އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތިހަވީރެކެވެ.ގަހުގައިމާތައް ފަރިވެ ފޮޅިފައިވެއެވެ. ހަވީރަށް އަހަރެންވެސް ރީތިވެލައިގެން މަގުމައްޗަށް ނުކުތީމެވެ.އަހަރެންނަށް އެންމެ ރީތިމާކަމުގައިވާ ފިޔާތޮށި ފިނިފެންމަލެއް އަހަރެންގެ އަތުގައިއޮތެވެ.އެމާ އަހަރެންނަށް ރީތިވަނީ އެމަލުގެ ކުލަ ރީތިވީމައެވެ.އެމަލުން މީރުވަސް ދުވާތީއެވެ.އަހަރެންދެކޭގޮތުގައި އަހަންނަކީވެސް ފިނިފެންމަލެކެވެ.ކޮންމެ މީހަކުވެސް އަހަރެން ބިނދެލަން ބޭނުންވާނެއެވެ.އެކަމަކު އަހަރެން ބިންނަންވާނީ އަހަރެން ރައްކާތެރިކޮށް ގެންގުޅެވޭ ފަދަމީހަކަށެވެ.އެހެންނޫނީ އަހަރެންގެ ފިޔަތައް ޗިސްޗިސްވެ ހިގައިދާނެއެވެ. އަހަރެންގެ ޒަވާޖީޙަޔާތުގެ ބައިވރިޔާ އަހަރެންދެކެ ވަރަށް ލޯބިވާންވާނެއެވެ.އަހަރެންނަށް ވަރަށް ކެއަރކުރަންވާނެއެވެ.އަހަރެންގެ ނާޒުކުކަންދެނެގަނެވޭންވާނެއެވެ. އަހަރެންގެ ގުރުނޑުފިޔައަށް ހަޖޫކިޔައިގެންނުވާނެއެވެ.އަހަރެންގެ މައިންބަފައިންނަކީ އޭނަގެވެސް […]
ކޮބާ ރަން ކިޔަންވީނު ، ޝާމިން މިހެންބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ. ހަފީޒާގެ އުއްމީދު ހާސިލްވާތީ ހަފީޒާ އިނީ ވަރަށް އުފަލުންނެވެ. އެންމެފަހުން އެދި ހުރި ކަންތަށް ހާސިލްވުމުގެ ކޮޅުމަތި ފެނުމުން ހަފީޒާއަށް ލިބިފައިވާ އުފަލުގެ ކޮޅެއްނެތެވެ. “އާނ، އަވަހަށް ރަންކިޔަން އުޅޭ” ހަފީޒާގެ ޖުމްލައިން އާމިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އަރީޝާގެ އަޑުއިވިފައި ހުއްޓުންއެރިއެވެ. “އަހަރެމެން ނެތިސް ކިހިނެއް ރަންކިޔާނީ” އަރީޝާގެ ޖުމްލައިން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ […]
ކޮބާ ރަން ކިޔަންވީނު ، ޝާމިން މިހެންބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ. ހަފީޒާގެ އުއްމީދު ހާސިލްވާތީ ހަފީޒާ އިނީ ވަރަށް އުފަލުންނެވެ. އެންމެފަހުން އެދި ހުރި ކަންތަށް ހާސިލްވުމުގެ ކޮޅުމަތި ފެނުމުން ހަފީޒާއަށް ލިބިފައިވާ އުފަލުގެ ކޮޅެއްނެތެވެ. “އާނ، އަވަހަށް ރަންކިޔަން އުޅޭ” ހަފީޒާގެ ޖުމްލައިން އާމިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އަރީޝާގެ އަޑުއިވިފައި ހުއްޓުންއެރިއެވެ. “އަހަރެމެން ނެތިސް ކިހިނެއް ރަންކިޔާނީ” އަރީޝާގެ ޖުމްލައިން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ […]
