
“އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. އެކަމަކުވެސް…..އައިމް އެކްސްޓްރީމްލީ ސޮރީ އެބައުޓް ދިސް!” ފަޔާޒް އެކޮޅުގަ ހުރެ ދެއްކި ވާހަކަތައް އަޑުއަހަން މިރްޒާނަށް ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެނެވެ. ފަޔާޒް އެ ދެއްކި ވާހަކައިން އޭނަ ދެރަވީ ވަރަށްވުރެ ބޮޑަށްވީ ޙައިރާނެވެ. ދެ ފަހަރު މަތިން އޭނައަށް އެއްތަނެއްގެ ވާހަކައިވި އެ ދެފަހަރު މަތިން ވެސް އެއްމީހެއްގެ މަތިން އޭނަ ހަނދާންވުމުން ފަޔާޒް އަތުގަ އޮތް ހަދިޔާ އޭތި ލިބެން ޖެހޭ ފަރާތަށް ލިބުނީހެން މިރްޒާނަށް ހީވިއެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް އެކޮޅުން ފަޔާޒްގެ އަޑު އިވުނެވެ.
“މިއްޒޭ އެ ގިފްޓްގެ ތެރޭގަ އޮތީ ކޯޗެއްތަ؟ މިއްޒޭ ބުނެދީފިއްޔާ އަހަރެން ހަމަ އެގޮތަށް ގިފްޓެއް ހަދާފަ ނަން ލިޔެފަ މިއްޒޭގެ ނަންބަ….” ފަޔާޒްގެ ވާހަކަ މެދުކެނޑުނެވެ.
“އިޓްސް އޯކޭ ފަޔާ. އެއީ މައްސަލައެއްނޫން. އަހަރެން މިއުޅެނީ ވަރަށް އަވަހަށް އައްޑޫއަށް ދަތުރެއްކުރަން. ސޯ އިޓްސް ރިއަލީ އޯކޭ.” މިރްޒާން ތަކުރާރުކޮށް އެހެން ބުނެލީ އޭނަގެ އެކުވެރިޔާ ހިތްހަމަޖައްސާލަ ދިނުމަށެވެ. ފަޔާޒް އެންމެ ފަހުން އޯކޭއޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. މިރްޒާން އޭނަގެ ފޯނު ކަންފަތުން ވަކިކުރިތަނާހެން އާތިފް ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީތަ ފަޔާއަށް؟” ކުރިމަތީގައި ހުރި ހަރުގަނޑުން ފުއްޕާހަން ޕެކެޓެއް ނަގައި ބަލަމުން އާތިފް އެހިއެވެ.
“އެއީ އަހަރެން ފަޔާޒް އަތަށް ދީފަ އައްޑޫއަށް ފޮނުވި ހަދިޔާއެއް އޭނަ އަތުން ގެއްލުނު ވާހަކަ ބުނަން އެ ގުޅީ.” މިރްޒާން ދެންވެސް ހިސާބެއްގެ ޝޮކެއްގައި ހުރެ ކުރުކޮށް ކިޔައިދިނެވެ.
“ގެއްލުނީއޭ؟ ފަޔާޒް އަތުން؟ ސުބްޙާނަ ﷲ ތިއީ އޮފީހުގަ އޮންނަ ރަބަރު ފަށެއްވެސް ގެއްލުވާލާ މީހެއްނޫން.” އާތިފް ވެސް އެހެން ބުނެލީ އަންތަރީސްވެފައިވި ފަދައަކުންނެވެ. އާތިފް އެބުނި ވާހަކައާމެދު އިތުރަށް ވިސްނާލެވުމުން މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނަގެ ޚިޔާލުތަކަށް މިފަހަރު ވެސް މެދުކެނޑުމެއް އައީ އާތިފް ދެވަނަ ފަހަރަށް ވާހަކަ ދެއްކުމުންނެވެ.
“ފަޔާޒްއޭ ބުނީމަ މި ހަނދާންވީ! މާދަމާ ރޭ އެބަ ފެށޭ ޗެނަލްތަކުގެ ސްޓާފުންގެ މެދުގަ ބޭއްވޭ ވޮލީ މުބާރާތެއް. ފުރަތަމަ ރޭވެސް އެބައޮތް އަހަރުމެންގެ ޗެނަލުން ބައިވެރިވާންޖެހޭ މެޗެއް. މިއަދު މާޖިދު ވެސް ވަރަށް ކަންބޮޑުވެ އިނދެ އެ ވާހަކަ ދެއްކީ. ފަޔާޒަކީ އަހަރުމެންގެ ވޮލީ ޗެމްޕިއަންއަށްވެފައި އޭނަ މިފަހަރު މިކޮޅުގަ ނެތީމަ. މާޖިދު އަހަރެން ކައިރި ބުނެފަ އޮތީ މިއްޒޭގެ ބޯ ކާލައިގެން ވެސް މެޗުގެ ބައިވެރިކުރުވާށޭ! ދެން ވޮލީ ކުޅެން އެންމެ މޮޅުވާނީ މިއްޒޭ ވިއްޔާ…” އާތިފަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން މިރްޒާން ވާހަކަ ދެއްކިއެވެ.
“އާރ ޔޫ ކިޑިންގް މީ؟ އެންމެ މެޗެއްގަ ބައިވެރިވެފަ މޮޅުވީމަ އެއީ ދެން މޮޅީތަ؟ މަ ނޫޅެން ދާކަށް!” މިރްޒާން ވަގުތުން އިންކާރުކުރިއެވެ.
“ދެން އަޑުއަހާބަ މިއްޒޭ….ޓްރަސްޓް މީ ޔޫ ހޭވް ދަ މޫވްސް! އެރޭ އެތާތިބި އެންމެންވެސް ދެއްކީ އެ ވާހަކަ. ދެން ޕްލީޒް ހަމައެކަނި ފުރަތަމަ ރޭ ވިޔަސް ޖައްސާލަބަލަ އެތަނަށް. މާޖިދު މަ ކާލަފާނެ މިއްޒޭ ނައިއްސިއްޔާ.” އާތިފް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު މިރްޒާން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ދެން ކީކޭ ބުނާނީ؟ ދާނީތާ!” މިރްޒާން އެހެން ބުނެލުމާއެކު އާތިފް ‘ޔެސް’ އޭ ކިޔައި ގޮށްމުށުން މިރްޒާންގެ ކޮނޑުގައި ޖަހާލަމުން އުފާ ފާޅުކުރިއެވެ.
**
އޭގެ އަނެއްދުވަހު މާޝާމެން ސްކޫލްގެ އެސަމްބްލީގައި ދެކެވިގެން ދިޔައީ އެރޭ ސްކޫލްގައި ބާއްވަން ހަމަޖެހިފައި އޮތް ޕްރިފެކްޓް އިންވެސްޓިޗާރގެ ވާހަކައެވެ. ޕްރިފެކްޓުންގެ މަސްއޫލިއްޔަތުތަކުގެ ވާހަކަ އެ މަހުގެ ތެރޭގައި 8 ވަނަ ފަހަރަށް އިވެން ފެށުމުން އެސަމްބްލީ ލައިނެއްގެ މެދުގައި ހުރި މާޝާއަށް އާފުރެން ފެށިއެވެ. އަނގަމަތީގައި އެއްއަތް އަޅާލަމުން އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލި ވަގުތު އޭނަގެ ސަމާލުކަން ލީޑިންގް ޓީޗަރު ދައްކަމުން ދިޔަ ވާހަކައަށް ދެވުނީ، ވާހަކަ ނިންމާލުމުގެ ކުރިން އިއްޔެ ސްކޫލް ތެރެއިން ހިނގާދިޔަ ކަމެއްގެ ވާހަކަ ދައްކަން ބޭނުން ވާހަކަ ބުނުމުންނެވެ. އެއަށްފަހު އިއްޔެ އެ ސްކޫލްގެ ދަރިވަރަކު ސަސްޕެންޑް ކުރަން ޖެހުނު ވާހަކައާއި ސަސްޕެންޑްކުރަން ޖެހުނީ ކީއްވެކަން އެ ކުއްޖެއްގެ ނަން ހާމަނުކޮށް ކިޔައިދެވުނެވެ. އެހެނަސް މާޝާއާއެކީ އެސަމްބްލީގައި ތިބި ގިނަ ކުދިންނަށް އެއީ ކޮން ކުއްޖެއްކަން އެނގޭނެކަން މާޝާއަށް ޔަޤީންކުރެވުނެވެ. ލިއާމް އައްޒާމާއި ދިމާލަށް ކިޔުނު އެއްޗެއްސަށްފަހު އޭނަ ސަސްޕެންޑު ކުރި ޚަބަރު އެންމެ ފުރަތަމަ ލިބުނީ މާޝާއަށެވެ. މައްސަލަ އިތުރަށް ބެލުމަށްޓަކައި މާޝާ ވެސް ވަކިން އޮފީހަށް ގެނެވި އޭނައާއި ސުވާލުކުރެވުމުންނެވެ. އެ މައްސަލައަށްޓަކައި އޭނަ ގެނެވުނީ އޭނައާއި ލިއާމް ރައްޓެހިވެގެން އުޅޭކަން ސްކޫލްގެ ގިނަ މުދައްރިސުންނަށް އެނގޭތީވެއެވެ. ލިއާމް އޭނައާއިމެދު ކުރި ކަންތައްތަކަށްފަހު އޭނަގެ ނަމާއި ލިއާމްގެ ނަން ގުޅުވައިގެން ކިޔާ އަޑު އަހަން ވެސް އުދަގޫވުމުން މާޝާ ހަމަ އެވަގުތުން ވަގުތަށް އޭނަ ލިއާމާއި ވަކިވީ ވާހަކަ އޭނައާއި ސުވާލުކުރި މުދައްރިސް ކައިރީ ބުންޏެވެ. އޭނަގެ ފަރާތުން ދެން އެކަހަލަ ކަމެއް ފެންނާނެތޯ މުދައްރިސް އެހުމުން ވެސް ނުފެންނާނެކަމަށް މާޝާއަށް ބުނެލެވުނީ އޭނަ ހީކުރިވަރަށްވުރެ ފަސޭހައިންނެވެ. އެއީ ކީއްވެކަމާމެދު އޭނައަށް އެދުވަހު ގެއަށް ގޮސް ވިސްނުމުން އޭނަގެ މޫނުމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އޭނަ ދެން ރައްޓެހިވާން ބޭނުންވަނީ ކާކާކަން ހަނދާންވުމުންނެވެ. އެމީހަކީ ސްކޫލް ތެރޭގައި އުޅޭ މީހަކަށް ނުވުމުން އޭނަ ދެން މީހަކާއި ރައްޓެހިވިޔަސް މުދައްރިސުންނަށް ނޭނގޭނެތާއޭ ހިތަށްއެރުމުންނެވެ. އެސަމްބްލީގައި ހުއްޓާ ވެސް އޭނަގެ ހިތާއި ސިކުނޑިއަށް މިދުވަސްކޮޅު ސަވާރުވެފައިވި ވެރިޔާގެ ސޫރަ ލޮލަށް ސިފަވާން ފެށުމުން އޭނަގެ މޫނު ރަތްވެގެން ދިޔައެވެ. އެސަމްބްލީ ނިމިގެން ދިޔައީވެސް މާޝާ އެ ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށެވެ.
