Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 11

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 25, 2018 8 Mins Read
40 Comments

މިންހާމެނަށް ދަތުރު ދާން ހަމަޖެހިފައިވި މަންޒިލަށް ދެވުމާއެކު އެތަނުގެ ރީތިކަމުން އެންމެ ފުރަތަމަވެސް އެތަން ވަށާއިގެން ނަޒަރެއް ދެވުނެވެ. ހުދު ކުލައިގެ ބޮޑު ފަސްގަނޑާއި ސާފު ބިއްލޫރިކޮޅެއްފަދަ ރީތި މޫދު ފެނުމުން ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ބިޔަކޮށް ހެދިފައި ގަސްތަކުން ބޮޑު ހިސާބަކަށް ހިޔާ އެޅިފައިވާއިރު މައިޝާ އާއި ނަޝްފާ މަޝަނަކުން ފަތްތަކާއި ގާތައް އެއްފަރާތްކޮށް ރީތިކުރަން ހަރަކާތްތެރިވަމުން ދެއެވެ. އެހެން މީހުން އެއްޗިހިތައް ގެނެސް ހެދުމުގައި އުޅެއެވެ. ” އޭ ހެލޯ… ދެމީހުން މިތާ ތިބެނީތަ ދަތުރު ނިމެންދެން… ” ނާއިލް އެހެން ބުނުމާއެކު އަޝްރާ އާއި މިންހާ އާ ދެމީހުން ތުންކޮޅު ހަދާލުމަށްފަހު މައިޝާމެންގެ ގާތަށް މިސްރާބުޖެހިއެވެ. އެދެމީހުންގެ އެ ހަރަކާތުން ނާއިލަށް ހެވުނެވެ.

އެއްޗިހިތައް ގެނެސް ތަރުތީބުކޮށްލުމަށްފަހު އެންމެ ފުރަތަމަވެސް އެންމެން ފެށީ ފައިގަތަޅާ ކުޅެށެވެ. އަންހެން ފިރިހެން ދެބަޔަކަށް ބަހާލައިގެން ކުޅުން ކުރިއަށް ގެންދިޔައީ ވަރަށް ފޯރީގައެވެ. ގުރުއަތުން އެންމެ ފުރަތަމަ އެތެރެއަށް ވަންނަން ފުރުސަތު ލިބުނީ އަންހެން ޓީމަށެވެ. ބޯޅަ ހިފައިގެން އުކަން ހުރި ނާއިލްގެ އެންމެ ފުރަތަމަ އަމާޒަކަށްވެސް ވީ އަޝްރާއެވެ. ނާއިލް އެއްލި ފުރަތަމަ ބޯޅައިން އަޝްރާ ވަރަށް ހުޝިޔާރުކަމާއެކު ރެކިގަތެވެ. އަނެއްކޮޅުން ބޯޅަ ނަގައި އުކަން ފެށީ އިއާންއެވެ. ނާއިލްގެ އެތައް މަސައްކަތަކުން އަޝްރާގެ ގައިގައި ބޯޅައިން ޖެހުނެވެ. އަޝްރާ ނުބައިވުމާއެކު ނާއިލް ވައްތަރެއް ޖައްސާލަމުން އަޝްރާ އާ ދިމާކުރިއެވެ. އެގޮތުގައި ނުހަނު ފޯރިއާއެކު ކުޅުން ކުރިއަށް ގެންދިޔައެވެ. ވަރުބަލިކަން އިހުސާސްވުމުން އެންމެންވެސް ކުޅުން ހުއްޓާލިއެވެ.

ކުޅުން ހުއްޓާލުމަށްފަހު އެންމެންވެސް ބޭނުންވީ އެހޫނު ގަދަ ވަގުތު ކޮންމެވެސް ފިނި ބުއިމެއް ބޯލުމަށެވެ. ހުރިހާ އަންހެންވެރިން ވެގެން އަވަހަށް އެކަމުގެ އިިންތިޒާމުކޮށްލިއެވެ. އޮރެންޖް އަދި ސްޓްރޯބެރީ ފެންޓާ އާއެކު ތަފާތު އެކި ވައްތަރުގެ ކޭކާއި ބިސްކޯދުފަދަ ތަކެތި ހުއްޓެވެ. އެކި މީހުން ތަށި ތައްޓަށް ކާތަކެތި އަޅާއިގެން ހިޔާގަނޑުގައި ޖައްސާލިއެވެ. މިންހާ އާއި އަޝްރާ ތަންކޮޅެއް ދުރުގައި ހުރި ހިރުނދު ގަސްދޮށުގައި އިށީނެވެ. އޭރު އެކި މީހުން ތިބީ އެކި އެކި ވާހަކަތަކުގައެވެ. ”މިންނު… އައި ނީޑް ޓު ޓެލް ޔޫ ސަމްތިން… ” ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއެކު އަޝްރާ މިންހާގެ މޫނަށް ބަލަހައްޓާއިގެން އިނދެ ބުނެލިއެވެ. ” އޯކޭ… ޓެލް މީ… ހާދަ އެހެން ކަހަލަ ގޮތަކަށް ތިބުނީ… ބުނެބަލަ… އަޝޫއަށް އަހަރެން ކައިރި ކޮންމެ ވާހަކައެއްވެސް ދެއްކޭނެ… ޓެލް މީ… ” އަޝްރާގެ އަޑުގަ އާއި މޫނު މަތިން ފެނުނު ނުތަނަވަސްކަމުން އަޝްރާގެ އަތުގެ މަތީގައި އޭނަގެ އަތް ބާއްވާލަމުން މިންހާ ބުނެލިއެވެ. ” މިންނު… އައި ކިސްޑް ހިމް… ” އަޝްރާ ބުނެލި ވާހަކައަކުން ސްޓްރޯބްރީ ފެންޓާ ތައްޓެއް ބޮމުން ދިޔަ މިންހާގެ ދެލޯ ބޮޑުވެ އަޝްރާ އާއި ދިމާލަށް ވަގުތުން ބަލައިލެވުނެވެ. އޭނާ ކޮށި ނޭރީވެސް ކިރިޔާއެވެ. އަޝްރާ ބުނެލި އެއްޗަކުން އެތަނާ ނުހަނު ގާތުގައި ހުރި ނާއިލްގެ ފިޔަވަޅުތަކަށްވެސް ވަގުތުން ހުއްޓުމެއްއައެވެ. ނާއިލް އަވަސް އަވަހަށް މީހަކަށް ނުފެންނާނޭހެން އެތަނުގައި ހުރި ގަސްތަކެއްގެ ނިވަލަށް ވަނެވެ.

