Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….10ވަނަބައި

rishu Level 110 Stories
December 25, 2018 One Min Read
7 Comments

“ވަދޭ….” ދޮރުގައި ތެޅިއަޑަށް އީތާން ކައިރީގައި އޮތް ޓެބްލެޓް އަތަށް ނެގިއެވެ. ކޮފީތަށި ހިފައިގެން އައި އަރިޔާ އީތާންއަށް ބަލާލިއެވެ. ކޮފީތަށި ސައިޓްޓޭބަލް މަތީ ބެހެއްޓުމަށްފަހު ބަހެއްބުނުމެއްނެތި އެކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ.” މަޑުކޮށްބަލަ” އީތާންގެ އަޑަށް އަރިޔާގެ ހަށިގަނޑު ހުއްޓުންއެރިއެވެ. “މިހިފާގެންދޭ…..” އަރިޔާގެއަތަށް ޓެބްލެޓްލައިދެމުން އީތާންބުނެލިއެވެ.”އެޔޯ؟؟؟” ސުވާލުގެ ނަޒަރަކުން އަރިޔާ އީތާންއަށް ބަލާލިއެވެ. “މާދަން ފުރަންށޭ މިއުޅެނީ… ޝެޓިއުލްސް އެންޑް އެވްރިތިން..” އަރިޔާއަށް ޓެބްލެޓް ދައްކާލަމުން އީތާން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.” ޔޫކޭން ގޯ” އަރިޔާ ހުރިތަނަށް ހަރުލާފައި ހުރުމުން އީތާން ބުނެލިއެވެ. “އޯހް” އަރިޔާ ހިނގައިގަތުނީ ދޮރުހުރި ދިމާ އިދިކޮޅަށެވެ. “ކޮންތާކަށްތިދަނީ؟ އަރިޔާ ހަރަކާތްތަކަށް ބަލަން ހުރި އީތާން އަރިޔާ އަށް ދޮރުދައްކާލިއެވެ.” އެހެރި ދޮރު”. އަރިޔާ އުޅުވުނު ގޮތް އެގުމުން ލަދުގަތުނެވެ. “ސޮ ސޮރީ” އަވަސް އަވަހަށް އޭނާ އެތަނުން ނުކުމެގެން ދިޔައެވެ.

*****

އަރިޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލުމަށްފަހު ފޯނު ނެގިއެވެ. އަވަހަށް އޭނާކަންފަތުގައި ފޯނުޖެހީ އައިންތު ނަގާނެކަމުގެ އުންމީދުގައެވެ. “ހަލޯ” އެކޮޅުން ވާހަކަ ދެއްކި އަޑު އިވިފައި އަރިޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.”ދައްތާ އަޅުގަނޑު މާދަމާ ފުރަން މިއުޅެނީ” އަރިޔާ މެގައި އަތް އަޅާލަމުން ބުނެލިއެެެވެ.”މާލެ އައިސް ދައްތައަށް ގުޅާތި” އައިންތު އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އައިންތު ފޯނު ބޭއްވިކަން އެނގުމުން އަރިޔާ ހިތް ނުތަނަަސްވިއެވެ. ދެން ކަންތައތައް ވާން އުޅޭ ކަންތައްތައް އަރިޔާއަށް ނޭނގޭތީ އޭނާ ހާސްވަނީއެވެ

*****

އަރިޔާ ބަރު ފޮށި ހިފައިގެން ސިޓިންރޫމްއަށް ނުކުތްތަން ފެނި އެންމެން އެދިމާއަށް ބަލާލިއެވެ. “ރިޔާ ކޮންތާކަށް ދާން؟” މަލަކު އާއި ޒޯޔާ އަށްވެސް އަރިޔާ ދާން އުޅޭތަން ނޭނގޭތީ އަހާލިއެވެ. “އާހް… މާލެއަށްދާން…..އީތާން ނުބުނޭތަ؟” އަރިޔާ އީތާންގެ މުނަށް ބަލާލަމުން އަހާލިއެވެ. “އައި ގޮޓް ނިއު ޖޮބް” އަރިޔާ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރަމުން ބުނެލިއެވެ.”އަރިޔާ ހިނގާ ދާން ” އީތާން އަރިޔާއަތުން ފޮށި އަތުލަމުން ކާރަށް އެރުމަށް އިޝާރަތްކުރިއެެވެ.” ބައި”އަރިޔާ އަތުން ހަނާއަޅާލިއެވެ. މަލަކުއާއި ޒޯޔާއައިސް އަރިޔާގައިގައި އޮޅުލައިގަތުނެވެ.

