
އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ ކުރިމަތީގައި އޭރުވެސް ހުޅުވިފައިވީ، އަމްނާގެ ޑައިރީ ފޮތް ބަރީގެ ތެރެއިން ފުރަތަމަ ފޮތުގެ ޞަފްޙާއެކެވެ. އެއީ އަމްނާއަށް ޢަރަބި އެހާ ރަނގަޅަށް ނޭނގުމުގެ ސަބަބުން ހަމައެކަނި އެކި ފޮތްތަކުން ފެނުނު ޢަރަބި ބަސްކޮޅުތައް ލިޔެފައިހުރި ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެކެވެ. މިރްޒާންގެ ކަރުނަ ތިކި ގޮސް ޖެހުނު ބަސްކޮޅަށް ނަޒަރު ހުއްޓައިގެން އޭނަ އިންދާ އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ.
“މިއްޒޭ!” ބެލްގެ އަޑަށްފަހު ބޭރުން އިވިގެން ދިޔައީ އާތިފްގެ އަޑެވެ. އެއާއެކު މިރްޒާނަށް ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ލޯމަތިން އެއްއަތް ހިންގާލެވުނެވެ. އެއަށްފަހު އޭނަ މޭޒުމަތީގައި އޮތް ފޮތް އޮތްގޮތަށް ބާއްވާފައި ގޮނޑިން ތެދުވެ ކޮޓަރިން ނިކުމެގެން ގޮސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ އޭނައަށްޓަކައި ކަންބޮޑުވެފައިވި މޫނަކާއެކީ ހުރި އާތިފެވެ. އާތިފް ފެނިފައި އާދައިގެ މަތިން މިރްޒާން ހިނިތުންވެލަން އުޅުނެއްކަމަކު އޭނަ އެވަގުތު އެކަމަށް ނުކުޅެދުނެވެ. މިރްޒާން އޭނައަށް ބަލަން ހުރެފައި އިސްޖަހާލި ގޮތުން އާތިފަށް އެކަން އެނގުނެވެ.
“މިއްޒޭ ކިހިނެއްތަވީ؟ އޮފީހުގަ ހުރެފަ ނިކުމެގެން އައި ގޮތުން ކޮންމެވެސް ބޮޑު ކަމެއް ދިމާވިއްޔޭ ހިތާ މިއައީ…..ހިއެއްނުވޭ އެއީ ކުށްހީއެއްހެނެއް. ވަޓްސް ރޯންގް؟” އާތިފް ސީރިއަސްކަމާއެކީ އެހިއެވެ. އާތިފްގެ އެ ސުވާލާއެކީ މިރްޒާންގެ ހަނދާނަށް އައީ އޭނަ އެވަގުތު ގޭގައި ހުންނަން ޖެހުނު ސަބަބެވެ. އޮފީހުގެ ކެބިންގައި އިންދާ ޝަހާނީ އައިސް ދެއްކި ވާހަކަތަކެވެ. އަމްނާއޭ ކިޔައި ދެއްކި އެ ވާހަކަތައް ހަނދާންވުމުން މިރްޒާންގެ ހިތުގައި ރުޅިވެކަމެއް އުފެދުނު ހިނދު އެ ހިތުގައިވި ރިހުންވެސް ތޫނުވިއެވެ. އޭނަގެ ޢާއިލާ ނުފެނި އެހާ ގިނަ ދުވަސްވެފައިވުމުން އެ ޢާއިލާއާއި ބެހޭގޮތުން މީހުން ދައްކާ ތޯތޯ ވާހަކަތައް ވެސް ނުހަނު ފަސޭހައިން އޭނަގެ ސިކުނޑީގައި ބިންވަޅު ނެގޭތީވެއެވެ. އެހެނަސް ޝަހާނީ ދެއްކި ވާހަކަތައް ޤަބޫލުކުރަން އޭނަގެ ހިތަށް ދައްޗެވެ. މިރްޒާން އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ އާތިފް އަނެއްކާވެސް ‘މިއްޒޭ’ އޭ ކިޔައި ގޮވާލި އަޑަށް މިރްޒާނަށް އިސްއުފުލާލެވުނެވެ. އާތިފް ކިޔައިދޭށޭ ބުނާ ފަދައަކުން ބޯޖަހާލި ތަނާހެން މިރްޒާން ވާހަކަ ދެއްކިއެވެ.
“ކަމެއްނުވެއޭ އާތިފް. ބްރޭކް ގަޑިއަށް ތަންކޮޅެއް އަވަހަށް އަންނަންވެގެން މިވަގުތު މިއައީ. އާތިފް ވެސް ވަދެ ކޮފީއެއް ބޯލަންވީއެއްނު؟” މިރްޒާން އާދައިގެ މަތިން ގަދަކަމުން ހިނިތުންވެލަމުން އެޕާޓްމެންޓަށް ވަންނަން ދިޔައީ އާތިފްގެ ސުވާލުތަކުން ދުރުވެވޭތޯއެވެ. އެހެނަސް އާތިފް ހުރީ ގުޑުވާނުލެވޭ ފަދަ ޢަޒުމެއްގައެވެ. މިރްޒާން ހިނގާފައި ގޮސް ސިޓިންގް ރޫމުގެ ސޯފާއާއި އަރާ ހަމަވީ ވަގުތު އާތިފް ވަދެގެން ގޮސް މިރްޒާންގެ ކޮނޑުގައި އެއްއަތް އަޅާލިއެވެ. އެއާއެކު މިރްޒާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
“ކިޔައިދިނީމަ ފަސޭހަވާނީ މިއްޒޭ. އެކަން ހަނދާން ނައްތާ ނުލައްޗޭ. އޮފީހުގަ ހުރެފަ މަޑުވެސް ނުކޮށް މިއްޒޭ ކައިރިއަށް މިއައީ ހަމަ މީގެ އަހަރުތަކެއް ކުރިން ފެނުނު މިއްޒޭ ފެނުނުހެން ހީވީމަ. އަހަންނަށް ކިޔައިދީ މިއްޒޭ. ކިޔައި ނުދީ ހުންނަންޏާ ތިކަންތައް މިއްޒޭގެ މުޅި ހިތާއި ސިކުނޑީގަ އަށަގަނެ އެ ހިތްދަތިކަން އިތުރުވުން ނޫންކަމެއްނުވާނެ.” އާތިފް ބުނެލިއެވެ. އާތިފްގެ އެ ބަސްތައް އިވިގެން ދިޔަދިޔަހެން އޭނަގެ މުޅި ޙަޔާތުގައި ވެސް އައި އެންމެ އަނދިރި އަދި ހިތްދަތި ދުވަސްތައް ހަނދާންވެގެން ދިޔުމުން މިރްޒާންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އެދުވަހުވެސް އޭނަގެ އެންމެ ކައިރީގައި ހުރީ އޭނަގެ މި އެކުވެރިޔާކަން އެނގުންވީ ވަގުތު މިރްޒާނަށް މަޑުމަޑުން އެނބުރިލަމުން ސޯފާގައި އިށީނދެވުނެވެ. އެއަށްފަހު އޭނަ އާތިފްގެ ބަސްއަހަން ނިންމި ވަގުތު އާތިފް މިރްޒާންގެ ކައިރީގައި އިށީނދެ ދެންވެސް ކިޔައިދޭށޭ ބުނެލިއެވެ.
“ޝް…ޝަހާނީ ބުނީ އަމް…ނާ އަހަރެން ދޫކޮށްފަ ދިޔައީ ޤަޞްދުގައޭ.” މިރްޒާނަށް އެހެން ބުނެލެވުނީ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އިތުރު ވޭނެއް އެޅި ހިތަކާއި އެކީގައެވެ.
“ވަޓް؟! އޭނައަށްތަ އެނގެނީ އަމްނާ ދިޔަ ސަބަބެއް؟ އެއީ މިއްޒޭ ދަންނަ މީހަކީތަ؟” އާތިފް އަޑުހަރުކޮށްފައި ސުވާލުތަކެއް ކުރީ މިރްޒާންގެ ސިކުނޑިއަށް ލައިދެވުނު އެ ވިހަގަދަ ޚިޔާލުގެ އަސަރު ނެތިދާނެ ފަދައަކުންނެވެ.
“އަހަންނަކަށް ނޭނގޭ އޭނައެއް. އެކަމަކު ހީވޭ އޭނައަށް އަހަންނާ އަމްނާ އެނގޭހެން. ހީވަނީ އަހަރުމެންނާ އެއްޔުނިވާރސިޓީއެއްގަ ކިޔެވި ކުއްޖެއްހެން.” ޝަހާނީ ދެއްކި ވާހަކަތައް ހަނދާނަށް ގެންނަމުން މިރްޒާން ބުނެލިއެވެ.