” ވަޓް… ޔޫ މީން ޝާއިފް… ބަޓް އަޝޫ… ” ލިބުނު ހައިރާންކަމުގައި މިންހާއަށް ވާހަކަ ދެއްކުނީވެސް ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށް ފަހުއެވެ. ” އައި ޑިޑިންޓް ހޭޑް އެނީ އަދާ ޗޮއިސް… ” މިންހާގެ ވާހަކަ މެދުކަނޑާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ތިބުނީ ކީކޭ… ” ސުވާލު އުފެދިފައި އިނދެ މިންހާ އެހެން ބުނެލުމާއެކު އަޝްރާ އެރޭ ކަންތައް ވީގޮތް މިންހާއަށް ކިޔައިދޭން ފެށިއެވެ. ” ހީ އެގެއިން މިސްއަންޑަސްޓޫޑް މީ އެން ނާއިލް… ޝާއިފަށް ރިޕްލައި ކުރަމުން ދަނިކޮށް ނާއިލް ގައިގައި ޖެހިފަ އަހަރެން ދިޔައީ ވެއްޓެން… ރަނގަޅަށް ނުބަލާ އައިމަ ދެމީހުނަށްވެސް ނުފެނުނީ… އަހަރެން ވެއްޓެން ދިޔަ ވަގުތު ނާއިލް އަހަރެން ވެއްޓުނަ ނުދީ ހިފެހެއްޓި… ދެން އެތަން ފެނުނީ ޝާއިފަށް… ވަރަށް ރުޅި އައިއްސަ ހުރީ ޝާއިފް އެރޭ… އަހަރެން އަތުގަ ހިފަހައްޓާއިގެން ހުރި ތަންތަންވެސް ހުރީ ރަތްވެފަ… ވަރަށް މަސައްކަތުން ޝާއިފަށް ވިސްނައިދެވުނީ… އަހަރެން އެތައް ފަހަރަކު ތަކުރާރުކޮށް ބުނަމުން ދިޔައިން އަހަންނާ ނާއިލް އާ ދެމެދު ޝާއިފް އެ ހީކުރާ ކަހަލަ ގުޅިމެއް ނެތޭ… އަހަރެންނާ ނާއިލް އަކީ ހަމައެކަނި ރައްޓެހިންކަމުގައި އެތައް ފަހަރަކު ބުނިން… އެކަމަކުވެސް ޝާއިފަކަށް ގަބޫލެއްނުކުރެވޭ… ބުނީ ޕްރޫވް ކޮށްދޭށޯ އަހަރެން ލޯބިވަނީ ޝާއިފްދެކެ ކަން… ފުރަތަމަ ފަހަރު އަހަރެން އޭނަ ހުއްޓުވިން އެކަމަކު… ދެވަނަ ފަހަރު އަހަރެން ބޭނުންވީ އަހަރެން ލޯބިވަނީ ޝާއިފްދެކެ ކަން ސާބިތުކޮށްދެން… ” އަޝްރާގެ ވާހަކަތައް އަޑު އަހަން ހުރި ނާއިލްގެ އަތް ވަނީ މުށްކެވިފައެވެ. އޭނަގެ މޫނު މަތިންވެސް ރުޅި އައިސްފައި ހުރިކަން އެނގިގެން ދެއެވެ.

” އަޝޫ… އައި ނޯ އަޝޫ ޝާއިފްދެކެ ވަރަށް ލޯބިވާކަން… އެކަމަކު… ދެން ތިކަހަލަ ކަމެއް ނުކުރައްޗޭ… އަސްލު ރަނގަޅު ގޮތަކީ އެކަހެރިކޮށް ބައްދަލުވެސް ނުކުރުން… އެއްފަހަރުވެސް ކުޑަކޮށްވެސް ކައިރިވެއްޖެނަމަ ދެވަނަ ފަހަރު ކައިރި ވުމަށް ހިތް އެދޭނެ… އަހަރެންވެސް އަސްލު ބޭނުމެއް ނޫން އަލޫފް އާއެކު ސެޕަރޭޓްކޮށް މީޓްކުރާކަށް… އެރޭ ކަންތައް ވީގޮތުގެ ވާހަކަ އަހަރެން އަޝޫއަށް ޕާޓީގެ ތެރެއިން ކިޔައިދިނީމެއްނު ދޯ… އަހަރެން އެގޮތަށް މީޓްކުރަން އެއްބަސް ނުވާނެތީ އަލޫފް އަހަރެން އެރޭ އެތަނަށް އެގޮތަށް ގެންދިޔައީ… އަސްލު ޝާއިފަށް ޖެހޭނެ އަޝޫ އެހެން ބުނީމަ ގަބޫލުކުރެވެން… ހީ ޝުޑް ޓްރަސްޓް ޔޫ… ތަކުރާރުކޮށް ޝާއިފަށް ވިސްނައިދިނުމުންވެސް ތިކަހަލަ މިސްއަންޑަސްޓޭންޑިންތައް ކުރިމަތި ވަނީ ޝާއިފް އަދިވެސް އެގޮތަށް ގަބޫލުކުރާތީ އެއްނު… އަޝޫ ބުނީމެއްނު ތަންކޮޅެއް ކުރިން އެއްކަލަ ޖެޓީ މަތީގަ ތިބެގެން ތުއްތު އާ ދެމީހުން ވާހަކަ ދެއްކި ދުވަހުވެސް މައްސަލަ ޖެހުނު ވާހަކަ… އަސްލު ޝާއިފަށް ޖެހޭނެ އެއްނު އަޝޫ ބުނީމަ ގަބޫލުކުރެވެން… ” މިންހާ ދެއްކި ވާހަކަތައް ގަބޫލުކުރަމުން އަޝްރާ ބޯ ޖަހާލިއެވެ. އޭނަގެ ހިތާއި ސިކުނޑިވެސް އެކަމަށް އެއްބަސްވެއެވެ. ”ހޫމް… ދެން ހިނގާ އެހެން ވާހަކައެއް ދައްކަމާ… މި ދަތުރު އައިސް މޫޑް ގެެއްލޭކަށް ބޭނުމެއްނޫން… ހެހެހެ… ” އަޝްރާ މިހެން ބުނެ ވާހަކަ އޮޅުވާލިއެވެ. ނާއިލްވެސް ދެން އަޝްރާމެން އެވާހަކަ ނުދައްކާނެކަން އިނގޭތީ ސިއްރު ސިއްރުން ގަސްތަކުގެ ތެރެއިން ނިކުމެ އިއާންމެންގެ ގާތަށް މިސްރާބުޖެހިއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި މިންހާ އާއި އަޝްރާވެސް އެތަނުން ތެދުވެ ދާން ހިނގައިގަތެވެ. އޭރު އިއާންގެ އާއި ނާއިލް އެދިމާލަށް އަންނަމުން ދެއެވެ. ވަގުތުން މިންހާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ވެރިވުމާއެކު އޭނާ އަޝްރާގެ ގާތު ސިއްރު ސިއްރުން ބުނެލިއެވެ. އަޝްރާ ލުއި ހުނުމަކާއެކު އޭނަގެ ބޮޑުވައި އިނގިލިން ރަނގަޅު ޚިޔާލެއް ކަމުގައި ބުނެ އިޝާރާތްކުރިއެވެ. އިއާންމެން އެމީހުނާ އަރާ ހަމަކުރުމާއެކު މިންހާ އިއާންގެ ގައިގައި ޖެހިގަނެފައި އޭނަގެ އަތުގައި ހުރި ފެންޓާ ތަށީގައި ނުބޮއެ ހުރި ބައި އިއާންގެ ހުދު ކުލައިގެ ޓީޝާޓަށް އޮއްސާލިއެވެ. އެއާއެކު އިއާންގެ ޓީޝާޓުގެ ބޮޑު ބައަކަށް ރަތް ކުލަ ވެރިވިއެވެ. ” ސޮރީ އާން… ހެހެހެ… ” ހެމުން ހެމުން އެހެން ބުނެ މިންހާ ބާރަށް ދުއްވައިގަތެވެ. އިއާންވެސް މިންހާގެ ފަހަތުން ބާރަށް ދުއްވައިގަތެވެ. އެދެމީހުންގެ ހަރަކާތްތައް ފެނި އަޝްރާ ހުރީ ހީހީ ވަރުބަލިވާވަރު ވެފައެވެ. އެހެނަސް އޭނަގެ ގާތުގައި ހުއްޓި ހުރި ނާއިލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވާން ހުރިއިރު ނާއިލްގެ ނަޒަރުވެސް ހުއްޓިފަައި ވަނީ އަޝްރާއަށެވެ.

