Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހަދިޔާ (ފަނަރަވަަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 18, 2018 16 Mins Read
24 Comments

“ނޫން މިޒް. އެއްވެސް މަސައްކަތެއްނުކޮށް އަހަރުމެން މީހުންނާމެދު ތިގޮތަށް ނިންމާކަށް ނުވާނެ. ﷲ އީ ކިތަންމެ ނުވާނެހެން ހީވާ ކަމެއްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރައްވާ ރަސްކަލާނގެ. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން. މިއީ ވެސް ޙައްލެއް ގެނެވިދާނެ މައްސަލައެއް އިން ޝާ ﷲ….އަހަންނަށް އެނގޭ ހަދަންވީ ގޮތް.” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތީގައި ހުރި ކުލަވަރުން އޭނަ ހުރީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ. މިރްޒާނަށް އެ މޫނަށް ބަލަހައްޓައިގެން އިނދެ ކިހިނެއްހޭ އަހާލެވުނެވެ. އެ ހިނދު އަމްނާ އޭނަ ރާވާފައި ހުރި ގޮތް ކިޔައިދިނެވެ. އެ ކަންތައް ކިޔައިދޭން ފެށިއިރު އަމްނާ ކިޔައިދޭނީ ވަކި މި މައްސަލައަށް މާ ބޮޑު ޙައްލެއް ގެނެވޭނެ ފަދަ ވާހަކައެއްނޫނޭ ހިތަށްއެރިއެވެ. އެހެނަސް އެ ވާހަކަ ނިމުނުއިރު ނޭނގޭ ސަބަބަކާހުރެ އެކަން ކާމިޔާބުވުމުގެ ފުރުޞަތު އެބައޮތްހެން މިރްޒާނަށް ހީވިއެވެ. އަމްނާ ހުރިހާ ވާހަކައެއް ކިޔައިދީފައި އޭނަ މިކަމަށްޓަކައި މިރްޒާންގެ އެހީވެސް ބޭނުންވާ ވާހަކަ ބުނެލިއެވެ. މިރްޒާން ވަގުތުން އޭނަގެ އަތް އަމްނާގެ އަތާއި ގުޅުވާލަމުން އޭނައަށް ވެވުނުހާ އެހީއެއްވާން ވަޢުދުވިއެވެ. އެ ހިނދު އެ ކަންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ދެހިތްވެސް ކެތްމަދުވެފައިވިއެވެ.

 

އަމްނާ ކިޔައިދިން ރޭވުމާއި އެއްގޮތަށް ފުރަތަމަ ކަމަކަށް އޭގެ އަނެއްދުވަހު ހެނދުނު މިރްޒާނާއި އަމްނާ އެމީހުންގެ ބޮޑުދައިތަމެންގެ ގެތަކަށް ޒިޔާރަތް ކުރިއެވެ. ދެމަފިރިން އޭގެއިން ކޮންމެ ގެއަކަށް ވެސް ވަނީ ސަލާމް ގޮވާފައި އުޖާލާވި ހިނިތުންވުންތަކާ އެކީގައި އެމީހުން އޭގެ ކުރީ ރޭގައި ތައްޔާރުކުރި ކުދިކުދި ހަދިޔާ ފޮށިތައް ހިފައިގެންނެވެ. އެންމެ ފުރަތަމަ ދެމީހުންނަށް ވަދެވުނީ ދެމީހުން ވެސް ‘ލޭބަލް’ އެޅުވިފައިވި ޕާޓީތަކުގެ ތެރެއިން ޕާޓީއަކަށް ނިސްބަތްނުވާ ބޮޑުދައިތައެއްގެ ގެއަކަށް ކަމަށްވުމުން އެއޮތް ހެނދުނު ގަޑީގައިވެސް އެގޭގައި އަޑުގަދަވިއެވެ.

 

“ކީކޭ ހިތަށްއަރައިގެންތަ މިގެއަށް ވަދެގެން ތިއަންނަނީ؟” ސަޢީދައްތަ އެހެން އަހާލީ ކުނިކަހަން ހުރި އިލޮށިފައްޗާއެކީ ތަންކޮޅެއް ކުރިއަށް ޖެހިފައިހުރި މިރްޒާނާއި ދިމާލަށް އަންނަމުންނެވެ. މިރްޒާން ޅަ ކުއްޖެއްހެން ބޮލުގައި ދެއަތް އަޅައި ހަޅޭކަކާއެކު ފުންމައިގެން ގޮސް ދުއްވައިގަތް ގޮތުން ނުހޭން ހުރި ސަޢީދައްތައަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ހެވެމުން ދިޔަ އަމްނާ އެ މަންޒަރު ފެނިފައި އޭނަ މިރްޒާން ގާތު ދެން ހެވޭ ބުނެލިއެވެ. އެއާއެކު މިރްޒާން އަނެއްކާވެސް ސަޢީދައްތައާ ދިމާލަށް އެނބުރިލަމުން ވާހަކަ ދައްކަން އުޅުނެވެ. ހަމަ އެވަގުތު އެގޭގައި އުޅޭ މިރްޒާނާއި ދެބެއިންގެ ދެދަރި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ފެންޑާއަށް ނިކުމެގެން އައުމުން މުޅި މާޙައުލު ބަދަލުވެގެން ދިޔައެވެ. ފުރާވަރުގެ އެ ދެކުދިންވެސް އެތައް ދުވަހެއްފަހުން މިއްޒޭބޭބެ ފެނިފައި އުފާ ފާޅުކުރަން ފެށުމުންނެވެ. ސަޢީދާ އެމީހުންނަށް ބަލަހައްޓައިގެން ހުރީ ނުރުހުންވެފައި އެއްޗެކޭ ބުނަން ބޭނުންވެފައެވެ. އެހެނަސް އެތާ ބަނޑުބޮޑުކޮށް ހުރި ބީރައްޓެހި އަންހެން ކުއްޖާ ހިތްހެޔޮ ހިނިތުންވުމަކާއެކީ އައިސް ދައްތަ ތިއީ މިރްޒާންގެ ބޮޑުދައިތަތޯ ކިޔައި ވާހަކަ ދައްކަން ފެށުމުން ސަޢީދާއަށް އެއްޗެހި ގޮވައިގަންނަން ނޭނގިފައިހުރެ ބޯޖަހާލެވުނެވެ. އަމްނާ އިތުރު ވާހަކަތަކެއް ވެސް ދައްކައި ސުވާލުތައް ކުރަން ފެށުމުން ސަޢީދާއަށް ޖަވާބުދިނުން ނޫންކަމެއް ނުކުރެވުނެވެ. އެހެންކަމުން އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް ބަހުގެ ޙަމަލާތަކެއް ބަދަލުނުވެ މިރްޒާނަށް މިރްޒާންގެ ބޮޑުދައިތައެއްގެ ގެއަކަށް ޒިޔާރާތް ކުރެވުނެވެ. އެ ޒިޔާރަތް ނިމިގެން ދިޔައީ މިރްޒާން ގެނައި ބޭރުނުފެންނަ ކަޅުކުލައިގެ ކޮތަޅުން ނެގި ހަދިޔާއެއް އޭނަގެ ދެބެއިންގެ ދެދަރި ކޮއްކޮމެންނާއި ޙަވާލުކުރުމަށްފަހުގައެވެ. ފުރަތަމަ ގެއިން އެ ލިބުނު ‘ކާމިޔާބީ’ގެ ސަބަބުން މިރްޒާނާއި އަމްނާ ދެން ތިބި ގެތަކަށް ދާންފެށީ ހަމަޖެހިފައިވި ހިތްތަކާއެކީގައެވެ. ދެން ދިޔަ ގެ ވެގެން ދިޔައީ އަމްނާގެ ބޮޑުބޭބެގެ ޕާޓީއަށް ތާޢީދުކުރާ ބޮޑުދައިތައެއްގެ ގެއަކަށެވެ. މިރްޒާންމެން އެގެއަށް ވަދެގެން ދިޔައިރު މައިމޫނައްތަ ހުރީ ގަސްތަކަށް ފެން ދޭށެވެ. މިރްޒާން ގޮސް ސަލާމް ގޮވާލުމުން މިރްޒާނަށް ބަލާލެވުމާއެކު އެ ދައްތަގެ މޫނުމައްޗަށް ވެސް ވެރިވީ ސަޢީދައްތަގެ މޫނުމައްޗަށް ވެރިވީ ފަދަ ކުލަވަރެކެވެ. އެހެނަސް ސަޢީދާއާއި ޚިލާފަށް މައިމޫނާ ޚިޔާރުކުރީ ހިމޭންކަމާއެކީ ދުރު ބެލުމެވެ. މިރްޒާނާއި އަމްނާ ދައްތާއޭ ކިޔައި ޙާލުއަޙުވާލު ބެލުމުން ވެސް އަޅައެއްނުލިއެވެ. މިރްޒާން އަމްނާއަކީ އޭނަގެ އަންހެނުންކަމަށް ބުނެ ތަޢާރަފުކުރުމުން ވެސް ކުޑަކޮށް ބަލާލުން ނޫންކަމެއް ނުކުރިއެވެ. އެހެންކަމުން މިރްޒާނާއި އަމްނާ އެކަކު އަނެކަކަށް ބަލާލީ ޚިޔާލެއް ހޯދަން އުޅޭ ފަދައަކުންނެވެ. އެ ހިނދު އަމްނާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން އަނގައިގެ ޙަރަކާތުން ބޮޑުބޭބެއޭ ކިޔާލިއެވެ. އެއާއެކު މިރްޒާން ވާހަކަ ދެއްކިއެވެ.

 

“މައިމޫނައްތައަށް އެނގޭތަ މިއީ މައިމޫނައްތަމެން ޕާޓީގެ ކުއްޖެކޭ!” މިރްޒާން ހެވިފައިހުރެ އެފަދަ ޢިބާރާތަކުން އެވާހަކަ ބުނެލީ އަމްނާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. އަމްނާ ދެލޯ ހަނިކޮށްފައި އޭނައަށް ބަލާލި ވަގުތު މައިމޫނާވެސް ކުއްލިއަކަށް އިސްއުފުލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަމްނާއަށް ނަޒަރު ހުއްޓާލަމުން ހިނިތުންވެލިއެވެ.

 

“ތެދެއްތަ؟ މިރްޒާން ވެސް މިހާރު މި ޕާޓީއަށް ސޮއި ކުރީތަ؟! ޤަބޫލުކުރަން ވެސް ދަތި އެބަވޭ!” މައިމޫނާ ފެންދޭ ކުރަ ބިންމަތީގައި ބަހައްޓާފައި މިރްޒާންމެން ކައިރިއަށް އައީ ފުރިހަމަ ހިނިތުންވުމަކާއެކީގައެވެ.

 

“ނޫނޭ ދައްތާ އަހަރެން…..އަދިވެސް ހުރީ ހުރި ތާނގަ.” މިރްޒާން ނޫންކަމަށް ހަދާފައި ބުނެލިއެވެ.

 

“އަދިވެސް؟! އަޅެ ދަރިފުޅު މިރްޒާނަށް ވިސްނަދީބަލަ. އެހާ ފަސާދަ އުފައްދާ، ދޮގު ހަދާ މީހުންގެ ކޮޅުގަ ތިބޭކަށް ވެސް ނުވާނެ! އެމީހުންނަށް ނަޞްރު ދޭކަށް ހެވެއްވެސް ނުވާނެ. އަޅެ ދަރިފުޅު ނިކަން މިރްޒާނާއި މިރްޒާންގެ ޢާއިލާ މީހުންނަށް ބުނެލަދީބަލަ.” މައިމޫނާ އާދޭހުގެ ރާގަކަށް ތަކުރާރުކޮށް އަމްނާ ގާތު އެދުނެވެ. އަމްނާ އެ ދައްތައަށް ބަލަން ހުރެފައި ލުއި ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.