“އެހެމް އެހެމް…..ފުރަތަމަ ފަހަރަށް މި ފެންނަނީ ބޯއިފްރެންޑް ސަސްޕެންޑު ކުރެވުނީމަ މިހާ އުފަލުން ހުރި އަންހެން ކުއްޖަކު.” އެސަމްބްލީއަށްފަހު މާޝާގެ ފަހަތުން ގޮސް ކުލާހަށް ވަންނަމުން ސަފާ ބުނެލިއެވެ.
“ހީޒް ނޮޓް މައި ބޯއިފްރެންޑް އެނީމޯ!” ހިސާބަކަށް ނުރުހުންވެފައި ސަފާއަށް ބަލާލަމުން މާޝާ ގޮސް އެންމެ ފަހަތު ބަރީގައި ހުރި އޭނަގެ ގޮނޑީގައި އިށީނެވެ. ސަފާއާއި ރައިނާއާ ދެމީހުން ވެސް މާޝާގެ ދެކޮޅުގައި ހުރި ދެގޮނޑީގައި އިށީންނަން އައެވެ.
“އޫޕްސް! ސޮރީ….ހަނދާންނެތުނީ ތިކަން. ދެން ތިހެވެނީ ކީއްވެ؟ އިއްޔެ މާޝް ރެސްކިއު ކުރަން އައި މީހެއްގެ ސްމާރޓްކަމުންތަ؟” ސަފާ އަހާލިއެވެ. އެއާއެކު އަނެއްކާވެސް މާޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ވެދާނެ ތިހެން ކަމަށްވެސް.” މާޝާ ހުވަފެނީ ގޮތަކަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލީ، އައްޒާމްގެ އިތުރު ތަފްޞީލެއް އޭނަގެ ދެއެކުވެރިންނަށް ދޭން އޭނަގެ ހިތް ނޭދުމުންނެވެ. އެ ދެ އެކުވެރިން އައްޒާމާއި މެދު ވާހަކަ ދައްކަން ފަށާ ގޮތަކުން އޭނަ މާ ބޮޑަށް ނުރުހުންވެދާނެހެން ހީވުމުންނެވެ. ހަމަ އެ ހިނދު މާޝާ އަޖާއިބުވިއެވެ. ދުވަހަކުވެސް އޭނައަށް ފިރިހެން ކުއްޖަކު ކަމުދިޔުމުން މި ޖަޒުބާތުތަކާހެދި އޭނަގެ އެކުވެރިންނާއި އޭނައަށް ކަމުދިޔަ ކުއްޖެއްގެ ވާހަކަ ޙިއްސާކުރަން ބޭނުންނުވެފައި ނެތެވެ. އެހެނަސް އޭނައަށް މިފަހަރު މިވަނީ ކިހިނެއްތޯ މާޝާގެ ހިތަށްއެރިއެވެ. އެ ސުވާލާއިމެދު ވިސްނެން ފެށި ވަގުތު މާޝާގެ ނަމުން ގޮވަމުން މީހަކު ގޮވާލި އަޑަށް މާޝާއަށާއި އޭނަގެ ދެއެކުވެރިންނަށް ވެސް ކުލާހުގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ދިވެހި މުދައްރިސް ކުލާހަށް ވަދެގެން އައިސް މާޝާގެ ކައިރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“މާޝާ…..މިވީ ގޮތުން މާދަމާ ރޭ އޮތް ޖަލްސާ ހުށަހަޅަން ޖެހެނީ މާޝާ އެކަނި. އިނގިރޭސި ބައި ހުށަހަޅަން ހަމަޖެހިފަ އޮތް ކުއްޖާ ރޭއްސުރެ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ އެނދުމަތި ކުރެވިފަ އޮތީ. މިއޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގަ އެ ލިޔުންކޮޅު ފަރިތަ ކުރެވިދާނެ ކުއްޖަކު ނުހުންނާނެ. މި ހުރިހާ ދުވަހު ރިހާސަލްއަށް ވެސް އައީ އަނެއް ޙަމްދާވިއްޔާ…އެހެންވީމަ މާޝާ ވާނެ މިސް ދިން ލިޔުންކޮޅު ވަރަށް ފަރިތަކޮށްގެން މިރޭ އަންނަން. އެންމެ ރަނގަޅު؟” މުދައްރިސް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އަހާލިއެވެ. މާޝާ ވަކި މާ ބޮޑު ޖެހިލުންވުމެއްނެތި ބޯޖަހާލީ އެއްޗެއް ހުށަހެޅުމަކީ އެއްދުވަސްވަރެއްގައި ވެސް އޭނައަށް މާ ދަތި ކަމަކަށް ނުވާތީވެއެވެ. މުދައްރިސް ހަމަޖެހުމުގެ ހިނިތުންވުމެއް މާޝާއަށް ދައްކާލަމުން ކުލާހުން ނިކުމެގެން ދިޔައެވެ.
“ޔީޝް! ދެން މާޝް ހާދަ ފޫހިވާނެއޭ ދޯ އެކަނިމާ އެކަނި ބެކް ސްޓޭޖްގަ ހުންނަން؟” ރައިނާ ބުނެލިއެވެ. މާޝާ އޭނަގެ މޫނަށް ރޫއަރުވާލަމުން ހޫންލައްވާލިއެވެ. އެވަގުތު މާޝާއަށް ނޭނގުނު ކަމަކީ އޭނަ މިރޭ ހުންނާނީ އެކަންޏެއް ނޫންކަމެވެ.
**
“އައްޒާމް ދަރިފުޅު މިރޭ ކޮން އިރަކުތަ ސްކޫލަށްދާން ޖެހެނީ؟” އެދުވަހުގެ ހަވީރު ވަގުތު ސިޓިންގް ރޫމުގައި ކޮންމެވެސް ފޮތެއް ކިޔަން އިން ހާޝިމް އައްޒާމް ގެއަށް ވަދެގެން އަންނަ މަންޒަރު ފެނިފައި އެހިއެވެ.
“މިރޭ 7:30 ވާއިރު އެތާ ހުންނަން އެބަޖެހޭ. ދެންމެވެސް މިއައީ އެތާނގެ ބައެއް ކަންތައް ހަމަޖައްސާފަ. އަދި އިތުރު ސްޕީކަރެއް ހުރީމަ އަޑު ރީއްޗަށް އިވޭނީ. ކާފައަށް އެނގޭތަ މި ރަށުން އަހަންނަށް ސްޕީކަރެއް ލިބިދާނެ ގެއެއް؟” އައްޒާމް ފޯނާއި ކުޅެމުން ގެއަށް ވަދެގެން އައި ގޮތުން އޭނަ އައީ ބުރަކޮށް އުޅެފައިކަން އެނގެއެވެ.
“ލަބީބްބެއަށް ގުޅާފަ އަހާލަބަލަ.” ހާޝިމް އައްޒާމަށް ބަލަންހުރެ ބުނެލިއެވެ. އައްޒާމް އާނއެކޭ ބުނެ ވަގުތުން ލަބީބަށް ގުޅަން ފެށިކަން ހާޝިމަށް އެނގުނެވެ. އައްޒާމް ފޯނު ކަންފަތުގައި ޖައްސައިގެން ކޮޓަރިއަށް ވަން ވަގުތު ހާޝިމް އަނެއްކާވެސް އޭނަގެ އަތުގައި އޮތް ފޮތަށް ބެލިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް ފުރަގަހުން އައްޒާމްގެ އަޑު އިވުނެވެ.