“އެއް ޔުނިވާރސިޓީއެއްގަ ކިޔެވިޔަސް އަމްނާއާ މިރްޒާންއާ ދެމެދު ޖެހުނު މައްސަލަތަކަކީ މަދު ބަޔަކަށް ނޫނީ އޭގެ ފަހަތުގައިވި ސަބަބު ނޭނގޭ ކަންތައް. ދެން ކިހިނެއް ޝަހާނީއަށް އެނގޭނީ އަމްނާ ދިޔައީ ކީއްވެކަން؟ އޭނައަށްތަ އެނގޭނީ މިއްޒޭއާ އަމްނާ އުޅުނީ ކިހާ ލޯބިންކަން؟ ހުވާ އެއީ މާ ފޮނި ބޮޑުވެގެން އުޅޭ އަންހެނެއް! އޭނަ އެހެން ބުނާނީ ރަނގަޅަށްވިއްޔާ މިއްޒޭ އޭނަ ކައިރިއަށް އަންނާނެ ގޮތަށް ހަދަން. އޭނައާމެދު އަޅާނުލާ!” އާތިފް އޭނަގެ އަޑަށް ޖޯޝެއް ގެންނަމުން އޭނަގެ އެކުވެރިޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެކަން ހިސާބަކަށް ކާމިޔާބުވެސްވިއެވެ. މިރްޒާން ފުން ނޭވައެއް އެތެރެއަށްލަމުން ބޯޖަހާލި މަންޒަރު ފެނުނެވެ. އެހެނަސް އޭނަ ދެންވެސް ހިތާމަވެރި މޫނަކާއެކީ އިސްޖަހާލިތަން ފެނިފައި އާތިފްގެ ހިތް ދެރަވިއެވެ. އެހެންކަމުން އޭނަގެ އެކުވެރިޔާ މި ޙާލަތުން ސަލާމަތް ކުރުމަށްޓަކައި އެހެން ކަމަކާމެދު ވިސްނާލަމުން ވާހަކަ ދެއްކިއެވެ.
“އޭ މިއްޒޭ ހިނގާބަ މިތާ ކައިރީގަ އިއްޔެ ހުޅުވި ރެސްޓޯރެންޓަށް މިއަދު ސައިބޯންދޯ؟ އަހަރުމެން ނުދާ ރެސްޓޯރެންޓެއް ހުރެގެން ނުވާނެއެއްނު؟” އާތިފް ވާހަކައިގެ ރާގު ބަދަލުކޮށްލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ނޫން އާތިފް. އާތިފް ބޭނުމިއްޔާ ދޭ! މިއަދު އަހަންނަށް ނުދެވޭނެ.” މިރްޒާން އޭނައަށް ބެލުމެއްނެތި ބުނެލި ވާހަކައިން އާތިފްގެ ހިނިތުންވުން ފިލައިދިޔައެވެ. އެހެނަސް އޭނަ ހިތްވަރު ދެރަނުކުރިއެވެ.
“ދެން ހިނގާބަލަ! ކުޑަ ހެލްޕެއްވެސް ބޭނުންވެގެން މިއުޅެނީ. ބޮޑުމީހާ ޤުރުއާން ޖަހައިގެން ކުޑަ ޕާޓީއެއް ބާއްވަން ބޭނުންވާނެ އެއްޗެހިވެސް ގަންނަން އެބަޖެހޭ. ދެމީހުން އެކީގަ ދިޔައިމަ އެއްޗެހި ތިބޭނެ ތަންތަން ވެސް ފަސޭހައިން އެނގޭނީ. ހިނގާބަ ދެމީހުން.” އާތިފް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު މިރްޒާން ފުން ނޭވައެއް ދޫކޮށްލަމުން އާތިފަށް ބަލައި ހިނިތުންވެލިއެވެ. އަދި އާތިފް އުއްމީދުކުރި ފަދައިން ހިނގާށޭ ބުނެލިއެވެ. އާތިފަށް އެކަމާމެދު ޝައްކުނުކުރެވުނީ މިރްޒާނަކީ ކޮންމެ ފަދަ ޙާލެއްގައިވިޔަސް މީހަކު އެހީއަކަށް އެދުމުން އިންކާރު ކުރާ މީހެއްނޫންކަން އެނގޭތީވެއެވެ.
“އެބަ އަންނަން ކުޑަކޮށް މޫނު ދޮވެލައިގެން.” މިރްޒާން އެހެން ބުނުމުން އާތިފް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އެއަށްފަހު މިރްޒާން ދާންފެށުމުން އާތިފަށް އޭނަގެ އެކުވެރިޔާއަށް ބަލަން އިނދެވުނީ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީއެވެ. މިރްޒާން އޭނަގެ ޢާއިލާއާއި މުޅިން ވަކިވީ ދުވަހުން ފެށިގެން އަދާއި ހަމައަށް ވެސް މިރްޒާން ތަޙައްމަލުކުރި ހިތާމަތައް އެންމެ ގާތުން ދުށްމީހަކީ އާތިފެވެ. އެދުވަހު ބަނދަރުމަތީގައި ކަކޫމައްޗަށް ހުއްޓާ އޭނަ ހޭނެތިގެން ގޮސް ބިމަށް ހަށިގަނޑު ދެމިގެން ދިޔުމުން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އާތިފެވެ. ގަޑިއިރުތަކަށްފަހު މިރްޒާނަށް ހޭލެވުމާއެކު އޭނަ އެކި މީހުން ކައިރިން ކުރަމުން ދިޔަ ސުވާލުތައް އާތިފް ކައިރިން ތަކުރާރުކޮށް ކުރަން ފެށިއެވެ. އަމްނާ ކޮބައިތޯއެވެ. މުޙްސިން ކޮބައިތޯއެވެ. މުޙްސިން މިހާރު ރަނގަޅުތޯއެވެ. އަމްނާގެ ޙާލު މިހާރު ކިހިނެއްތޯއެވެ. އޭގެއިން ކޮންމެ ސުވާލަކަށް ނޭނގެއޭ ބުނަންވުމުން އާތިފަށް ކިތަންމެ އަސަރުކުރިއެއްކަމަކު އޭނައަށް އެހެންގޮތެއްވެސް ނެތެވެ. މިރްޒާން އެދުވަހު ހޮސްޕިޓަލުގެ އެނދުގައި އިނދެވެސް އެތައްއިރެއް ވަންދެން ރުއެވެ. އާތިފް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނެއްކަމަކު އެ ކެކުޅުމަކަށް ބަދަލެއް ނާދެއެވެ. މިރްޒާން އޮތް ކޮޓަރިއަށް ނަރުހަކު ނޫނީ ޑޮކްޓަރަކު ވަންނައިރަށްވެސް އޭނަ އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ކުރަމުން ދިޔައީ ޖަވާބެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އެދެވޭ ޖަވާބެއް ނުލިބޭ ކޮންމެ ފަހަރެއްގެ މަތިން މިރްޒާންގެ ލޯ ކަރުނުން ފުރި އޭނައަށް ގަދައަށް ރޮވެއެވެ. މިރްޒާނަށްވަމުން ދިޔަ ގޮތް ބަލަން ކެތްނުވެގެން އާތިފް މިރްޒާންގެ މަންމައާއި ބައްޕައަށް ގުޅިއެވެ. މިރްޒާންގެ ޢާއިލާ ގެއްލުނުކަން ވެސް ހާފިޒާއާއި ލަތީފަށް އެނގޭ ގޮތްވީ އާތިފް ގުޅުމުންނެވެ. އެއާއެކު ހާފިޒާއާއި ލަތީފް މާލެއަށް ފުރުމުގެ ދަތުރު ފެށިއެވެ. އެހެނަސް މިރްޒާން ގެއަށް ފޮނުވާލެވުނު ދުވަހުވެސް އެމީހުން މާލެއަށް ނުފޯރައެވެ. އެހެންކަމުން އާތިފް ދޭތެރެދޭތެރެއިން މިރްޒާނަށް ޒިޔާރަތްކުރަމުން ދިޔައެވެ. ގިނަފަހަރު އެ އެޕާޓްމެންޓްގެ ދޮރު ހުންނަނީ ތަޅުވެސް ނުލައެވެ. އާތިފް ގޮސް ބަލާލާއިރު މިރްޒާން އިންނަނީ މުޙްސިންގެ ކޮޓަރީގައި އެ ދަރިފުޅުގެ އެނދު ކައިރީ ބިންމަތީގައި އިށީނދެގެންނެވެ. އެހެންނޫނީ އަމިއްލަ ކޮޓަރި އަނދިރި ކޮށްގެން ކޮންމެވެސް އެއްކަނަކަށް ކުރުގެޅިލައިގެންނެވެ. ފަހަކަށް އައިސް އާތިފް ގޮސް ވާހަކަ ދެއްކުމުން މިރްޒާން އެންމެ ބަހެއްވެސް ބުނެ ނުލައެވެ. އެ ޙާލަތުގައިވެސް މިރްޒާން ވަނިކޮށް އެއްދުވަހު އާތިފް ވެސް ހުއްޓާ ހާޝިމާއި ޙަމީދާ އައިސް އޭނައާއި ދިމާލަށް އެއްޗެހި ގޮވިއެވެ.