މި ކުޑަ ދިވެހި ރާއްޖެ އަކީ އެކި ގޮތް ގޮތުން ކުރިއަރަމުން އަންނަ ޤައުމެކެވެ . މި ކުޑަ ދިވެހި ރާއްޖޭގައި އުޅެމުން އަންނަ ދިވެހިންނަކީ އެކި ގޮތް ގޮތަށް ކުރި އަރަމުން އަންނަ ތަނަކަށް ވަނީ އެފައެވެ . އޭގެ ތެރެއިން ޓިކް ޓޮކް ނުވަތަ މިޔުޒިކަލީ އަކީ މިހާރު މި މުޖުތަމައުގައި އެންމެ ނަން ހިގާ އެއް އެޕް ކަން ކަށަ ވަރެއެވެ . އަދި މި އެޕް ދެކެ ރުޅި އަންނަ ބަޔަކު ވެސް ތިބޭކަން ކަށަަވަރެއެވެ . ޓިކް ޓޮކް ނުވަތަ މިޔުޒިކަލީ އިން ފޭން ބޭސް ހޯދުމާއި އަދި ފުލޯވާސް ތައް އެތި ކުރަމުން ދެއެވެ . އަހަރުމެން ގެ މި މުޖުތަމުން މިހާރު ފެނިގެން ދަނީ ކޮންމެ 2 ރަހުމަތް ތެރިޔަކު ނުވަތަ ގާތް މީހަކު އެއް މޭޒަކަށް އަރާފި ނަމަ ދައްކަމުން ދަނީ ޓިކްޓޮކް ގެ ވާހަކައެވެ . ނުވަތަ މިހާރު އާއްމުން ކުޅެމުން އަންނަ ޕަޕްޖީ ގެ ވާހަކައެވެ . އަމިއްލަ ފޯނު ޖީބުން ނަގާ ލުމަށް ފަހު އަހަރުމެން މި ހަދަނީ ޓިކްޓޮކް އެވެ . ޓިކްޓޮކް އަކީ މިޔުޒިކް އެކުލެވިގެން ވާ އެއްޗެކެވެ . އަދި އެމީހުން ބޭނުން ވާ އެފެކްޓް ލުމަށް ފަހު އެމީހުން ބޭނުން ވާ ލަވަ އެއް ލުމަށް ފަހު އެ ވީޑިޔޯ ހަދާލައެވެ . އަދި އެ ވީޑިޔޯ އާއްމުންނަށް ޝާއިރު ކުރެއެވެ . ޓިކް ޓޮކް ޒަރިއްޔާއިން ފޭން ބޭސް އެއް ހެދެއެވެ . އެ ފޭންބޭސް ގެ ސަބަބުން މީހާ ދިރިއުޅުން ބަދަލު ކުރަން ޖެހިދެއެވެ . ސަބަބަކަށް ވަނީ މުޅި ރާއްޖޭގެ އެންމެން ކަހަލަ ގޮތަކަށް ޓިކްޓޮކް ބޭނުން ކުރަމުން ދާތީ އެވެ . އަދި އެ ވީޑިއޯ އިން އެ މީހަކަށް ނުވަތަ ބަޔަކަށް ސަޕޯޓް ކުރެތެއެވެ . ޓިކްޓޮކް ނުވަތަ މިޔުޒިކަލީ ބޭނުން ކުރަމުން ދާ މީހުން ގެ ތެރޭގައި ވަރަށް ވަރުގަދަ ގުޅުމެއް އޮވެތެއެވެ . އެއްބައި ވަންތަކަމާއި އެކުގައި އުޅެމުން ދެއެވެ . ހީވާނީ އެއް ހަށިގަނޑެއް ގެ ވެރި ބައެއް ގޮތުގައެވެ .