*****

އެއަޕޯޓް އަށް އާދެވުމާއެކު އަރިޔާއަށް ވަރުބަލިކަން އިހުސާސްކުރެވުނެވެ. އޭނާ އީތާން ހޯދަން ދެކޮޅު ބަލާލިއެވެ. ދުރުން ފެންފުޅިއެއް ހިފައިގެން އައި އީތާން ފެނި އަރިޔާ ހިތްހަމަޖެހުނެވެ. “ފުރާގަޑި ޖެހެނީ އަވަސް” އީތާން ބުންޏެވެ. އަރިޔާ ފެންފޮދެއްބޯލުމަށްފަހު އީތާންގެ ފަހަތުން ދިޔައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއަށް އަރިޔާމެންނަށް އާދެވުނެވެ. އަރިޔާގެ ސުއިޓްކޭސްއާއި އީތާންގެ ސުއިޓްކޭސް ހިފައިގެން އެރަވަލްސް ދޮރުން ނުކުތެވެ. އޭރު އެތާކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއިން އަންހެންކުއްޖާ ތެދުވެގެން އައިސް އީތާން އަތުގައި ހިފާލިއެވެ.”ހަނީ…..އަހަންނޭމީ” އެއަންހެންކުއްޖާ ލޮލުގައި އަޅާފައި ހުރި އަވިއައިނު ނެގިއެވެ. އެކުއްޖާގެ މޫނުފެނުމުން އަރިޔާ ދެލޯބޮޑުވިއެވެ. ދެވަނަ ސިކުންތުކޮޅުގައި އަރިޔާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. “އެ ކާކު؟” ތުއި އަޑަކުން އަލްވާ އީތާން ގާތު އަހާލިއެވެ. “އެއީ މައި ޕާރސަނަލް އެސިސްޓެންޓް” އީތާންގެ ޖަވާބު ކުރެވެ. އަރިޔާ ފުންނޭވާއެއްލުމަށްފަހު އަލްވާއާ ކުރިމަތިލިއެވެ. “ހައި…. މައި ނޭމް އިޒް އަރިޔާ….” އަރިޔާ މޫނުމައްޗަށް ހިނިތުންވުން ވެރިކުރަންވެސް ވީ އުދަނގޫކަމަކަށެވެ. އަރިޔާ ސަލާންކުރަން ދިއްކުރިއަތުގައި އަލްވާ ހިފާލިއެވެ.” އަރިޔާ…. ދޯ…..ޔޫ ރިމައިޑް މީ އޮފް  މައި ފްރެންޑް… އޭނާގެ ނަމަކީވެސް އަރިޔާ…ހެހެ” އަލްވާއަށް ހުރެވުނީފާޑަކަށް އަރިޔާގެ މޫނަށް ބަލަންށެވެ. އެއަތުންދޫކޮށްލީވެސް މަޑުމަޑުންނެވެ. “ހިނގާ ދާން” އަލްވާގެ އަތުގައި ހިފުމުގެ ބަދަލުގައި ހިފީ އަރިޔާގެ އަތުގައެވެ. އެތަން އަލްވާއަށް ފެނިގެން އާދެވުނީ އަމަށަކު ރުޅިއެއް ނޫނެވެ.

******

“މަންމާ!!!!!” ގެއަށްވަދެގެން އައި އަލްވާގެ އަޑުނުހަނު ބާރެވެ. އެގޭގައި މަސައްކަތްކުރަން އުޅުން މީހުން ހުއްޓުން އެރިއެވެ. އެއިން މީހަކަށް އެތަނުން ފިޔަވަޅެއް އަޅަންވެސް ނުކެރުނެވެ. ކޮޓަރިން އަމީރާ ނުކުތްވަގުތު އެއްޗެއް ތަޅާގެން ދިޔައަޑު އިވުނެވެ. “އަލްވާ!!!! ކިހިނެއް ވެގެންތަ ތިއުޅެނީ؟” އަމީރާ ބަދިގެއަށް ވަތް އިރު އަލްވާ މޮޔައެއްހެން ބަދިގޭގައި ހުރިތަށިތަކާއި ޖޯޑުތައް އުކަމުން ދިޔައެވެ. “އަލްވާ ފުރަތަމަ ބުނެބަލަ ކިނިއެތް ވީތަ؟؟؟” އަމީރާ އުޅުނީ އަލްވާ ހަމައަކަށް އަޅުވަންށެވެ.” މަންމާ އޭނާ މަރެއް ނުވޭ…. އެނާ މިއަތުގައިވެސް ހިފި….މަންމާ ދެން ކިހިނެއް ހަދާނީ؟؟؟” ހަާސް ވެފައި އަލްވާ ބުނެލިއެވެ. “ކީކޭ އަރިޔާ…..މަރެއްނުވޭ” އަމީރާގެ ދެލޯ ބޮޑުވިއެވެ. “ހޫމް” އަލްވާ އަމީރާގެ އަތުގައި ހިފާލިއެވެ. “މަންމާ ވީހާވެސް އަވަހަކަށް ޖެހޭނެ އީތާން އާއި އަހަރެން މެރީކުރަން… އަރިޔާ ކަމެއް ކުރުމުގެ ކުރިން” އަލްވާ އަވަސް އަވަހަށް ބުންޏެވެ.