ހެމުން ހެމުން ދިޔަ އަޝްރާ ނާއިލަށް ބަލައިލިއިރު ނާއިލް އޭނައަށް ބަލަހައްޓާއިގެން ހުރުމުން ވަގުތުން އަޝްރާގެ ހުނުން ހުއްޓުނެވެ. ” ކިހިނެއްވީ މިހާރު ދެބުމަ ގޮށްޖަހައިގެން މަށަށް ތި ބަލަނީ… ” އެއް ބުމަ މައްޗަށް ހިއްލާލަމުން އަޝްރާ އެހެން އަހާލުމާއެކު ނާއިލް އަޝްރާގެ އަތުގައި ހިފައިގެން ކުރިންވެސް އޭނަ ވަދުނު ގަސްތަކުގެ ތެެރެއަށް ވަންނަން ހިނގައިގަތެވެ. ” ނާއިލް… ނާ… ނާއިލް ކޮންތަކަށްތަ އަހަރެން ތިގެންދަނީ… ” ނާއިލް އޭނަގެ އަތުގައި ހިފައިގެން އެއްޗެކޭ ބުނުމެއްނެތި ބާރު ބާރަށް ހިނގާފައި ދާން ފެށުމުން އަޝްރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” ނާއިލް ކިހިނެއްވެގެންތަ ތިއުޅެނީ… ” ނާއިލް އޭނާ ގޮވައިގެން އައިސް ގަސްތަކުގެ ތެރެއަށް ވަނުމާއެކު ނާއިލް ހިފަހައްޓާފައިވި އޭނަގެ އަތް ފޮޅުވާލަމުން އަޝްރާ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. ” އަޝްރާ ކިހިނެއްވެގެންތަ ތިއުޅެނީ… ކީއްވެތަ ޝާއިފް ބުނާހާ ކަމެއް އަޝްރާ ތިކުރަނީ… ޝާއިފް ބުންޏަކަސް އަޝްރާ ނުޖެހެއްނު އެގޮތަށް ކަންތައް ކުރާކަށް… ޝާއިފް އަޝްރާދެކެ ލޯބިވާނަމަ އަޝްރާ އަހަންނާ އެކަހަލަ ގުޅުމެއް ނެތްކަން ބުނީމަ ގަބޫލުކުރެވެންޖެހޭނެ އެއްނު… ” އަޝްރާގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނަ އާ ގާތަށް ދަމާލަމުން ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލްގެ ވާހަކަތައް އަޑުއިވި އަޝްރާ ހަައިރާންވިއެވެ. އޭނައަށް އެއްޗެކޭ ބުނަންވެސް ނޭނގިފައި ބޮޑުވެފައިވި ދެލޮލުން ނާއިލަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. ” ސޯ… ޔޫ ނިއު އިޓް… ” އެހުރި ގޮތަށް ހުރެ އަޝްރާއަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއެކު ނާއިލް އަނެއްކާވެސް ކުރިން ކަންތައް ކުރިހެން އޭނަގެ އަތުގައި ހިފުމަށްފަހު ވާހަކަ ދެއްކިއެވެ. ”ޔެސް… އައި ނިއު އިޓް… ދެންމެ މިންނުއާ ދެއްކި ވާހަކަތައް އަހަންނަށް އަޑު އިވުނު… އަހަރެންގެ ހިތެއް ނުބުނޭ ޝާއިފް އަޝްރާދެކެ ލޯބިވެއެކޭ… ލޯބިވާނަމަ އަޝްރާ ބުނީމަ ޝާއިފަށް ގަބޫލުކުރެވޭނެ… އަޝްރާއަށް ހާޓް ކުރާކަށް ބޭނުމެއް ނުވާނެ… އަބަދު ގޯސްކޮށެއްވެސް ނުވިސްނާނެ… ” ހަރުކަށިކަމެއް އެކުލެވިފައިވި އަޑަކުން ނާއިލް އެހެން ބުނެލުމާއެކެ އަޝްރާ މިފަހަރުވެސް އޭނަގެ އަތް ފޮޅުވާލިއެވެ.

