ކޮންމެ މީހަކީވެސް އަޖަލު ޖެހުމުން މަރުވާނެ މީހެއްކަން ހުދު އަހަރެންވެސް ގަބޫލު ކުރަމެވެ. ދައްތާައެވެ. އަހަރެން ކުޑަ އިރުއްސުރެ ކިޔަވާ ދިނުމުގެ ކަންތައް ބެލީ ދައްތައެވެ. ދަައްތަ އަކީ ދަރިނެް ނުލިބޭ މީހެއްކަން އަހަރެންނަށް އެނގެއެވެ. ދައްތާައެވެ. މީގެ ފަހުން އަހަރެންނަކީ ދައްތަގެ ދަރިއެކެވެ. ދައްތަ ބަލިވީއްސުރެ އަހަރެން އަބަދުމެ ހުންނަނީ ރޮވިފައެވެ. އަހަރެންގެ މި ދެލޮލުން ކަރުނަ ނުވެއްޓޭ ހިނދުކޮޅެއްވެސް ނުދާނެކަން ހަމަ ޔަގީނެވެ. ދައްތަދެކެވާ ލޯބި ހަމަ އެކަނި އެނގޭނީ އަހަރެންނަށެެ. ވަރަށްވެސް ލޯބި ވަމެވެ. އަދި ލޯބިވާނަމެވެ. ދައްތާައެވެ. އަހަރެންނައް މާފުކުރާށެވެ. ދައްތަ އާ ދޭތެރޭ ހިތް ބަރުކުރެވުނީތީ މިއަދު އަހަރެންގެ އަމިއްލަ ނަފްސުދެކެ އިންތިހާ ނަފްރަތު ކުރަމެވެ. އަހަރެންނަށް މިކުރެވުނީ ކިހާވަރެއްގެ ކިހާވަރެއްގެ ކުށެއްކަން މިއަދުމިވަނީ ރޭކައިލާފައެވެ.. އަހަރެންނައް މާފު ކުރާށެވެ. ނޯޓު:މިއީ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ހާއްސަ ކުރެވިފައިވާ ލިޔުމެކެެވެ. އިރާދަ ކުރެައްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑު ވާހަކަ ލިޔަން ފައްޓާނަމެވެ. އާއިލީ ކަމެއް ދިވާވެގެން އަޅުގަނޑަށް ވާހަކަ ލިޔަން ނުފެއްޓުނީތީ މާފަށް އެދެމެވެ.
ކުޑަދޮރުގެ ފަރުދާކުރުމަށްޓަކައި އަޅާފައިވާ ހުދު ކުލައިގެ ދޮރު ފޮތިގަނޑު ވިހުރެމުން ދިޔައެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުން ޖެހިލާ ފިނި ފިނި ރޯޅިތަކުގެ ސަބަބުންނެވެ. ފަރުދާ އެކީގައިހެން ހިއްލި ކުޑަދޮރުން ބޭރުން ފެންނަމުންދާ ތަރިތަކާއި ހަނދު ފާޅުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިލާރޮއްޖެއްވެސް ނެތް ކަޅު ފޮއެ އެ އުޑުގައި ތަރިތަށް ފިޔަޖަހަމުން ދިޔައީ ކަޅު ފޮތިގަނޑެއްގައި އެސްތަކެއް ވިދާނޭ ފަދައިންނެވެ. ހުދުކުލައިގެ ސްނޯ ގަނޑެއްހެން ހީވާ އެނދުގައި ނިދާފައި އޮތް ފިރިހެން ކުއްޖާ މަސަތްކަތް ކުރީ އޭނާގެ […]
މިހާލުގައި އުމުރު ހުސްކުރާނެ އެތައް ބަޔަކު ފާހަގަ ކޮށްލެވޭނެއެވެ . އެ ގޮތުން މާލެގެ ހުޅަގު އައްސޭރީފަށުގައި ދިރިއުޅެމުން އެކަކަށް ރިޔާނާ ވާނެއެވެ . ****************************************** ބުޅި އިސްތަށި ގަނޑު ކޮޑާ ހަމަޔަތް އަރާ އިރު ކުލަ މަޑު ހަންގަނޑުން އޭނަ ފެނިގެން ދަނީ ރީތި ދަންވަރެއްގެ ރާނީ އެއް ގޮތުގައި ސިފާގައެވެ . އިސްކޮޅުން ކުރު ކަމުގައި ވިޔަސް އޭނާގެ ލޮލުގައި ދަޅާގައި ފިރިހެނުން މޮޔަ ކޮށްލާ ފަދަ ނަމަވެސް ރިޔާނާ އަށް އޭނަ ގެ ޒަވާޖީ ހަޔާތަށް ވިސްނާނެ ވަގުތެއް ނުވޭ މާލޭގެ ހަލަބޮލި ދިރިއުޅުމުގައި އޭނަގެ ހަޔާތަށް މި ވޭތުވިދިޔަ ދުވަސްތަކާއި އަންނަ ބަދަލް ތަކާއި ނޭންގިި ނަމަވެސް ހިގާ ގޮސްފައެވެ . މަންމަ ( ޝާފިޔާ ) : ރިޔާނާ ….. ރިޔާނާ ……… ދަރިފުޅާ ރިޔާނާ : ހޫމް … އޯއި …. ކީކޭ ؟ މަންމަ ( ޝާފިޔާ ) : ތެދުވެބަލަ …. ސައިބޯ ގަޑި ޖެހެނީ އޭ ރިޔާނާ : ހޫމް …. މަންމަ ( ޝާފިޔާ ) : އިރުކޮޅަކުން ކާފަ ވެސް އަންނާނެ … އެހާ އިރަށް ތެދު ނުވެއްޖިއްޔާ ކާފަ ރުޅި ދުރުވާނެ …. ތެދުވެބަލަ ދަރިފުޅާ ރިޔާނާ : ހޫމް މި ތެދުވީ އޭ … މަންމަ : ތިހެން ބުނާނެ …….. ލާހިކެއް ނޫން ތެދުވާ ކަށެއް މަންމަ ދެނެއް ނު ގޮވާނަން …… މިޔަދު ވެސް ސައިބޯން ޖެހޭ ގަޑިޔަށް ނާމަ ސައި ނުލިބުނީމާ ރުޅި ނާންނާތި ރިޔާނާ : އަޅެ ފަހެ މި ތެދުވީ އޭ … ތެދުވޭ މިޔޮތީ … މިދަނީ އޭ ……. މަންމަ : އާ އަވަސް ކުރާތި ގަދަ ނިދިން ރިޔާނާ އަށް ހޭލެވުނީ އޭނަ ގެ މަންމަ ގޮވާ އަޑަށް އަދި ނުތެދުވި އެއް ކަމަކު އޭނަ އެހެން ބުނީ އެތަނުން ޝާފިޔާ ފޮނުވާލުމުގެ ނިޔަތުގައެވެ . ހަމަ ޖެހިލާ މޯޅި އަކަށް ދެމިލާފައި ބާލީހުގައި ބައްދާލާ އަނެއްކާ ވެސް އޭނަ ލޯ މަރާލި…………. 3 ވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ …..
ސޯފާގައި އިން އީމާނާ ބަލަމުން ދިޔައީ މުއާޒްގެ މުނަށެވެ. ކުއްލިއަކަށް އޭނާ ބޮލަށް އެހިޔާލުވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެރޭގައި އަމްރު އެހެން ބުނީ ރުޅިއައިސްފައި ހުރި ވަރުންނެވެ. ނަމަވެސް އެތަނުން ކޮންމެވެސް އެކަކު އެކަމުން މާނަ ނެގިގޮތް ނުބައި ވެއްޖެއެވެ. އެކަން ވިސްނުނު އީމާނާ ފުންފުންކޮށް ދެތިންފަހަރު ނެވާއެއް ލަމުން އެތަނުން ތެދުވެއްޖެއެވެ. އޭނާ އެތަނުގައި އެންމެ ސިކުންތަކުވެސް ހުންނާނަކަށް ބޭނުނެއް ނުވިއެވެ. ތެދުވެގެން ގޮސް ދޮރގުގައި ހިފާލުމާއެކުހެން އީމާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދޮރުމަތީގައި […]
ހަ އަހަރު ފަސް ފަތިހުގެ ހިތްގައިމު ފިނިކަން ޖައްވުގައި ހިފާލާފައިވާއިރު، ކާޅުތަކާއި ވާތައް މިންވަރު ކުރެއްވި އާދުވަހައް އުފާފާޅުކުރުމުގައި އެއްގަހުން އަނެއްގަހައް ތިރިކުރަމުންދިޔައީ ގަސްގަހުގައި އަޅާފައި ހުންނަ މޭވާތަކުގެ ރަހަ ބަލަމުންނެވެ. ކާޅާއި، ކޮވެއްޔާއި އަދި އިރުއިރުކޮޅާއި އިވޭ ހާ ގޮވާ އަޑުން އެ ހެނދުނުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އިރު މަޑުމަޑުން އޭގެ ފުރިހަމަ ބައްޓަން ދައްކަމުން އަރަމުން ދިޔަ ދިޔަހެން އެ ހިތްގައިމު ފިނިކަން މަޑުމަޑު ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ފޭދިގެން […]
ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ. އަޝްރާ ހެލޯ އޭ ބުނެލުމުންވެސް ޝާއިފް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ” ޝާއިފް… ” އަޝްރާ މަޑުމައިތިރި އަޑަކުން ޖެހިލުންވެފައިހުރެ ޝާއިފަށް ގޮވާލިއެވެ. ” އަޝްރާ ބުނެބަލަ… އަޝްރާ ލޯބިވަނީ އަހަރެންދެކެތަ ނޫނީ ނާއިލްދެކެތަ… ” ހަރުކަށިކަމާއެކު ޝާއިފް ކުރި ސުވާލުން އަޝްރާ ހިތްހަމަނުޖެހުނެވެ. އޭނަ ލޯބވަނީ ޝާއިފްދެކެކަން ޝާއިފަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އަޝްރާއަށް ހިތާހިތުން ބުނެލެވުނެވެ. ޝާއިފްގެ އެސުވާލުން އަޝްރާ ދެރަވެސް […]
“ތިއޮތީ މާ ރަނގަޅަށްވެސް ގްރެޖުއޭޓްވެފަ!” މިރްޒާން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު އަމްނާއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން މިރްޒާން ގޮސް އަމްނާގެ ގައިގައި ބައްދާލި ހިނދު ދެމީހުންގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ހިތާމަތަކުން މުޅިން އެއްކިބާވެފައިވި މުސްތަޤްބަލެއް ދެމީހުންނަށް ވެސް ސިފަކުރެވުނީ، ދެން އެމީހުން އެކީގައި ތިބެން އޮތީ މަދު ދުވަސްކޮޅަކަށްޓަކައިކަން ނޭނގިއެވެ. އޭގެ ތިންދުވަސްފަހުން މިރްޒާނާއި އަމްނާވީ ލަންޑަނުން މާލެއަށްދާ ފްލައިޓް […]
ފާހަނައިން ނުކުތް އަލީޝާއަށްް ވީނުވީ އިނގުނީ އެހެން ކުއްޖެއްގެ ދުލުންނެވެ. އީތަންއަށް އޭނާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ބަދަލުގައި އީތަން ބޮޑާގޮތަކަށް ހިނިތުންވެލިއެެވެ. “ވަރަށް ލުއި މަންޖެއެއް. ވައްޓާލަންވެސް ފަސޭހަ، ނަގަންވެސް ފަސޭހަ…” އީތަން އަލީޝާގެ ކަންފަތްބުޑުގައި ވައިއަޑުން ކިޔައިލިއެވެ. އަލީޝާގެ ލޭ ކެކިގަތެވެ. އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އީތަންގެ މޫނުމަތީ އެތިފަހަރެއް އަޅައިނުލައި އަމިއްލަނަފްސު ހިފެހެއްޓުމަށް އަލީޝާ އަތް މުއްކަވައި ބާރުކޮށްލިއެވެ. އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އީތަން ނުކުމެގެންދިޔައީ އަލީޝާގެ ކޮނޑުގައި ޖެހިގަތްފައެވެ. ނެގިމަޑުވެފައި […]
އެރޭގެ ދަންވަރު ތިނެއް ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ސިކުނޑިއަށް ބުރަވެ ވަރުބަލިވެ ނިދި ޖެހިފާ އޮތް އަލްޔާން އަށް ކުއްލިއަކަށް ހޭލެވުނީ އޭނާގެ ފޯނަށް އަންނަ މެސެޖް ޓޯން ގެ އަޑަށެވެ. ފުލުފުލުގައި މެސެޖްތަށް އަންނަމުން ދިޔުމުން ކަންނެތްކަމާއެކު ފޯން ނަގާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. ވައިބާރ އެމެސެޖްތަށް ޑައުންލޯޑްވެ ފެންނަން ފެށުމާއެކު އަލްޔާން ގެ ދެލޯ ފުއްމައިގެން ބޭރަށް ނުނިކުތީ ކިރިޔާއެވެ. ************* އިރުކޮޅެއްކުރީން ގަދަ ނިދިގައި އޮތް އަލްޔާން ގެ މޫނުމަތީގައި ނިދީގެ […]