Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މަންމައަށްޓަކައި…….

ismail ali kaleyfaanu Level 310 Stories100 Login100 Comments
December 27, 2018 2 Mins Read
2 Comments

އިސްމާޢީލް ޢަލީ ކަލޭފާނު

 

އަހަރެން ނިޝާން ދޫކޮށްލީ މަންމައަށްޓަކައެވެ. މަންމަ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އެނގުނީ އެންމެ ގާތް އެކުވެރިޔާ ޖީހާން ބުނީމައެވެ.މަންމައޭނާއާއި ޤަބޫލު ނޫނީ ކީއްވެތޯއެއް އަހަރެން ނުބަލަމެވެ. އެވަރަށް އަހަރެން މަންމަދެކެ ލޯބިވަމެވެ.މަންމައަކީ ވަރަށް ރަނގަޅު އިންސާނެކެވެ. މަންމަގެ ޤުރްބާނީގެ އަގު އަދާއެއް ނުކުރެވޭނެއެވެ.

ނިޝާން އަކީ ރީތި ފިރިހެނެކެވެ.އިސްވެ ލޯބި ހުށައެޅީވެސް އަހަންނެވެ.އެއީ އަހަރެން ހިތްހަމަޖެހޭ ސިފަތަކެއްހުރީމައެވެ.އޭނަ އަހަރެންގެ ލޯބި ޤަބޫލު ނުކުރާން ވަރަށް މަސައްކަތް ކުރިއެވެ.އެހެންނަމަވެސް އަހަރެން ތަކުރާރުކޮށް ލޯތްބަށް އެދެން ފެށުމުން އެކަން ޤަބޫލުކުރީއެވެ.

ޖިހާން މެދުވެރި އަކަށް ވެގެން އަހަރެން ނިޝާންއާ ބައްދަލު ކުރީމެވެ. އެއީ ހުރިހާ ވާހަކައެއް ކިޔާ ދިނުމަށްޓަކައެވެ. އެއީ އިރާކޮޅުގެ ވަޤުތެކެވެ. ވައިރޯޅި ބާރެވެ.އެހާ ކުއްލިގޮތަކަށް ބައްދަލު ކޮށްލަން ބުނުމުން ނިޝާން ހުރީ ޙައިރާންވެފައެވެ. އޭނާ އެރޭ ލައިގެން ހުރީ މަޑުފެހި އަތްދިގު ގަމީހަކާއި ކަޅު ޖީންސެކެވެ.އަތްހުރީ އުޅަބޮށްޓާއި ހަމައަށް އޮޅާލާފައެވެ.ނޫކުލައިގެ ހާވީރީ ބޫޓެއްގައި ހުރިއިރު ވަރަށް ސްމާޓެވެ.އަހަރެން އިންގޮތް ފެނުމުން އޭނަ ވަރަށް ކަންބޮޑުވެގެން ބުނެލިއެވެ.ނާހީ މިއަދު މާފާޑަކަށް ތިއިނީ ކިއްވެ؟ އަނެއްކާ މަންމަ ބަލިވީތަ؟އޭނާ އަބަދުވެސް މަންމަގެ ވާހަކައިން ސުވާލު ކުރާނެއެވެ.އޭނާ އަބަދުވެސް މަންމަގެ ހާލު އަހާނެއެވެ. އަދި އަހަރެން އެންމެ ކަންބޮޑުވާ މައްސަލައަކީވެސް އެއީކަން އެނގޭނެއެވެ.

އަހަރެން ބުނީމެވެ. މަންމަ މިވަގުތު ރަނގަޅެވެ.އަހަރެންނަށްމަޢާފް ކުރާށެވެ.މިގުޅުން ދެމެހެއްޓޭކަށް ނެތެވެ.ނިޝާން ރަނގަޅު ބައިވެރިއަކާއިއެކު އުފާވެރިޙަޔާތެއް ވޭތުކުރާށެވެ.އަހަރެންނަށް ބުނެވުނީ މިހިސާބަށެވެ.ދެން އަހަރެންގެ ދުލުން އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ.ނިޝާން އެތައް އިރަކުއަހަންނާއި ވާހަކަ ދެއްކިއެވެ.އާދޭސްވެސް ކުރިއެވެ.