” ނާއިލް އާ ކޮން ބެހޭކަމެއް… އަހަރެންގެ ހިތް ބުނޭ ޝާއިފް އަހަރެންދެކެ ލޯބިވާ ކަމަށް… އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަދި ޝާއިފް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެއީ ނާއިލް އާ ބެހޭ ކަމެއް ނޫން… އިޓްސް ނަން އޮފް ޔުއާ ބިޒްނަސް… މީ އަހަރެންގެ ލައިފް… އަހަރެންގެ ލައިފްއާ ނާއިލްއަކަށް ނުބެހެވޭނެ… މިކަމާ ނާއިލް ނުޖެހެއެއްނު ކޮންމެހެން ރުޅި އައިސްގެން ހަޅޭއްލަވާކަށް… ” އަޝްރާވެސް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. ”ބެހެވޭނެ އަހަންނަށް… އަހަރެން މީ އަޝްރާގެ ފްރެންޑެއްނު… އަޝްރާގެ ދޮންބެގެ އެންމެ ގާތް އެކުވެރިޔާ… ސޯ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮއަށް ގެއްލުމެއް ނުވަތަ ދެރައެއްް ލިބޭފަދަ ކަމެއް ވާނަމަ އަހަރެންވެސް ބޭނުންވާނެ ދޯ ހުއްޓުވަން… އެއީ އަހަރެންގެ ޒިންމާއެއް ގޮތުގަ ދެކެނީ… އަޝްރާއަށް ދެރައެއް ލިބޭކަށް އަހަންނެއް ނޭދެން… ” ކޮންމެވެސް ވަރެެއްގެ ހަރުކަށިކަމަކާ އެކު ފެށި ވާހަކަ ނާއިލް ނިންމާލީ މަޑުމައިތިރިކަމާއެކުގައެވެ. އޭނައާ މެދު ކަންބޮޑުވެ މަޑުމައިތިރިކަމާއެކު އެފަދައިން ނާއިލް ވާހަކަ ދެއްކުމުން އަޝްރާ ހުރީ ބުނާނެ އެއްޗެއްްވެސް ނޭނގިފައެވެ. މީގެ ކުރިން އޭނައަށް ފެންނަ ނާއިލްއަކީ އަބަދުވެސް އޭނައަށް ޖެއްސުންކޮށް ރުޅި އަރުވައި ނާއިލެކެވެ. ދުވަހަކުވެސް އެފަދައިން އޭނަ އާ މެދު އެހާ ސީރިއަސްކޮށް ވިސްނާފައި ނާއިލް ވާހަކަ ދައްކާފައެއް ނުވެއެވެ. ” ސޮރީ… އައި ނޯ މަށަށް މާ ބޮޑަށް މިކަމުގެ ތެރެއަށް މި ވަދެވުނީ… ބަޓް ޑޯންޓް ގެޓް މީ ރޯންގް ޕްލީޒް… އައި ޑޯންޓް ތިންކް ހީ ލަވްސް ޔޫ… އަހަރެން ގަބޫލުކުރާ ގޮތުގަ ލޯބިވާނަމަ ތަކުރާރުކޮށް އެފަދައިން އެއްކަމަކާ ހެދި މައްސަލައެއް ނުޖެހޭނެ… ލޯބިވާކަން ސާބިތުކޮށްދޭކަށް ކޮންމެހެން އޭނަ ބުނާ ކަމެއް ކުރާކަށް ނުޖެހޭނެ… ލޯބިވާކަން އިހުސާސްވާނީ ހަމައެކަނި އެމީހަކު ކުރާ ކަމަކުން ނޫން… އިނގޭ މީ އަޝްރާގެ އޯން ލައިފްކަން… އަހަރެން އަޝްރާ ދެކެނީ ގާތް ރަހުމަތްތެރިއެެއް ގޮތަށް… އެހެންވެ އެހެން މިބުނީ… އަޝްރާ އެހާ ހިތްހަމަނުޖެހޭނަމަ މީ އަހަރެން ނުދައްކާ ވާހަކައެއް ކަމަށް ބަލާ… ސޮރީ ފޯ ދިސް… ” ނާއިލް ބުނަން ބޭނުންވި އެއްޗެެއް ބުނުމަށްފަހު އަޝްރާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ހިނގައިގަތެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހައިރާންވެފައި އަޝްރާއަށް ނާއިލް ދިޔަ ދިމާލަށް ބަލަން ހުރެވުނީއެވެ. އޭނައަށް ކިތަންނެ އުނދަގޫކޮށް ހެދިޔަސް ނާއިލް އޭނަ އާއި މެދު ވިސްނާކަން އެނގުމުން އަޝްރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި އިތުރަށް އެތަނުގައި ހުންނަން ނަހަދާ އަޝްރާވެސް ދާން ހިނގައިގަތެވެ.

މިންހާ މާދުރަށް ދުވެފައި ދިޔުމުން އިއާން އަޅައެއް ނުލިއެވެ. ކޮންމެވެސް އެހެން އިރަކުން މިންހާއަށް ލަނޑެއްދޭން ނިންމަމުން އިއާން އޭނަގެ ޓީޝާޓަށް ފެންޓާ އެޅުނުތަން ފެންފޮދަކުން ކޮންމެވެސް ވަރަކަށް ސާފުކޮށްލިއެވެ. މިންހާވެސް އިއާން އޭނައަށް ގޮތެެއް ހަދަން ނޫޅުމުން ހިތްހަމަޖެހިފައި ހުރެ އެންމެން ތިބި ތަނަށް އައެވެ. އެންމެން އައުމާއެކު ދެން އަނެއްކާވެސް ފެށިގެން ދިޔައީ ފުޓުބޯޅަ ކުޅުމެވެ. މިފަހަރުވެސް އަންހެން ފިރިހެން ވަކިން ޓީމަކަށް ހަދައިގެން ކުޅުނުއިރު ވަރަށް ވެސް ފޯރިގަދައެވެ. އެކުޅިވަރަށްފަހު ދެން އެންމެންވެސް އުޅުނީ މެންދުރުގެ ކެއުން ތައްޔާރުކުރާށެވެ. އެއްބަޔަކު ފްރައިޑް ނޫޑްލްސް ތައްޔާރު ކުރަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ މަސްބަތް ތައްޔާރުކުރަމުންނެވެ. ކެއުން ތައްޔާރުކުރުމުގައި އުޅުނުއިރުވެސް އެކަކު އަނެކަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހާމަވެގެންދެއެވެ. މުޖުތަމައުގައި އެކަކު އަނެކަކާ އޮންނަ ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މިފަދަ ކަންކަން ކުރުން ވަރަށް މުހިއްމެވެ.

ކައި ނިމިގެން އެންމެންވެސް ވަރުބަލި ފިލުވާލަން ދޮންވެލިގަނޑުގައި ތިއްބެވެ. ދޮންވެލިގަނޑުގައި އިން އަޝްރާ އާއި މިންހާ ތެދުވެގެން ގޮސް ރާޅުޖަހައި ހިސާބުގައި ހުއްޓިލިއެވެ. ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވީ ސާފު ރީތި މޫދުގެ ލޮނުގަނޑަށެވެ. ދެމީހުންވެސް ތިބީ އެމީހުންގެ އަމިއްލަ ވާހަކައަށް ގޮސް ގެއްލިފައެވެ. ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ނާއިލް އާއި އިއާން އެކަކު އަނެކަކަށް ލޮލުން އިޝާރާތްކުރަމުން ތެދުވެ މަޑު ފިޔަވަޅުތަކެއްގައި މިންހާ އާއި އަޝްރާ އާ ދިމާލަށް މިސްރާބުޖެހިއެވެ. ފަހަތުގައި ތިބި އެހެން މީހުނަށްވެސް އެދެމީހުން ކުރަން އުޅޭ ކަމެއް ރޭކާލުމާއެކު އެންމެންވެސް ތިބީ ބަލާށެވެ. ފަހަތުގައި ތިބި މީހުންގެ އަޑެއް ނީވުމުން މިންހާ ފަސްއެނބުރި ބަލައިލި ވަގުތު އެދެމީހުންގެ ދާދި ގާތުގައި އައިސް ހުއްޓުނު އިއާން އާއި ނާއިލް ފެނި މިންހާއަށް ހަޅޭއްލަވައިގަނެވުނެވެ. މިންހާ ހަޅޭއްލަވައިގަތުމާއެކު ފަސްއެނބުރުނު އަޝްރާ ފެނި ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާ މޫދަށް ވައްޓާލިއެވެ. އިއާންގެ ހަރަކާތުން ރެކި ގަންނަމުން މިންހާ ބާރަށް ދުއްވައިގަތެވެ. އިއާންވެސް ބަލާކަށް ނުހުރެ ދުއްވައިގަތެވެ. ” ނާއިލް… އައި ވޮންޓް ސްޕެއާ ޔޫ… ” ވެއްޓުނު އަޝްރާ ތެދުވެ ނާއިލްގެ ފަހަތުން ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ. ނާއިލްވެސް އަޝްރާގެ އަތު ނުޖެހެން ދުއްވައިގަތެވެ. އޭރު މަންޒަރު ބަލަން ތިބި އެންމެން ތިބީ ހީހީ ވަރުބަލިވާވަރުވެފައެވެ.

