Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…5

Jinni Level 410 Stories100 Login100 Comments500 Login
December 25, 2018 5 Mins Read
32 Comments

ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަލީޝާ އިތުރަށް ގޭގެ އެތެރެއިން ވަދެވެން ހުރި ބަޔަށް ވަނެވެ. ދޮރެއް ނެތްނަމަވެސް ވަކި ކޮޓަރިއެކެވެ. އެތެރެއަށް ރަނގަޅަށް ބަލައިނުލެވުގެން އުޅެނިކޮށް އަތުން ދޫވެގެން ފޯނުވެއްޓިއްޖެއެވެ. ގޮވީ ވެލިގަނޑުގައި އެއްޗެއް ޖެހުމުން ގޮވާކަހަލަ އަޑެއް ނޫނެވެ. ލޯ އަޑެކެވެ. ފޯނު ވެއްޓިފައި އޮތީ ދަގަނޑު ވަށް ޖަންގްޝަން މަތިގަނޑެއް ކަހަލަ މަތިގަނޑެއް މައްޗަށެވެ.

“ސަލާމަތްކޮށްދީ!” ފޯނު ނަގަން ގުދުވި އަލީޝާއަށް އަޑިން މީހަކު ގޮވައިލި އަޑުއިވުނެވެ.

**************************

-އެއް ގަޑިއިރު ކުރި-

މިރޭ ކޮންމެހެންވެސް އަލީޝާ ބިރުގަންނަވާލަން ނިންމައިގެން އެކަމަށް ރަނގަޅު ޖާގައެއް ހޯދަން ނުކުތް އީތަންއަށް ގަސް ބޯ ވަލުތެރެއިންލާފައި ނުކުމެވުނީ ފަޅު ގެއެއްގެ ކުރިމައްޗަށެވެ. އަލީޝާ އެކުވެރިންނާއިއެކު ރޭގަނޑު ފިލާކުޅެން އެ ހިސާބަށް އަންނަން ހަމަޖެއްސި އަޑު އީތަންއަށް ވަނީ އިވިފައެވެ. އެ ގެގަނޑު ވީ އޭނާގެ ރޭވުމަށް އެންމެ ގުޅޭ ތަަނަށެވެ. އެތެރެއަށް ވަދެގެންދިޔައިރު ބާ އައްޓަކާއި އަލަމާރިއެއް ފިޔަވާ އެ ގޭގައި ހުރީ ހުސް މަކުނުވަލެވެ. މަކުނުވާތައް ފޮޅަމުން އެތެރެ ކޮޓަރިއަށް ވަދެ ދެތިން ފިޔަވަޅު ކުރިއަށް އަޅައިލިތަނާ ހުރިގޮތަށް އީތަން ވެއްޓުނީ ވަޅުގަނޑަކަށެވެ. ވެއްޓެންދިޔަ މަގުމަތީ އަތް ދަމާލައިފައި ހިފުނީ މައްޗަށް ވާގޮތަށް ހުޅުވާފައި ހުރި އެ ވަޅުގެ މަތިގަނޑުގައެވެ. ދަމާބާރަށްވުރެ ވަރުގަދައެއް ނުވެވުނެވެ. އީތަންއާއިއެކު އައި ދަގަނޑު މަތިގަނޑު ބަންލާފައި ލެއްޕުނެވެ. އަލުން މަތި ހުޅުވަން، ފުންމައިގެންވެސް އެ ހިސާބަކަށް އަތެއް ނުފޯރިއެވެ. އަނދިރިކަމުން މީހަކު ލޮލަށް އިނގިލި ކޮށްޕައިިލިޔަސް ނޭންގޭނެއެވެ. އެވެސް އަދި އެހެން މީހަކަށް އެ ހަނި ވަޅަށް އެރެވިގެންތާއެވެ. ވަށައިގެން އަތް ކާއްތަައިލިއިރު ނުކުމެވޭނެ އެހެން ރާސްތާއެއްވެސް ނެތެވެ. ހަނިކަމުން ރަނގަޅަށް ގުދުވާނެ ޖާގަވެސް ނެތް އިރު އީތަން އަރިވެލާފައި ބިންމަތީ އަތް ކާއްތައިލީ އޭނާ އަތުގައި ހިނދުކޮޅެއް ކުރިން ޓޯޗެއްގެގޮތުގައި ގެންގުޅުން ފޯނު އަތުޖެހޭތޯއެވެ. ފޯނު އަތުޖެހިއްޖެއެވެ. ނަމަވެސް ސްކްރީނުގައި އަތް ޖެހުނުއިރު ތަޅައިގެންގޮއްސައެވެ. އަރިމަތީ ފިތަށް ފިތާ ފިތާ ހުޅުވެން ހިތަށްވެސް ނޭރިއެވެ. ރުޅި އަަރައިގަނެގެން ބިންމައްޗަށް ފޯނު ޖެހުންއިރު އީތަން ހުރީ ނޭވާ ހާސްވެފައެވެ.

