
ހުވަފެނުގެ ރާނީ 17
1 ފެބްރުއަރީ 2019
ސާރާ ދުވެފައި އައީ ޑްރައިވަރ ނިކަތު ރޯ ވާހަކަ ބުނުމުންނެވެ. މީހަކު ނިކަތު ގެންދިޔައީ ކަމުގައި ބުނުމުން އޭނާ ބިރުގަތީއެވެ. ޝައްމޫން ބަލަމުން ދިޔައީ ނިކަތު އެހެން އިނދެ ރޯތީއެވެ. ނަމަވެސް ނިކަތު ނޫންކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. އޭނާ ބަލަން ބޭނުންވީ އެއެކެވެ. އޭނާހެ ނިކަތުއަކީ އެހައި ވަރަށް މަޑުން އިންނަ ކުއްޖެވެ. ނަމަވެސް ރުކާޔަތަކީ އަބަދުވެސް ބުނަން ބޭނުންވާ އެއްޗެއް މީހުނާއި ދިމާލަށް ބުނާ ކުއްޖެކެވެ. ސާރާއައިސް ނިކަތުގެ ކޮނޑުގައި އަތް އަޅުވާލަމުން ނިކަތު ކޮޅަށް ނެގިއެވެ. އޭރު ކައިރިން ދިޔަ މީހުންވެސް ނިކަތުއަށް ބަލަމުން ދިޔައެވެ. އެއްވެސް މީހަކަށް ވާނުވާ ނޭނގުނު ނަމަވެސް ނިކަތު އަޑުން އަޑު ނަގައި ރޮމުން އެގެންދަނީ ކޮންމެވެސް ތަނަކަށް ތަދުވާތީކަން އެނގޭ ކަހަލައެވެ. ޑްރައިވަރ ނިކަތު ކާރަށް ލުމުން ސާރާއައިސް ހުއްޓުނީ ޝައްމޫން ކުރިމަތީގައެވެ. އަދި އަތް ދަމާލާފައި ޝައްމޫންގެ މޫނުގައި ޖަހާލިއެވެ.
މޫނުގައި އަތް ފިރުމާލި ޝަންމޫނު ބަލާލި ހީވަނީ އެޖެހުމުން އޭނާއަށް އެއްވެސް ތަދެއް ނުވާހެންނެވެ. ސާރާ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ހީވަނީ ކޮންމެވެސް ކަމެއްގެ ޝަކުވާ ކުރާހެންނެވެ. އެތަނުން ދުރަށް ސާރާ ހިނގައިގަތީ ޝައްމޫން ވާހަކަ ދައްކާނެ ފުރުސަތެއް ނުދީއެވެ. ޝައްމޫނަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ހިނގާފައި އައިސް ކާރު ކައިރީގައި މަޑުކޮއްލުމުން ސާރާ އަތުގެ އިޝާރާތުން ބުނީ ނިކަތު ގެންދިޔުމަށެވެ. ޑްރައިވަރ ކާރު ސްޓާޓް ކޮއްލަމުން އަނެއް މަގަށް އަޅައި ދުއްވައިލިއެވެ.
“ޝައްމޫން ކިހިނެއް ވެގެން ތިއުޅެނީ….” ރުޅި މަޑުކުރަމުން އެހެން ބުނި ސާރާގެ އަޑި ނިކުތީ ފުދޭ ވަރަކަށް މަޑުންނެވެ.
“އަހަރެން ހީކުރީ ސާރާމެންނަށް ރުކޫދެކެ ލޯބިވާ ކަމަށް…” ސާރާ ކުއްލިއަކަށް ބަލާލީ ޝައްމޫން ރުކޫއޭ ބުނުމުންނެވެ. މިހާރަކަށް އައިސް ނިކަތު ދޭތެރެއަކުން ރުކާޔަތޭ ބުނެއެވެ.
“އަހަރެން ނިކަތުދެކެ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ލޯބިވޭ… ރުކޫއޭ… ޝައްމޫން ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔާފަ އަހަރެންގެ ނިކޫގެ ބޮލަށް އެރެން ދޯ…” ސާރާ ހިިޔާލުތަކުން މިންޖުވަމުން ބުނެލިއެވެ.
