Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 40

Sh@_n@ Level 410 Stories100 Comments100 Login
December 17, 2018 6 Mins Read
48 Comments

” އާމިރު ތިކަމާ ވިސްނާކަށް ނުޖެހޭނެ, އޭނަ އެއީ އަހަރެންގެ ދުވަސްވީ އެެކުވެރިޔާ, އާމިރު ނުބެލިޔަސް އަހަރެން ބަލާނެދޯ, އަނެއްފަހަރު އަނެކައްޗެކޭ ކިޔާފަ ފަށާ” އަރީޝާ މިހެން ބުނެ އަނެއް ފަރާތަށް އެނބުރުނެވެ.

އަރީޝާގެ މި އަމަލުން އާމިރު ނިތްކުރި މަތީ އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތެވެ. ދެން ކަންތަށް ކުރަންވީ ކިހިނެއް ކަމާމެދު ވިސްނާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކައިވެނި ހުއްޓުވަން އާމިރު ބޭނުންވެއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށެެވެ. އެކައިވެނި ހުއްޓުވަން ސާރާގެ އެހީއަކަށް އެދެން އެތަށް ފަހަރަކު އެދެންފެށިއެެވެ. އެހެންކަމުން މާދަމާ ސާރާއާ ބައްދަލު ކުރުމަށް ނިންމާ ދެލޯ މަރާލީ ނިދާލުމަށެވެ.

” ދަރިފުޅޫ, އާދޭ ރޮށި ކޮޅު ހުސްކޮއްލަން, އިސްރާފު ކުރާކަށް ނުވާނެ, އަވަހަށް އާދޭ” ސާރާ ފައުޒާން އަށް ކާންދިނުމަށް ފައުޒާން ފަހަތުން ދުވެ ވަރުބަލިވުމުން ސޯފާގައި އިށީންނަމުން ބުނެލިއެވެ.

އޭރުވެސް ފައުޒާން މަޖާވެގެން ގޭތެރޭގައި ދުވަމުންދިޔައެވެ. ސާރާ މޮޅު ހިޔާލެއް އައިސްގެން ފައުޒާންއަށް ކާންދޭން ގެންގުޅުނު ތަށި ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު މޫނުމަތީގައި އަތްއަޅާ ރޮއެ ކަމަށް ހަދާލިއެވެ. ފައުޒާންއަށް އެމަންޒަރުފެނި މަންމީ އޭ ކިޔައި ވަގުތުން އައިސް ސާރާގެ އުނގުތެރެއަށް ވަނެެވެ. އަދި ސާރާގެ އަތް ނަގަން މަސައްކަތްކުރިއެވެ. ސާރާ މޫނުމަތީގައި އަތްއަޅާއިގެން ހުރީ އެއްވެސް ބާރެއްނުލާ ކަމުން ފައުޒާންއަށް ފަސޭހަކަމާއެކު ނައްޓުވާލެވުނެވެ. އޭރުވެސް ސާރާ ދެލޯ މަރައިގެން ރޮއެ ކަމަށް އަޑު ލައްވަމުންދިޔައެވެ.

މިތަންފެނި ފައުޒާން ސާރާގެ ކޮލަށް ދޮނެއް ދިނެެވެ. ފައުޒާންގެ މި މިއަމަލުން ސާރާ ދެލޯ ހުޅުވާ ބަލައިލީ ހައިރާންވި ވަރުންނެވެ. ފައުޒާން ސާރާ ތަށި ބެހެއްޓި ތަނަށް ގޮސް, ތަށި ހިފައިގެން އައިސް ސާރާގެ ކުރިމަތީ ހުއްޓުނެވެ. ސާރާ އަތް ދިއްކޮއްލުމާއެކު ސާރާ އަތަށް ތަށި ލައިދިނެެވެ. އަދި ފައުޒާން އަނގަ ހުޅުވާލީ އަނގަޔަށް ލަވާށޭ ބުނާކަހަލަ ގޮތަކަށެެވެ. ފައުޒާންގެ މި އަމަލުން ސާރާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. އަދި ފައުޒާންގެ އަނގަޔަށް އެތި ކޮޅެއް ލެވީ ވަރަށް ލޯތްބާއެކުއެވެ. ފައުޒާން އެ އެތިކޮޅު ކާލުމުން ސާރާ ތަށި ބެހެއްޓުމަށް ފަހު މަންމަގެ ދޫނިޔޭ ބުނެ ފައުޒާންގެ ގައިގަ ބައްދާލިއެވެ. އޭރުވެސް ސާރާގެ ދެލޮލުން ކަރުނަ އަންނަމުންދެއެވެ.

” ރަޝްމީ, ފައުޒާން މީ ހަމަ ރަޝްމީ ކަހަލަ މައުސޫމް ކުއްޖެއް, ރަޝްމީގެ އުޅުމާ އެއްވެސް ތަފާތެއް ނެތް, ހުރިހާ ކުދިންވެސް ވަރަށް ލޯބިވޭ ރަޝްމީ ދެކެ, އިރާދަކުރެއްވިއްޔާ މި ދަރިފުޅު އަހަރެން ރަނގަޅަށް ބަލާނަން, ފަޒީލް އަދިވެސް ރަޝްމީދެކެ ވަރަށް ލޯބިވޭ, ރަޝްމީ ބޭނުންވާ ކަހަލަ ރަނގަޅު ބައްޕައެއް ފައުޒާން އަށް އެހެރީ ލިބިފަ, މިދަރިފުޅު މަންމަގެ ލޯބިން މަހްރޫމްވިޔަކަ ނުދޭނަން” ސާރާގެ ހިތުގައިވި އުދާސްތަށް ބޭރުކޮއްލީ ކަރުނައިގެ ސިފައިގައެވެ.

