
“ޒިން.. ވީ ކާންޓް ބީ ޓުގެދަރ.. ” މިޝްޔާ ގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ” މިޝޫ.. ވައި؟؟ ” ޒައިން ހައިރާން ކަމާއި އެކީ އަހާލިއެވެ..
” އައިވިލް ޓެލް ޔޫ އެވްރީ ތިންގް.. ” މިޝްޔާ ލޯ މަރާލާފައި ބުންޏެވެ.
” ކުއްލިއަކަށް އަހަރެން ބަލިވިޔޭނުން ދޯ ފަހަރެއް.. އޭގެ ފަހުން ރަނގަޅުވި ފަހުން ވެސް ބޯ އަނބުރާފަ ހޮޑު ލެވޭ.. ކެއްސަންވެސް ކެއްސާ.. މިހާރު އަދި ކެއްސާ އިރު.. ލް.. ލޭ ވެސް އާދޭ.. ” ހުއްޓަ ހުއްޓަމުން ވަރަށް ހިތްވަރުން މިޝްޔާ ކިޔެވެ. ޒައިން އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާ ޒައިންގެ ތުންފަތުގައި މިޝްޔާ އިނގިލި ޖައްސާލިއެވެ. އަދި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
” އަހަރެން މިވާހަކަ ތައް އެއްވެސް މީހެއް ކައިރީ ނުކިޔަން.. އެކަމަކު އެންމެފަހުން ޒައިން ކައިރީ މި ބުނީ.. އަހަރެން ވަރަށް ސާރޗް ކޮށްފިން.. އައި ތިންކް.. އައި ތިންކް އަހަރެން ބަލީ ހެން.. އެހެންވީމަ.. އެހެންވީމަ މި ބުނީ ވީ ކާންޓް ބީ ޓުގެދަރ އޭ.. ޒިން އަށް އަހަރެންނަށް ވުރެ މާ ރީތި ކުދިން ލިބޭނެ.. އަހަރެން މަރުވާނީ މާދަމާ ކަމެއް ވެސް ނޭނގެ.. އަހަރެން.. ” އެހާ ހިސާބަށް މިޝްޔާ އަށް ބުނެވުން ތަނާ ޒައިން މިޝްޔާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.
” ޝޫޝްޝްޝް.. މިޝޫ ސްޓޮޕް އިޓް.. އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ.. އެންޑް ތިހެން ބުނާކަށް ނުވާނެ ދޯ.. ކިހިނެއް އިނގެނީ އަހަރެން ނޫން ކަމެއް ކުރިން މަރުވާނީ؟ އެއީ މާ ކުރިން ލިޔެވިފަ އޮތް ކަމެއް.. އެކަމެއް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ.. ” ޒައިން ވާހަކަ ދެއްކީ ވިސްނައިދޭ ރާގަކަށެވެ.
” މާދަމާ ދާނީ ދޯ ޑޮކްޓަރަށް ދައްކަން.. އެންޑް އައި ތިންކް އެހާ ގިނަ ދުވަސް ވަންދެން ރައްޓެހި ވެގެން ތިބޭނެ ކަމެއް ނެތް ހެން.. މަންމަމެން ކައިރީ މިވާހަކަ ދައްކަން ވީ އޭނުން ދޯ؟ ” ޒައިން މިޝްޔާ ގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުންޏެވެ.
*****
އެރޭ މިޝްޔާ ވެސް ޒައިން ވެސް ގެޔަށް ދިޔައިރު ތިބީ ވަރަށް އުފަލުން ކަން ގޭގައި ތިބި މީހުންނަށް އިނގުނެވެ. ރޭގަނޑު ނުވައެއް ޖަހާލާއިރެވެ. ފަޒްލާ ދިޔައީ މިޝްޔާ ކާން ބަލައެވެ. ދަނިކޮން ގޭގެ ބެލް ޖެހި އަޑަށް ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. ދޮރު ހުޅުވާލިއިރު އެތާ ހުރީ ޒައިން އެވެ. ޒައިން ކައިރީ އެތާ ތިރީގައި ހުރި ދެ ފޮށި ފެނިފައި ފަޒްލާ ގެ ދެބުމަ ގާތްވިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ ޒައިން ގެ ފަހަތުން ނިކުތް ޒުވާން ފިރިހެން ކުއްޖާ ހަޅޭއްލަވައިގަތީ ސަޕްރައިޒް އޭ ކިޔާފައެވެ. އޭނާ ގޮސް ފަޒްލާ ގައިގަ ބައްދައިގަތެވެ. ” ތުއްތާ!! ހާދަ މިސް އެއް ވިއޭ.. ” އަލްޔަން ބުނެލިއެވެ. ” އައްލު ނާންނަނީ އޭނުން.. މިހާރު އަހަރެއް ވީ މެލޭޝިޔާގަ އުޅޭތާ.. ” ފަޒްލާ އަލްޔަން ކައިރީ ޝަކުވާ ކޮށްލިއެވެ.
