Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތުގެ ބައިވެރިޔާ

angelic maako Level 110 Stories
December 30, 2018 2 Mins Read
4 Comments

ދިރިއުޅުން ބިނާ ކުރަނީ ކިހިނެއް؟ ހަޔާތުގެ ބައިވެރިޔާ އާ އެކީ ދިރިއުޅުން ފެއްޓުމުގެ ކުރިން އޭނާއަކީ ތިމާއާއެކީ އަބަދަށް އެކުގައި ދިރިއުޅުން ފައްޓަން ރަނގަޅު މީހެއް ހެއްޔެވެ؟ އަހަންނަށް އެހެން ހިތަށް އަރައެވެ. އަހަރެންނަކީ އާދައިގެ އަންހެނެއްވެސް ބުނެވޭނެއެވެ. ބައެއް މީހުންނަށް އަހަރެން ވަރަށް ފްރެންޑްލީ، މަޖާ މިޒާޖެއްްގެ މީހެކޭވެސް ބުނެއެވެ. ރުޅިގަދައޭވެސް ބުނެއެވެ. ފޮނި މީހެކޭވެސް ބުނެއެވެ. އެކަމަކު އަހަރެން އެއަށް އަހަރެން އަޅައެއް ނުލަމެވެ. އެހެންމީހުން ދައްކާ ވާހަކައިގައި ތެދު ވެއެ. އެކަމު އަހަރެންނަކީ ފޮނި މީހެއް ނޫންކަން އިނގޭނީވެސް ހަމަ އަަހަންނަށެވެ. އަހަރެން އެތައް ކުދިންނާ ރައްޓެހިވީމެވެ. އެކުދިން އަހަންނަށް ބޭވަފާތެރިވިއެވެ. އޭގެ ތެރެއިން އެކަކަކީ އުމުރުން ކުޑަ ކުއްޖެކެވެ. އޭނަ އަހަންނަށް ދޯކާއެއް ނުދެމެވެ. އަހަރެން އޭނަ ދޫކޮށްލިއެވެ. އެއީ ރައްޓެހިވެގެން އުޅޭތާ ތިންވަނަ މަސް ތެރޭގައި އިންނަން އެހީމައެވެ. އޭރު އަހަރެން ވިސްނާލީމެވެ. އަމިއްލަ މީހާއާ ސުވާލު ކުރީމެވެ. އަހަރެން ކައިވެނިކުރަން ރެޑީ ހެއްޔެވެ؟ އެ ކުއްޖާއާއެކީގައި ދުނިޔޭގެ އާ ސަފުހާއެއް ފަށަން ރެޑީ ހެއްޔެވެ؟ ނޫނެވެ! އަހަރެންގެ ހިތް ބުނީ އެހެންނެވެ. އޭގެ ފަހުން އަހަރުމެން ދެމީހުން ރުޅިވެއްޖެވެ. އޭގެ ފަހުން އަހަންނަށް ރިލޭޝަން އަކަށް ދާން ބޭނުމެއް ނުވިއެވެ. އެއީ އަހަރެންގެ މަންމަ ބުނި ވާހަކައަކުންނެވެ. ތިބާގެ ހަޔާތުގެ ބައިވެރިޔާ ހޯދަން ނޫޅޭށެވެ. ތިބާ ދެކެ ލޯބިވާ މީހެއްގެ ފަހަތުން ދުވުމަކީ ބުއްދިވެރިކަމެއްް ނޫނެވެ. ކައިރީގައި ތިބާ ދެކެ ލޯބިވާ މީހަކު (ހަޔާތުގެ ބައިވެރިޔާ) ހުންނާނެއެވެ. އެހެންނޫނީ ކެތްކޮށްލައިގެން ހުރިއްޔާ ތިބާދެކެ ލޯބިވާނެ މީހެއް އަންނާނެއެވެ. އަހަންނަށް ވީ ހަމަ އެހެންނެވެ. އަހަންނަށް ނޭނގި ރައްޓެއްސެއްގެ ގޮތުގައި ދިމާވީ އަފޫ އާއެވެ. އޭރު އަހަންނަށް އަފޫ އަހަރެން ފެނުމުން ލައިކްވި ކަމެއް ނޭނގެއެވެ. އޭރު އަހަރެން ރިލޭޝަން އަށް ދާން ތައްޔާރު ނުވާތީ އަފޫ ކެތްކޮށްލައިގެން ހުރީއެވެ. އޭގެ އަހަރެއް ވާން އުޅެނިކޮށް އަފޫ އަހަރެން ކައިރީ ރައްޓެހިވާން އެހިއެވެ. އެކަމަކުވެސް އަހަރެން ނޫނެކޭ ބުނެވުނެވެ. އޭގެ ފަހުން އަހަރުމެން ދެމީހުން ކޮންމެ ދުވަހު ހިނގާލަން ދާއިރު މާވިއްކާ ފިހާރައަށް ވަދެ ރަތް ކުލައިގެ ފިނިފެންމާ ގަނެ އަހަރެން ކައިރި އައި.