*****

އީތާން ކާރުދުއްވަން އިންއިރު އަރިޔާ އިނީ ބޭރުބަލާށެވެ.އެ ހަމަހިމޭން މާހައުލުގައި އިންނަން އީތާންއަށް އުދަނގޫވިއެވެ” ޑޫޔޫ ނޯހާރ؟” އީތާންގެ އަޑު ކުއްލިއަކަށް އިވުމުން އަރިޔަާ ސިއްސައިގެން ދިޔައެވެ. “ވަޓް؟” އަރިޔާ ދެލޯބޮޑުކޮށްލެވުނެވެ. “ތިކިޔަނީ އަލްވާގެ ވާހަކަތަ؟” އަރިޔާ އަހާލިއެވެ. “ދެން ކާކުގެ ވާހަކައެއްތަ؟” އީތާން ވެސް ކުރީ ސުވާލެކެވެ. “ނޮޕް ނޭނގޭ މަށަކަށް” އަރިޔާ ހަގީގަތް ފޮރުވަން އުޅުނެވެ. “ހިއަރ ވީ އަރ” އީތާން މައުލޫ ބަދަލު އަރިޔާ އިންގޮތް ފެނިފައެވެ.

*****އޭގެ އަނެއްދުވަސް****

އަރިޔާ އީތާންގެ ހެދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު އޭނާ ކޮޓަރިއަށް ވަދުނީ ރީތިވާންށެވެ. މިއަދު އީތާންއާއެކު އަރިޔާ ހަތަރުދަމު އުޅެންޖޭކަން އޭނާއަށް އެނގެއެވެ.ަން

އީތާންގެ ފަހަތުން މަޑު ހިނގުމެއްގައި އަރިޔާ އީތާންގެ ކެބިންއަށް ވަދުނެވެ. އަރިޔާ އަށް ހާއްސަ ކުރެވިފައިވާ މޭޒުމަތީގައި އޭނާގެ އަތްދަބަސް ބާއްވާލުމަށްފަހު މަސައްކަތާގެން ކުރިއަށް ދިޔައެވެ. އަރިޔާ އެދުވަހު ހަތަރުދަމު އުޅުނީ އީތާންގެ ފަހަތުގައި އެވެ. ހަމަޖެހިލާނެ ފުރުސަތެއް އޭނާ އަކަށް އެދުވަހަކު ނުލިބުނެވެ.