ކޮފީ ތައްޓަށް ނަޒަރު ހުއްޓާލައިގެން އިން އާމިރު ސިއްސައިގެން ދިޔައީ އަރީޝާ އާމިރުގެ އަތުގައި ހިފާ ތަޅުވައި ގަތީމައެވެ.

” ކިހިނެއްވެފަތަ މިހާރަކަށް އަައިސް ތި ހުންނަނީ, އަރުޝްގެ ކައިވެނި މިއޮއް ބޯމަތިވަނީ, އަދިވެސް ތައްޔާރުވާން ނުވަނީތަ” އަރީޝާގެ އަޑުގައި ހިތްހަމަ ނުޖެހުން ފާޅުވާން ހުއްޓެވެ.

” އަހަރެން ތި ކައިވެންޏަކާ ގަބޫލެއް ނޫން” އެންމެ ފަހުން އާމިރު ދެލޯ މަރާލުމަށްފަހު އެހެންބުނީ އޭނަޔަށް އަރުޝް ގެއްލެން ނޭދޭތީއެވެ. އާމިރުގެ އެ ޖުމްލަތަށް އަރީޝާގެ ކަންފަތާ ހަމަައަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ.
” ކީކޭ, ގަބޫލެއް ނޫނޭ, އަދި ކިރިޔާތަ ބުނަން އެނގުނީ, އަހަރެން ހަފީޒާއަށް ދައްކާނީ ކޮން މޫނެއް, އަހަރެމެންގެ ދުވަސްވީ އެކުވެރިކަން ހަލާކު ކުރަންތަ ތިއުޅެނީ” އަރީޝާގެ ޖުމްލައިން އާމިރުއަށް އިންތަނުން ތެދުވުނެވެ.
” ތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ, އަމިއްލަ ދަރިއަށް ވުރެ މާ މުހިންމުދޯ އަރީޝާގެ ދިރިއުޅުން ހަލާކު ކުރަން ނިންމާފައިވާ ހަފީޒާވެސް, މާ ރަނގަޅު މީހަކަށް ވެގެން މަކަރުވެރި ކަމުގެ އަނދުން އަޅުވައިގެން އުޅޭއިރު ނޭނގޭ އޭނަގެ ކުޑަވެސް ސިފައެއް, އެއީކީ ކުރީގެ ހަފީޒާއެއް ނޫނޭ, މިގެއާއި މުދަލަށް އުޅޭ މީހެއް އެއީ” އާމިރުގެ ރުޅި ގަދަވަމުން ދިޔަވަރަކަށް ބޮލުގައިވެސް ރިހެމުންދިޔައެވެ.

” އާމިރު އަކަށް ނުޖެހޭނެ އަަހަރެންގެ ރައްޓެހިންނަށް ތިގޮތަށް ވާހަކަ ދައްކާކަށް, އާމިރު ކިތަންމެ ރުޅިއަޔަސް އެ ކައިވެނި ކުރުވާނަން”އަރީޝާގެ ޖުމްލައިން އާމިރުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.އަރީޝާއޭ ކިޔައި އަތް މަޅާލެވުނީ އައި ރުޅިންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަތް ތިރިކޮއްލުމަށްފަހު އަތް މުއްކަވާލިއެވެ. އާމިރުގެ އެ ހަރަކާތާއެކު އަރީޝާގެ ދެލޯ ބޮޑުވިއެވެ.

“ކިހިނެއްވީ ތި މަޑުކުރީ, ޖަހާ, އަނިޔާ ކުރޭ, މަށަކަށް ނޭނގެ ކޯއްޗެއް ހިތަށް އަރައިގެން ކަމެއް މިހާރަކަށް އައިސަ މި ހުންނަނީ, ދުވަހަކުވެސް އުޅުނު ގޮތެއް ނޫންތީ” އަރީޝާވެސް ގޮތް ދޫކުރަން ބޭނުން ނުވުމުން ބުނެލިއެެވެ
” އަހަރެންނަކީ ދުވަހަކުވެސް މީހަކަށް ތަޅައިގެން މިކަހަލަ އަނިޔާއެއް ދިން މީހެއްނޫން, އެކަމަކު އަހަރެންގެ ދަރިފުޅަށް ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ވަރަށް އަނިޔާ ވެއްޖެ, އަނިޔާ ލިބެނީ ހަމައެކަނި ތަޅާ ގެނެއް ނޫން ކަން އެނގިއްޖެ, އަރީޝާ ތި ކައިވެނި ކުރުވަން ޖެއްސި ޑްރާމާ އެނގި އެފަކީރު ހުރީ ހިތްހަލާކު ވެފައޭ, އަމިއްލަ އެދުން ބޮޑުވިޔަސް ބޮޑުވަރު ” އާމިރު އަރީޝާއާ ފުރަގަސް ދެމުން ބުނެލިއެވެ. އޭރު އާމިރު ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. ކުރެވުނު ކަންތަކަށް ހިތާމަ ކުރާކަން މިކަމުންވެސް ހާމަވެއެވެ.

އަރީޝާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީ އާމިރުއަށް އޭނަ އެހާ ސިއްރުން ކުރި ކަންތަށް ފަޅާ އެރުމުން އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގުނީމައެވެ. އާމިރު އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ފެށީ އަރީޝާ އެއްޗެއް ނުބުނީމައެވެ.

“އަހަރެން ހީކުރީ އަރުޝް ބޭނުންވެގެން ކަމަށް, އެކަމް ފަހަރެއްގަ ވެސް ހިޔެއް ނުކުރަން ތިގޮތަށް ކަންތައް ކޮއްފާނެ ކަމަކަށް, މަންމަގެ ލޯތްބަށް އެދޭތީ އަރުޝް އަރީޝާގެ ކަންތަށް އެނގިވެސް އެއްބަސްވީ, އަހަރެންނަށް ކުރިން އެނގުން ނަމަ ތިޔަހެން ވިޔަކަ ނުދޭނަން, އަހަރެން ނުބުނަން އަހަރެން މީ ވަކި ރަނގަޅު މީހެކޭ, އެކަމަކު ދެނެއް އަހަރެންނަަކަށް އެ ދަރިފުޅު ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލާކަށް ކެތެއްނުވާނެ، ތި ކުރަން އުޅޭ ކަމެއް ކޮށް އަރުޝްއަށް ގެއްލުމެއް ލިބިއްޖިއްޔާ ދުވަހަކުވެސް މާފެއް ނުކުރާނަން” އާމިރު މިހެންބުނެ ގެއިން ނުކުތެވެ.

އާމިރު ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އަރީޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއްފަރާތުގައި ފިރިމީހާއާއި ދުވަސްވީ އެކުވެރިޔާއެވެ. ދެކޮޅަށް ހިނގަންފެށުނީ ހަނދާނެ ގޮތެއް ވިސްނޭތޯއެވެ.
” އާމިރުއަށް ކީއްވެތަ ނުވިސްނެނީ, ހަފީ އަކީ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ, އާމިރުއަށް ވުރެ ބޮޑަށް މަށަށްދޯ އެނގޭނީ, ތިހާ މި މުއްސަނދި ކަމުގެ ދަހިވެތި ކަމުގަ އުޅޭނަމަ އަހަރެންނަށްވެސް ޝައްކެއް ވާނެއެއްނު” އަރީޝާ ހަފީޒާ ދިފާއުކުރަމުން ބުނެލިއެވެ. އަރީޝާ އަދި އާމިރުއަށް ނޭނގުނު ކަމަކީ އެ ހުރިހާ އެއްޗެއް އަޑުއަހަން އަރުޝް ހުރިކަމެެވެ. އަރުޝް ގަބޫލު ކުރާ ގޮތުގައި ހުރިހާވެސް މައްސަލަ އަކީ އަރުޝްއެވެ. އެހެންކަމުން އެ ބަޔަށް ވަންނަން އުޅެފަ ވެސް ނުކުމެގެން ދިޔައީ ހިތަށް ލިބުނު އިތުރު ވޭނަކުންނެވެ.

ސޯފާގައި އިށީންދެގެން އިން ހައިފާ ސިހުނީ އެތެރެއަށް ވަދެގެން އައި ހަފީޒާ ފެނިފައެވެ. ހަފީޒާ ހުރި ގޮތުން ކަމަކާ ހިތް ހަމަ ނުޖެހިފަކަން އެނގެއެވެ.
“މަންމާ، ކިހިނެއްތަ ވީ” ހައިފާ ހަފީޒާއާ ސުވާލުކުރިއެވެ. ހައިފާގެ މި ސުވާލުން ހަފީޒާގެ ދެ ބުމަ ގޮށް ޖެހުނެވެ.

” ކިހިނެއްހޭ ވީ, މި ހުރިހާ ކަމަކީ ހައިފާގެ ކަންތަށް, އަހަރެން ވިސްނާ ވިސްނާ ބޯ ހަލާކުވެއްޖެ, މައިތިރިވެގެން ހުންނާކަށް ނޭނގުން ވިއްޔަ, ތިޔަ ކައިވެނި އެހާ އުންމީދާ އެކީ ކުރެވެން އޮއްވާ ފާޑެއްގެ ހަޑިއެއް ހާވާފި ވިއްޔަ” ހަފީޒާގެ ބަހުގެ ހަމަލާ ހައިފާއަށް ރައްދުވަމުންދިޔައެވެ. ހައިފާގެ ލޮލުން ކަރުނަ ފައިބައިގަތީ މިއަދު އަޅާލަން ހުރި މީހާގެ ބަސްމަގު ހުރި ގޮތުންނެވެ.