“މީހެކޭ! ސަލާމަތްކޮށްދީ!” އަޑުގެ ނެތްތަނަށް އީތަން ގޮވަންފެށިއެވެ. އޭނާއަކީ ކުޑައިރުންސުރެވެސް ހަނި ތަންތަނުގައި ހުންނަން ބިރުގަންނަަ ކުއްޖެކެވެ. ސިއްހީގޮތުން ބުނާނަމަ ނަފްސާނީ ބިރެއްކަމުގައިވާ ކްލޮސްޓްރޮފޯބިއާ ހުންނަ ކުއްޖެކެވެ. އެ އަނދިރިކަމާއި ހާސްބޮޑުކަން އޭނާގެ ހިތުގެ ތެޅުން ދެގުނަކޮށްލިއެވެ. ދާހިތްލާ ފޯވެފައި ހުރި އީތަންއަށް ނޭވާލާން ދަތިވެ، ބޯ އަނބުރާގޮތްވުމުން މައްޗަށް އަތްފޯރާތޯ ކުރި މަސައްކަތާއި، ސަލާމަތަށް އެދި ގޮވި ގޮވުން ހުއްޓައިލަންޖެހުނެވެ. ގައިގައި ހުރިހާ ބާރެއް އެކީ ނެތިދާން ފެށިހެން ހީވުމުން އޭނާ ފާރުގައި ލެނގިލިއެވެ.

ވަޅުތެރޭ ހޭދަކުރެވުނު އަޒާބުދެނިވި އެއް ގަޑިއިރަށްފަހު މަތިން އަޑެެއްކީ އަޑަށް އީތަން އިސްއުފުލައިލިއެވެ. މަތީގައި މީހަކު އުޅޭކަން އިނގުމުން އީތަންއަށް ލިބުނީ އާ ހިތްވަރެކެވެ.

“ސަލާމަތްކޮށްދީ!” ގައިގައި ބާކީ ހުރި ބާރެއްލާފައި ނެރެވުނު ކުރަކި އަޑުން އީތަން ގޮވައިލިއެވެ.

އަލީޝާއަށް މަތި ހިއްލައިލެވުނީ ވަރަށް ހާލުންނެވެ. އެތެރެއަށް އަލިކޮށްލިއިރު ވަޅު ތެރޭގައި ތާށިވެފައި ހުރި އީތަން އޭނާއަށް ފެނުނެވެ. އަވަހަށް އެހީއަށް އެދި މީހަކަށް ގުޅަން ފޯނު ބަލައިލިތަނާހެން ޗާޖު ހުސްވެގެން ފޯނު ނިވިއްޖެއެވެ. އައި ރުޅިން ބިންމައްޗަށް ފޯނު ނުޖެހުނީ ކިރިޔާއެވެ. އަނދިރިކަމަށް ފުދޭވަރަކަށް ލޯ ހޭނުނުކަން ނަސީބެކެވެ. އީތަން އެތާނގައި އެކަނި ބަހައްޓާފައި މީހަކަށް ގޮވަން ދާކަށްވެސް ނުކެރުނެވެ.

“މި ނަގައިދެނީ އިނގޭ!” އަލީޝާ ގޮވައިލިއެވެ. ކޮޓަރިތެރޭ އަތްފުނާއަޅައިލިއިރު އަތުޖެހުނު ފަލަ ވާގަނޑު އެއީ އެ ކުދިންގެ ނަސީބެވެ. ވާގަނޑުގެ އެއްކޮޅު ދަގަނޑު މަތިގަނޑުގައި އެއްސުމަށްފަހު އަނެއްކޮޅު ވަޅު ތެރެއަށް ބޭލިއެވެ. އެ ވަގުތު އަލީޝާގެ އެންމެ ބޮޑު ހަތުރަކަށްވީ އަނދިރިކަމެވެ. އީތަންގެ ބަަރުމިނަށް ލެއްޕުނަ ނުދޭން މަތިގަނޑުގައި ބާރަށް އެއްފައި ވިއްދުމަށްފަހު އަލީޝާ އީތަންއަށް ވާގަނޑުގެ އެހީގައި އެރުމަށް ގޮވައިލިއެވެ. ދެއަތުން ލެވުނު ބާރަކުން ވާގަނޑަށް އަލީޝާ ދެމިނަމަވެސް މައްޗަށް އަރަން އީތަންއަށް އުޅެންޖެހުނު ހާލުބޮޑެވެ.