އަލްޔަން އަކީ ފަޒްލާގެ އެއްބަނޑު އެއްބަފާ ބޭބެގެ ދޮށީ ދަރިއެވެ. އެމިހުންގެ ހަގު ދަރިފުޅު އިޝާ ވިހެއުމުގައި މައްސަލަ ޖެހުމުން ކުރީ އަހަރު މެލޭޝިޔާއަށް ދިޔަގޮތަށް އުޅެނީ އެތާ އެވެ.
” ކޮބައި ދޮންބެ؟ މިބުނީ އައްލުގެ ބައްޕަ.. މަންމަ އާ އިޝީ އާ ކޮބައި.. ތުއްތަ ހާދަ ދެރަވެއޭ ނުފެންނާތި..” ފަޒްލާ އަނެއްކާވެސް ބުނެލިއެވެ. ” މަންމަ މެން އެކޮޅުގަ.. ބައްޕަ އަށް ޗުއްޓީ ނުލިބުނީމަ ނާދެވުނީ.. އެކަމަކު އަހަރެންނަށް ހަމަ ނުހުރެވިގެން މި އައީ.. ތުއްތަ އާ ތުއްތަބެއާ މަތިން ހަނދައިން ވާވަރުން.. އަދި މިގޭގަ އުޅޭ ކުޑަ ބޭބީ މަތިންނާ..” އަލްޔަން ފަތި ވަރެއް ދަމާލިއެވެ. ” ދެން އަހަރެންނޯ؟” މިއޮށްހާއިރު މަޑުން ހުރި ޒައިން ބުނެލިއެވެ. ” އޮފްކޯސް ބަޑީ.. ޒައިން މަތިން މަ ކިހިނެއް ހަނދައިން ނެތޭނީ.. އާފްޓާ އޯލް ޔޫ އާރ މައި ބެސްޓް ބަޑީ..” ފަޒްލާގެ ގައިން ދޫކޮށްލަމުން އަލްޔަން ޒައިން ގެ ގައިގައި ބައްދާލިއެވެ.
“އާނ.. ދެކުދިން ވަދޭ އެތެރެއަށް.. މިހާރު ތިބޭނީ ބަނޑުހައިވެފަ އޭނުން.. ޒައިންވެސް ވާނެ މިރޭ އަހަރެމެންނާ ބައިވެރި ވާން..” ފަޒްލާ ދެމިހުން ނަށް ބަލާލަމުން ހިނިތުން ވެލިއެވެ. “ދޭ އެކޮޓަރީގަ ފޮށި ބަހައްޓަން.. ޒައިން އަންނާތި ހުންނާނީ ރީތި ވެސް ކޮށްފަ.. އެކަމަކު ބެޑްޝީޓް އަޅާލަން ޖެހޭނެ ނިދުމުގެ ކުރިން..” މިޝްޔާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ދައްކާލަމުން ފަޒްލާ ބުންޏެވެ. ” އާނ.. ޒައިން ދޭބަލަ މިޝްޔާއަށް ގޮވަން.. ނުބުނައްޗޭ އަހަރެން އައި ވާހަކަ.. އަހަރެން ބޭނުން އެ ބޭބީ ގަނޑަށް ވާގޮތް ބަލަން.. އަންނަމުން އިޝާރާތެއް ކޮށްލާތި އިނގޭ ބްރޯ.. ” އަލްޔަން ވަރަށް މަޑުން ޒައިން ކައިރީ ބުނެފައި ފަޒްލާ އަތުގައި ހިފައިގެން ބަދިގެ ފަރާތަށް ދިޔައެވެ.
