Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42

Sh@_n@ Level 410 Stories100 Comments100 Login
December 25, 2018 9 Mins Read
47 Comments

ދުވެފައި އެތެރެއަށް ވަތް ސާރާގެ ފައިގައި ކަސްތޮޅު އެޅުވުނުހެން ހީވީ ސާރާ ފުރާނައިން ލޯބިވާ އަރުޝް އޮތް ހާލް ފެނިފައެވެ. ގުޅާފައިވާ އައިވީ ހޮޅިތަކާއި, އަތާއި ފައިގައި ބެންޑޭޒް ކޮއްފައި އޮތްތަން ފެނި, ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ގައިމެވެ.

އިސާހިތަކު ސާރާގެ ދެލޯ ކަރުނުން ފުރި ދެ ލޮލުން ފޭބި ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ނުރޯން ހިތްވަރު ކުރަމުން ލޮލުން ފޭބި ކަރުނަތަށް އަނެއްކާވެސް ފުހެލައި މަޑުމަޑުން ހިނގަމުން ގޮސް އަރުޝް އޮތް އެނދުގެ ކުރިމަތީ ހުއްޓުނެވެ. އޭރު އެތާ ނަރުހުންވެސް ހަރަކާތް ތެރިވަމުންދިޔައެވެ.

” ބައްލަަވާ, އެހަށް ބޭރަށް ނުކުމެލަން ވީނުން ތޯ, ޕޭޝަންޓް ވޯރޑަށް ބަދަލު ކުރަން މިއުޅެނީ, މިގަޑީގައި ބައްދަލެއް ނުކުރެވޭނެ” ނަރުސް ކުއްޖާ މަޑުމައިތިރި ކަމާއެކު ބުނެލިއެެވެ.

” އެކަމް ޑޮކްޓަރ ބުނުއްވީ އަޅުގަނޑަށް ގޮވިއޭ, މިތަނަށް ވަންނަން ހުއްދަ ލިބުނީމަ މިއައީ ވެސް” ސާރާވެސް ނަރުހާ ސުވާލު އަމާޒުކުރިއެވެ.

” ތީ ތޯ ސާރާއަކީ” ނަރުސް ކުއްޖާ އެހެން އަހާލުމުން ސާރާ އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
” ޑޮކްޓަރ ބުނުއްވީ ތެދެއް, ޕޭޝަންޓް ވަރަށް ސާރާ އަށް ގޮވި, އެހެންވެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދެކިލަން ވެގެން އެގޮތަށް ބުނެލީ, އެކަމް މިހާރު ޕޭޝަންޓަށް ނިދިފަ އޮތީމަ މި ދެންނެވީ ބޭރަށް ނުކުމެލަން, ވޯރޑަށް ބަދަލު ކުރީމަ ބައްދަލު ކުރެވޭނެ ” ނަރުސް ކުއްޖާގެ ޖަވާބުން ސާރާ އިތުރު ސުވާލެއް ނެތި ބަސްއަހާ ކުޑަކުއްޖެއް ފަދައިން އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް ހިތް އެދި ގޮވަމުން ދިޔައީ އަދި އެއްފަހަރު އަރުޝް ސާރާއަށް ގޮވާލާނެ އަޑު އެހުމަށެވެ. ނުކުތުމުގެ ކުރިން ފަހު ފަހަރަށް އަރުޝްއަށް ބަލާލުމަށްފަހު ދެލޯ މަރާލާ އިސްޖަހާލިއެވެ. އަދި އެތަނުން ނުކުތެވެ.

ސާރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އާމިރުވެސް ދެކޮޅަށް ހިނގަ ހިނގަ ހުއްޓެވެ. ހައިފާ އާއި ހަފީޒާ އަދި އަރީޝާގެ ރުޅިގަނޑު ހިފެހެއްޓެނީ ކިރިޔާއެވެ. ހައިފާއަށް އެތެރެއަށް ނުވަދެވުމުން ހަފީޒާ ކުދި ކިޔަމުންދެއެވެ.

އިރުކޮޅެއްނުވެ އެތަނުން ސާރާ ނުކުތުމާއެކު އާމިރުއަށް އެދިމާލަށް ދެވުނެވެ. ދެން ތިބި މީހުންވެސް މަންޒަރު ބަލަން ތިއްބެވެ.

” ކޮބާ އަހަރެންގެ އަރުޝް, ރަނގަޅުތަ؟” އާމިރުގެ އެ ސުވާލުން އަރުޝް އޮތް ހާލް ސާރާގެ ލޮލަށް ސިފަވެ ދެ ލޮލުން ކަރުނަ ހިލުނެވެ. އަދި ދެލޯ މަރާލުމަށްފަހު ވަރަށް ހިތްވަރުން ވާހަކަ ދެއްކިއެވެ. އާމިރު އާއި ސާރާގެ ގުޅުން ރަނގަޅު ކަމުން ހައިފާގެ ހިތުގައި ހަސަދައިގެ ވިންދެއް ޖަހާލިއެވެ.
” މިވަގުތު ނިދިފަ އޮތީ, މިހާރު ވޯރޑަށް ބަދަލު ކުރަން އުޅެނީ، ބުނީ ވޯރޑަށް ބަދަލް ކުރީމައޭ ބައްދަލް ކުރެވޭނީ, އެހެންވެ މި ނުކުތީ” ސާރާ މަޑުމަޑުން އެހެން ބުނީ އާމިރުގެ ސުވާލުން ރެކެންވެގެންނެވެ. އެެހެންނަމަވެސް އާމިރުގެ ސުވާލާ އަނެއްކާވެސް ކުރިމަތިވިއެވެ.

” ސާރާ, އަހަރެން އެހީ އަރުޝް ރަނގަޅުހޭ, ކީއްވެތަ ކުރާ ސުވާލަށް ޖަވާބު ނުދެނީ” އާމިރުގެ އެ ސުވާލުން ސާރާގެ ހިތަށް ތަދުވެގެން ދިޔައެވެ.
” ތި ސުވާލަށް ޖަވާބުދޭހާ އަހަރެންގެ ހިތްވަރެއްނެތޭ, އަހަރެންގެ ހިތް ހީވަނީ ފުނޑު ފުނޑު ވެދާނެހެން އަރުޝް އެ އޮތް ހާލް ފެނިފަ،” ސާރާ ހިތާހިތުން ބުނެލީ ދުލުން އެބަސްތަށް ބޭރުކުރާހާ ހިތްވަރު ނެތިގެންނެވެ. އެހެންކަމުން ގޮނޑީގައި އިށީނދެލީ އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށެވެ. އާމިރުއަށް ސާރާގެ ހާލަތު ވިސްނިގެން އިތުރުށް އެސުވާލުގެ ޖަވާބު ހޯދާކަށް ނޫޅެވެ.