“އެއީ އަހަރެންގެ ރުކޫ… އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ބުނިންދޯ އެއީ ރުކޫއޭ..ކީއްވެތަ ސާރާއާއި ނިޝާން ޤަބޫލު ނުކުރެވެނީ…” ޝައްމޫން ކުރިއަށް ޖެހެލަމުން އެހެން ބުނެލިއެބެ. ނަމަވެސް ސާރާ އަތުގެ އިޝާރާތުން މަނާކޮއްލުމުން އިތުރަށް އެއްޗެކޭއެއް ނުބުނެއެވެ.
“ބުނަން ފުރަތަމަ ދުވަހުވެސް ކުއްޖާ ދޫކޮށްފަ ދިޔައީ ޝައްމޫން.. އެދުވަހު ވަރުހުރި އަވަހަށް ހޮސްޕިޓަލުން ނިކުމެގެން ދާން… މިހާރު ކިހިނެއް ވެގެން ތިއުޅެނީ..” ސާރާ ކުރިއަށް ޖެހިލާފައި މަޑުމަޑުން ބުނެލިއެވެ. ހީވަނީ ދެންމެ ދެންމެ ޝައްމޫންގެ ލޯ ނަގައި ފާނެ ހެންނެވެ.
“އަހަރެން ދިޔައީ އެތަން ދެކެން ބޭނުން ނުވާތީ.. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނު ވަރުން… އެހެން ނޫނަސް ރުކޫ ބޭނުމެއް ނުވާނެ އަހަރެންނާއެކު އުޅޭކަށް” ޝައްމޫން އެހެން ބުނެފައި ހިނގައިގަތީ ސާރާއާއި ދުރަށެވެ. ސާރާ އެކުރިންވެސް އިން ފިޔަވަޅު މަތީގައި އިނދެފައި ނިތުގައި އިނގިލިތަށް ޖައްސާލިއެވެ.
ގެއަށް ވަދެވުނު އިރުގައި ނިކަތުގެ ރުއިން ހުއްޓި ނޭވާ ހަމައަކަށް އެޅިއްޖެއެވެ. އަމްރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާދެކެ ރުޅި އަންނަނީ ކީއްވެކަން މިއަދު ނިކަތުއަށް އެނގިއްޖެއެވެ. ޝައްމޫންއާއި ހެދި ޅަ އުމުރުގައި މަންމަގެ ލޯބިން މަހްރޫމު ވުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ. ނިކަތު ލޮލުގައިވި ކަރުނަތަށް ފުހެލަމުން އީމާނާއަށް ގުޅާލިއެވެ. އީމާނާއަށް ގުޅަން މަސައްކަތް ކުރާތާ އިން ވަރަކަށް ދުވަސް ވެއްޖެއެވެ. ނަމަވެސް އަބަގުވެސް އީމާނާގެ ފޯނު އޮންނާނީ ނިއްވާލާފައެވެ. ލޯ ފުހެލަމުން އަނެއްކާވެސް ނިކަތު ގުޅާލިއެވެ. އޭނާ އީމާނާ ކައިރީގައި އަހަން ބޭނުންވި ބައިވަރު ވާހަކަ އެބަހުރިއެވެ. ފޯނު އެނދު މައްޗަށް ހޫރާލަމުން ނިކަތު ފާހާނައަށް ވަނެވެ.
ނިޝާން އައިސް އެކޮޓަރިއަށް ވަނީ ނިކަތު ވާހަކަ ފޮތެއް ކިޔަން އިންދައެވެ. ނިޝާން ފެނުމާއެކު ނިކަތު ވަގުތުން ކޮޅަށް ތެދުވެއްޖެއެވެ. އަބަދުވެސް ސާރާއަށް ނުހުންނަ ކުލުނަކާއި ލޯތްބެއް، ނިޝާންއާއިމެދު ނިކަތުގެ ހިތުގައި ވެއެވެ. ނަމަވެސް މިއަދު އޭނާގެ ލޮލަށް މިތެތްކަން މި އިހްސާސް ކުރެވުނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ބައްޕައަކީ އެހެން މީހެއްކަން އެނގުމުން ހެއްޔެވެ؟ މުނި އުމުރު އުޅެ ބޮޑުވި އާއިލާއަކީ އޭނާހެ އަމިއްލަ ބައެއް ނޫންކްނ އެނގުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ. ނިޝާން ކުރިމައްޗަށް ހުއްޓެމުން ނިކަތުގެ ބޮލުގައި އައްޖައްސާލިއެވެ. އެންމެ ފުރަތަމަ އެބޮލުގައި އަތް ޖައްސާލި ހެންނެވެ. ގިސްލެވުނު ނިކަތު އިސްޖަހާލަމުން ދެލޯ މަރާ ބާރު ކޮއްލިއެވެ. ނިޝާން ހިންދިރުވާލީ ނިކަތުއަށް ކޮންމެވެސް ކަމެއް ހަނދާން ވެއްޖެކަން އެނގުމުންނެވެ. ނިކަތު ނުބުނި ނަމަވެސް ނިކަތުގެ އުޅުމުން ނިޝާންއަށް އެކަން ފާހަގަވާތާ ކިތަންމެ ދުވަހެކެވެ. އަދި ސާރާ ނިކަތު ރުކާޔަތު ނަން ބުންޏޭ ބުނުމުން ނިޝާންއަށް ބޮޑަށް ޔަޤީން ވިއެވެ.
