“އަލީޝާ ހާދަ ގޯހޭ…” ތޫބާ ކިޔައިލިިއެވެ. ހިތްކިޔާ ފިރިހެނަކު އެ ދޭތެރެއަށް ވަނުމުން، ރޯލް މޮޑެލްއަށް އަހަރުތަކެއް ވަންދެން ކުރަމުން އައި އިތުބާރު އެރީ ހަވަޔަށެވެ. “އީތަން…” މަޑުމަޑުން އެ ނަން ކިޔައިލިއިރު ތޫބާގެ ލޮލުގައިވީ ކަންބޮޑުވުމެވެ. ************************ ގާތުގައި އޮތް ފުރަތަމަ ޓާރމްގެ އެގްޒާމްއާއި، އަހަރު ނިމޭތާ އޮންނަ ވަރުގަދަ އޯލެވެލް އެގްޒާމްއަށް ނުވިސްނައި މުޅި ކުލާސްއެކީ ދަތުރުދާން އުޅޭތީ ޓީޗަރުން ކިތަންމެހާވެސް ދެކޮޅުހެދިއެވެ. ނަމަވެސް މަޖާކުރަން ނިންމައިގެން ތިބި ކުދިބައެއް ދައްކާނެ ބަހަނާތައް ހުސްވާނެހެއްޔެވެ؟ […]
ކޮންމެ އިންސާނަކަށްވެސް9 މަސް ވަންދެން މައިމީހާގެ ބަނޑު ތެރޭގައި ދުވަސްތައް ގުނަމުންގޮސް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަހަރެންނަށް މައިމީހާގެ ބަނޑުތެރޭގައި ދުވަސްތައް ގުނާލަން ލިބުނީ އެންމެ 7 މަހުގެ މުއްދަތެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަހަރެންނަށް އެހެން ކުދިންނާ ހިލާފަށް އުނި އިތުރު ވުންތަކެއް ލިބިގެންވެއެވެ. އެހެން ކުދިންނަށް ލިބިފައިވަނީ 5 އިގިއްޔެއް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހުންނަނީ އެންމެ 4 އިނގިއްޔެވެ. މިހެންގޮސް އެކި ގޮތްގޮތުން އަހަރެންގެ ސިފަތައް އުންޔޭ ބުންޏަސް ދޮގަަށް ނުވާނެއެވެ. އެހެެންނަމަވެސް އަހަރެންގެ ސަކުވާއެއް ނެތެވެ. ކުދިންނެވެ. އަޑުއަހާށެވެ. ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އޭނަގެ ސަލާމަތުން ހުންނަނީ އެންމެ ލޮލެކޭ ނޫނީ އޭނަ އަކީ މަންމަން ކުއްޖެކޭ ކިޔާފައި ބާކީނުކޮށްލާށެވެ. ކޮންމެ އިންސާނަކުވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
އައްސަލާމް އަލައިކުމް… މި ވާހަކަ އަކީ ހިމީ ދެން އެންމެ އަވަހަށް އަޕް ކުރަން ބުނެފައިވާ ވާހަކަ އަށް ވިނަމަވެސް ވާހަކަ ގެނެސް ނުދެވި ލަސްވީ ކަމަށް ޓަކާ މާފަށްއެދެމެވެ. އެހެންނަމަވެސް މި ވާހަކައިގެ ބަދަލް ގައި ހިމީ ގެމުޅިން އާ ތަފާތު ރީތި ވާހަކައެއް އިންޝާ ﷲ އަންނަ ހަފްތާއިން ފަށައިގެން ކިޔާލަން ލިބޭނެއެވެ. ވާހަކައާ ބެހޭމައުލޫމާތު ހިމީ ގެއެފްބީ ފޭޖުން ލިބިގެންދާނެއެވެ. އިންޝާ ﷲ… އެފްބީ ލިންކް ތިރީގައިވާ ކޮމެންޓް އިން އިނގިލައްވާނެއެވެ.