އިއާންގެ އަތު ނުޖެހެން ދުވަމުން ދިޔަ މިންހާއަށް ވަރުބަލިކަން އިހުސާސްކުރެވެން ފެށިއެވެ. އެހެނަސް އިއާންއަށް ދޫދޭކަން ބޭނުމެއްނުވިއެވެ. މީގެ ކުރިން މަޑުން ދުވަމުން ދިޔަ އިއާން އޭނަގެ އަސްލު ބާރު މިނުގައި ދުއްވައިގަތެވެ. އަދި ދުވެފައި ގޮސް މިންހާގެ އަތުގައި ހިފަހައްޓާ ގަދަކަމުން ގެންގޮސް މޫދަށް ލިއެވެ. އިއާން އޭނަ މޫދަށް ލުމާއެކު މިންހާ އިއާންގެ ގަޔަށް ދެއަތުން ލޮނު ބުރުވަން ފެށިއެވެ. އިއާންވެސް މަޑުން ނުހުރެ މިންހާ އާ ދިމާލަށް އަތުން ލޮނުތައް ބުރުވާލިއެވެ. މުޅި އެސަރަހައްދުގައިވީ އެދެމީހުންގެ ލުއި ހުނުމުގެ އަޑެވެ. ދެމީހުންވެސް ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެސަކަރާތުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ. ހުއްޓުމެއްނެތި އެކަކު އަނެކަކުގެ ގަޔަށް ލޮނު ބުރުވަމުންދިޔަ މަންޒަރު ބަލައިލަން ނުހަނު ހިތްގައިމެވެ.

ނާއިލް އަތުވޭތޯ ހުއްޓުމެއްނެތި އަޝްރާ ދުވަމުން ދިޔައެވެ. އަޝްރާ ހަދާ އެއްޗެއް ބެލުމަށް ނާއިލް ހުއްޓެމުން އަޝްރާ އާ ކުރިމަތިލިއެވެ. އައި ބާރު މިނުގައި އަޝްރާ އައިސް ޖެހުނީ ނާއިލްގެ ގައިގައެވެ. ބެލެންސް ނުކުރެވުމުގެ ސަބަބުން ދެމީހުންވެސް ވެއްޓުނީ ރާޅުޖަހައި ހިސާބަށެވެ. އަޝްރާ އޮތީ ނާއިލްގެ ގައި މަތީގައެވެ. އަޝްރާ އިސްއުފުލާ ބަލައިލުމާއެކު ނާއިލަށް ކަޅިޖަހާނުލައި އެދޮން މޫނަށް ބަލަހައްޓާއިގެން އޮވެވުވުނެވެ. ޝަބްނަމް ތިކިތަކެއް ފަދަ ފެން ތިކިތައް އަޝްރާގެ ދޮން އޮމާން މޫނުގައި އެއްވެސް ހުރަހަކާނުލައި ބޮސްދެމުންދެއެވެ. އަޝްރާއަށްވެސް ނާއިލްގެ ތޫނު ދެލޮލުގެ ތެރެއަށް ގެއްލިފައި އޮވެވުނީއެވެ. ނާއިލްގެ އެބެލުމުގައި ތަފާތު ކަމެއްވާކަން އަޝްރާއަށް ފާހަގަކުރެވުނެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެމީހުނަށް ހަމަހޭވެރިކަންވީ އެމީހުން ވެއްޓިފައިވި ހިސާބަށް ރާޅެއް ޖެހުމުންނެވެ. އަޝްރާ އަވަސް އަވަހަށް ތެދުވެ ދާން ހިނގައިގަން ތަނާ އަނެއްކާވެސް ވެއްޓުނެވެ. އެއާއެކު ދެމީހުނަށް އެއްފަހަރާ ހީނގަނެވުނެވެ.

އަތިރިމަތި ކައިރިން އަލޫފް އާއެކު ހިނގާފައިދިޔަ ޝާއިފަށް އެ މަންޒަރު ފެނި ވަގުތުން އޭނަގެ ދެބުމަ ގޮށްޖެހުނެވެ. އައި ރުޅިން އޭނައަށް އަތްވެސް މުށްކަވާލެވުނެވެ. އޭނަ އަޝްރާ ނާއިލް އާއެކު ވުމުން އެވަރަށް ހިތްހަމަނުޖެހޭކަން އިނގޭ އިރުވެސް އަޝްރާ އެގޮތް ދޫކޮށްނުލާތީ ޝާއިފް ގާތަށް ނުހަނު ރުޅިއައެވެ. ” ހޭއި ބްރޯ… އެދެމީހުން އެއީ ހަމައެކަނި ފްރެންޑްސް އޭ… ޝާއިފް މާވަރަކަށޭ އަޝްރާއަށް ތި ޝައްކު ކުރަނީ… ބަލާބަލަ މިންހާ އާ އިއާންއަށް… އަހަރެން ރުޅިއެއް ނާދޭ އެދެމީހުން އެއްކޮށް ފެނުނަސް… ކޯޒް އައި ނޯ ދޭއާ ފްރެންޑްސް… އަހަރެން މިންހާއަށް ފުލް ޓްރަސްޓް ކުރަން… އެދެމީހުންގެ ފެމެލީ ވަރަށް ކްލޯޒް ފްރެންޑްޝިޕެއް އޮންނާނެ… ޔޫ ޖަސްޓް ޓްރަސްޓް އަޝްރާ… ” ޝާއިފްގެ މޫނު މަތީގެ ކުލަވަރު ފެނި ކަންތައްވީ ގޮތް ނަގައިގަނެވުމާއެކު އަލޫފް ޝާއިފަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ޝާއިފް ގަދަކަމުން ހިިނިތުންވެލަމުން ބޯ ޖަހާލުމާއެކު އަލޫފްވެސް ހިނިތުންވެލިއެވެ. އަދި ދެމީހުން އެކުގައި ހިނގައިގަތެވެ.