ލަވް.ޔޫ އޭ ބުންޏެވެ. އެގަޑީގަ އޯކްވާރޑް ވިއެވެ. އެކަމު އަހަރެން އަފޫ އާއެކީ ކޮންމެ ދުވަހެއްކަހަލަ ގޮތަކަށް ހިނގާލަން ދަމެވެ. އަހަންނާއެކީ އުޅޭ ބެސްޓްފްރެންޑް ސައު އަހަންނަށް ސުވާލު ކުރިއެވެ. އަފޫ ރައްޓެހިވާން އެހީމަ ރިލޭޝަންޝިޕްއަކަށް ދާން ބޭނުމެއް ނެތޭ ބުނަނީ ކީއްވެ ހެއްޔެވެ؟ އަފޫ އަކީ މިޒާޒު ރަނގަޅު ކުއްޖެކެވެ. ރިލޭޝަންޝިޕް އަށް ދާން ބިރުގަންނަނީހެއް. އަހަންނަށް އޭރު ވިސްނާލެވުނެވެ. ކުރިން އަހަރެންގެ ބޯއީފްރެންޑް އަހަންނަށް ޓްރީޓް ކުރާ ގޮތާއި އަފޫ ޓްރީޓް ކުރާ ގޮތް ތަފާތެވެ. އަފޫ އަހަންނަށް އަޅާލައެވެ. ބަލިވެއްޖެއްޔާ ޑިއުޓީއިން ޓައިމް ހޯދައިގެން އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. އަހަންނަށް ޓްރީޓް ދީ ގިފްޓްސް ދެއެވެ. އަހަރެންގެ ޝަކުވާތައް އަޑުއަހައެވެ. އެވަގުތު އަހަރެން ނިންމީ އަފޫ އާ ރައްޓެހިވާންށެވެ.

މިހާރު އަހަރެން އަފޫ އާ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ވެއްޖެއެވެ. މިހާރު އަހަރުމެން ދެމީހުން މިދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. “މިހާރު އަހަންނަށް ވިސްނިއްޖެއެވެ. އަދި މަންމަ ބުނި ބަހަކީ ތެދެއްކަން އިނގިއްޖެއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ލިބިއްޖެއެވެ.

Share Article

Follow Me Written By

angelic maako

Level 110 Stories

Other Articles

Previous

ހަދިޔާ (ވިހިވަނަ ބައި)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Next
December 30, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Previews
December 30, 2018

ހަދިޔާ (ވިހިވަނަ ބައި)

4 Comments!

  1. shaan says:
    December 30, 2018 at 3:25 pm

    maasha allah nice ☺??

  2. Sharu says:
    December 31, 2018 at 6:45 am

    Salhi

  3. mil says:
    December 31, 2018 at 11:56 am

    good v salhi……..thigothah aslu life vaanama.<3

  4. angelic maako says:
    January 3, 2019 at 11:27 am

    actually it’s my real life story.

Comments are closed.



All Right Reserved!