” ދެން ރޮއެގެން ވާނެ ފައިދާއެއް އެބަ އޮތްތަ, ހުރިހާ ކަމެއް ކޮއްފަ ރޯންފެށީމަ ދެން ނުވާ ކަމަށް ވާނެތަ, އެއްޗެކޭ ބުނާއިރަށް ރޯންފެށީމަ ހުރިހާ ކަމެއް އެ ހަމަވީތަ”ހަފީޒާގެ ރުޅިގަނޑު ހައްތާ ދިޔައީ ގަދަވަމުންނެވެ. ހައިފާއަށް އިތުރަށް ކެތް ނުވުމުން ރޮމުން ކޮޓަރިއަށް ދުއްވައިގަތެވެ. ހަފީޒާ ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު ސޯފާގައި އިށީނެވެ. އެވަގުތަކީ އަރީޝާ އެގެއަށް ވަތް ވަގުތެވެ. އަރީޝާއަށް ހައިފާ ދިޔަ މަންޒަރު ފެނުނު ކަމުގައި ވިޔަސް އެދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް ނީވެއެެވެ.

“ކިހިނެއްވީ އެމަންޖެ ރޮމުން އެ ދިޔައީ” އަރީޝާގެ ސުވާލަށް ސޯފާގައި ދެލޯ މަރައިގެން އޮތް ހަފީޒާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީ ހުރި އަރީޝާ ފެނި ގެންނަން ވީ ހަރަކާތް ނޭނގުނެވެ. އަރީޝާ އައިސް ހަފީޒާއާ ޖެހިގެން އިށީނެވެ.

” މަ މި އަހަނީ ކީއްވެހޭ އެމަންޖެ ރޮމުން އެ ދިޔައީ” އަރީޝާ ދެވަނަ ފަހަރަށް ސުުވާލު ތަކުރާރު ކޮއްލިއެވެ.
” ހޫމް, ރޮމުން ދޯ, ދެެންމެ އައިސް އެހީ ބޭރަށް ދަންހޭ, މަ ބުނީ ދާނެ ކަމެއްނެތޭ, ދެން އެނގެއެއްނު އެކުދިންގެ ގޮތް, ކޮބާ ކައިވެނި ކިހާ ހިސާބެއްގަ” ހަފީޒާ ނޫން ކަމަށް ހަދާފަ ކުރި ސުވާލުން އަރީޝާއަށް މިއަދު ހެނދުނު ހިނގި ކަންތަށް ހަނދާން އާވަމުން ދިޔައެވެ.

” ކައިވެނި ކުރިޔަށް އޮތީ, އެކަމާ ހާސްނުވޭ” އަރީޝާ އާމިރު ބުނި ބަހަށް ކުޑަވެސް ސަަމާލުކަމެއް ނުދީ އެކައިވެނި ކުރިއަަށް ދާނެ ކަމަށް ބުނެލި އިރު އަރީޝާ ވިސްނަނީ ހަމަ އެކަނި އަމިއްލަ ފައިދާއަށް ކަން އެނގެއެވެ.

އާމިރު އޮފީހަށް ދިޔަގޮތަށް ސާރާއަށް ގުޅާ ވަރަށް އާރޖެންޓްކޮށް އައިސްދިނުމަށް އެދުނެވެ. ގާތްގަނޑަކަށް ތިރީހަކަށް މިނިޓް ތެރޭ ސާރާ އައެވެ. ސާރާ އެތަނަށް ވަތްއިރު ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. މާޔޫސްވެ ކަންތަށް ބޮޑުވެފައި އިން އާމިރު ފެނިފައި ސާރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އާމިރު އެއިން ހާލަތު ބަޔާންކޮއްދޭކަށް ސާރާއަކަށް ނޭނގުނެެވެ.

މަޑު ހިނގުމުގައި އައިސް އާމިރުގެ ކުރިމަތީ މަޑުކޮއްލިއެެވެ. އަދި ކިހިނެއްވީތޯ އަހާލިއެެވެ. އާމިރު ދަބަހެއް ހިފައިގެން އައިސް އެ ހުޅުވާލާ ސާރާއަށް ދައްކާލިއެެވެ. ފަސް ސަތޭކަ ނޫޓުން ބޮނޑި ބަނދެވިފައިވާ ނޫޓެވެ. ދަބަސް ފުރެންދެން އެ ނޫޓުތަކެވެ. އެ ރުފިޔާތަށް ދެއްކުމަށްފަހު ދަބަސް ސާރާ ކައިރީ ބެހެއްޓިއެެވެ. ސާރާ ހުރީ އާމިރުގެ މި އަމަލުން ނަގަންވީ މާނަ އެއް ނޭނގިފައެވެ.

“މި މި..” .. ސާރާއަށް ވާހަކަ ދެއްކޭ ވަރުވެސް ނުވިއެވެ. އާމިރު ސާރާގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
“ސާރާއާއި އަރުޝްގެ ގުޅުން އަހަރެންނަށް އެނގިފަ އޮތީ, އަރުޝްއަށް ކަމަކު އެ ކުރީ ގޯސްކަމެއް, އެހެންވީމަ، މީގަ މިިހިރަ ހުރިހާ ރުފިޔާއަކާއި ސާރާ ބޭނުން ތަނުން އަހަރެންގެ ގޯތިވެސް ދީފާނަން, އެކަމް ބަދަލެއްގެ ގޮތުގައި އަރުޝްއަށް މާފްކޮށް އަރުޝްއާ ގުޅޭ, އާދޭސް މި ކުރީ” އާމިރުގެ އެ ހުށައެޅުމުން ސާރާގެ ދެލޯ ބޮޑުވިއެވެ. ދަތްކުނޑި ވިކާލެވުނީ އައި ރުޅިންނެވެ.

