އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން […]
ފޯނު ކަނޑާލާފައި އަޖްވަދު ހިނގައިގަތީ ދާދި ދެންމެއަކު ތަޅު ނައްޓާލި ޒިޔަލްއާ ދިމާލަށެވެ. އެ ދެ ފިރިހެނުން އެކުއެކީހެން އަލިޝްކާގެ ކޮޓަރިއަށް ވަނެވެ. ހުރިހާ ބޮއްކެއް ނިވާލާފައި ވީނަމަވެސް ޓޯޗެއްގެ އެހީގައި ތަންދޮރު ހޯދައިގެން ގޮސް އަލިޝްކާ އެނދާ ހަމައަށް އެމީހުން ވާސިލްވިއެވެ. މާޒީގައި ހިނގައި ދިޔަ ކަންތަކުން އިބްރަތް ހާސިލް ކުރި އަޖްވަދު ޒިޔަލްގެ އަތުން ދެ ފޮތިކޮޅު އަތުލިއެވެ. ޙިޔާލެއް ފިކުރެއް ނެތި ނިދާފައި އޮތް އަލިޝްކާގެ އަނގަމަތީގައްޔާއި ލޯމަތީގައި އޭތި އައްސާލީ ރަހުމެއް […]
މިންހާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ” އަޝޫ… ކިހިނެއްވީ ހާދަ ހާސްވެފަ… ” ކޮޓަރިއަށް ވަދެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ހިނގައި ގަންނަމުން މިންހާ ސުވާލުކުރިއެވެ. ” ޝާއިފް ބުނީ މީޓްކޮށްލަން ބޭނުމޯ މިއަދު މިވަގުތު… އަހަރެމެން ގޭ ކައިރީ ބީޗްއަށް އަންނާށޯ… ނޭނގެ ކީއްކުރަން ކަމެއް… ދާކަށް ނުކެރޭނޭ ބުނީމަ ހުރީ ހިތްހަމަނުޖެހިފަ… އަހަރެން […]
އެންމެންނަށް ލިބުނު ޙައިރާން ކަމުގައި އަޖާއިބުވެފައި ޙިބާ އަށް ބަލަހައްޓައިގެން ތިބެވުނީ ސުވާލުން ފުރިފައިވި ހިތަކާއިއެކުއެވެ. ޙިބާ ލައިގެންހުރި ކައިވެނީގެ ހެދުމުގައި އެއްވެސް ހާއްސަކަމެއް ފެންނަން ނެތުމުންނެވެ. ބްރައިޑެއްހެންވެސް ހީނުވާތީއެވެ. ޙިބާގެ އާއިލާއަކީ ވިޔަވާރީއެއް ހިންގާ ފުދުންތެރި ބަޔެއްކަމަށް ވީނަމަވެސް އެކަން ލައިގެންހުރި ހެދުމުން ނުފެންނާތީއެވެ. އާންމުކޮށް ޙިބާ ލާއުޅޭ ކަހަލަ ކަޅު، ގަޔައްދޫ ހެދުމެއްގައި ފެންނަން ހުރިއިރު އެންމެހާ ޒީނަތްތެރިކަން ވަނީ ރަނގަޅައްވެސް ފޮރުވިފައެވެ. އެކަޅު ހެދުމުގެ ފަސްބައިގައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. އަދި އަޅައިގެންހުރި […]
“ނުކުރާނަން… ދުވަހަކުވެސް މާފެއްނުކުރާނަން.!” އަތް ގޮންމުއްކަވާފައި މޭޒުމަތީ ޖެހި އީތަންވަނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ބާއްޖަވެރި ހަޔާތް އެފުށް މިފުުށަށްޖެހި އަންހެންކުއްޖާއަށް އޭނާ ހުރީ ދުވަހަކުވެސް މާފުދޭ ގޮތަކުނޫނެވެ. “އާނ… އެއްގޮތަކަށްވެސް މާފުކޮށްގެން ނުވާނެ. އީތު މާ ހެވީއޭ. މަ ނަމަ މިހާރު އެ އަންހެނާ ދިރިހުއްޓާ ވަޅުލީސް.” ކައިރީގައި އެކްސެލް ދަޅެއް ދަމަން އިން ޖިނާހު ބުންޏެވެ. ޖިނާހާއި އެއްބަސްވުމުގެ ގޮތުން ރިފާއު އާނ ކިޔައިލިއެވެ. އީތަންއަކީ ރަށު ސުކޫލުގައި ހޭދަކުރި ދިހަ އަހަރު ތެރޭގައި […]