އިރުކޮޅެއްނުވެ އަރުޝް ނެރެގެން ގެންދާން ފެށުމުން އާމިރު އަރުޝްގެ ފަހަތުން ދިޔައެވެ. އޭރުވެސް އަރުޝްއަށް އޮތީ ނިދިފައެވެ. އަރީޝާވެސް އާމިރްއަށް ގޮވަމުންދިޔައެވެ. އެތަނުގައި ސާރާގެ އިތުރުން ހައިފާ އަދި ހަފީޒާ ތިއްބެވެ. ހަފީޒާވެސް އިރުކޮޅެއް ނުވެ އެބަ އަންނަމޭ ބުނެ ދިޔައީ އެތާހުރި ސާރާއަށް ލޯ އަޅަމުންނެވެ. ހައިފާވެސް ސާރާއަށް ބަަލަމުންދާ ގޮތުން ހީވަނީ ހައިފާގެ އެ ބެލުމުން ސާރާ ފިއްސާލާން އުޅޭހެންނެވެ.

ސާރާ އެ އިން އެއްވެސް ތަނެއް ފެންނަ ކަމަށްވެސް ހަދާނުލާ އިނެވެ. އެހެންކަމަކާ ވިސްނުމަށްވުރެ ސާރާއަށް އަރުޝްއާ ދޭތެރޭ ވިސްނެވެ.ކުއްލިއަކަށް ކުރިމައްޗަށް އެރި ހައިފާ ފެނި ސާރާ ހައިފާގެ މޫނަށް ބަލާލިއެވެ. އަދި ދެލޯ ފުހެލަމުން ކޮޅަށް ތެދުވިއެވެ.

” ކިހިނެއްވީ މާ ފާޑަކަށް ތި ބަލަނީ, ލަދެއްވެސް ނުގަނޭތަ މީހުންގެ ދިރިއުޅުމަށްވަދެ ހަލާކު ކުރާކަށް, ކައިވެނި ކުރަން މިހާ ކުޑަ ދުވަސްކޮޅަކަށް ވެފަ އޮއްވާ ތީ ޖައްސާ ކޮން ޑްރާމާއެއް, މަށަށް ހެޔޮ ތީ އަރުޝްގެ ކޮންމެ މީހަކަސް, އެކަމް މިއަދު އެއީ އަހަރެންގެ މީހެއް” ހައިފާގެ އެ ޖުމްލަތަކުން ސާރާއަށް ދެ އަތް މުއްކަވާލެވުނެވެ. އަދި ހައިފާގެ ފައިން ފެށިގެން ބޮލާ ހަމައަށް ރަނގަޅަށް ބަލާލިއެެވެ.

” ކިހިނެއްހޭވީ ފާޑަކަށް ތި ބަލަނީ, ބުނަން ތިގޮތަށް ބެލިޔަސް އަހަރެން ބިރެއް ނުގަންނާނެ” ހައިފާގެ އެ ޖުމްލައިން ސާރާ ހީގަތެވެ. ހަގީގަތުގައި ހައިފާގެ ކުރިމަތީ ސާރާ ދެރަވާކަށް ބޭނުމެއްނުވިއެވެ. އަރުޝްއަށްޓަކައި ވެސް ކޮންމެ ކަމަކާ ކުރިމަތިލާން އަޒުމުު ކަނޑައެޅިއެެވެ.

” ކިހިނެއްވީ ތިހެނީ, އަހަރެން ބިރު ގަންނަން ތީ ވަކި ކާކު”ހައިފާ ސާރާއާ ދިމާލަށް އެހެން ބުނީ މި ބެހެވެނީ ކިހާ ވަރެއްގެ މީހަކާ ކަމާމެދު ކުޑަކޮށްވެސް ވިސްނާ ނުލައެވެ.

“ހެހެހެ… ހެވޭނެ ދޯ, މީހަކު މަތިން ބައިން އަރުޝް އެއީ ތިމަންނަގެ މީހެކޭ ބުނާތީ, ބަލަ, މަށެއް ނޫނޭ އަރުޝްގެ ދިރިއުޅުމަށް ވަދެގެން އުޅެނީ, އަދި ބުނަން ޑްރާމާ ޖައްސަނީކީ ވެސް މަށެއް ނޫނޭ, ތިދެ މީހުން, ކައިވެނި ކުރަން ކިތަންމެ ކުޑަ ދުވަސްކޮޅެއް ވިޔަސް ހެޔޮ, ތި ކައިވެނި ކުރިޔަކަ ނުދޭނަން, އަރުޝް އެއީ ހަމަ އެކަނި އަހަރެންގެ, އޭރުވެސް އަދި މިހާރުވެސް އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ ވެސް, އަދި ބުނަން ދެންމެ އެތެރެއަށް ވަންނަން ހުއްދަ ލިބުނީވެސް މަށަށް, އެހެންވީމަ އަހަރެން ނުޖެހޭ އަހަރެން މީ ކާކުކަން ބުނެދޭކަށްވެސް، އެކަމުން އަހަރެން މީ އަރުޝްގެ ކާކުކަމާއި ކިހާ މުހިންމު މީހެއްކަން އޮޅިފައެެއް ނޯންނާނެ” ސާރާގެ ކޮންމެ ޖުމްލައަކުން ހައިފާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އެކަން ސާރާގެ ބަސްތަކުންވެސް ހާމަވެއެވެ.

” ހޭ, ތިހާ އަވަހަށް ރުޅި ގަދަ ވާކަށް ނުވާނެ, އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެއް, މިހާރު އަމުދުން ވިސްނަން ވާނެ” ސާރާ އެހެން ބުނުމުން ހައިފާގެ ރުޅި އިތުރަށް ގަދަވިއެވެ.

” ކަލޭ ލަދެއްވެސް ނުގަނޭތަ އަންހެނަކަށް ވެ ހުރެ އެހެން މީހުންގެ ދިރިއުޅުމަށް ވަންނާކަށް, ޔަގީނޭ ތީ ރާއްޖެތެރޭ މީހެއްކަން, ކުޑަކޮށްވެސް ވިސްނާނުލާނެ އެހެން މީހުންނަށް ވާނެގޮތެއް” ހައިފާ ސާރާއަށް ނިސްބަތްކޮށް ބުނެލިއެވެ. ހައިފާ ހުރީ ސާރާއަށް ދޫ ދޭ ކަހަލަ ގޮތަކަށް ނޫންކަން އެނގެއެވެ.