“ކީކޭ, ތި ހީކުރީ އަހަރެން މީ ފައިސާއަށް އުޅޭ މީހެކޭތަ, އަދި ތިދޭ ފައިސާއިން އަހަރެން ވީ އަރުޝްއަށް މާފް ކުރަންތަ, އެ އޮއް ހުރިހާ ދުވަހު މިހިތުގަ އެޅި ވޭން ހަނދާން ނައްތާލަންތަ, ފައިސާއަށް ވިޔަސް އަހަރެން ތިކަމެއް ނުކުރާނަން” ސާރާގެ ޖުމްލައިން އާމިރު ހުރިތަނަށް ތިރިވިއެވެ. ސާރާ އާމިރުއަށް ބަލާލީ ހައިރާންވެހުރެއެވެ.

” ދެން މި ހުރިހާ ފައިސާއަކާއި ހުރިހާ މުދަލެއް މީ ކީއްކުރާ އެއްޗެއް, އަހަރެންގެ ދަރިފުޅު ވިހޭން ސުރެން މިއަދާ އަމައަށް ބޮޑުވަމުން އައީ މައިންބަފައިން ދުނިޔޭގަ ތިބެ އެމީހުންގެ ލޯބި ނުލިބި, އަހަރެން ހީކުރީ މުދަލާ ފައިސާ އަކީ ހުރިހާވެސް އެއްޗެއް ކަމަށް, އަހަރެންގެ އަރުޝް ލޯތްބަށް އެދި އެޅި ކަރުނަ މިހިތަކަށް މީގެ ކުރިން އިހްސާސް ނުވި, އެކަމް މިއަދު އެ ދަރިފުޅު އެދެނީ އެ ދަރިފުޅު ހިތާ ފުރާނައިން ލޯބިވި ސާރާ ހޯދާ ދިނުމަށް,އަހަރެންގެ އަތުގައި ހުރި ފައިސާއަކުން މުދަލަކުން އެ ލޯބި ހޯދާ ނުދެވުން” އާމިރު ގިސްލާ ރޮމުންދިޔައީ އާމިރުއަށް ކުރަމުންދާ އަސަރެއްގެ ބޮޑުކަމުންނެވެ. ސާރާ އާމިރުގެ ވާހަކަ ގަބޫލު ނުކުރެވިފައި ހުރީއެވެ. އޭރު ސާރާގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ އާމިރުއަށް ވަމުންދާ ގޮތް ފެނިފައެވެ.

” އަހަރެންގެ އަތުގައި ހުރިހާވެސް އެއްޗެއް ކަމަށް ދެކުނު ފައިސާއިން އެ ލޯބި ހޯދާ ނުދެވުން, އެ ދަރިފުޅު ކުރާ ހިތާމަ ދެކޭކަށް މިހިތަކަށް ދެނެއް ކެތެއް ނުވާނެ ސާރާ, އަހަރެންގެ އަރުޝް ވެއްޓެމުން އެދާ އަނދަވަޅުން ސަލާމަތް ކޮއްދީ, އަހަރެން ސަލާންޖަހަން, މީހުން ސަލާޖަހަނީ ހަމައެކަނި ފައިސާއަކަށް ނޫން, އަހަރެން އެ ދަރިފުޅުގެ އުފަލަށް މި ސަލާންޖަހަނީ” އާމިރު ސާރާގެ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ ދެ އަތް ޖޯޑުކޮއް ކިޔަމުން ދިޔައެވެ. އާމިރުގެ ކޮންމެ ޖުމްލައަކުން ސާރާގެ ހިތް ކަފަމުން ދިޔައެވެ. ދުވަހަކުވެސް މީހަކު މިވަރަށް އާދޭސްކުރާތަނެއް ސާރާއެއް ނުދެކެވެ. ސާރާގެ ދެލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ.

” އަހަރެން މިއިން އެއްވެސް މުދަލެއް ބޭނުމެއް ނޫން, ފައިސާއެއްވެސް ބޭނުމެއްނޫން, ހަމައެކަނި އެ ދަރިފުޅުގެ އުފާ ބޭނުމީ, އަރީޝާ އެ އުޅެނީ ހައިފާޔާ އަރުޝް ދެވަންވެގެން, ހަފީޒާ ބޭނުންވަނީ މި މުދާ, އަނެއްކާ ހައިފާ އެއިނީ އެހެންމީހެއްގެ ދަރިއަކަށް ބަލިވެ” އާމިރުގެ އެ ޖުމްލައިން ސާރާއަށް ހީވީ ސާރާގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހިހެންނެވެ. ކީކޭހޭ އަހާލެވުނީ ހައިރާންވެ ހުރެއެވެ.

