Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުކުރާނަން މާފެއް (3)

Nashy Level 110 Stories
December 25, 2018 3 Mins Read
3 Comments

އާކިލް އޮފީސް ނިންމާފައި ގެއަށް ދިޔުމަށްޓަކައި ސައިކަލަށް އެރިވަގުތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީވެސް އެވަގުތެވެ. ނަމަވެސް ފޯނު ނުނެގެނީސް ކެޑިއްޖެއެވެ. އެހެންކަމުން ފޯނު ބަލާވެސް ނުލާ ސައިކަލް ދުއްވާލިއެވެ.

*****
” ނުނަގާ ފޯނެއް.. ފޯނު ރިންގްވެސް ވި” ރީޝާ ފޯނުގެ އަތްގަނޑު ބާއްވާލަމުން ބުންޏެވެ.

” ދެން ހިނގާ ދާން.. ނުނެގި އެއްނުން.. ” ނިޝްޔާ ބޭނުންވީ ދާށެވެ. އޭރު ފޯނު ބޫތު ކައިރީގައި ދެތިން މީހަކުވެސް ހުއްޓެވެ.

” ހިނގާ ބަލަ އަދި އެއް ފަހަރު ގުޅަން. މިފަހަރު ޔަގީން ފޯނު ނަގާނެ ” ރީޝާ ބޭނުންވީ އަދި އެއްފަހަރު ގުޅާށެވެ.

” އެބަ ރިންގު ވޭ.. ކީއްވެބާ ނުނަގަނީ ” ރީޝާ ދެވަނަ ފަހަރަށް ގުޅާލިއެވެ.

” ދީބަލަ މަ އަތަށް.. ” ނިޝްޔާ ބޭނުންވީ ފޯނު އަތުލާފަ ބާއްވާށެވެ. ނަމަވެސް ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރީ ރިންގު ކެޑެންދެންނެވެ.

****

” ކާކުތަ މިހާ ވަރަކަށް މި ގުޅަނީ” އާކިލްގެ ފޯނު ރިންގުވާވަރުން ފޯނު ނަގާ ބަލާލިއެވެ. އެ ގުޅަނީ ދުވަހަކުވެސް އާކިލް އަށް ގުޅި ނަންބަރަކުންނެއް ނޫނެވެ.

” ހަލޯ..ހަލޯ” އާކިލް ދެ ފަހަރު ހަލޯ އޭ ގޮވާލިއެވެ.

” ހަލޯ” ޖަވާބު ދިނީ އަންހެން ކުއްޖެކެވެ. މިހާތަނަށް ދުވަހަކުވެސް އަހާފައި ނުވާ ރީތި އަޑެކެވެ. އާކިލް އަށް ހުރެވުނީ އަގައިންވެސް ބުނަން ނޭގި ފައެވެ. ސައިކަލެއް މަތީގައި އިންކަންވެސް ހަދާންނެތިއްޖެއެވެ. މަގުމަތީގައި ދުއްވާފައިދާ އެއްވެސް އެއްޗެއްވެސް ނުފެންނަ ކަހަލައެވެ.

“ހަލޯ” އަނެއްކާވެސް ހަމަ އެ ޖާދުވީ އަޑެވެ.