ހަވީރު ވަގުތެވެ. އަރިޔާ އިނީ އީތާން ބުނެގެން ސޯފާގައި އިށީނދެއެވެ. އެއްވެސްކަމެއް އޭނާ ކުރަން ހަވާލުނުކުރާތީ އޭނާ އިނީ ފޫހިވެފައެވެ. މީހަކު ދޮރުގައި ޓަކި ދިން އަޑަށް އަރިޔާ އާއި އީތާން އެދީމާލަށް ބަލާލިއެވެ. ވަދެގެން އައި މީހާފެނި އަރިޔާ އަށް ކޮޅަށް ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. “ބައްޕާ!!” އީތާން ޝަފީޤް އަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. ޝަފީޤްގެ ފަހަތުން އެ ކެބިންއަށް ވަދުނު މީހުން ފެނިފައި އަރިޔާ ދެބުމަ ގޮށްޖެހުނެވެ. އަލްވާގެ ފަހަތުން އަމީރާގެ އިތުރުން ވަދެގެންއައި އާމިރު އަރިޔާ ވަކިކުރަން ނޭނގުންކަން އެއީ އެމީހުންގެ ބަދުނަސީބުކަމެވެ. އަރިޔާ އީތާންގެ މެހޭމާނުންނަށް ތަންދައްކަމުން އެނާ ދުރަށް ޖެހިލިއެވެ. ޝަފީޤް އައިސް އީތާން އާއި ޖެހިގެން އިން ސޯފާގައި އީށިނދިއެވެ. “އީތާން…. މިހިރީ ބައްޕަގެ ވަރަށްގާތް ރަހުމަތްތެރިއެއް…. ދެން އެހެރީ އޭނާގެ އަންހެނުންނާއި އާހިލްގެ ދަރި” ޝަފީޤް އެހެންބުނުމުން އަރިޔާއިސްއުފުލާލިއެވެ. އަރިޔާއަށް އަމީރާމެން ޝަފީޤް ވާ ވައްދާފައި ހުރި މިންވަރު އަރިޔާއަށް އަންދާޒާކޮށްލެވުނެވެ. “އެކަމަކު ބައްޕަމިއާއީ އެވާހަކަ ދައްކާކަށެއް ނޫން…. ބައްޕަ ބުނަން މިއުޅެނީ ދަރިފުޅު މީހަކާ ކައިވެނި ނުކޮށް ތިހިރީ ކީއްވެހޭ؟” ޝަފީޤް ކުރި ސުވާލުން އަރިޔާ ޝަފީޤް އަށް ބަލާލެވުނެވެ. އޭނާގެ ހިތް ތެޅެންފެށީ އެއަށްމިއެއް ބެލުމެއްނެތިއެވެ. އިީތާން ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އިސްކުރީ ހަމަހިމޭންކަމެވެ. އީތާން އޭނާ ލޯބިވާކުއްޖެއް އބަހުރިކަން އޭނާގެ ބައްޕައަށް އަންގަން ބޭނުމެވެ. އެހެނަސް އޭނާ ދުވަހަކުވެސް އޭނާގެ ބައްޕައާއި ދެބަސް ވެފައެއް ނޯވެއެވެ. “އީތާން….ބައްޕަ ބޭނުން ދަރިފުޅުއާއި އަލްވާ ކައިވެނިކުރަން” އެހެންބުނުމުން އަލްވާ އަރިޔާއަށް ބަލާލީ ތުންފަތަށް ނުލާފާ ހިނިތުންވުމެއްވެރިކުރަމުންނެވެ. އަރިޔާއަށް އިތުރު ކަމެއް ކުރުމުގެ ކުރިން އޭނާގެ ފޯނު ރިންގުވާންފެށިއެވެ. އަރިޔާ ފޮނުނަގައި ހަލޯ ބުނުމާއެކު އެކޮޅުން ތީ އަރިޔާތޯ ސުވާލު ކުރިއެވެެ. އަރިޔާ ޖަވާބުގައި ލައްބައޭ ބުނުމުން އެކޮޅުންބުން އެއްޗަކުން އަރިޔާ ދެލޯބޮޑުވިއެވެ. “ކޮން ހޮސްޕިޓަލެއް؟” އަރިޔާ އަވަސްއަވަހަށް އަތް ދަބަސް ހިފައިގަން ދިޔަތަން ބަލަން ހުރި އީތާން ހާސްވާންފެށިއެވެ. ނޭގިނަމަވެސް އޭނާގެ ހިތް ކޮންމެވެސް ނުބައެއް ހިންގާފިކަން އިހުސާސް ކުރެވުނެވެ.

 

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ނުކުރާނަން މާފެއް (3)

Next

ވަގުތު 2

Next
December 25, 2018

ވަގުތު 2

Previews
December 25, 2018

ނުކުރާނަން މާފެއް (3)

7 Comments!

  1. rishu says:
    December 25, 2018 at 5:45 pm

    here is 10 episode ….
    next episode saturdayga
    hope u like it

  2. Nanny says:
    December 25, 2018 at 6:39 pm

    Nice…keep up the good work…wish u all the best.

  3. Xuam says:
    December 25, 2018 at 11:11 pm

    Wow… Varah varah reethi mi part vas…

  4. Safarukadha says:
    December 26, 2018 at 10:37 pm

    Wow keep g?

  5. brom says:
    December 29, 2018 at 11:55 am

    wow!nice………next part kiyaalan keh madhuvefa mi iny

  6. lalls says:
    December 30, 2018 at 9:16 am

    kba next part varah kiyaa hihvey eba

  7. niyaaasha says:
    April 8, 2019 at 9:13 am

    koba.. new part eh nehtha

Comments are closed.



All Right Reserved!