މައްޗަށް އެރެވުމާއިއެކު އަލީޝާ ސިހުނީ އީތަން އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ. އީތަން ބިރުގަތްފަައި އިން ވަރުން މަލާމަތްކޮށްލާނަމޭ ހިތަށްއެރިނަަމަވެސް އެ ހަށިގަނޑުގައިވީ މަޑު ތުރުތުރުލުން އަލީޝާއަށް އިހުސާސުވެ މިޖާޒު ބަދަލުކޮށްލަން ޖެހުނެެވެ. އެއްއަތުން އީތަންގެ ބުރަކަށީގައި ހިފަހައްޓައިލަމުން އަނެއްއަތުން އޭނާގެ ކޮނޑުގައި އަޅާފައި އޮތް ބޮލުގައި އަލީޝާ ފިރުމައިލީ ހިތަށް ވަތް ހަމްދަރުދީއިންނެވެ. އަލީޝާގެ ގައިގައި ވަށައިލެވިފައިވީ ދެއަތުން އިތުރަށް ބާރަށް އީތަންއަށް ހިފަހައްޓައިލެވުނީ އިހުތިޔާރަކާއިނުލައެވެ. މިއޮއްހާއިރު އައްޔެއް ވައްދަން ނޭންގުނު ފެން ލައިޓުން އެތާ ތެރެއަށް ހަނދުވަރުގެ އަލި ރޮއްޖެއް ވައްދައިލީ މަންޒަރު ރީތިކޮށްލުމަށްހެން ހީވިއެވެ. ފިލްމުތަކުގައި އާންމުކަމެކެވެ.

މި އިނދެވުނު ހާލަތު ރޭކައިލަން އީތަންއަށް ފަސްވަރަކަށް މިނެޓު ނެގިއެވެ. ކުއްލިއަކަށް އަލީޝާ ގައިން އަތް ދޫކޮށްލާފައި ދުރަށްޖެހުނީ ބިރެއް ފެނުނުހެންނެވެ. ހަނދުވަރުގެ އަލީގައި، އެއްވެސް އަސަރެއް ނެތް މޫނަކުން އަލީޝާ އީތަންއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވީހިނދު އަނެއްފަޅިއަށް މޫނު އަނބުރައިލި އީތަން، ބާރުބާރަށް އެތަނުން ނުކުމެގެން ދިޔައެވެ. އެ ހިތުގައި ވީ ކޮންކަހަލަ އިހުސާސުތަކެއްކަމެއް ނޭންގެއެވެ. އިތުރު މީހަކަށް މިފަދަ ލަނޑެއް ނުލިބޭނެގޮތަށް ވަޅުގެ މަތިގަނޑު ލެއްޕުމަށްފަހު އަލީޝާ ކޮޅަށް ތެދުވިއެވެ. ނަމަވެސް ބިންމަތީ ފައި ޖައްސައިލުމާއިއެކު ފައިތިލައަށް އެރި ތޫނު ތަދުން އަރިއަޅައިލިއެވެ. އަމިއްލައަށް ވެއްޓުނަނުދީ އަނެއްފައި ބިމުގައި ހަރުކޮށްލާފައި، ފައިވާން ބާލައި، ކަނާތުފައިގެ ދަށްފުށް އޭނާ ބަލައިލިއެެވެ. އޮތީ ހިސާބަކަށް ދުޅަވެފައެެވެ. ފައިވާނަށް އަރައިގެން ހިތްވަރުކޮށްފައި އަލީޝާ ހިނގައިގަތީ ކުރިއަށްވުރެ ބޮޑަށް ކޮރުޖަހަމުންނެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ކަނޑުގެ އުދަރެސްމަތިން ގެއްލެމުންދިޔައެވެ. ފަޅުރަށުގެ އައްސޭރިއަށް މަޑުކޮށްފައި އޮތް ދޯންޏަށް އެރި އަލީޝާ، ދޯނީގެ ކަނެއްގައި ކުޑަދޮރުން ބޭރަށް ބަލަން އިން އީތަންއަށް ބަލައިލިއެވެ. ހެނދުނު ހޭލިއިރު ކަނާތު ފައިތިލައިގެ ދަށްފުށް ދުޅަވެ އަރާފައި އޮތުމުން މުޅި ދުވަހު ޓެންޓުގައި އިންނަންޖެހުނު އަލީޝާއަށް އެދުވަހު އީތަން ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ހުރިހާ ކުދިން އަރައި ހަމަވުމުން ދޯނި އަނބުރާ އެކުދިންގެ ރަށާއި ދިމާއަށް ދުއްވައިލިއެވެ. އީތަން އިން ފަޅި ނޫން އަނެއްފަޅީގައި ހުރި ސީޓެއްގައި އިށީން އަލީޝާއަށް އިރުއިރުކޮޅައި އީތަންއަށް ކަޅި އެއްލެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އީތަންގެ ލޮލާއި ލޯ ބައްދަލުވާގޮތެއްނުވިއެވެ. އީތަން އެކަމަށް ވިސްނައިގެން އިން ކަހަލައެވެ. އެންމެ ފަހަރަކުވެސް އަލީޝާއަށް އޭނާ ބަލައިނުލިއެވެ.