 

“އަހަރުމެންގެ ޕާޓީއިން ފަސާދަ އުފައްދައި އެއްވެސް ދޮގެއް ނަހަދަނީތަ ދައްތާ؟ ދައްތައަށް އެ ސުވާލުގެ ޖަވާބު ޔަޤީންކަމާއެކީ ދެވޭނެތަ؟ އެމީހުންގެ ތެރެއިން ހުރިހާ އެންމެންނަކީ ފައިސާގެ އެއްވެސް ދަހިވެތިކަމެއްނެތި ހަމަ ރައްޔިތުންނަށްޓަކައި…..އަހަރުމެންނަށްޓަކައި ޚިދުމަތް ކުރުމުގެ އެދުމުގަ ތިބި ބައެއްހެން ދައްތައަށް ހީވޭތަ؟” އަމްނާ ސީރިއަސްކަމާއެކީ ސުވާލުތަކެއް ކޮށްލީ އެ ދައްތައަށް ވިސްނޭނެ ފަދައަކުންނެވެ. އަމްނާގެ އެ ސުވާލުތަކަށް މައިމޫނާ ވަގުތުން ޖަވާބުދޭން އުޅުނެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނީ، އޭނަގެ ޕާޓީއާއިމެދު އެފަދަ ސުވާލުތައް އޭނައާއި ކުރިމަތި މި ކުރުވަނީ ހަމަ އެ ޕާޓީއަށް ނިސްބަތްވާ މީހެއްގެ ފަރާތުންކަން އެނގުންވުމުންނެވެ. މިއީ މައިމޫނާއަށް މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރަށްވުމުން އޭނައަށް އެއްޗެކޭ ބުނަން ނޭނގިފައި ހުރެވުނެވެ. މައިމޫނާއަށް ވީގޮތް ބަލަން ހުރެފައި އަމްނާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މިރްޒާން ތާޢީދުކުރާ ޕާޓީއަށް ވިޔަސް އަދި ދައްތަ ތާޢީދުކުރާ ޕާޓީއަށް ވިޔަސް ގޯސްކޮށް ފިޔަވަޅުތައް އެޅިފަ ހުންނާނެ. އެއީ ޙަޤީޤަތަކީ. އެކަމަކު ހިތާމައަކީ ކޮންމެ ފަރާތަކުން ވެސް އަމިއްލަ އަޑު އުފުލައި ދޮގުތަކެއްގެ ހިޔަލުގައި ތިބެގެން ވެސް އަމިއްލަ ކޮޅު ދިފާޢުކުރަން މަސައްކަތް ކުރާކަން. އަދި ޢަދުލުވެރިކަން އިސްކުރުމުގެ ބަދަލުގަ އަބަދުވެސް އިދިކޮޅު ފަރާތުގެ ނުބައިކަން މީހުންނަށް ދައްކަން މަސައްކަތް ކުރާކަން. އެއީ ފަސާދައަކީ ދައްތާ. އޭގެއިން އެއްވެސް ބަޔަކީ ފަސާދަ އުފައްދާ ބަޔަކަށް ނުވިނަމަ މިހުރިހާ އަހަރު ދައްތައާ މިރްޒާނާއި ދެމެދު އެހާ ބޮޑު ފާރެއް ލެވިފައި ނުވީސް.” އަމްނާ އެ ފަހު ޖުމްލަ އިއްވާލީ އޭނަ ދެއްކި ހުރިހާ ވާހަކައެއްގެ ހެއްކެއްގެ ގޮތުގައި ފަދައެވެ. އެ ޖުމްލައާއެކީ މައިމޫނާއަށް ވެސް ކުއްލިއަކަށް އަމްނާއަށް ބަލާލެވުނީ އޭނަގެ ވިސްނުމަށް ލޮޅުމެއް އައިއްސިހެން ހީވާ ފަދައަކުންނެވެ. އެއަށްފަހު ވޭތުވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިމޫނައްތަ ދެން އިތުރު އެއްޗެކޭ ނުބުނާނެހެން ހީވުމުން މިރްޒާން ވާހަކަ ދެއްކިއެވެ.

 

“ދައްތާ ކޮބައިތަ މިގޭ ކުދިން؟ ކުދިންނަށް ދޭން ހަދިޔާ ހިފައިގެން އަހަރުމެން މިއައީ. އެތެރެއަށް ދިޔަޔަސް މައްސަލައެއްނެތްތަ؟” މިރްޒާން އަދަބުވެރިކަމާއެކީ އަހާލިއެވެ. މައިމޫނާ ދެންވެސް މިރްޒާނަށް ބަލާލީ އެ ހުރިގޮތަށް ހުރެއެވެ. އެއަށްފަހު އިރުކޮޅަކު ހުރެފައި މަޑުމަޑުން ބޯޖަހާލީ އިޒުނަ ދިނުމުގެ ގޮތުންނެވެ. މިރްޒާނާއި އަމްނާ ވެސް މައިމޫނާއާއި ފަހު ފަހަރަށް ހިނިތުންވެލާފައި އެގޭގެ ތެރެއަށް ވަދެގެން ދިޔައީ ވެސް ސަލާމް ގޮވަމުންނެވެ.

 

ރޭވި ރޭވުމުގެ ފުރަތަމަ މަރުޙަލާގެ ނަތީޖާ މިރްޒާނާއި އަމްނާ ހީކުރި ވަރަށްވުރެ ރަނގަޅުވުމުން ހުއްޓުމެއްނެތި ކުރިއަށް ދިޔުމަށް އެމީހުންނަށް އިތުރު ހިތްވަރެއް ލިބުނެވެ. ސަޢީދައްތައާއި މައިމޫނައްތަގެ ގެއަށްފަހު އެމީހުން އިތުރު 3 ބޮޑުދައިތައެއްގެ ގެތަކަށް ޒިޔާރަތް ކުރިއެވެ. އޭގެ ތެރެއިން ދެ ބޮޑުދައިތައެއްވީ ވަރަށް ޙާލުގައެވެ. ފަހީމާދައްތަ އުޅުނީ މޭމައްޗަށް ތަދުވެގެން އުޅޭތާ ދުވަސްކޮޅެއްވެގެންނެވެ. މިރްޒާންމެން ދިޔައިރު ވެސް އެ ދައްތަ އޮތީ އޮށޯވެފައެވެ. މިރްޒާން ފެނިފައި އެ ދައްތަ ނުރުހުންވިއެއްކަމަކު އަޑު އުފުލާނެ ހިތްވަރެއް އެ ދައްތަގެ ކިބައިގައި ނެތެވެ. ދައްތަ އެމީހުންނަށް ބަލަބަލާ އޮތްވާ މިރްޒާނާއި އަމްނާ ގޮސް ދައްތަގެ ދެ ފަރާތުގައި އިށީނެވެ. އަދި ދައްތަ ކިހިނެއްތޯ އަހައި ހިތްހަމަޖައްސާލެވޭތޯ އުޅުނެވެ. އެގޭ ކުއްޖަކު އެ ދައްތަ ހުންވެސް އައިސްގެން އުޅޭ ވާހަކަ ބުނުމުން މިރްޒާން ދައްތަގެ ބޮލުގައި ފެންފޮތި އެޅުމަށް އެހީވެދިނެވެ. މިރްޒާންގެ އެ ޢަމަލުން އެގޭގެ ކުދިންނާއި އެހެނިހެން މީހުންނަށް ވެސް ތިބެވުނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ. ފަހީމާދައްތަގެ ގެއަށްފަހު ދެން އެމީހުން ދިޔައީ މަދީހާދައްތަގެ ގެއަށެވެ. މަދީހާދައްތަގެ ގެއަށް ނުވެސް ވަދެވެނީސް އިވެންފެށީ އެގޭ އެންމެ ދޮށީ ފިރިހެން ކުއްޖާއާއި މަދީހާ ދައްތަ ޒުވާބުކުރާ އަޑެވެ. ޒުވާބުކުރަން ޖެހުނު ސަބަބު މިރްޒާނާއި އަމްނާއަށް އެނގުނީ އެޒުވާނާ ގެއިން ނިކުމެގެން އައުމުންނެވެ. ފުސްވެފައިވާ ދިގު އިސްތަށިގަނޑަކާއި ކަރުގައި އެޅުވެފައިވި ޗޭނުތަކާއެކީ އެ ޒުވާނާ ހިނގާފައި އައިގޮތުން އޭނަވީ މަސްތުގެ ޙާލަތުގައިކަން މިރްޒާންމެނަށް ޔަޤީންކުރެވުނެވެ. އެ ޒުވާނާ ލޯމައްޗަށް ގެއްލުނު ވަގުތު ގޭގެ ތެރެއިން މަދީހާދައްތަ ރޯންފެށި އަޑު އިވުނެވެ. އެއާއެކު މިރްޒާނާއި އަމްނާ ވަގުތުން ސަލާމް ގޮވަމުން އެގެއަށްވަނެވެ. އަދި އެގޭގަ ދެން ތިބި 2 ފިރިހެން ކުދިންނާއެކީ މަދީހާ ދައްތަ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. އެ ދެ ކުދިންގެ ތެރެއިން 20 އަހަރުގެ ފިރިހެން ކުއްޖާ އެއްދުވަހު އޭނަ ފުލުހުންނާ ޙަވާލުކުރާނީއޭ ރުޅިވެރިކަމާއެކީ ކިޔަމުން ދިޔައިރު އެހެން ނެހެދުމަށް މަދީހާދައްތަ އާދޭސްކުރިއެވެ. ގޭގެ ތެރެއިން އެހެން ހަދައިފިކަން އޭނައަށް އެނގިއްޖެނަމަ އެއީ ކާކުކަން ހޯދައި އެމީހަކު މަރާވެސްލާނެ ކަމަށް ބުނަމުންނެވެ. އަމްނާއާއި މިރްޒާން މަދީހާދައްތަ ހަމައަކަށް އެޅެންދެން އެގޭގައި މަދީހާދައްތަގެ ޝަކުވާތައް އަޑުއަހަން ތިއްބެވެ. ހިތާމައިގެ އެ ވަގުތުގައި ސިޔާސީ ކަންތައްތަކާ ބެހޭގޮތުން އެ ދައްތަ ހަނދާނެއްވެސް ނެތްފަދައެވެ. އެންމެ ފަހުން މަދީހާދައްތަ ރަނގަޅުވެލަމުން މޫނު ދޮވެލުމަށްޓަކައި ތިމަންނަ ދަނީއޭ ބުނެ ދިޔައީއެވެ. ދިޔުމުން މިރްޒާނާއި އަމްނާ އެގެއިންވެސް ނިކުތީ އެގޭގައި ތިބި ކުދިންނަށް ހަދިޔާ ދީފައެވެ. އެންމެ ފަހު ގެއަކަށް މިރްޒާންމެން ދިޔައީ ފުދޭވަރަކަށް ތަނަވަސް ގެއަކަށެވެ. އެގޭގައި އުޅޭ ވާފިރާދައްތަ ގޭގެ ދެފަރާތަށް ހުޅުވޭ ދޮރު ހުޅުވާލުމާއެކު މިރްޒާން ފެނިފައި ހުރިހާ ދަތްތައް ދައްކާލި ގޮތުން މިރްޒާން ޙައިރާންވިވަރުން ހުއްޓުން އެރިއެވެ. އެހެނީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު މަންމަމެން ޚިޔާރު ކުރި ޕާޓީއާއި އެންމެ ބޮޑަށް ދެކޮޅު ހަދައި އުޅުނު ދައްތައަކީ އެ ދައްތަ ކަމަށްވާތީވެއެވެ. ވާފިރާދައްތައަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވީ ސަބަބު މިރްޒާންމެނަށް އެނގުނީ އެގޭގެ ބޮޑު ސިޓިންގް ރޫމުގެ މަޑު ސޯފާގައި އިށީނދެ ވާހަކަ ދެކެވެން ފެށުމުންނެވެ.