” ކޮން ކުއްޖެއް” އާކިލް އިތުރަށް އެއަޑު އަހާ ހިތުން ވާހަކަ ދެއްކޭތޯ ބެލިއެވެ. ނަމަވެސް އެއްކުއްޖާގެ އަޑ އިތުރަށް ކަންފަތުގައި ޖެހުމުގެ ނަސީބެއް ނުލިބުނެވެ. ފަހަތުން އައި ކާރެއްގެ ބަރުގޮނުގެ އަޑުން ސިއްސައިގެން ދިޔަވަގުތު ފޯނު އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ފޯން ގޮސް ވެއްޓުނީ ކާރެއްގެ ކުރިމައްޗަށެވެ. ކާރުގެ ފުރޮޅު ދަށުވެ ފޯނު ޗިސް ޗިސް ވެގެން ދިޔައީ އާކިލް ބަލަން ހުއްޓައެވެ. އެ އާއެކު އާކިލްގެ ހިތްވެސް ކުދިކުދި ވި ކަހަލައެވެ. ފުޑު ފުޑު ވެފައިވާ ފޯނު ނެގުމަށްޓަކައި ސައިކަލު އަބުރާލި ވަގުތު ޓުރެފިކް ފުލުހުން އާކިލް ހުއްޓުވައިފިއެވެ. އެއްކޮޅަށް ދުއްވޭ މަގެއްކަންވެސް ރޭކާލީި އެހާ ހިސާބުންނެވެ. ނަސީބަކުން ލައިސަންސް ދައްކާލުމުން މާ ގިނަ އިރަކު ފުލުހުންނެއް ނުހިފެއްްޓިއެވެ. ކައިރީގައި އިން ގޯޅި އެޅުމަށް ފަހު އަލުން އެމަގަށް ވަދުނެވެ. ނަމަވެސް އެތަނުގައި ފޯނުގެ ކުޑި ފުކެއްހާވަރުވެސް މިހާރު ނެތެވެ.

****

” ހަލޯ ހަލޯ ” ނިޝްޔާ ދެ ފަހަރަކު ހަލޯއޭ ގޮވާލުމަށް ފަހު ފޯނު ބޭއްވިއެވެ.

” ކިހިނެތްވީ.. ކީކޭތަ ބުނީ” ރީޝާ ހުރީ ވީގޮތެއް ނޭގިފައެވެ.

” ނޭގެ. ފޯނު ކެޑިއްޖެ” ނިޝްޔާ މަޑުމަޑުން ބުނެލިއެވެ. ހަގީގަތުގައި ނިޝްޔާއަށްވެސް އެ ފިރެހެން ވަންތަ އަޑު ޖެހުމުން އަސަރުތަކެއް ކޮށްފިއެވެ. ފޯނު ކެޑުނީ އެ އަޑު އިތުރަށް އަހާލާ ހިތުން ހުއްޓައެވެ.

” ހިނގާބަލަ އަދި އެއްފަހަރު ގުޅާލަން” ނިޝްޔާ ބޭނުންވަނީ އަދި އެއްފަހަރު ނަމަވެސް އެ އަޑު އަހާލާށެވެ.

” މިފަހަރު ކިހިނެތްވީ” ނިޝްޔާ ފޯނު ބޭއްވުމުން ރީޝާ އަހާލިއެވެ.

” ފޯނު ނިއްވާލާފަޔޯ އޮތީ.. ވެދާނެ ގުޅީމަ އުދަގޫވީ ކަމަށްވެސް” ނިޝްޔާ ދުރު ބަލަހައްޓައިގެން ހުރެ ބުންޏެވެ.

” ހޫމް. ވެދާނެ.. ހިނގާ ދާން ދެން” ރީޝާވެސް ނިޝްޔާ ބުނީ ރަގަޅަކަމަށް ގަބޫލުކޮށްފައި ފޯނު ބޫތުން ނުކުތެވެ.

*******

އާކިލްއަށް ނިދަން އުޅެ އުޅެވެސް ނިދޭ ގޮތެއް ނުވިއެވެ. އެ ލޯބި އަޑު އަދިވެސް ހުރީ ކަންފަތުގައި ހަރުލާފައެވެ. އެ އަޑު ކިތަންމެ އަހާ ހިތްވިޔަސް ކުރާނީ ކީއްހެއްޔެވެ؟ ގުޅީ ކޮން ނަންބަރަކުން ކަމެއް ހަދާން ކޮށްކޮށްވެސް ނޭގުނެވެ. ގޭ ފޯނުން ހީވާ އެތައް ނަންބަރަކަށް ގުޅިއްޖެއެވެ. އާކިލްގެ ނަންބަރު އަލުން އެހާ އަވަހަކަށް ނެގޭކަށްވެސް ނެތެވެ. ނަންބަރު ނެގީ ބައްޕަގެ ނަންމަތީގައެވެ. ބައްޕަވެސް ވީ ރާއްޖޭން ބޭރުގައެވެ. އަންނާނީވެސް ދެ ހަފްތާއެއްހާ ދުވަސްފަހުންނެވެ.