އާދިއްތަ ދުވަހު ސްކޫލު ހުޅުވުންއިރު ދެ ދުޝްމަނުންގެ ދެމެދަށްވަނީ ބީރައްޓެހިކަން ވެރިވެފައެވެ. އަލީޝާ ހުރީ އީތަން ވާހަކަ ދައްކާތޯ ބަލަބަލައެވެ. ނަމަވެސް އީތަންގެ ލޮލަށް އަލީޝާ ނުފެންނަކަހަލައެވެ. އެ ސިކުނޑީގައި ވީ ކޮން ހާސަރުގަނޑެއްކަމެއް އަލީޝާ ނުދެނަހުއްޓެވެ.

އިންޓަވަލް ގަޑީގައި ކުލާހުގައި ފިލާވަޅު ހަދަން އިން އަލީޝާއަށް، ފަހަތުގައި އިން އީތަން ބަލައިލިއެވެ. ނުފެންނަކަމަށް ހަދައިގެން އުޅެއުޅެފައި އެއީ އޭނާ އެ ދުވަހު އަލީޝާއަށް ބަަަލައިލި ފުރަތަމަ ފަހަރެވެ. ބަދަލުހިފަން ބޭނުންވާ ދުޝްމަނަށް ނިކަމެތި ސިފައެއް ދައްކައި، އެހީއަށް އެދި ގައިގައި ހިފަހައްޓައިލެވުމުން ދެން ދައްކަންވީ މޫނެއް އީތަންއަކަށް ނުވިސްނުނެވެ. ޝުކުރުއަދާކޮށްފައި މިއޮށްހާދުވަހު ކުރަމުން އައި ނަފްރަތު ހިތުން ފޮހެލަންވީ ހެއްޔެވެ؟ އެގޮތާއި އޭނާގެ ހިތް ދެކޮޅުހެދިއެވެ. އެހާ ފަސޭހައިން ދަށްވާކަށް އޭނާގެ ގޮތްދޫނުކުރާ މިޖާޒު ގަބޫލެއްނުކުރިއެވެ. ދެން ކަންތައްކުރަންވީ ގޮތް ނޭންގިފައި އީތަން އިނެވެ.

ޓީޗަރެއްގެ އެދުމުގެމަތިން ބްރޯޑްކާސްޓިންގ ރޫމުގައި ހުރި ފޮތްކޮޅެއް ބަލައި ދިޔަ ތޫބާގެ ލޮލުގައި އަޅައިގަތީ މޭޒު ދަށުން އެއްޗެއް ދިއްލޭތަން ފެނުމުންނެވެ. ގުދުވެފައި ނަގައި ބަލައިލިއިރު ޕެން ޑްރައިވްއެކެވެ. ދިއްލުނުހެން ހީވީ އޭގައި އެލުވާފައި އިން ދަގަނޑު އެތިކޮޅެވެ. ތޫބާގެ ހަނދާނަށް އައީ ޓެސްޓު ޕޭޕަރު ގެއްލިިގެން ދަބަސް ފާސްކުރި ދުވަހު ކުލާސް އަންހެންކުއްޖެއް، ވަގަށް ގެނައި ޕެން ޑްރައިވްއެއް ފެނިދާނެތީ ބިރުން އުޅުނު ހަނދާނެވެ. އެ ގޮތަށް ކުއްޖަކު ވަގަށް ގެނައި އެއްޗަކަށް ވެދާނެތީ ޓީޗަރަކާއި ހަވާލުކޮށްގެން މައްސަލަގަނޑެއްގެ ތެރެއަށް ވަންނާކަށް ތޫބާ ބޭނުމެއްނުވިއެވެ. ޕެން ޑްރައިވް މުށުތެރެއަށް ލައި ފޮރުވައިލާފައި އަނެއް އަތުން ފޮތްކޮޅު ހިފައިގެން ނުކުތް ތޫބާއަށް، އެއީ ތީޗަރެއްގެ އެއްޗަކަށް ވެދާނޭވެސް ހިތަށްނޭރިއެވެ. ނުވަތަ އެއީ އޭނާ ހީކުރިގޮތަށް ކުއްޖެއްގެ އެއްޗެއްނަމަވެސް ރީތިކޮށް މޭޒުމަތީ ބާއްވާފައި ނުކުތްނަމަ ޖެހޭ މައްސަލައެއްގެ ތެރެއަކަށް އޭނާ ނުވަންނާނެއެންނޫންހެއްޔެވެ. އެ ހުރިހާ އާދައިގެ ކަންތަކެއް ނުވިސްނި ތޫބާއަށް މިފަހަރު ވިސްނުނީ މާ ފުންކޮށެވެ.

