އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ […]
“ވަދޭ….” ދޮރުގައި ތެޅިއަޑަށް އީތާން ކައިރީގައި އޮތް ޓެބްލެޓް އަތަށް ނެގިއެވެ. ކޮފީތަށި ހިފައިގެން އައި އަރިޔާ އީތާންއަށް ބަލާލިއެވެ. ކޮފީތަށި ސައިޓްޓޭބަލް މަތީ ބެހެއްޓުމަށްފަހު ބަހެއްބުނުމެއްނެތި އެކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ.” މަޑުކޮށްބަލަ” އީތާންގެ އަޑަށް އަރިޔާގެ ހަށިގަނޑު ހުއްޓުންއެރިއެވެ. “މިހިފާގެންދޭ…..” އަރިޔާގެއަތަށް ޓެބްލެޓްލައިދެމުން އީތާންބުނެލިއެވެ.”އެޔޯ؟؟؟” ސުވާލުގެ ނަޒަރަކުން އަރިޔާ އީތާންއަށް ބަލާލިއެވެ. “މާދަން ފުރަންށޭ މިއުޅެނީ… ޝެޓިއުލްސް އެންޑް އެވްރިތިން..” އަރިޔާއަށް ޓެބްލެޓް ދައްކާލަމުން އީތާން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.” ޔޫކޭން ގޯ” އަރިޔާ ހުރިތަނަށް ހަރުލާފައި ހުރުމުން އީތާން ބުނެލިއެވެ. “އޯހް” އަރިޔާ ހިނގައިގަތުނީ ދޮރުހުރި ދިމާ އިދިކޮޅަށެވެ. “ކޮންތާކަށްތިދަނީ؟ އަރިޔާ ހަރަކާތްތަކަށް ބަލަން ހުރި އީތާން އަރިޔާ އަށް ދޮރުދައްކާލިއެވެ.” އެހެރި ދޮރު”. އަރިޔާ އުޅުވުނު ގޮތް އެގުމުން ލަދުގަތުނެވެ. “ސޮ ސޮރީ” އަވަސް އަވަހަށް އޭނާ އެތަނުން ނުކުމެގެން ދިޔައެވެ. ***** އަރިޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލުމަށްފަހު ފޯނު ނެގިއެވެ. އަވަހަށް އޭނާކަންފަތުގައި ފޯނުޖެހީ އައިންތު ނަގާނެކަމުގެ އުންމީދުގައެވެ. “ހަލޯ” އެކޮޅުން ވާހަކަ ދެއްކި އަޑު އިވިފައި އަރިޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.”ދައްތާ އަޅުގަނޑު މާދަމާ ފުރަން މިއުޅެނީ” އަރިޔާ މެގައި އަތް އަޅާލަމުން ބުނެލިއެެެވެ.”މާލެ އައިސް ދައްތައަށް ގުޅާތި” އައިންތު އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އައިންތު ފޯނު ބޭއްވިކަން އެނގުމުން އަރިޔާ ހިތް ނުތަނަަސްވިއެވެ. ދެން ކަންތައތައް ވާން އުޅޭ ކަންތައްތައް އަރިޔާއަށް ނޭނގޭތީ އޭނާ ހާސްވަނީއެވެ ***** އަރިޔާ ބަރު ފޮށި ހިފައިގެން ސިޓިންރޫމްއަށް ނުކުތްތަން ފެނި އެންމެން އެދިމާއަށް ބަލާލިއެވެ. “ރިޔާ ކޮންތާކަށް ދާން؟” މަލަކު އާއި ޒޯޔާ އަށްވެސް އަރިޔާ ދާން އުޅޭތަން ނޭނގޭތީ އަހާލިއެވެ. “އާހް… މާލެއަށްދާން…..