“ޒިން.. ވީ ކާންޓް ބީ ޓުގެދަރ.. ” މިޝްޔާ ގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ” މިޝޫ.. ވައި؟؟ ” ޒައިން ހައިރާން ކަމާއި އެކީ އަހާލިއެވެ.. ” އައިވިލް ޓެލް ޔޫ އެވްރީ ތިންގް.. ” މިޝްޔާ ލޯ މަރާލާފައި ބުންޏެވެ. ” ކުއްލިއަކަށް އަހަރެން ބަލިވިޔޭނުން ދޯ ފަހަރެއް.. އޭގެ ފަހުން ރަނގަޅުވި ފަހުން ވެސް ބޯ އަނބުރާފަ ހޮޑު ލެވޭ.. ކެއްސަންވެސް ކެއްސާ.. މިހާރު އަދި ކެއްސާ އިރު.. ލް.. ލޭ ވެސް […]
އެއީ ކޮން ބައެއް ބާއެވެ؟ އެމިހުން އެއުޅެނީ ކީއް ކުރަން ބާއެވެ؟ ހަމަ އެކަނި އިނގޭ އެއްޗަކީ އެމިހުން ކުރަން އެއުޅޭ ކަމަކީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެއް ކަމެވެ. **** ފަޒްލާ އިނީ މިޝްޔާ އެގޮތަށް ދިޔުމުން ހައިރާން ވެފައެވެ. އެހެނީ މި ހުރިހާ ދުވަހު ޒައިން މިޝްޔާ އަށް ކިތަންމެ އުނދަގުލެއް ކުރިއަސް އެގޮތަށް ރޮއެ، ރުޅިއެއް ނާދެއެވެ. ޒައިން އާއި ގުޅުމެއް ވީ ކަމެއް ކަމަށް ހިތާ ފަޒްލާ އިނީ […]
” މަންމާ.. ޒައިނޫ!!!” ކަންފަތް ފަޅައިންދާ ވަރަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ކޮޓަރި ދޮރު ވެސް ހުޅުވުނެވެ. ” ހަހަހަހަ.. ” ފަޒްލާ ދޮރު ހުޅުވާލިގޮތަށް ފެށީ ހޭށެވެ. ” ކޮބާ މީޝް.. މަންމަ ބުނަމޭނުން ނަމާދު ކޮށްގެން ދެން ނޯއްތާށޭ.. ޒައިން ތިހެދީ ހަމަ ރަނގަޅަށް.. ” “އަދި މަންމަ ވެސް ޒިންގެ ކޮޅަށްތަ؟ ތީ މީޝްގެ މަންމަ ތަ ޒައިންގެ މަންމަތަ؟” އެނދުން ވެއްޓި ނުތެދުވެފައި އިން މިޝްޔާ ތުން އޫކޮށްލާފައި ބުންޏެވެ. ” […]
ބައްދާލައިގެން ތިއްބާ މީހަކު ކަރުކެހިލި އަޑު އިވިފައި ދެމިހުން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަޑު އައި ދިމާލަށް ބަލާލިއެވެ. ކުރިމަތީ ގައި ހުރި މީހާ އާއި އެމިހާގެ މޫނު މަތީގައި ވީ ކުލަވަރުން ޒައިން އާއި މިޝްޔާ އަށް ދެމިހުން ދެމިހުންގެ މޫނަށް ބަލާލެވުނެވެ. ” ޝިޓް.. ދޮންބެ..” އަތުގެ ބަނޑުފުށުގައި ޖަހާލަމުން ޒައިން ލޯމަރާލިއެވެ. ” ހަހަހަހަ.. މިއޮށް ކަމެއް.. މަށަށް އިނގެޔޭ ކޮންމެސް ދުހުކުން ތިކަން ވާނެ ކަން..” އިޝާން […]