ގެއަށް ގޮސް ފިލާވަޅު ހަދަން ފޮތްތައް ނެގިއިރު ދަބަހުން ވެއްޓުނު ޕެން ޑްރައިވް ފެނިފައި ތޫބާ، އޭގައި ހުރި އެއްޗެއް ބަލައިލާ ހިތްޖެހިއްޖެއެވެ. ކޮންޕިއުޓަރު ހުޅުވައިލުމަށްފަހު ސީޕީޔޫއަށް ޕެން ޑްރައިވް ޖަހައިލުމުން ސްކްރީނުން ދެއްކިއެވެ.

“އަލީޝާ؟!…” ޕެން ޑްރައިވްގެ ނަމަކަށް ޖަހާފައި އިން އެތި ފެނުމުން ތޫބާގެ ލޯ ބޮޑުކޮށްލެވުނެވެ. އެތެރެ ބަލައިލުމަށް އޮތް ޝައުގުވެރިކަން ވީ ހައްތަހާ އިތުރެވެ. ހުޅުވާފައި ބަލައިލިއިރު އޭގައި އިނީ ވީޑިއޯއަކާއި އޯޑިއޯއެކެވެ. ތޫބާ ފުރަތަމަ ހުޅުވައިލީ ވީޑިއޯއެވެ. އޭގައި ފެންނަން ތިބީ އަމީނާއާއި ރާއިދާއެވެ. އެއީ އަލީޝާ ލޫއްވަގަނޑު ދޭތެރެއިން ސިއްރުން ނެގި ވީޑިއޯއެވެ. ހިތާމަވެރިކަމާއިއެކު އަމީނާ ރާއިދާއަށް ކިޔައިދިން ވާހަކަތައް ސާފުކޮށް ހުއްޓެވެ.

“މިއީ ދޯ އެ ދުވަހު ސްކޫލުގަަ އެޅުވި އެތި.” ލައިބްރަރީގައި އިނދެވުނީތީ ތޫބާއަށް އެ ދުވަހު އަޑު ނީވުނީއެވެ. ވީޑިއޯ ނިމުމުން ދެން އިނީ އޯޑިއޯއެވެ. އެއީ ލައުޑް ސްޕީކަރުގައި އެޅުވުމަށްޓަކައި އެ ވީޑިއޯގައި ދައްކާފައި ހުރި ވާހަކަތައް އޯޑިއޯއަކަށް ހަދާފައެވެ. ދެވަނަ ފަހަރަށްވެސް އަމީނާގެ ވާހަކަތައް ތޫބާ އަޑުއެހިއެވެ. “މީ ތެދު ވާހަކަތަކެއްވެއްޖިއްޔާ ދެން އަހަންނަށް ލޯބިވެވުން އީތަންއަކީ އޭނަގެ ހަގީގީ ސިފައެއްނޫންތަ؟… އީތަންއަށް އަލީޝާ އުނދަގޫކުރަނީކީ ނޫން… އީތަން އަލީޝާއަށް އުނދަގޫކުރަަނީ؟…” ތޫބާ އިނީ ރަނގަޅަށްވެސް އޮޅުންބޮޅުން ވެފައެވެ. ގަބޫލުކުރަންވީ އޭނާގެ ހަމަ ލޮލަށް ފެނުން އެއްޗެހިތޯ، ނުވަތަ މި ވީޑިއޯތޯ ނުވިސްނިފައެވެ.

“އީތަން…” ލުއި އަޑަކުން އޭނާއަށް ގޮވަައިލި އަޑަށް އީތަަންއަށް ބަލައިލެވުނެވެ. ކައިރީގައި އިސްޖަހައިގެން ހުރީ ތޫބާއެވެ. އަލީޝާއާއި ދޭތެރޭ ކަންތައްކުރާނެ ގޮތެއް ނުވިސްނި މިޖާޒު ހަރާބުވެފައި ހުރި އީތަން ހުރީ ވާހަކަދައްކާ ހިތަކުން ނޫނެވެ. ނަމަވެސް ކީއްވިހޭ އަހައިލިއެވެ.