އީތާން ނުބުނޭތަ؟” އަރިޔާ އީތާންގެ މުނަށް ބަލާލަމުން އަހާލިއެވެ. “އައި ގޮޓް ނިއު ޖޮބް” އަރިޔާ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރަމުން ބުނެލިއެވެ.”އަރިޔާ ހިނގާ ދާން ” އީތާން އަރިޔާއަތުން ފޮށި އަތުލަމުން ކާރަށް އެރުމަށް އިޝާރަތްކުރިއެެވެ.” ބައި”އަރިޔާ އަތުން ހަނާއަޅާލިއެވެ. މަލަކުއާއި ޒޯޔާއައިސް އަރިޔާގައިގައި އޮޅުލައިގަތުނެވެ. ***** އެއަޕޯޓް އަށް އާދެވުމާއެކު އަރިޔާއަށް ވަރުބަލިކަން އިހުސާސްކުރެވުނެވެ. އޭނާ އީތާން ހޯދަން ދެކޮޅު ބަލާލިއެވެ. ދުރުން ފެންފުޅިއެއް ހިފައިގެން އައި އީތާން ފެނި އަރިޔާ ހިތްހަމަޖެހުނެވެ. “ފުރާގަޑި ޖެހެނީ އަވަސް” އީތާން ބުންޏެވެ. އަރިޔާ ފެންފޮދެއްބޯލުމަށްފަހު އީތާންގެ ފަހަތުން ދިޔައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއަށް އަރިޔާމެންނަށް އާދެވުނެވެ. އަރިޔާގެ ސުއިޓްކޭސްއާއި އީތާންގެ ސުއިޓްކޭސް ހިފައިގެން އެރަވަލްސް ދޮރުން ނުކުތެވެ. އޭރު އެތާކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއިން އަންހެންކުއްޖާ ތެދުވެގެން އައިސް އީތާން އަތުގައި ހިފާލިއެވެ.”ހަނީ…..އަހަންނޭމީ” އެއަންހެންކުއްޖާ ލޮލުގައި އަޅާފައި ހުރި އަވިއައިނު ނެގިއެވެ. އެކުއްޖާގެ މޫނުފެނުމުން އަރިޔާ ދެލޯބޮޑުވިއެވެ. ދެވަނަ ސިކުންތުކޮޅުގައި އަރިޔާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. “އެ ކާކު؟” ތުއި އަޑަކުން އަލްވާ އީތާން ގާތު އަހާލިއެވެ. “އެއީ މައި ޕާރސަނަލް އެސިސްޓެންޓް” އީތާންގެ ޖަވާބު ކުރެވެ. އަރިޔާ ފުންނޭވާއެއްލުމަށްފަހު އަލްވާއާ ކުރިމަތިލިއެވެ. “ހައި…. މައި ނޭމް އިޒް އަރިޔާ….” އަރިޔާ މޫނުމައްޗަށް ހިނިތުންވުން ވެރިކުރަންވެސް ވީ އުދަނގޫކަމަކަށެވެ. އަރިޔާ ސަލާންކުރަން ދިއްކުރިއަތުގައި އަލްވާ ހިފާލިއެވެ.” އަރިޔާ…. ދޯ…..ޔޫ ރިމައިޑް މީ އޮފް މައި ފްރެންޑް… އޭނާގެ ނަމަކީވެސް އަރިޔާ…ހެހެ” އަލްވާއަށް ހުރެވުނީފާޑަކަށް އަރިޔާގެ މޫނަށް ބަލަންށެވެ. އެއަތުންދޫކޮށްލީވެސް މަޑުމަޑުންނެވެ. “ހިނގާ ދާން” އަލްވާގެ އަތުގައި ހިފުމުގެ ބަދަލުގައި ހިފީ އަރިޔާގެ އަތުގައެވެ. އެތަން އަލްވާއަށް ފެނިގެން އާދެވުނީ އަމަށަކު ރުޅިއެއް ނޫނެވެ. ****** “މަންމާ!!!!!” ގެއަށްވަދެގެން އައި އަލްވާގެ އަޑުނުހަނު ބާރެވެ. އެގޭގައި