“ކާފާ ލަބީބްބެ ބުނީ އެގޭގަ އެބަހުއްޓޯ ސްޕީކަރެއް. އަހަރެން މިދަނީ އޭތި ބަލާ……އަދި ލަބީބްބެ ބުނި ކާފަ ކައިރި ބުނާށޭ ތިމަންނަ މިވަގުތު މިއަންނަނީއޭ ކާރުގަ މިގެއަށް. މިގެއަށް އައިސް ކާފަ ގޮވައިގެން ދުއްވާލަން ދާނީއޭ……ދާއިރު ކާފައަށް ބާކީހުރި ދަޢުވަތުތައް ވެސް ބެހިދާނެއެއްނު ދޯ؟ ނަގައިދެންތަ އެ ދަޢުވަތުތައް؟” އައްޒާމް އަވަސްއަވަހަށް ވާހަކަ ދައްކަމުން ގެއިން ނިކުންނަން އުޅެފައިވެސް ފަހު ދެ ސުވާލު ކޮށްލަމުން ފަސްއެނބުރި ހާޝިމަށް ބަލާލިއެވެ. އައްޒާމް ބުނެލި ވާހަކައާމެދު ވިސްނާލެވުމުން ރަނގަޅުވާނެއޭ ހާޝިމަށް ބުނެލެވުނެވެ. އެއާއެކު އައްޒާމް އަނެއްކާވެސް އޭނަގެ ކޮޓަރިއަށް ދިޔައެވެ. އެތެރެއަށް ވަދެފައި މިފަހަރު އޭނަ ނިކުމެގެން އައީ ބޭރު ނުފެންނަ ކަޅުކުލައިގެ ފޮތި ކޮތަޅަކާއި އެކީގައެވެ. އެ ކޮތަޅު ގޮސް ކާފަ އަތަށް ލައިދެމުން މިހިރީއޭ ބުނެފައި އައްޒާމް ދެންވެސް އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނިކުމެގެން ދިޔައެވެ. އައްޒާމް ދިޔަ ދިމާލަށް ބަލަން އިނދެފައި ހާޝިމް އެ ކޮތަޅު އޭނަގެ ކައިރީގައި ސޯފާ މަތީގައި ބެހެއްޓިއެވެ. އެ ހިނދު އޭގެ ތެރެއިން ފެނުނު ކުދި ފޮށިތަކުގައި ހުރި ކުލަތައް ފެނިފައި އޭނަ ހުއްޓުން އަރާގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހާޝިމް އަވަސްއަވަހަށް އޭނަގެ އަތުގައި އޮތް ފޮތް ކުރިމަތީގައި ހުރި މޭޒުގައި ބާއްވާފައި އެ ކޮތަޅުގެ ތެރެއިން ހަދިޔާއެއް ނަގަން އަތް ކޮއްޕާލީ އަވަސް ޙަރަކާތްތަކާއެކީގައެވެ. އެހެނަސް އޭގެ ކުޑަ ހަދިޔާއެއް ނަގައި އެއަށް ބަލާލެވުނު ތަނާހެން ހާޝިމްގެ ޙަރަކާތްތައް ލަސްވިއެވެ. އެ ހަދިޔާ އޭނައަށް އެ ކޮތަޅުން މުޅިން ބޭރުކޮށް އެއަށް ނަޒަރު ހުއްޓާލެވުނީ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލެމުންނެވެ. ރަތްކުލައިގެ ރިބަނެއް އެޅުވިފައިވި ހުދުކުލައިގެ އެ ޕާރުސަލްގައި ދެއަތުން ހިފަހައްޓައިގެން ހާޝިމް އިންނަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ ލޯ ކަރުނުން ފުސްވިއެވެ.
“އަމްނާ…” ހާޝިމްގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތުގެ ދޭތެރެއިން ވައި އަޑުން ނިކުމެގެން އައީ އެ ނަމެވެ. ހަމައެއާއެކު އޭނަ އޭނަގެ އެންމެ ލޯބިވާ ދަރިފުޅާއެކީ ހޭދަކުރި ހުރިހާ ވަގުތެއް އެއްފަހަރާ އޭނަގެ ލޮލަށް ސިފަވާން ފެށިހެން ހާޝިމަށް ހީވިއެވެ. އެ ދަރިފުޅު ލިބުނު ދުވަހު އޭނަވީ އުފަލެވެ. އެ ދަރިފުޅު ބޮޑުވަމުން އައިއިރު އޭނަގެ ދޮށީ ދަރިފުޅާއި ޚިލާފަށް އަޚްލާޤް ރަނގަޅުވެފައި ބަސްއަހާކަން އޭނައަށް ފާހަގަވީ ގޮތެވެ. އެ ދަރިފުޅު އަމިއްލައަށް އިސްނަގައިގެން މަންމައާއި ބައްޕައަށް އެކި ކަންކަމުގައި އެހީވެދިން ގޮތެވެ. އެ ދަރިފުޅު ޒުވާން ޢުމުރުގައިވެސް ހަމައެކަނި ބައްޕަގެ އެދުން ފުއްދުމަށްޓަކައި އަމިއްލަ ހުވަފެންތައް ކަފުންކޮށް ބައްޕަ އެދުނު ދާއިރާއިން ކިޔަވަން ނިންމި ގޮތެވެ. އަދި އެކަމުގެ ތެރެއިން އެ ދަރިފުޅަށް ހިދާޔަތް ލިބިގެން ދިޔަ ގޮތެވެ. އެންމެފަހުން އެ ދަރިފުޅުގެ ވެސް ޒަވާޖީ ޙަޔާތެއް ފެށި ހާޝިމް އެ ދަރިފުޅަށްޓަކައި ދެކުނު ހުރިހާ ހުވަފެނެއްގައި ޙަޤީޤީ ކުލަ ޖެހިގެން ދިޔަ މަންޒަރެވެ. އެއަށްފަހު އެ ދަރިފުޅު ދުވަހަކުވެސް އޭނައަށް ބޭނުންޖެހިދާނެ ކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް ޙާލަތު ބަދަލުވެގެން ދިޔައީ ހާޝިމްގެ ހިތް ހަލާކުކުރުވާ ފަދައަކުންނެވެ.
އަމްނާއަށްވަނީ ސިޙުރެއް ޖެހިފައިކަން އެނގުނު ދުވަހަކީ ހާޝިމްގެ ޙަޔާތުގައި ވެސް އައި އެންމެ ބަނަ ދުވަހެވެ. އޭނަ އެންމެ ފުރަތަމަ އެކަން ޤަބޫލުކުރަން ވެސް ބޭނުމެއްނުވިއެވެ. އެހެނަސް ސިޙުރު ޖެހިފައިވިތޯ ބެލުމަށްޓަކައި އަމްނާއަށް އަޑު އިވޭނެހެން އާޔަތްތައް ކިޔެވީ ޚުދު އޭނައެވެ. އެދުވަހު އޭނަގެ ކުރިމަތީގައި އަމްނާ ރީއްޗަށް އިށީނދެގެން އިނދެފައި ކުއްލިއަކަށް ހޮޑު ލަވައި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން ހަޅޭއްލަވަން ފެށީ އޭނަ ބަލަބަލާ ހުއްޓައެވެ. އެ މަންޒަރު ފެނިފައިވެސް ހާޝިމްގެ ހުރިހާ ހިތްވަރެއް ނެތެން އުޅުނެއްކަމަކު އޭނަ ޢަޒުމް ވަރުގަދަ ކުރީ ހަމައެކަނި އަމްނާއަށްޓަކައެވެ. އަމްނާ މިކަމުން ސަލާމަތްވާނީ ވެސް އޭނަ ޙަޤީޤަތާއި ކުރިމަތިލައިގެންކަން އެނގުންވުމުންނެވެ. އެހެނަސް އަމިއްލައަށް އަމްނާއަށް އެހެންވާތަން ދެކެން ހިތަށް ކުޅަދާނަ ނުވީތީ ހާޝިމް އޭނަގެ ގާތް އެކުވެރިއެއްގެ އަންހެނުން ކަމަށްވާ މަމްދޫހާ އަމްނާއަށްޓަކައި ރުޤްޔާކުރަން ގެއަށް ގެންނަން ފެށިއެވެ. މަމްދޫހާ އަމްނާއަށް ރުޤްޔާކުރަން ފެށިތާ މާ ގިނަ ދުވަހެއްނުވެ އަމްނާގެ ޙާލަތު ރަނގަޅުވާން ފެށިހެން ހާޝިމާއި ޙަމީދާއަށް ހީވިއެވެ. މަމްދޫހާ ކޮންމެ ރެއަކު ރުޤްޔާކުރުމުގެ ކުރިން އަޅުކަން ކުރުމަށް ދޭ ނަޞޭޙަތްތަކުގައި ވެސް އަމްނާ ހިފަން ފެށިކަން ހާޝިމްމެންނަށް ފާހަގަވިއެވެ. އެހެނަސް އެމީހުންގެ އުއްމީދުގެ ހުޅުކޮޅު އަލިގަދަވާން ފަށާތަނުން ފަނޑުވެގެން ދަނީ އަމްނާއަށް ކުއްލިކުއްލިއަށް ދޭތެރެދޭތެރެއިން ދިމާވާ ޙާލަތްތަކުންނެވެ. އެއްދުވަހު ރީއްޗަށް ހުރެފައި އަނެއްދުވަހު މުޅި ގައިގައި ވޭން އަޅައިގެން ރޯން ފަށާފާނެއެވެ. އަނެއްދުވަހު އޭނަގެ ކޮޓަރިތެރޭގައި ނާރު ދަމައިގެން ބިންމަތީގައި އޮތްވާ ފެނިދާނެއެވެ. އެހެންނޫނީ ހަމަ އާދައިގެ މަތިން އުޅެއުޅެފައި ކުއްލިއަކަށް ލޭ ލެވެން ފަށާފާނެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ހާޝިމްގެ ހިތަށް އެންމެ ދަތިވެގެން ދަނީ އަމްނާ އޭގެއިން ކޮންމެ ކަމެއްވުމުން މުޅިން އެހެން ކަމަކާމެދު ހިތް ބިރުގަނެ ރޯންފަށާތީވެއެވެ.
