ދުނިޔެއަށް ނޭވާލެވުނު އިރު މިއީީ ކޮންކަހަލަ ތަނެއްކަން އަހަންނަށް އިނގުނު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ؟ ވޭނުން ފުރިގެންވާ މި ހިތްދަތިކަން ތަހައްމަލު ކުރަން ނުޖެހުނުނަމަ ހާދަހާ އުފާރިވީީީީީހެވެ. ނަމަވެސް, މިއަދު އަހަރެންގެ ހަޔާތުގެ ހުންގާނުގައި ހިފައި އައު މަންޒިލަކަށް ދަތުރު ބަދަލުކުރުމުގެ ހިއްވަރެއް މި އަތަކު ނެތެވެ. ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ބޭނުންވާނެހާ ބާރެއް އަހަރެންގެ ކުޑަކުޑަ ހަށިގަނޑަކު ނެތެވެ. މިއަދު، މި ހާލުގައި، މިފަދަ ގޮތަކަށް ނިމިގެންދިޔުމަށް އަހަރެން މަޖުބޫރުވެެއްޖެއެވެ. އެހީއަކަށް އެދި […]
ސާރާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ފޯނާ ކުޅެމުން ހޮސްޕިޓަލް އިން ނުކުތްތަނުން މީހަަކު ކުރިމައްޗަށް އެރުމުން އެއްފަރާތަކަށް ޖެހުނެވެ. ސާރާ އެއް ފަރާތަކަށް ޖެހުމުން އެމީހާވެސް ސާރާ ޖެހުނު ފަރާތަށް ޖެހުނެވެ. ސާރާ އަނެއްކާވެސް އަނެއް ފަރާތަށް ޖެހުނެވެ. ޖެހުމާއެކު އެމީހާވެސް ޖެހުނެވެ. ސާރާ ހައިރާންވެ ހުރެ ކުރިއަށް ބަލާލިއެވެ. އެއާއެކު ސާރާގެ ދެލޯ ދިޔައީ ބޮޑުވެ, މީހާ ރޫ ރޫ އަޅައިގަތެވެ. މާޒީގެ ސޮފްހާތަށް ކުރިމަތީގައި ހުޅުވެމުން ދިޔައެވެ. އިސާހިތަކު ދެލޯ […]
ދިރިއުޅުން ބިނާ ކުރަނީ ކިހިނެއް؟ ހަޔާތުގެ ބައިވެރިޔާ އާ އެކީ ދިރިއުޅުން ފެއްޓުމުގެ ކުރިން އޭނާއަކީ ތިމާއާއެކީ އަބަދަށް އެކުގައި ދިރިއުޅުން ފައްޓަން ރަނގަޅު މީހެއް ހެއްޔެވެ؟ އަހަންނަށް އެހެން ހިތަށް އަރައެވެ. އަހަރެންނަކީ އާދައިގެ އަންހެނެއްވެސް ބުނެވޭނެއެވެ. ބައެއް މީހުންނަށް އަހަރެން ވަރަށް ފްރެންޑްލީ، މަޖާ މިޒާޖެއްްގެ މީހެކޭވެސް ބުނެއެވެ. ރުޅިގަދައޭވެސް ބުނެއެވެ. ފޮނި މީހެކޭވެސް ބުނެއެވެ. އެކަމަކު އަހަރެން އެއަށް އަހަރެން އަޅައެއް ނުލަމެވެ. އެހެންމީހުން ދައްކާ ވާހަކައިގައި ތެދު ވެއެ. އެކަމު އަހަރެންނަކީ […]
“ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި….އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން.” އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު […]
“އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. […]