“ބައްޕާ…” ލޮލުގައިވި ކަރުނަތަށް ފުހެލަމުން ނިކަތު ހިނިތުންވެލިއެވެ. އޭނާ އަހަން ބޭނުންވި ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރަން ބޭނުންވި އެތަށް ސުވާލެއް އެބަހުއްޓެވެ. ނަމަވެސް މިއަދު އޭނާއަށް ފައްޓާނެ ކޮޅެއް ނޭނގުނެވެ. ނިކަތުއަށް އިސް ޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.
“ބައްޕައަކީ ކާކުހޭ ތަ ސުވާލު ކުރަން ބޭނުމީ؟ ނިކޫ ހަނދާން އެބަހުރިތަ؟…” ނިޝާން އެހެން އަހާލަމުން ނިކަތު ބޯ ޖަހާލިއެވެ. އަދި ފަހަތަށް ޖެހިލަމުން ކައިރީގައި ހުރި ސޯފާގައި އިށީނެވެ. ނިޝާންގެ މޫނަށް ބަލާލަމުން ނިކަތު ހިނިތުން ވެލިއެވެ. އެ ހިނިތުން ވުމުގައިވި ވޭނާއި ކެކުޅުން ނިޝާންއަށް އެނގުނެވެ.
“ޝައްމޫން.. އެއީ ދޯ އަޅުގަނޑުގެ ބައްޕައަކީ…” ނިކަތު އެހެން ބުނެލީ ލަދުން ހުރެއެވެ. ތިރިއަށް ބަލަންއިން ނިކަތުގެ ލޯމަތިން އަދިވެސް ޝައްމޫންއާއި އީމާނާ އެކުގައި ފެންނަ ފަދައެވެ.
“ނިކޫ.. ނިކޫއަށް އަށްހއަހަރުގައި ބައްޕަ ނިކޫ އެޑޮޕްޓް ކުރީ… ނިކޫގެ ބއަސްލު ބައްޕަގެވެސް ރުހުމުގަ..” ނިޝާން ވާހަކަ ދައްކަން އުނދަގޫ ވެގެން ދުރަށް ބަލާލިއެވެ. މިހުރިހާ އަހަރު އޭނާ ތައްޔާރު ވަމުންއައީ މިވާހަކަ ނިކަތުއާއި ދައްކާށެވެ. ނަމަވެސް މިއަދު އޭނާގެ ދުލަކަށް ބަހެއްވެސް ނައެވެ.
“ތަޝްކީލް… އެނގޭތަ ކާކުކަން ތަޝްކީލްއާއި ރުކާޔަތު މަ..”
“ކޮން ތަޝްކީލްއެއް ބައްޕާ…” ބުމަކައިރިވެގެން ދިޔަ ނިޝާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނިޝާން ހީކުރީ ނިކަތުއަށް ހުރިހާ އެއްޗެއް ހަނދާން ހުންނާނެ ކަމަށެވެ.
“ތަޝްކީލްގެ ނަމެއް ހަނދާން ހުރޭ އަޅުގަނޑު އެކަމަކު ސީދާއެއީ ކާކުކަމެއް ނޭނގެ…” ނިކަތު ވިސްނަމުން ބުނެލިއެވެ. އެކަން ހަނދާން ކުރާ ކޮންމެފަހަރަކު ބޮލަށް ތަދުވާކަމަށް ބުނެލުމުން ނިޝާން ބާރެއް ނޭޅިއެވެ.