“ހީނުކުރާތި ކަލެއަށް އެއްވެސް އަދަބެއް ނުލިބެނީސް އަހަރުމެން ކަލޭ ދޫކޮށްލާނެކަމަށް. ކަލެއާހެދި އަހަރުމެންގެ ދަރިފުޅު އަހަރުމެންނަށް ގެއްލުނީ! ކަލެއާހެދި އަމްނާ ގެއްލުނީ!!” ހާޝިމް އެދުވަހު އެއްޗެކޭ ނުބުންޏެއްކަމަކު ޙަމީދާ ހަޅޭއްލެވިއެވެ. ޙަމީދާގެ އެ ވާހަކައިން މިރްޒާންގެ މުޅި ހަށިގަނޑު ރޫރޫއަޅައިގެން ދިޔަދިޔަހެން އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެއްޗެކޭ ބުނަން ނުކުޅެދިފައި މިރްޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިން މަންޒަރު ދެކެން ހިތަށް ކެތްނުކުރެވުމުން އާތިފަށް ވާހަކަ ދެކެވުނެވެ.
“މިރްޒާނަށް ލިބުނު އަދަބު ކުޑައީތަ މިރްޒާނަށް އިތުރު އަދަބެއްދޭން ތިއުޅެނީ؟ އެނ؟! ކަލޭމެންނާ ހެދި އަމްނާ ގެއްލުނީ! ކަލޭމެން މިއްޒޭ އޭނަގެ ދަރިފުޅާއި ދުރުކުރީމަ ވީގޮތްމީ! ކަލޭމެންނަށް ކަލޭމެންގެ ދަރިފުޅު ގެއްލުނިއްޔާ މިރްޒާނަށް ގެއްލުނީ މިރްޒާންގެ ދަރިފުޅާއި އަންހެނުން. މިރްޒާންގެ މުޅި ޢާއިލާ. މިރްޒާންގެ މުޅި ދިރިއުޅުން!” އާތިފް ސާބިތު އަޑަކާއެކީ އޭނަގެ އެކުވެރިޔާގެ އެމީހުންގެ ކުރިމަތީގައި ދިފާޢުކުރިއެވެ. އެއަށްފަހު ހާޝިމާއި ޙަމީދާ އެ އެޕާޓްމެންޓުން ނިކުމެގެން ދިޔައީ އެއްޗެއް ވިސްނުނު ފަދައަކުންނެވެ. އެހެނަސް އެއަށްފަހު އެމީހުން މިރްޒާނާއި ވައި އެޅޭ ހިސާބުން ވެސް ފެންނަ ގޮތެއްނުވިއެވެ. އެމީހުން އައިތާ އަނެއްދުވަހު ހާފިޒާއާއި ލަތީފަށް މިރްޒާނާއި ހަމައަށް އާދެވޭ ގޮތްވިއެވެ. ހާފިޒާއާއި ލަތީފް ވެސް އައިސް ވާހަކަ ދައްކަން އުޅުމުން މިރްޒާން އިސްއުފުލައި ބަލައެއްވެސް ނުލިއެވެ. އެމޫނުމަތިން ނުފިލާ ގޮތެއްގައި ފެންނަމުން ދިޔައީ ހިތާމަވެރިކަމާއި އޭނައަށް ކުއްލިއަކަށް ދިމާވި މި ޙާލަތުގެ ސިހުމެވެ. އެކަމުގެ ހިތާމައިގައި ލަތީފްގެ ދެމަފިރިން ވަނިކޮށް މިރްޒާނަށްޓަކައި ކައުންސެލަރަކު އެޕާޓްމެންޓަށް ގެނައުމުގެ ޚިޔާލު އާތިފް ދިނެވެ. މިގޮތުން އެދުވަސްވަރު ނުހަނު ރަނގަޅަށް ކިޔަވައިގެން ހުރި ފިރިހެން ކައުންސެލަރަކު މިރްޒާންގެ ކައިރިއަށް ގެނެވުނެވެ. ކައުންސެލަރު ވެސް އެންމެ ފުރަތަމަ މިރްޒާނާއި ވާހަކަ ދައްކަން ޖެހުނީ މިރްޒާން އެ އިންތަނުގައި ބަހައްޓައިގެންނެވެ. ކުރީކޮޅު ކުރެވުނު އެއްވެސް ސުވާލަކަށް މިރްޒާންގެ ފަރާތުން ކުޑަވެސް ޢިޝާރާތެއް ނުލިބުނެވެ. ދަރިފުޅާއި އަންހެނުންނަށްވީ ކިހިނެއްތޯ ސުވާލު ކުރެވޭ ކޮންމެ ފަހަރަކު އޭނައަށް ރޮވެން ފަށައެވެ. ކިރިޔާވެސް މިރްޒާންގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުވާން ފެށީ އަދި އެ އަންހެނުންނާއި ދަރިފުޅު ފެނިދާނެ ކަމަށް ބުނަން ފެށި ހިސާބުންނެވެ. އަދި ފެންނާނީ ވެސް އެކަމަށްޓަކައި މިރްޒާން މަސައްކަތް ކުރުމުން ކަމަށް ބުނަން ފެށި ހިސާބުންނެވެ. އެއާއެކު އޭނަ އެ ކައުންސެލަރު ބުނިގޮތަށް ކަންތައް ކުރަން ފެށިއެވެ. ފަހުން އައިސް ކައުންސެލިންގް ދެވެން ފެށީ ސިޓިންގް ރޫމުގެ ސޯފާގައެވެ. އެ ސެޝަންތަކުގެ ތެރެއިން އަމްނާއާއި ބެހޭގޮތުން މިރްޒާނާއި ސުވާލުކުރެވުނެވެ. މިރްޒާން ޚިޔާލުތަކުގެ ތެރެއަށް ގެއްލިހުރެ ހިނިތުންވުންތަކާއެކީ އަމްނާގެ ރަނގަޅުކަމުގެ ވާހަކަ ކިޔައިދިނެވެ. އަދި އަމްނާ އޭނަދެކެ ލޯބިވީ ކިހިނެއްކަމާއި އޭނަ ތައުބާވިފަހުން އަމްނާއާއި އޭނައާއި ދެމެދު އުފެދުނު ގުޅުމުގެ ވަރުގަދަކަން ކިޔައިދިނެވެ. އެ ވާހަކަތައް ކިޔައިދެވުނު ރެއަށްފަހު މިރްޒާން އެޕާޓްމެންޓުގައި ހުރެވެސް ނަމާދުކުރަން ފެށި ވާހަކަ މިރްޒާންގެ މަންމައާއި ބައްޕަގެ ފަރާތުން އާތިފަށް އިވުނެވެ. އަދި ދޭތެރެދޭތެރެއިން އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް ކޮންމެވެސް ރަތްކުލައިގެ ގަނޑުތައް ލެވިފައި ހުރި ފޮތްތައް ކިޔާ ވާހަކަވެސް އާތިފަށް އިވުނެވެ. އެ ފޮތްތަކުގެ ވާހަކަ މިރްޒާން ކުރިން އޭނައަށް ކިޔައިދީފައިވާތީ އެއީ ކޮން ފޮތްތަކެއްކަން އާތިފަށް އެނގުނެވެ. އެ ފޮތްތަކުގެ ސަބަބުން އަމްނާގެ ހަނދާންތަކުގައި މާ ބޮޑަށް ޣަރަޤުވެ މިރްޒާންގެ ޙާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު އާތިފަށް ހީވިއެވެ. އެހެނަސް އޭގެ މާ ގިނަ ދުވަހެއްނުވެ މިރްޒާން ޔޫސުފް ސޫރަތް އަޑުއަހަން ފެށި ވާހަކައާއި އެ ސޫރަތް އަޑުއަހާ ކޮންމެ ފަހަރަކު އެ މޫނުމަތިން ހިނިތުންވުންތައް ފެންނަ ވާހަކަ އިވެން ފެށުމުން އާތިފަށް ޙައިރާންކަމެއް ލިބުނެވެ. އެވާހަކަ އިވުނު ފަހުން އާތިފް ވެސް މިރްޒާންގެ އެޕާޓްމެންޓަށް ޒިޔާރަތް ކުރާ ކޮންމެ ފަހަރަކުހެން އިވެނީ އެ ސޫރަތުގެ އަޑެވެ. އަދި އެފަހުން ދުވަހުން ދުވަހަށް މިރްޒާންގެ ހިނިތުންވުންތައް އުޖާލާވާން ފެށިކަން އާތިފަށް ފާހަގަވިއެވެ. އެއީ ކީއްވެކަމާމެދު ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނަވީ އެއަށްވުރެ ބޮޑު އަޖާއިބެއްގެ ތެރޭގައެވެ. އިތުރަށް އަންތަރީސްވެގެން ދިޔައީ އޭގެ މަދު ދުވަސްތަކެއްފަހުން މިރްޒާން އާދައިގެ މަތިން އޮފީހަށް ގޮސް އެންމެންނާއި ވާހަކަ ދައްކައި މަސައްކަތުގެ މާޙައުލުގައި އުޅެން ފެށުމުންނެވެ. އެހެނަސް މިފަހަރު އޭނަ މަސައްކަތް ފެށީ ޖާނަލިސްޓެއްގެ ގޮތުގައެއްނޫނެވެ. ކޮންމެވެސް އެހެން ދާއިރާއަކަށް އޭނަގެ ވަޒީފާ ބަދަލުކޮށް ދިނުމަށް މާޖިދު ކައިރި މިރްޒާން އެދުނީ އޭނަގެ މާޒީ ހަނދާން ނައްތާލަންކަމަށް އާތިފަށް ނިންމުނެވެ. މިގޮތުން މާ ގިނަދުވަހެއްނުވެ މިރްޒާން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ. އެ މަސައްކަތުގައި އުޅެމުން ގޮސް ޗުއްޓީއެއް ލިބުމުން މިރްޒާން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ރޭވީ އަމްނާއާއި މުޙްސިން ހޯދުމަށްޓަކައި ކަމަށް އޭނަ އާތިފްގާތު ބުންޏެވެ. މިގޮތުން އޭނަ އުތުރުން ފެށިގެން ގޮސް ޗުއްޓީ ނިމެންދެން ދެވުނުހާ ރަށްތަކަށް ގޮސް އެ ރަށްތަކުގެ މީހުންނަށް އަމްނާއާއި މުޙްސިންގެ ފޮޓޯ ދައްކައި ސުވާލުކުރަމުން ދިޔައެވެ. އެ ދަތުރުތައް ކުރަމުން މިރްޒާން ދިޔައީ މުޙްސިނާއި އަމްނާއަށް ދިނުމަށްޓަކައި ހަދިޔާތައް ވެސް އެކި ރަށްރަށަށް ފޮނުވަމުންނެވެ. އެ ހަދިޔާތަކުގައި އޭނަގެ ނަންބަރު ލިޔެވިފައިވުމުން އެގޮތުން ވެސް އޭގެއިން އެކަކު ވިޔަސް ފެނިދާނެކަމުގެ އުއްމީދުގައެވެ. މިރްޒާން ކުރި ދަތުރުތަކުގެ ތެރެއިން ބައެއް ދަތުރުތަކުގައި އާތިފް ވެސް ބައިވެރިވެފައިވާތީ އެ މަސައްކަތް ކުރުމުގައި މިރްޒާންގެ ހިތްވަރު ދެރަވާ މަންޒަރު އާތިފަށް ވެސް ވަނީ ފެނިފައެވެ. އެހެނަސް ކުރިއާއި ޚިލާފަށް އޭނަ ނާއުއްމީދުގެ ތެރެއަށް ނުގެނބެއެވެ. ބަދަލުގައި އެމޫނުމައްޗަށް ހިތާމަވެރިކަން ވެރިވާ ކޮންމެ ފަހަރަކު ފެނިގެން ދަނީ އޭނަ މިސްކިތަކާއި ދިމާލަށް މިޞްރާބުޖަހާ މަންޒަރެވެ. ނަމާދަށްފަހު ދުޢާކުރާއިރު ވެސް އޭނަ ކަރުނަ އަޅާތަން ފެނެއެވެ. އެހެނަސް އެއަށްފަހު އޭނަ އޭނަގެ ހޯދުން ކުރިއަށް ގެންދަނީ އާ ޢަޒުމަކާއި އެކީގައެވެ. އާތިފަށް އެއްދުވަހު ނުހުރެވިގެން މި ކަންތައްތަކާމެދު މިރްޒާނާއި ސުވާލުކުރުމުން މިރްޒާން ޖަވާބު ދިނެވެ.
“لاَ يَجِدُ رِيْحَ يُوْسُفَ إِلاَّ مَنْ كانَ لَهُ رَجَاءَ يَعْقُوْب…..ޔަޢްޤޫބް ޢަލައިހިއްސަލާމްގެ އުއްމީދު ހުރި މީހަކަށް މެނުވީ ޔޫސުފް ޢަލައިހިއްސަލާމްގެ ވަހެއް ނުލިބޭނެއޭ. މިއީ އައްނު އެއްކަލަ ފޮތުގެ ކުރީކޮޅު ލިޔެފަ އޮތް ޢަރަބި ބަސްކޮޅެއް. އޭތި މީގެ ދުވަސްކޮޅެއް ކުރިން ކިޔުނީއްސުރެ ހަމަ އެބަސްތައް އަހަރެންގެ ސިކުނޑީގަ ހުންނަނީ. އޭތި ކިޔުނީމަ ޔޫސުފް ސޫރަތަށް ލޯބިޖެހިގެން ދިޔައީވެސް. ދެން ފަހުން އެނގުނީ އަހަރެންގެ ޙަޔާތުގައި ދިމާވެފައި މިވާ އިމްތިޙާނަކީވެސް އެ ވާހަކައާ ކިހާ ގުޅުންހުރި އިމްތިޙާނެއްކަން. ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުންނާއި އެތައް އަހަރެއް ވަންދެން ވަކިވެވަޑައިގަތް. އެކަމަކު އެކަލޭގެފާނު ދުވަހަކުވެސް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑުއްވާ ނުލައްވާ. އެތައް އަހަރެއް ވޭތުވީއިރުވެސް ޔޫސުފް ޢަލައިހިއްސަލާމް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެކަލޭގެފާނު އުއްމީދުކުރެއްވި. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އެކަލޭގެފާނު އެކަލޭގެފާނުގެ ދަރިކަލުންނާއި އަނެއްކާ ގުޅިވަޑައިގެންނެވި. ދެން އަހަރެން ކީއްވެ އަހަރެންގެ ދަރިފުޅާއި އަހަރެން އަނެއްކާ ނުގުޅޭނެ ކަމަށް ހީކުރަންވީ؟ އަދި އެއީވެސް އަހަރެން އެ ދަރިފުޅާއި ވަކިވިތާ މަދު މަސްތަކެއް ވެފައިވީއިރު؟” މިރްޒާން ފާރެއްގެ މަތީގައި އާތިފްގެ ކައިރީގައި އިނދެ އެދުވަހު އެ ފަހު ސުވާލުކޮށްލީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ. އެދުވަހު މިރްޒާން އޭނަގެ ދަރިފުޅާއި ނުގުޅި ދިގު 15 އަހަރު ވޭތުވާނެކަމަށް އާތިފް ހިއެއްނުކުރެއެވެ.
އެހެނަސް 15 އަހަރު ފަހުން ވެސް މިރްޒާންގެ ހިތުގައިވި އެ އުއްމީދަކަށް ބަދަލެއް ނައިތާއެވެ. އޭނައާއެކީ ފިހާރައަށް ދިޔުމަށްޓަކައި މޫނު ދޮވެ ތާޒާވެލައިގެން ކޮޓަރިން ނިކުތް މިރްޒާންގެ މޫނުމަތީގައިވީ ހަމަ އެ ހިނިތުންވުމެވެ. އާތިފްގެ ހިތުގައި ދީނަށްޓަކައި ލޯތްބެއް އުފެދިފައިވަނީ މިރްޒާނަށް ﷲ ގެ ބަސްފުޅުން ލިބުނު ހިތްވަރުގެ ޤަބޫލުކުރަން ދަތި މިސާލު އޭނައަށް އިޙްސާސް ކުރެވޭތީވެހެން އާތިފަށް ހީވެއެވެ. މިރްޒާން އޭނަގެ އެ ހިތާމަތަކުން އަރައިގަތް ދުވަސްވަރު ވަކި މީހަކު ބުނުމެއްނެތި ނަމާދުކުރަން ފެށި މަންޒަރު ފެންނަން ފެށި ފަހުން އޭނައަށް ވެސް ނަމާދެއް ދޫކުރެވޭ ގޮތެއްނުވެއެވެ.
