އިރުކޮޅެއް ނުވެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ހައިލަމް ދިން ހަބަރުން އާމިރުއަށް ހީވީ އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. ސާރާއަށް ނޫނެކޭ ކިޔައި ހަޅޭލަވައިގަނެވުނެވެ. އާމިރު މަގޭ ދަރިއޭ ކިޔާ ދުއްވައިގަތެވެ. ސާރާވެސް އާމިރުގެ ފަހަތުން އަރުޝްއަށް ގޮވަމުން ރޮމުން ދުއްވައިގަތެވެ. ސާރާ އަރުޝްދެކެ ވާ ލޯބި މިކަމުންވެސް ދޭހަވެއެވެ. ސާރާ އަދި އާމިރު ހޮސްޕިޓަލަށް ދިޔައިރު އަރުޝްވަނީ އެމަރޖެންސީ ރޫމަށް ވައްދާފައެވެ. އާމިރު އިރުކޮޅަކާ އަރީޝާއަށް ގުޅައެވެ. ފޯނު ވެއިޓިންގަ ހުރުމުން ކޮންމެ ފަހަރަކުވެސް […]
ހަވީރުގެ ހިތްގައިމުވަގުތެވެ. ދުވަހުގެ ބުރަމަސައްކަތްތައް ނިންމާލުމަށް ފަހު ގިނަ ބަޔަކު ހިތް އުފާ ކޮށްލުމަށްޓަކައި އަންނަނީ ރަށުގެ އަތިރިމައްޗަށެވެ. ކުދިވެރިން ތިބީ ދޮންވެލިގަނޑުގައި ކުޅޭށެވެ. އެކުދީންގެ ސަކަރާތް ޖެހުމާއި ހުނުމުގެ އަޑު މާދުރަށްވެސް އިވެއެވެ. ދުވަސްވީ ބައެއްމީހުން އޮށޯވެލައިގެން، އަނެއްބަޔަކު އިށީދެލައިގެން ތިބީ ހޮޅުއަށީގައެވެ. އެމީހުންތިބީ އެމީހުންގެ ވާހަކަތަކުގައެވެ. ނިޝްޔާއާއި އޭނާގެ އެކުވެރިން ތިބީ އެހެން އެންމެނާއި ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުގައި އިށީދެލައިގެންނެވެ. ” ކިޔަވާވެސް ނިމުނީދޯ. ރަށުންވެސް އިތުރަށް ކިޔެވޭނެ ނަމަ. ދެން ދާން ޖެހޭނީ […]
ޕާޓީ ނިމުނުއިރު އެންމެންވެސް ތިބީ ނުހަނު ވަރުބަލިވެފައެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ގެއަށް ގޮސް ތާޒާވެލައިގެން އަވަހަށް ނިދާލުމަށެވެ. މިންހާވެސް ގެއަށް ވަދެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހާ ތަޅުލުމަށްފަހު ޓްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓި ހުރެ ޝޯލްގައި ޖަހާފައިވި ޕިންތައް ނަގަން ފެށިއެވެ. މަޑުމަޑުން ފަހަރަކު ޕިނެއް ނަގަމުން ދިޔަ މިންހާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އޭނަގެ ޚިޔާލުގައިވީ މިރޭ އަލޫފް އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. އެހަނދާންތައް އާވަމުން ދިޔައިރު […]