“ބަ….ބައްޕާ އަހަރެން ސަލާމަތްކޮށްދީ! އަހަރެން ބިރުގަންނަނީ. ބި…ބިރުގަންނަނީ ބައްޕާ. އަހަރެން ދޫކޮށްލާފަ ނުދައްޗޭ! ޢަބްދު ﷲ ވެސް އެކަނި ނުބާއްވައްޗޭ. އޭތި އައިސްދާނެ ބައްޕާ. އަހަންނާ ދުރަށް ނުދައްޗޭ ބައްޕާ.” އެއްރެއަކު އަމްނާގެ ކޮޓަރި ތެރެއިން އޭނައަށް ލޭލެވުނު އަޑަށް ހާޝިމް އެ ކޮޓަރިއަށް ގޮސް ބިންމަތީގައި އިން އަމްނާގެ ކައިރީގައި ކުރުފައި މައްޗަށް ތިރިވުމުން އަމްނާ އޭނަގެ އަތުގައި ހިފައި ހާސްވެފައިވި އަޑަކުން އާދޭސްކުރިއެވެ. ހާޝިމަށް އޭގެއިން ކޮންމެ ފަހަރަކު އޭނަގެ ދަރިފުޅު މެއާއި ލައި ބޮނޑިކޮށްލެވެނީ ހަލާކުވެފައިވި ހިތަކާއެކީގައެވެ. އޭނަގެ އެ ޙަރަކާތުން ވެސް އޭނަގެ ދަރިފުޅުގެ ޙާލަތަށް އެއްވެސް ބަދަލެއް ނުގެނެވޭތީ ހާޝިމް ކަރުނަ ނާޅާ ރެއެއް މަދެވެ. މި ހުރިހާ ކަމެއްގެ މައްޗަށް ލޭމަތިވަމުން ދިޔަ ޙަމީދާގެ ރުޅިވެރި ބަސްތައް އިވިފައި ހާޝިމްގެ ހިތުގައި ވެސް އަމްނާ އެ ބިރުގަންނަ ފަރާތަށް ނުރުހުންވާގޮތްވިއެވެ.
“އޭނައާހެދި މި ހުރިހާ ކަމެއްވަނީ! އޭނަގެ ނުލަފާ ބޭބެއެއް ހުރިއޭ ކިޔާފަ އަހަރުމެންގެ ދަރިފުޅަށް މިހެން ވާކަށް ނުޖެހޭ! އޭނަ ޖެހޭނެ އަމްނާގެ ފިރިމީހާގެ ގޮތުގަ އަމްނާ ރައްކާތެރިކުރަން. ހިތަށްއަރާ އޭނަ މަރާލާނަމޭ. ދުވަހެއްގެ ކޮޅުން ވެސް އޭނަ އަމްނާއާއި ކައިރިވިއަ ނުދޭނަން މަށެއް! އަދި ދަރިފުޅު ބަލާށޭ ކިޔާފަ އެބައުޅެއެއްނު؟ ޚަބަރުދާރު ހާޝިމްވެސް އޭނަ މިގެއަށް ގެންނަން މަސައްކަތްކުރިއްޔާ. އެކަހަލަ ކަމެއް އަހަންނަށް އެހެން މީހެއްގެ ފަރާތުން އެނގުނަސް އަހަންނަށްވުރެ ނުބައި މީހެއް ނުހުންނާނެ!” މިރްޒާން އެމީހުންނަށް ގުޅި ރޭ ޙަމީދާ ރުޅިން ރަތްވެފައި ހުރެ އެހެން ބުނެލަމުން ބާރު އަޑަކާއެކީ ދޮރު ލައްޕައި ކޮޓަރިން ނިކުތެވެ. ޙަމީދާގެ ވާހަކައިން ހާޝިމް މިރްޒާނަށް ނުރުހުންވިއެއްކަމަކު ޙަމީދާގެ ނަޒަރިއްޔާތު ހުރީ މުޅިން ރަނގަޅަށް ނޫންކަން އެވަގުތު ވެސް ހާޝިމަށް އިޙްސާސް ކުރެވުނެވެ. މިރްޒާން ވެސް ބައްޕައެއްގެ ގޮތުގައި އޭނަގެ 3 މަހުގެ އަލަތު ދަރިފުޅު ދެކެން ކިހާ ބޭނުންވާނެކަން ހާޝިމަށް އެނގުންވިއެވެ. އެހެނަސް އެވަގުތު ޙާލަތުގެ ނާޒުކުކަމުން މިރްޒާން ދެވަނަ ފަހަރަށް ގުޅުމުން ވެސް ހާޝިމަށް ފަސޭހަވީ އެ އެދުމަށް އިންކާރުކުރުމެވެ. އިންކާރު ކުރިއިރު މިރްޒާންގެ އިޙްސާސްތަކާމެދު ވިސްނާނެހާ ހިތްވަރެއް ހާޝިމްގެ ގައަކު ނެތެވެ. އެންމެ ފަހުން މިރްޒާން އޭނަ ކައިރިން އެހުމެއްނެތި ވެސް އެގެއަށް އައި ދުވަހު ޙާލަތު ގޯސްވެގެން ދިޔުމުން އޭނައަށް އެއްޗެކޭ ނުބުނެވުނީ އެހެންވެއެވެ. އެހެނަސް އޭގެ އަނެއްދުވަހު ޙަމީދާ ނޭވާ ކުރުވެފައިހުރެ އަމްނާ ގޭގަ ނެތޭ ބުނަން ފެށުމުން ހާޝިމަށް ހީވީ މުޅި ދުނިޔެ އޭނަ ވަށައި އެނބުރެން ފެށިހެންނެވެ. ގޭގެ ތެރެ ހޯދަމުން ދަނިކޮށް އަމްނާގެ ބަދަލުގައި އަމްނާގެ ސިޓީއެއް ފެނިފައި ހާޝިމް ގަނޑުވިއެވެ. އެ ސިޓީގައި އަމްނާ ދިޔައީ ކީއްވެކަން ލިޔެވިފައިވުމުން ހާޝިމްގެ ހިތާމަވެރިކަން ރުޅިވެރިކަމަށް ބަދަލުވިއެވެ. ހަމަ އެވަގުތު މިރްޒާންގެ އޮފީހަށް ގޮސް އޭނައާއި ދިމާލަށް އަޑުއުފުލުނީ އެ ރުޅިވެރިކަމުގެ ތެރޭގައެވެ. އެއަށްފަހު އޭނަ އަމްނާ ހޯދަން ފެށީ އަމްނާ ބިރުން އޭނަގާތު އަމްނާ ދޫކޮށްފަ ނުދިޔުމަށް އެދުނު އެތައް އެދުމެއްގެ މަތިން ހަނދާންކުރަމުންނެވެ. ހޯދަމުން ދިޔަ މަގުމަތީގައި އެތައް ފަހަރެއްގެ މަތިން ހާޝިމަށް މިރްޒާން ވެސް ފެނުނެވެ. އެހެނަސް މިރްޒާނަށް ފަރުވާލެއްނެތި ހާޝިމް އަމިއްލަ މަސައްކަތް ވެސް ކުރިއަށް ގެންދިޔައެވެ. އެންމެފަހުން ހާޝިމްވެސް ހުއްޓުމަކަށް އައީ މިރްޒާން ބަނދަރުމަތީގައި ހުރި މީހެއްގެ ކައިރިން ސުވާލެއް ކުރުމުން ދިން ޖަވާބުންނެވެ. މިރްޒާން ބިމަށް ތިރިވީ ވަގުތު ހާޝިމަށް ވެސް ރޮވެން ފެށިއެވެ.