މަސައްކަތްކުރަން އުޅުން މީހުން ހުއްޓުން އެރިއެވެ. އެއިން މީހަކަށް އެތަނުން ފިޔަވަޅެއް އަޅަންވެސް ނުކެރުނެވެ. ކޮޓަރިން އަމީރާ ނުކުތްވަގުތު އެއްޗެއް ތަޅާގެން ދިޔައަޑު އިވުނެވެ. “އަލްވާ!!!! ކިހިނެއް ވެގެންތަ ތިއުޅެނީ؟” އަމީރާ ބަދިގެއަށް ވަތް އިރު އަލްވާ މޮޔައެއްހެން ބަދިގޭގައި ހުރިތަށިތަކާއި ޖޯޑުތައް އުކަމުން ދިޔައެވެ. “އަލްވާ ފުރަތަމަ ބުނެބަލަ ކިނިއެތް ވީތަ؟؟؟” އަމީރާ އުޅުނީ އަލްވާ ހަމައަކަށް އަޅުވަންށެވެ.” މަންމާ އޭނާ މަރެއް ނުވޭ…. އެނާ މިއަތުގައިވެސް ހިފި….މަންމާ ދެން ކިހިނެއް ހަދާނީ؟؟؟” ހަާސް ވެފައި އަލްވާ ބުނެލިއެވެ. “ކީކޭ އަރިޔާ…..މަރެއްނުވޭ” އަމީރާގެ ދެލޯ ބޮޑުވިއެވެ. “ހޫމް” އަލްވާ އަމީރާގެ އަތުގައި ހިފާލިއެވެ. “މަންމާ ވީހާވެސް އަވަހަކަށް ޖެހޭނެ އީތާން އާއި އަހަރެން މެރީކުރަން… އަރިޔާ ކަމެއް ކުރުމުގެ ކުރިން” އަލްވާ އަވަސް އަވަހަށް ބުންޏެވެ. ***** އީތާން ކާރުދުއްވަން އިންއިރު އަރިޔާ އިނީ ބޭރުބަލާށެވެ.އެ ހަމަހިމޭން މާހައުލުގައި އިންނަން އީތާންއަށް އުދަނގޫވިއެވެ” ޑޫޔޫ ނޯހާރ؟” އީތާންގެ އަޑު ކުއްލިއަކަށް އިވުމުން އަރިޔަާ ސިއްސައިގެން ދިޔައެވެ. “ވަޓް؟” އަރިޔާ ދެލޯބޮޑުކޮށްލެވުނެވެ. “ތިކިޔަނީ އަލްވާގެ ވާހަކަތަ؟” އަރިޔާ އަހާލިއެވެ. “ދެން ކާކުގެ ވާހަކައެއްތަ؟” އީތާން ވެސް ކުރީ ސުވާލެކެވެ. “ނޮޕް ނޭނގޭ މަށަކަށް” އަރިޔާ ހަގީގަތް ފޮރުވަން އުޅުނެވެ. “ހިއަރ ވީ އަރ” އީތާން މައުލޫ ބަދަލު އަރިޔާ އިންގޮތް ފެނިފައެވެ. *****އޭގެ އަނެއްދުވަސް**** އަރިޔާ އީތާންގެ ހެދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު އޭނާ ކޮޓަރިއަށް ވަދުނީ ރީތިވާންށެވެ. މިއަދު އީތާންއާއެކު އަރިޔާ ހަތަރުދަމު އުޅެންޖޭކަން އޭނާއަށް އެނގެއެވެ.ަން އީތާންގެ ފަހަތުން މަޑު ހިނގުމެއްގައި އަރިޔާ އީތާންގެ ކެބިންއަށް ވަދުނެވެ. އަރިޔާ އަށް ހާއްސަ ކުރެވިފައިވާ މޭޒުމަތީގައި އޭނާގެ އަތްދަބަސް ބާއްވާލުމަށްފަހު މަސައްކަތާގެން ކުރިއަށް ދިޔައެވެ. އަރިޔާ އެދުވަހު ހަތަރުދަމު އުޅުނީ އީތާންގެ ފަހަތުގައި އެވެ. ހަމަޖެހިލާނެ ފުރުސަތެއް އޭނާ އަކަށް އެދުވަހަކު ނުލިބުނެވެ. ހަވީރު ވަގުތެވެ. އަރިޔާ އިނީ އީތާން ބުނެގެން ސޯފާގައި އިށީނދެއެވެ. އެއްވެސްކަމެއް އޭނާ ކުރަން