“ހެހެހެ….އޭރުން މިރްޒާނަށްވުރެ ވެސް ބޮޑަށް މަންމަ ދަރިފުޅުދެކެ ލޯބިވާނެ. ސުބްޙާނަ ﷲ! މިއީ ޙަޤީޤީ ލޯތްބަކީ. މިއީ ޙަޤީޤީ ނަފްރަތަކީ. އެއީ ދެއިރުގެ ދެދަޅައަށް ބަދަލުވާ މީހުންގެ ސަބަބުން ބަދަލުވާ ކަންތައްތަކެއްނޫން. އެއީ ޙައްޤާއި ބާޠިލަށް ބުރަވެ އެގޮތުގައި ދެމިހުންނަ ކަންތައް.” ހާފިޒާ ބުނެލިއެވެ. އެ ބަސްތަކާއި އެއްބަސްވުމުން ގޮތުން އަމްނާއާއި މިރްޒާން އެކުއެކީގައި ބޯޖަހާލިއެވެ. ހަމަ އެހިނދު ލަތީފްވެސް އެ ދެމީހުންނަށް އަލްވަދާޢު ކިޔުމަށްޓަކައި އެތަނަށް އައެވެ. ލަތީފް އައިތާ މާ ގިނައިރެއްނުވެ ބޭރުގައި އޮތް […]
ހެނދުނު ހޭލެވުނީ ހަނާ އަށް މަންމަ ގޮވާލި އަޑަށެވެ. އަދި ހަނާ އެންމެ ފުރަތަމަ ލޯ ހިންގާލީ ގަޑިއަށެވެ. ސިހިފައި ބުންޏެވެ. “މަންމާ އަޅެ އެ އޮތް ގަޑި ޖެހުނީ އެއްނު. މަންމަ އަށް ވެސް މިއަދު ނުހޭލެވުނީތަ؟” މަންމަ ލޯތްބާއެކު ހަނާ މޫނަށް ބަލާލުމަށްފަހު ބުންޏެވެ. “ދަރިފުޅަށް ރޭގަ އަނެއްކާ ވެސް އެއްކަލަ ކަންތައް ދިމާވީ، އެހެންވެ މަންމަ ނިދަން ބޭއްވީ އޭ ދަރިފުޅު” މަންމަ އެ ކިޔާ އެއްޗެއް ވަރަށް ރަނގަޅަށް ހަނާ އަށް […]
***އެއްހަފްތާފަސް*** ފޯނު ރިންގުން އަރިޔާގެ ނިދި ހަލާކުވިއެވެ. ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ފޯނަށް ނަޒަރު ހިންގާލިއެވެ. ނުދަންނަ ނަމްބަރަކުން ގުޅާތީ އަރިޔާ އަޅާނުލާ ނިދަން އޮށޯތިއެވެ. ފަސްވަރަކަށް ސިކުންތަށް ދިގުދެމިގެން ދިޔަ ފޯނު ރިންގް ހަމަހިމޭންވިއެވެ. ދެން އައީ މެސެޖްއެކެވެ. އަރިޔާ ފަރުވާ ކުޑަގޮތަކަށް މެސެޖްކިޔަމުން އޭނާ ހުއްޓުން އެރީ އޭނާގެ އުފަންބައްޕަގެ ނަން ލިޔެފައި އޮތުމުންނެވެ. އަރިޔާ ވަގުތުބޭކާރުކުރުމެއްނެތި އެނަމްބަރަށް ގުޅާލިއެވެ. އެކޮޅުން ފޯނުނެގުމާއެކު އަރިޔާ އެއީ ކާކުތޯ އެހިއެވެ.ޖަވާބުދިނުމުގެ ބަދަލުގައި ކުރި ސުވާލެކެވެ.” ތީ އާހިލް އާއި ރައިހާނާގެ ދަރިފުޅުތަ؟” އަރިޔާއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. “ބިރު ނުގަނޭ…މި އައިންތުދައްތައޭ.. އަރިޔާކައިރީ މަސައްކަތްކުރަން އުޅުނީމެއްނު ދައްތައެއް” އައިންތު އަރިޔާ ބިރުގަނެފައި ހުރިކަން އެނގުނެވެ. “އައިންތަ؟؟؟؟….ދައްތައަށް ކިހިނެއް އަޅުގަނޑުގެ ނަމްބަރު ލިބުނީ؟؟