“ތަޝްކީލްއެއީ ކުރިން ބައްޕަ މެރީ ކުރަން ހަމަ ޖެހިފައި އޮތް އަންހެނެއް.. ވަރަށް ރީތިވާނެ.. އޭނާއަށް ލިބުނީ އެއްމާބަނޑު ދެ އަންހެންކުދިން.. ހަމަ އެހައިރީތި ދެކުދިން… ހަމަ ނިކޫ ކަހަލަގެ މާޝާ ﷲ…” ތަޝްކީލް މަތިން ހަނދާންވުމުން ނިޝާން ބުނެލިއެވެ.
ނިކަތު އެއްޗެކޭއެއް ނުބުނެއެވެ. ނިޝާން ވާހަކަ ދައްކަން ހުރެފައި އެތަނުން ނިކުތީ އަމްރު ގުޅަން ފެށުމުންނެވެ. ނިކަތު ކައިރީގައި އަރާމް ކުރަން ބުނެފައި އޭނާ ނިކުމެލީ ބޭރަށެވެ. މިހުރިހާ ދުވަހު އޭނާ މަޑުކޮށްގެން ހުރީ އޭނާއަށް ނުނިންމުނު ކޭސް ނިންމާށެވެ. ނަމަވެސް އަދިވެސް ވަގުތު ނުޖެހެއެވެ. އަމްރު މަތިން ހަނދާންވުމުން ނިޝާން ޖީބަށް ފޯނުލަމުން ބޭރަށް ހިނގައި ގަނެއްޖެއެވެ. ފޯނު ކަންފަތުގައި ޖަހާލަމުން ނިޝާން ހިނގައިގަތީ ޝަހީދު އާދަން ބިލްޑިންއާއި ދިމާލަށެވެ. ނިޝާން އެތެރެއަށް ވަދެގެންއައިސް އަމްރުއަށް ކުރިމަތި ލަމުން އިށީނެވެ. ދެމީހުންވެގެން ހިގައިގަތީ ބޭރަށެވެ.
ގޮނޑުދޮށުގައި އެއްވެފައި ތިބި މީހުން އެމީހުންގެ ފޯނުން ފޮޓޮ ނަގަމުން ދިޔައިރު އަދިވެސް ނިޝާންއަަކަށް މިވެގެން އުޅޭ ގޮތެއް ނޭނގެއެވެ. އަމްރުއޭނާ އެތަނަށް ގެނައި ކީއްވެ ކަމެއްވެސް ނޭނގެއެވެ. އެތަނަށް އެއްވެފައި ތިބިމީހުންގެ މޫނަށް އަރާފައިވާ ކުލަތަކުން ނިޝާން ކުރިއަށް އަވަހަށް ދާންބޭނުންވިއެވެ. އެއީ މީގެ ސޯޅަ އަހަރުކުރިން މީހުންތަކެއްގެ މޫނުން ފެނުނު ބިރުވެރި ކަމާއި ހައިރާން ކަމެވެ. ވިލިގިލީގެ ގޮނޑުދޮށުގައި މޫދަށް އެރެން އައިސް ތިބި މައިންތިބީ އެމީހުންގެ ދަރިން މޫދަށް ފޮނުވަން ބިރުންނެވެ. ބޮޑަށް މޫދާއި ކައިރިވާ ވަރަކަށް ދުވަންފެށި ކުނިވަހުން ނިޝާންއަށް މަޖުބޫރުވީ ނޭފަތުގައި އަތް އަޅާށެވެ. ޖީބުގައި އޮތް ރުމާ ނަގައި ނޭފަތުގައި ޖައްސާލިއެވެ. އެތަށް ދުވަހެއް ފަހުން އަނެއްކާވެސް ނިޝާންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ދުރުގައި ގޮސް ހުއްޓުނު އަމްރު ދެފިޔަވަޅެއް ފަހަތަށް ޖެހުނުތަން ފެނުމުން ނިޝާން މީހުންގަނޑުގެ ތެރެއިން ނިކުމެގެން އަވަސް އައިސް ހުއްޓިއްޖެއެވެ. އަނގައިން މަޑު އާހެއް ނިކުތް ނިޝާން ބަލާލީ އަމްރުގެ މޫނަށެެވެ.