ހަވާލުނުކުރާތީ އޭނާ އިނީ ފޫހިވެފައެވެ. މީހަކު ދޮރުގައި ޓަކި ދިން އަޑަށް އަރިޔާ އާއި އީތާން އެދީމާލަށް ބަލާލިއެވެ. ވަދެގެން އައި މީހާފެނި އަރިޔާ އަށް ކޮޅަށް ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. “ބައްޕާ!!” އީތާން ޝަފީޤް އަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. ޝަފީޤްގެ ފަހަތުން އެ ކެބިންއަށް ވަދުނު މީހުން ފެނިފައި އަރިޔާ ދެބުމަ ގޮށްޖެހުނެވެ. އަލްވާގެ ފަހަތުން އަމީރާގެ އިތުރުން ވަދެގެންއައި އާމިރު އަރިޔާ ވަކިކުރަން ނޭނގުންކަން […]
އާކިލް އޮފީސް ނިންމާފައި ގެއަށް ދިޔުމަށްޓަކައި ސައިކަލަށް އެރިވަގުތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީވެސް އެވަގުތެވެ. ނަމަވެސް ފޯނު ނުނެގެނީސް ކެޑިއްޖެއެވެ. އެހެންކަމުން ފޯނު ބަލާވެސް ނުލާ ސައިކަލް ދުއްވާލިއެވެ. ***** ” ނުނަގާ ފޯނެއް.. ފޯނު ރިންގްވެސް ވި” ރީޝާ ފޯނުގެ އަތްގަނޑު ބާއްވާލަމުން ބުންޏެވެ. ” ދެން ހިނގާ ދާން.. ނުނެގި އެއްނުން.. ” ނިޝްޔާ ބޭނުންވީ ދާށެވެ. އޭރު ފޯނު ބޫތު ކައިރީގައި ދެތިން މީހަކުވެސް ހުއްޓެވެ. ” ހިނގާ ބަލަ […]
“ޒިން.. ވީ ކާންޓް ބީ ޓުގެދަރ.. ” މިޝްޔާ ގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ” މިޝޫ.. ވައި؟؟ ” ޒައިން ހައިރާން ކަމާއި އެކީ އަހާލިއެވެ.. ” އައިވިލް ޓެލް ޔޫ އެވްރީ ތިންގް.. ” މިޝްޔާ ލޯ މަރާލާފައި ބުންޏެވެ. ” ކުއްލިއަކަށް އަހަރެން ބަލިވިޔޭނުން ދޯ ފަހަރެއް.. އޭގެ ފަހުން ރަނގަޅުވި ފަހުން ވެސް ބޯ އަނބުރާފަ ހޮޑު ލެވޭ.. ކެއްސަންވެސް ކެއްސާ.. މިހާރު އަދި ކެއްސާ އިރު.. ލް.. ލޭ ވެސް […]
ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަލީޝާ އިތުރަށް ގޭގެ އެތެރެއިން ވަދެވެން ހުރި ބަޔަށް ވަނެވެ. ދޮރެއް ނެތްނަމަވެސް ވަކި ކޮޓަރިއެކެވެ. އެތެރެއަށް ރަނގަޅަށް ބަލައިނުލެވުގެން އުޅެނިކޮށް އަތުން ދޫވެގެން ފޯނުވެއްޓިއްޖެއެވެ. ގޮވީ ވެލިގަނޑުގައި އެއްޗެއް ޖެހުމުން ގޮވާކަހަލަ އަޑެއް ނޫނެވެ. ލޯ އަޑެކެވެ. ފޯނު ވެއްޓިފައި އޮތީ ދަގަނޑު ވަށް ޖަންގްޝަން މަތިގަނޑެއް ކަހަލަ މަތިގަނޑެއް މައްޗަށެވެ. “ސަލާމަތްކޮށްދީ!” ފޯނު ނަގަން ގުދުވި އަލީޝާއަށް އަޑިން މީހަކު ގޮވައިލި އަޑުއިވުނެވެ. ************************** -އެއް ގަޑިއިރު ކުރި- މިރޭ […]