އާދައިގެ މަތިން މިރްޒާން އެދުވަހުވެސް ޢިމާރާތުގެ ގޭޓުން ނިކުމެ ކާރާއި ހަމައަށް ދިޔުމުގެ ކުރިން އޭނަ ހޯދަން ބަޔަކު އައިސްފިނަމަ އޭނަ އިރުކޮޅަކުން އަންނާނެ ވާހަކަ ބުނަން ގާޑު ބޭބެ ގާތު ބުންޏެވެ. ދުވަސްދުވަހުން ބަދަލުވާ ގާޑު ބޭބެ ހިނިތުންވުމަކާއެކީ އާނއެކޭ ބުނެލިއިރު މިރްޒާން އެ ދައްކަނީ އެތައް އަހަރެއް ވަންދެން ގެއްލިފައިވި ބައެއްގެ ވާހަކަ ކަމެއް އެ ބޭބެއަކަށް ރޭކާނުލައެވެ. މިރްޒާން މިހާ ދުވަސްވީއިރު މަންމައާއި ބައްޕަ އެދުމުން ވެސް ރަށަށް ނުގޮސް ހުރީ މި ސަބަބާއި ހެދިއެވެ. ރަށަށް އަންނަން އެދޭހާއިރަށް މިރްޒާން އިންކާރު ކުރަނީ، އޭނަ އެ ގޭގަ ނެތް ވަގުތެއްގައި އަމްނާމެން އަނބުރާ އައިސްފިނަމަ އެމީހުން އަނެއްކާވެސް ގޮސްދާނެ ނޫންތޯ ބުނަމުންނެވެ. އާތިފަށް މީގެ އަހަރުތަކެއް ކުރިން މިރްޒާންގެ އެ އިޙްސާސްތައް ދޭހަކުރަން ދަތިވެފައިވިއެވެ. އެހެނަސް މިއަދު އޭނަގެ ވެސް އަންހެނުންނާއި ދަރިން ތިބުމުން އޭނައަށް އެނގެއެވެ. ހެނދުނު ހޭލާއިރަށް ވެސް މިރްޒާން އެމީހުން މަތިން ހަނދާންވާނެ މިންވަރެވެ. ދަރިފުޅާއި އަންހެނުން ފެންނަން ނެތުމުން އެމީހުންނާމެދު ކަންބޮޑުވާނެ މިންވަރެވެ. އެމީހުންނާއި ދެން ދިމާނުވެދާނެ ކަމުގެ ޚިޔާލަކީ ވެސް ކިހާ ދަތި ޚިޔާލެއްކަމެވެ. މިރްޒާން އޭނަގެ ބަލިވެ އުޅުނު ދަރިފުޅަށްވީ ގޮތް ނޭނގި ދުވަސްތައް ކަނޑައްތު އެކުރަނީ ކިހިނެއްތޯ ވެސް އާތިފްގެ ހިތަށް ބައެއްފަހަރު އަރައެވެ. އެހެނަސް އެއިން ވެސް ﷲ ގެ ކުޅަދުންވަންތަކަން އޭނައަށް އިޙްސާސްކުރެވެއެވެ. ﷲ ސާބިތުކަން ދެއްވި ހިތަކަށް ކޮންމެ ފަދަ ހިތާމައެއް އެންމެ ރީތި ގޮތުގައި އުފުލުމުގެ ބާރު ލިބޭނެކަން ޔަޤީންވެއެވެ.
އާތިފްގެ ސައިކަލު ފަހުން އެތަނުން ގެންދަން ނިންމަމުން ދެ އެކުވެރިން ވެސް ގޮސް އެރީ މިރްޒާންގެ ކާރަށެވެ. ކާރު ސްޓާޓްކޮށްލުމާއެކު ރޭޑިޔޯ ޖެއްސިގެން ދިޔައެވެ. ރޭޑިޔޯއިން ދިމާކުރެވިފައިވީ އޭރުގަ އޮތް ސަރުކާރުގެ ޗެނަލް ކަމަށްވުމުން އިވެން ފެށީ މިރްޒާން މީގެ އަހަރުތަކެއް ކުރިން ތާޢީދުކުރި ޕާޓީއެއްގެ އިސްވެރިއެއްގެ އަޑެވެ.
“އަޅުގަނޑުމެންގެ ސަރުކާރުން މި ވޭތުވި 2 އަހަރުތެރޭގަ މިވަނީ ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައެއް އިތުރު ކޮށްދެއްވާފަ. އަޅުގަނޑުމެން މި ފައިސާގެ ބޭނުން ހިފާނީ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށްޓަކައި…..” މިރްޒާން ކާރު ދުއްވަން ފެށިފަހުން ރޭޑިޔޯއިން ވާހަކަ އެހާ ހިސާބަށް ދެކެވުނުތަނާހެން އާތިފް ވާހަކަ ދެއްކިއެވެ.
“އާދެ އަޅުގަނޑުމެން މި ފައިސާގެ ބޭނުން ހިފާނީ އަޅުގަނޑުމެންގެ އެކްޓިވިސްޓުން ކުށްތަކުން ސަލާމަތްކޮށް މެލޭޝިޔާއަށް ފޮނުވަން.” އާތިފް ރާގަކަށް އެހެން ބުނެލީ ހިސާބަކަށް ރުޅި އައިސްފައި ހުރެއެވެ. އޭނަ އެހެން ބުނިތަނާހެން މިރްޒާން ވަކި އެއްޗެކޭ ނުބުނެ ރޭޑިޔޯ ނިވާލިއެވެ. އާތިފް މިރްޒާނަށް ބަލާލިއިރު އެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. މައިސޫން ކުރި ކަންތަކަށް ބަދަލު ހިފުމަށްޓަކައި މިރްޒާން އޭނަ ހަމައަކަށް އެޅުނު ފަހުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ކުރިއެކޭ ވެސް އެއްފަދައިން މައިސޫން ކޯޓަށް ގެނެވުނެވެ. އެހެނަސް އެފަހަރު އޭނަވީ ފައިސާވެރި ސިޔާސީ މީހެއްގެ މަގަތުގައެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން އޭނަގެ ޢާއިލާއަށްޓަކައި ކިތަންމެ އަޑު އުފުލިއެއްކަމަކު ވީކަމެއް ނެތެވެ. މައިސޫން ދޮގުތަކަކާއި އެ ފައިސާވެރިޔާގެ އެހީގައި އެ މައްސަލައިން ސަލާމަތްވިއެވެ. އަދި އޭގެ މާ ގިނަ ދުވަހެއްނުވެ އިވިގެން ދިޔައީ މައިސޫން އޭނަގެ އަންހެނުންނާއެކީ މެލޭޝިޔާއަށް ފުރި ވާހަކައެވެ. މައިސޫންގެ ޙަޤީޤަތް އެނގުނުފަހުން ހާފިޒާއާއި ލަތީފް ވެސް ނުރުހުންވެފައި ތިބޭތީ އޭނަ ވަރަށް މަދުފަހަރަކު ނޫނީ ރަށަށް އައިސްފައެއްނުވެއެވެ. މި ވޭތުވި 15 އަހަރު ތެރޭގައި ވެސް އޭނަ ރާއްޖެއަށް އައީ އެންމެ 3 ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާތިފް މިރްޒާންގާތު މައިސޫންގެ ވާހަކައެއް ދައްކަން އުޅޭ ތަނާހެން އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެ އޭނަގެ ގޮށްމުއްކެވިގެންދެއެވެ. އެހެނަސް މިރްޒާން އެއްޗެކޭ ނުބުނަނީ އެ ރުޅިވެރިކަން އަމިއްލަ ބާރުގެ ދަށަށް ގެނައުމަށްޓަކައި ކަންނޭނގެއެވެ. އެވަގުތުވެސް ހަމަނުޖެހިފައިވި މޫނަކާއެކީ މިރްޒާން ހިމޭންކަމާއެކީ ކާރު ދުއްވަމުން ދިޔައެވެ. އަނެއްކާވެސް މިރްޒާންގެ މޫޑު ރަނގަޅު ކުރުމަށްޓަކައި އާތިފް އެހެން ވާހަކައެއް ހަނދާން ކޮށްލިއެވެ.