އެދުވަސްފަހުން ހާޝިމް މުޅިން ހިމޭންވާ ގޮތްވިއެވެ. އެހެނަސް ޙަމީދާ ހުއްޓުމެއްނެތި ރުޅިއިސްކުރަމުން ދިޔައެވެ. އެއްދުވަހު ޙަމީދާގެ އެދުމަށް މިރްޒާނާއި ދިމާލަށް އެއްޗެހި ގޮވަން ހާޝިމަށް ދެވުނީވެސް ޙަމީދާ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. ޙަމީދާ ވާހަކަ ދެއްކުމުން މިރްޒާނަށްވި ގޮތާއި އެދުވަހު އާތިފް ދެއްކި ވާހަކަތަކުން ހާޝިމްގެ ހިތް މިރްޒާނަށް ސާފުވާ ގޮތްވިއެވެ. މި ދިމާވި ޙާލަތުގައި މިރްޒާންގެ ވެސް ވަކި ކުށެއްނެތްކަން އޭނައަށް އެނގުންވީ އެވަގުތެވެ. އެދުވަހަށްފަހު ޙަމީދާވެސް ކުޑަކޮށް ހިމޭންވިއެއްކަމަކު ޙަމީދާ މާ ބޮޑަށް ބަލިވާން ފެށިއެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން ޙަމީދާ ވަނީ ހިތުގެ އެ ބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.
އެ ހަނދާންތައް އާވެގެން ދިޔުމުން ހާޝިމްގެ ލޮލުން ކަރުނަ ތިކިތައް ފައިބައިގެން އައި އޭނަގެ އަތްމަތީގައާއި އެ ހަދިޔާގެ މަތީގައި ޖެހުނެވެ. އަދާއި ޖެހެންދެން ވެސް ހާޝިމްގެ ހިތުގައި އަމްނާއަށްޓަކައި ވޭނެއްވެއެވެ. އަމްނާވީ ކިހާ ހިސާބެއްގައިތޯ ހިތަށްއަރައެވެ. އަމްނާ ދުނިޔޭގައި ވެސް ހުންނާނެތޯ ހިތަށްއަރާ ކޮންމެ ފަހަރަކު ހާޝިމްގެ ހިތް ކުދިކުދިވެއެވެ. އޭނައަށް މިހާވަރުވާނަމަ މިރްޒާންގެ ޙާލަކީ ކޮބައިތޯ ބައެއްފަހަރު ހިތަށްއަރައެވެ. މިރްޒާންގެ ނަން ހިތަށްވެރިވާ ކޮންމެ ފަހަރަކު ހާޝިމް މިރްޒާނަށް މަޢާފަށް އެދެން ބޭނުންވެއެވެ. މިރްޒާނާއިމެދު ކަންތައް ކުރެވުނު ގޮތަށްޓަކައެވެ. އެހެނަސް އެ ހިތްވަރު ކުރިން ވެސް ނުލިބުނީ މިރްޒާނާއި ކުރިމަތިލާން ވެސް އޭނަގެ ޒަމީރު އޭނައާއި އެއްބަސް ނުވުމުންނެވެ. ނަމަވެސް ދުނިޔެ ދޫކޮށް ދިޔުމުގެ ކުރިން އޭނަގެ އުއްމީދަކީ މިރްޒާނާއި ބައްދަލުކޮށް މިރްޒާންގެ ހިތް އޭނައަށްޓަކައި ސާފުކުރުވުމެވެ.
“ހާޝިމްބެ!” ހާޝިމަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ގޭގެ ދޮރުމައްޗަށް އެރި ލަބީބް އޭނައަށް ގޮވާލުމުންނެވެ. ލަބީބް ހިނިތުންވުމެއްގައި ހުރިތަން ފެނިފައި ހާޝިމްވެސް ހިނިތުންވުމެއް ދައްކާލިއެވެ. ލަބީބް ދާންވީދޯއޭ ބުނެލުމުން ހާޝިމް ބޯޖަހާލިއެވެ.
**
އެރޭގެ ޢިޝާ ނަމާދަށްފަހު މާޝާ އޭނަގެ ކޮޓަރި ތެރޭގައި ހޭލަމޭލައަށް އުޅެއެވެ. ހުދުކުލައިގެ ޔުނިފޯމާއި ކަޅުކުލައިގެ ސްކާޓެއް ލައިގެން މޫނު ބަލާ ލޯގަނޑަށް ބަލަން ހުރެ ބޮލުގައި ފުނާ އަޅަމުން ދިޔަ ވަގުތު ކުއްލިއަކަށް ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެވުމުން މާޝާގެ ދެލޯ ބޮޑުވިއެވެ.
“އޯ މައި ގޯޑް މަންމާ ޓައިގަ ބެޖް ޖަހައި ނިމިއްޖެތަ؟ އެއޮތްގެން 7:25 ވީ! އަހަރެން ދާން ޖެހެއޭ އަވަހަށް މަންމާ!” މާޝާ އެހެން ބުނެ ބޮލުގައި ގޮށް ޖަހާލަމުން ތެޅިފައި ހުރެ ރީތިވާ މޭޒުމަތީގައި ހުރި ޕިން ސެޓާއި އެނދުމަތީގައި އޮތް އޭނަގެ ހުދުކުލައިގެ ބުރުގާއާއެކީ ކޮޓަރިން ނިކުންނަން ދިޔައެވެ.
“މި ނިމުނީއޭ މާޝް! މުސްކުޅި އަންހެނެއްހެން ހާސްނުވެބަލަ. އަނ މީތި އަޅާ މި ބޭންޑް ހަދާ ނިމެންދެން.” މާޝާ ގޮސް ހާފިޒާގެ ކޮޓަރިއަށް ވަން ވަގުތު ހާފިޒާ އިނީ ފަހާފޮށި ބެހެއްޓިފައި ހުރި މޭޒު ކައިރީގައެވެ. މާޝާ އައުމާއެކު ބެޖެއް ޖެހިފައިވި ޓައި މާޝާގެ އަތަށް ލައިދިނުމަށްފަހު ހާފިޒާ މާޝާގެ ބޮލުގައި އަޅަންޖެހޭ ބޭންޑުގައި އޮޅަން ފެށިފައިވި ރިބަންތައް ކޮޅާއި ޖެހެންދެން އޮޅަން ފެށިއެވެ.
“މަންމަ އެކަނި އަމިއްލަ ދަރިފުޅުގެ އެތި ބާއްވާފަ ފުރަތަމަ އެހެން ކުދިންގެ އެތި ފަހާނީ!” މާޝާ އެކޮޓަރީގެ ރީތިވާ މޭޒުދޮށަށް ގޮސް އޭނަގެ ޓައި އަޅަމުން ޝަކުވާކުރިއެވެ.
“ހެހެ….ރަނގަޅެއްނު؟ ތިމާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބުނަސް އިންސާފުވެރިވާންވާނެ.” ހާފިޒާ އޭނަގެ މަސައްކަތް ކުރިއަށް ގެންދަމުން ހެވިފައިހުރެ ބުނެލިއެވެ. އޭނައަށް އެ ބުނެވުނު ބަސްތަކުން ހަނދާނަށް އައި ޝަޚްޞިއްޔަތުގެ ސަބަބުން ހާފިޒާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތްހެޔޮ ހިނިތުންވުމުގެ ވެރިޔާގެ ސޫރަ ހަނދާނަށް އައުމުން ވެސް ހާފިޒާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އާނއެކެވެ. އެތައް އަހަރެއްފަހުން ހާފިޒާގެ ހިތުގައިވެސް އަމްނާގެ ހަނދާންތައް ހަރުލާފައިވެއެވެ. އަމްނާ ގެއްލުނު ވާހަކަ އިވުމުން އޭނައަށް ވެސް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. އެ ޙާދިސާއަށްފަހު ދެ ތިން އަހަރު ވަންދެން އަމްނާ އަނެއްކާވެސް ފެންނާނެ ކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް މިރްޒާން އުޅެމުންދާ އެކަނިވެރި ދިރިއުޅުން ފެނިފައި މިރްޒާންގެ މުޅި ޙަޔާތް އެގޮތަށް ވޭތުކުރަން ވެސް ހާފިޒާގެ ހިތް ނޭދުނެވެ. ލަތީފާއި މި ވާހަކަ ޙިއްސާ ކުރުމުން ލަތީފްގެ ޚިޔާލުވެސް ހުރީ މިފަދަ ގޮތަކަށްކަން އޭނައަށް އެނގުނެވެ. އެހެންކަމުން މިހާތަނަށް އައިއިރު އެމީހުންވަނީ އެކި ގޮތްގޮތުން ދެވަނަ ކައިވެންޏެއްގެ ވާހަކަ މިރްޒާނާއި ދައްކާފައެވެ. ނަމަވެސް އަދަށް ދާންދެން ވެސް އެމީހުންގެ އެއްވެސް ރޭވުމެއް ވަނީ ކާމިޔާބުވާ ގޮތްނުވެފައެވެ. މިފަހަރު އެމީހުން ރޭވި ތަފާތުގޮތް ހަނދާނަށް އައުމުން ހާފިޒާއަށް މާޝާއާއި ދިމާލަށް ބަލާލަމުން ވާހަކަ ދެކެވުނެވެ.
“މާޝް! އެއްކަލަ ކުއްޖާ އަންނާނެ އިނގޭ މާދަންނޫން އަނެއްދުވަހު. އެއްކަލަ…..ދޮންބެއާ…އިންނަން އުޅޭ ކުއްޖާ.” ހާފިޒާއަށް އެ ވާހަކަ ހިސާބެއްގެ ޖެހިލުންވުމަކާއެކީ ދެކެވުނީ އަދިވެސް މާޝާ ކުޑަކުއްޖެއްގެ ގޮތުގައި ފެންނާތީވެއެވެ. މާޝާއާއި އެވާހަކަތައް އަދިވެސް ނުގުޅޭހެން ހީވާތީވެއެވެ. އެހެނަސް އޭނަ އެ ވާހަކަ ބުނުމުން މާޝާ އޭނައަށް ބަލާލިއެވެ. އަދި އޭނަގެ ޓައި ފަހު ފަހަރަށް ރަނގަޅު ކޮށްލަމުން ބޯޖަހާލިއެވެ.