 

“ހާފިޒާއާ މިރްޒާންމެނާ ބައްދަލުކުރަން އަންނަންވެގެންނޭ ދައްތަ މިހުންނަނީވެސް. އެކަމަކު އަދިވެސް ގެ ހަދަމުންދާތީ ވަގުތެއްނުވެގެން މިއުޅެނީ. ދައްތައާ ދައްތަގެ ފިރިމީހާވެސް މިހާރު ތާޢީދުކުރަނީ މިރްޒާންމެން ތާޢީދުކުރާ ޕާޓީއަށް. އަސްލު ވީ ގޮތަކީ ނާއްކޮގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންވެގެން އަހަރުމެން ފައިސާ ނުލިބިގެން މީގެ މަސްތަކެއް ކުރިން އުޅުނީ. ދެން ދައްތަގެ ފިރިމީހާގެ އޮފީހުގަ އުޅޭ ތި ޕާޓީގެ އެކްޓިވިސްޓަކު ބުނީ ތި ޕާޓީއަށް ބަދަލުވާ މަތިން ފައިސާ ދޭނަމޭ. ދެން އަހަރުމެން ހަމަ ބަދަލުވީ. އެއަށްފަހު ދައްތަގެ ފިރިމީހާވެސް ތި ޕާޓީއަށްޓަކައި ކެމްޕޭން ކުރަން ފެށުމުން އިތުރު ފައިސާވެސް ލިބެން ފެށި. ހާދަ ރަނގަޅޭ ދޯ އެމީހުން؟ އަދި ކިރިޔާ ރަނގަޅު ބަޔަކީ ކޮބައިކަން މި އެނގުނީ.” ވާފިރާދައްތަ ހިނިތުންވުމަކާއެކީ އެހެން ބުނެލުމުން އަމްނާއާއި މިރްޒާނަށް ދެބުމަ ކައިރިކޮށްގެން އެ ދައްތައަށް ބަލަހައްޓައިގެން ތިބެވުނެވެ.

 

**

 

“ސުބްޙާނަ ﷲ! އަހަރެން މިހިރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ.” ވާފިރާދައްތަގެ ގެއިން ނިކުމެ ފައިމަގުގައި ގެއާއި ދިމާލަށް މިޞްރާބު ޖަހަމުން އަމްނާ ވާހަކަ ދެއްކިއެވެ.

 

“އައި ނޯ ރައިޓް! ވާފިރާދައްތައަށް ވިސްނައިދިނުމަކީ ފަސޭހަކަމަކަށް ނުވާނެ. އެނީވޭސް…..އައްނު ވަރަށް ބޮޑަށް ބަލިވެއްޖެދޯ؟ ހިނގާދޯ އެހެރަ ޕާކްގަ ހުރި ބެންޗުގަ އިށީނދެލަން ކުޑަކޮށް؟” މިރްޒާން އޭނަގެ އަތުގައި އޮތް ހުސް ކޮތަޅު ފަށްޖަހަމުން ބުނެލިއެވެ. އަމްނާ ބޯޖަހާލުމުން ދެމީހުން އެކީގައި މިޞްރާބުޖެހީ ޕާކާއި ދިމާލަށެވެ.

 

“އަސްލު ކިހިނެއްވީތަ ވާފިރާދައްތަގެ ދަރިފުޅަށް؟” އަމްނާ މިރްޒާނާއެކީ ޕާކްގެ ތެރެއަށް ވަންނަމުން އަހާލިއެވެ.

 

“އެއީ ނާއިލް އުފެދުމުގައި ވެސް ހުރި އުނިކަމެއްގެ ސަބަބުން ނާއިލަކަށް ނުހިނގޭ. ދޭތެރެދޭތެރެއިން އެކި ބަލިތައް ވެސް ޖެހޭ ވާހަކަ މަންމަ ބުނި އަޑު އަހަރެން އެހިން. ދެން އެހެންވާތީ އަސްލު ވާފިރާދައްތަ ނާއިލް ގެންގުޅެނީ ވެސް އެހާ ރަނގަޅަކަށްނޫން. އަބަދު ގޭގެ ތެރޭގަ ބަހައްޓައިގެން ގެންގުޅޭނީ. އަބަދު އެކުއްޖާގެ ދައްތައާއެކު ވީޑިޔޯ ގޭމް ކުޅުމުގަ އޭނަ ވަގުތު ހޭދަކުރާނީ. މިހާރު 9 އަހަރުވާނެ ގާތްގަނޑަކަށް. އެކަމަކު އެކުއްޖާ އެ ޢުމުރުގެ އެހެންކުދިންނާއެކި ކުޅެ ހަދާނެ ފުރުޞަތެއް ނުލިބި އެ ބޮޑުވަނީ. އަސްލު އެހެން ފުރޮޅުލީ ގޮނޑިއެއްގަ ހުރީމަ އެކީގަ ކުޅޭނެ ކުއްޖަކު ނުވެސްވާނެ ކަންނޭނގެދޯ؟” މިރްޒާން ގޮސް އަމްނާއާއެކީ ބެންޗުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. މިރްޒާންގެ އެ ވާހަކައާމެދު ވިސްނާލެވުމުން އަމްނާގެ މޫނުމަތި އުޖާލާވެގެން ދިޔައީ ކުއްލިއަކަށެވެ.

 

“ފަހީމާދައްތަގެ ވެސް އެހާވަރު ކުދިން އުޅެއެއްނު؟!” އަމްނާ ފުރިހަމަ ހިނިތުންވުމަކާއެކީ އެހެން ބުނެލި ގޮތުން މިރްޒާން ޙައިރާންވިއެވެ.

 

“އާނ ފަހީންތަގެ ކުދިން އެގޮތަށް ފުދޭވަރަކަށް ރަނގަޅުވެސް ވާނެ. ކުއްޖެއް ވަކި ގޮތަކަށް ހުރިއޭ ކިޔާފަ ދުރެއްނުކުރާނެ…އެކަމަކު ފަހީންތަ ނުއެއް ފޮނުވާނެއެއްނު އެގޭ އެކުދިންނެއް. ދެމީހުން މުޅިން ދެ ޕާޓީވިއްޔާ.” މިރްޒާން އެހެން ބުނުމުން އަމްނާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އެއީއޭ މިބުނާ އެއްޗަކީ! ދެޕާޓީގެ ދެމީހުން ވެސް އެކަކު އަނެކަކަށް ބޭނުން އެބަޖެހެއޭ!! ސުބްޙާނަ ﷲ އަހަންނަށް މިހާރު ކެތެއްވެސް ނުކުރެވޭ ޙަލަޤާތްތައް ފަށަން!” އަމްނާ ވިދަމުން ދިޔަ ދެލޮލާއެކީ އެހެން ބުނެލުމުން މިރްޒާނަށް ވެސް ހިނިތުންވެލެވުނެވެ. އެމީހުން މިއަދު ކޮންމެ ގެއަކަށް ގޮސް ދިން ހަދިޔާތަކުގެ ތެރޭގައި އެކުދިންނަށް ކަމުދާނެ އެއްޗަކާއެކީ ދަޢުވަތެއްވެސް ވިއެވެ. އެއީ މިރެއިން ގެ ކައިރީގައި ހުންނަ މިސްކިތެއްގައި އަންހެން ކުދިންނަށްޓަކައި އަމްނާ ފަށަން އުޅޭ ޙަލަޤާތްތަކަށް ދެވުނު ދަޢުވަތެކެވެ. ފިރިހެން ކުދިންނަށް ދަޢުވަތު އެރުވުނީ މިރްޒާނާއެކީ ކޮންމެވެސް ކެފޭއަކަށް އައުމަށެވެ. ދެމީހުންގެ ވެސް މަޤްޞަދަކަށްވެފައިވީ އެކުދިންގެ މަންމަމެންނަށް ވިސްނައިނުދެވުނު އެއްޗެއް އެކުދިންގެ ޒުވާން ހިތްތަކަށް ވިސްނައިދީގެން އެ ނަޞޭޙަތްތައް އެ މަންމަމެންނަށް ފޯރުކޮށްދިނުމެވެ. އަމްނާއަށް ބަލަހައްޓައިގެން އިން މިރްޒާނަށް ދެންވެސް ވާހަކަ ދެކެވުނީ ހަމަ އެފަދައިން އޭނަގެ އެހެނިހެން ބޮޑުދައިތައިން ވެސް އެކަކު އަނެކަކަށް ބޭނުންވާ މިންވަރު ހަނދާނަށް އައުމުންނެވެ.

 

“އަދި އެނގޭތަ އައްނުއަށް؟ މީގެ އަހަރުތަކެއް ކުރިން ފަހީންތަގެ އެންމެ ބޮޑު އަންހެން ކުއްޖާއާއި ބެހޭގޮތުން ރަށުތެރޭގަ ވަރަށް ހުތުރު ވާހަކައެއް ފެތުރިފަ އޮތީ. އެއީ ދޮގު ވާހަކައެކޭ އެކުއްޖާވެސް ނުބުނޭ. އެކަމާހެދި އެދުވަސްވަރު ވެސް ފަހީންތަ މޭމައްޗަށް ތަދުވެގެން އުޅުނު ހަނދާނެއްވޭ. އެކަމަކު އެދުވަސްތައް ފާއިތުވިފަހުން އެއީ ވަރަށް ޞާލިޙް އަންހެން ކުއްޖެއް. މިއަދު ފެނުނެއްނު ދޯ އެގޭގަ ދިގު ހެދުން ލައިގެން ހުރި ކުއްޖެއް؟ އެ ކުއްޖާ! މިހާރު އެކުއްޖާވެސް އެހެރީ ކައިވެނީގެ ޢުމުރަށް ގޮއްސަ. އެކަމަކު އަވަށު އެއްވެސް ޢާއިލާއެއް ބޭނުމެއްނުވޭ އެކުއްޖާ އެ ޢާއިލާއަށް ވައްދަން. އެންމެ ކުއްޖެއް ފިޔަވާ. އެއީ މަދީހައްތަގެ ރަނގަޅަށްހުރި ބޮޑު ފިރިހެން ދަރިފުޅު. އެއީ އަބަދުވެސް އަހަންނާ ވަރަށް ކްލޯޒްކޮށް އުޅުނު ކަޒިންއަކަށްވީތީ އަހަންނަށް އެނގެނީ. އެކަމަކު އެދެމީހުން ވެސް ބޮޑަށް ނުގުޅިގެން މިއުޅެނީ ޕާޓީ ޕާޓީ މައްސަލައާހެދި.” މިރްޒާން ކިޔައިދިނެވެ.

 

“އަސްލުވެސްތަ؟! އެހެންވިއްޔާ ތި ދެކުދިންގެ ފަރާތުންވެސް ވަރަށް އަވަހަށް ސައެއް ލިބެން މިއުޅެނީ އިން ޝާ ﷲ!” އަމްނާ ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު މިރްޒާން ވެސް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ އިން ޝާ ﷲ އޭ ކިޔާލިއެވެ.

 

އުއްމީދީ ހުވަފެންތައް ދެކެމުން ދިޔަ މިރްޒާނާއި އަމްނާއަށް ނޭނގުނުކަމަކީ އަދިވެސް އެމީހުން ބައްދަލުކުރުން އެންމެ މުހިއްމު ޝަޚްޞިއްޔަތާއި އެމީހުންނަށް ބައްދަލު ނުކުރެވޭކަމެވެ. އެކަން އިޙްސާސް ކުރެވިގެން ދިޔައީ އެމީހުން ގެއަށް ދިޔައިރު އޭނަގެ ސިޔާސީ ޗެނަލް އަޑުހަރުކޮށް ޖައްސައިގެން ޓީވީ ބަލަން އިން މަންމަ ފެނުމުންނެވެ. މިރްޒާނާއި އަމްނާ ގެއަށް ވަދެގެން އަންނަތަން ފެނުމާއެކު ހާފިޒާގެ ސުވާލުތައް އެމީހުންނާއި ކުރިމަތިވިއެވެ.

 

“ކޮންތަނަކަށް މާ ހެނދުނު ހެނދުނާ އެކަކަށްވެސް ނާންގާ ގޮއްސަ ތިއައީ؟” ހާފިޒާ ޓީވީއަށް ބަލަން އިނދެ ފަހު ބަސް ބުނި ވަގުތު މިރްޒާނަށް ބަލާލަމުން އެހިއެވެ.