” ރަނގަޅު ވާހަކައެއް, އަހަރެންމީ ރާއްޖެތެރޭ މީހެއް, އެކަމް ބުނަން އަމިއްލަ ނަފްސަށާއި އެހެންމީހުންނަށް ވަފާތެރިވާން އެނގޭނެ, ހާއްސަކޮށް ހަޔާތުގެ ބައިވެރިޔާއަށް, ވެދާނެ ތީ މާލޭ މީހެއްވީމަަަކަމަށް ތި ގޮތަށް އުޅެނީ, މާލޭ މީހުންނަށް ހާއްސަ ގޮތެއް އޮންނަނީތަ މާ މާލޭވެފަ ތި ހުރީ, މާލޭ މީހުންނަށްވެސް ހުރި ލަދެއްތީ” ސާރާ ހައިފާ ރުޅި އެރުވުމުގެ ނިޔަތުގައި ބުންޏެވެ. ސާރާގެ އެ ޖުމްލައިން ހައިފާގެ ގައިން އޮއްދާ ހިއްލަން ފެށިއެވެ. ނިތްކުރި މަތިން ދާ ތިކިތަށް ފާޅުވާންފެށިއެެވެ.

” ބަލަ ބަލަ ކިހިނެއް ތި ވަނީ, އަނެއްކާ އަރުޝްއަށް ބޭވަފާ ތެރިވީތަ, ހާދަ ދެރައޭ” ސާރާގެ މަލާމަތުގެ ބަސްތަކުން ހައިފާގެ ކައިރިއަށް އައި ރުޅިން ސާރާގެ ގައިގަ ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް ސާރާ ހުށިޔާރު ކަމާއެކު އެ އަތުގައި ހިފެހެއްޓިއެވެ.

” ބުނަން، ދެވަނަ ގޯސް ހަދަން މަސައްކަތް ނުކުރޭ, ހެދުނު ފުރަަތަމަ ގޯސް ރަނގަޅު ކުރަން އަރުޝްއާ ދުރުވޭ” ސާރާ މިހެންބުނެ ހައިފާގެ އަތުން އަތް ދޫކޮއްލިއެވެ.

” ކޮން ގޯހެކޭ ކިޔާކަށް, ކަލެއަށް ޖެހޭނީ އަރުޝްއާ ދުރަށް ދާން, ކުރީގަ އޮތް ގުޅުން އޮތީ ނިމިފަ, މީހުންގެ ލައިފަށް ނުވަދެ އެހެން ކަމަކާ އުޅޭ, ލަދެއްވެސް ނުގަނޭ” ހައިފާ ސާރާއަށް ބުނެލިއެވެ. ހައިފާ ސާރާ ދެކެ ޖެހިލުންވިޔަސް އެކަން ދައްކަން ބޭނުން ނުވާތީ ރައްދު ދިނެވެ. ދެމީހުންގެެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުވުމަށްފަހު އެންމެފަހުގެ ހަމަލާ ސާރާ ފޮނުވާލީ ހައިފާގެ ހަގީގަތް އެނގިއްޖެ ކަން ހާމަކުރުމަށެވެ.

” ލަދެއްނެތީވެސް އަހަރެންނެއް ނޫން, ގޮތެއްފޮތެއްނެތި އުޅެނީވެސް އަހަރެންނެއް ނޫން, އަމިއްލަ މީހާގެ ހާލަތު އެނގި ހުރެ އެހެންމީހުންނަށް ކުއްވެރިކަމުގެ އިނގިލި ދިއްކުރަން ލަދެއްވެސް ނުގަނޭ, އެހެންމީހުންނަށް ލަދެއް ނެތޭ ކިޔާއިރު, ލަދު ހުރި މީހާ އެހެންމީހެއްގެ ދަރިއަކަށް ތިގޮތަށް ބަލިވެ ނީންނާނެ” ސާރާ ހައިފާގެ ކަންފަތް ދޮށުގައި އެހެން ބުނުމަށްފަހު މަޑުވެސް ކޮއްނުލާ ދިޔައެވެ.

ސާރާގެ އެ ޖުމްލައިން ހައިފާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ވަށައިގެން ދުނިޔެ އެބުރޭ ކަހަލަ އިހްސާސެއްވެސް ކުރެވުނެވެ. ސާރާއަށް އެނގުނު ގޮތަކާމެދު ސުވާލު އުފެދުނެވެ. ނިތްކުރި މަތިން ފާޅުވި ދާތަށް ފުހެލީ ހާސްކަމާއެކު ފުހެލާ ގޮނޑީގައި އިށީނީ ވެއްޓިދާނެ ކަމުގެ ބިރަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އަމިއްލަ މީހާގެ އެކަންތަށް ފަޅާ އަރާކަށް މާ ގިނަ ދުވަހެއްނެތޭ ހިތް ބުނަނީއެެވެ. މުޅި ދުނިޔެއަށް ބޭޒާރުވުން އޮތީ ވަރަށް ކައިރީގައޭ ހިތް ބުނަނީއެވެ. އެކަންތަށް ހިތަށް އެރުމުން ހައިފާއަށް ގޮތެއްވަނީއެވެ. ބޮލުގައި އަތް އަޅާލަމުން އިސްޖަހާލީ އިތުރަށް ކެތް ނުވުމުންނެވެ. އިރުކޮޅެއްނުވެ ކޮޅަށް ތެދުވިއެވެ.

ހަދާނެ ގޮތެއް ނޭނގި ދެކޮޅަށް ހިނގަން ފެށުނީ ހާސްވި ވަރުންނެވެ. ދެއަތް މޮޑެލަ މޮޑެލާ ހުރެވުނީ ހަފީޒާއަށް އެނގިއްޖެ ނަމަ ކަންތަށް ވާނެ ގޮތެއް ނޭނގޭތީއެެވެ. ފުން ވިސްނުމަށް ގެއްލިފަ ހުރި ހައިފާ ސިއްސައިގެން ދިޔައީ ފަހަތުން ކޮނޑުމަތީ މީހަކު އަތް ބާއްވާ ލުމުންނެވެ.

” ކިހިނެއްވީ, ކޮންކަމަކާ ދާ ހިއްލާފަ، ކަމެއް ގޯސްވީތަ, ހަފީޒާގެ ސުވާލުން ދޭނެ ޖަވާބެއް ނޭނގިފައި ހައިފާއަށް ހުރެވުނެވެ. ތެދަށް ބުނެފިނަމަ ހަފީޒާ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެކަން ހައިފާއަށް އެނގެއެެވެ.

” ބޯ އަނބުރަނީ” ހައިފާ ހަގީގަތް ހާމަ ނުކުރީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވިސްނުމުންނެވެ.
” އެހެންވިއްޔާ, ގެއަށް ހިނގާ ކުރަން އައި އެއްކަމެއްވެސް ނުވިއެއްނު, ހައިފާއަކަަށް އެތެރެއަށް ވަދެވުނު ކަމަކަށްވެސް ނުވި އެ އާމިރްވެސް ހީވަނީ އެހެންފަދަ ކަމެއްހެން އެ ސާރާއަކާ ހެދި, ވަރުގަދަ އަންހެނެއް އެއީ” ހަފީޒާ މަޑުމަޑުން ހުރެ ކިޔަމުންދިޔައެވެ. ހައިފާއަށް އަޑުއަހަން ހުރުން ނޫން ގޮތެއް ނެތެވެ.