“އައްދޯތް މަންމާ” މަލަކާ ގައިގަ އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން ބުނެވުނެވެ. އެއްވޭނުގެ މައްޗަށް އަނެއް ވޭން ތަހައްމަލް ކުރަމުން ދާން ޖެހުނަސް މާރިޔާގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އަމިއްލަ ބަނޑުއަޅާ ވިހޭ ދަރިއޭ ހިތާވެސް ހިތުގައި ރަހުމޭ މިކިޔާ އެއްޗެއްވެސް ނޯވެއެވެ. ” ބުނަންތަ ރަނގަޅު ވާހަކައެއް، އަހަރެންގެ އަތުން އިތުރު އަނިޔާއެއް ބޭނުން ނުވަންޏާ އެއްބަސްވޭ, އެމީހާ އެއީ ކިތަންމެ މުސްކުޅި މީހަކަސް ކަލެއަށް ޖެހޭނީ އެމީހާ ބުނާ ކަމެއް ކޮއްދޭން, އެމީހާ […]
” ދަރިފުޅާ, މި ބައްޕައަށް މާފް ކުރޭ, ބައްޕަމެން ވަރަށް ބޮޑަށް ދަރިފުޅު އެކަހެރި ކޮއްފި, ދެން އެހެނެއް ނުވާނެ, ދަރިފުޅު ނުރޮއެ, ބައްޕަ ވަޢުދުވަން ބައްޕަގެ މި ދަރިފުޅަށް, ދަރިފުޅުގެ ލޯބި ހޯދާ ދޭނެ ކަމަށް, މީ މި ބައްޕަ ވާ ވައުދެއް” އާމިރު އެހެންބުނުމާއެކު އަރުޝް ބައްޕާއޭ ކިޔައި އަނެއްކާވެސް ބައްދައިގަތެވެ. ބައްޕައަކާއި ދަރިފުޅުގެ ލޯބި ލޯބި މި ވަގުތު ފެންނަ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާހާ އެދެ ބަފައިންނަށް ވަނީ އަސަރު […]
“މިބުނީ އެއްނު އަހަރެންނާއި އަވްލީން އަށް އެކުގައި އުޅެވޭކަށް ނެތޭ. މީގެން އެއްވެސް ކަމެއް އަންޖަލް އަށް އެނގިއްޖެއްޔާ އޭނާ ލީންއަށް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް ފަހެއްނުޖެހޭނެ. ކީއްވެގެންތަ ގަބޫލުނުކޮށްގެން ތިއުޅެނީ. އަންޖަލް ލީން މަރާލަ…” ރާދިންއަށް ހުއްޓާލެވުނީ ބުނެވުނު އެއްޗެއް ފަހުމް ވުމުންނެވެ. މީ ދުވަހަކުވެސް އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ނަމަވެސް އައި ރުޅީގައި ހުރިހާ އެއްޗެއް ދުލުން ބޭރުކުރެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ރާދިންގެ ދުލުން ބޭރުވި ބަސްތައް އަޑުއިވިފައި […]
ހެނދުނުގެ ހިތްފަސޭހަ ވަގުތު ރަސްފަންނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ޖެހެންމުން ދިޔަ ހިތްގައިމު ވައިރޯޅިންނާއި ދޮންވެލިގަނޑުގައި ބީހެމުން ދިޔަ ރާޅުގެ އަޑުއިވުމުން ހަލާކުވެފައިވާ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަތުގައި އޮތް ފޮތް ހިފައިގެން ހުސްކޮށް އިން ހަޓެއް ދަށުގައި އަހަރެން އިށީނީމެވެ. ފޮތް ހުޅުވިއިރު އަހަރެންގެ އަތް ތުރުތުރު ލަމުން ދިޔައެވެ. **** ޖަންނަތުގެ ޑައިރީ…. އަހަރެންގެ އުފާވެރި ދުނިޔެ މުޅިން އެފުށް މިފުށަށް ޖެހިއްޖެއެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި ހަޔާތް […]