” އާނ، އަހަރެން އެކްސިޑެންޓް ވީ ދުވަހު ބޭސް އަޅައިގެން ނިކުތްތަނުން ހައިފާ ފިރިހެން ސޮރަކާ އެކީ އަންހެނުންގެ ޑޮކްޓަރަކަށް ދައްކަން ވަނީ, އަދި ނުކުމެ ކީ އެ ދަރި ވައްޓާލާ ވާހަކަ, އެކަން ނުވިއްޔާ އަހަރެންގެ އަރުޝްގެ ބޮލުގައި އަޅުވާ ވާހަކަ” އާމިރު މިހެންބުނެ އިތުރަށް ރޮއެގަތެވެ. ސާރާއަށް އަނގަމަތީ އަތް އަޅާލެވުނީ ގަބޫލް ނުކުރެވިގެންނެވެ. އާމިރު އެ ހުރި ގޮތަށް ހުރީއެެވެ.

އިރުކޮޅެއް ނުވެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ހައިލަމް ދިން ހަބަރުން އާމިރުއަށް ހީވީ އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. ސާރާއަށް ނޫނެކޭ ކިޔައި ހަޅޭލަވައިގަނެވުނެވެ. އާމިރު މަގޭ ދަރިއޭ ކިޔާ ދުއްވައިގަތެވެ. ސާރާވެސް އާމިރުގެ ފަހަތުން އަރުޝްއަށް ގޮވަމުން ރޮމުން ދުއްވައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ބިސްބޮނޑިބަތް

Next

އިމްތިޙާން (ފަހުބައި)

Next
December 18, 2018

އިމްތިޙާން (ފަހުބައި)

Previews
December 17, 2018

ބިސްބޮނޑިބަތް

48 Comments!

  1. ??? says:
    December 18, 2018 at 7:13 am

    Haadha kurey mibaiii

  2. Sh@_n@ says:
    December 18, 2018 at 7:16 am

    Hii dear readers. I am sry last past ge baeh comments thakah reply nukurevunyma, and up kuran fonuvuleh lass v ma. Actually I am not feeling well. Ehnve mi part lass v. Adhi dhigu vess nukurevuny. Uhmeedhu kuran understand vaane kamah. And adhivess bunelan beynun up kuran fonuvumah fahu shana ge ehvess baareh ekamuga noan naaney, readers ekey egothah shana vess irukolhakaa check kuran up vey thw. Kudhin maayoos vaane varu hithah araafa shana vess maayoos vey, ekm kykuraany, thiyaiga thereyn kuhjaku liyan fesheema enegeynee mikamuga kanthah hun na goiii, any ways story kamudhaane kamah uhmeedhu kuran

  3. Sis says:
    December 18, 2018 at 7:18 am

    Omg Omg Sara dhn oh part akun arush ah forgive kuraane dhw. ? but nimmaalamun keeh thi kuri? Arush ah kihineh v? Accident v tha? ?? pls save him.. ? Mi story varah reethi ingey… ?? #IN WAITING ❤️❤️❤️

    1. Sh@_n@ says:
      December 18, 2018 at 8:03 am

      Thank you sis, keep waiting Dhen vaa goii balan?❤?

  4. Xuam says:
    December 18, 2018 at 7:47 am

    Wow… Mi part vas varah furihama… Get well soon shanaa….

    1. Sh@_n@ says:
      December 18, 2018 at 8:04 am

      Thank you so much xuam. ?❤?❤❤?

  5. Reader? says:
    December 18, 2018 at 8:14 am

    Masha allah mi prt vx varah reethi..
    ❤❤❤

    1. Sh@_n@ says:
      December 18, 2018 at 11:10 am

      Thank you so much reader??❤❤

  6. kookie says:
    December 18, 2018 at 9:02 am

    omg omg mi part vx haadha reehchey. alhe arush ah khneii tha e v..?? accident v tha..?? next part kn irakun up kurany? kiyaahithun nuvx hurevey

    1. Sh@_n@ says:
      December 18, 2018 at 11:11 am

      Thanx kookie.

  7. Niha says:
    December 18, 2018 at 9:07 am

    Its okay shaana.. understand vey shaana thibunaa vaahaka.. its okay.. get well soon inge.. beys kahchey.. anyway story v v v v rythi.. arush ah dhen saara maaf kuraane gotheh hadhaabala.. eyrah varah salhivaane.. dhn e haifa ves bust kohlabala.. next part shaana ah v emme avahah up kohdheyne kamah ummeedhu kuran.. maa bodah baliyyaa ehaa bodah pressure nukurahche inge.. we can understand. . Take good care of yourself. . ?❤❤

    1. Sh@_n@ says:
      December 18, 2018 at 11:15 am

      Thank you soso much dear, understand v ma vvvv ufaavehje. Insha Allah avahah genes dheynan. Keep waiting dear?❤??❤

  8. shaashaa says:
    December 18, 2018 at 10:53 am

    mi part vex v.reethi vaahak nimeyiru kunnu genes adhi vaahaka nimaairu v. reethivaane saaraa n arush gulhifa dhen haifaage huriha kameh falhaa aruvaalan areeshaa ah hagegaii kiyaidhinun but mi part vex reethi ekam v.kuru but okk mivaru