އެންމެން އެކުގައި މޫދަށް އެރި މޫދުގައި ފޯރިއާއެކު ކުޅިވަރު ކުޅެމުން ދެއެވެ. މޫދު އެރެ ނިންމާލުމަށްފަހު އަނބު މަޖާ ކައިގެން އެންމެންވެސް ދަތުރު ނިންމާލާ ގެއަށް ދިއުމަށް ތައްޔާރުވިއެވެ. ގެޔަށް ދެވުމާއެކު ކޮންމެ މީހަކުވެސް ބޭނުންވީ އަވަހަށް ތެތް އެއްޗެހި ބަދަލުކޮށް ފެންވަރާ ތާޒާ ވެލާށެވެ.

” ދޮންބެ… ލެޕް ލިިދާނެތަ އަޅުގަނޑު ޕެންއަށް ސީރީޒްތައް އަޅަން… ” އަލޫފްގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސޯފާގައި ލެޕްޓޮޕް ހިފައިގެން އިށީންދެ އިން އަލޫފަށް ބަލައިލަމުން އީލާފް ބުނެލިއެވެ. ” ހޫމް… އާދޭ… ” އެނާ ބަލަމުން ދިޔަ ސީރީޒް މަޑުޖައްސާލުމަށްފަހު ހިނިތުންވުމަކާއެކު އަލޫފް އެހެން ބުނުމާއެކު އީލާފް އައިސް ސޯފާގައި އިށީންދެ އޭނަގެ މަސައްކަތް ފެށިއެވެ. އަލޫފް ގޮސް ވަނީ ފާޚާނާއަށެވެ.

މިންހާ ފެންވަރާ ތާޒާވެލައިގެން ނިކުމެ ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ ރަތް ކުލައިގެ ހެދުމަކާއެކު ކަޅު ކުލައިގެ ލެގިންސެއް ލިއެވެ. އެއަށްފަހު އޭނަގެ ގަދަ މުށި ކުލައިގެ ރާޅު ބާނި ތެތް އިސްތަށިގަނޑު ހެއާ ޑްރަޔާއިން ހިއްކާލުމަށްފަހު ފުނާ އަޅާ ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު އާދައިގެ ކަޅު ކުލައިގެ ތިނެސްކަން ބުރުގަލެއް އަޅާ ގަޔަށް ސެންޓު ޖަހާލަމުން ސޯފާ މަތީގައި އޮތް އޭނަގެ މަންމަގެ ފޯނު ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ބެލްކަންޏަށް ނިކުމެ އެތަނުގެ އެއްފަރާތުގައި ހުރި ހުދު ކުލައިގެ އުނދޯލީގައި އިށީންދެ ފޯނުން އަލޫފަށް މެސެޖެއް ކޮށްލިއެވެ.

ސީރީޒްތައް އަޅަން އިން އީލާފް ސިހުނީ މޭޒު މަތީގައި އޮތް އަލޫފްގެ ފޯނު ވައިބްރޭޓް ވުމުންނެވެ. ސްކްރީން ދިއްލިފައިވުމާއެކު ފޯނަށް ބަލައިލި އީލާފްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ފޯނުގެ ވޯލް ޕޭޕާއަށް ލައިފައިވި އަލޫފް އާއި މިންހާގެ ފޮޓޯ ފެނިފައެވެ. ހަމައެވަގުތު އެއްބައި ފެންނަމުން ދިޔަ މެސެޖުވެސް އޭނަގެ ލޮލުގައި އަޅާއިގަތެވެ. ” ހާއި ލަވް… އައި މިސްޑް ޔޫ… އައި ޖަސްޓް… ” މިނޫ ޖަހާފައި ސޭވްކޮށްފައިވި ނަމްބަރުން މެސެޖު ފެންނަން އިން ހިސާބަށް އީލާފް މަޑުމަޑުން ކިޔާލިއެވެ. އޭރުވެސް އޭނަގެ މޫނު މަތިން ކުރިން ފެންނަން ހުރި ރުޅިވެރިކަން ފެންނަމުންދެއެވެ. ” އޯ ނޯ… ” ފާޚާނާއިން ނިކުން އަލޫފަށް އޭނަގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އީލާފް ފެނި ދެން ވާނޭ ގޮތް ހިތަށް އެރުމާއެކު ބުނެލެވުނެެވެ.

 

 

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހުވަފެނުގެ ރާނީ 17

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42

Next
December 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42

Previews
December 24, 2018

ހުވަފެނުގެ ރާނީ 17

40 Comments!

  1. ifoo says:
    December 25, 2018 at 11:40 am

    Salaam dear readers ❤️❤️❤️???… Here is the 11th part ???… Hope all will like this part too n feel free to comment your views ???… Story ah libemundhaa supportaa medhu ifoo v v v hih hama jehey ???… Thankyou soooooo much dear readers ifoo ah thidhey support ah ???❤️❤️❤️??????… V v v ufaavey thikudhinge comments thah kiyaalaafa ???… Kury part ge comments thakah reply kohlan miulheny In Sha Allah ???… Next part In Sha Allah Friday ga ???… Hope all will wait ???… Love you all ❤️❤️❤️?????????…

  2. aisha says:
    December 25, 2018 at 12:56 pm

    vaahaka varah reethi.. ekamaku up kuraagoiy thankolheh las vany.. thankolheh avahan up kohdhyba..

    1. ifoo says:
      December 25, 2018 at 3:53 pm

      aisah ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Sorry dear ifoo bxy kamun hama eahvure avahah up nukohdheveny ???… Bt I’m always trying to make it fast ???… Hope you will understand ???… Much loves from me dear ❤️❤️❤️?????????…

  3. Kokko says:
    December 25, 2018 at 1:02 pm

    Why hafthaa Aku 2 ep?? Plz avas kohdheeba.. story v v v v v v v v v v v v reethi ?????❤️❤️❤️❤️???

    1. ifoo says:
      December 25, 2018 at 3:56 pm

      Kokko ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????.. V v v ufaavehje story reethi v ma dear ah ???… Sorry kokko ifoo bxy kamun hama eahvure avahah up nukohdheveny ???… Bt I’m always trying to make it fast ???… Hope you will understand ???… Btw ur comment in sooo beautiful ???… Much loves from me dear n hope to see ur comment more often ❤️❤️❤️?????????…

  4. Naju says:
    December 25, 2018 at 2:22 pm

    Speechless ??? Hama 100 ingey ?????????… Bunaakah maa vaahakathakeh neiy ?????????… Ifoo ge story thakuga mihaaru hama ehvx varakah odd vaakahala thankolheh faahaga eh nukurevey ?????????… v v v bodah improve vefa ?????????… Mihaaru hama thihuree mulhin perfect vefa ??????❤❤❤… Ibaaraaih kurumaa sifa kohdhinunvx hama obinesss to the maxxx ?????????… Thee hama enme loabi enme best writer ingey ????????????❤❤❤??????