ފަތިހު ހޭލާ އިނދެފައި ނިދުނު ގޮތަށް ފުން ނިންޖަކަށް ގެނބިފާ އޮތް އީތަން އަށް ހޭލެވުނީ މެދުކެނޑުމެއް ނެތި ރިންގްވަމުން ދިޔަ އޭނާގެ ފޯން ގެ އަޑަށެވެ. ރާއްޖޭން ބޭރު ނަންބަރަކުން ގުޅަމުން ދިޔަ އިރު އެއީ ކާކުބާވައޭ ހިތުގާ ސުވާލް އުފެދުނެވެ. އަވަސް އަވަހަސް ފޯނު ނަގާ ހަލޯ އޭ ބުނުމުން އެކޮޅުން ވާހަކަ ދެއްކިމީހާ ދިން ޚަބަރުން އީތަން އަށް ކަންބޮޑުވެފާ ހުރެ ފުއްމައިގެން ތެދުވެލެވުނެވެ… ***************** “އީތަން… މިއުޅެނީ އުޅެ އުޅެވެސް އަލްޔާން […]
އިސްމާޢީލް ޢަލީ ކަލޭފާނު އަހަރެން ނިޝާން ދޫކޮށްލީ މަންމައަށްޓަކައެވެ. މަންމަ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އެނގުނީ އެންމެ ގާތް އެކުވެރިޔާ ޖީހާން ބުނީމައެވެ.މަންމައޭނާއާއި ޤަބޫލު ނޫނީ ކީއްވެތޯއެއް އަހަރެން ނުބަލަމެވެ. އެވަރަށް އަހަރެން މަންމަދެކެ ލޯބިވަމެވެ.މަންމައަކީ ވަރަށް ރަނގަޅު އިންސާނެކެވެ. މަންމަގެ ޤުރްބާނީގެ އަގު އަދާއެއް ނުކުރެވޭނެއެވެ. ނިޝާން އަކީ ރީތި ފިރިހެނެކެވެ.އިސްވެ ލޯބި ހުށައެޅީވެސް އަހަންނެވެ.އެއީ އަހަރެން ހިތްހަމަޖެހޭ ސިފަތަކެއްހުރީމައެވެ.އޭނަ އަހަރެންގެ ލޯބި ޤަބޫލު ނުކުރާން ވަރަށް މަސައްކަތް ކުރިއެވެ.އެހެންނަމަވެސް އަހަރެން ތަކުރާރުކޮށް ލޯތްބަށް […]
” އޯ ނޯ… ” ފާޚާނާއިން ނިކުން އަލޫފަށް އޭނަގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އީލާފް ފެނި ދެން ވާނޭ ގޮތް ހިތަށް އެރުމާއެކު ބުނެލެވުނެވެ. އޭރުވެސް އީލާފްގެ މޫނު މަތިން ކުރިންވެެސް ފެންނަން ހުރި ރުޅިވެރިކަން ފެންނަމުން ދެއެވެ. އަލޫފް ފެނުމާއެކު އީލާފް ކޮޅަށް ތެދުވިއެވެ. ” ވަޓް އީޒް ދިސް ދޮންބެ… ދޮންބެ… ދޮންބެ އުޅެނީ މިންހާ އާ ރައްޓެހިވެގެންތަ… ދޮގު ހެދީ ދޯ ދޮންބެ އަޅުގަނޑަށް… ” ރުޅި އައިސް ރަތްވެފައިވި […]
އައިކާއަށް ކަންބޮޑުވެފައި ބަލާލެވުނީ ކައިރީގައި އެވަގުތު އިން ޒޯހާގެ މޫނަށެވެ. ނަމަވެސް ޒޯހާގެ މޫނުމަތީގައި ނުތަނަވަސްކަމުގެ ކަނފުޅެއްވެސް ނެތެވެ. “ހަމަޖެހޭ.. އޭނަ އެއްވެސްކަމެއް ނުކުރާނެ އިކާއަށް އާދެބަލަ އަހަންނާއެކު..” އެވަގުތު ޖައިލަމް މަޑުމަޑުން އައިކާގެ ކަންފަތް ދޮށުގައި އެހެން ބުނުމާއެކު އަތުގައި ހިފައިގެން މިސްރާބުޖެހީ ދުރުގައި ހިނިތުން ވެފައި ބަލަންހުރި އާޔާ އާއި ދިމާއަށެވެ. ނުތަނަވަސް ވެފައިވާ ހިތަކާއެކު ނަމަވެސް އައިކާ ޖައިލަމްގެ ބަހަށް އިތުބާރުކޮށް ދިޔައީ ވެވިފައިވާ މަތިޭި ލޯތްބެއްގެ ސަބަބުންނެވެ. ********* މާހައުލުގައި ވެރިވެފައިވާ […]