އަރުޝް ބާއްވާފައިވާ އެނދުގެ ދެފަރާތުގައި އަރީޝާއާއި އާމިރު ތިއްބެއެެވެ. އަރުޝް މިހާރު އޮތީ ޕްރައިވެޓް ރޫމްގަ ކަމުން ތަން ވަރަށް ހަމަ ހިމޭނެވެ ތިރީސް މިނެޓް ފާއިތުވެގެން ދިޔައިރުވެސް އެކަކުވެސް އަނގައިން ބުނާކަށް ނޫޅެއެވެ. އަރީޝާ އިރުކޮޅަކާ އާމިރުގެ މޫނަށް ބަލާލައެވެ. އެހެންނަމަވެސް އާމިރު އެނގޭ ކަމަށް ވެސް ހަނދާނުލާއިނެވެ.

” އާމިރު ކޮންކަމަކާތަ އަހަރެންދެކެ މީގެ ކުރިން ނާންނަ ރުޅި މިހާރު ތި އަންނަނީ, އަހަރެން އާމިރުއަށް ނުކޮއްދެނީ ކޮންކަމެއް, ވިޔަފާރީގައި………… އަރީޝާ އެހެން ބުނުމާއެކު އާމިރު މިގަޑީގައި ވާހަކަ ނުދެއްކުމަށް އަތުން އިޝާރާތް ކޮއްލިއެވެ.

” ކީއްވެ އަހަރެން ވާހަކަ ނުދައްކަ ހުންނަންވީ، އާމިރުއަކަށް ނުޖެހޭނެ ތިގޮތަށް ކަންތަށް ކުރާކަަށް, އަދި އަހަރެން ވަރަށް ހިތް ހަމަ ނުޖެހިފަ މިހުރީ އާމިރް ހަފީޒާއެތާ ހުއްޓާ އެ ސާރާއަށް ހާއްސަ ކަމެއް ބަހައްޓާތީވެ، އަދި ހަފީޒާމެން ކީކޭ ހިތަށް އަރާނީ” އަރީޝާ ވާހަކަ ފުރިހަމަ ކުރީ އާމިރްގެ މޫނަށް ބަލަން އިނދެއެވެ. އާމިރު އަރީޝާގެ މޫނަށް ބަލާލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލީ ބުނާނެ އިތުރު އެއްޗެއް ނެތުމުންނެވެ.

” އަޅެ, ކީއްވެތަ އެއްޗެކޭ ނުބުނެވިގެން ތިއުޅެނީ, ކީއްވެހޭ އެގޮތަށް ކަންތައް ކުރީ, ހައިފާވެސް ހާދަ ދެރަވެފައޭ ހުރީ” އަރީޝާ މިފަހަރުވެސް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހި އިނދެއެވެ. އަރީޝާއާ ދިމާލަށް އެއްޗެކޭ ނުުބުނާނަމޭ ހިތާ ހުރިޔަސް އެންމެ ފަހުން އާމިރުއަށްވެސް އެއްޗެކޭ ނުބުނެ ނީންދެވުނެވެ.

“ހެޔޮނުވާނެ އަރީ, އެހަށް ތިވާހަކަ ބާއްވަބަލަ, އަހަރެން މަޑުން މިއިނީ ބުނާނެ އެއްޗެއް ނެތިގެންނެއް ނޫނޭ, ތަނާއި ވަގުތާއި ހާލަތުގެ ގޮތުން, އެންމެ ފަހަރަކުވެސް ވިސްނަބަލަ, އަމިއްލަ ދަރި ގަދަ ފަދަ ވޭނަކާ ހަނގުރާމަ ކުރާއިރު އެދަރިއަށްޓަަކައި ލޮލުން ކަރުނައެއް ވައްޓާނުލާ އެހެން މީހުން ދެރަވެދާނެތީ ތި އުޅެނީ ކީއްވެ, އެއީ މާ ރަނގަޅު ބަޔަކީތަ, އެހެން މީހުން ހިތް ހަމަ ނުޖެހިދާނެތީ އުޅޭއިރު, މިތާނގަ އެ ޝަކުވާ ކުރަން ތިއިނީ ކީއްވެ, އެ ރަނގަޅު މީހުން ކައިރިއަށް ދާންވީނު” އާމިރު ހިތް ހަމަ ނުޖެހިފައިކަން އަޑާއި ރާގުންވެސް އެނގުނެވެ. އަރީޝާ އެއްވެސް އެއްޗެއް ނުބުނެ އިސްޖެހުމުން އާމިރު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަބަދުވެސް ބުނާނެ ވިޔަފާރީގައި އެކަމެއް ކޮއްދިނީމޭ، މިކަމެއް ކޮއްދިނީމޭ, ރަނގަޅު ވާހަކައެއް, އަރީ އަހަރެންނަށްޓަކައި ވިޔަފާރީގައި ވަރަށް ގިނަ ކަންތަށް ކޮއްދިން, އެކަމަކު އަހަރެމެންގެ ދަރިފުޅަށް ވީ ކޮން ފައިދާއެއް, އަހަރެންނަށް އެކަމުން އެއްވެސް އުފަލެއް އިހްސާސް ނުވާކަން މިއަދު އެނގޭ, އެ ދަރިފުޅުވެސް މި މުދަލަކުން ރުފިޔާއަކުން އެއްވެސް އެއްޗެއް ބޭނުމެއް ނުވެޔޭ, އެ ދަރިފުޅު ބޭނުންވަނީ ލޯބި, އިތުރުއެއްޗެއް ނޫން, ހައިފާއާ ކައިވެނިކޮއްގެން ދިރިއުޅުން ހަލާކުވުމަށް ވުރެން ރަނގަޅުވާނެ އެ ބަލި ތައްމައްޗެއްގައި އުމުރުދުވަހު އޮތަސް, ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަރުޝް އިންނާނީ އަރުޝް ބޭނުން މީހަކާ, އޭނަ ލޯބިވާ މީހަކާ, އަރީޝާ ގަބޫލުވިޔަސް ނުވިޔަސް އަހަރެންނަށް ވަރިހަމަ” އާމިރް އެހެންބުނެ ރޫމުން ނުކުމެގެެން ދިޔައެވެ.

އަރީޝާ އެ އިން ގޮތަށް އިނީއެވެ. އާމިރްގެ މި ކުއްލި ބަދަލުވުން އަރީޝާއަކަށް ހަޒަމެއް ނުކުރެވުނެވެ. އެއްގޮތެއް ނުވިއްޔާ އަނެއްގޮތަކުން ވެސް ހައިފާއާ ކައިވެނި ކުރުވަން އަރީޝާ އަޒުމްކަނޑައެޅިއެވެ.