ދޮންވެލިގަނޑުގެ މަތީގައި އޮތް އަންހެން މީހާގެ ފެނުނު ހިނދު އެހިތުގައި މަޑޫ ރިހުމެއް އުފެދުނެވެ. އޭނާނަށް ސިފަވީ މީގެ އެތަށް އަހަރެން ކުރިން ތަޝްކީލްގެ ހަށިގަނޑެވެ. ތަފާތަކީ މިއަންހެންމީހާގައި އެންމެ އަންނައުނެއްގެ ހިސާބުވެސް ނެތްކަމެވެ. ނިޝާން ވަގުތުން އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަށް ފެނުމުން އަމްރުވެސް ބަލާލަމުން އަވަހަށް ލައިގެން ހުރި ޓީޝާޓު ބައިލައިފިއެވެ. އޭރު ޕޮލިހުން އެތަނުން މީހުންގަނޑު ދުރުކުރަނީއެވެ. މަރުވެފައި އޮތް ނަމަވެސް މީހުން ބަލަނީ ފޮޓޯ ނެގޭތޯއެވެ. އެމީހާގެ އޮރިޔާން ހާލު ނިވާ ކުރެވޭތޯއެއް ނޫނެވެ. ނިޝާން ބޭލި ގަމީސް އެއަންހެންމީހާގެ ކަރުން ފަށައިގެން ތިރި ނިވާކޮއްލިއެވެ. އަމްރު ލައިގެން ހުރި ޓީޝާޓް އަޅައިލީ އެމީހާގެ ބަނޑާއި ހިސާބުންނެވެ. ދުރުގައި ތިބި ދެޕޮލިހުން މީހުން އެތަނުން އާދައިގެ ޓީޝާޓެއް ގެނެސް ދިނުމުން ދެމީހުން އެލައިފިއެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.
އަމްރު ބަލައިލީ އެއަންހެން މީހާގެ ޗަސްވެފައިވާ މޫނަށެވެ. ނޭނގޭ ވަރަށް ޗަސްވެފައިވާ އެމޫނަށް ބަލަން އިންއިރު ހީވަނީ އޭނާ ދަންނަ މީހެއް ހެންނެވެ. އަމްރު ބަސްމަދުވެފައިވާތަން ފެނުމުން ނިޝާން އައިސް އަމްރުގެ ކޮނޑުގައި ޖަހާލަމުން ހަމަޖެހުމަށް ބުނެލިއެވެ. ކުރިންވެސް އަމްރުއަށް މީހުން މަރާލެވިފައިވާ ތަން ފެނެއެވެ. ނަމަވެސް މިހެނެއް ނޫނެވެ. މިހައި ރަހުމު ކުޑައެއް ނޫން ކަންނޭނގެއެވެ.
“ކާކު މިކަހަލަ ކަމެއް ކުރާނީ؟..” ފުންކޮށް ނޭވާއެއް ލަމުން އަމްރު ބުނެލިއެެވެ. އަދިވެސް އަމްރު ބަލަހައްޓައިގެން ހުރީ އެމީހާގެ ޗަސްވެފައިވާ މޫނަށެވެ.
“އިންސާނެއް ނޫންކަން އެނގެނީ…” ނިޝާން އެހެން ބުނުމުން އެންމެވެސް ބޯޖަހާލިއެވެ. އަންގި މަހާލަމުން ދެމީހުންވެސް އިށީނީ ހަށިގަނޑުގެ އެކި ހިސާބު ބަލާލުމަށެވެ.
“ވަރަށް ބޮޑަށް ހަލާކު ކޮއްލާފައެއްނު މިހިރީ.. ލުކް..” އަމްރު އެއަންހެންމީހާގެ އަތުން ބިނދިގެން ނިކުމެފައިވާ ކަށިގަނޑު ދައްކާލަމުން ބުނެލިއެވެ. މުނި ގަޔަށްހެން މިހާރު އަރާފައިވަނީ ކަޅު ފާޑެއްގެ ކުލައެކެވެ.
“މިތާކު ނޫން މިމީހާ މަރާލީއެއް.. ލުކް މިސާލަކަށް މިތަނުގައި މަރާލައިފަ އޮތިއްޔާ މާގިނައިން ލޭ ހުންނާނެ… ބުރައިގެންވެސް ގޮސްފަ.. ކައިރީ ގަހެއްގަވެސް ނެތް.. އިޓްސް ސްޓޭޖްޑް…” އަމްރު ކޮޅަށް ތެދުވެ ދުރު ބަލަން ހުރެފައި ނިކަތުއަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ.