  9. Shaa shaa says:
    December 18, 2018 at 10:59 am

    Mipart maa kuree but v.reethi adhi v.reethivees nimmiiru kunnu genes ekam nimmaairu shaaraa arush gulhi areeshaa ah haifaage hurihaa kameh falhaa araafa hageegai ingi arushge life ah saara genes nimmaalinama v
    .reethivaanekudakoh dhigukohlahchey .v.reethi mivaahaka asluvex alun fashaigen kiyaalaahihvany ehaavex reethi

  10. Niz nizu says:
    December 18, 2018 at 4:17 pm

    Alhey …. arush ah kihineh vy…. plx avahah up kohdhehchey… cant wait…

    1. Sh@_n@ says:
      December 18, 2018 at 6:02 pm

      Next part ah inthizaaru kohlaa dear??❤

  11. Maya says:
    December 18, 2018 at 4:44 pm

    Alhey enme fahun kihineih thi hedhy????????alhe arush ah kihineih baa vi ??? Accident vi
    Thr??? Um so curious ???????????????????Gws shana sis ?maabodah balihyaa u can take ur time…maa bodah pressure nukurahchey eyrun maa bodah balivedhaane ehnu dhw☺️☺️☺️☺️☺️❤️Bt as usual mi part vs hama???????????????sis rangalhu vyhaa avahakah up kohdhehchey waiting eagerly ??????❤️❤️???☺️☺️???❤️❤️❤️❤️❤️

    1. Sh@_n@ says:
      December 18, 2018 at 6:06 pm

      Thank you so much Maya. And also thi kudhin ehaa shana ah visnaathy vvvv ufaavey, next part gina dhuvaheh nukuraanan dear. Gavaaidhun shana ge mi story kiyaa, adhi comment kuraathy vvv ufaavey

  12. RaI❤ says:
    December 19, 2018 at 1:31 am

    Wow..alhey plxx arush ah dhera gotheh nuhadhahchey..arush aa saaraa gulhuvaadheeba..nd nxt prt varah avahah up kohdhehchey..

    1. Sh@_n@ says:
      December 19, 2018 at 10:28 am

      Yaa. Insha Allah

  13. Naju says:
    December 19, 2018 at 2:14 pm

    Masha Allah vvvvv furihama mi story… I just love it ???

  14. Ibilees says:
    December 20, 2018 at 1:25 am

    Aslu thedhah bunanyaa mi story ge ibaaraaiykurun ehvx reehcheh noon.. Kudakujjakahvx ingeyne miahvure reethikoh kiyan.. Mi kiyan fashaafavx hutaalaafin.. Ekam dhn mi part ah mi comment kolly writer ekan improve kureythw.. Bunelun ei massalaeh noonennu dhw.. Best of luck for ur toy story.. ????

    1. Leesha says:
      December 20, 2018 at 11:45 am

      Eii ge maaana akee Ibilees mi story ge konmme part eh kiya ey..but comment nukuranee kuraahih nuvathee or story ehen stories ah vure hadi hen Ibilees ah heevaathi..best of luck to read shana’s toy story

    2. Sh@_n@ says:
      December 21, 2018 at 7:33 am

      Thank you so much ibilees. Shana ah ves aslu neygey story liyaakah. Ekm try kurevey thw liyanee.

  15. Anonymous says:
    December 20, 2018 at 6:00 pm

    Shana dear ❤❤❤..when is next…. cant wait eyy❤❤❤??

    1. RaI❤ says:
      December 21, 2018 at 12:11 am

      E bunaahn .rai vx mihaaru keih nukurevey varu vehjje.

    2. Sh@_n@ says:
      December 21, 2018 at 7:34 am

      Dear mihaaru upp kohfin. Sry reply lasvi kamah takaa

  16. Ibilees says:
    December 21, 2018 at 1:26 am

    Sorry Shana.. Ibilees ah varah undhagoo hajam kuran. So hurihaa kudhinnah bunelan aslu mi story ah real comment kurani vrh madhu baeh. Eves Shana kiyaagen eynage eynage frndx lavvaa gadhakamun thaureef kuruvany. Dhn anehbai comments ei Shana amillayah ehn meehunge name ga koffa hunna comment. Writer ahvx logout v ma ehn names ga comment kureveyne. Ibilees v ma ingunee.. Sorry shaanoobaby.. Love ur booooobxx??

    1. Sh@_n@ says:
      December 21, 2018 at 7:45 am

      Thihen Bunyma bunelan. Shana story liyany ekakah vess naangaa, shana ge rahtehin nah vess neygeyne. Ehme Kudaminun gey meehun nah vess neygeyne. Thi bunaa gothah aadheys kohgen comment kuruvumaky shana kuraane kameh nun, shaah foohi filuvan kuraa kameh mee. So gadhakamun meehaku lahvaa nuny amihla ah comment kuran jehey ehvess sababeh neii. V bodah edhen dhogu hadhaigen thigothah comment nukurun. Ibilees ah mi story kamu nudhanyaa nukiyaa, thikahala dhogu vaahaka nudhahkaa

  17. Sh@_n@ says:
    December 21, 2018 at 7:50 am

    Dear readers mihaaru in naane next part upp kuran fonuvaafa. . Shana akah neygey up vaany kon iraku kameh bunaakah, uhmeedhu kurany avahah kiyaalan libeyne kamah

  18. Haii says:
    December 21, 2018 at 8:18 am

    Ibilees nukiyanyaa hurebala midheythere ah nuvadhe Aharumen kiyamey gavaidhun meekee Shana ge friend ehves noon…Shana eii kaaku kameh ves neyge?……vvvvvv nice story eh mee❤❤❤❤❤

  19. Nuxu says:
    December 21, 2018 at 12:33 pm

    V salhi story v kiyaa hithun kiyany

    1. Sh@_n@ says:
      December 21, 2018 at 4:24 pm

      Thanx nuxu❤❤???