ސާރާ ހޮސްޕިޓަލްގެ ނުކުންނަ ފަރާތުގައި ހައްދާފައިވާ ގަސްތަށް ދޮށުގައި އިނެވެ. އޭރުވެސް ސާރާގެ ލޮލުން ކަރުނަ އަންނަމުންދެއެވެ. އިރުކޮޅެއްނުވެ ފޯނު ރިންގްވާން ފެށުމުން ސާރާ ބަލައިލިއެވެ. ގުޅަނީ ފަޒީލްކަމުން ކިހިނެއްވީހޭ ބުނެ ކަންފަތުގައި ޖައްސާލިއެެވެ.
” މަންމީ, އާދެ, ފައު ދެރައޭ” ފައުޒާންގެ މައުސޫމް ތުއްތު އަޑުން ސާރާއަށް ހެވުނެވެ.
” ދަރިފުޅޫ, މަންމި, ދާނަން އިރުކޮޅަކުން, ފައުއަށް ކުޅޭ އެއްޗެއް ހިފައިގެން, މާމަ ކައިރީ ތިއްތިކޮށް ހުރެލާ އިނގޭ ދޫނީ, މަންމި ވަރަށް ލޯބިވޭ ފައުދެކެ’ ސާރާ އެހެން ބުނެ ފޯނު ބޭއްވިއެވެ. އިރުކޮޅެއްނުވެ އަނެއްކާ ފަޒީލް ގުޅިިއެވެ. ފަޒީލް ސާރާ ކައިރީ ކޮންތާކުތޯ އަހައި, ހޮސްޕިޓަލްގައޭ ބުނުމުން ވެގެން އުޅޭ ގޮތް އެހިއެވެ. ސާރާ ހެނދުނުންސުރެ ވީ ހުރިހާ ކަމެއް ކިޔައިދިނެވެ.

” ސުބުހާނަﷲ, ވަރަށް ބޮޑު ވަރުވިތަ, މިހާރު އަރުޝް ކޮބާ, އެއީ ކޮންކަހަލަ ބައެއް, ހެޔޮނުވާނެ ދޯ އެނގި ހުރެ އެހެން ހަދާކަށް, މުދަލަށް ދެވި ހިފިޔަސް ބޮޑުވަރުތީ, ވީހާވެސް ތި ކައިވެނި ލަސްކުރެވޭތޯ ބަލާ” ފަޒީލްއަށް އެންމެފަހުން ބުނެވުނެވެ. ސާރާ ފަޒީލްއާ ވާހަކަ ދެއްކުމަށްފަހު ބޭއްވިއެވެ.

ސާރާ ފޯނު ބާއްވާފަ ހިނގައި ގަތްތަނުން އާމިރް ވަރަށް ބާރަށް އަންނަ ތަން ފެނުނެވެ. ސާރާއާ އަރާ ހަމަ ކުރުމަށްފަހު އަރުޝް ހޭ އަރައިފި ކަމަށް ބުނުމުން ގައިގަ ހުރި ބާރެއްލާފަ ރޫމާ ދިމާލަށް ދުއްވައިގަތެވެ.

ސާރާ އެތެރެއަށް ވަތްއިރު ޑޮކްޓަރ އަރުޝް ޗެކް ކުރަމުންދިޔައެވެ. ބަލަން ބޭނުންވާ ވަރަށް ބެލުމަށްފަހު މިހާރު ރަނގަޅު ކަމަށް ބުުނުމުން ސާރާއަށް ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. އޭރު އާމިރުވެސް އެތެރެއަށް ވަންނަނީއެވެ. ޑޮކްޓަރ ދިން އުފާވެރި ހަބަރުން އާމިރުއަށްވެސް ހަމްދު ކުރެވުނެވެ. އަރުޝް އޮތީ އަނެއް ފަރާތަށް އެނބުރި ކަމުން ސާރާ ނުފެނެއެވެ. އާމިރު ސާރާއަށް ވަގުތު ދިނުމުގެ ގޮތުން ޑޮކްޓަރ ފަހަތުން ނުކުތެެވެ.

ތަންކޮޅެއް ބާރަށް ދޮރު ޖެހުނުއަޑަށް އަރުޝް ދޮރާ ދިމާލަށް ބަލާލިއެވެ. އެވަގުތު ރޯން ހުރި ސާރާ ފެނިފައި އަރުޝްގެ ހިތުގެ ހިނގުން އަވަސްވިއެވެ.ހިތުގައި ހީވީ މީހަކު ވަކި އަޅާލިހެންނެވެ.

ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ ފެނި އަރުޝް ދެފަރާތަށް ބޯ ހޫރުވާލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ. ސާރާއަށް އިތުރަށް ކެތް ނުުުވުމުން އައިސް އޮށޯވެގެން އޮތް އަރުޝްގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. އަރުޝް ދެލޯ މަރާލާ ސާރާގެ އުނަގަނޑުގައި އަތް ވަށާލީ ހިތަށް ލިބުނު ހިތް ހަމަ ޖެހުމާއި ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

” އައި އެމް ސޮރީ އަރުޝް, އަހަރެން ގޮތް ދޫނުކުރީމަ ވީ ގޮތް މީ, ވަރަށް ބޮޑަށް މާފަށް އެދެން, އަހަރެން ކިހިނެއް އަރުޝްދެކެ ރުޅި އަންނާނީ, އަހަރެން ހާދަ ލޯބިވޭ އަރުޝް ދެކެ, ކިހިނެއް މިހިތުން އެހެންމީހަކަށް ޖާގަ ދޭނީ, ތީ މިހިތުގެ އުފަލަކީ, މިހިތުގެ ހުރިހާ ހަމަ ޖެހުމަކީ, ކިހިނެއް އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކޭނީ, ތީ ހަމަ އެކަނި އަހަރެންގެ, ހަމަ އެކަނި އަހަރެންގެ, ވަރަށް ބޮޑަށް ލޯބިވޭ” ސާރާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އަރުޝް ލާފައިވާ ހެދުންވަނީ މޭ މައްޗާ ދިމާލުން ތެމި ފޯވެފައެވެ.

ސާރާ ރޮއެ މަންޒަރު ބަލަން އަރުޝްގެ ހިތަކަށް ކުޅަދާނަ އެއް ނުވިއެެވެ. ސާރާ ނެގުމަށްފަހު އިސްޖެހިފައިވާ ސާރާގެ މޫނު ހިއްލާލީ އެތަށް ދުވަހަކަށްފަހު އެ ރީތި މައުސޫމް މޫނު ދެކެން ހިތް އެދުނީތީއެވެ. ލޯބިން ފުރިގެންވާ ބެލުމަކުން ސާރާއަށް ބަލާލުމަށް ފަހު އަރުޝް ހިނިތުންވެލިއެވެ. އަދި ސާރާގެ ދުޅަވެފައިވާ މޫނުގައި ވަރަށް ލޯބިން ފިރުމާލާ ނިތަށް ބޮސްދިނެވެ. އަދި ސާރާގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. ވާހަކަ ދައްކަން ކޮންމެސް ވަރަކަށް އުނދަގޫ ވި ނަމަވެސް ހިތްވަރު ކޮއްލާފާ ވާހަކަ ދެއްކިއެވެ.