2 ވަނަ އެޕްސޯޑް ގެ ހުލާސާ އެއް . ގަދަ ނިދިން ރިޔާނާ އަށް ހޭލެވުނީ އޭނަގެ މަންމަ ގޮވާ އަޑަށެވެ . ނުތެދުވިއެއް ކަމަކު އޭނާ އެހެން ބުނީ އެތަނުން ޝާފިޔާ ފޮނުވާލުމުގެ ނިޔަތުގައެވެ . ހަމަ ޖެހިލާ މޯޅިއަކަށް ދެމިލާފައި ބާލީހުގައި ބައްދާާފައި އަނެއްކާވެސް އޭނާ ލޯ މަރާލިއެވެ ….. ********************************************************************** ކޮއްކޮ ( ރިޔާޝާ ): ރިޔާނާ …. ރިޔާ ….. ތެދުވޭ … ތެދުވާށޭ ….. ރިޔާނާ : ހޫމް …. ފެށީއޭ ދޯ ؟ ޕިސް ޕިސް … މަ ހުވާ ނިކުމެ ވަރުގަދަ އެތިފަހަރެއް ޖަހާނަން އިގޭ …. ކޮއްކޮ ( ރިޔާޝާ ) : ތެދުވޭ … ތެދުވޭ …. ރިޔާނާ : ދެރަ ކަމެއް ނޫން ރިޔާޝާ ދޮރު ހުޅުވާލުމާއެކު ރިޔާނާ އަށް މަރުހަބާ ކީ އުމުރުން 19 އަހަރަށް ދާ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮ .. އިސްކޮޅުން ރިޔާނާ އާއި ދާދި އެއްވަރު ރިޔާޝާ އަކީ ހަމުގެ ކުލަ ދޮން ލޫޅާފަތި ރީތި ހުސް ކުރި ޒުވާނެކެވެ . އަބަދުވެސް ރިޔާނާ އަށް އުދަގޫ ކުރުމަށް ލޯބި ކުރާ ރިޔާޝާ އަކީ ސަކަ މިޒާޖެއްގެ ކުއްޖެއް … ރިޔާނާގެ އެތިފަހަރުން ބޯ ދަމައިގަނެ ފާރާއި ކައިރިވީ އަގަމަތީ އަތް އަޅައި .. ރިޔާޝާ ގެ ހިނި ގަނޑު މައިތިރި ކުރުވީ ލޯ ރަގަޅަށް ނުހުޅުވި ރިޔާނާ ބާލީހުން ޖަހަން އުޅުމުންނެވެ . ރިޔާޝާ : އޭ ! މަނޑު ކޮބަލަ … ސޮރީ ސޮރީ .. މަންމަ ބުނެގެން ނޭ އެއީ ރިޔާނާ : މަންމަ ބުނީ ތިވަތަރަށް ގޮވަން ރިޔާޝާ : ނުޖަހައްޗޭ . ދެން މި ދަނީ އޭ ….. ހާމުޑި ކުކުޅު ރިޔާނާ : ދެން … އަތުގައި ނުޖެހެއްޗޭ ************************************ ރިޔާނާ : ރިޔާޝާ ! ސީރިޔަސް ކޮށް މިބުނީ . މިފަހަރު މަޑަކުން ނުހުންނާނަށް … ކިހާ ދެރަ ވެއްޖެ ކަމެއްތަ ؟ ކާފަ […]
“ނޫން މިޒް. އެއްވެސް މަސައްކަތެއްނުކޮށް އަހަރުމެން މީހުންނާމެދު ތިގޮތަށް ނިންމާކަށް ނުވާނެ. ﷲ އީ ކިތަންމެ ނުވާނެހެން ހީވާ ކަމެއްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރައްވާ ރަސްކަލާނގެ. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން. މިއީ ވެސް ޙައްލެއް ގެނެވިދާނެ މައްސަލައެއް އިން ޝާ ﷲ….އަހަންނަށް އެނގޭ ހަދަންވީ ގޮތް.” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތީގައި ހުރި ކުލަވަރުން އޭނަ ހުރީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ. މިރްޒާނަށް އެ މޫނަށް ބަލަހައްޓައިގެން އިނދެ ކިހިނެއްހޭ އަހާލެވުނެވެ. އެ […]