“ކިއްކުރަން ނިކޫއަށް ތިގުޅީ؟…” ނިޝާން އަވަހަކާއި އަހާލިއެވެ.
“ނިކަތުއަށް ބޮޑަށް ކިޔައިދޭން އިނގޭނެ…” އަމްރުގެ ޖަވާބު ކުރެވެ. މާކަ ގިނަ އިރެއްނުވެ ފެނުނީ އެތަނަށް ނިކަތު އައި ތަނެވެ. ގާތްގަނޑަކަށް ވާނީ ތިރީހަކަށް މިނެޓެވެ. އެންމެން ތެރެއިން އައިސް ކާޑު ދައްކާލުމުން އެތަނަށް ނިކަތު ވައްދައިފިއެވެ. ކުރިއާއި ބަލާފައި މިހާރު އެތަނުން މީހުން ވަރަށް މަދެވެ.
“ޔެސް…” ބަނޑާއިއެކު އެތަނަށް އައިސް ހުއްޓެމުން ނިކަތު އެމީހާގެ ގައިމަތިން ގަމީސް ނެގުމަށް ބުނެލިއެވެ. އަމްރު ގުދުވެލައފި މަޑުމަޑުން ގަމީސް ހިއްލާލިއެވެ.
“އަމް..” އެއްޗެކޭ ބުނަން އުޅެފައިވެސް ނިކަތުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މީހުން މިހައި ރަހުމު ކުޑަ ވެދާނެ ހެއްޔެވެ. އުނދަގުލުން ވެލިގަނޑުމަތީގައި ކަކޫ ޖައްސާލަމުން ނިކަތު ގުދުވެލިއެވެ.
“ބްލީޗް ވަހެއް ނުދުވާތަ…” ނިކަތު އެހެން ބުނުމުން ނިޝާންއާއި އަމްރުވެސް ކުޑަކޮށް ގުދުވީ އެމީހާގެ އިސްތަށިގަނޑާއި ދިމާލަށެވެ. ތެދެކެވެ. އެމީހާގެ އިސްތަށިގަނޑުން ވަރަށް ބްލީޗްވަސް ދުވައެވެ.
“ޝީ ވޮޒޮންޓް މަރޑަޑް ހިއަރ…” ނިކަތު އެހެން ބުނުމުން އަމްރު ކުޑަކޮށް ހިނިތުން ވެލިއެވެ. އޭނާއަށްވެސް ފުރަތަމަ ހީވީ އެހެންނެވެ.
“އެއީ ކީއްވެ…” ނިކަތު އާއި ދިމާލަށް ބަލާލަމުން ނިޝާން ލީ ހަނި ކޮއްލި ގޮތުން ނިކަތު ހީލިއެވެ.
“މިކަންކުރި މީހަކު ބޭނުންވަނީ މިމީހާ މީހުންގެ ކުރިމަތީގައި ފަލީހަތް ކުރަން… ހަޑިކޮށް ބުނަންޏާ އޮރިޔާން ކުރަން.. އެމީހާ ބޭނުންނަމަ ހަމަ މަރާލާފަ މޫދަށްވެސް ދޫކޮށްލަންވީ.. އެކަމަކު ބަލާބަ މީހުންގިނަ ހިސާބަކަށް، ހަމަ ގައިމުވެސް މީހުނަށް ފެންނާނެ ހިސާބަކަށް ގެނެސް ލައިފަ މިއޮތީ…” ނިކަތު އެމީހާގެ ހަށިގަނޑަށް ބަލަންހުރެ ބުނެލިއެވެ. މިމީހާ މިފަދަ ގޮތަކަށް މިމަރާލީ އެއަންހެމް މީހާއަށް ކޮން ގޯސް ކަމެއް ކުރެވިގެން ހެއްޔެވެ؟
“ލުކް ޝީ ޑަންޓް ހޭވް އެނީ ޖުވެލަރީސް… އެކަމް އަޅާފަ އެބަހުރިނު…” ނިކަތު ދެން އިޝާރާތް ކޮއްލީ އެމީހާގެ ހުރުވެފައިވާ އިނގިލީގެ ބުޑަށެވެ. ގިނަ ދުވަހު އަނގޮއްޓި އެޅުމުން ހުންނަފަދަ ނިޝާނެއް އެމީހާގެ އިނގިޅީގައިވެސް ހުއްޓެވެ.
