Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި……8ވަނަބައި

rishu Level 110 Stories
December 17, 2018 One Min Read
6 Comments

“ކޮން ހިޔާލެއްގައި؟” އީތާން އަރިޔާއިންގޮތުން ހިނިއައެވެ. “ދޭން…..” އަރިޔާ އެތަނުންދާންވެގެން ތެދުވިއެވެ. ނުބަލައި ދާންއުޅުންވަގުތު އޭނާގެ ބޯޖެހުނީ އީތާންގެ މޭމަތީގައެވެ. ޖެހުމާއެކު އަރިޔާ ވެއްޓެންދިޔައެވެ. އީތާން އަވަސްއަވަހަށް އަރިޔާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. ދެލޯމަރައިގެންހުރި އަރިޔާ ދެލޯހުޅުވާލިއެވެ. ކުރިމަތީގައި ހުރި އީތާންއާއި ހަތަރުކަލިހަމަވުމާއެކު އަރިޔާއަށްބުނެދޭން ނޭނގޭ އިހުސާސްއެއްކުރެވުނެވެ.

“މިއޮތްކަމެއްދޯ؟” މަލަކުއާއި ދާއިން ބަދިގެއަށް ހިނިގަނޑު ހިފަހާއްޓާލަމުން ބަދިގެއަށް ވަދުނެވެ. އަރިޔާއަވަސްއަވަހަށް އީތާން މޭގައި އަޅާކޮށްޕާލަމުން އޭނާ އަވަހަށްއެތަނުން ދިޔައެވެ. ހުރިހާ ބަހުގެ ހަމަލާތައްރައްދުވީ އީތާންއަށެވެ. އީތާން ކެތްނުވެގެން ތުންފަތުގައި ދަތްއަޅާލިއެވެ. އަވަސް އަވަހަށް އެތަނުންދިޔައީ އިތުރުއެއްޗެއްއަޑުއަހަންބޭނުންނުވާތިއެވެ.

“އަރިޔާ ޔޫ ވިލް ޕޭ ފޯ ދިސް”  ފާހަނައަށް މޫނުދޮވެލުމަށްފަހު ލޯގަނޑު ބަލާލިއެވެ. “ވައި….. އެންމެންނަށް ބަސްޓް ވާއިރު އަރިޔާ ފިލަނީ… މަގޭ އެކަނި….” މޮޔައެއްހެން އީތާން ފާހަނައިގައި ތެޅެފޮޅެމުން ދިޔައެވެ.” ބަޓް ޝީ އިޒް ކިއުޓް” އޭނާއަށް ހީލެވުނީ އިޚްތިޔާރުންބޭރުގައެވެ.

އަރިޔާ އަވަސްއަވަހަށް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ދޮރުގައި ލެގިލުމަށްފަހު ފުންނޭވާތަކެއްލީ މީހާ ހަމައަކަށް އެޅުވުމަށެވެ. “ވަޓް ވޯޒް ހީތިންކިން؟…އައި އޭމް ނޮޓް ހިޒް ވައިފް ޓު ޑޫ އިޓް” އަމިއްލަނަފްސާއި ވާހަކަދައްކަމުން އޭނާ ދެކޮޅަށް ހިނގާލިއެވެ.” އެކަމް ހާދަ ރީއްޗޭ އޭނަ” އަރިޔާ މޫނުމަތީގައި އަތް އަޅާލަމުން އެނދުމައްޗަށް ވެއްޓިގަތެވެ.