ޒައިން ހުރީ މިޝްޔާ ފެންނާތީ ނުހަނު އުފާވެފައެވެ. އެކޮޓަރީގައި ޒައިން ޓަކި ޖަހާލިއެވެ. އެތެރޭން ވަންނާށޭ ބުނި އަޑު އިވުމުން ޒައިން އެތެރެއަށް ވަނެވެ. ” މީޝް ފެންވަރައިގެން ނިކުމެ މިއުޅެނީ މަންމާ.. ނަމާދު ކޮށްލީމަ ލަސްވީ.. މި އައްސާލައިގެން މި ދަނީ.. ” ލޯގަނޑު ކައިރީ ގައި ފުނާ އަޅަން ހުރި މިޝްޔާ ފަޒްލާ ކަމަށް ވާހަކަ ދެއްކިއެވެ.
” މަގޭ ލޯބި ގަނޑު ހާދަ ރީއްޗޭ..” ޒައިންގެ ލާނެއް އަޑަށް ސިހިފައި މިޝްޔާ ފަހަތަށް އެނބުރުނެވެ. އޭރު ޒައިން ހުރީ ދޮރުގައި ލައްގަނެލައިގެންނެވެ. ” ޒިން.. މަންމަ ކަމަށޭ މީޝް މި ވާހަކަ ދެއްކީ.. ކީއްތި ކުރަނީ މިރޭ؟” މިޝްޔާ ޒައިން ކައިރިއަށް އަންނަމުން ވާހަކަ ދެއްކިއެވެ. ” މިއައި ދެން ހަމަ.. ހިނގާބަލަ ބޭރަށް ދާން އަޅެ.. ” މިޝްޔާގެ އަތުގައި ހިފާލަމުން ޒައިން ބުނެލިއެވެ. މިޝްޔާ ދޮރުގައި ހިފާލަން އުޅުމުން ކުއްލި ހަރަކާތާ އެކު ޒައިން އާ ވީ ފަޅިއަށް އަނބުރާލިއެވެ. ” ވަރަށް ލޯބިވޭ އިންގޭ.. ” މިޝްޔާގެ ކޮލުގައި ތުންފަތް ޖައްސާލަމުން ޒައިން ބުނެލިއެވެ. ” ލަވް ޔޫ ޓޫ ޒިން.. ” މިޝްޔާ ޒައިން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ” އަހަރެންނަކަށް ނެތްތަ ގިފްޓެއް؟؟ ގައިމު މިޝީ އަށް މި ދިނީ.. ” ޒައިން ބުނެލީ ކުޑަ ކުއްޖެއް ފަދައިންނެވެ. ” ހެހެ.. ޒިން ވެސް ދޯ.. ” މިޝްޔާ ބުނެލީ ޒައިން އާއި ދުރުވެލަމުންނެވެ. ޒައިން ދެރަވީހެން ހީވުމުން މިޝްޔާ ޒައިން އާ ކައިރިވެލާ ޒައިންގެ ކޮލުގައި މަޑުމަޑުން ތުންފަތް ޖައްސާލިއެވެ. ” ތޭންކް ޔޫ މައި ލަވް.. ” ޒައިން މިޝްޔާ ގައިގައި ބައްދާލިއެވެ. ” ހިނގާ ދާން ދޯ ދެން.. ” އެހެން ކިޔާފައި ދެމިހުން ވެސް ބޭރަށް ނިކުތެވެ.