… މަން…”އަރިޔާ ލޮލުން ރޮވުނެވެ.” ޝްޝް…. ދައްތައަށް އެނގޭ ވީ ގޮތް…ދައްތަމިއުޅެނީ ފިލައިގެން… ދައްތައަށް އެނގޭ އެރޭ ވީގޮތް… އެކަމް ދައްތަބޭނުންވޭ ކޮއްކޮ މާލެއަށް އަންނަން…އޭރުން ކިޔާދެވޭނެ ވީގޮތް” އަރިޔާއަށް ވިސްނުނެވެ.” ލައްބަ…އަޅުގަނޑު ބަލާނަން ވީހާވެސް އަވަހަކަށް މާލެދެވޭތޯ” އަރިޔާ އެހެންބުނުމަށްފަހު ފޯނުބޭއްވިއެވެ. ބާލީހުގައި ލެގިލަމުން އަރިޔާ ފުންނޭވާއެއް ދޫކޮއްލިއެވެ. ނިދިވަނީ އޭނަގެ ލޮލުކުރިމަތިން ގެއްލިފައެވެ. އޭނާގެ ސިކުނޑި ފުރިފައިވަނީ މާޒީންއެވެ. އެއި މީގެ ބާރައަހަރު ކުރިންނެވެ. *********** “ދޮންތީ…ކީއްވެ ރޭގަނޑުގަޑީގައި ޕާކަށްދާން؟” މައުސޫމް ގޮތަކަށް އުމުރުން 8އަހަރުގެ އަރިޔާ އޭނާގެ ދޮންދައްތަ އަލްވާގާތު އަހާލިއެވެ. “ދޫނީ…. ދުނިއެއްނޫންތަ ދޮންތިގާތު ބުނީ ޕާކަށް ދާންހިނގާށޭ މިއަދު ހަވީރު….” ކޮލުގައި ހިފާލަމުން އަލްވާ ލޯބިން ބުނެލިއެވެ.”އެކަމަކު…ދޮންތީ..ކޮއްކޮއަކަށް ނުކެރޭނެ ބައްޕިއާއި ނުލާދާކަށް… ބައްޕީ”އަރިޔާ އަލްވާ ގާތުނުހުރެ ދުއްވާގަތުނީ އާހިލްގެ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ކޮޓަރިއާ ހަމައަށް ދިޔުމުގެ ކުރިން މިހާކު އޭނާގެ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އަރިޔާ ގަދަ ދައްކަމުން ދިޔައެވެ. “އަރިޔާ…. ދޮންތިއާއި އެކު ދާން ބޭނުންތަ ޕާކަށް؟؟” ނުލަފާގޮތަކަށް ހިނިތުންވެލަމުން އަލްވާ އަރިޔާއަށް ބަލާލިއެވެ. “މިއަދު ދޮންތި ޕާކަށްވުރެ ރީތި ތަނަކަށް ގެންދާނަން” “ކާރާއި ދިމާލަށް” އަލްވާގެ އަޑަށް އެމީހަ އަރިޔާގޮވައިގެން ކާރަށް އެރިއެވެ. އެމީހާއެކު އަލްވާވެސް ކާރަށް އެރިއެވެ. އަލްވާ ފޯނުނަގައި ގުޅާލީ އޭނާގެ މަންމަ އަމީރާއަށެވެ..”މަންމާ… މަންމަ ބުނިގޮތަށް މިކަންކުރަނީ…..ލައްބަ” ޝައުޤުވެރިކަމެއްނެތި އަރިޔާއަށް ބަލާލިއެވެ. “ދޭ….” ކާރު ދުއްވަން އިންމީހާއަށް އަމުރުވެރި ރާގަކަށް ބުނެލިއެވެ. އޭރުވެސް އަރިޔާ ގަދަ ދައްކަމުން ދިޔައެވެ. ނާކަމިޔާބުވުމުން އަރިޔާއަށް ރޮވެން ފެށުނެވެ. ކުއްލިއަކަށް ކާރު ބްރެކިޖެއްސުމާއެކު އަރިޔާ ހިފަހައްޓާގެން ހުރި މީހާގެއަތުން އަރިޔާ ދޫވިއެވެ. ފުރުސަތުގެ ބޭނުންހިފާ އަރިޔާ ކާރުން ފޭބިއެވެ. “ކޮއްކޮ…” އަންހެނެއްގެ އަޑަށް އަރިޔާ ބަލާލިއެވެ. އަރިޔާއަށް އެކާކުކަން ނޭނގުނަސް މިއަދު އޭނާސަލާމަތްވީ އެމީހާގެ ސަބަބުންކަން އެ ޅަސިކުނޑިއަށް ނަގާގަނެވުނެވެ. “ދައްތާ… ” އެ އަންހެނާގެ އަތުގައި ހިފާލުމަށްފަހު އަރިޔާ ދުއްވާގަތުނެވެ. އަރިޔާމެން ފަޅުގެއަކަށް ފިލަން ވަދުނެވެ.”