 

“ހް….ހެހެ….އެހެން ކުޑަކޮށް ހިނގާލަންވެސް ދާންވާނެއެއްނުދޯ މަންމާ؟ އައްނު މިތާ އިށީންނަންވީއެއްނު މަންމައާއެކީ. އަހަރެން އަންނާނަން އައްނުއަށް ދޭން ފެން ތަށްޓެއް ހިފައިގެން.” މިރްޒާން އަމްނާއަށް ބަލާލަމުން އެހެން ބުނެލީ މިއީ ރަނގަޅު ފުރުޞަތެކޭ އަމްނާގާތު ބުނަން އުޅޭ ފަދައަކުންނެވެ. އަމްނާ ވަގުތުން އެ ޢިޝާރާތް ނަގައިގަނެގެން ވާހަކަ ދެއްކިއެވެ.

 

“އާނ މިޒް. އެހެންނޫނަސް އަހަރެން ޓީވީ ނުބަލާތާ ހާދަ ޒަމާނެއްވެއްޖެޔޭ. ބަލާލަންވީ މަންމައާއެކީ ކުޑަކޮށް.” އަމްނާ ހިނިތުންވުމަކާއެކީ އެހެން ބުނެލަމުން ސޯފާތަކުގެ ކައިރިއަށް ދިޔައެވެ. މަންމަ ރޭ އޭނައާއިމެދު ކަންތައްކުރި ގޮތުގެ ސަބަބުން އަމްނާއަށް ވަގުތުން ޚިޔާރުކުރެވެން އުޅުނީ މަންމަ އިން ދިގު ސޯފާއާއި ވަކިން ހުރި ސޯފާއެވެ. އެހެނަސް ބައިބައިވާން އުޅޭ ބަޔަކާއި ގުޅުން ބަދަހި ކުރެވޭނީ ގުޅުން ބަދަހިކުރަން އެދޭ މީހަކު ފިޔަވަޅެއް އަޅައިގެންކަން އެނގުންވުމުން އަމްނާ ހިތާއި ދެކޮޅަށް ގޮސް މަންމަގެ ކައިރީގައި އިށީނެވެ. ހާފިޒާ ޙައިރާންވެފައި އަމްނާއަށް ބަލާލުމުން އަމްނާ އޭނައަށް ހިނިތުންވުމެއް ދައްކާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހާފިޒާ އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ފޫދުއްވާލީ ޚުދު ހާފިޒާއެވެ.

 

“މިއީ އެކޮއި ބަލަން ހިތްވާނެ ކަހަލަ އެއްޗެއްނޫން. އެކޮއިގެ ޕާޓީއާ މުޅިން އިދިކޮޅު ވާހަކަތަކެއް މިދެކެވެނީ.” ހާފިޒާ ފުރަތަމަ ފަހަރަށް އަމްނާއާއި މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކުމުން އަމްނާއަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އެ ހިނިތުންވުން ފުންވީ ‘ކަލޭ’ގެ ބަދަލުގައި ދަރިފުޅަކަށް ލޯބިން ބޭނުންކުރާނެ ބަހަކުން މަންމަ އެންމެ ފަހުން އޭނައާއި މުޚާތަބުކޮށްފިކަން އެނގުންވުމުންނެވެ. އޭނަ އެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފިއެވެ.

 

“އާނދޯ މަންމާ؟ އެކަމަކު ނުބައި ކަމެއް ކުރިއްޔާ އެ ވާހަކަ ދައްކަން ވެސް ޖެހޭނެތާ. ރިޝްވަތު ދިނުމަކީ ހާދަ ވިޔާނުދާ ކަމެކޭ އަސްލުވެސް!” އަމްނާ ޓީވީއަށް ބަލަންހުރެ އެހެން ބުނެލި ތަނާހެން ހާފިޒާ އިހުނަށްވުރެ ބޮޑަށް ޙައިރާންވެ އިނދެ އަމްނާއަށް ބަލާލިއެވެ. ފެން ތަށްޓަކާއެކީ މިރްޒާން އެތަނަށް އައީ އެވަގުތެވެ. މިރްޒާން އެއްޗެކޭ ބުނަން އުޅުނު ވަގުތު ހާފިޒާ ވާހަކަ ދެއްކިއެވެ.

 

“އެކަމަކު އެކޮއިގެ ބޮޑުބޭބެއަކީ އެ ޕާޓީގެ މީހެއް.” ހާފިޒާ އަމްނާގާތު އެހެން ބުނެލީ ކަމެއް ބަލަން އުޅޭ ފަދައަކުންނެވެ. އެމޫނުމަތިން އެވަގުތު ފެންނަމުން ދިޔައީ އެފަދަ ކުލަވަރެކެވެ.

 

“ބޮޑުބޭބެކުރިޔަސް، ބައްޕަ ކުރިޔަސް އަދި އަހަރެން ކުރިޔަސް ނުބައެއްވާނީ ހަމަ ނުބައަކަށްނޫންތަ މަންމާ؟ كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ….ޢަދުލު އިންސާފު ޤާއިމްކުރުމުގަ އާއި ﷲ އަށްޓަކައި ހެކިބަސް ދިނުމުގައި އަހަރުމެން ދެމިތިބެންޖެހޭ. އެއީ އަހަރުމެންގެ އަމިއްލަ ނަފްސުތަކާ ދެކޮޅަށް ވިޔަސް ނޫނީ މައިންބަފައިންނާ ދެކޮޅަށްވިޔަސް ނޫނީ ގާތްތިމާގެ މީހުންނާ ދެކޮޅަށް ވިޔަސް. އެއީއެއްނޫންތަ އެންމެ ރަނގަޅު ގޮތަކީ މަންމާ؟ އެއީއެއްނޫންތަ އެންމެ މޮޅު ގޮތަކީ؟” އަމްނާ އެވާހަކަތައް ދައްކައި ފަހު ސުވާލުތައް ކޮށްލީ އަޑަށް ޖޯޝެއް ގެންނަމުންނެވެ. އެއިން ހާފިޒާއަށް އަސަރެއް ކުރިކަން އެމޫނުމަތިން އަމްނާއަށާއި މިރްޒާނަށް ވެސް ނަގައިގަނެވުނެވެ. އެހެންކަމުން ހަމަ އެވަގުތު މިރްޒާން ވެސް ވާހަކަ ދެއްކިއެވެ.

 

“މި މީހުން އެ ޕާޓީއާ ބެހޭގޮތުން ކިޔައިދޭ ގޮތަށް އަހަރުމެން ޕާޓީއިން ވެސް ހަދައެއްނޫންތަ މަންމާ؟ މައިސޫން އިއްޔެގަ ބުނި އޭނަގެ އެކައުންޓަށް އެމީހުން ފައިސާ ޖަމާކުރި ވާހަކަ. އެއީ މައިސޫން އެމީހުންގެ ޕާޓީ ކުރިއަރުވާތީ.” މިރްޒާން ވާހަކަ ދައްކަމުން ގޮސް އޭނަ ގެނައި ފެންތަށި އަމްނާގެ އަތަށްދިނެވެ. މިރްޒާންގެ ވާހަކަ ނިމުނުތަނާހެން ހާފިޒާ ކުރުވެގެން ދިޔަ ނޭވައަކާއެކީ ވާހަކަ ފެށިއެވެ.

 

“އެއީ އެހެން…..” ހާފިޒާ އޭނަގެ ކޮޅު ދިފާޢުކުރަން އުޅެފައިވެސް ހުއްޓާލީ އަމްނާއަށް ނަޒަރު ހުއްޓާލެވުމުންނެވެ. އަމްނާ އޭނައާއި އިދިކޮޅު މީހެއްގެ ގޮތުގައި ހުރެފައި ހަމައެކަނި އިންސާފުގައި ހިފެހެއްޓުމަށްޓަކައި އެހާ ހާމަކަން ބޮޑުކޮށް އަމިއްލަ ޕާޓީއާއި ދެކޮޅަށް ވާހަކަ ދެއްކި ގޮތް އޭނަގެ ހަނދާނަށް އައި ފަދައެވެ. އެ ޕާޓީގެ މީހުންނަކީ އެހާ ފުރިހަމަ ތެދުވެރިކަމެއް ގެންގުޅޭ ބަޔަކަށްވާނަމަ އޭނަގެ ޕާޓީވެސް ވާންވާނީ އެކަހަލަ ބަޔަކަށްނޫންތޯ ހާފިޒާގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު ބޮލަށްވީ އުދަގުލާއެކީ އޭނަ އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. އެ މަންޒަރު ފެނިފައި އަމްނާއާއި މިރްޒާނާއި ދެމެދު ހިނިތުންވުންތައް ބަދަލުވިއެވެ.

 

ހަމަ އެދުވަހުގެ ރޭ އަމްނާގެ ޙަލަޤާތްތަކާއި މިރްޒާން އޭނަގެ ދެބެއިންގެ ދެދަރި ކޮއްކޮމެންނާއި ކުރާ ބައްދަލުވުންތައް ފެށިގެން ދިޔައެވެ. އެމީހުން ހީކޮށްގެން ތިބި ގޮތާއި ޚިލާފަށް ދަޢުވަތު ދެވުނު ހުރިހާ ކުދިން ވެސް އެ ބައްދަލުވުންތަކަށް ހާޒިރުވިއެވެ. އަމްނާއާއި މިރްޒާން ދެބައެއްގެ ގާތަށް ދެތަނަކަށް ދިޔައެއްކަމަކު ދެމީހުން އެ ދެތަނަށް ދިޔައީ އެއްނަޞޭޙަތްތަކެއް ފޯރުކޮށްދޭން ރާވައިގެންނެވެ. ބައިބައިވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ މީހަކު ތާޢީދުކުރާ ޕާޓީއަކާއި ދެކޮޅަށް ވާހަކަ ނުދައްކަން ފައިވިއްދައިގެން ތިބޭ މިންވަރުންކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނީތީ ދެމީހުން ވެސް ޙިއްސާ ކުރަމުން ދިޔައީ އިންސާފުވެރިވުމުގެ މާތްކަމާއި ބެހޭ ނަޞޭޙަތަކެވެ.

 

“….إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ. ﷲ ލޯބިވެވޮޑިގެންވަނީ ޢަދުލުވެރިވެ އިންސާފުވެރިވާ މީހުންދެކެ. އެހެންވީމަ އަހަރުމެން އެއްގޮތަކަށްވެސް މުސްލިމުންގެ ގޮތުގައި ތިބެ ވެވޭ ބޭއިންސާފަކަށް ދެލޯ މަރައިގެން ތިބެގެން ނުވާނެ. އެއްބަޔަކު ނުބައި ކަމެއްކުރީމަ އަޑުއުފުލާފަ އަނެއްބަޔަކު ނުބައިކަމެއް ކުރީމަ އެކަން ފޮރުވަން މަސައްކަތް ކޮށްގެންނުވާނެ. އަހަރުމެންގެ ޢާއިލާ މީހުން ވެސް ރަނގަޅު ސަބަބެއްނެތި ހުރިހާ ނުބައި ސަބަބުތަކާއެކީވެސް މީހަކު ދިފާޢުކުރާނަމަ އަހަރުމެން ހަނުތިބެގެން ނުވާނެ. އެހެން ހަދައިފިނަމަ ޚުދު އެހެން ހަދާ ބަޔަކަށް އަދި އެ ގޯހެއް ހަދާ މީހަކަށްވެސް އެދެވެނީ އަނިޔާއެއް. މުސްލިމުންގެ ގޮތުގައި އަހަރުމެން ޖެހޭނީ އެކަކު ނުބައި ކަމެއް ކުރާނަމަ އެއީ ނުބައިކަމެއްކަން އެމީހުންނަށް އަންގައިދޭ ބަޔަކަށްވެ އެފާފައިން އެމީހަކު ސަލާމަތްކުރާ ބަޔަކަށްވާން. މި އާޔަތުން ކޮންމެ ފަދަ ޙާލަތެއްގައި ވެސް ޢަދުލުވެރިވުމަށް އަހަރުމެންނަށް އިތުރު ހިތްވަރެއް ލިބިގެންދޭ. އެފަދަ ބަހެއް ބުނުމުން އަހަރުމެންނަށް އެހެން މީހުންގެ ނަފްރަތު އަމާޒުވިޔަސް އެއިން އަހަރުމެންނަށް ﷲ ގެ ލޯބިފުޅު ލިބޭނެކަން ޔަޤީންވާތީ.” އަމްނާ އެއްރެއެއްގައި އޭނަގެ ކުރިމަތީގައި ތިބި ފުރާވަރުގެ އަންހެން ކުދިންނަށް ކިޔައިދިނެވެ.