ކަމެއް ވާ ކަމެއް ވެސް ނުދެނަހުރި މިޝްޔާ ބަދިގެ އަށް ވަންނަން ދިޔައީ ހިތްހަމަ ޖެހިފައި ހުރެއެވެ. ބަދިގެއާ ކައިރިއަށް އާދެވުން ތަނާ ޒައިން ތުން ގޮއްވާލިއެވެ. އެއާ އެއްކޮށް އަލްޔަން ސަޕްރައިޒް އޭ ކިޔާފައި މިޝްޔާގެ ކުރިމައްޗަށް އެރިއެވެ. ކުޑައިރު ކޮޅެއް ވަންދެން ވާނުވާގައި ހުރެފައި ކުއްލި އަކަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އަދި ބާރަކަށް ގޮސް އަލްޔަންގެ ގައިގައި ބައްދައިގަތެވެ. ” އޯ މައި.. ތުއްތު ގަނޑާ.. ނުވެސް ބުނޭ އަންނަ ވާހަކަ އެއް.. އެކޮޅަށް ދިޔަފަހުން މީޝް މަތިން ހަނދައިނެތް ވެސް ނުވޭ.. ތުއްތު ވެސް މީޝް މަތިން ހަނދައިން ނެތުނީ ދޯ.. ދޮންބެ ވެސް.. ދޮންދައްތަ ވެސް.. ރުޅި ތުއްތުއާ.. ހުހް.. ” މިޝްޔާ ބޮޑު ފަތިވަރެއް ދަމާލިއިރު ހުރީ ފެންކަޅި ވެފައެވެ. އެހެނީ އަލްޔަން އަކީ މިޝްޔާގެ އެންމެ ގާތް ތިމާގެ ކުއްޖާ ވިއްޔާއެވެ. ތިމާގެ އަށް ވުރެއް ބޮޑަށް ހީވާނީ އެއްބަނޑު ދެކުދިން ހެންނެވެ. ކިތަންމެ ވަރަކަށް ތޮޅުނަސް ދެކުދިން ދެކުދިންނަށް ނުލާހިކު ރަނގަޅު ވާނެއެވެ. އެހާމެ އެދޭތެރޭގައި ގުޅުން ވަރުގަދަ ވާނެއެވެ.
” އޭ ބޭބީ ގަނޑާ.. ތުއްތު މީޝް މަތިން ހަނދައިން ވޭ.. ހަމަ ބިޒީ ކަމުން ކޮންޓެކްޓް ނުކުރެވެނީ.. ނުރޮއެ ދެން.. ޔޫ ނޯ އޭނުން.. އައި ލަވް ޔޫ ޕޮޕްކޯން.. ” މިޝްޔާގެ ކަރުނަ ފޮހެލަދެމުން އަލްޔަން ބުނެލިއެވެ. ” ދެންދޯ.. ނުކިޔާށޭ އެހެން.. ތުއްތު އަބަދު ކިޔާނީ އެހެން.. އަނެއްކަ ވެސް ރުޅި ހަމަ.. ” ތުންދަމާ ލަމުން މިޝްޔާ ބުންޏެވެ. އަދި އަލްޔަންގެ ޖަވާބަކަށް ނުބަލާ ގޮސް ކާމޭޒު ކައިރީ އިށީނެވެ. އޭރު މާއިން ވެސް ހުއްޓެވެ. މާއިން އާ ފަޒްލާ އާ ތިބީ ވަރަށް ހެވިފައެވެ. އެންމެން ކާން އިށީނެވެ. ޒައިން އަކީ ދުރު މީހެއް ގޮތަށް އެކަކު ވެސް ނުދެކެއެވެ. ފަޒްލާވެސް ތަށި ގާތް ކޮށްދީ ހެދިއެވެ.
” މީޝް.. އަވަހަށް ކާން ފަށާ ދެން.. ” މާއިން ބުނެލިއެވެ.. ” ބައްޕާ..” އެހެން ކިޔާފައި މިޝްޔާ މާއިން ގެ ކަންފަތް ބުޑުގައި އެއްޗެހި ތަކެއް ތަޅުވާލިއެވެ. އަދި ދެއަތް ޖޯޑުކޮށްލައިގެން ލޯބި ގޮތަކަށް ހުއްޓެވެ. ޒައިން އިނީ މިޝްޔާ ޖައްސާ ވައްތަރު ތަކުން ހެވިފައެވެ. އޭގެން ޒައިންގެ ހިތުގައި މިޝްޔާއަށް ވާ ލޯބި އިތުރުވުން ނޫން ކަމެއް ނުވެއެވެ.