“އައްޒާމްގެ އިންޓަވިއު ނިންމާލާފަ ހަމަ ގަޑިއިރުތަކެއްފަހުން ފުރުން އޮތީ. ހަވީރު އެހާ ހިސާބަށް ދެވޭނީ.” އާތިފް އަންދާޒާކޮށްލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް މި ވޭތުވި ދެދުވަސްތެރޭގައި ވެސް އޭނަގެ ހިތްވީ އެފަދަ ޙާލެއްގައެވެ. ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި […]
ކަނދުރާ އާ ހަމައަށް ދިގުކޮށްފައިވީ ގަދަ މުށިކުލައިގެ އިސްތަށިގަނޑާ އެކު ތުނބުޅި ވެސް އާދައިގެ ވަރަކަށް ދިގުކޮށްފައި ހުރުމުން ތަފާތު ގޮތެއް ހުރިނަމަވެސް އެ ފުން ދެލޯ ފެނުމާއެކު އީން ގެ ވިންދު އަވަސްވިއެވެ. އެއީ ހަމަ އެރީތި ސޫރައެވެ. ހިތުގައި ބިންވަޅު ނެގިފައިވީ ތަސްވީރެވެ. ދެލޯދެކެން އެދި އެދި ހުރި އޭނާގެ ފުރާނައިން ލޯބިވީ އިންސާނާއެވެ.”އަލްޔާން…” އީން އަށް މަޑުމަޑުން އަލްޔާން ގެ ނަން ކިޔާލެވުނެވެ. ހައިރާންވެ އެއްވެސް ހަރަކާތެއް ނެތި ގަނޑުވެފާ ކަހަލަ ގޮތަކަށް […]
“އާނ… އެކަމަކު އެއްވެސް މީހެއް ކައިރީ ނުބުނާތި އިނގޭ. އޭރަށް އެންމެން އަލީޝާދެކެ ރުޅިއަންނަން ފަށާނީ.” އީތަން ވަރަށް ހެޔޮވެފައި ބުންޏެވެ. ތޫބާ އަވަސްއަވަހަށް ބޯ ޖަހައިލިއިިރު އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތޫބާގެ އަތުން އަތް ދޫކޮށްލާފައި އީތަން ސިޑިއާއި ދިމާާއަށް ހިނގައިގަތެވެ. އޭނާގެ ތުންފަތުގައި ވީ އާދައިގެމަތިން ކިބުރުވެރި ހިނިތުންވުމެކެވެ. ************************ އޭގެ އެއް ދުވަސް ފަހެވެ. ބަަލައިވެސްނުލައި އުޅުން އީތަން ކުއްލިއަކަށް ޕޫލް ސަރަހައްދުން ބަައްދަލުކުރަން އެދި މެސެޖުކުރުމުން އަލީޝާގެ […]
ގަޑީގެ ސިކުންތުކަށިގެ އޭގެ ވާޖިބުއަދާކުރުމުގައި ފަރުވާތެރިކަމާއެކުގައި ކުރިއަށްދެއެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތްމީހަކުފަދައިން ސަލްވާއޮތީ ފުންހިޔާލެއްގެތެރޭގައެވެ. “އެއީ އަނެއްކާ އިންސާނެއްބާއެވެ. ގައިގެކުލައަލި، އޮމާންހަނގަޑެކެވެ. އިސްކޮޅުގައި ހަފޫޓްހުންނާނެކަންގައިމެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނބުޅިމަތިމަސްވެސް ތުނިކޮސްބަހައްޓާފައި ހުރުމުން އޭނާގެ ފިރިހެންވަންތަކަށް އިތުރަށް ހާމަވެގެންދެއެވެ. ލޮލުގެ އެސްފިޔަތަށްދިގުވެފައި ބުމައިގެ އިސްތަށިތަށް އެހާބޯކޮށްހުރުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަދި އެޖާދުވި ދެލޮލުގައިވާ މަޑުނޫކުލައިގެ ކަޅިރަވައިގެ ޖާދޫގައި ޖެހި ފިދާވާނެ އެތަކެް އަންހެންކުދިންނެއް ތިބޭނެކަން ގައިމެވެ. ” ހިތުގައި އެނބުރެމުން ދިޔަ ތަފާތު ހިޔާލުތަކާއި ޝުއޫރުތަކާއެކު […]
އާދޭހުގެ ރާގެއްގައި އަލޫފް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އީލާފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އެދުން އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިންހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އީލާފްގެ ހިތުގެ އެދުމަށް ބަދަލު އައެވެ. އޭނަގެ ދިރިއުޅުމުގައި ބޭނުންވާ ގިނަ ކަންތައްތައް ހާސިލްނުވަނީ މިންހާގެ ސަބަބުން ކަމުގައި ގަބޫލުކުރެވި ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ. ” […]