“އީތަން… އަލީޝާއަށް އުނދަގޫކުރާކަން އެއީ ތެދެއްތަ؟” ލެވުނު އެންމެ ގަދަ ހިތްވަރުލާފައި ތޫބާ ސުވާލުކޮށްލިއެވެ. ލޯބިވާ ކުއްޖާއަށް އެންމެ ފުރަތަމަ ބުނާ ޖުމުލައަކަށް މިވީ އެހެން އަންހެންކުއްޖެއްގެ ވާހަކައެވެ. ތޫބާގެ ސުވާލުން އިތަން ހުރީ ހައިރާންވާންވެސް ނޭންގިފައެވެ. އިރުކޮޅަކު ބަަލަހައްޓައިގެން ހުރުމަށްފަހު އޭނާއަށް ފެށުނީ ހޭންށެވެ. އެހާ ސީރިއަސްވެފައި ތުބާ އެހީތީއެވެ.

“އަލީޝާ ބުނީތަ މަ އޭނައަށް އުނދަގޫކުރަނީއޭ؟” ޖަވާބު ދިނުމުގެ ބަދަލުގައި އީތަންވެސް ކޮށްލީ ސުވާލެކެވެ. ހަމަ ހަގީގަތުގައިވެސް އަލީޝާ ތޫބާގާތު އެއްޗެއް ކީތޯ ބަލައިލަން އޭނާހުރީ ބޭނުންވެފައެވެ. ތޫބާ ނޫނެކޭ ބުނުމުގެގޮތުން ބޯ ހަލުވައިލިއެވެ. “ދެން ކީއްވެ ތިހެން ތި އެހީ؟ އަހަރުން މީ ބްރޯސް އޭ މިހާރު ބުނެވިއްޖެއެންނު އެންމެން ކުރިމަތީ.” އީތަން އެއްސެވެ. އަނގައިން ޖަވާބެއް ދިނުމަކާއި ނުލައި ފޯނު ހުޅުވާފައި ތޫބާ ދައްކައިލީ އެއްކަލަ ވިޑިއޯއެވެ. ދެން ވާނެ ގޮތަކާއިމެދު ވިސްނައިލުމެއްނެތިއެވެ. އެއަށްވުރެ އޭނާ ހުރީ ހަގީގަތް ދެނެގަތުމަށް ކެތްމަދުވެފައެވެ.

އަރައިގަތް ރުޅިން އީތަންގެ މޫނު ރަތްވިއެވެ. ނަމަވެސް ފުން ނޭވާއެއް ދޫކޮށްލާފައި ދަތްކުނޑިވިކައިލަމުން އޭނާ މަސައްކަތްކުރީ އެކަން ފޮރުވޭތޯއެވެ. އަލީޝާގެ ކިބައިން ބަދަލުހިފުމަށް ބަދަލުކުރި އޭނާގެ ދިރިއުޅުން ބަރުބާދުވާން ނޭދޭތީއެވެ.

“ތީ މަންމައަށް ހީވިގޮތެއް.” އީތަން ހިތާމަވެރިގޮތަކަށް ހިނިތުންވެލިއެވެ. “ތޫބާ… ތި ވީޑިއޯ ޑިލީޓުކޮށްލަދީފާނަންތަ؟ ތި ފެނިއްޖިއްޔާ އެންމެން އަނެއްކާ މަދެކެ ރުޅިއަންނަން ފަށާނެ. އެހެން ވިޔަ ނުދީ! މަ މިއޮއްވަރަށް ރަނގަޅަށް އުޅެން މަސައްކަތްކުރާއިރުވެސް އަމިއްލަ މަންމައަކަށްވެސް ގަބޫލެއް ނުކުރެވޭ. ވިސްނާލަބަލަ މަ ވާނެ ދެރަ. ޕްލީޒް! ތި ޑިލީޓުކޮށްލަދީ.” އަނގަމައްޗަށް އަތް ހުރަސްކޮށްލާފައި އީތަން ޖައްސައިލި ހިތާމަވެރި އެކްޓުގަނޑުން ތޫބާގެ ހިތް ކަފަކޮޅަކަށް ވެއްޖެއެވެ. ވަށްކަޅިން ބަލައިލި އީތަންއަށް، އިސްޖަހައިގެން ހުރި ތުބާގެ ކުލަވަރު އޭނާ ބޭނުންވާގޮތަށް ބަދަލުވާތަން ފެނުމުން ކިބުރުވެރި ގޮތަކަށް ހީލެވުނެވެ. “ދެން އެހެން އެއްޗެއްގަ ނީންނާނެތަ؟…” ތޫބާ ފޯނުން ވީޑިއޯ ޑިލީޓުކޮށްލުމުން އީތަން އަހައިލިއެވެ.