” އޯކޭ މައި ޕްރިންސެސް.. ” މާއިން ބުނެލީ މިޝްޔާގެ ކޮލުގައި ހިފާލަމުންނެވެ. ” ޔޭޔޭޔޭ.. ” އެހެން ކިޔާފައި މިޝްޔާ ދުއްވައިގަތީ އަލަމާރި ކައިރިއަށެވެ. ދެން އައި އިރު އަތުގައި ހުރީ ޑޭރީ މިލްކް ޗޮކޮލެޓް ގެ އައިސްކްރީމްގެ ޓަބެކެވެ. އައި ގޮތަށް އައިސް ގޮނޑިގައި އިށީނދެ ކާން ފެށިއެވެ. އޭރު އެހެން މީހުންވެސް ދިޔައީ ކެއުމަށް އިންސާފު ކުރަމުންނެވެ. މިޝްޔާގެ މައުސޫމު ހަރަކާތް ތަކުން އެތާ ތިބި އެންމެންގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ.
ކައިގެން ނިކުމެ އެންމެން ހަމަ ޖެހިލީ އެ ހިތްގައިމު ސިޓިން ރޫމުގައެވެ. ” މީޝް.. ދޭ އިނގޭ ތުއްތު މެން ކޮޓަރީގައި ބެޑްޝީޓް އަޅާލަދޭން.. ” ފަޒްލާ ބުންޏެވެ. ” ތުއްތު މެނޭ؟؟ ” މިޝްޔާ ހައިރާން ކަމާ އެކީ އަހާލިއެވެ. ” އާން ޒައިން މެންގެ މަންމަމެން އެދިޔައީ މިއަދު މާލެއަށް.. އިޝާން ގެ ވެޑިން އެއްޗެހި ގެންނަން.. ދެން ޒައިން އަށް ނުދެވުނީ ކޮލެޖު ބަންދު ނުވާތި.. ބައްޕަ ހިތްހަމަ ނުޖެހުނީ ޒައިން އެކަނި އެއޮއް ބޮޑު ގޭގަ ހުންނަން.. އެހެން ނޫނަސް ބައްޕަ ދެކެނީ މީހުސް ބައްޕަގެ ދަރިން ގޮތުގަ.. އެހެންވެ އެމިހުން އަންނަންދެން ޒައިން ހުންނާނީ މިގޭގައި.. ދެން ކޮންޕެނީ އެއްވެސް ލިބުނީ އޭނުން ދޯ.. ” މާއިން ވާހަކަ ދެއްކިއެވެ.
މިޝްޔާ ހުރީ އެކަމާ ވަރަށް އުފާވެފައެވެ. ޒައިން އާއެކީ ގިނަ ވަގުތު ހޭދަ ކުރެވޭނެތީއެވެ. ” މީޝް.. ހިނގާ ބެޑްޝީޓް އަޅައިދޭން.. ” އަލްޔަން ބުނެލިއެވެ. ” ހުހް.. ރުޅި އޭ ބުނެފީމޭނުން ތުއްތު އާ.. ” މިޝްޔާ އަނެއްކާ ތުން ދަމާލިއެވެ. ” އާނ އޯކޭ.. ހިނގާ ޒައިން.. ހުންނާނެ ވަރަށް ގިނަ ހަދިޔާވެސް.. ޗޮކްލެޓާ.. ” އަލްޔަން ޒައިން އާ ވާހަކަ ދެއްކިއެވެ. ” އާނ ހިނގާ އަވަހަށް.. ” ޒައިން ވެސް އަލްޔަން އާ އެއްބައިވެލިއެވެ. ” ތުއްތޫ.. މީޝް ރުޅިއެއް ނޫނޭ.. ހިނގާ ދޯ..” ޗޮކްލެޓްގެ ނަން އިވުނީމައި މިޝްޔާގެ މޫޑު ބަދަލުވިއެވެ. ފުންމަމުން ފުންމަމުން މިޝްޔާ ދިޔައެވެ.
ނުނިމޭ
4 Comments!
Leave a Reply
You must be logged in to post a comment.
Me first dhw??vrh vrh ufaa vejje mi prt kiyaalan libunyma???????????whn nxt????????❤❤me first dhw???Curiously waitinn fr the nxt????????????
Dhen Kon irakun story up vaany..
Varah reethi..
Thank you ingey hurihaa kudhinnah ves.. Maaii liyany comp in.. Comp halaaku vegen miulheny.. Hedhun haa avahakah next part up kolla dheynan.. Please wait.. Thank u all.. Luv u guys.. And hope u will understand..