ދުވެފައި އެތެރެއަށް ވަތް ސާރާގެ ފައިގައި ކަސްތޮޅު އެޅުވުނުހެން ހީވީ ސާރާ ފުރާނައިން ލޯބިވާ އަރުޝް އޮތް ހާލް ފެނިފައެވެ. ގުޅާފައިވާ އައިވީ ހޮޅިތަކާއި, އަތާއި ފައިގައި ބެންޑޭޒް ކޮއްފައި އޮތްތަން ފެނި, ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ގައިމެވެ. އިސާހިތަކު ސާރާގެ ދެލޯ ކަރުނުން ފުރި ދެ ލޮލުން ފޭބި ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ނުރޯން ހިތްވަރު ކުރަމުން ލޮލުން ފޭބި ކަރުނަތަށް އަނެއްކާވެސް ފުހެލައި މަޑުމަޑުން ހިނގަމުން ގޮސް އަރުޝް އޮތް […]
މިންހާމެނަށް ދަތުރު ދާން ހަމަޖެހިފައިވި މަންޒިލަށް ދެވުމާއެކު އެތަނުގެ ރީތިކަމުން އެންމެ ފުރަތަމަވެސް އެތަން ވަށާއިގެން ނަޒަރެއް ދެވުނެވެ. ހުދު ކުލައިގެ ބޮޑު ފަސްގަނޑާއި ސާފު ބިއްލޫރިކޮޅެއްފަދަ ރީތި މޫދު ފެނުމުން ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ބިޔަކޮށް ހެދިފައި ގަސްތަކުން ބޮޑު ހިސާބަކަށް ހިޔާ އެޅިފައިވާއިރު މައިޝާ އާއި ނަޝްފާ މަޝަނަކުން ފަތްތަކާއި ގާތައް އެއްފަރާތްކޮށް ރީތިކުރަން ހަރަކާތްތެރިވަމުން ދެއެވެ. އެހެން މީހުން އެއްޗިހިތައް ގެނެސް ހެދުމުގައި އުޅެއެވެ. ” އޭ ހެލޯ… ދެމީހުން […]
1 ފެބްރުއަރީ 2019 ސާރާ ދުވެފައި އައީ ޑްރައިވަރ ނިކަތު ރޯ ވާހަކަ ބުނުމުންނެވެ. މީހަކު ނިކަތު ގެންދިޔައީ ކަމުގައި ބުނުމުން އޭނާ ބިރުގަތީއެވެ. ޝައްމޫން ބަލަމުން ދިޔައީ ނިކަތު އެހެން އިނދެ ރޯތީއެވެ. ނަމަވެސް ނިކަތު ނޫންކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. އޭނާ ބަލަން ބޭނުންވީ އެއެކެވެ. އޭނާހެ ނިކަތުއަކީ އެހައި ވަރަށް މަޑުން އިންނަ ކުއްޖެވެ. ނަމަވެސް ރުކާޔަތަކީ އަބަދުވެސް ބުނަން ބޭނުންވާ އެއްޗެއް މީހުނާއި ދިމާލަށް ބުނާ ކުއްޖެކެވެ. ސާރާއައިސް ނިކަތުގެ ކޮނޑުގައި […]
“އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ.” ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ތިރިއަށް ނަޒަރު ހިންގައި ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަމުން ކުއްލިއަކަށް އަޅަން ފެށި ދިގު ފިޔަވަޅުތަކާއެކީ ގޭޓުން ވަދެގެން ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން އަރައިގެން […]