 

“عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ….ފަހަރެއްގަ އެމީހުންނަކީ އަހަރުމެންނަށްވުރެ ރަނގަޅު ބަޔަކަށްވުން އެކަށީގެންވޭ. ތަފާތު ސިޔާސީ ކުލައެއްގެ މީހަކަށް ވިޔަސް އަހަރުމެން މަލާމާތް ކުރަން ނުޖެހެނީ މި ސަބަބާހެދި. އަހަރުމެންނަށް ބައެއްފަހަރު ހީވާ ކަހަލަ އެ ތާޢީދުކުރާ ސިޔާސީ މީހެއްގެ ކިބައިގަ ހުންނަ ގޯސް ސިފަތަކޭ އެމީހެއްގެ ހުރިހާ ސަޕޯޓަރުންގެ ކިބައިގަ ވެސް ހުންނާނީ. އެކަމަކު އެއީ ޙަޤީޤަތެއްނޫން. ކޮންމެ މީހަކީ ވެސް އެމީހެއްގެ އަމިއްލަ ޝަޚްޞިއްޔަތެއްގެ ވެރިއެއް. އަދި އަހަރުމެންގެ ތެރެއިން އެންމެ މާތް މީހުންނަކީ އަހަރުމެންގެ ތެރެއިން އެންމެ ތަޤްވާވެރި މީހުން. ވަކި ކުލައަކަށް ނިސްބަތްވާ މީހުންނެއްނޫން. ކޮންމެ ކުލައަކަށް ނިސްބަތްވިޔަސް އެންމެ ވަރުގަދަ ޝަޚުޞިއްޔަތުތަކުގެ ވެރިންނަކީ ތެދުބަސް ބުނަން ޖެހިލުންނުވާ މީހުން. އެއީ އެމީހުންގެ ޕާޓީއާ ދެކޮޅަށް ވިޔަސް.” މިރްޒާން ދެވަނަ ދުވަހުގެ ރޭ އޭނަގެ 3 ކޮއްކޮމެންނަށް ކެފޭއެއްގެ މޭޒުދޮށުގައި އިނދެ ކިޔައިދިނެވެ.

 

“كَأَنَّهُم بُنْيَانٌ مَّرْصُوصٌ…..މުސްލިމް މުޖުތަމަޢެއްގެ ގޮތުގައި އަހަރުމެން ވާންޖެހޭނީ ވަރުގަދައަށް ގުޅިފައިވާ ހަރުދަނާ ބިނާއެއް ފަދައިން. ބިނާއެއްވިއްޔާ އެ ބިނާއެއް ހެދިފައި ހުންނަ ކޮންމެ ގަލަކީ ވެސް މުހިއްމު ބައެއް. އެންމެ ގަލެއްވެސް ހުރިތަނުން މަދުވެއްޖެނަމަ މުޅި އެ ބިނާ ބަލިކަށިވެގެންދޭ. ހަމަ އެފަދައިން އަހަރުމެން މުޖުތަމަޢުގައި އުޅޭއިރު އެކަކު އަނެކަކަށް ބޭނުންވޭ. އެ ނޫންގޮތަކަށް އުޅެން މަސައްކަތް ކުރީމަ އަމިއްލަ ދިރިއުޅުމާއި ތިމާގެ އަޚާގެ ދިރިއުޅުން ވެސް ދަތިވެގެން ދިޔުން ނޫންކަމެއް ނުވާނެ.” ކޮންމެވެސް އެހެން ރެއެއްގައި އަމްނާ އޭނައަށް ދަރިވަރުވަމުން ދިޔަ ކުދިންނަށް ކިޔައިދިނެވެ.

 

“އެހެންވީމަ އަހަރުމެން ވާންޖެހޭނީ ގުޅުންތައް ކަނޑާލުމުގެ ބަދަލުގަ ގުޅުންތައް ބަދަހި ކުރާ ބަޔަކަށް. ދޮގު ބަސް ބުނުމުގެ ބަދަލުގަ ސީދާ ބަސް ބުނާ ބަޔަކަށް. ތިމަންނަ ސީދާ ބަސް ބުންޏަސް އެއްވެސް ބަދަލެއް ނާންނާނެއޭ ހިތަށް ނާރުވައި އުއްމީދުގައި ހިފަހައްޓާ ބަޔަކަށް. އޭރުން އަހަރުމެން ކުރިމަތިލާން ޖެހިފައިމިއޮތް ބައިބައިވުމަށް ނިމުމެއް އަންނާނީ އިން ޝާ ﷲ.” ތިންވަނައަށްވީ ދުވަހުގެ ރޭ މިރްޒާން އޭނަގެ ކޮއްކޮމެންނަށް ނަޞޭޙަތްތެރިވިއެވެ.

 

މިރްޒާނާއި އަމްނާ ދެމުން ދިޔަ ނަޞޭޙަތްތަކުގެ ސަބަބުން އެ ނަޞޭޙަތްތައް އަޑުއަހަމުން ދިޔަ ކުދިންނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަމުން ދިޔަކަން ދެމީހުންނަށް ވެސް ފާހަގަކުރެވުނެވެ. އެކަން އެނގުންވީ އެންމެ ފުރަތަމަ ރޭވެސް ދެމީހުންގެ ކައިރީގައި ތިބި ކުދިންގެ ތެރެއިން ދޮށީ ކުދިން އެމީހުން ދެއްކި ވާހަކަތަކަކީ ތެދެއް ކަމަށް ބުނުމުންނެވެ. އަދި އެ ވާހަކަތައް މަންމަމެންނަށް ކިޔައިދޭނެ ކަމަށް ބައެއްކުދިން ވަޢުދުވީ ގޮތުންވެސްމެއެވެ. ދެންވެސް މާ ބޮޑު ބަދަލެއް އައިސްދާނެ ކަމުގެ އުއްމީދެއްނެތި ތިއްބާ ކަންވެގެން ދިޔައީ އަމްނާއާއި މިރްޒާން ހީވެސް ނުކުރާ ފަދައަކުންނެވެ.

 

ތިންވަނައަށްވީ ރޭ އަމްނާ ޙަލަޤާތް ނިންމި ތަނާހެން އޭނަގެ ދަރިވަރުންގެ ތެރެއިން އެންމެ ދޮށީ އަންހެން ކުއްޖާ އޭނަ ކައިރިއަށްއައެވެ. ފަހީމާ ދައްތަގެ އެ ދޮށީ އަންހެން ދަރިފުޅު އެރޭ އައިއްސުރެ ހުރީ ހިތާމަވެރި މޫނަކާއެކީގައި ކަން އަމްނާއަށް ފާހަގަވިއެވެ. އެ ކުއްޖާ އަމްނާގެ ކައިރިއަށް ގޮސް ވާހަކަ ދެއްކިއެވެ.

 

“އައްނު ދައްތި ތި ނަގައިދޭ ފިލާވަޅުތައް ލިޔެފަ ޕްރިންޓްކޮށްފަ ދެވިދާނެތަ؟ ވަރަށް ބޭނުން ފަހުން ވެސް ކިޔާލަން.” އެ ކުއްޖާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. އެކަން ފާހަގަވުމުން އަމްނާ އެކުއްޖާގެ ގާތަށް ޖެހިލިއެވެ.

 

“އާނ އެންމެ ރަނގަޅު އިން ޝާ ﷲ! މިރޭ ހާދަ ދެރަވެފަހެން އެބަހީވެއޭ. ކިހިނެއްތަވީ؟ މަންމަ މާ ބޮޑަށް ބަލީތަ؟” އަމްނާ ނުހަނު އަޅާލާ ފަދައަކުން ސުވާލުކުރިއެވެ. އޭނަގެ ފަހު ސުވާލާއެކީ އެކުއްޖާއަށް ރޮވެން ފެށިއެވެ. އެ ރުއިމުގެ ތެރެއިން އަމްނާ ކިހިނެއްވީތޯ ދެންވެސް އެހުމުން އެކުއްޖާ ޖަވާބުދިނެވެ.

 

“ޑޮކްޓަރުން ބުނީ މަންމަ ހުރީ ހިތުގެ މައްސަލައެކޯ. އޮޕަރޭޝަނެއް ކުރަން އިންޑިޔާއަށޯ ދާންޖެހެނީ. އެކަމަށްޓަކައި ވަރަށް ލާރި ބޭނުންވޭ. ލާރި ހޯދަން ބައްޕަ އަހަރުމެން ތާޢީދުކުރާ ޕާޓީގެ މީހެއްގެ ކައިރިން އެދުނީމަވެސް އެމީހުން ބައްޕައަށް މަލާމާތްކޮށްފަ ބައްޕަގެ އެދުމުގެ ކޮޅުފައިން ޖެހީ. ދެން އެއްގޮތަކަށް ވެސް ނޭނގެ ހަދަންވީ ގޮތެއް…” އެކުއްޖާ ގިސްލަގިސްލާފައި ކިޔައިދިން ވާހަކަ އިވިފައި އަމްނާގެ ހިތްވެސް ދެރަވިއެވެ. ހަމަ އެއާއެކު އޭނަ ކަމަކާމެދު ވިސްނާލަމުން އަމިއްލަ އަތް ދަބަސް ނަގައި އެ ދަބަސް ތެރެއިން ޗެކް ފޮތަކާއި ގަލަމެއް ނެގިއެވެ. އަދި ވަގުތުން އެފަދަ ކަމަކަށް ޚަރަދުވާނެހެން ހީވާ ވަރަށް ލާރި ލިޔެފައި ޗެކެއް ހެދިއެވެ. އެއީ އޭނަގެ ފޮތް ވިކިގެން ލިބުނު ލާރީގެ ބޮޑުބައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް އޭނަ އެ ޗެކް ދިއްކޮށްލީ އެއްވެސް ޖެހިލުމެއްނެތިއެވެ. ޗެކްގައިވި ޢަދަދު ފެނިފައި ޗެކް ލިބުނު ކުއްޖާވެސް ވަގުތުން އޭތި އަނބުރާ ދޭން އުޅުނެވެ. އެހެނަސް އަމްނާ އިންކާރު ކުރިއެވެ.

 

“ކޮއްކޮ މީތި ހިފައިގެންދޭ. ހިފައިގެން ގޮސް މަންމައަށް ފަރުވާ ހޯދަދީ. މަންމަ ސުވާލުކުރި ދުވަހަކުން ބުނާތި ހާފިޒާމެން ގޭ ކުއްޖަކު ދިން އެއްޗެކޭ.” އަމްނާ ސީރިއަސްކަމާއެކީ އެ ފަހު ޖުމްލަ ބުނެލީ ރޭވުންތެރިކަމާއި އެކީގައެވެ. އެ ޖުމްލައިގެ ފަހަތުގައިވި ސަބަބު އެނގުނު އެހީ ލިބުނު ކުއްޖާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

 

އޭގެ އަނެއްދުވަހުގެ ރޭ މިރްޒާން ގެއަށް ދިޔަ މަގުމަތީގައި މަދީހާދައްތަގެ ގެއާއި ދިމާލުން މާ އަޑުހަރުވެގެން އުޅޭ އަޑު އިވުނެވެ. ރަނގަޅަށް ބަލާލިއިރު އެގޭގެ އެންމެ ދޮށީ ފިރިހެން ކުއްޖާ ގޭގެ ފެންޑާގެ ތެރޭގައި ހުރެވެސް އޭނަގެ މަންމަގެ އިސްތަށިގަނޑުގައި ހިފައި މަންމައާއި ދިމާލަށް ހަޅޭއްލަވަނީއެވެ. އެ ހިނދު އެތަނަށް އެތަންގަނޑުގެ އެހެން މީހުން ވެސް ޖަމާވެފައި ތިއްބެވެ. މިރްޒާން މަދީހާދައްތައަށް އެހީވުމަށް ދާން އުޅެފައިވެސް އެންމެ ފުރަތަމަ ޕޮލިހަށް ގުޅާލިއެވެ. އެއަށްފަހު ވަގުތުން ދުވެފައި ގޮސް އެގެއަށް ވަދެ މަދީހާދައްތަ އެ ދަރިފުޅާއި ދުރުކުރުވިއެވެ. އެއަށްފަހު އޭރުވެސް މަސްތުގައިވި އެ ޒުވާނާ ބަހުގެ ޙަމަލާތައްދީ އަތް އިސްކުރަން ފެށީ މިރްޒާނަށެވެ. މަދީހާ އެމަންޒަރު ބަލަން ހުރީ ކަރުނުން ފުރިގެންވި ދެލޮލުން ކަމަށްވިޔަސް އެ މޫނުމަތިން ޙައިރަންކަމެއް ފާޅުވަމުން ދިޔައެވެ. ޕޮލިހުން އެގެއަށް އައިސް އޭނަގެ ދަރިފުޅު ގޮވައިގެން ދިޔައީވެސް މަދީހާ ބަލަހައްޓައިގެން ހުއްޓައެވެ. މަދީހާ އެހުރިގޮތަށް ހުއްޓާ މިރްޒާން ގޮސް ވާހަކަ ދެއްކިއެވެ.