” ޕްރިންސެސް, ޕްލީޒް ނުރޮއެ, އިރާދަކުރެއްވިއްޔާ ދެން ޕްރިންސެސް އަކާ ވަތްކެއް ނުވާނަން, އެގޮތަށް ކަންތަށް ކުރެވުނީތީ މާފަށް އެދެން, ޕްރިންސެސް މިހާރު ބުންޏަސް އޭގެ އަދަބު މިހާރުވެސް ލިބެން މިހުރީ ތައްޔާރަށް،” އަރުޝް މާޒީން ދުވަހެއް ހަނދާން ކުރަމުން ބުނެލިއެވެ.

“ޕްރިންސެސް އަކަށް ނޭނގޭނެ އަހަރެން އުޅުނު ހާލެއް, ހާދަހާ ލޯބިވޭ ޕްރިންސެސް ދެކެ, އަދި މިހާރު މާ ބޮޑަށް، ޕްލީޒް ދެން ނުރޮއެ ދޫނީ, ކޮންމެ ގޮތެއްވިޔަސް މި އެކްސިޑެންޓް މަތިން ހަނދާން ނުނެތޭނެ, ވަރަށް އުފާވެރި އެކްސިޑެންޓެއް މީ” އަރުޝް ސާރާ ދުރުކޮއްލާ ސާރާގެ ލޮލުން ފޭބި ކަރުނަތަށް ފުހެލަމުން ދަތްކޮޅު ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ.

” ތިހެން ބުނާކަށް ނުވާނެ, އަރުޝްއަށް ކަމެއްވި ނަމަޔޯ, އަރުޝް ބައްޕަވެސް ނުރޯން ހާދަ ހިތްވަރެއް ކުރެޔޭ, އަރުޝް ބައްޕަގެ އެހާލުން އުފާވަނީތަ” ސާރާ ތުންކޮޅު ދިއްކޮއްލަމުން ބުނެލިއެވެ.
” އަހަރެންގެ މި ދޫނި ގަނޑަށް ހާދަ ނުވިސްނޭ, އަދިވެސް ބޮޑު ނުވަނީތަ, މި ބުނީ މި އެކްސިޑެންޓް ވީ ކަމުންދޯ ދޫނި އަލުން އަހަރެންނަށް މި ލިބުނީ, އެހެންވެ މި ބުނީ އުފާވެރިއޭ” އަރުޝް އެހެން ބުނުމުން ސާރާ ދެނޭ ކިޔައި އަނެއްކާވެސް އަރުޝްގެ މޭގައި ބޮނޑިވެލިއެވެ.
” ދެން ވާހަކަ ނުދައްކާ އޮވޭ, ވަރަށް ތަދުވޭ ދޯ” ސާރާ އަރުޝްއާ ދުރުވެލަމުން ބޮލުގައި ފިރުމާލާ ބުނެލިއެވެ.

” ކޮންތާކު މިހާރު އެއްކޮށް ރަނގަޅު ވެއްޖެ, ޕްރިންސެސްއަށް ވުރެން ވަރުގަދަ ވާނެ” އަރުޝް ހީލަމުން އެހެން ބުނުމުން ސާރާ ފޮނި މީހެކޭ އަރުޝް އާ ދިމާލަށް ބުނެލިއެވެ.

ދެމީހުން ކުދި ކުދި ސަމާސާ ކުރުމުގައި ތިބި އިރު އަރުޝްގެ މޫނުމަތިން ފެންނަމުންދާ ހިނިތުން ވުމުން ސާރާގެ ހިތް އުފަލުން ފުރުނެވެ. ދެލޯބިވެރިންނަށް ހީވީ އަލުން އާ ހަޔާތެއް ފެށުނުހެންނެވެ. އެކަކު އަނެކަކަށް ކުރެވުނު ކަންތަކަށް މާފްކޮށް އަލުން ދެމީހުން ގުޅުނެވެ. އެެތަށް ދުވަހަކަށް ފަހު ދެމީހުން އެކަކު އަނެކަކަށްޓަކައި އެޅި ކަރުނައާއި ކުރި ހިތާމަ މިއަދު މިވަނީ އުފާވެރި ކަރުނައަށް ބަދަލުވެފައެވެ. ދެމީހުންގެ ދިރިއުޅުމަށް އައި ޙަރީފު މޫސުން ނިމި ބަހާރު މޫސުން އައި ފަދައެވެ. ދެމީހުންގެ މޫނުމަތިން މިވީ ދުވަސްތަކުގަ ނުފެންނަހާ އުފާވެރިކަން މިއަދު ފެންނަމުން ދެއެވެ.

” އަރުޝް, ބަލައިގެން އުޅެއްޗޭ، ބޮޑު ކަމެއްވި ނަމަޔޯ” ސާރާ އަރުޝްގެ އަތުގައި ހިފާ ލަމުން ބުނެލީ ހަގީގަތުގައިވެސް އޭނާގެ ހިތް އަދި ވެސް ބިރު ގަންނާތީއެވެ.
” ސާބަސް ދޫނި, ބަލައިގެންނޭ އުޅުނީ, އެކަމަކު ކަމެއްވާނީ ބުނެފައެއް ނޫނެއްނު, ދެން އެވާހަކަ ނުދައްކާ, ވަރަށް ލޯބިވޭ އިނގޭ” އަރުޝް ސާރާގެ އަތަށް ފިތާލަމުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ދޮރު ގެ ތަޅުގައި ހިފާ އަނބުރާލި އަޑަށް ދެމީހުންނަށްވެސް ދުރަށް ޖެހިލެވުނެވެ.

ވަދެގެން އައި އާމިރު ފެނިފައި އަރުޝް ދެލޯ ފެންކަޅިވިއެވެ. މިތަންފެނި އާމިރުއަށް އަރުޝް ކައިރިއަށް ދެވުނު ގޮތެއްވެސް ނޭނގެއެެވެ.
” ދަރިފުޅާ, ކިހިނެއްވީ ތި ރޮނީ, ތަނަކަށް ތަދުވަނީތަ، ސާރާ ދޭބަލަ ޑޮކްޓަރަށް ގޮވަން” އާމިރު އެހެން ބުނުމާއެކު ސާރާ ހިނގައިގަތެވެ.
“ނޫން, އެއްވެސް ކަމެއްނުވޭ ބައްޕާ, އުފަލުން ރޮވުނީ” އަރުޝް އެހެން ބުނުމާއެކު އާމިރު އަރުޝްގެ ގައިގަ ބައްދާލިއެެވެ.

” ސާރާ ވަރަށް ވިސްނައިގެން އުޅެންވާނީ, އަރުޝް އުފާވިޔަސް ރޯނީ, ދެރަވިޔަސް ރޯނީ, ސާރާގެ ކުޅަދާނަ ކަމަކުން ދެނެ ގަންނަން ވީ ހަމަ” އާމިރު އަރުޝްގެ ގައިން ދޫކޮއްލުމަށްފަހު ގޮޑީގައި އިށީނދެ އެހެން ބުނުމުން ސާރާވެސް އަރުޝްވެސް ހީގަތެވެ.