“ޔޯ ޑޫޑް! އެއްކަލަ ޝޯއަށްޓަކައި އަހަރުމެން މި ހަފްތާތެރޭގަ ޖެހޭނެ ފުރަން. ފުރަތަމަ ދާނީ އައިޓީ އައްޒާމް ކައިރިއަށް. ފުވައްމުލަށް އިޓް އިޒް! އަހަރުމެން ވަކި އެކުއްޖެއްގެ ގޭގައެއް ނޫންދޯ އިންޓަވިއު ކުރާނީ؟ އެ ރަށެއްގަ ހުންނަ ސަޅި ލޮކޭޝަނަކަށް ގޮސް ކުރާނީ. ވަޓް ޑޫ ޔޫ ސޭ؟” އާތިފް އަހާލިއެވެ.
“ސަޅިވާނެ. ތުނޑިއަށް ދާ ހިތުން ދޯ ތިއުޅެނީ؟ ހެހެ….” މިރްޒާން އާތިފަށް ނަޒަރެއް ދީފައި ހީލިއެވެ. އޭނަގެ ގާތް އެކުވެރިޔާ ހީލި މަންޒަރު ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުމާއެކީ އާތިފަށް ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަގެ އަޑަށް ސަމާސާ ރާގެއް އެޅުވިއެވެ.
“އެހެންޏާ ނޫން! ފުވައްމުލަކުގެ މީހުން ނަސީބުގަދައޭ އަހަރެން ހިތަށްއަރާ. އަހަރެންނަމަ މުޅި ދުވަސް ހޭދަކުރީހީ އެ ތުނޑީގަ…..އަސްލު ކޮންމެ ރަށެއްގަ ވެސް ހުންނާނެ ދޯ އެގޮތަށް ރީތިވާ ތަނެއް؟ ގޮއްސަ ބަލާލީމަ އެނގޭނީ. އޯ އެންޑް ބައި ދަ ވޭ! އެއްކަލަ ހަސަން ހުރިތަނެއް އެނގިއްޖެ މިހާރު. އަހަރެންގެ ކަޒިން ހަސަންއަށް ގުޅީ ކޮންމެވެސް އެކުވެރިއެއްގެ ވެޑިންގްއަކަށް އެހީވެދޭށޭ ކިޔާފަ. ހަސަން ބުނީ ތިމަންނަ މިހިރީ އައްޑޫގައޯ.” އާތިފް އެހެން ބުނެލީ ވަގުތު ކާރު ދުއްވަން އިން މިރްޒާންގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތައް ހިނގާލިއެވެ. ނޭނގޭ ސަބަބަކާހުރެ އާތިފް ދެންމެ އެ ދެއްކީ އޭނައާއި ނުހަނު ގާތް ފަރާތެއްގެ ވާހަކަހެން އޭނައަށް ހީވިއެވެ. އެ ހީ އިތުރަށް ވަރުގަދަވެގެން ދިޔައީ މިރްޒާން އާތިފާއެކީ ފިހާރައަކަށް ގޮސްފައިވަނިކޮށް ފަޔާޒް އޭނައަށް ގުޅުމުންނެވެ.
“އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. އެކަމަކުވެސް…..އައިމް އެކްސްޓްރީމްލީ ސޮރީ އެބައުޓް ދިސް!” ފަޔާޒް އެކޮޅުގަ ހުރެ ދެއްކި ވާހަކަތައް އަޑުއަހަން މިރްޒާނަށް ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެނެވެ.
ނުނިމޭ
22 Comments!
Comments are closed.
Assalaam’alaikum. next part friday ga In Sha Allah 🙂 miadhuge mi bayaa gulhey post thakaa eky jana genesdheynan present tense exercise ge answer key. kiyuntherin hithah araane answer key ves migenesdheny exercise hedhumahfahu muskulhi vaafahunney. hehe…ekamaku aslu egothah dhookurumun ves faidhaa kuraane. thiya kiyuntherin amilla ah chart balaigen javaabu rangalhutho beleema v farithavegen dhaane chart ge patterns thakah In Sha Allah 🙂 hama ekani yageen kolla dhinumuge gothun answer key thah mi genesdhiny.
mihaa hisaabun verbs ge bai jana medhu kandaalaafa fahun fashaany ehen topic eh. ey verbs ah vure maa boduthan ves faseyha vaane topic eh In Sha Allah. dhuvaskolheh fahun kanneynge eythi feshen othy. ekamaku arabi kiyavaa kiyuntherin hama revise koh, Quran kiyavai, tharujamaa aa eky Quran adu ahai hedhumaky v bodu edhumeh.
furathama faharah arabi filaavalhuthakuge vaahaka ivunu kiyuntherieh huriyya mi link ah dhiyun edhen 🙂
https://guidancefromquran.blogspot.com/search/label/Arabic
Yey me mifaharu 1st dho? Mi part vx hama varah varah salhi. Masha allah. When next part?? Waiting 4 next part..?
Yes! Finally!!! 😀 varah bodah maruhabaa Shifna sis! <3 hehe…Alhamdhulillah! (All praise and thanks belong to Allah) 🙂 In Sha Allah next part friday ga
Yeyy me second dhw??????hehehh????Masha allah ?❤???mi prt vx
Vrh rythi as usual???????waitin fr Friday mihaaru?????
yes! hehe….Alhamdhulillah! 😀 jana ves mihiry dhen oiy bai liyaa hithun 🙂 <3
Alheyy… masha allah vvv reethi…. jana plx quran ge dhivehi thafseer nixu ah libeyny konthaakun … plx i really want…. plz plz plz
QuranMV kiyaa app eh indhey..
Niz…dhivehi tafseer fotheh libeyne kanneynge national library kahala thanakun. ehen noony youtube ga hunnaane Sheikh Iyaaz Abdul latheef ge baeh surah thakuge tafseer lecture thah. Niz Male’ ga ulhenya e dharusthah attend ves kureveyne kanneynge.
Anonymous: Jazaakallah Khairan! 🙂 ekamaku QuranMV ga hunnany hama ekani tharujamaa kanneynge dho? tafseer ga hunnaany aayaiy thah tafseel koh kiyaidhee ein libey filaavalhuthah ves kiyaidheefa. Subhaanallah hithah araa English in tafseer kuru videos hunna gothah Dhivehin ves hunnane nama ey. *sigh* ekamaku mustaqbaluga nuhunnaane kamehves neyngey dho In Sha Allah 😀
Niz jana naseyhaiy dheyny vaguthun tafseer thah nufenunas Anonymous e buni app medhuverikoh kureekolhu tharujamaa medhuveri vegen viyas Quran aai gulhumeh dhemehettun. jana ves Quran aai gaai vegen dhiyaee emme furathama Quran vaki hisaabakun fashaigen adu ahamun tharujamaa balan feshi hisaabun. fahun ais tafseer lecture thah fennan feshy. ehenveema niz ves fashanvy In Sha Allah. Allah handhuma kurumattakai kurevey kithamme kuda kameggai ves ekalaange barakaaiy lavva.
Maai Allah alhamen emmennah Quran ugannai dhevvaashi. Ameen!
MashaAllah ❤️ varah reethi vaahaka.. yess jana,, bunedheeba qurange dhivehii thafseer libeyne gotheh?? Varah varah beynun..
Alhamdhulillah! 😀 ayesha matheega oiy comment kiyaalahchey. type koh koh mioh varubalivany. hehe 🙂
Thankx anonymous
Arabic present tense answer key (English)
https://drive.google.com/file/d/1d3UriyQqxIZBaBUBw-PE6BkWjj2zd834/view
Arabic present tense answer key (dhivehi):
https://drive.google.com/file/d/1ljOn8CoJoSWpFQ8zPpQbr1sCnThi4xo_/view
Miadhuge blog post ga bunedhevunu aayaiy ehaa reethivefa post ehaa dhiguveema vvv dheravefa mihunnany. varah masakkaiy kurin post kuru kureveytho. ekamaku ehaa varah hama eythi kuru kollevuny. hehe….In Sha Allah mi post ge dhivehi bai genesdheynan mirey. post ehaa dhiguveema effaharaa genesdheveykah neh. ehenveema In Sha Allah mirey 🙂
post in faidha eh kuriyya share kurumaky jana ge varah bodu edhumeh 😀
https://web.facebook.com/1445208739121696/photos/a.1448032745505962/1970185376624027/?type=3&theater
Blog post:
*Long post but please READ!*
“And when the caravan departed, their father said, “Indeed I find the scent of Yusuf if you don’t think of me as weakened in mind.” Surah Yusuf, 94
Subhaanallah this is one of those places from the stories of the Quran that makes me desperately wish everyone knew the beauty in these stories. And I pray that I am able to explain this bit as clearly as possible. So here goes.