  20. Niha says:
    December 21, 2018 at 12:57 pm

    Shaana.. myhun dhahkaa dhogu vaahaka ah alhaalaane kameh neih.. myhun kiyaa ehchissah ves alhaalaane kameh neih… and ibilees ah bunelan othy neyngey vaahaka nudhahkaashey. . Emmen ehvareh nuvaaneyey.. shaana ah liyevey emme ryhchakah story eba liye ennu.. i love this story.. and shaana dheranuvahche. . Allah vany thedhuverinnaa eku.. kehtherinnaa eku.. niha ah varah varah rythi mi story.. i know shaana dhogu nuhadhaanekan.. so trust allah and alhaanulaa ekahala kankamaa inge..?❤❤❤

  21. RaI❤ says:
    December 21, 2018 at 1:23 pm

    Kon irakun tha up vaaany…

    1. Sh@_n@ says:
      December 21, 2018 at 4:27 pm

      I don’t know raii. Shana ah vess irukolhakaa beley

  22. Hii says:
    December 21, 2018 at 7:05 pm

    Alhey Kon irakun tha upp vaany iru koakolhaa beley

  23. RaI❤ says:
    December 21, 2018 at 7:18 pm

    Alhey cant wait..

  24. Noor says:
    December 21, 2018 at 8:09 pm

    Mivaahaka liyanee kaakukameh nuves ingey noor mivaahayah comment kuranee asluves mivaahaka reethi veema kiyaa hihvaathee meehaku kiyaahaa ehchakah alhaanulaa keep it up shana

  25. ???? says:
    December 22, 2018 at 1:56 am

    Alhe mi website meehun hama ekani shaana ge vaahaka tha up nukurany.dhen alhe shaana ge vaahaka ahves baivaru meehun inthixaaaru kureyey.dhen keehvetha avahah up nukurany.mikan mi website meehunnah nuvanyaa ehen bayakaa havaalu kuran vehje ehnu ?

  26. Xam says:
    December 22, 2018 at 6:56 am

    Ibilees e bunee ibilees kan kuraa goathuge vaahaka hen boadhah heevanee ekan iblees ves jeheyne dhw hajam kuran dhaskuran ekan mi vaahaka hama varah shali habys shana

  27. Niz nizu says:
    December 22, 2018 at 10:01 am

    Dear ibilees gaimu ves ahannaky shana dhanna ves myheh nun… aslu thi vy gothaky shana ge story reethi vyma ibilees ah rangalhah ves hajam nukure vuny.. thigothah myhunnaa dhimaalah thi gothah ehchehi kiumaky vv hadi kameh…. vaahaka hadi vyma nukyma vyeh nun… thihaa vaahaha liyan molhihyaa liye bala… aharumen vaahaka nuliyany liyan neygey thy… ekamaku vaahakaage ibaarai kurumaa ehchehi hadihyaamun aharunnah ves ingeyne….shana don’t worry keep writting… yuh are the one of best writer…

  28. Naira says:
    December 22, 2018 at 12:54 pm

    Shana..alhe mihaaru one day vejje.. Adhives story up nuveyy.. Esfiya team in nikan shana ge story ip kojdheeba heyo nuvaane.. Ma ves mihaaru rulhi annan fashaafi esfiya team dheke..boahalaaku..shana contect kohba esfiya team ah..plees shanaa

  29. penguin ? says:
    December 22, 2018 at 2:04 pm

    alheyy koba tha? sooo curiously waiting….. mi stry hama habeys! shana resend kollan vee ennu?

  30. Sh@_n@ says:
    December 22, 2018 at 2:14 pm

    Aslu vess haadha lasvehjey irukolhakaa beley??, lasvegen resend vess kohlaafa in naanee, thi kudhinge loabi loabi comments thah kiyaalaa hithun hureveny eh vess nun

  31. Niz nizu says:
    December 22, 2018 at 2:54 pm

    Alhugadu ves admin ah gulhaa ves laafin las vaathy… admin ge frnd akah call dhiya ee he told me admin ve raaje in beyruga yow…

  32. Noor says:
    December 22, 2018 at 3:19 pm

    Mi vaahaka mikiyanee kaakukameh noor akah nuves ingey ekamaku mivaahayakee kiyaalah faseyha dhivehi vantha gothehves huri vaahakaeh ehenve mivaahaka kiyanee hama kiyaahithun adhi up nuve lasvaathee varah inthizaaru kurevey nice story keep it up Shana & waiting for the next part

  33. Dhonbe says:
    December 22, 2018 at 4:44 pm

    Kon dhuvahakubaa ehen part eh up kuraany. HAADHA LAHEY

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 41←


All Right Reserved!