“ވަރަށް ރަނގަޅު ކުއްޖެއް އެއީ. ދީނުގެ ޢިލްމު ލިބިފަހުރި، ދީނަށް ލޯބިކުރާ އަދި ރުޤްޔާވެސް ކުރަން ދަންނަ ކުއްޖެއް އެއީ. އެކުއްޖާގެ މަންމައާއި ބައްޕައަކީ ވެސް ރުޤްޔާކުރާ ދެމީހުން. އެހެންވީމަ އެމީހުން ބުނީ އެކުއްޖާ ބުންޏޯ ތިމަންނަ ދަސްނުކުރިއްޔާ އެ ވާނީ ބޮޑު ލަދަކަށް ނޫންހެއްޔޭ. ހެހެ……އެކުއްޖާ ރުޤްޔާ ކުރި ވަރަށް ގިނަ މީހުން ބަލިތަކުން ސަލާމަތްވެފަޔޯ ހުރީ މާ ޝާ ﷲ!” ހާފިޒާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އޭނަގެ ދަރިފުޅުގެ މުސްތަޤްބަލު ސިފަކުރަން މަސައްކަތްކުރަމުން ބުނެލިއެވެ. ހާފިޒާ ކިތަންމެ އުފަލުން ހުއްޓެއްކަމަކު އޭނަ ދެއްކި ވާހަކަތަކުން މާޝާގެ އަނގަ ސަކަރާތްވިއެވެ. އެ ސިފަކުރި މީހަކީ އޭނަ އެމީހަކާއި މޭލެއްހާ ކައިރީގައި ވެސް ހުންނަން ބޭނުންވާނެ ކަހަލަ މީހެއްހެން ހީނުވުމުންނެވެ. ރަނގަޅަށްވިއްޔާ ހުންނާނީ ވެސް ބިރުވެރި ވައްތަރަށް ދިގު، ބޮޑު، ކަޅު ހެދުމެއް ލައިގެންތާއެވެ. އަދި ރުޤްޔާވެސް ކުރާ މީހެކޭ ހެއްޔެވެ؟ އެއީ ކޮން ޒާތެއްގެ ބައެއް ހެއްޔެވެ؟ ދޮންބެއާއި އެކަހަލަ މީހަކު ނުވެސް ގުޅޭނެކަން ޔަޤީނެވެ. ނުގުޅޭނެނަމަ އޭނަ ޔަޤީނުންވެސް މަންމަމެންގެ މި ރޭވުމުގެ ވާހަކަ ދޮންބެ ކައިރި ބުނެ މި ރޭވުން ފޭލްކޮށްލާނެއެވެ. ހިތާހިތުން ވާހަކަ ދައްކަމުން މާޝާ އޭނަގެ ބުރުގާ އަޅައި ބުރުގާގެ މަތީގައި ބޭންޑް ވެސް އެޅިއެވެ. ތައްޔާރުވުމަށްފަހު ފަހު ފަހަރަށް މާޝާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލާލިއެވެ. މި އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އޭނަ ބޯމަތީގައި ދެކުލައިގެ ރިބަންފަށް އޮޅާލެވިފައިވި ބޭންޑެއް އެޅިފައިވުމުން އޭނަ ތަފާތު ގޮތަކަށް ފެންނަމުން ދިޔައެވެ. އެހެނަސް އެހެން ދުވަސްދުވަހާއި ޚިލާފަށް މާޝާއަށް ހިނިތުންވެނުލެވުނީ، ލަސްވެފައިވުމާއެކު މިރޭ ވަކި އޭނަ ދެކެން ޚާއްސަ މީހަކު ނުހުންނާނެހެން ހީވުމުންނެވެ. ވީއިރު ހުރިހާ ގޮތްގޮތަށް ހުރުމުން ވެސް ރީތިތޯ ބެލުމުގެ ބޭނުމެއްނެތެވެ.
**
7:30 ވީ ވަގުތު ތާޒާވެލައިގެން ސްކޫލަށް ދިޔަ އައްޒާމް ހުރީ ހޯލުގެ ބެކް ސްޓޭޖްގެ ހަނި ދާއިރާގައި ބެހެއްޓިފައިވި މޭޒުގައި ހުރި އޭނަގެ ލެޕްޓޮޕުން ޙަފްލާއަށްޓަކައި ބޭނުންވާނެ ހުރިހާ ކަމެއްހުރީ ތައްޔާރަށްތޯ ބެލުމުގެ މަސައްކަތުގައެވެ. އޭނަ އެ މަސައްކަތުގައި ހުއްޓާ އެ މޭޒުގެ ކައިރީގައި ހުރި މޭޒުގައި ބެހެއްޓިފައި އޮތް މައިކުން ތޫނު އަޑެއް ކިޔަން ފެށުމުން މައިކް ނަގައި ލެޕްޓޮޕްގެ ކައިރީގައި ހުރި ސައުންޑް މިކްސަރުގެ އެހީގައި އެ އަޑު ކަނޑުވާލިއެވެ. މައިކުން މާ ގިނައިން އެ އަޑު ކިޔާތީ އޭނައަށް ހުރެވުނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޙަފްލާ ހުށަހަޅާ ކުއްޖާ ބޭނުންކުރާނީ އެ މައިކް ކަމަށްވުމުންނެވެ. އެ ކުއްޖަކީ މައިކް ރަނގަޅަށް ހިފަން ދަންނަ ކުއްޖަކަށްވުމަށް އޭނައަށް އުއްމީދު ކުރެވުނީ އެއީ އެހެންނޫނަސް މައްސަލަ ޖެހިފައި އޮތް މައިކެއްކަން އެނގުމުންނެވެ. އޭނަ އިށީންނަން ހުރި ގޮނޑި ކުރިމަތީގައި ތިބި މޭޒުތަކުގެ އެއްފަރާތުގައި އޭނައާއި ކުރިމައްޗަށްވާ ގޮތަށް ހުރި ހުސް ގޮނޑީގައި އިށީންނަން އަންނާނީ ޚާއްސަ ކުއްޖެއްކަމަށް އޭނަގެ ހިތަށްވެސް ނޭރީ އެވަގުތު މަސައްކަތާއިމެދު ހާސްވެފައިވުމުންނެވެ.
**
“މާޝާ ގަނޑު އެބައޮތްތަ؟ ބެކް ސްޓޭޖަށްދާންވީ އިނގޭ އަވަހަށް.” މާޝާ ސްކޫލްގެ ގޭޓުން ވަނުމަށްފަހު މާ ދުރަށް ނުދެވެނީސް ގަނޑު ދަސްކޮށްގެން އައުމަށް އޭނަގާތު އެންގި މުދައްރިސް ބުނެލިއެވެ. ސްކޫލްގެ ބެކް ސްޓޭޖަކީ އޭނައަށް ބީރައްޓެހި ތަނަކަށް ނުވުމުން މާޝާ ލައްބައޭ ކިޔައި އެ ދިމާލަށް މިޞްރާބު ޖެހިއެވެ. ސްކޫލްގެ ހޯލުގެ ބޭރުން ގޮސް ހޯލުގެ އެއްފަރާތެއްގައި ހުރި ދޮރު ހުޅުވާލަމުން އޭނަ ވަނީ، އެ ހަނި ދާއިރާގައި ހުންނާނީ ހަމައެކަނި އޭނަ ކަމަށް ނިންމަމުންނެވެ. އެހެނަސް ދޮރު ހުޅުވާފައި އޭނަ އަރަން ހުރި 4 ފިޔަވަޅުގެ ސިޑީގައި މަތީގައި މީހަކު ހުރިތަން ފެނިފައި މާޝާ ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހަކު ފަސްއެނބުރި ބަލާލުމުން އެއީ ކާކުކަން އެނގުންވުމާއެކު އާދައިގެ މަތިން މާޝާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ.