As we all know, Yusuf (AS)’s brothers were jealous of him. They threw him in a well and lied to their father saying that a wolf had eaten him. Ya’qub (AS), knowing his sons realized that they were lying and yet chose to be patient. Long story short, years pass by without Ya’qub (AS) knowing what happened to his son. He went blind because of how much he cried for his son. While on the other hand, with a twist and turn of events, Yusuf (AS) becomes a minister of Egypt while Ya’qub (AS) is still in his homeland. Due to a long drought that occurred in the area, Egypt and the lands near the country suffered from a famine. Stored food was being distributed to people equally from Egypt to ensure everyone survives. So Yusuf (AS)’s brothers also go to Egypt to get their food supply. And there they meet their long lost brother. At first they don’t recognize him though Yusuf (AS) recognized them. Eventually when Yusuf (AS) does let them know who he is, the brothers realize the mistake they did. Yusuf (AS) forgives them and gives them one of his shirts telling them that if they place the shirt on their father’s eyes, it will bring back his sight.
The ayah I shared above is just the next part of the story. It describes the caravan in which Yusuf (AS)’s brothers were returning home to Ya’qub (AS) with Yusuf’s shirt. You would think that the ayah would say, when the caravan was getting close to Ya’qub (AS) or when the caravan was approaching Ya’qub (AS), he said I smell the scent of Yusuf. But no. The ayah says that when the caravan departed from, when it just left Egypt that is yet too far away from Ya’qub (AS), he said “I smell the scent of Yusuf.” Subhaanallah! As though something happened in this father’s heart, that had longed for his son for so many years just at that moment when his son’s shirt was getting a little closer to him. And even after he said that, people were telling him that he is still in the same old error. But right in the next ayah, he comes into contact with the shirt that brought good news!
Somewhere in the back of your head, you might think that the ayahs describe the story this way to make it beautiful. But we mustn’t forget that this is the Word of Allah. Nothing in the Quran is inaccurate. Allah Knows exactly when the caravan departed and how Ya’qub (AS) said those words right at that moment. The lesson in this is, we will only have the sense that something good will happen, if we hold onto hope no matter what happens.
May Allah make us of those who hold onto hope and who never despair of His mercy. Ameen!
PS: It literally makes me want to cry when I realize the many beautiful bits I have skipped from this story. There is something to ‘Wow!’ about in every bit of every story of the Quran. Check out this awesome story yourself In Sha Allah!
http://tanzil.net/#12:1
Thanyuh so mush jana… i will do that insha allah… ❤❤
May Allah put barakah in every step you take towards Him. May Allah make our hearts firm on His deen and not let our hearts deviate after He has guided us. May Allah forgive our sins and increase us in guidance and make us of those He is pleased with. Ameen Ya Rabb!
Blog post: (Dhivehi)
“އެ ޤާފިލާ އެ ރަށުން ވަކިވި ހިނދު އެމީހުންގެ ބައްޕަ ވިދާޅުވިއެވެ. ޝައްކެއްނެތްގޮތުގައި ތިމަންކަލޭގެފާނަށް ޔޫސުފްގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެ ނަމައެވެ.” ސޫރަތް ޔޫސުފް، 94
މިއީ ޤުރުއާނުގެ ވާހަކަތަކުގެ ރީތިކަން އެންމެންނަށް އެނގެން އަޅުގަނޑުގެ ހިތުގައިވި އެދުން ވަރުގަދަ ކުރާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. މި އާޔަތް ވީހާވެސް ސާފުކޮށް ކިޔައިދިނުމުގެ ތައުފީޤު ދެއްވުމަށް އެދި އަޅުގަނޑު ދުޢާކުރަމެވެ.
އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގޭނެ ފަދައިން ޔޫސުފް (އ.ސ) ގެ ބޭބެއިން އެކަލޭގެފާނަށް ޙަސަދަވެރިވިއެވެ. އެމީހުން ޔޫސުފް (އ.ސ) ވަޅެއްގެ ތެރެއަށް ވައްޓައި އެމީހުންގެ ބައްޕަގާތު ދޮގު ހެދިއެވެ. މިނިކާވަގެއް ޔޫސުފް (އ.ސ) ކެއީ ކަމަށް ބުނަމުންނެވެ. ޔަޢްޤޫބް (އ.ސ) އަށް އެކަލޭގެފާނުގެ ދަރިން ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެއީ ދޮގެއްކަން އެންމެ ފުރަތަމަ ވެސް އެކަލޭގެފާނަށް ފަހުމްވެވަޑައިގަތެވެ. އެހެނަސް ކެތްތެރިވެވަޑައިގަތުމަށް އެކަލޭގެފާނު ނިންމެވިއެވެ. މިގޮތުން އެކަލޭގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ވީ ތަނެއް ނޭނގި އެތައް އަހަރެއް ވޭތުކުރަން ޖެހިވަޑައިގަތެވެ. އެ ދަރިކަލުންގެ ހިތާމައިގެ ރުއިމުގެ ސަބަބުން އެކަލޭގެފާނުގެ ލޯ އަނދިރިވިއެވެ. ވާހަކައިގެ އަނެއްއަތަށް ބަލާއިރު އެތައް ހިތްދަތި ޙާދިސާތަކަށްފަހު ޔޫސުފް (އ.ސ) މިޞްރުގެ ވަޒީރަކަށް ވެއެވެ. ޔަޢްޤޫބް (އ.ސ) އޭރުވެސް އެކަލޭގެފާނުގެ ގެ ހުންނަ ބިމުގައި އުޅެނިކޮށެވެ. އަހަރުތަކެއް ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން މިޞްރާއި މިޞްރުގެ ކައިރީގައި ހުރި ބިންތަކަށް ބަނޑުހައިހޫނުކަމެއް އަތުވިއެވެ. ރައްކާކުރެވިފައިހުރި ބަނޑުފުރާނަ މުއްތި ކުރާ ކާޑުގެ ބާވަތްތައް މިޞްރުން އެންމެންނަށް އިންސާފުވެރިކަމާއެކީ ބެހެމުން ދިޔައީ އެންމެންގެ ފުރާނަވެސް ސަލާމަތްކޮށްދިނުމުގެ ގޮތުންނެވެ. މިގޮތުން ޔޫސުފް (އ.ސ) ގެ ބޭބެމެން ވެސް އެމީހުންނަށްވީ ކާއެއްޗެހި ހޯދުމަށްޓަކައި މިޞްރަށް ދިޔައެވެ. އެތަނުން އެމީހުން ޔޫސުފް (އ.ސ) އާ ދިމާވެއެވެ. ޔޫސުފް (އ.ސ) އަށް އެމީހުން އެނގިވަޑައިގަތް ކަމަކު އެމީހުންނަށް ޔޫސުފް (އ.ސ) ނޭނގުނެވެ. ދުވަސްކޮޅެއްފަހުން ޔޫސުފް (އ.ސ) އެކަލޭގެފާނަކީ ކާކުކަން އެމީހުންނަށް އެންގުމުން އެމީހުންނަށް ހެދުނު ގޯހުގެ ބޮޑުކަން އެމީހުންނަށް އިޙްސާސް ކުރެވެއެވެ. ޔޫސުފް (އ.ސ) އެމީހުންނަށް މަޢާފުދެއްވައެވެ. އެއަށްފަހު އެކަލޭގެފާނުގެ ގަމީސްކޮޅެއް އެމީހުންނަށް ދެއްވައި އެ ގަމީސްކޮޅުން އެމީހުންގެ ބައްޕަގެ މޫނުގައި ބީއްސުމަށް އެދުނެވެ. އޭރުން ބައްޕަގެ ފެނުން އަނބުރާ އަންނާނެ ވާހަކަ ޔޫސުފް (އ.ސ) ބުންޏެވެ.