ދައްތާ…ޝުކުރިއްޔާ” “ކަމަނާ…ކީއްވެތިހެން ތިބުނީ؟” އެމީހާ އޯގާތެރިކަމާއެކު އަރިޔާ ބޮލުގައި ފިރުމާލިއެވެ.” އެމިީހުން އުޅުނީ އަޅުގަނޑު މަރާލަން… ދައްތަ ކާރު ކުރިމައްޗަށް ނޭރިނަމަ….” އަރިޔާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން އަރިޔާ އަޒުރާ ގައިގައި ބައްދާލިއެވެ.”ދެން ކޮބާ ކަމަނަ މަންމަ؟” އަޒުރާ އަރިޔާ ގާތު ސުވާލުކުރިއެވެ.” އަޅުގަނޑުގެ މަންމަވީ ނިޔާވެފައި އަޅުގަނޑު ވިހެއުމުގެ ތެރޭ” އަރިޔާ ނޭފަތް ދަމާލަމުން ބުނެލިއެވެ.’ ދައްތައަށް ކިޔަނީ އަޒުރާ..ކަމަނައަށް ކިޔަނީ ކޮންނަމެއް؟” އަރިޔާ ބޮލުގައި ފިރުމާލިއެވެ. “އަޅުގަނޑަށް ކިޔަނީ މަރިޔަމް އަރިޔާ އާހިލް” އަރިޔާބުންޏެވެ. *********** ދެފަރާތަށް ބޯހޫރާލުމަށްފަހު އަރިޔާ ނިދަންއުޅުނެވެ. ނަމަވެސް ނިދިވަނީ ގެއްލިފައެވެ. އަރިޔާ ތެދުވެ ބަދިގެއަށް ދިޔައީ ކުރާނެކަމެއްނެތިއެވެ. ކޮފީތަށްޓެއްހެދުމަށްފަހު ކޮފީތަށި ހިފައިގެން ސިޓިންރޫމްއަށް ނުކުތެވެ. އޭނާ ހުއްޓުނީ ލެޕްހިފައިގެން ސޯފާގައި އިން އީތާން ފެނިފައެވެ. “ކީއްތިކުރަނީ؟” އަރިޔާ އީތާންގެ ކުރިމައްޗަށްވާގޮތަށް ހުރި ސޯފާގައި އިށީނދިއެވެ. “ވޯކް…” އިތާން އަރިޔާ އަށް ބަލާލުމަށްފަހު އޭނާގެ ނަޒަރު ލެޕަށް ހިންގަާލިއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހުލެޕް ބޭއްވިއެވެ.” އަރިޔާ ޖޮބެއްގަ އުޅެންތަ؟” އީތާން އަރިޔާގާތު އަހާލިއެވެ. އީތާން ކުރި ސުވާލުން އަރިޔާއަށް ތުންފަތުގައި ދަތްއެޅުނެވެ.”ނޯޕް” އަރިޔާ އިނގިލިތަކާއި ކުޅެލަމުން ޖަވާބުދިނެވެ. “ފްރޮމް ޓޮޑޭ އޮންވާޑްސް ޔޫ އާރ މައި ޕާރސަނަލް އެސިސްޓެންޓް” އީތާން ހީލަމުން ކުރިމަތީގައި ހުރި އަރިޔާއަށް ބަލާލިއެވެ.”ވަޓް؟” އަރިޔާއަށް ފުންމައިގެން ތެދުވިއެވެ.”އެކަމަކު…. އެކަމަކު…” އަރިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މާދަން ނޫން އަނެއްދުވަހު މާލެ ފުރަން މިއުޅެނީ…ބީ ރެޓީ” އީތާން އަރިޔާ އަތުން ކޮފީތަށި އަތުލުމަށްފަހު ތަށި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގާގަތުނެވެ.”