 

“ދެން ހުރިހާ ކަމެއް ރަނގަޅުވާނެ ދައްތާ. އަހަރެން ޔަޤީން ކުރެވޭތޯ ބަލާނަން ދެން އޭނަ ނިކުންނަނީ ރަނގަޅުވެގެންކަމަށް.” މިރްޒާން ޙަޤީޤަތުގައި ވެސް އޭނަ ހަދަން ނިންމައިގެން ހުރިގޮތް ކިޔައިދިނެވެ. އެވަގުތު މަދީހާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެއްކަމަކު އަޖާއިބުވެފައި ހުރިވަރުން އޭނައަށް ނުރޮވެއެވެ. މިރްޒާން ދިޔައީވެސް މަދީހާގެ އެ ނަޒަރު އޭނައަށް އަމާޒުވެފައި ވަނިކޮށެވެ.

 

މިރްޒާން މަދީހާއަށް އެހީވި ވާހަކައާއި ހާފިޒާގެ އެހެން ކުއްޖަކު ފަހީމާގެ ފަރުވާއަށް އެހީވެދިން ވާހަކަ ތަޢުރީފުތަކެއްގެ ގޮތުގައި އަވަށަށް ފެތުރިގެންދާން ނެގީ މަދު ވަގުތުކޮޅެކެވެ. އޭގެ އަނެއްދުވަހު އެކި މީހުން ހާފިޒާގެ ކައިރިއަށް އައިސް އެ ވާހަކަ ދައްކަން ފެށުމުން ހާފިޒާ ހުރީ ފޮނިވެފައެވެ. އެދުވަސްކޮޅު ނުގުޅޭ އެއްޗެއް ކެވުމުގެ ސަބަބުން ހޮޑުލަވައިގެން އުޅޭތީ އޭނައަށް ތެދުވެވޭ ވަރެއްވެސް ވަނީއެއްނޫނެވެ. އެހެނަސް އޭނަ ސިޓިންގް ރޫމަށް ނިކުމެފައި އިނީ އޭނަގެ ދަރިންނަށް ތަޢުރީފުކުރާ އަޑު ނުހަނު އަވަހަށް އޭނައަށް އިވޭނެ ފަދައަކުންނެވެ. ކޮޓަރިއަށްދާން އޭނަ ޚިޔާލުކުރީވެސް އެތާނގައި ހުރި ލަތީފް އެހެން ބުނެލުމުންނެވެ. އެހެނަސް އޭނައަށް ސޯފާއިން ތެދުވެ ނުލެވެނީސް އެތައް އަހަރެއް ވަންދެން އޭނައަށް ނުއިވޭ މީހެއްގެ ސަލާމް ގޮވާލި އަޑު އިވިގެން ދިޔައެވެ. ހުޅުވާފައި ހުރި ދޮރާއި ދިމާލަށް ބަލާލިއިރު އެއީ އޭނައާއި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މައިމޫނާ ނޫން އެހެން މީހެއްނޫނެވެ. މައިމޫނާ ހާފިޒާއާއި ހިނިތުންވެގެން ހުއްޓާ ސަޢީދާ ވެސް މައިމޫނާގެ ކައިރިއަށް އައިސް ހުއްޓިލީ މަންޒަރު ފެނުނެވެ. ދެމީހުން އެކީގައި އެގެއަށް ވަދެގެން އަންނަން ފެށިތާ މާ ގިނައިރެއްނުވެ މަދީހާވެސް އަންނަތަން ފެނުނެވެ.

 

“މިއަދު އިރުއެރީ ކޮން ކޮޅަކުންތަ އަނެއްކާ؟ ހާދަ ނުފެންނަ ބައެކޭ މިފެންނަން ފެށީ!” ލަތީފް އެހެން ބުނެލީ އެތަނުގެ ތިބި ޚުދު އޭނަގެ ދެކޮއްކޮއިންނަށް ވެސް ޢިޝާރާތް ކުރަމުންނެވެ. އެއާއެކު އަންހެންވެރިން ހެމުން އައިސް ސޯފާތަކުގައި އިށީނެވެ.

 

“ނުފެނި ވާކަށް ނެތެއްނު؟ އަހަރުމެންގެ ފިޒާ އުޅެނީ ބަލިވެވިއްޔާ. މިހާރު ކިހިނެއްތަ؟” މައިމޫނާ ހިނިތުންވުމަކާއެކީ ހާފިޒާގެ ޙާލު އަހާލީ އެތައް އަހަރެއް ފަހުންނެވެ. އެކަމާމެދު އަންތަރީސްވީ ވަރުން ހާފިޒާއަށް އަނގަ ހުޅުވައިގެން އިނދެވުނެވެ.

 

“ތި އަނގަ ހުޅުވައިގެން އިންދާ އަނގަޔަށް މެއްސެއް ވަދެދާނެ. ހަނދާނެއްނެތީތަ މަށަށް އެ ލަނޑު ލިބުނު ދުވަސް؟” ސަޢީދާ އެހެން ބުނެލިތާ މާ ގިނައިރެއް ނުވެ އެތާތިބި އެންމެންނަށް ހެވުނެވެ. އެ ހުނުން މަޑުވި ވަގުތު ދެން ސީރިއަސްކަމާއެކީ ވާހަކަ ދެއްކީ މަދީހާއެވެ.

 

“މިއީ ޙައިރާންވާންވީ ވަގުތެއްނޫން ހާފިޒާ. މިއީ އުފާކުރަންވީ ވަގުތު. އަހަރުމެންނަށް މިހުރިހާ އަހަރު ވަންދެން ނުވިސްނުނު ކަމެއް މިއަދު އަހަރުމެންގެ ދަރިން ވިސްނައިދީފި. މިރްޒާންމެން އެ ދެއްކީ ހާދަ ރީތި މިސާލެކޭ. އަދި އެދެމަފިރިން މިވޭތުވެދިޔަ ރޭތަކުގަ އެކުރީ ހާދަ ބުރަ މަސައްކަތޭ. ހާދަ އަގުހުރި ނަޞޭޙަތްތަކޭ އެކުދިން އަހަރުމެންގެ ކުދިންނަށް ފޯރުކޮށްދިނީ!” މަދީހާ ވިދިވިދިގެން މިރްޒާނަށާއި އަމްނާއަށް ވެސް ތަޢުރީފުކުރި ގޮތުން ހާފިޒާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަމްނާއާއި މިރްޒާން މި ވޭތުވެ ދިޔަ ރޭތަކުގައ ދިޔައީ ކީއްކުރަންކަން އޭނައަށް ވެސް ވަނީ އަންގާފައެވެ. އަމްނާ އޭނަ ގާތުވެސް އެ ނަޞޭޙަތްތައް އަޑުއަހާލަން އައިސްދިނުމަށް އެދުނެވެ. އެހެނަސް އޭނަ ހަރުކަށިކަމާއެކީ އިންކާރުކުރީއެވެ.

 

“ހަމަ އަސްލުވެސް. އަހަރުމެންގެ މާނީވެސް އެ ދަރުސްތަކުން ގެއަށް އައިސް އިތުރު އެއްވެސް ވާހަކައެއް ނުދައްކާނެ. ހަމަ އެރެއަކު ޙިއްސާ ކުރެވުނު އާޔަތްތައް ގޭގަ ތިބި ކުދިންނަށް ކިޔައިދޭނީ. ސުބްޙާނަ ﷲ! އެ އާޔަތްތައް ކިޔައިދޭއިރު ހަމަ އަހަންނަށް ވެސް އަޑުއަހައިގެން ހުރުން ނޫންކަމެއް ނުކުރެވޭނެ. އަސްލުވެސް އަހަރުމެން ހާދަ އަނދިރިވީމައޭ މި ސިޔާސީ ކަންތައްތަކުގެ ސަބަބުން ޤަޞްދުގައި ޙަޤީޤަތް ނުބަލައި ސަބަބަކާނުލާ އަހަރުމެންގެ މެދުގަހުރި ގުޅުންތައް ކަނޑާލާނީ.” މައިމޫނާ ވެނިމިދިޔަ ކަންތަކަށްޓަކައި ހިތާމަކުރާ ފަދައަކުން ބުނެލިއެވެ.

 

“ސަބަބަކާ ނުލައެއްނޫނޭ މައިމޫނާ. އެއީ ހަމަ އަހަރުމެންގެ ކިބުރުވެރިކަމުގެ ސަބަބުން އަހަރުމެން ގުޅުންތައް ކަނޑާލީ. ރަނގަޅީ ހަމަ އަހަރުމެން ތާޢީދުކުރަން ޚިޔާރުކުރި ފަރާތްކަން އަންގަން ބޭނުންވާ ވަރުން އެގޮތަށް ކަންވެގެން ދިޔައީ. އެކަމަކު އަހަރެން ދެން އެއްގޮތަކަށް ވެސް ނެތިން އަހަރުމެންނާ މެދު ވަކި މާ ބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންގެ ނަމުގަ އަހަރުމެންގެ ގާތް ގުޅުންތައް ކަނޑާލާކަށް.” ސަޢީދާ އޭނަ އެހި ހުރިހާ ނަޞޭޙަތްތަކާއި ފެނިފައި ހުރި ލާމަސީލު މިސާލުތަކަށްފަހު އޭނަ ނިންމި ގޮތް ކިޔައިދިނެވެ. އޭނަގެ ފަހަތުން މަދީހާއާއި މައިމޫނާ އަހަރެންވެސް އޭ ކިޔާލިއެވެ. ހަމަ އެވަގުތު އެގޭގެ ދޮރުމައްޗަށް އެރި ފުރާވަރުގެ ކުއްޖަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ތިން އަންހެނުން އެކީގައި ޖަވާބު ދެމުން ބަލާލިއިރު އެއީ ފަހީމާގެ ހަގު އަންހެން ކުދިންގެ ތެރެއިން ކުއްޖެކެވެ. އެކުއްޖާ ކޮތަޅަކާއެކީ އެގެއަށް ވަދެގެން އައިސް ހާފިޒާއަށް ދިއްކޮށްލިއެވެ.