” މާޝާﷲ, ކޮންފަދަ ރަނގަޅު ކުއްޖެއް ދަރިފުޅަށް ލިބިފަ މި ހުރީ،” އާމިރު އެހެން ބުނުމުން ސާރާ ލަދުން އިސްޖަހާލިއެވެ.

” ދަރިފުޅާ, ކޮންމެފަދަ ހާލަތެއްގަ ވިޔަސް ދެކުދިން ދުރުނުވާތި, އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް, ވަރަށް ކަންތަށް ދިމާވާނެ, އެއީ ދިރިއުޅުމަކީ” އާމިރު ދެމީހުންނަށް ބަލާލަމުން ހިނިތުންވެލިއެވެ.

ހަފީޒާ ގެއަށް ދިޔަގޮތަށް ހައިފާއަށް އެއްޗެހި ގޮވަމުން ދިޔައީ ހައިފާ އަރުޝްއާ ގުޅުން ބަދަހި ކުރަން ނޫޅެ ހުރުމުންނެވެ. ހައިފާ ސޯފާގައި އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ.

” ކިހިނެއް ވެފަތަ ތި އިނީ, އަހަރެން ބުނާ ކަމެއް ކުރިއްޔާ ހައިފާގެ ގައިން ތަންގަޑެއް އުނި ވަނީތަ, ހައިފާއަށް ރަނގަޅަކަށް ދޯ މިހުރިހާ ކަމެއް މި ކުރަނީ, މިހާރުވެސް އޭނީނު އެއްޗެކޭ ނުބުނެ, ކުރެވުނު ކަންތަށް ކުޑަވެގެން, މިއޮތީ މަށަށް ޖެހިފަ އޮތް އުނދަގުލެއް” ހަފީޒާ މިހެންބުނެ ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހިއެވެ.

އޭރުވެސް ސާރާ ދެއްކި ކޮންމެ ވާހަކައެއް ކަންފަތުގައި ގުގުމަމުން ދެއެވެ. ހާސްކަމާއި ކަންބޮޑުވުމާއި އެކު މޫނުގައި އަތް އުނގުޅާލިއެވެ. ހަފީޒާ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަން ނުދިނަސް ސާރާގެ ކޮންމެ ބަހަކުން މީހާ ދެރަވާ ގޮތް ވާންފެށިއެވެ. އެހެންނަމަވެސް ނޫން ކަމަށް ހަދާލުމަށްފަހު އެތަނުން ތެދުވެ ކޮޓަރިއަށް ވަނެވެ.

ސާރާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ފޯނާ ކުޅެމުން ހޮސްޕިޓަލް އިން ނުކުތްތަނުން މީހަަކު ކުރިމައްޗަށް އެރުމުން އެއްފަރާތަކަށް ޖެހުނެވެ. ސާރާ އެއް ފަރާތަކަށް ޖެހުމުން އެމީހާވެސް ސާރާ ޖެހުނު ފަރާތަށް ޖެހުނެވެ. ސާރާ އަނެއްކާވެސް އަނެއް ފަރާތަށް ޖެހުނެވެ. ޖެހުމާއެކު އެމީހާވެސް ޖެހުނެވެ. ސާރާ ހައިރާންވެ ހުރެ ކުރިއަށް ބަލާލިއެވެ. އެއާއެކު ސާރާގެ ދެލޯ ދިޔައީ ބޮޑުވެ, މީހާ ރޫ ރޫ އަޅައިގެންނެވެ. މާޒީގެ ސޮފްހާތަށް ކުރިމަތީގައި ހުޅުވެމުން ދިޔައެވެ. އިސާހިތަކު ދެލޯ ފެންކަޅިވެ ގައިން އޮށްދާ ހިއްލަން ފެށުނެވެ. އެމީހާގެ ކިބައިން ސަަލާމަތް ކުރައްވާތޯ ދުޢާ ކުރެވުނީ ގަތްފާވާ ބިރެއްގެ ބޮޑު ކަމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 11

Next

އެނގުމެއްނެތި…5

Next
December 25, 2018

އެނގުމެއްނެތި…5

Previews
December 25, 2018

ވިންދޭ ލޯބި ތީ އެދޭ 11

47 Comments!

  1. Beryl Stone says:
    December 25, 2018 at 5:36 pm

    Me first dhw ???????vrh vrh furihama mi prt vx ???????Whn nxt???curiously waitinn ???

  2. Sh@_n@ says:
    December 25, 2018 at 5:42 pm

    Yeyyy☺☺☺. Finally up vehje, hurihaa kudhin kiyaalaafa comment kohlahchey????❤

  3. nunnu says:
    December 25, 2018 at 6:16 pm

    yayyyy.. me first

    1. Sh@_n@ says:
      December 25, 2018 at 6:26 pm

      Yesss. Ur first nunnu. ❤❤❤

  4. Nasha says:
    December 25, 2018 at 6:41 pm

    Wow when nxt part

    1. Sh@_n@ says:
      December 25, 2018 at 6:42 pm

      ??? ????

  5. Adhy says:
    December 25, 2018 at 6:55 pm

    Vrh salhi interesting waitin for next part, vaahaka upp vaane dhuvahen bunela dhiniyya vrh happy vaane ❤️❤️

    1. Sh@_n@ says:
      December 25, 2018 at 7:20 pm

      Thank you so much adhy. Insha allah Thursday nightah balamaa

  6. Cute Lips says:
    December 25, 2018 at 6:55 pm

    Wow…. V salhi???ekm kaaku fenunyma saara birun oh dhaahihlan feshy???.. Eyaky saara yah gadha kamun behen ulhn meehaa gandu tha???

    1. Sh@_n@ says:
      December 25, 2018 at 7:21 pm

      Let’s see dear❤?❤?❤

  7. Naju says:
    December 25, 2018 at 7:08 pm

    What naufal tha…. anyways story is awesome ingey hama n vvv touching mi partvx

    1. Sh@_n@ says:
      December 25, 2018 at 11:15 pm

      Thanx naju

  8. Xuam says:
    December 25, 2018 at 7:11 pm

    Wow…. Varah varah reethi…

    1. Sh@_n@ says:
      December 25, 2018 at 7:22 pm

      Thanx xuam

  9. Sanu says:
    December 25, 2018 at 7:26 pm

    Wow v reethi ??

    1. Sh@_n@ says:
      December 25, 2018 at 7:31 pm

      Thanx sanu??❤

  10. javaa says:
    December 25, 2018 at 7:27 pm

    mashaa allah nice ☺???

    1. Sh@_n@ says:
      December 25, 2018 at 7:32 pm

      Thanx javaaa???????