ޙިބާމެންގެ ކުޑަކުޑަ އާއިލާ ޖެޓީ ކައިރީ ތިބީ އަންނަންއުޅޭ އާއިލާ މީހުންގެ އިންތިޒާރުގައެވެ. އައިޝާ މާހިލްގެ އަތުގައި ހިފަހައްޓާލައިގެންހުރެ އިރުއިރުކޮޅާ ކާފަމެން އަދިވެސް ނާދެޔޭ ބުނެލައެވެ. ޙިބާވެސް ހުރީ ކެތްމަދުވެފައެވެ. މާގިނަ އިރެއްނުވެ ލާންޗެއް އައިސް ޖެޓީ އާއި ކައިރި ކޮށްލުމުން ތިން މައިން ހިނގައިގަތީ ޖެޓީއަށް އަރާށެވެ. ލާންޗުން ފެއިބި ނާސިރާއި ރަހްމާ ލޯބިން އައިޝާ އުރާލާ، ބައްދާލާ އެކިއެކި ވާހަކަ ދައްކަން ފެށިއެވެ. ރަހްމާ ފެނުމުން ޙިބާއަށް ހައިރާންކަން ލިބިގެންދިޔައީ ރަހްމާ ބުރުގާ އަޅާފައި […]
” އާމިރު ތިކަމާ ވިސްނާކަށް ނުޖެހޭނެ, އޭނަ އެއީ އަހަރެންގެ ދުވަސްވީ އެެކުވެރިޔާ, އާމިރު ނުބެލިޔަސް އަހަރެން ބަލާނެދޯ, އަނެއްފަހަރު އަނެކައްޗެކޭ ކިޔާފަ ފަށާ” އަރީޝާ މިހެން ބުނެ އަނެއް ފަރާތަށް އެނބުރުނެވެ. އަރީޝާގެ މި އަމަލުން އާމިރު ނިތްކުރި މަތީ އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތެވެ. ދެން ކަންތަށް ކުރަންވީ ކިހިނެއް ކަމާމެދު ވިސްނާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކައިވެނި ހުއްޓުވަން އާމިރު ބޭނުންވެއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށެެވެ. އެކައިވެނި ހުއްޓުވަން […]
“މިހާތަނަށް ކަމެއް ނުކޮށް ހުރީމަ ހީނުކުރާތި މަށަށް ނުކެރެނީއޭ. މަ ރުޅިއަރުވައިގެން ވާނެގޮތް ދައްކާލާނަން.” މިފަހަރު ބޮޑު އިންޒާރު ދިނީ އަލީޝާއެވެ. އަލީޝާ ނޫން އެހެން މީހަކުނަމަ އެފަދަ އިންޒާރަކުން އީތަންގެ ހިތަށް ކަހަރުވަކެކޭވެސް ނާރާނެއެވެ. ނަމަވެސް އޭނާއަށް އަލީޝާގެ ގޮތް އިނގޭތީ ފާޑަކަށް ޖެހިލުންވިއެވެ. އެ ޖެހިލުންވުމާއިއެކުވެސް ހިތުގެ ކަނެއްގައި ވީ އުފާވެރި ހިތްއަވަސްވުމެކެވެ. އަލީޝާ ހަދާނެ ގޮތެއް ބެލުމަށް އޭނާއަށް އިންތިޒާރުކުރެވެންފެށުނެވެ. ************************* ސަސްޕެންޝަންގެ އެންމެ ފަހު ދުވަހެވެ. ގޭގައި ދެކޮޅަށް ހިނގަހިނގައި އަލީޝާ […]