 

“މިއީ މަންމަ ހާފިޒައްތައަށް ފޮނުވަދޭށޭ ބުނެގެން ކޮއްކޮ ގެނައި އެއްޗެހި. މަންމަ ހިތުގެ އޮޕަރޭޝަނަށްޓަކައި އިންޑިޔާއަށް ދާން މިއަދު ފުރަނީ. ހާފިޒައްތަ ބަލި ވާހަކަ އިވުނީމަ ތި ބައްޔަށްޓަކައި ކުރެވިދާނެ ދިވެހި ބޭހަކަށް ބޭނުންވާނެ އެއްޗެހި މީ. ބުނީ ބުނާށޭ މިއެއްޗެހި އެއްކޮށް ފުނޑައިގެން ބޭނުންކުރާށޭ. އަދި ބުނީ ބުނާށޭ މިއީ ހާފިޒައްތައަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރެވޭ ފުރަތަމަ ކަމޭ.” އެކުއްޖާ ކިޔައިދިން ވާހަކަތަކުން ހާފިޒާ ފިޔަވައި އެތާނގައި ތިބި އެންމެންނަށް ވެސް ހިނިތުންވެލެވުނީ ފަހީމާއަށް ވެސް ވިސްނުނުކަން އެނގުމުންނެވެ. ހާފިޒާ ޙައިރާންވެފައި އެކޮތަޅުގައި ހިފީ ފަހީމާއަށް އެހީވީ އޭނަ ނޫންކަން ޔަޤީންވީމައެވެ. އެހީވި މީހަކު އޭނަގެ ނަން ކުރިއަށްލީ ޤަޞްދުގައިތޯ ހިތަށްއެރުމުން ހާފިޒާއަށް ވިސްނަން އިނދެވުނެވެ.

 

“ދަރިފުޅު މިއަދު ދިޔައިންތަ ނާއިލާއެކީ ކުޅެން ވަފިއްތަމެން ގެއަށް؟” މައިމޫނާ ހެވިފައިހުރެ ސުވާލުކުރުމުން ހާފިޒާއަށް ބަލާލެވުނެވެ.

 

“ނޫން ދައްތާ އަދި ނުދަން. އެކަމަކު ހަވީރު ދާނަން ދައްތަމެންގޭ މަމްނޫން ބޭބެއާއެކީ.” އެކުއްޖާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. މައިމޫނާ އެހެންހޭ ބުނެ އަވަހަށް ދާށޭ ބުނުމުން އެކުއްޖާ އެގެއިން ނިކުންނަން ދިޔައެވެ.

 

“ހެހެ….ވާފިރާވެސް ހުރީ އެ ޕާޓީއަކުން ދޫނުކުރަން ގަދަ ހަދައިގެން. އެޕާޓީއިން އެމީހުންނަށް ލާރި ލިބޭތީ. އެކަމަކު އޭނަގެ އަންހެން ދަރިފުޅަކީ އެއަށްވުރެ ޢަޒުމް ވަރުގަދަ ކުއްޖެއް. އަމްނާގެ ނަޞޭޙަތްތައް އަޑުއަހާފަ ގޮއްސަ އެކުއްޖާ ބުނިކަމަށްވަނީ ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ ނޫންހޭ. ﷲ އިރާދަކުރައްވައިފިނަމަ މި ހުރިހާ މުދަލެއް އެކީގައި ނެތިދިޔައީހޭ. މިފަދަ ނަޞޭޙަތްތައް ދެމުން ގޮސް އެންމެ ފަހުން ވާފިރާއަށް ވެސް ވިސްނެން ފަށައިފި. އަހަރުމެންގެ ދަރިންނާއެކީ ފަހީމާގެ ދަރިން ގޮސް ނާއިލް އެކަނި ފިލުވަން ފެށީމަ އޭނަ ވެސް މިހާރު އަހަރުމެންނާ ބައްދަލުކުރަނީ ހިނިތުންވުންތަކާއެކީ. ހީވަނީ މިހާރު އެ ފައިސާ އެމީހުންނަށް ލިބުން ހުއްޓިއްޖެހެން. އެ ގޭގެ މަސައްކަތް ހުއްޓިފަދޯ މިއަދު ހުރީ؟” މައިމޫނާ މަދީހާ ކުރެން ސުވާލުކުރިއެވެ. މަދީހާ ހޫންލައްވާލުމުން އަދި އިތުރު ވާހަކައެއް އެދެމެދުގައި ދެކެވުނެވެ. އެއީ މަދީހާގެ ފިރިހެން ދަރިފުޅު ފަހީމާގެ ދޮށީ އަންހެން ދަރިފުޅާއި އިންނަން ބޭނުންވާ ވާހަކައެވެ. އެ ވާހަކައާއެކީ މުޅި މާޙައުލަށް އިތުރު އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. އެ މަންޒަރު ބަލަން އެމީހުންގެ ފުރަގަހަށްވާ ގޮތަށް ދުރުގައި ތިބި އަމްނާއާއި މިރްޒާނަށް އެކަކު އަނެކަކަށް ބަލާލެވުނީ އުފާވެރި ހިނިތުންވުންތަކާއެކީގައެވެ. ދެމީހުންނަށް ވެސް ވައިއަޑުން ‘އަލްޙަމްދުލި ﷲ’ އޭ ކިޔާލެވުނީ އެކުއެކީގައެވެ.

 

އެދުވަސްފަހުން ކުރިއެކޭ އެއްފަދައިން މިރްޒާންގެ ހުރިހާ ބޮޑުދައިތަމެން އަނެއްކާވެސް އޭނަގެ ގެއަށް އަންނަން ފެށިއެވެ. އެންމެން އެކީގައި އައިސް ސިޔާސީ ވާހަކައެއް ދެއްކުމުގެ ބަދަލުގަ އެންމެން އެކީގައި ފެށިދާނެ ވިޔަފާރިއެއްގެ ވާހަކަ ފެށުނެވެ. މިގޮތުން އަނެއްކާވެސް ފަންގިވިޔުމާއި ރޯނުވެށުމުގެ އިތުރުން ހެދިކާ ހެދުމުގެ ވިޔަފާރިއެއް ފަށަން ނިންމުނެވެ. ދޭތެރެއަކުން ސިޔާސީ ވާހަކައެއް ދެކެވުނަސް ގިނަފަހަރު އެ ވާހަކަ ނިމިގެން ދަނީ ކޮންމެ ޕާޓީއެއްގެ ވެސް އުނިކަމެއް ހުރިކަމަށް އަލިއެޅުވުމުންނެވެ. އެއްގޮތަކަށް ވެސް އެއްކޮޅަކަށްޖެހި ހުސްވާން އޭގެ ތެރެއިން އެއްވެސް މީހަކު ބޭނުންނުވި ފަދައެވެ. އެ މީހުންގެ ޕާޓީތަކަށްވުރެ އެމީހުންގެ މެދުގައި އޮތް އެއްބައިވަންތަކަން އެންމެނަށްވެސް މުހިއްމުވެގެން ދިޔުމުންނެވެ.

 

އަމްނާއާއި މިރްޒާން އަނބުރާ މާލެއަށްދާން އޮތް ދުވަހާއި ހަމައަށް ވެސް ހާފިޒާ އެހާ ރަނގަޅަށް އަމްނާއާއި ވާހަކައެއް ނުދައްކައެވެ. ކަންތައްވެފައި އޮތްގޮތުން އަމްނާއާއި ވާހަކަ ދައްކަން ހާފިޒާ ޖެހިލުންވެފައިވި ފަދައެވެ. އެހެނަސް ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ދެއްކުމަށްޓަކައި ވެސް ހާފިޒާ މިހާރު އަމްނާއަށް ގޮވާލަނީ ދަރިފުޅާއޭ ކިޔާފައެވެ. އަމްނާއާއި މިރްޒާން އެމީހުންގެ ފޮށިތަކާއެކީ ގެއިން ނިކުންނަން ދިޔަ ވަގުތުވެސް ހާފިޒާ ގޮވާލީ ހަމަ އެފަދައިންނެވެ.

 

“ކޮން ދަރިފުޅެއް؟ މީތަ ނޫނީ މީތަ؟” މިރްޒާން އެހެން އަހާލީ އޭނަގެ އަމިއްލަ ނަފްސަށާއި އަމްނާއަށް ޢިޝާރާތްކުރަމުންނެވެ. އެހިނދު އަމްނާއަށާއި ހާފިޒާއަށް ހެވުނެވެ. ހާފިޒާ އަމްނާއަށް ބަލަން ހުރެ އަމްނާގެ ކައިރިއަށް ދިޔައެވެ.

 

“މަންމައަށް މަޢާފުކޮށްދީފާނަންތަ ދަރިފުޅު؟” ހާފިޒާ އަމްނާއާއި ހަތަރުކަޅި ބައްދަލުކުރަން ބޭނުންނުވާ ފަދައަކުން އަހާލިއެވެ.

 

“އެއީ އެއްވެސް ކަމެއްނޫނޭ މަންމާ. ކޮންމެ މީހަކު ވިޔަސް ޙަޤީޤަތް ނުފެނަންޏާ ނޭނގުމެއްގެ ތެރޭގަ ގޯހެއް ހެދިދާނެ. މަންމައަށް މިހާރު ރަނގަޅަށް ވިސްނޭތީ އަހަރެން ވަރަށް އުފާވޭ.” އަމްނާ ބުނެލިއެވެ. އެ ހިނދު ހާފިޒާ ހިނިތުންވެލީ ވަގުތު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ.

 

“މާތް ﷲ ދަރިފުޅު ރައްކާތެރި ކުރައްވާށި. މަންމަ ދުވަހަކުވެސް ހަނދާން ނުނެތޭނެ ދަރިފުޅުމަތިން. ދަރިފުޅު މަންމަމެންނަށް ހެޔޮ ވިސްނައިދިން ގޮތަށްޓަކައި މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. އެކޮޅަށް ގޮއްސަ ގުޅައްޗޭ. ދަރިފުޅު ވިހެއިމަ މަންމަމެން އާދެވޭތޯ ބަލާނަން. އެކަމަކު ވަގުތުން ފޮޓޯ ފޮނުވައްޗޭ. ޔަޤީން އަމްނާ ކަހަލަ ލޯބި ކުއްޖަކަށް މިކުއްޖާ ވާނީ. އިން ޝާ ﷲ!” ހާފިޒާ އަމްނާގެ ބޮލުގައި ފިރުމަމުން ބަނޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ.

 

“އާނ މަންމަވެސް މިހާރު ތި ޕާޓީވީ ދޯ؟ ބަލާތި އަހަރެން އެކޮޅަށް ގޮއްސަ ތި ޕާޓީއާ ބެހޭ ދޮގު ޚަބަރު ފަތުރާގޮތް.” މިރްޒާން ރުޅި އަންނަ ކަމަށް ހެދެމުން ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

 

“ޚަބަރުދާރު އެއްވެސް ބަޔަކާބެހޭ އެއްވެސް ދޮގު ޚަބަރެއް ފެތުރިއްޔާ. އަހަރުމެން އޭރުން މިކޮޅުގަ ތިބެގެން ވެސް މިރްޒާންއާ ދެކޮޅަށް އަޑުއުފުލާނަން.” ހާފިޒާ ބުނެލިއެވެ.

 

“މަންމަމެން ކީއްކުރަން؟ އަހަރެން ވެސް އޭނަ ކައިރީގައި ހުރެގެން އޭނައާ ދެކޮޅަށް އަޑުއުފުލާނަން އިން ޝާ ﷲ!” އަމްނާ ވެސް ޢަޒުމް ވަރުގަދަ ރާގަކަށް ބުނެލިއެވެ. އެ ހިނދު މިރްޒާން ހީލުމުން ދެން ތިބި ދެމީހުންނަށް ވެސް ހީލެވުނެވެ.