********

ނިޝްޔާގެ ހާލަކީވެސް މިއެވެ. އެ އަޑު އަދިވެސް އަހާލާ ހިތްވަނީ އެވެ. އެމީހަކު ފެންނަން ބޭނުންވަނީއެވެ. ކަރުދާސް ކޮޅުގައިވާ ލިޔުން ކޮޅުވެސް އެތައް ފަހަރަކު ކިޔައިފިއެވެ.

*****

އޭގެ ފަހުން ހަފްތާއެއްވީއެވެ. ފާއިތުވެ ދިޔަ ކޮންމެ ދުވަހަކު ނިޝްޔާ އެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ލިބުނީ އެއް ޖަވާބެކެވެ. އެ ފޯނު އޮންނަނީ ނިއްވާލާފައެވެ.

” ދެން ތިހާވަރުން ނޫޅެބަލަ. ތިކަމާ ވިސްނާނެ ކަމެއް ނެތް އެއްވެސް ވަރަކަށް ” ރީޝާ ދިން ނަސޭހަތް ނިޝްޔާ ގަބޫލުކުރިއެވެ.
ދުވަހަކުވެސް ދެން އެ ނަންބަރަށް ނުގުޅުމަށް އަޒުމު ކަނޑައެޅިއެވެ.
ނަމަވެސް އެ ކަރުދާސް ކޮޅާއެކު ފުޅި އަލަމާރިއަށްލާ ރައްކާކުރިއެވެ. އޭނާގެ ހިތާއި ކުޅެލި އަޑުގެ ވެރިޔާގެ ހަނދާނެއްގެ ގޮތުގައެވެ.

***&
ބައްޕަ މާލެ އައުމާއެކު އާކިލް ބެލީ އެ ނަންބަރު ނެގޭތޯއެވެ.

” މިފަހަރު އާ ނަންބަރެއް ނެގިނަމަ” އާކިލް ނަންބަރު ނަގަން ދިޔައީ އާރިފް ގޮވައިގެންނެވެ.

” ނޫނޭ. އޭ ވަރަށް މުހިންމު ނަންބަރެއް. އަަަހަރެން ބޭނުން އެ އަންހެންކުއްޖާއާ އަދި ވާހަކަ ދައްކާލަން ” އާކިލް ސަބަބު އޮޅުން ފިލުވައިދިނެވެ.

.ފާއިތުވެގެންދާ ކޮންމެ ދުވަހެއްްގައި އޭނާ ހުންނަނީ އެ ފޯނު ކޯލުގެ އިންތިޒާރުގައެވެ. ނަމަވެސް ކޮންމެ ދުވަހެއް ނިމި އާދުވަހެއް ފެށެނީ މާޔޫސްކަމާ އެކުގައެވެ.

*****

އޭގެ ހަތަރު މަސްފަހެވެ. އާކިލްގެ ފޯނު ގެއްލިއްޖެއެވެ. ފޯނު ވަގަށް ނެގި އިރެއްވެސް ނޭގެއެވެ. ފޯނު ހޯދަން ވަރަށް މަސައްކަތްވެސް ކުރެވިއްޖެއެވެ. އެންމެ ފަހުން އާފޯނެއް ގަތީއެވެ. ކުރީ ފަހަރާއި ހިލާފަށް މިފަހަރު ނެގީ އާކިލްގެ ނަމުގައި އާ ނަންބަރެކެވެ. އާކިލްގެ ހިތް އެ އަޑަކަށް ކިތަންމެ އެދުނުކަމުގައިވިޔަސް އާކިލް ގަބޫލު ކުރީ ދެން އެ ނަންބަރުން ނުގުޅާނެ ކަމުގައެވެ. އިތުރަށް ހިތައް އަނިޔާއެއް ދޭން އާކިލް ބޭނުން ނުވީއެވެ. ނަމަވެސް އެ އަޑު އޭނާގެ ހިތުން ދުވަހަކުވެސް ފިލާގެން ދާނެހެނެއް ހިޔެއް ނުވެއެވެ.