ވާހަކަ ނުދަައްކައި ހުރި ނިޝާނަށް މދަރިފުޅުގެ މޫނަށް ބެލެމުން ދިޔައީ ފަހުރުވެރިކަމާއި އެކުގައެވެ. ނަމަވެސް މިހެން ކޭސްތައް ނިންމަން އޭނާގެ ދަރިފުޅު ނެރޭކަށް ނިޝާން ބޭނުމެއް ނުވެއެވެ. މާދަމާ ކޮންމެވެސް ގޭންގް އެއް އެދަރިފުޅު މަރަން އިންޒާރު ދީފާނެއެވެ. މިރާއްޖޭގެ ހަލާކަކީ އެއީއެވެ. ކިޔަވައިގެން އަންނަ ކުއްޖާ ތަނުގައި ހުރި ގޯސްކަންތައް ދެއްކުމުން އެކުއްޖާ މަރައިލަނީއެވެ. ހިޔާލު ތަކުން މިންޖުވި ނިޝާން އައިސް ބުނެލީ ނިކަތު ގެއަށް ދިއުމަށެވެ. ނިކަތުވެސް ބައްޕައާއި ދެބަސް ވާކަށް ނޫޅުނެވެ. އަމްރުއަށް ބަލާލުމުން އަމްރު ހިނިތުންވާން މަސައްކަތް ކޮއްލިއެވެ. ނަމަވެސް ނިކަތު ހުރީ ލޯ ބޮޑު ކޮއްލައިގެންނެވެ.
އަމްރު މާލެއައީ އެމީހުންގެ ޓީމާއިއެކު އެމީހާގެ ހަށިގަނޑު ހިފައިގެންނެވެ. އެދުވަހު ހަމަ އެއްވެސް ވަރަކަށް އަމްރުއަށް ހަމަ ޖެހުމެއް ނުލިބުނެވެ. އަމްރު ބޭނުންވީ މުއާޒް ކައިރިއަށް ދިއުމަށެވެ. އެމީހާގެ ޕޯސްޓްމޮރޓަމް ހެދުމަށް ނިންމީ ޕޮލިހުންނެވެ. މީހާގެ މޫނު ނޭނގުމާއި އަދި އެއްވެސް އައި.ޑީ ކާޑެއްގެ ހިސާބުވެސް ނެތުމުން އެމީހާއަށް އިތުރަށް ވެފައިވާ ގޮތްތައް ޕޮލިހުންނަށް އެނގެން ބޭނުންވިއެވެ. އަމްރުގެ ސިކުނޑި ބަރުވަމުން ދިޔައީ އެންމެ ސުވާލުމުންނެވެ. އެއީ މީގެ ކުރިން ފެނުނު އެތަށް ކަމެއް އެމަރުވެފައިވާ މީހާގެ ހަށިގަނޑުން އަމްރުއަށް ފެނުނެވެ. ނަމަވެސް ދެރައީ ހަނދާނަށް ނައީ ކޮންތަނަކުން ފެނުނު ކަމެވެ. ދެލޮލުގައި އަތް ހާކާލަމުން އަމްރު ގެއަށްވަދެ މިސްރާބު ޖަހާލީ އޭނާގެ ބައްޕަގެ ބަޔާއި ދިމާލަށެވެ. އެޕާރޓްމެންޓް ދޮރާއި ކައިރި ވެލާފައި އަމްރު ދެފަހަރަކު ޓަކި ޖަހާލުމުން އެތެރެއިން ދޮރު ހުޅުވާލިއެވެ. މުއާޒް ހުރީ ކުރު ސޯޓެއް އެކަނި ލައިގެންނެވެ. މުނި ތަނަށް ފެތުރިފައިވަނީ ބްލީޗްވަހެވެ. އެވަހުން އުނދަގޫވި ވަރުން އަމްރު ވަގުތުން ނޭފަތުގައި އަތް އަޅާލިއެވެ.