މާދަން ޖޮބް އަށް ނުކުންނާތި… ހެނދުނު ސާރވް މީ ކޮފީ” އީތާން ކޮޓަރިން ބޯ ދިއްކޮށްލުމަށްފަހު ބުނެލިއެވެ. “ދެޓް އިޑިއޮޓް…އާހް” އަރިޔާ ގާތަށް ރުޅިއައެވެ.” އޭތް ކޮބާ މަގޭ ކޮފީތަށި؟” އަތުގައި އޮތް ކޮފީތަށި ވީނުވިއެއްނޭނގި ގެއްލުމުން އަރިޔާ ކޮފީތަށި ހޯދަން އުޅުނެވެ. “އޭނާ…” އަރިޔާގެ ކޮފީތަށި ގެންދިޔަކަން އެނގުމުން ދެއަތުން ބޮލުގައި ހިފަހާއްޓާލެވުނެވެ. އިތުރަށް އެއްވެސް ސިކުންތެއް ބޭކާރުކުރުމެއްނެތި އަރިޔާކޮޓަރިއަށް ވަދުނެވެ ******** ފޯނު ރިންގުވާތީ އަރިޔާ ކަންނެތްގޮތަކަށް ފޯނުނަގާ ހަލޯއޭބުނެލިއެވެ.”އަރިޔާ އިޒް ދިސް ވަޓްޔޫ ޑޫ އޮން ޔުއާރ ފަސްޓް ޑޭ އޮފް ޔުއާރ ވޯކް؟” އީތާންގެ އަޑުން އަރިޔާގެ ކަންނެތްކަން އެކީ އެއްފަހަރާ ފިލައިގެންދިޔައެވެ.”ކޮފީ މިހާރު” އަރިޔާއަށް ވާހަކަދައްކަން ފުރުސަތުނުދީ އީތާން ފޯނު ބޭއްވިއެވެ. އަރިޔާއަށް ހުރެވުނީ އަނގަ ހުޅުވާގެން އަނގަލައްޕަން ނޭނގިފައެވެ.
އަޝްރާ އަންނަން ދެން އެތަނުގައި މަޑުކުރާނީއޭ ހިތައި ހިނގައިގަތް މިންހާގެ އަނގަ މަތީގައި ފަހަތުން މީހަކު އައިސް އަތް އަޅާ އޭނަގެ އަތުގައި ހިފާލަމުން އެތަނުގައި ހަދަން ފަށާފައި ހުރި ގުދަނެއްގެ ތެރެއަށް ލިއެވެ. އޭރު މިންހާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދެއެވެ. ގަންފައިވައި ބިރެއްގެ ސަބަބުން މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަލާމަތްވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނަ ހިފަހައްޓާއިގެން ހުރި މީހާ އެއަށްވުރެ ވަރުގަދަވެފައި މާ ހުޝިޔާރެވެ. އެމީހަކު ފަނޑު އަލިކަމެއް […]
މި ވާހަކަ މިހާރު ވާނީ ”ސަން އޮންލައިިން”ގައި ޝާޢިއު ކުރެވިފައެވެ. މުތާގެ އެހެނިހެން ވާހަކަތަކަށް ލިބުނު ފަދަ ތަރުހީބެއް ”އިންދިރާސް”އަށް ވެސް ލިބިގެން ދާނެ ކަމަށް އުއްމީދުކުރަމެވެ. ވާހަކައަށް ކިޔުންތެރިންގެ ޚިޔާލުތައް ލިބޭނެކަމަށް އުއްމީދުކުރަމެވެ.
“ލޯތްބޭ !!! ޝަޓް ޔޯ ފިލްތީ މައުތް..ޖަސްޓް ޝަޓް އިޓް…އަހަންނަށް ނޭންގި އަހަރެންގެ އިތްފަތްތެރިކަން ފޭރިގަންފަ ތި ބުނަނީ އަހަރެން ދެކެ ލޯބިވެޔޭތަ..!!!!” ޒިން ގެ ދުލުން ލޯބިވެޔޭ ބުނި އަޑު އިވި ރުޅިއައިސް އީން ގެ މޫނު ރަތްވިއެވެ. ވަކިވަކިން ލަފްޒުތަކަށް ބާރުލަމުން އީން ބުނެލި އެ ޖުމްލަ އަލްޔާން ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފާގައެވެ. އެ ހިނދުކޮޅުތެރޭ ނޭވާ ލާން ވެސް އަލްޔާން ހަނދާންނެތްފަދައެވެ. މުޅިގައިން ހީބިހަނަގާ ހިތްފިނިވެ ދެފައިން ވާގިދުވާ […]