    1. ifoo says:
      December 25, 2018 at 4:00 pm

      Naju ❤️❤️❤️… Awwwwnn ❤️❤️❤️??????… Haadha loabi colourful comment ekey ❤️❤️❤️???.. Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje ???… Thikudhinge support aa eku ifoo improve vefa mihuree n adhivx hunnaane ragalhu kuran jehey v baivaru kanthahthah
      ifoo gaboolukuraa gothuga ???… Medhukedumehnethi ifoo ah Naju thidhey support ah v v v bodah thanks ❤️❤️❤️?????????… It really means a lot for me ❤️❤️❤️???… Naju akee vx hama v loabi n one of the best reader eh ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  5. Beryl Stone says:
    December 25, 2018 at 3:09 pm

    Masha allah❤❤❤vrh vrh vrh vrh rythi mi prt vx???ifoo thikuraa masahkathah shurukuriyya???emme curious kuruvrfa thi nimmaaly???vrh dheravey komme prt akah comment nukureveythy????aee busy vyma ingey ifoo sis❤❤❤❤Jazakallah khairan for bringing a beautiful luv stry lyk this???much luvx from ma????

    1. ifoo says:
      December 25, 2018 at 4:04 pm

      Beryl Stone ❤️❤️❤️… I’m soooooo happy to see ur comment ???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje story reethi v ma Beryl Stone ah ???… It’s ok dear… I can understand ???… Knme kuhjakuvx bxy vaane… Baeh faharu vx comment kohlanyaa ifoo v v v ufaavaane ???… Ehaa bxy koh ulhemunvx Beryl Stone ifoo ge story kiyaa comment koh ifoo ah thidhey support ah v v v shukuriyya ???❤️❤️❤️??????… It means a lot for me ❤️❤️❤️… Much more loves from me dear n hope to see ur comment more often ❤️❤️❤️?????????…

  6. unique says:
    December 25, 2018 at 3:22 pm

    alhey sooooooooooo cute varah varah varah loabi
    ifoo ur sooo gud at writing stories masha allah
    may allah bless u
    ifoo varah molhu vaane futurega
    u have such a bright future insha allah
    keep the gud work going
    curiously waiting for the next part
    miss u soo much ifoo
    ly

    1. ifoo says:
      December 25, 2018 at 4:07 pm

      Awwwwn ❤️❤️❤️???… My sweet sweet cute unique❤️❤️❤️… Thankyou soooooo much dear ifoo ah thidhey support ah ❤️❤️❤️?????????… It means a lot for me ???… Unique ge knme comment akun vx v encourage vey ???… Ur one of the best reader ey buneveynee ❤️❤️❤️?????????… May Allah bless you and your family ???❤️❤️❤️… Miss you too n much more loves from me dear unique ❤️❤️❤️?????????…

  7. @Ikleel says:
    December 25, 2018 at 3:33 pm

    Yesss…!!! Finally its here again ❤❤❤??????…!!!….This part also very very very intresting and awesome.. ❤❤❤??????…..This is my favourite story ❤❤❤??????….Vrh vrh vrh reethi story genesdhyfa vaa goiy ??????❤❤❤….Sifa kurun genefa huri goiy vex vrh furi hama….❤❤❤??????….Mi part ga imlaa kusheh neiy kan vrh ufalaai eku bunelan ??????❤❤…Story worth reading and worth waiting ❤❤❤??????…. Vrh ufaa vey ifoo ge best reader akah vee thy….❤❤❤??????…Story reethi vee ma ehen thaa vaany dhw… ❤❤????Alhe dhen kihineh baa vaany…??? Eelaaf ah bust v eyoh dhw mihaaru…???…Keep it up…❤❤????…Waiting for next part..❤❤❤??????….Miss you and loves you a lot…❤❤❤?????….Alhe number hoadhan messege kuryma reply eh nukurey admin in ????…Ifoo please alhe check ingey vefa in gotheh….

    1. ifoo says:
      December 25, 2018 at 4:15 pm

      Awwwn ❤️❤️❤️… Again @lkleel ge colourful n ehaame supportive commenteh ❤️❤️❤️?????????… Thankyou soooooo much ifoo ah thidhey support ah ❤️❤️❤️?????????… V v v v v ufaavehje best story ah v ma n ehaa supportive reader eh libunyma ???❤️❤️❤️???… Once again thankyou soooooo much @lkleel ❤️❤️❤️?????????… @lkleel ge comment thakun vx v v v encourage vey ???… Yahh… Let’s see dhw eelaaf kanthah kuraa gotheh vx ???… Aneh henn message kuryma admin number akah deliver eh nuvey… So @lkleel admin ah viber inn message kohlabaa ???… Ok???… as soon as I get ur number message eh kohlaanan In Sha Allah ???… Miss you too n much more loves from ifoo ❤️❤️❤️?????????…

  8. @Ikleel says:
    December 25, 2018 at 3:34 pm

    Yesss…!!! Finally its here again ❤❤❤??????…!!!….This part also very very very intresting and awesome.. ❤❤❤??????…..This is my favourite story ❤❤❤??????….Vrh vrh vrh reethi story genesdhyfa vaa goiy ??????❤❤❤….Sifa kurun genefa huri goiy vex vrh furi hama….❤❤❤??????….Mi part ga imlaa kusheh neiy kan vrh ufalaai eku bunelan ??????❤❤…Story worth reading and worth waiting ❤❤❤??????…. Vrh ufaa vey ifoo ge best reader akah vee thy….❤❤❤??????…Story reethi vee ma ehen thaa vaany dhw… ❤❤????Alhe dhen kihineh baa vaany…??? Eelaaf ah bust v eyoh dhw mihaaru…???…Keep it up…❤❤????…Waiting for next part..❤❤❤??????….Miss you and loves you a lot…❤❤❤?????….Alhe number hoadhan messege kuryma reply eh nukurey admin in ????…Ifoo please alhe check ingey vefa in gotheh…. Thank you for the story…

  9. @Ikleel says:
    December 25, 2018 at 5:03 pm

    Comment e iny 2 faharah up vefa mistake akun…Hehe..Viber in kuryma messege ah reply nukurey…
    Will keep suppporting you dear…❤❤❤???????

  10. Naum says:
    December 25, 2018 at 5:20 pm

    Yessssss… finally its here?????. Digu intizaarakah nimumeh aai kahala.???.. story hama ????.. v reethi????. Mi part kiyaaleema falhu rashakah dathuru dhaa hih vany..????..and heevany e meehunnaa eky dhaturu goss ulheveyhen… sifa kurun ehaaves furihama..??.
    And so much cute movements between iaan and minnu plus ashu and naail..????. Shaaif anehkkaaves heevey ashu aa dhimaalah ehchekin kiyaa ashu ah hurt kuraane hen..?.
    Anyways story is hama nalla..??❤?. Eagerly waiting for next part.. much love…???❤????????????❣?