އަހަރެން ގެއަށްއައިއިރު މަންމަ ޢިޝާނަމަދުން ފައިބާގެންއައިސްޖޯލިފަތީގައިއިށީދެލައިގެން އިނެވެ.އެވަޤުތުވެސް މަންމައިނީތަސްބީޙަ ކިޔާލަ ލިޔާލައެވެ.އެއީ މަންމަގެ އާދައެވެ.ﷲއަށްޛިކުރު ކުރުމުގައި މަންމަގެ ދޫތެތްކޮށްބޭއްވުމީ މަންމަގެ އާދައެކެވެ.އަހަރެން އައުމުންމަންމަ ވާހަކަ ދައްކަން  ފެށިއެވެ.އަހަރެން އައީ ކޮން ތަނަކުންތޯއެއް މަންމަ ނާހައެވެ.ދަރިފުޅު ދެރަވާނެކަން މަންމައަށް އެނގެއޭބުންޏެވެ.ދެން މަންމަގެ ޙަޔާތުގެސަފުޙާ ހުޅުވާލިއެވެ.

މަންމައަށް ނިޝާންގެ ބައްޕަ ޙަސަން ވަނީވަރަށްއަނިޔާވެރި ވެފައެވެ.މަންމަގެ ޒުވާންކަންލޫޓުވާލިއެވެ.ޢިއްފަތްތެރިކަން ފޭރިގަތެވެ.ގަދަކަމުންއެހެން ދެމީހުންގެއެހީ ހޯދައިގެންނެވެ.އެކަމުގެ ސަބަބުން މަންމައަށް ވަރަށްވޭން ތަޙައްމަލް ކުރަން ޖެހުނު ކަމަށް ވެއެވެ.މަންމަ އަހަރެންގެބައްޕައާއިކާވެނި ކުރީ ވަރަށް ގިނަފަރާތް ތަކެއްގެ އެދުމުގެ މަތިންނެވެ.ނަމަވެސް މާއުފާވެރި ދިރިއުޅުމެއް ލިބޭގޮތެއް ނުވިއެވެ. މަންމަ ވަރިކޮށްލާފައި ބައްޕަދިޔައީ މަންމަގެ ފަރާތުން އުފާ ނުލިބޭތީއެވެ.

މަންމަގެ ޙަޔާތުގެސަފްޙާ ކިޔައިދީ ނިމުނުއިރު އަހަރެމެން ދެމައިންނަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.ދެން ދެމީހުންވެސް ގޮސް ދެއެނދުގައި އޮށޯތީއެވެ.

ފަތިހު ތެދުވެ ފަތިސްނަމާދުކުރީ ދެމީހުންއެކުގައެވެ.އަހަރެން ހެދުނުސައިގެ ކަންތަކުން އަވަދިވެގެން ހެދުން ފަހަން އިންދާ ޖީހާން އައިސް ބޮޑުރާޅެއް އަރައިގެން އުޅޭކަމަށް ބުންޏެވެ.އަހަރެމެން ދެމީހުން ބޮޑުޜާޅު އެރިތަން ބަލާލަން ދާން އުޅެނިކޮށް ކުރީ ފަހަރަށްވެރެ ބިޔަރާޅެއް އަންނަނީ އޭ ގޮވާ މީހުންތައް ދުވަން ފަށައިފިއެވެ.އަހަރެންވެސް މަންމަ ގޮވައިގެންދާން އުޅެނިކޮށް ބޮޑުރާޅުއަރާ މުޅިތަންސުންނާފަތި ވެއްޖެއެވެ.އަހަރެންވެސް މަންމައާއިއެކު ރަށުގެބޮޑު މިސްކިތަށް ދިޔައީމެވެ.ވަރަށް ގިނަޢަދަދެއްގެ މީހުންއެތަނަށްޖަމާ ވެފައިވެއެވެ.ރުއިމާއި ތަކްބީރުގެ އަޑުން މުޅިތަން ވަނީ ގުގުމާފައެވެ.