ކާރު ބާރު ބޮޑު މާލޭގައި އެހާ ބާރަށް ދުއްވާފައި ދިއުމުން މިޝްޔާ އިނީ ތުން ދަމައިގެންނެވެ. ޒައިން ކައިރީގައި ކިޔާ ކިޔާ ވެސް މަޑެއް ނުކުރިއެވެ. ވިލާ ކޮލެޖު ކައިރީގައި ސައިކަލު ޕާރކު ކޮށްފައި ދެމިހުން އެތެރެއަށް ވަންނަން ދިޔައީ އެކީގައެވެ. ޒައިން އާއި މިޝްޔާ އަކީ ކުޑައިރުން ސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. މިޝްޔާގެ ބައްޕަ މާއިން އާއި ޒައިން ގެ ބައްޕަ ޒިޔާން އަކީ ވެސް އެމީހުން ކުޑައިރުން ފެށިގެން އެންމެ ގާތް […]
ފުޅާ ސިޑިން ދުވެލާފައި ކަހަލަ ގޮތަކަށް ފޭބީ ޒުވާން އަންހެން ކުއްޖެކެވެ. ދުނިޔެ މަތީގެ ޕަރީއެއް ފަދައެވެ. ހަންގަނޑު ދޮން ނޫނަސް ކަޅެކޭ ވެސް ނުބުނެވޭނެ އެވެ. ކުޑަ ކޮށް ފަލަ ވިޔަސް ނުލާހިކު ލޯތްބެވެ. ފިޔާތޮށި ކުލައިގެ ތުނި ތުނި ތުންފަތެކެވެ. އެ ކަޅުކަން ގަދަ ލޯ ތޫނު ވެފައި ރީއްޗެވެ. ފިރިހެން ކުއްޖަކު މޮޔަވާހާ ރީތިކަން ގުދުރަތުން ލިބިފައި ވެއެވެ. ” މީޝް.. ބައްޕަ ބުނަމޭނުން ސިޑިން ދުވެފަ ނުފައިބާށޭ.. ދަރިފުޅަށް އަނިޔާ އެއް […]
“މިޝޫ..މިޝޫ ..ކިހިނެތް ވެފަ ތީނީ؟؟ ތީ ކޮންހާ ލެޔެއް؟؟” ******** “ޒައިން.. އަހަރެން ބޭނުމެއް ނޫން ޒައިން ދޫކޮށްދާކަށް..” “ޝޫޝްޝްޝް.. އިޓްސް ގޮނަ ބީ އޯކޭ.. ނުވިސްނާ..” *********** ” އައިމް ވެރީ ސޮރީ..” ޑޮކްޓަރު އެތަނުން ނިކުމެގެން ދިޔައީ އެންމެންގެ ހިތްތަށް މާޔޫސް ކޮށްލާފައެވެ. ********** “މިޝޫ…” މުޅި ތަނުގައި ގުގުމާލީ ފިރިހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. ********* ” ލޯބިވާ.. އަހަރެން ދޫކޮށްފައި ނުދޭ..” “ނުދާނަން.. ފުރާނަ ހުރިހާ ހިނދަކު..” ********** އިންތިޒާރު ކޮށްލައްވާ!! 🙂
އަހަރެން ހަނދާން ހުންނަން ފެށީންސުރެ އަހަރެން ބަލަމުން ގެންދިޔައީ އަހަރެންގެ މާމައެވެ. މާމައަކީ އަހަރެންނަށް އަހަރެންގެ މަންމަ އާއި ބައްޕަ އެވެ. އަހަރެން ގުރޭޑް 6 ނިންމި އަހަރު އަހަރެންނަށް އަހަރެންގެ ބައްޕަ ގެއްލުނެވެ. އުމުރުން 1 އަހަރު ވީއިރު މަންމަ ވެސް އަހަރެން ދޫކޮށްލައިފިއެވެ. ނަމަވެސް އޭރު މާމަ އާއިއެކު އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ.. ދުވަސްތައް މާޒީ އާއި އެކުވަމުން ދެއެވެ. އަހަރެން ގުރޭޑް 10 ނިންމީ އެހާ ރަނގަޅު ފާހަކާއި އެކީ އެއް […]