“ކޮން ހިޔާލެއްގައި؟” އީތާން އަރިޔާއިންގޮތުން ހިނިއައެވެ. “ދޭން…..” އަރިޔާ އެތަނުންދާންވެގެން ތެދުވިއެވެ. ނުބަލައި ދާންއުޅުންވަގުތު އޭނާގެ ބޯޖެހުނީ އީތާންގެ މޭމަތީގައެވެ. ޖެހުމާއެކު އަރިޔާ ވެއްޓެންދިޔައެވެ. އީތާން އަވަސްއަވަހަށް އަރިޔާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. ދެލޯމަރައިގެންހުރި އަރިޔާ ދެލޯހުޅުވާލިއެވެ. ކުރިމަތީގައި ހުރި އީތާންއާއި ހަތަރުކަލިހަމަވުމާއެކު އަރިޔާއަށްބުނެދޭން ނޭނގޭ އިހުސާސްއެއްކުރެވުނެވެ. “މިއޮތްކަމެއްދޯ؟” މަލަކުއާއި ދާއިން ބަދިގެއަށް ހިނިގަނޑު ހިފަހާއްޓާލަމުން ބަދިގެއަށް ވަދުނެވެ. އަރިޔާއަވަސްއަވަހަށް އީތާން މޭގައި އަޅާކޮށްޕާލަމުން އޭނާ އަވަހަށްއެތަނުން ދިޔައެވެ. ހުރިހާ ބަހުގެ ހަމަލާތައްރައްދުވީ އީތާންއަށެވެ. އީތާން ކެތްނުވެގެން ތުންފަތުގައި ދަތްއަޅާލިއެވެ. އަވަސް އަވަހަށް އެތަނުންދިޔައީ އިތުރުއެއްޗެއްއަޑުއަހަންބޭނުންނުވާތިއެވެ. “އަރިޔާ ޔޫ ވިލް ޕޭ ފޯ ދިސް” ފާހަނައަށް މޫނުދޮވެލުމަށްފަހު ލޯގަނޑު ބަލާލިއެވެ. “ވައި….. އެންމެންނަށް ބަސްޓް ވާއިރު އަރިޔާ ފިލަނީ… މަގޭ އެކަނި….” މޮޔައެއްހެން އީތާން ފާހަނައިގައި ތެޅެފޮޅެމުން ދިޔައެވެ.” ބަޓް ޝީ އިޒް ކިއުޓް” އޭނާއަށް ހީލެވުނީ އިޚްތިޔާރުންބޭރުގައެވެ. އަރިޔާ އަވަސްއަވަހަށް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ދޮރުގައި ލެގިލުމަށްފަހު ފުންނޭވާތަކެއްލީ މީހާ ހަމައަކަށް އެޅުވުމަށެވެ. “ވަޓް ވޯޒް ހީތިންކިން؟…އައި އޭމް ނޮޓް ހިޒް ވައިފް ޓު ޑޫ އިޓް” އަމިއްލަނަފްސާއި ވާހަކަދައްކަމުން އޭނާ ދެކޮޅަށް ހިނގާލިއެވެ.” އެކަމް ހާދަ ރީއްޗޭ އޭނަ” އަރިޔާ މޫނުމަތީގައި އަތް އަޅާލަމުން އެނދުމައްޗަށް ވެއްޓިގަތެވެ. ****އޭގެ އަނެއްދުވަސް**** އީތާންގެ ކުރިމައްޗަށް ނާރަންވެގެން އަރިޔާ އެހެންދުވަސްތަކާއި ހިލާފަށް ހޭލީ ފަތިސްގަޑީގައެވެ. ފަތިސްނަމާދުކޮށްގެން އޭނާ ހެދުނުގެ ނާސްތާކުރުމަށް ބަދިގެއަށްދިޔައިރު ބަދިގޭގައި މީހަކު އުޅޭހެން ހީވިއެވެ. ނަމަވެސް އމިހަކު ހުރީ އަރިޔާއަށް ފުރަގަސްދިގެންކަމުންއަރިޔާއަށް އެއީ ކާކުކަެއް ނޭނގުނެވެ. އެއްވެސް އަޑެއް ބަޑެއް ލެއްވުމެއްނެތި އަރިޔާގޮސް އެޟިހާގެ ކޮނޑުގައި ކޮށްޓާލިއެވެ. ކޮފީބޮމުން އެމީހާ އަރިޔާއާ ކުރިމަތިލިއެވެ. ކަންދިމާކުރިގޮތުން އަރިޔާގެ ބޮލުގައި ޖެހިފައި ކޮފީތަށިގައި ހުރި ކޮފީ ދެމީހުންގަޔަށް އެޅުނެވެ.” އީތާން…..