  11. Niz nizu says:
    December 25, 2018 at 8:23 pm

    Eyy nauha dhw

    1. Sh@_n@ says:
      December 25, 2018 at 9:52 pm

      Let’s see dear

  12. Sis says:
    December 25, 2018 at 8:40 pm

    Wow shana sis.. ? heekuri varah vure avahah up thi kuri.. ? Mi part vx hama varah reethi ingey.. ?? An end to their depressions.. ? but nimey thanun Sara aa dhimaa V Kaaku baa? ? Nauha tha??? Anyway good luck with the next part shana sis ? and the story you are gonna start after this one.. ? I don’t think I commented on that but it sounds amazing.. ???? #DESPERATELY IN WAITING ❤️❤️❤️

    1. Sh@_n@ says:
      December 25, 2018 at 9:55 pm

      Thank you so much sis. Why sis can’t comment that story?

  13. shaashaa says:
    December 25, 2018 at 8:54 pm

    wow mi partvex v.reethi when next part

    1. Sh@_n@ says:
      December 25, 2018 at 9:56 pm

      Thank you so much dear

  14. Reader? says:
    December 25, 2018 at 10:15 pm

    Mi prt vx varah intresting….waiting 4 the nxt prt
    ❤❤❤❤

    1. Sh@_n@ says:
      December 25, 2018 at 10:40 pm

      Thanx dear

  15. Fathimath says:
    December 25, 2018 at 10:52 pm

    Vara shali thikahala rythi vaahaka thah up kuraathy vara ufaavey thank Sh@n@

    1. Sh@_n@ says:
      December 26, 2018 at 9:24 am

      Thank you dear????

  16. Anonymous says:
    December 26, 2018 at 2:03 am

    Heyonuvaane shaana.. Ibilees ah maafukoddhy.. Mihaaru visnijje.. Ibilees thaubaa vaanan.. Ibilees ah egothah bunevunyma dheravejje.. Meevx insieh.. So v do make mistakes.. Shaanoo dhooni sorry ngey.. Aslu mi story hama vrh vrh nice.. Reethikamun dhefaharuvx kiyaalevey… Keep it up dear.. Insha allah u can improve it a lot… Ibilees vx dhn ehaa goaheh noon ngey. Kurin egothah comment kurevuny nuvisneythy.. Adhivx effaharu maafah edhen

  17. Ibilees says:
    December 26, 2018 at 2:04 am

    Heyonuvaane shaana.. Ibilees ah maafukoddhy.. Mihaaru visnijje.. Ibilees thaubaa vaanan.. Ibilees ah egothah bunevunyma dheravejje.. Meevx insieh.. So v do make mistakes.. Shaanoo dhooni sorry ngey.. Aslu mi story hama vrh vrh nice.. Reethikamun dhefaharuvx kiyaalevey… Keep it up dear.. Insha allah u can improve it a lot… Ibilees vx dhn ehaa goaheh noon ngey. Kurin egothah comment kurevuny nuvisneythy.. Adhivx effaharu maafah edhen

  18. kithaab says:
    December 26, 2018 at 9:32 am

    Naufal tha anekka..ayyoa hama konmeves myhaku edheythere ah annan jeheytha ;( waiting for the next part.lovely story <3

    1. Sh@_n@ says:
      December 26, 2018 at 9:48 am

      Thanx dear. Let’s see?❤??

  19. Sis says:
    December 26, 2018 at 9:53 am

    Nuney e ee e story ah adhi comment eh nukurevi othy ekam hama asluves trailer varah varah reethi ingey ?????.. Ehn ve e vaahaka buneli shana sis kairi.. Hehe ?

    1. Sh@_n@ says:
      December 26, 2018 at 10:46 am

      Thank you so much sis. ????

  20. CU says:
    December 27, 2018 at 4:19 am

    maai kalaako saara men rashu partey thoaccheh e ery kuri macchah
    abadhu kommes eh kameh vefa mihunnany
    poor saara ?
    kyh kuraany dhuuunie miii dhuniye. komme kamakaa ves hiyvaraa eku kuri mathi laathi. thy mihaaru huri gas ves kamaky
    shaana this story. hama the best among all. varah furihama v rythi
    bayaku muni fuuuhi filuvadheyn shaana thi kuraa masakkai mihaaru dhiriulhumuga ves hifaifi
    thank you so much
    thank you
    thank you
    ❤❤❤❤❤❤❤❤❤❤❤❤

  21. NAIRA says:
    December 27, 2018 at 11:57 pm

    Hey shana!
    When next?? Shana bunee mahnu thursday night ey..so, mihaaru up kohllee tha.. Alheyy.. Im waiting nunidhaa hure..hama hilaa nai nunidhaanan story up nuvanees.. Insha allah

  22. Adhy says:
    December 28, 2018 at 2:37 pm

    Shana i’m still waiting ??

  23. Aki says:
    December 28, 2018 at 3:28 pm

    alhey koba tha vaahaka avahah up kohla dheebaa

  24. Still waiting says:
    December 28, 2018 at 11:31 pm

    Shaanoo!dhooniiii ahavah up kohlla eirun readers ufaavaani..hehe..plzz

  25. waiting says:
    December 29, 2018 at 1:15 pm

    koba story next part
    waiting…..

  26. Sh@_n@ says:
    December 29, 2018 at 7:33 pm

    Dear readers. Sry lasvi Kamah takaa, mihaaru in naane fonuvaafa

  27. Niha says:
    December 29, 2018 at 7:52 pm

    Okay.. thank u shaana ???❤❤❤

  28. Ibilees says:
    December 29, 2018 at 11:48 pm

    Shaana ibilees ah maafeh nukuraanan tha? ☹️☹️? Sorry ey..

  29. Sh@_n@ says:
    December 30, 2018 at 8:34 am

    Dear readers, fahun up kuri part kuruvaane ingey, dhen othy last part. E part dhigu vaane, inthizaaru kuraathi ingey

  30. Heyoedhey says:
    December 30, 2018 at 10:33 am

    Haadha foni shaanaa ekey dhw mee. Dhn maa molhah vaahaka liyan engunakas meehaku maafah edhenyaa maaf dhinun dhw reethi gothaky.. Vaahaka reethikuran maaf dhenyey kiyas thee real life ga ekahala aadhathah gengulhey meeheh noon kan ingijje.. Adhivx bunelan othy shaana age next story ah good luck ey. N mi story vx hama v nice ey❣️ bt I hate ur type.

    1. Kudhu says:
      December 30, 2018 at 1:05 pm

      Komme age akas badinge hunnane egoi

  31. Haii says:
    December 30, 2018 at 10:42 am

    Ekam dhen thi dhekey goii hithuga baavvabala “HEYOEDHEY” shaanaa ves onnaany hitheh thimaa meehaa aa dhimaalah ehchekey thigothah ehcheh bunyma hama asaru kuraane

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34←


All Right Reserved!