ހެދުމެއް ލައިގެންހުރި ދައްތައެއް ފެނުނު އިމްއަށް.. ” އިމްޝާ ބުނީ ހާސްވެ ހުރެއެވެ. އިމްޝާއަށް ވެސް އެމީހުން ނުލައި އިތުރު ބަޔަކު ރަށުގައި ނެތްކަން އިނގެއެވެ. އިދާން ކަންބޮޑުވިއެވެ. އަދި އެއީ ހީވި ގޮތެކޭ ބުނެ އިމްޝާ ހަމައަކަށް އެޅުވިއެވެ. ނަމަވެސް އިމްޝާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އޮތެވެ.

ގަޑިން ހަވީރު ވީއެވެ. އިމްޝާ އަދިވެސް އިނީ މަޑުންނެވެ. އިދާން ކަންބޮޑުވީ އިމްޝާ އެކަމާ ވިސްނާތީއެވެ. އެހެންކަމުން އިމްޝާ ގޮވައިގެން އިދާން ރަށުގެ އަނެއް ފަރާތަށް ހިނގައިލަން ދިޔައެވެ. ” އިމް ކީއްވެ މާ މަޑުން ތި ހުންނަނީ… އިދާންބެ ބުނީމެއްނު އެކަމާ ނުވިސްނާށޭ.. އެއީ ހީވި ގޮތެކޭ… ތިހާވަރަށް ވިސްނާކަށް ނުވާނެ..” އިދާން އެހެން ބުނީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ. ނަމަވެސް އިމްޝާ އަދިވެސް އެކަމާ ވިސްނާނެ ކަން އިދާންއަށް އިނގެއެވެ.

އިމްޝާމެން ޓެންޓު ކައިރިއަށް ދިޔައިރު ޒަހާމެން ހަވީރު ސައި ހަދަނީއެވެ. ޒިންޔާއާ ޒާޔާއާ ހުރީ އިމްޝާ މާ މަޑުން ހުރީމަ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެހެންވެ އިދާން އަވަސް އަވަހަށް އިމްޝާއާ ދިމާއަށް ބަލައިލައިފައި އިމްޝާ ކައިރީގައި ބުންޏެވެ. ” އިމް.. އާދެބަލަ މިތާ ދުވެލަން ޒަހާދައްތަ މެން ސައި ހަދަންދެން.. އިދާންބެ ވެސް ދުވާނަމޭ.. ”

އިމްޝާވެސް އެ ޚިޔާލުތަކާ ދުރުވާން އިދާންއާ ސަކަރާތް ޖަހަން އުޅުނެވެ. ޒާޔާ ޒިންޔާއާ ދިމާއަށް ބަލައިލާފައި ކޮނޑު އަރުވާލިއެވެ. ” ބަލައިބަ އިމް މިހާރު އުޅޭގޮތް.. ކުރީގަ އެއްތާކުވެސް މަޑުން ހުރެވޭ ކުއްޖެއް ނޫން އެއީ.. އެކަމަކު މިހާރު ކިހާ މަޑުން އެ ހުންނަނީ.. ޒާޔާ.. އަހަރެންނަށް ހީވަނީ ކޮންމެސް ނުބައެއް އުޅޭހެން.. އިދާންބެ ވެސް.. ” ޒިންޔާ ބުންޏެވެ.

” އޭއި އިމް.. ދެން އޯކޭ.. މިހާރު އިދާންބެ ވަރުބަލި ވެއްޖެ.. ދެން އިމް ވެސް މަޑުކުރަންވީނުން.. ” އިދާން އެތާ ދުވެދުވެ ވަރުބަލިވެގެން ވެލިގަނޑު މަތީގައި އިށީންނަމުން ބުންޏެވެ. އެވަގުތު ކަޅު ހިޔަންޏެއް އިދާން ކައިރިން ހުރަސް ކުރިއެވެ. އެތަން ފަހަތް ބަލައިލި އިމްޝާއަށް ވެސް ފެނުނެވެ. އިމްޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިދާންއަށް ވެސް ވީ އެވަރެވެ. ނަމަވެސް އިމްޝާ އެހެން ހުރިތަން ފެނުމުން އިދާން ބެލީ ނޭނގޭކަމަށް ހެދޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ” އިދާންބޭ… އިދާންބޭ.. ދެންމެ އެ ދިޔައީ ކޮން އެއްޗެއްތަ؟ އިމްއަށް ފެނުން އޭތި.. އިދާންްބެއަށް ވެސް ފެނުން ދޯ؟ ” އިމްޝާ ބާރަށް ދުވަމުން އައިސް ބުންޏެވެ. އިދާން ބުންޏެވެ ” ކޯޗެއް ފެނުނު ވާހަކަތަ ތި ބުނީ.. އިމްއަށް ކިހިނެއްތަ ވީ؟؟ ” އިދާން ނޭންގޭ ކަމަށާ ހެދުނެވެ.