އަޅުގަނޑު މަތީގައި ޙިއްސާކޮށްފައިވި އާޔަތުން ސިފަކޮށްދެނީ ވާހަކައިގެ ދެން އޮތް ބައެވެ. އެ އާޔަތުން ސފަކޮށްދެނީ ޔޫސުފް (އ.ސ) ގެ ބޭބެމެން ދަތުރުކުރަމުން ދިޔަ ޤާފިލާ ޔޫސުފް (އ.ސ) ގެ ގަމީސްކޮޅާއެކީ މިޞްރުން ނިކުންނަން ދަތުރުފެށި ވަގުތެވެ. އެ އާޔަތުގައި ސިފަކުރެވިގެން ދާނީ އެ ޤާފިލާ ޔަޢްޤޫބް (އ.ސ) އާ ގާތްވަމުން ދިޔަ ހިނދު ޔޫސުފް (އ.ސ) ގެ ވަސްދުވާ ވާހަކަ އެކަލޭގެފާނު ވިދާޅުވާނެ ވާހަކަހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް އާޔަތުގައި ވަނީ އެހެންނެއްނޫނެވެ. އާޔަތުގައިވަނީ ޔަޢްޤޫބް (އ.ސ) ގެ ގާތަށް ގެއަށް ދިޔުމަށްޓަކައި މިޞްރުން އެ ޤާފިލާ ވަކިވި ހިނދު، ޔަޢްޤޫބް (އ.ސ) އާ އެހާވެސް ދުރުގައި އެ ޤާފިލާ ވީ ހިނދު ޔަޢްޤޫބް (އ.ސ) އަށް ޔޫސުފްގެ ވަސްދުވި ވާހަކަ ވިދާޅުވި ވާހަކައެވެ. ސުބްޙާނަ ﷲ! ހަމަ އެހިނދު އެ ބައްޕަގެ ހިތަށް ގޮތެއްވި ފަދައެވެ. އެތައް އަހަރެއް ވަންދެން ދަރިކަލުންގެ އިންތިޒާރުގައި ވަނިކޮށް އެ ދަރިކަލުންގެ ގަމީސްކޮޅު ވީ ޤާފިލާއެއް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ދުރުގައި އޮވެ ދަތުރު ފެށުމުން ވެސް އެ ދަރިކަލުންގެ ވަސްދުވި ފަދައެވެ. އެ ވާހަކަ ވިދާޅުވުމުން ވެސް އެކަލޭގެފާނުގެ ކައިރީގައި ތިބި މީހުން ތިއީ ހަމަ ކުރީގެ އެއްކަލަ އަސްލެއްނެތް ޚިޔާލުތަކޭ ބުނަން ފެށިއެވެ. އެހެނަސް ހަމަ ޖެހިގެން އޮތް އާޔަތުގައި އެ އުފާވެރި ޚަބަރު ގެނައި ގަމީސް އެކަލޭގެފާނާއި ހަމައަށް ފޯރައެވެ.
މި ސޫރަތުގައި މި ވާހަކަ މިގޮތަށް ސިފަކުރެވިފައިވަނީ ވާހަކަ ރީތިކުރުމަށްޓަކައިހެން ބައެއް ކިޔުންތެރިންނަށް ހީވެދާނެއެވެ. އެހެނަސް މިއީ ﷲ ގެ ބަސްފުޅުކަން އަހަރުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ޤުރުއާނުގައިވި އެއްވެސް ވާހަކައަކީ ޙަޤީޤަތެއްނެތް ވާހަކައެއް ނޫނެވެ. އެ ޤާފިލާ އެރަށުން ވަކިވީ ވަގުތާއި ޔަޢްޤޫބް (އ.ސ) އެ ބަސްތައް ވިދާޅުވި ވަގުތު ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މިއިން ލިބޭ ޢިބްރަތަކީ ރަނގަޅުކަމެއް ވެދާނެކަމުގެ ހީވެސް ކުރެވޭނީ ކޮންމެ ފަދަ ޙާލަތެއްގައި ވެސް އުއްމީދުގައި ހިފަހައްޓާ މީހަކަށް ކަމެވެ.
މާތް ﷲ އަޅަމެންނަކީ އުއްމީދުގައި ހިފަހައްޓައި އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާނުލާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
ނޯޓް: މި ވާހަކަ މިގޮތަށް ކިޔައިދިން އިރު އަޅުގަނޑު އަލިނޭޅުވި އެތައް ރީތި ތަންކޮޅެއް ހުރިކަން އެނގުންވުމުން ވަރަށް ހިތާމަ އެބަކުރެވެއެވެ. ޤުރުއާނުގެ ވާހަކަތަކުގައިވާ ކޮންމެ ކަމެއްގައިވެސް އަހަރުމެން އަޖާއިބުވާވަރަށް ރީތިވާ ކަމެއް ހުންނާނެއެވެ. މި ރީތި ވާހަކަ ތިޔަ ކިޔުންތެރިން އަމިއްލައަށް ބައްލަވާލައްވާށެވެ.
http://tanzil.net/#12:1
Masha Allah ❤️ Masha Allah ❤️ varah furihama vaahaka eh ? couldn’t stop crying mi vaahaka kiyamun dhiya iru.. thibaa Allah rahumai lavvaa thiya kuraa masaikathuga barakaai lavvaashi❤️ adhi thibaa ge sababun ethakeh bayakah thedhumagu libumuge heyo thaufeeq dhevvaan dheyve❤️ Aameen❤️
Ameen! Maai Allah Aisha jana attakai thi dua kuri hurihaa kamegge ithurun adhi ithuru niumahthakehves minvaru kuravvaashi. Ameen! Alhamdhulillah! <3 🙂
Al’hamdhulillah???…Finally mi comment vx kohlvejje mi prt ah ..hehe??Jana thiya kuraa masahkathugai allah barakaaiy lavvaashi???AAMEEN!..??
Assu dheravaa thankolhaky mi society thereygavx baeh kudhin islam dhynaa hilaafah ulhemun dhaathy???..vyma emme rangalhu gothaky avahah thauba vumeh noonthw??????…
❝ Thawba levvun Allah ge hazrathun oiykan kashavaree, neygi thibemaaeku nubai kanthah koh, dhen, ekanthah kurumaa gaathugai, (lasnukoh) thawbave ulhey meehunnasheve. Fahe, Allah, eurenge mahchah thawba lavvatheve. Adhi, molhah dhenevodigenvaa hakeem vantha kalaku kamugai Allah vodigenve eve. ❞
Quran 4:17
Vy iru avahah thaubaa vx allah ge deen ga saabithuve hure heyo amal gina kurumeh noon thw ranagalhy???…alhugandah mi stry in vrh gina iburaiy thakeh libijje??..Al’hamdhulliah..misaalakah bunaama
Mi prt ge comment gaI vx sis bunedhyfai in Yusuf (AS) ge vhk???…Bunan miulhey vhk aky mi comment ge sababun vx alhugandah Allah ge dhyn (Islam dhyn) gai saabithuve hurumah ithuru hiyyvaru libey In sha Allah???..
Alhugandu ge mihaaru ge emme bodu ummydhaky Arabic language dhaskurun??..heheheh…??Jana sis thi genesdhey english & dhivehi exercise thakun vx ekn maa rangalhah vrne kamah lafaakurevey??..Jazakumullah khairan alot sis??…
Ma Sha Allah haadha salhi comment ekey Beryl Stone 😀 Maai Allah Beryl Stone hurihaa kiyuntherinnah mi dhin naseyhathugai barakaaiy lavvaashi. Ameen! Alhamdhulillah Alhamdhulillah Alhamdhulillah! jana ge vaahakain Beryl Stone ah faidha eh kuriyya kury hama ekani Allah ge iraadha fulhun. ey jana kuraa kamakah vaanama vaahaka kiyaa hurihaa kiyuntherinnahves evvarakah asaru kurees. ekamaku Allah ekalaange iraadha kuravva alhakah hidhaayaiy ithuru kohdhevva. ey alhunge therein e hidhaayathah edhi tawba vumah fiyavalhu alhaa alhuthakunnah. Maai Allah alhamen emmennaky hidhaayaiy libigenvaa bayaku kamugai lavvaashi. Ameen!
hehe….jana ge ummeedhaky jana ah Beryl Stone ge thi ummeedhu furihama kurumuge tawfeeq libun In Sha Allah. Arabi kiyavaanama e dhe vahtharuge exercise nehedhiyas massala eh nethey ingey Beryl Stone. Beryl Stone ah faseyha baheh nagai e bahegge exercise hedhumun rangalhuvaane In Sha Allah 😀
Baarakallah Feeki! <3 Love you for the sake of Allah! <3 <3 <3
Jana sis insta use kurantha? Kurnya id dheba plzzzz ?
jana varah thikamuga zero vaane. hehe….ekamaku id eh ovey. aslu mi vaahaka aa eky ga ves ulhunin vaahaka aa gulhey gothah insta ga ves post thah hadhan. ekamaku nuvi. ehenveema dhen anna vaahaka aa eky In Sha Allah insta id ves share kuraanan 🙂