މަންމަ އަހަރެންގާތު އެއްވެސްތާކަށް ނުގޮސް މިސްކިތުގައި ތިމާގެ ބައެއްގާތު މަޑުކޮށްލަން ބުނެފައިދިޔައީ ގެއަށެވެ.އެއީ މަންމަ ވަރަށްލޯބިން ގެންގުޅޭ އަނގޮޓިއެއް ބަލައެވެ.އަހަރެންދާކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުވިއެވެ.އެއަނގޮޓި މަންމަގެންގުޅެނީ ވަރަށް ސިއްރުންނެވެ.އެއީ އަހަރެންގެ ކާފަގެއެއްޗެކެވެ.މަންމަ ބޭނުންވަނީ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް މަންމަގެ އަތުންއޭތިދޭށެވެ.

މަންމަގެ ޚަބަރެއް ނުވެ ގިނައިރުވުމުން އަހަރެމެން ގޭދޮށަށް ދިޔައީމެވެ. ގެއަށް ދެވުނީ ވަރަށް އުނދަގުލުންނެވެ. މުޅިމަގުތަކުގައި ވަނީ ލަކުޑިތަކާއި ވެއްޓިފައިވާ ފާރުތަކެވެ. ތެލިތަށި ސަމުސާ ފަދަތަކެތި ވެސް މަގުތަކުގައިވެއެވެ.މުޅިރަށުން ފެންނަނީ ވީރާނަ ކަމާއި ނާމަންކަމެވެ. މިއީ ކުޑަ ހިނދުކޮޅަކުން ލިބުނު ގެއްލުމެވެ.މީސްމީހުން މުޅި ޢުމުރު ދުވަހު ބުރަމަސައްކަތް ކޮސްގެން ހޯދާފައިވާ ހުރިހާއެއްޗެއް ކުޑަ ހިނދުކޮޅެއއްގެ ތެރޭގައި ގެއްލި ދިޔައީއެވެ.

ގެއާއި ހަމައަށް ދެވުނުއިރުވެސް މަންމަގެ ޚަބަރެއް ހިލަމެއް ނުވެއެވެ. ގޭގެ ފާރުތައްވެސް ވަނީ ބިމާ ހަމަވެފައެވެ. ހޯދަމުންދަނިކޮށް މަންމަ ފެނުނީ ބޮޑުއަލަމާރި ދަށުންނެވެ. ބައިވަރު ލޭތައް ފާބައިފާ ހުއްޓެވެ.އޭރު މަންމަގެ ފުރާނަވަނީ މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.އަހަރެންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ.އެހެންނަމަވެސް ތިމާގެ މީހުންގެ އެހީތެރިކަން ލިބުމުން އަހަރެން ހަމައަކަށް އެޅުނެވެ. އަދި މަންމަގެ ޖަނާޒާގައި ބައިވެރިވީމެވެ.

ނިޝާން ފަހުންވެސް އަހަރެންނާއި ގުޅެން މަސައްކަތް ކުރިއެވެ. މަންމަ ނެތެއްކަމަކު މަންމަ ނުރުހުނު ކަމެއް އަހަންނެއް ނުކުރާނަމެވެ.އަހަރެންނަށް ނިޝާނާއި ނުލައި އުޅެން ވަރަށް އުނދަގޫވާނެއެވެ.

(ނިމުނީ )

 

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 12

Next

އަގުހުރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

Next
December 27, 2018

އަގުހުރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

Previews
December 27, 2018

ވިންދޭ ލޯބި ތީ އެދޭ 12

2 Comments!

  1. A@kkő says:
    December 29, 2018 at 2:53 pm

    Salhi ingey..

    1. ismail ali kaleyfaanu says:
      December 29, 2018 at 8:29 pm

      thanx

Comments are closed.



All Right Reserved!