” ނޯ.. ދެން ކީއްވެ އިދާންބެ ލޯ ބޮޑުވީ؟ ” އިމްޝާ ބުންޏެވެ. ” ކީކޭތި ކިޔަނީ އިމް؟ އިދާންބެ އަށް ލޯ ބޮޑުކޮށްލެވުނީ އިމްއަށް ވީގޮތް ފެނިފަ.. ” އިދާން މިފަހަރު ވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ ވާހަކަ ނިންމައިލިއެވެ. އިމްޝާވެސްވެއިމްޝާވެސް މިފަހަރު މާ ބޮޑު ކަމަކަށް ނެހެދީ އިދާން ގަބޫލު ނުކުރާނެތީއެވެ.

އިދާން އިނީ ރާޅު ޖަހާ ހިސާބުގައި އިށީނދެލައިގެންނެވެ. އަތުގައި އޮތް ގާކޮޅުތަކުން ފަހަރަކު ގަލެއް ނަގައި އުކަމުން ދިޔައެވެ. އިދާން އިނީ ފުން ވިސްނުމެއްގައެވެ. ޒާޔާއާ ޒަހާ ދުރުގައި އިމްޝާ ގޮވައިގެން ކުޅެން އުޅުނެވެ. ޒިންޔާ އިނީ ބިސްކޯދެއް ހިފައިގެން ކާށެވެ. ޒިންޔާ ވެސް އިނީ ހިޔާލެއްގަ އެވެ. ޒިންޔާ ވިސްނަމުން ދިޔައީ މިހާރު އިދާންއާ އިމްޝާ ކުރިން ނޫޅޭ ގޮތަށް އުޅޭތީއެވެ. އިދާން ވިސްނަނީ އެއީ މިހާރު މި ހިނގަނީ ކޮންކަންތަށް ގަނޑެއް ބާއޭއެވެ. އެމީހުން އެހެން ތިއްބައި ފޯނުތަކުން ބަންގި ގޮވާ އަޑުއިވުނެވެ. ޒިންޔާ އެތަނާ ކައިރި ވެފައި ހަޅޭއްލަވައިގަތެވެ. ޒަހާއާ ޒާޔާ ދިޔައީ ސިއްސައިގެންނެވެ. އިދާންއާއި އިމްޝާ ހާސްވިއެވެ.
ނުނިމޭ…..

56

9 Comments

  1. Ram

    July 13, 2020 at 3:53 pm

    Maasha allah vvv reethi😗😗😘

    • Hawwa jabeela

      July 13, 2020 at 5:47 pm

      Thank you ram.. 💖💖🥰🥰⁦☺️⁩

  2. Laalu

    July 13, 2020 at 11:34 pm

    Nanthah kudakokoh olhey bt still reethi stry.. bst of luk.. saty home stay safe dr kihinrhthr haalu…miss ya.. lysm😚😚😚❤❤❤😊

    • Hawwa jabeela

      July 14, 2020 at 6:58 am

      Oh.. Ey alhugandu liyumuge mistake eh.. Alhugandu ge haalu Rangalhu.. Laalu kihineh tha?? And laalu ves stay home and safe.. 💖💖🥰🥰⁦☺️⁩⁦☺️⁩

  3. Laalu

    July 14, 2020 at 8:58 am

    Alhamdhulihllah Ana bihair😉yh yh laalu ham mulhin geyga😂

    • Hawwa jabeela

      July 14, 2020 at 11:05 am

      😅💖💖🥰🥰⁦☺️⁩⁦☺️⁩

  4. Irusha

    October 9, 2020 at 4:26 pm

    V teething🙂🙂

    • Irusha

      October 9, 2020 at 4:27 pm

      V reethi🙂🙂

    • Irusha

      October 9, 2020 at 4:29 pm

      I mean V reethi🙂🙂

Comments are closed.