މަސައްކަތުގެ ވަރުބަލިކަމާއި، މެންދުރުގެ ހޫނުކަން އިހުސާސްވުމުން ސްކޫލުން ނިކުމެގެން ގެއާއި ދިމާލަށް ހިނގައިގަތްއިރު، ގޭގައި އިޔާޒްއަށް އިންތިޒާރު ކުރަމުންދަނީ ކާކުކަމެއް، ކޮންއެއްޗެއްކަމެއް ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ.އެމީހެއްގެ މޫނު އަބަދު ފެނި ފެނި، އެ މީހެއްގެ މަތިން ފޫހިވެފައިވާ އަނބިމީހާއާއި އޭނާގެ ދެ ދަރިން ފިޔަވާ ގޭގައި ހުންނާނީ ހޯދާފައިވާ ހަރުމުދާ އެކަންޏެވެ. އެހެންވެ އެކަމާ އިޔާޒް އެއްވެސް ޚިޔާލެއް ނުކުރެއެވެ. ގޭތެރެއަށް އައިސް ވަން އިރު އިޔާޒްގެ ކުޑަ އަންހެން ދަރިފުޅު ގިސްލަ ގިސްލާފައި ރޯން […]
ހަނދުވަރު ދޭ ރީތި ރެއެކެވެ. މެންދަމުގެ ވަގުތު ކަމަށް ވާތީވެ މުޅި ފަޒާތެރޭގައި ވަނީ ތެތްފިނިކަމާއި ހަމަހިމޭންކަމުގެ ރަސްކަމެވެ. ނިދިފައި އޮއްވާ އަހަންނަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކައިރީގައި ހުރި މިނީބަރ ހުޅުވާ ބަލާލިއިރު ފެންފުޅި އޮތީ ހުސްވެފައެވެ. ނިދިބަރުކަމާއި ކަންނެއްކަން އިންތިހާގައި އޮއްވާ ބަދިގެއަށް ދާންޖެހުމުން ފެން ނުބޮއި ވާނެކަމަށް އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިއަންނަ ގޮތް ނުވުމުން ވީ ފޫއްސާއި އައި ރުޅިން، އެނދުމަތިން ތެދުވެ ފެން ބަލާ ނިކުތީމެވެ. ކޮޓަރިން ނިކުމެ ގޭތެރެއަށް ވަދެގެން […]
ދުނިޔެއަށް ނޭވާލެވުނު އިރު މިއީީ ކޮންކަހަލަ ތަނެއްކަން އަހަންނަށް އިނގުނު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ؟ ވޭނުން ފުރިގެންވާ މި ހިތްދަތިކަން ތަހައްމަލު ކުރަން ނުޖެހުނުނަމަ ހާދަހާ އުފާރިވީީީީީހެވެ. ނަމަވެސް, މިއަދު އަހަރެންގެ ހަޔާތުގެ ހުންގާނުގައި ހިފައި އައު މަންޒިލަކަށް ދަތުރު ބަދަލުކުރުމުގެ ހިއްވަރެއް މި އަތަކު ނެތެވެ. ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ބޭނުންވާނެހާ ބާރެއް އަހަރެންގެ ކުޑަކުޑަ ހަށިގަނޑަކު ނެތެވެ. މިއަދު، މި ހާލުގައި، މިފަދަ ގޮތަކަށް ނިމިގެންދިޔުމަށް އަހަރެން މަޖުބޫރުވެެއްޖެއެވެ. އެހީއަކަށް އެދި […]