*****

އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ނިޝްޔާ ބޭނުންވީ އެ ނަންބަރަށް ގުޅާލުމަށެވެ. ދުވަހަކުވެސް ނުގުޅަން ހިތުގައި އަޒުމު ކަޑައެޅި ނަމަވެސް އެކަމެއް ނުވިއެވެ. އެންމެ ފަހުން އެ ނަންބަރަށް ގުޅާލިއެވެ. ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިވުނު އަޑަކުން ދެލޯ ފެންކަޅި ވެއްޖެއެވެ. ފޯނުގެ އަތްގަނޑު ބާއްވާލުމަށް ފަހު ބޫތުން ނުކުތެވެ.

” އަދިވެސް ފޯނު ނިއްވާލާފަތަ ” ރީޝާ އަށް ނިޝްޔާގެ މޫނު ފެނުމުން ވީގޮތް އެގުނުކަހަލައެވެ.

” އެއީ މިހާރު ބޭނުން ކުރާ ނަންބަރެއް ނޫނޯ.” ނިޝްޔާ ކުރިޔަށް ހިނގައިގަންނަމުން ބުންޏެވެ.

” އަޅާ ނުލާ. ދެން މިހާރު އެގިއްޖެ އެއް ނުން ނުގުޅޭނެކަން.. ކީއްކުރަންތަ ނަަންބަރު ޖަހަ ޖަހާފަ މީހުން ކައިރީ ގުޅަން އެކިޔަނީ” ރީޝާ ކުއްވެރި ކުރަމުން ދިޔައީ މެސެޖު ލިޔުނުމީހާއެވެ.

*********

” ބަލާބަލަ އެހެރަ އަންނަ ކުއްޖެއް” އާރިފް ދައްކާލީ އޮފީހަށް ވަދެގެން އައި އަންހެންކުއްޖެކެވެ.
ހިތްދަމައިގަންނަ ފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށި ކުލަ އެކުއްޖާގެ ދޮން މޫނާއި ވަރަށް ގުޅެވެ. އިސްތަށިގަނޑުވަނީ މޫނުގެ ބައްޓަމާއި ގުޅޭގޮތައް ކުރުކޮށް ކޮށާލާފައެވެ. މަޑު ފިޔާތޮށި ކުލައިގެ ގަމީހަކާއިއެކު ބެގީ ކޮށްލާފައިވަނީ ކަކުލާއި ހަމައަށް އަންނަވަރުގެ ސްކާޓަކުންނެވެ. ހިތްގައިމު ހިނިތުންވުމަކާއި އެކު އޮފީހަށް ވަދެގެން އައިރު އެންމެންގެ ކަޅި ހުރީ އެ ދިމާލަށް ހުއްޓިފައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ދޫކޮށްފައި ނުދޭ ލޯބިވާ ( 6 )

Next

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….10ވަނަބައި

Next
December 25, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….10ވަނަބައި

Previews
December 25, 2018

ދޫކޮށްފައި ނުދޭ ލޯބިވާ ( 6 )

3 Comments!

  1. Give flower says:
    December 25, 2018 at 9:52 pm

    Sis haadha reechey mi vaahaka.

  2. Ibsha says:
    December 30, 2018 at 10:31 am

    Varah reethi up vaaleh lasvaany

  3. Beryl Stone says:
    January 1, 2019 at 12:43 pm

    Masha allah ?..vrh vrh rythi mi stry vx..kon irakun nxt prt up vaany..nxt prt avahah up kohdheeba…can’t wait ?..

Comments are closed.



All Right Reserved!