    1. ifoo says:
      December 25, 2018 at 9:02 pm

      Naum ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Let’s see what happens… Much loves from me ❤️❤️❤️?????????…

  11. Naash says:
    December 25, 2018 at 6:58 pm

    Yesss…..its finally here…?????…mi part vx hama varah salhi…??…its awesome….❤❤??…this story is very interesting…??..alhe ifoo aan aa minnu aa gulhuva dhiiba…varah dhera vey aan ulhey gothun…????…he is sooo sad…??…i wonder dhn kihineh baa vaanii…Eelaaf ah vx engunii dhw e ??…seems really interesting…..??..and about uploadind parts later, its okayh….knmme miihaku vx bxy vedhaane dhw…i understand it…..??…..
    And i really appreciate your hard work….???????…ehaa bxy koh ulhemun vx bunefa inna dhuvahah upload kuraathyy varah ufaa vey…????….and naash beynun ifoo ge frnd akah vaan if you dont mind…??..and best of luck for the next part..??????…much lovess from naash…????…missed…??….

    1. ifoo says:
      December 25, 2018 at 9:10 pm

      Naash ❤️❤️❤️… I’m soooooo happy to see ur comment after so many days ❤️❤️❤️???… Thankyou soooooo much dear for the support ❤️❤️❤️?????????… V v v v ufaavehje Naash ge comment eh fenunyma ??????❤️❤️❤️… Let’s see what happens… N v v v ufaavehje ehaa understanding v ma ???… Yahh… U can dear… Viber in admin gaathu ifoo ge number ah request kohlaa… Eyrun friend veveyne ???… Much more loves from me dear Naash ❤️❤️❤️?????????…

  12. Queen❤ says:
    December 25, 2018 at 8:30 pm

    Yess..finally it is here♥️♥️♥️It is awesome ❤❤alhe eelaaf ah bust v tha aloof aa minnu aa dhemyhunge gulhun ?but Aan aa minnu aa gulhuvadhyba???I am very sad about aan????I wonder dhen vaanee kihinehbaa???seems really intresting?adhi ashoo aa naail aa vx gulhuvaba???and I really appreciate to your work ?????????loves from queen???❤?????missed ???

    1. ifoo says:
      December 25, 2018 at 9:16 pm

      Queen ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???❤️❤️❤️… It means a lot for me ???… Yahh… Eelaaf ah inguny… Let’s see what happens ???… Thankyou so much dear once again ❤️❤️❤️?????????… Hope to see ur comment more often n much loves from me ❤️❤️❤️?????????…

    2. ifoo says:
      December 25, 2018 at 9:18 pm

      Maayu ❤️❤️❤️… Viber inn admin gaathu request kohlaa… Eyrun reply libeyne

  13. Mailyn says:
    December 25, 2018 at 9:16 pm

    Vaahaka v reethi….Masha Allah..???
    Adhives kudakoh avahah vaahaka up kohdheythi ifoo…???

    1. ifoo says:
      December 25, 2018 at 9:21 pm

      Mailyn ❤️❤️❤️… Thankyou soooooo much dear ???❤️❤️❤️??????… V v v ufaavehje comment kohleema ???… I will try my best miahvure avahah up kohdheveythr ???…

  14. Mylyn says:
    December 25, 2018 at 10:02 pm

    Ur welcome dear ifuuu…????

    1. ifoo says:
      December 25, 2018 at 10:24 pm

      ❤️❤️❤️???…

  15. ishu says:
    December 26, 2018 at 8:43 am

    Nice???❤??but eelaf bunaan e do mom kaary aloof vaahaka?pls ashu ulheny haalah badhaleh geney ashu mihaaru vvvvvv sad vaane ☺???☺???❤??ad lives mi story vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi saabahey thikuraa masahkathah ☺☺☺???????????????❤???????????????❤❤??????❤❤❤????????❤❤❤?❤?❤????????❤?❤?????????????????????????????????????????❤❤❤❤❤❤?❤?❤?❤??❤??????????????????????????❤???????????????more love from mee????????

    1. ifoo says:
      December 26, 2018 at 10:13 am

      Ishu ❤❤❤… sooo colourful comment ??????❤❤❤… Thankyou sooooo much dear ❤❤❤?????????… v v v ufaavehje ???… Lets see what happens… much more loves from me ❤❤❤?????????…

  16. Someone says:
    December 26, 2018 at 10:44 am

    I love it vvvvvv reethi???????❤pls eelaf aa aan aa gulhuvaa eyrah ohnany nimifa ???????❤i love it you my favirout writer in this site?????????????❤more love from meee

    1. ifoo says:
      December 26, 2018 at 1:34 pm

      Someone ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Let’s see what happens… ???… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…

  17. Naash says:
    December 26, 2018 at 11:15 am

    Ifoo….admin ah msg khggen adhivx rply eh nulibeyy….

    1. ifoo says:
      December 26, 2018 at 1:35 pm

      Naash ❤️❤️❤️… Keep waiting dear ???…

  18. Livy says:
    December 26, 2018 at 12:01 pm

    Hi dear ❤❤???????? Haaadha reehchey mi part ves ?? And minnu and aan plus naail and ashra ulhey goi haadha cute ey.. ❤❤ And aloof is so understanding.. Shaaif adhives rulhi annaane ashoo aa dhimaavyma ehchehi ves kiyaane ?? Ekamaku varah dhera vey aan ehaa loabivaathy minnu dheke ?? ifoo dear mee already ekkoh plan koffa in story eh tha or liyamun dhaa varakah tha ideas add kurany?? Just curious ?☺☺❤❤ also dhen vaane gothakaa dheytherey mihaaru mi visneny ?? eelaaf haadha rulhi eh annaaney.. Good luck to aloof ? can’t wait for next part ingey hama.. Komme part eh nimmaafa bunevey dho ehen ?? Hama story reethi kamun asluves nuhureveny.. ???? Love you dear ❤❤??????????????

    1. ifoo says:
      December 26, 2018 at 2:33 pm

      Livy ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje ????… I have planned the story in my mind bt new ideas libey varakun hama e ideas thahvx add kuramun midhany ???… Thanks a lot dear once again ❤️❤️❤️?????????… Much more loves from me dear ❤️❤️❤️?????????…

  19. Mal says:
    December 26, 2018 at 2:16 pm

    Vv reethi mi part❤❤❤ . Kurin comment nukurias konme part evves kiyan????

    1. ifoo says:
      December 26, 2018 at 2:36 pm

      Mal ❤️❤️❤️… Thankyou soooooo much dear ???❤️❤️❤️??????… V v v ufaavehje comment kohleema ???… Much loves from me dear ???❤️❤️❤️??????…

  20. Ailyn..? says:
    December 27, 2018 at 12:12 am

    Mi part ves hama obiness to the max…
    Thigothugai abadhuvx vaahaka kuriah gendhaathi ifu..??
    Vaahakaige next part ah inthixaar kuran…???

    1. ifoo says:
      December 27, 2018 at 1:29 pm

      Ailyn ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Now next part kiyaaleveyne ???…

  21. girl says:
    December 27, 2018 at 1:13 pm

    Wow . It is nice

    1. ifoo says:
      December 27, 2018 at 1:31 pm

      girl ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????…

Comments are closed.


All Right Reserved!