ނުހަނު ގާތުން އަނެއްކާވެސް މާޝާ ފެނިގެން ދިޔަ އައްޒާމަށް ވެސް ވީ އެކަހަލަ ގޮތެކެވެ. މާޝާ މިހާ ގާތުން ފެނުމުން ފުރުޞަތު ލިބުމުން އޭނައަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނައާއި މާޝާއާއި ދެމެދު އޮތީ ކޮން ގުޅުމެއްތޯ އައްޒާމަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. ދެމީހުން ތިބި ގޮތަށް ތިއްބާ މުދައްރިސަކު ބެކް ސްޓޭޖުގެ ދޮރު ހުޅުވާލަމުން މާޝާ ގާތު އަވަހަށް މައްޗަށް ދިޔުމަށް އެދުނެވެ. އެއާއެކު މާޝާ ބޯޖަހާލަމުން ސިޑިން މައްޗަށް އަރަން ފެށި ވަގުތު ބެކް ސްޓޭޖަށް ފޮރުވިފައިވި ސްޓޭޖްމަތިން ޙަފްލާ ފެށުމަށްޓަކައި ޤުރުއާން ކިޔަވަން ފެށި އަޑު އިވުނެވެ. މާޝާ ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާކޮށް އެތާހުރި މޭޒުތަކުގެ ކައިރިއަށް އައުމުން އައްޒާމް އޭނަ އިށީންނަންވީ ގޮނޑި ދައްކާލިއެވެ. މާޝާ އެއްފަހަރު އައްޒާމްގެ ކައިރީގައި ހުރި ގޮނޑިއަށް އަނެއްފަހަރު އޭނަގެ ގޮނޑިއަށް ބަލާލަމުން ގޮސް އެގޮނޑީގައި އިށީނެވެ. އެއަށްފަހު އައްޒާމް ހަމަ އޭނައާއި ކުރިމައްޗަށްވާ ގޮތަށްހުރި ގޮނޑީގައި އިށީންނާނީތޯ މާޝާގެ ހިތަށްއެރި ވަގުތު އެ ހިތް އުފަލުން ނަށައިގަތެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އައްޒާމް އެ މަސައްކަތް ކުރަމުން ދިޔައީ އޭނަ އެތާނގައި ނެތަސް އެއްވެސް މައްސަލައެއް ނުޖެހޭނެ ފަދަ ގޮތަކަށް ހުރިހާ ކަމެއް ނިންމައި އެތަނުން ދާންކަމެވެ. އެހެންކަމުން ޤުރުއާން ކިޔަވައި ތަރުޖަމާވެސް ކިޔައިދީ ނިމި، މާޝާ މައިކް ނަގައި ވާހަކަ ދައްކަން ފެށި ވަގުތު އައްޒާމް އޭނައަށް ފަސްދީފައި ދާ މަންޒަރު މާޝާއަށް ފެނުނެވެ. އައްޒާމް އެ ސިޑި ބަރީގެ ފަހު ހަރުފަތާއި ހަމަވީ ވަގުތަކީ މާޝާ އޭނަގެ ފަހު ޖުމްލަ ބުނަން އުޅުނު ވަގުތެވެ. ހަމަ އެ ހިނދު މައިކުން އެއްކަލަ ތޫނު އަޑު ކިޔަން ފެށުމުން އައްޒާމަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އެއަށްފަހު އިސްއޮބާލީ އޭނަ ބަލިވީ ފަދައަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަނެއްކާވެސް މައްޗަށް އަރައިގެން ގޮސް ސިސްޓަމްތަކަށް ކުދިކިޔަމުން އެއަޑު ރަނގަޅު ކުރިއެވެ. އެއާއެކު މާޝާ އޭނަގެ ފަހު ޖުމްލަ ބުނަމުން ދިޔަ ވަގުތު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން އެ ގޮނޑީގައި އިށީނީ، ބަޔަކު މީހުން އޭނައަށް އިތުބާރު ކުރި ކަމެއް އެހާ ދޯދިޔާކޮށް ކުރަން އޭނަ ބޭނުމެއް ނުވުމުންނެވެ. އޭނަ އިށީން މަންޒަރު ފެނުނު މާޝާއަށް ވާހަކައިގެ ތެރެއިން ވެސް ހިނިތުންވެލެވުނުކަން އައްޒާމަށް ނޭނގުނެވެ. އޭނަ ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިނީ އެ ސިސްޓަމްތަކަށް ރުޅިވެގެން ފަދައަކުންނެވެ. މާޝާ އައްޒާމްގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި އަތުގައި އޮތް މައިކް އޮފް ކޮށްލަމުން މޭޒުމަތީގައި ބޭއްވިއެވެ. އެއަޑަށް އައްޒާމް މާޝާއަށް ބަލާލުމުން އަނެއްކާވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ދެވަނަ ސިކުންތުގައި އައްޒާމް އެހެން ދިމާލަކަށް ނަޒަރު ހިންގާލިއެވެ. އެ ހިނދު އައްޒާމްގެ ސީރިއަސް މޫޑު ބަދަލުކޮށްލުމުގެ ޝުޢޫރެއް މާޝާގެ ހިތުގައި އުފެދުނެވެ.
“އައިޓީ މީހުންނަކީ އެމީހުންގެ ސިސްޓަމްތަކާ ވާހަކަވެސް ދައްކާ ބަޔަކީތަ؟ ޖަސްޓް ކިއުރިއަސް.” މާޝާ ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އައްޒާމް ހިނދުކޮޅަކަށް މާޝާއަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ކޯޑިންގްގެ ވާހަކަ އަޑުއެހިންތަ؟ އެއީ ހަމަ ކޮމްޕިއުޓަރާއި ވާހަކަ ދެއްކުން ކަހަލަ ކަމެއް.” އައްޒާމް ދެންވެސް އޭނަގެ ސީރިއަސް ރާގު ދެމެހެއްޓޭތޯ ބަލަމުން ބުނެލިއެވެ.
“ދެޓްސް….އަމޭޒިންގް.” މާޝާ އަޖާއިބުވާފަދަ ކުލަވަރުތައް އޭނަގެ މޫނުމައްޗަށް ގެންނަމުން ތަޢުރީފުކުރިއެވެ. އެ ހިނދު އައްޒާމަށް ލުއިގޮތަކަށް ހީލެވުނެވެ.
“އަމޭޒިންގްއެއްނޫން…..ބޯގާނަމުން ގޮސް ބޯ ހަލާކުވާއިރުވެސް ބައެއްފަހަރު ނުކުރެވޭ ކަންތައް އެއީ.” އައްޒާމް މާޝާއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
“އެގްޒެކްޓްލީ! އެހެންވެގެންނޭ އަމޭޒިންގްއޭ މި ބުނީ. އެހާ އުދަގޫއިރު ވެސް އެކަހަލަ މަސައްކަތެއްކުރާ ބަޔަކު ތިބީމަ.” މާޝާ ފަހު ޖުމްލަ ބުނެލީ އައްޒާމްގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރެ މަޑުމައިތިރި އަޑަކުންނެވެ. އެ ހިނދު އައްޒާމް ކުއްލި ގޮތަކަށް އޭނައަށް ބަލާލުމުން މާޝާއަށް ބޭ އިޚްތިޔާރުގައި އިސްޖަހާލެވުނެވެ. މިވަގުތު އެހެން ފިރިހެން ކުއްޖެއް އޭނަގެ ކުރިމަތީގައި ހުރިނަމަ އޭނަ ދެންވެސް ލާނެތް ހިނިތުންވުމަކާއެކީ އެމީހަކަށް ބަލަހައްޓައިގެން ހުރީހެވެ. އޭނަގެ ‘އުކުޅުތައް’ ކާމިޔާބު ކަމާއެކީ ފިރިހެން ކުއްޖެއްގެ މައްޗަށް ބޭނުންކުރެވުނު ކަމުގެ އިޙްސާސް ކުރެވުނީހެވެ. އެހެނަސް މިފަހަރު މި ކުރެވެނީ މުޅިން ތަފާތު އިޙްސާސްތަކެވެ. މާޝާއަށް އިތުރަށް ވާހަކަވެސް ދައްކަން ނުކެރިފައި އިނދެވުނެވެ. އެދެމެދަށް ވެރިވި ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ އޭރުވެސް ސްޓޭޖްމަތިން ވާހަކަ ދައްކަމުން ދިޔަ ޕްރިންސިޕަލްގެ އަޑެވެ. އެ ވާހަކަ އަވަހަށް ނުނިމޭނެކަން އެނގުންވި އައްޒާމް ނޭނގޭ ސަބަބަކާހުރެ އޭނަގެ ކުރިމަތީގައި އިން ކުއްޖާއާއި އިތުރަށް އެކުވެރިވާން ބޭނުންވިއެވެ.
“ސުވާލެއްކޮށްލަންތަ؟” އައްޒާމް އަހާލިއެވެ. މާޝާ އުފަލުން ފޮޅިގަތް ހިތަކާއެކީ އައްޒާމަށް ބަލާލަމުން ހޫންލައްވާލިއެވެ.
“މިހާރު މާޝާގެ ބައްޕަ މާޝާއަށް އޯކޭތަ؟ އައި މީން….އެދުވަހު މަރުކަޒުގަ ވަރަށް ރުޅިއައިސްފައެއްނު ހުރީ؟” އައްޒާމް ސުވާލުކުރިއެވެ. އެއާއެކު އޭނައަށް އެކަމާމެދު ހިތާމަވެސް ކުރެވުނެވެ. ފުރަތަމަ ވެސް މާޝާއާއި މާ ޒާތީ ސުވާލެއް ކުރެވުނުހެން ހީވުމުންނެވެ. އެހެނަސް އޭނައަށް އެ ސުވާލު ކުރެވުނީވެސް މި ހުރިހާ ދުވަހު އޭނަ އެކަމާމެދު ކަންބޮޑުވެފައިވުމުންނެވެ. އައްޒާމް ހީކުރި ގޮތާއި ޚިލާފަށް މާޝާ ނުހަނު ހަމަޖެހިފައިހުރެ ވާހަކަ ދެއްކިއެވެ.