ޔޫ” އަރިޔާ ބިރެއްފެނުނުފަދައިން އޭނާ އަވަހަށް ދުއްވާގަތުނެވެ.”އޭތް އަރިޔާ….. ދުވާނިކަމެއްނެތް” އީތާން އަރިޔާ ފަހަތުން ދުއްވާގަތުނެވެ. އަރިޔާ އަތުނުވާންވެގެން ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ތަޅުލާންވެގެން އުޅެނިކޮށް އެދެމެދަށް އީތާން ވަދުނެވެ. “ސޮރީ…ގަސްތުގައެއްނޫން” އަރިޔާ ފަހަތަށް ޖެހިލަމުން ބުނެލިއެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މައިތިރިވީ ފާރުގައި އޭނާގެ ބުރަކަށި ޖެހުމުންނެވެ. އީތާން އަރިޔާއަށް ނުދެވޭހެން ދެއަތް ފާރުގައި އަޅުވާލިއެވެ. އަރިޔާ ދެލޯ ބޮޑުކޮށްލެވުނީ ވާންއުޅޭގޮތްނޭނގިހުރެއެވެ. އޭނާ އީތާންއަށް ބަލާލިގޮތުން އީތާންގެ ހިތުގެ ވިންދު އަވަސްވިއެވެ. އީތާން ބަލަންހުރިގޮތުން އަރިޔާގެ ނޭވާ ކުރުވެ އަތްފިނިވިއެވެ. އަރިޔާ އަވަސްއަވަހަށް އީތާން މޭގައި އަޅާކޮށްޕާލިވަގުތު އީތާން ހިފީ އަރިޔާގެ އަތުގައެވެ. އީތާންއާއެކު ވެއްޓެންދިޔަ ަރިޔާއަށް ދެލޯ މަރާ ބާރުކޮށްލިއެވެ. “ނުތެދުވަންނަންތަ ތިހުރީ؟” އީތާންގެ އަޑަށް އަރިޔާ އިސްއުފުލާލިއެވެ. އޭނާއަށް އޮވެވުނީ އީތާންގެ މޭމަތީގައި ކަން އެނގުމާއެކު އަރިޔާ އަވަހަށް ތެދުވިއެވެ. އޭނާ ބަލާކަށްނުހުރެ އަވަހަށް ކޮޓަރިން ނުކުތިއެވެ. އީތާން ހިނިތުންވެލަމުން އެކޮޓަރިން ނުކުމެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އީތާން ނުކުމެގެން ދިޔަތަން ބަލަންހުރި އަރިޔާ ބަދިގެއިން ނުކުތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާގެ ކޮޓަރިއަށް ވަދުނެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ. އަރިޔާ އެނދުގައި އިށީނދެލަމުން މޫނުގައި ދެއަތް އަޅާލިއެވެ. “އަޅޭ….އަޅޭޭ” އަރިޔާ އެނދުމައްޗަށް ވެއްތިގަތެވެ.” ކީއްވެ އަހަރެން؟” އަރިޔާ ފުރޮޅެމުން ހިތާހިތުން ބުނެލިއެވެ.” ޑަޒް ހި ހޭވް ފިލިންގްސް ފޯ މީ” އަރިޔާ ހިތަށް އެހެން އެރުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ.” އެހެންނެއްނުވާނެ” އަރިޔާ އަތްފޮޅާލިއެވެ.”އެކަމު… އޭނާ އުޅޭގޮތުން…..އާހް ވަޓް އެވާ”