 

“ހެހެހެ….އޭރުން މިރްޒާނަށްވުރެ ވެސް ބޮޑަށް މަންމަ ދަރިފުޅުދެކެ ލޯބިވާނެ. ސުބްޙާނަ ﷲ! މިއީ ޙަޤީޤީ ލޯތްބަކީ. މިއީ ޙަޤީޤީ ނަފްރަތަކީ. އެއީ ދެއިރުގެ ދެދަޅައަށް ބަދަލުވާ މީހުންގެ ސަބަބުން ބަދަލުވާ ކަންތައްތަކެއްނޫން. އެއީ ޙައްޤާއި ބާޠިލަށް ބުރަވެ އެގޮތުގައި ދެމިހުންނަ ކަންތައް.” ހާފިޒާ ބުނެލިއެވެ. އެ ބަސްތަކާއި އެއްބަސްވުމުން ގޮތުން އަމްނާއާއި މިރްޒާން އެކުއެކީގައި ބޯޖަހާލިއެވެ. ހަމަ އެހިނދު ލަތީފްވެސް އެ ދެމީހުންނަށް އަލްވަދާޢު ކިޔުމަށްޓަކައި އެތަނަށް އައެވެ. ލަތީފް އައިތާ މާ ގިނައިރެއްނުވެ ބޭރުގައި އޮތް ޓެކްސީއެއް ބަރުގޮނު އަޅާލި އަޑުއިވުނެވެ. އެއާއެކު މިރްޒާނާއި އަމްނާ ނިކުތުމަށް އަވަސްވެގަތެވެ. އެމީހުން ފެންޑާއަށް ނިކުތް ވަގުތަކީ ރުޅިން ރަތްވެފައި ހުރި މައިސޫން ގެއަށް ވަންނަމުން ދިޔަ ވަގުތެވެ. އެންމެން ވެސް ކުރި ބެލުމެއްނެތި ހިނގާފައި ދިޔުމުގެ ސަބަބުން މިރްޒާނާއި މައިސޫންގެ ކޮނޑުޖެހި އެމީހުންގެ ހިނގުމަށް ހުއްޓުމެއްއައެވެ. މިރްޒާން ސޮރީއޭ ކިޔައި ފަހަތް ބަލާލި ވަގުތު އޭނަ ހުއްޓުން އެރީ މައިސޫން އޭނައަށް ބަލަހައްޓައިގެން ހުރިގޮތުންނެވެ. އޭނަގެ ބުމަގޮށްޖެހި ދަތްކުނޑި ވިކެމުން ދިޔައިރު އައިސްފައިހުރި ރުޅިއެއްގެ ސަބަބުން މުޅި މީހާ ތުރުތުރު އަޅައެވެ. މިރްޒާން ބަލަން ހުއްޓާ މައިސޫން އޭނަގެ ދެ އިނގިލިން އޭނަގެ ލޮލަށް ޢިޝާރާތްކޮށް މިރްޒާންގެ ލޮލަށް ޢިޝާރާތް ކޮށްލިއެވެ. އެ ހިނދު މިރްޒާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގީ މައިސޫން އަބަދުވެސް އެގޮތަށް ހަދާނީ ނުލަފާ ގޮތަކަށް އޭނައާއި ބަދަލު ހިފަން އުޅޭތީވެކަން އޭނައަށް އެނގޭތީވެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިމްތިޙާން (ފަހުބައި)

Next

ދެގަޑި ތިރީސް – 14

Next
December 18, 2018

ދެގަޑި ތިރީސް – 14

Previews
December 18, 2018

އިމްތިޙާން (ފަހުބައި)

24 Comments!

  1. Beryl Stone says:
    December 18, 2018 at 10:05 am

    Me first dhw..masha allah..as usual mi prt vx vrh reethi??????

    1. Jana says:
      December 18, 2018 at 11:05 pm

      yes beryl stone mifaharu first 😀 hehe..Alhamdhulillah! 🙂 <3

  2. ?Shifna? says:
    December 18, 2018 at 10:09 am

    Yey me first. Masha allah. Mi bai vx varah reethi. When next part?? Waiting 4 next part…

    1. ?Shifna? says:
      December 18, 2018 at 10:22 am

      Me second dho?? Not 1st

    2. Jana says:
      December 18, 2018 at 11:06 pm

      hehe…shifna sis comment kuri iru aneh comment othy pending ga. ehenve mihen mivy 😀 next time dho In Sha Allah 😉 Alhamdhulillah! next part friday ga 🙂

  3. Jana says:
    December 18, 2018 at 10:14 am

    Assalaam’alaikum. Mi bai inves thiya kiyuntherinnah faidha eh kuriyya mi bai huri gothah hissaa kurumaky v bodu edhumeh. Mi in libey filaavalhuthah hama mi baige therein tafseel kurevifaiveema maa gina post eh beynumeh nuvaane kanneynge. Ekamaku hurihaa aayaiythakah In Sha Allah jana reference dheynan.

    Arabi kiyavaa kiyuntherinnattakai jana miadhu past tense ge ehen exercise eh genesdheynan. Iyyega ves genesdheyn hury. Ekamaku mihaaru jana laptop kaireega hunnathaa gadi irevves nuvanys dhimaava ‘technical’ massala egge sababun ehaa gina kanthahthakeh ehfaharaa nukurevey. Aslu midhiya weekend ga dhimaavi kamakun adhives mulhin recover nuvegen miulheny. Ehenve jana vaahaka mi genesdhey pace ah ves badhaleh gennan jehey vaahaka hithaama aa eky bunelan. Next part friday ga In Sha Allah. Jana mulhin rangalhuveema In Sha Allah anekkaaves part thah genesdheyleh avas kohdheynan.

    Maai Allah alhamennah kurimathivaa dhathithakegge therein alhamenge hurihaa faafa eh fussavai alhamennah hidhaayaiy ithuru kohdhevvaashi. Ameen!

  4. Ayesha says:
    December 18, 2018 at 12:12 pm

    Ameen ❤️
    Varahh reethi mi part vess.. mashaAllah. ❤️

    1. Jana says:
      December 18, 2018 at 11:06 pm

      Alhamdhulillah! <3

  5. Thahu says:
    December 18, 2018 at 3:03 pm

    ???❤️????????

    1. Jana says:
      December 18, 2018 at 11:07 pm

      😀 <3 <3 <3 <3

  6. Jana says:
    December 18, 2018 at 10:55 pm

    Blog post:

    يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ

    “Those of you who believed, be persistently standing firm in justice, witnesses for Allah, even if it be against yourselves or parents and relatives….” Surah An-Nisa, 135
    Justice begins with you being just!

    **********************************

    يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ
    “އީމާން ވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން ޢަދުލު އިންސާފު ޤާއިމް ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ…..” ސޫރަތުއްނިސާ، 135

    ޢަދުލު އިންސާފު ފެށެނީ ތިބާގެ ފަރާތުންނެވެ!

  7. Jana says:
    December 18, 2018 at 10:56 pm

    Blog post:

    يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ.
    “Those of you who believed, let not a people ridicule [another] people; perhaps they may be better than them….” Suratul Hujuraat, 11

    **********************************

    يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ.
    “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން
    11 ބޮޑުކަމުގައި ވެދާނެތެވެ…..” ސޫރަތުލް ޙުޖުރާތް،

  8. Jana says:
    December 18, 2018 at 10:57 pm

    Blog post:

    كَأَنَّهُم بُنْيَانٌ مَّرْصُوصٌ.
    “….as though they are a single structure joined firmly.” Surah As-Saff, 4

    This is an expression Allah uses to describe the people who fight for His sake. And when they do, they stand in a row like a single structure. As though they are inseparable. This same expression can be used to describe a Muslim community. Muslims should be united under the obedience of Allah like a single structure, where each part of the structure supports the other. And even if a single brick breaks off, the whole structure weakens.

    So hold on tight to the love for your brothers and sisters. Love for your brothers and sisters what you love for yourself. Support your brothers and sisters in every single way possible. Because at the end of the day they are a part of you!
    #Selfreminder

    **********************************

    كَأَنَّهُم بُنْيَانٌ مَّرْصُوصٌ.
    “…..ގަދައަށް ގުޅިފައިވާ ހަރުދަނާ ބިނާއެއް ފަދައިން…” ސޫރަތުއްޞަފް، 4
    މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަގުގައި ހަނގުރާމަ ކުރާ މީހުން ސިފަކުރުމަށްޓަކައި ބޭނުންކުރައްވާފައިވި ބަސްކޮޅެކެވެ. މި އާޔަތުގައި ސިފަކުރައްވާފައި މިވަނީ އެމީހުން ހަނގުރާމަ ކުރާއިރު އެއްޞަފެއްގައި ހަރުދަނާ ބިނާއެއްފަދައިން ވާގޮތެވެ. އެމީހުންނަކީ ވަކި ނުކުރެވޭނެ ބައެއް ފަދައިންނެވެ. މުސްލިމް މުޖުތަމަޢެއް ސިފަކުރުމަށްޓަކައި ވެސް މި ބަސްތައް ބޭނުން ކުރެވިދާނެއެވެ. ﷲ ގެ އަމުރުފުޅަށް ތަބާވުމުގައި މުސްލިމުން ވާންޖެހޭނީ ގުޅިގެން އެކަތިގަނޑަކަށްވާށެވެ. ގަދައަށް ގުޅިފައިވާ ހަރުދަނާ ބިނާއެއް ފަދައިންނެވެ. އެބިނާގެ އެއްބައި އަނެއްބަޔަށް ބާރުދޭ ފަދަ ބިނާއެކެވެ. އެ ބިނާއިން އެންމެ ގަލެއް ވަކިވިޔަސް މުޅި ބިނާ ބަލިކަށި ވެގެން ދެއެވެ.

    އެހެންކަމުން ތިބާގެ ހިތުގައި ތިބާގެ އަޚުންނާއި އުޚްތުންނަށްޓަކައިވާ ލޯބީގައި ގަދައަށް ހިފަހައްޓާށެވެ. ތިބާގެ އަމިއްލަ ނަފްސަށްޓަކައި ލޯބިކުރާ ކަންތައް ތިބާގެ އަޚުންނާއި އުޚްތުންނަށްޓަކައި ވެސް ލޯބިކުރާށެވެ. ތިބާއަށް ވީ އެންމެ ފުރިހަމައަށް ތިބާގެ އަޚުންނާއި އުޚްތުންނަށް އެހީދީ ހިތްވަރު ދޭށެވެ. އެހެނީ އެއީ ކޮންމެ ގޮތެއްވިޔަސް ތިބާގެ އެއްބައެވެ.

  9. Jana says:
    December 18, 2018 at 11:02 pm

    Arabic past tense exercise thakuge link thah:

    English exercise:

    https://drive.google.com/file/d/1l6EMdYXw-UoatdXHe7QnHF4Qs2Lhewqt/view

    Dhivehi exercise:

    https://drive.google.com/file/d/1bMpkroto9gIy74XzUDUhOvPShIQEmnJw/view

  10. Help says:
    December 19, 2018 at 1:11 pm

    Istikhara namaadhu kurany kihineh?

    1. Jana says:
      December 19, 2018 at 2:05 pm

      Istikhara namaadhu kurumah niyaiy gane rakathuge namaadheh koffa isthikhaara ge dua kuraany. dua ge therein nimmi nimmun keedhaane dhivehi bahun ves. thireegai oiy link ballavaa 🙂

      https://www.istikhara.com/

  11. Anonymous says:
    December 19, 2018 at 2:23 pm

    ޖަނާ އާ ފްރެންޑް ވެވޭނީ ކިހިނެއްތޯ؟

    1. Jana says:
      December 19, 2018 at 8:29 pm

      https://www.facebook.com/Asr-1445208739121696/

      mi page ah gos msg e kureema jana reply kuraanan In Sha Allah. fb ga noolhey nama 7997991 ah msg eh kureema jana ah thiya kiyuntheriyaage number libeyne. jana ah number libeyhaa avahakah jana msg eh kuraanan. ukhtheh viyya meegein komme gothakah friend viyas massala eh neh 🙂

  12. Naaa says:
    December 19, 2018 at 8:55 pm

    Mujuthamauge adhu ge haalathaa v gulhey vaahaka eh, v reethi v furihama. Jana thi kuraa bura masaiykathuga maaiy allah barakaaiy lahvaashi

    1. Jana says:
      December 20, 2018 at 12:57 pm

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavva eyge faidhaa dhuniye aai akhirathugai ves libeyne goiy hahdhavaashi. Ameen! Alhamdhulillah! ?

  13. Haii says:
    December 20, 2018 at 11:29 am

    Jana Viber beynun kuran tha

    1. Jana says:
      December 20, 2018 at 12:57 pm

      Labba ?

  14. Haii says:
    December 20, 2018 at 1:48 pm

    V reethi mi storry??????…..R atoll tha ,????

    1. Jana says:
      December 21, 2018 at 10:01 am

      Alhamdhulillah! jana Addu 😀

Comments are closed.


All Right Reserved!