“ބައްޕަ ކޮންއެއްޗެއް ތި ދޮންނަނީ…” ހީލަމުން އަމްރު އެހެންބުނެ އެތެރެއަށް ހިނގައި ގަނެއްޖެއެވެ. އަދި ވަށައިގެން ބަލާލިއެވެ.
“އެ ދޮވެ ނިމިއްޖެ މިހާރު… ދޮވެ ނިމުނުއިރު މުނިގެ ހަޑިވެފައި ހުރީމަ، މިހާރު ގެ މިސާފު ކުރަނީ…” އަތުގައި އޮތް ބްލީޗް ފުޅީގެ މަތި ބާރުކުރަމުން އެހެން ބުނެލި މުއާޒްގެ އަޑު ގައިވީ ސީރިއަސް ކަމެވެ.
“ހާދަ ބޮޑު އެއްޗެކޭ އެހެންވީއިރު ބައްޕަ ތި ދޮންނަނީ…” އަމްރު ކުރިއަށްވުރއ ބޮޑަށް ހީލަމުން ބުނެލިއެވެ. އޭނާގެ ބައްޕަގެ ސަކަރާތުގައި ބައިވެރިވާން ބޭނުންވީއެވެ.
“ހަމަ ގޭތެރެ ހަޑި ވެގެން މިއުޅެނީ… މިގަޑީގައި ގޭގަ ހުރީ ބްލީޗް އެހެން ބައްޕަ މިބޭނުން ކުރަނީ..” ބްލީޗްފުޅި ސިންކުގެ ތިރީގެ ކަބަޑަށް ކޮއްޕާލުމުން ހިންދެމިލިއެވެ.
“ވަރުބަލި ވެއްޖެ… ބައްޕައަށް އެނގޭތަ މިއަދު އެބައޮތެއްނު އަންހެނަކު މަރާލާފަ…” އަމްރު އެހެން ބުނުމުން މުއާޒް އެއްވެސް ސުވާލެއް ނުކުރިއެވެ. އެހެންމީހެއް ނަމަ އަޖައިބުވެގެން އެމީހާއަށް ވީގޮތް ބަލަން އިތުރަށް ސުވާލު ކުރާނެއެވެ. ސޯފާގައި އިށީންނަމުން އަމްރު އަތުން މޫނު ދޮރުވާލިއެވެ.
“އެހެންތަ…” އިރުގަނޑެއްވީ ފަހުން އެންމެ ފަހުން މުއާޒް ބުނެލިއެވެ.
“ކޮބާ ބެއްބެ… ނުވެސް ފެނޭ މިހާރު…” އަމްރު ސޯފާގައި އިށީންނަމުން ބުނެލިއެވެ. މުއާޒް ބުނެލީ މިއަދު ގެއަށް ނާންނަ ކަމުގައެވެ.
“ބައްޕާ… މަންމަގެ ހަބަރެއްވިތަ؟ އަޅުގަނޑު ގުޅާއިރު އަބަދުހެން އޮންނަނީ ފޯނު ނިއްވާލާފަ…” އަމްރު އެހެން ބުނުމުން މުއާޒް ތެޅިގަނެފައި ބަލާލިއެވެ. ސިހުނު ވަރުން އޭނާގެ ތަލިން ކުޅުވެސް ހިކުނު ކަހަލައެވެ.
ނުނިމޭ
9 Comments!
Comments are closed.
alhey vaahaka up vee dho… thanks
Mi muazu imaanaa maraalaigen ulheyhen haadha heeve ey.. Hehe.. vv reethi mi story.. thankolheh avahah up kohdheeba pls
muaaz imaanaa maraaly dhw! hehe imaanaa ah hagygai ingunyma
Muaaz ge kameh dhw.. Eemaanaa hen haadha heeve ey maraalaafa eothy.. This is interesting.. Luv u ninnu
Pls next part avas kolachay
Superb ninu…????
I love the story?????
Vvvvvvvvvvv reeethi mi part was …..?????
Next part soooooooooon??????
eemana aa tashkeel ves maraly muaaz dhw btw tashkeel maraaly meeha egijje tha? konmeves kujjaku javaabudhechey bcox varah dhuvas fahun ima hanndhaan ves nei
Vvvvvvvvvvvvvvvvvvvvvvvvvvvvvv obi mipart vas….
Next part avaskolachay….pls???????????????????????????????????????????????????
Weldone ninue
Waiting for next part??????????????????????????