“އަލީޝާގެ ޕެން ޑްރައިވްގަ…” ތުބާ ކިޔައިލިއެވެ.

“އެ ޕެން އެބައޮތްތަ؟ މަށަށް ގެނެސްދީ އިނގޭ. މަ އޭތި ޑިލީޓުކޮށްލާފަ އަލީޝާއަށް އަނބުރާ ދޭނަން.” އީތަންގެ ބަހަށް ތުބާ ބޯ ޖަހައިލިއެވެ.

“އަލީޝާ ދޯ އީތަންއަށް އުނދަގޫކުރަނީ؟” ތޫބާ މައުސޫމުގޮތަކަށް ބަަލައިލަމުން އެއްސެވެ. ޖަވާބުދިނުމުގެ ބަދަލުގައި އީތަން، ހިތަށްއެރި އެއްޗެއް ޔަގީންކޮށްލުމަށް ތޫބާއާއި ގާތްވެލިއެވެ. ކައިވަތަކަށްވުރެ ތޫބާގެ މޫނާއި އީތަންގެ މޫނު ގާތްކޮށްލެވުންއިރު ރަތްއަރަމުންދިޔަ ތޫބާގެ ދެ ކަންފަތާއި މޫނު ފެނިފައި އީތަންއަށް ހިތުތެރެއިން އުފާފާޅުކުރެވުނެވެ. ކުއްލިއަކަށް އީތަން އަތުގައި ހިފައިލުމުން ތޫބާއަށް ހީވީ ކަރަންޓު ޝޮކެއް ޖެހުންހެންނެވެ.

“އާނ… އެކަމަކު އެއްވެސް މީހެއް ކައިރީ ނުބުނާތި އިނގޭ. އޭރަށް އެންމެން އަލީޝާދެކެ ރުޅިއަންނަން ފަށާނީ.” އީތަން ވަރަށް ހެޔޮވެފައި ބުންޏެވެ. ތޫބާ އަވަސްއަވަހަށް ބޯ ޖަހައިލިއިިރު އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތޫބާގެ އަތުން އަތް ދޫކޮށްލާފައި އީތަން ސިޑިއާއި ދިމާާއަށް ހިނގައިގަތެވެ. އޭނާގެ ތުންފަތުގައި ވީ އާދައިގެމަތިން ކިބުރުވެރި ހިނިތުންވުމެކެވެ.

(ނުނިމޭ)

 

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42

Next

ދޫކޮށްފައި ނުދޭ ލޯބިވާ ( 6 )

Next
December 25, 2018

ދޫކޮށްފައި ނުދޭ ލޯބިވާ ( 6 )

Previews
December 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42

32 Comments!

  1. Cute Lips says:
    December 25, 2018 at 7:42 pm

    Hunnnn. … V foohi vey… E eethan ah adhi varugadha bondieh libeyne ….?????

    1. Jinni says:
      December 25, 2018 at 10:46 pm

      Let’s see dhw

  2. Sis says:
    December 25, 2018 at 8:15 pm

    Wow jinni just wow ?? varah reethi mi part vx ingey??? when next part? And pls aleeshaa ah dhera gotheh nahadhahchey.. For now I don’t care about eethan cos whatever he is doing it’s not right.. ? #DESPERATELY IN WAITING ❤️❤️❤️

    1. Jinni says:
      December 25, 2018 at 10:49 pm

      Thnx nxt prt iraadhakureviyya mianna week ga up veytho balaanan. Aslu mihaaru submit kuraathaa varah lahun up vanee. Ma abadhuves kameh dhimaanuvanya bunaa dhuvahah submit kuran mi story. ekamu mihaaru up vanee varah lahun… Inthizaaru kuraane kamah unmeedhu kuran?

