ކޮންމެ އިންސާނަކަށްވެސް9 މަސް ވަންދެން މައިމީހާގެ ބަނޑު ތެރޭގައި ދުވަސްތައް ގުނަމުންގޮސް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަހަރެންނަށް މައިމީހާގެ ބަނޑުތެރޭގައި ދުވަސްތައް ގުނާލަން ލިބުނީ އެންމެ 7 މަހުގެ މުއްދަތެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަހަރެންނަށް އެހެން ކުދިންނާ ހިލާފަށް އުނި އިތުރު ވުންތަކެއް ލިބިގެންވެއެވެ. އެހެން ކުދިންނަށް ލިބިފައިވަނީ 5 އިގިއްޔެއް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހުންނަނީ އެންމެ 4 އިނގިއްޔެވެ. މިހެންގޮސް އެކި ގޮތްގޮތުން އަހަރެންގެ ސިފަތައް އުންޔޭ ބުންޏަސް ދޮގަަށް ނުވާނެއެވެ. އެހެެންނަމަވެސް އަހަރެންގެ ސަކުވާއެއް ނެތެވެ. ކުދިންނެވެ. އަޑުއަހާށެވެ. ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އޭނަގެ ސަލާމަތުން ހުންނަނީ އެންމެ ލޮލެކޭ ނޫނީ އޭނަ އަކީ މަންމަން ކުއްޖެކޭ ކިޔާފައި ބާކީނުކޮށްލާށެވެ. ކޮންމެ އިންސާނަކުވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
ކޮންމެ މީހަކީވެސް އަޖަލު ޖެހުމުން މަރުވާނެ މީހެއްކަން ހުދު އަހަރެންވެސް ގަބޫލު ކުރަމެވެ. ދައްތާައެވެ. އަހަރެން ކުޑަ އިރުއްސުރެ ކިޔަވާ ދިނުމުގެ ކަންތައް ބެލީ ދައްތައެވެ. ދަައްތަ އަކީ ދަރިނެް ނުލިބޭ މީހެއްކަން އަހަރެންނަށް އެނގެއެވެ. ދައްތާައެވެ. މީގެ ފަހުން އަހަރެންނަކީ ދައްތަގެ ދަރިއެކެވެ. ދައްތަ ބަލިވީއްސުރެ އަހަރެން އަބަދުމެ ހުންނަނީ ރޮވިފައެވެ. އަހަރެންގެ މި ދެލޮލުން ކަރުނަ ނުވެއްޓޭ ހިނދުކޮޅެއްވެސް ނުދާނެކަން ހަމަ ޔަގީނެވެ. ދައްތަދެކެވާ ލޯބި ހަމަ އެކަނި އެނގޭނީ އަހަރެންނަށެެ. ވަރަށްވެސް ލޯބި ވަމެވެ. އަދި ލޯބިވާނަމެވެ. ދައްތާައެވެ. އަހަރެންނައް މާފުކުރާށެވެ. ދައްތަ އާ ދޭތެރޭ ހިތް ބަރުކުރެވުނީތީ މިއަދު އަހަރެންގެ އަމިއްލަ ނަފްސުދެކެ އިންތިހާ ނަފްރަތު ކުރަމެވެ. އަހަރެންނަށް މިކުރެވުނީ ކިހާވަރެއްގެ ކިހާވަރެއްގެ ކުށެއްކަން މިއަދުމިވަނީ ރޭކައިލާފައެވެ.. އަހަރެންނައް މާފު ކުރާށެވެ. ނޯޓު:މިއީ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ހާއްސަ ކުރެވިފައިވާ ލިޔުމެކެެވެ. އިރާދަ ކުރެައްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑު ވާހަކަ ލިޔަން ފައްޓާނަމެވެ. އާއިލީ ކަމެއް ދިވާވެގެން އަޅުގަނޑަށް ވާހަކަ ލިޔަން ނުފެއްޓުނީތީ މާފަށް އެދެމެވެ.