****އޭގެ އަނެއްދުވަސް****

އީތާންގެ ކުރިމައްޗަށް ނާރަންވެގެން އަރިޔާ އެހެންދުވަސްތަކާއި ހިލާފަށް ހޭލީ ފަތިސްގަޑީގައެވެ. ފަތިސްނަމާދުކޮށްގެން އޭނާ ހެދުނުގެ ނާސްތާކުރުމަށް ބަދިގެއަށްދިޔައިރު ބަދިގޭގައި މީހަކު އުޅޭހެން ހީވިއެވެ. ނަމަވެސް އމިހަކު ހުރީ އަރިޔާއަށް ފުރަގަސްދިގެންކަމުންއަރިޔާއަށް އެއީ ކާކުކަެއް ނޭނގުނެވެ. އެއްވެސް އަޑެއް ބަޑެއް ލެއްވުމެއްނެތި އަރިޔާގޮސް އެޟިހާގެ ކޮނޑުގައި ކޮށްޓާލިއެވެ. ކޮފީބޮމުން އެމީހާ އަރިޔާއާ ކުރިމަތިލިއެވެ. ކަންދިމާކުރިގޮތުން އަރިޔާގެ ބޮލުގައި ޖެހިފައި ކޮފީތަށިގައި ހުރި ކޮފީ ދެމީހުންގަޔަށް އެޅުނެވެ.” އީތާން…..ޔޫ” އަރިޔާ ބިރެއްފެނުނުފަދައިން އޭނާ އަވަހަށް ދުއްވާގަތުނެވެ.”އޭތް އަރިޔާ….. ދުވާނިކަމެއްނެތް” އީތާން އަރިޔާ ފަހަތުން ދުއްވާގަތުނެވެ. އަރިޔާ އަތުނުވާންވެގެން ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ތަޅުލާންވެގެން އުޅެނިކޮށް އެދެމެދަށް އީތާން ވަދުނެވެ. “ސޮރީ…ގަސްތުގައެއްނޫން” އަރިޔާ ފަހަތަށް ޖެހިލަމުން ބުނެލިއެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މައިތިރިވީ ފާރުގައި އޭނާގެ ބުރަކަށި ޖެހުމުންނެވެ. އީތާން އަރިޔާއަށް ނުދެވޭހެން ދެއަތް ފާރުގައި އަޅުވާލިއެވެ. އަރިޔާ ދެލޯ ބޮޑުކޮށްލެވުނީ ވާންއުޅޭގޮތްނޭނގިހުރެއެވެ. އޭނާ އީތާންއަށް ބަލާލިގޮތުން އީތާންގެ ހިތުގެ ވިންދު އަވަސްވިއެވެ. އީތާން ބަލަންހުރިގޮތުން އަރިޔާގެ ނޭވާ ކުރުވެ އަތްފިނިވިއެވެ. އަރިޔާ އަވަސްއަވަހަށް އީތާން މޭގައި އަޅާކޮށްޕާލިވަގުތު އީތާން ހިފީ އަރިޔާގެ އަތުގައެވެ. އީތާންއާއެކު ވެއްޓެންދިޔަ ަރިޔާއަށް ދެލޯ މަރާ ބާރުކޮށްލިއެވެ.

“ނުތެދުވަންނަންތަ ތިހުރީ؟” އީތާންގެ އަޑަށް އަރިޔާ އިސްއުފުލާލިއެވެ. އޭނާއަށް އޮވެވުނީ އީތާންގެ މޭމަތީގައި ކަން އެނގުމާއެކު އަރިޔާ އަވަހަށް ތެދުވިއެވެ. އޭނާ ބަލާކަށްނުހުރެ އަވަހަށް ކޮޓަރިން ނުކުތިއެވެ. އީތާން ހިނިތުންވެލަމުން އެކޮޓަރިން ނުކުމެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އީތާން ނުކުމެގެން ދިޔަތަން ބަލަންހުރި އަރިޔާ ބަދިގެއިން ނުކުތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާގެ ކޮޓަރިއަށް ވަދުނެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ. އަރިޔާ އެނދުގައި އިށީނދެލަމުން މޫނުގައި ދެއަތް އަޅާލިއެވެ. “އަޅޭ….އަޅޭޭ” އަރިޔާ އެނދުމައްޗަށް ވެއްތިގަތެވެ.” ކީއްވެ އަހަރެން؟” އަރިޔާ ފުރޮޅެމުން ހިތާހިތުން ބުނެލިއެވެ.” ޑަޒް ހި ހޭވް ފިލިންގްސް ފޯ މީ” އަރިޔާ ހިތަށް އެހެން އެރުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ.” އެހެންނެއްނުވާނެ” އަރިޔާ އަތްފޮޅާލިއެވެ.”އެކަމު… އޭނާ އުޅޭގޮތުން…..އާހް ވަޓް އެވާ”

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ައަހަރެންގެ ހިތުގެ އުދާސް……..

Next

އެނގުމެއްނެތި…3

Next
December 17, 2018

އެނގުމެއްނެތި…3

Previews
December 17, 2018

ައަހަރެންގެ ހިތުގެ އުދާސް……..

6 Comments!

  1. Eyna says:
    December 18, 2018 at 12:17 am

    Reethi vaanekama heekuran

  2. Nau says:
    December 18, 2018 at 7:58 am

    Reethi…ekm maa lahy up kuraa leh…….dhn oith part avahah up vaane kamah hykuran..

    1. rishu says:
      December 18, 2018 at 11:38 am

      midhuvas kolhu balive ulheythy and aaileekamehga ulheythy varah bxy kn meulheny…free veemaa dhigukn liyelaana and thnkx for enjoying it,, hope u understand

  3. Xuam says:
    December 18, 2018 at 8:02 am

    Haadha kurey….

  4. anaa says:
    December 18, 2018 at 11:37 am

    nice story.. mashaa alaah❤

  5. yaa says:
    December 18, 2018 at 11:39 am

    next part avahaa up kohla dheeba..

Comments are closed.


All Right Reserved!