“އާނ ބައްޕަ އޯކޭ. ހަމަ އެދުވަހު ބައްޕަ އަހަންނަށް މަޢާފަށް އެދުމުގެ ގޮތުން އަހަންނަށް ނޫޑޫލްސް ކައްކައިދިނީ. ކައްކައިދީފަ ސޮރީ ލިޔެފަ ކޮޓަރީގެ ތެރެއަށް ގަނޑެއް ޕާސްކުރީ. ހެހެ…..ބައްޕައަކީ ބައެއްފަހަރު ރުޅިއަޔަސް އެހާ ގޯސް މީހެއްނޫން. ބައްޕައާއި މަންމަ އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަންނަށް ވެސް މިކަން އިޙްސާސް ކުރެވުނީ އެދުވަހު.” މާޝާ އިސްޖަހައިގެން ހުރެ ކިޔައިދިނެވެ. މާޝާގެ ބައްޕައާއި ބެހޭގޮތުން ކާފަ ދެއްކިފަދަ ވާހަކައެއް މާޝާގެ ފަރާތުން ވެސް އިވިގެން ދިޔުމުން އައްޒާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާޝާވަނީ ސަލާމަތުގެ އައްސޭރިއެއްގައިކަން ޔަޤީންވުމުންނެވެ.
“ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި….އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން.” އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން އިނދެވުނެވެ.
ނުނިމޭ
20 Comments!
Comments are closed.
Yey me first. Alhamdhulillah. Masha allah. Mi part vx varah varah reethi. When next part??? Curiously waiting 4 next part….
congratulations once again shifna sis 😀 Alhamdhulillah! (All praise and thanks belong to Allah) 🙂 next part sunday ga In Sha Allah 🙂
Wow jana sis ?? I simply love this story ??????? jana sis ge hurihaa story eh Kiyaafa sis hunnani but adhi kiriyaa comment eh mi kohlevuni.. ??? Aslu vaahaka eh bunan tha? Jana sis ah neyngunas sis thi liyaa stories will have a very positive effect on the readers.. ??? Eyge misaaleh sis aki.. Hehe..alhamdulillah ??? Aslu Mi stories thakuga ginain Mi hunnani teenagers ah target kohfa dhw… ?? Sis ah vx kuran undhagoo kanthah mi stories thakuge characters ah vx nuvegen ulheyni like komme haalatheh ga vx Shakuru veri vumaai forgive kurun fadha kanthah thakaki but at the end of the day e meehunnah vx ekanthah accomplish veema I feel even I can do it.. ??????? dhn neynge bunedheykah vx varah inspiring kameh thi kurani jana sis aslu hehe ??? My only prayer is that may Allah give you the ability to finish this story and flourish in this career motivating more of today’s teenagers.. ??????? aameen ?? btw me first dhw? ? when next part jana sis? ?? #DESPERATELY IN WAITING ❤️❤️❤️
Alhamdhulillah! vvvv ufaavejje mi comment kiyaafa 😀 varah bodu hiyvvarehves libijje. Jazaakillah Khairan sis!
sis thi guess kury hama rangalhah. jana mi vaahaka thah bodah target koffa hunnany teenagers ah 🙂 ey gina meehun dhekey gothuga adhi teenagers men ves dhekey gothuga emeehunnaky dheenaai emme dhuru adhi dhuruvefa thiben jehey meehun. ekamaku ey haqeeqatheh noon. kahf baagaige meehunge vaahakain jana ge ves e nazariyyaathu badhaluvegen dhiyaee. dheenattakai kolhah thedhuvaanama haqeeqathugai emme joashaa eky kolhah thedhuvaane bayaky hama zuvaan muslim kudhin. ey mioh zamaanegga possible kameh nooney baeh meehun bunefaane. ekamaku jana ge nazariyyaathu mulhin thafaathu. jana dhekey gothuga gina zuvaan kudhinnah hama neyngeny dheenaa behey gothun. engey nama dheenattakai kommeves kameh beynun kuran beynun nuvaane zuvaane nuhunnaane In Sha Allah. kureega dheenaai dhuruga ulhunu zuvaan kujjegge gothun mihen mi bunely. v ufaavey jana ah vakin msg kuraa kudhinge therein jana ah vure ves hagu dheenah loabikuraa kudhin fenigen dhiyaima Ma Sha Allah. jana ge ves ummeedhaky mi vaahaka thakun veehaaves gina bayakah faidha kurun. aslu mi vaahaka thah feshi iru hiyeh nukuran evves kiyuntheriegge life ah ehaa bodu impact eh aisdhaane kamah. ekamaku Allah ekalaange iraadha kuravvaa alhakah hidhaayaiy dhakkavaa kithamme kuda kamegge therein ves. Subhaanallah! Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen!
next part sunday ga In Sha Allah 😀
Jana dear …mi vaahaka thah english in genes dheyn nuvisnan thr.. mihen mibuny thibey dhw dhivehi vaahaka vyma nukiyan or dhivehi kiyan foohi vaa kulhin so they can read english storys …. ehn ve mi bunely … this is a just an idea❤❤… jana ge vaahaka thakun dhiriulhumah vvv bodu effect eh kohfi.. thankyou so much dear❤❤..the story is awsome❤❤..masha allah
Niz…aslu English in liyan jana visnaigen huree mulhin aa plot thakah. ey English in liyefa jana post kuraany blog ah. ehen noony Wattpad kahala ehchakah. ethanah anna hurihaa kiyuntherinnah fethey gothah thaa ethanthaanga liyanvaany dho? 🙂 ekamaku Niz thihen bunyma hithah eba araa hama mi vaahaka thah translate koffa blog ga post kureema hama kiyaane dhivehi kiyuntherinves thibeyne ey. dhen balamaa In Sha Allah. eba visnan thikamaa 🙂 Niz ah faidhaa eh kuriyya kury hama ekani Allah ge iraadha fulhun. hidhaayaiy dhakkavany hama ekani Allah. Maai Allah alhamen emmennah hidhaaayaiy dhakkavaashi. Ameen! <3 <3 <3
Plx comme dhuvahaku part eh neredhybala. V v v reethi vahaka eh masha Allah.
hehe…komme dhuvahegga genesdheveykah neh ingey Rish 🙂 jana ah veevarakun hama genesdhemun midhany In Sha Allah. Alhamdhulillah! 🙂
mi site ga mihaaru hunna vaahaka thah salhieh noon. hurihaa molhethi liyun therin mihaaru nuliyey mi site akah
shine, mutha, rauha, liaa mi liyun therin ge vaahaka thah mihaaru mi site in nufeney. eliyuntheringe liyunathah vvv salhi
thee iboo dhekey goiy kamahvaanama thiah jana bunaane ithuru ehcheh neh 🙂 iboo jana ge vaahaka eh kiyaafa huriyya ummeedhaky e vaahakain iboo ah faidha eh koffaivun In Sha Allah 🙂
Blog post:
Appreciate your parents while you still have them. Only the people who have lost them know their true value.
#Selfreminder
Blog post (dhivehi):
ތިބާގެ މައިންބަފައިން ތިބާއާއި އެކީގައިވީ ހިނދު އެމީހުންނާއެކީ ވަގުތު ހޭދަކޮށް އުފާކުރާށެވެ. މައިންބަފައިންގެ ޙަޤީޤީ އަގު އެނގޭނީ ހަމައެކަނި އެ މައިންބަފައިންނާއި ދުރުވެފައިވި މީހުންނަށެވެ.
Jana liyumuge bayeh thankolhu rangalhu kuran feney… Like ley levun…??!!
Hodu leveynee… Eyge badhaluga hoduge badhaluga ley aun kiyidhaane….. Dhen speaker r or konmevxx when ehchakaa rulhi vun… Mivxx aslu rangalhu gotheh noon… Misaalakah hiy hama nujehey kameh vejiyya rulhii annaanee…..
Great work… Keep it up
Xoxo buneladhineethy Jazaakillah Khairan 😀 jana mee dhivessah ehaa molhu meeheh noon. bas rangalhuvefa huriyya rangalhuvy hama liyuntherikamuge therein. baeh faharu rashu bahun ves baeh basbas gosfa hunnaane. hehe 😀 ekamaku mihaaru mi bai up kurithaa maa gina iru vefaivumun jana ah meethi edit kureveykah neh. 🙂 dhen faharakun ves buneladhehchey Xoxo. Alhamdhulillah! <3 🙂
That is true jana… thankx…. nizu beynun jana aa meet vaan ves…. eyrah ithurah ves nizu ah vvv gina ehchehi dhasvaane kanneyge… jana already nizu ah quran thafseer book eh libijje… insha allah nizu ah eygen vvvv bodu ibratheh libeyne kamah nizu yageen kuran…❤❤
Alhamdhulillah! ummeedhaky jana aa ekuverivumun Niz ashaai jana ah ves faidha eh kurun In Sha Allah 🙂 <3
Masha allah..vrh vrh vrh reethi mi part vx ??❤❤❤
Alhamdhulillah! <3 😀
This part is amazing like always.. ?Comment nukuriyas baraabarah vaahaka hama kiyan.. Vaahaka kuri ah dhaa goii varah baraabaru..
Maai Allah jana thi kuraa masaiikathugai barakaai lavvaashi.. Aameen?
jana ge hithah eba araey Addu Manje eba ulheyhey. hehe….v ufaavejje fenunyma Alhamdhulillah! 😀 Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! 🙂