    2. Jinni says:
      December 25, 2018 at 10:58 pm

      I’ll take gud care of aleesha. Ethan ah ves dhen vaane gotheh balanhingaa dhw

  3. Ziff says:
    December 25, 2018 at 9:01 pm

    Wow..mi story v reethi…waiting ….when next part???? V interesting ingey….fahun eathan aai dhemeehun kanneyge dhw loabi veveynee ves….avahah up kohla dheche ingey…mihaaru mi esfiya site ge Gina reethi stories thakuge writers stories up ehves kohnudhey ehnveema aslu v foohivey mi site dheke…adhi up kuraanee ves maa lahun…

  4. Jinni says:
    December 25, 2018 at 10:55 pm

    Thank u ziff. Next prt mianna week ga up veytho balaanan ingey. Neynge dhw.. let’s see Ethan aa aleesha ah vaane gotheh.and ehen writers ge gotheh neynge but mi story ge mihaathanah up kuri 5 bai ves onnaanee buni dhuvahah submit koffa. Baeh baithah eh dhuvas kurinves up kurin submit vaaleh lasvedhaanethee. Ekamaku mihaaru up vaaleh hama lahee. There’s nothing I could do about it

  5. Nattu says:
    December 26, 2018 at 7:40 am

    Jinni haadha wait kurymey mi part genes dheytho ekam yesterday was my bday ehenve busy kamun kiyaa nulevunyy hama . Mi parf vxx vv reethi love it and LYSM??

    1. Jinni says:
      December 26, 2018 at 10:17 am

      Happy belated bday hamtii

    2. manthey minarj says:
      December 26, 2018 at 4:33 pm

      happy bday nattu ❤❤❤❤???????? jinni eyy hamtti birthday eh noon iss nattu birthday??? auto correct vee dhw

    3. Jinni says:
      December 26, 2018 at 7:19 pm

      Shit sorry nattu I meant to say nattu ingey. Yeah it’s autocorrect thnx manthey

  6. ?Muslim? says:
    December 26, 2018 at 9:42 am

    Wowwww… Just loved this part… ??? Hope the next part will be longer than this.. ❤️Just love it…. ???

    1. Jinni says:
      December 26, 2018 at 10:18 am

      Thnx I’ll try to make it longer

  7. manthey minarj says:
    December 26, 2018 at 4:35 pm

    bronthaaaa dis part lookin gud..no matter wat i juss luv ethan ❤❤❤❤who is kindda my ideal ..??????my part ves habbu vahtharu hunnanigx ????ekm dhen oi baa dhigukohlacheyy ???????????

    1. Jinni says:
      December 26, 2018 at 7:14 pm

      Thnx

  8. hamtii says:
    December 26, 2018 at 11:09 pm

    Hii.. vrh obi mi part as usual..bt next part long kohllathi
    Eyy manjeyy! k noolhen tha story eh liyaa kah? cant wait for ur story.. v salaam..@manthey minarj

    1. Jinni says:
      December 27, 2018 at 12:53 pm

      thnx dhen oi bai dhiguveytho balaanan

  9. Nattu says:
    December 27, 2018 at 10:13 am

    Thanx jinni ?

    1. Jinni says:
      December 27, 2018 at 12:54 pm

      ur welcome

  10. Nattu says:
    December 27, 2018 at 10:14 am

    Thanx manthey?

    1. Jinni says:
      December 27, 2018 at 12:55 pm

      manthey says; anytime

    2. mantheyy says:
      December 29, 2018 at 11:45 am

      nope only dis time manthey says

  11. Nattu says:
    December 28, 2018 at 7:33 am

    Jiini is manthey ur sbilling or cousin im getting a little confused

    1. Jinni says:
      December 28, 2018 at 1:01 pm

      She’s my cousin. Keevve confuse vee?

    2. mantheyy says:
      December 29, 2018 at 11:43 am

      jinni is my dharifulhu for ur kind info ???????????????

  12. muslim says:
    December 28, 2018 at 9:42 pm

    can u please tell the exact day? aneh part up kureveyne? #INWAITING

    1. Jinni says:
      December 28, 2018 at 11:16 pm

      Ehen nethey buneveykah submit kuraathaa varah fahunney up vanee mihaaru onnaanee eh bai liyefa iraadhakureviyya mi week ga nimmaafa up kohdheynan

  13. mantheyy says:
    December 29, 2018 at 11:49 am

    jinni i inthizaamukohffin saakuraa programe eh vaahakathah hifain annahcheyy

  14. mantheyy says:
    December 29, 2018 at 11:50 am

    saafkuraa*

  15. haiboaraas says:
    December 29, 2018 at 11:51 am

    eyy vaahaka habibi vahtharu hunnanii ekm alhugandu edhumeh jinni alhuganduge soatu dhovedheyn aun

  16. muslim says:
    January 2, 2019 at 6:38 pm

    Alheyyyy!!! adhives up nukurevenytha?sooo curious to knw what happens in the next part??? plssss.. when’s nxt part?

    1. Jinni says:
      January 3, 2019 at 12:07 am

      mihaaru next part submit kollaifin

Comments are closed.


All Right Reserved!